Skip to content
އެސްފިޔަ
PRO · MVR 2.00

ސާރާ 7

“އަހަރެން ތިހެން އެހީން. ބުނީ ބައްޕަ ބުންޏޯ މާކުރިގަ ބައްޕަ ގާތަށް ކިޔަވަން އައި ކުއްޖަކާ ހެދި ބައްޕަގެ ގިނަ ރައްޓެހިން ބައްޕައަށް އިތުބާރު ނުކުރަނީ އޭ.. އެކަމާ ހެދި މީހުން ބައްޕައަށް އިހްތިރާމް ކުޑަވެ، ރައްޓެހިކަން ހީނަރު ވީޔޭ.” އަހަރެން ކިޔައިދިނީމެވެ.
“އެހެންތަ؟ އަފީފް ހާދަ އަޅާލުން ކުޑައޭ…. އެކަމު ތިކަމުގެ އަސްކާ ބަލާނީ އަފާ އަކަށް ނޫން ދޯ؟” ނިޝާމާ ބުނެލިއެވެ.
“ނިޝާމާ!… އަޅާނުލާ! އަހަރެން ވަޒީފާގަ ހުރިހާ ދުވަހަކު އަފާ ފަރުވާ ކުޑަ ވިޔަކަ ނުދޭނަން. އެހެންވެ އަހަރެން ކޮންމެ ހެން މިވާހަކަތައް ބުނަން ބޭނުންވީ… އަހަންނާ ހެދި އަފީފުއަށް އެ އެންމެން ކުރިމަތީ އިތުބާރު ގެއްލުނީ. އެހެންވެ އަފާ އާއި ދޭތެރޭ އެގޮތަށް ވިސްނަން އަހަރެން ފުރުސަތެއް ނުދޭނަން އަފީފަށް.” ނިޝާމާގެ އަތުގަ ހިފާލަމުން އަހަރެން ބުނީމެވެ.
“ތިހެން ވީމައޭ ކިޔާފަ، އަފީފުގެ ރައްޓެހިން އޭނައަށް ދެން އިތުބާރު ކުރާނެތަ؟” ނިޝާމާ ރުންކުރު ގޮތަކަށް އަހާލިއެވެ.
“ނުކުރާނެ. އެކަމު އަހަންނަށް އިތުބާރު ހޯދައި ދެވިދާނެ ދޯ؟” އަހަރެން ބުނެލީމެވެ.
“ކިހިނެއް؟ ގެއްލުނު އިތުބާރެއް ކިހިނެއް ދެން ހޯދާނީ؟ ތި ތިހާ ފަސޭހަ ކަމެއްތަ؟” ނިޝާމާ ބުނެލިއެވެ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.