
ސާރާ 8

އަފީފު ސޯފާގައި އިށީންދެލިއެވެ. ވައިގެ ތެރެއަށް ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ހަށިގަނޑު ގައި ވާގި ނެތް މީހެއްފަދައިން ސޯފާގައި ބޯ އަޅައިލިއެވެ. އެވަގުތު އަފީފުގެ ހަނދާނަށް އަންނަން ފެށީ މާޒީގެ ބަނަ ދުވަސްތަކެވެ.
އަފީފު އިނީ އޮފީހުގައެވެ. މޭޒުމަތީގައި ބާއްވާފައި އޮތް މޯބައިލް ފޯނު ރިންގވީ އަދަދެއްް ބުނެ ދެވޭނީ އަފީފަށެވެ. އެހާ ގިނައިން އެ ފޯނު ރިންގް ވީއިރު ވެސް ފޯނަށް ޖަވާބު ދޭން އަފީފު ބޭނުމެއް ނުވިއެވެ. އެންމެ ސަބަބަކަށްޓަކައެވެ. ފޯނު ކުރަނީ ނިޝާމާ ކަން އަފީފަށް އެނގޭތީއެވެ.
“ހަލޯ! ތިހާވަރަށް ތި ގުޅަނީ ކީއްކުރަންތަ؟ އަހަރެން ބިޒީކަން އަޅެ ނިޝާމާއަށް ހަމަ ރަނގަޅަށް ވެސް އެނގޭނެ. މިއިންނަނީ އޮފީސް ކަންކަން ހިނގާ ގޮތުން ސިކުނޑި ސުމަކަށް ގޮސްފަ. އެވަރުން ވެސް ހުއްޓާނުލާ މިއިވެނީ ފޯނު ރިންގވާ އަޑު. އައްޑިހަ ފަހަރަށް ގުޅާއިރު ވެސް އެނގެންވާނެ ދޯ ކޮންމެސް ކަމެއް ވީމަ ކަން އަހަރެން ފޯނު ނުނަގާނީ.” އަފީފު ހިތްހަމަ ނުޖެހިފައި އިނދެ ހަޅޭއްލަވައިގަތެވެ.
“އަ…އަފީފު… އަހަރެން.. އަހަރުމެންގެ އަފާ.. އަފާ ހޮސްޕިޓަލުން ދޫކޮށްލައިފި. އެމަންޖެ މިތަނުން ނެރެން ވަރަށް ރުފިޔާ ބޭނުންވޭ..” ނިޝާމާ ރޮމުނ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.