ގޮތް ހުސްވެފައި ހުރީމޭ..15
ދިހަ ގަޑި ބައި ވުމުން އެނދުން ތެދުވެ ރީތި ވާން ފެށީމެވެ. އެކި ގޮތްގޮތަށް ވިސްނުމަށް ފަހު ތަފާތު ގޮތަކަށް ޒީނަތްތެރި ވަމުން ދިޔައީ އިޔާޝަށްޓަކައެއް ނޫނެވެ. އަހަންނާއި އިޔާންގެ ހައްގުގައެވެ. އަހަރެންގެ އަބުރު ކަތިލުމަކީ އިޔާޝަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެފުރުސަތު އިޔާޝަށް ދޭކަށް އަހަރެން ބޭނުމެއްވެސް ނޫނެވެ.
ބޮލުގައިވާ ރީތި ކަޅު، ދިގު އިސްތަށި ގަނޑުގައި ކަތުރު ޖެއްސުމަށްފަހު ބުޑުން ބުރިކޮށްލީމެވެ. ލޯގަނޑުން އަހަންނަށް ފެންނަނީ އަހަރެންގެ އެ އަނިޔާވެރި ހަރަކާތެވެ. އެވަގުތު އަހަރެންގެ ލޮލުން ކަރުނައިގެ އަސަރުތައް ވިދަވިދާ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






