
ގޮތް ހުސްވެފައި ހުރީމޭ..13

“ލީން.. އަހަރެން ރުޅި އައިސްގެން ތުރުތުރު އަޅާ އެބަ…. ދޮގު ނުހަދާ ވާހަކަ ދައްކާތި…! އިނާން އާއި ދެމީހުންގެ އޮންނަނީ ކޮންކަހަލަ ގުޅުމެއް؟” އިޔާޝްގެ އަޑު ބާރެވެ.
އިޔާޝް އައިސްފައިވާ ރުޅިން އޭނާގެ މުޅި ހަށިގަނޑު ރޫރޫ އަޅަމުން ދިޔަތަން ފެނެއެވެ. އަހަރެން ޖެހިލުންވެ ފިނި ވާންފެށީ އިޔާޝްގެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލު ފެނިފައެވެ. ހިތަށް ވެރިވަމުން ދިޔަ ބިރުވެރި ކަމާއި އެކު އަހަރެންގެ ދެފައިކޮޅު ވެސް ތެޅެން ފެށީ ސިއްރު ސިއްރުންނެވެ.
“އަ… އަހަރެ…. އެއްވެސް… އެއްވެސް..” އަހަރެން ވާހަކަ ދައްކަން އަނގަ ހުޅުވާލުމާއި އެކު އިޔާޝްގެ އަތުގެ ބާރު އަހަރެންގެ ކަންކަށި މައްޗަށް ފޮނުވާލިއެވެ. މުޅިން ތަން ފުސް ވަމުން ގޮސް އަހަރެން އަރިއަޅާލިކަން އެނގުނެވެ.
އިނާން އޮފީހުން ނައިސްގެން ލައިޝާ ހީވާނީ އެހެން ކަމެއްހެނެވެ. ގަޑީގެ ކަށިތައް އަވަސް އަވަހަށް އެނބުރޭހެން ލައިޝާއަށް ހީވާކަހަލައެވެ. އާދައިގެ މަތިން މެންދުރު އޮފީސް ނިންމާފައި ގެއަށް އަންނަ އިނާންގެ އެއްވެސް ހަބަރެއް ނުވެ އުޅެނިކޮށް ހަވީރު ވެސް ވީއެވެ.
“އިނާން..! ހާދަ ލަހޭ.. ކޮން އިރަކުން އަންނަނީ؟” ލައިޝާގެ މެސެޖް ފޮނުވާލިއެވެ.
“ކިހިނެއްވީ؟ ދެން ދާ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.