
ސާރާ 16

ހެނދުނުގެ ވަގުތެވެ. ބަނދަރު މަތީގައި އެކި މީހުން ހޭލަމޭލައަށް އުޅެން ފެށީ ލޯންޗުން ފައިބާ މީހުންނަށް ހަވާލު ވުމަށެވެ. އަހަންނާއެކު ނިޝާމާ ވެސް ލޯންޗު ކައިރިޔަށްޖެހިލިއެވެ. އަފާގެ ސޫރަ ދެކިލުމަށް ކެތް މަދުވެފައިވާ ނިޝާމާގެ ތުންފަތުން ހިނިތުންވުން ފިލާ ނުދެއެވެ.
ހައެއްކަ މީހުންގެ ފަހަތުން ފޭބި މީހާ ފެނި ނިޝާމާގެ ތުންފަތުގައި ދުވެލަ ދުވެލާހުރި ހިނިތުންވުން ގެއްލިއްޖެއެވެ. ނިޝާމާއަށް ހުރެވުނީ ކަޅި ޖަހާނުލާ ބަލާށެވެ. އެމީހާ ލައިގެން ހުރީ އާދައިގެ މުންޑަކާއި ޓީޝާޓެކެވެ. ބޮލުގައި ތޮތްޕެއް އަޅާފައި ވާއިރު ލޮލުގައި އިން އަވި އައިނު މައްޗަށް ހިއްލައިލަމުން މޫނުން ވަކިކޮށްލީ ރަށުތެރެއަށް ބަލައިލަމުންނެވެ.
އެހުރިހާ ކަމެއް ހިނގަމުން ދިޔައިރު އަހަރެން ހުރީ ކެނޑި ނޭޅި ފޯނަށް އަންނަމުން ދިޔަ މެސެޖް ތަކަށް ރިޕްލައި ކުރާށެވެ. އަހަރެންގެ ދެ ލޮލުގެ ސަމާލުކަން ފޯނު ނޫން އެހެން ދިމާލަކަށް ނުދެއެވެ. އޭރު އަހަރެން މެސެޖް ކުރަމުން ދިޔައީ އަފާ އަށެވެ.
ލޯންޗުން ފޭބި މީހާ ގާތަށް ސައިކަލުގައި ހުއްޓާލީ ޝާޒެވެ. އެއީ ޝާޒްގެ ޑިއުޓީ ވަގުތެއް ނޫން ކަންނޭނގެއެވެ. ލައިގެން އިނީ ހެނދުނާއި ގުޅޭ ފޭރާމެކެވެ. ދެކޮނޑަށް ވާގޮތަށ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.