
ގޮތް ހުސްވެފައި ހުރީމޭ..17

“ނޫން… ނޫން… އެންމެ ރަނގަޅު. ތިހެން ހަދާ..” އަހަރެން ހުއްދަ ދިނީމެވެ. އިޔާޝްގެ ފަރާތުން ނުލިބޭ ހިމާޔަތް އިނާން އާއި އަތޫފުގެ ފަރާތުން ލިބޭނެ ކަމުގެ ފުރިހަމަ އުންމީދުގައެވެ.
އެނދުގައި އޮތް ލައިޝާއަށް ވިސްނެނީއެވެ. އިޔާޝްގެ ފަރާތުން އެހީތެރިކަން ލިބެންވީ ވަގުތަކީ މިއީއެވެ. އެހެނަސް އިޔާޝްގެ އެއްވެސް އަޅާލުމެއް ނެތެވެ. ވަރިކުރި ވާހަކަ ބުނުމުން އުދުހިލާފައި އައިސް ލައިޝާ އާސްމާނަށް ގެންދާނެ ކަމަށް ހީކުރި ހީކުރުން ދިޔައީ ފެނަށެވެ. ހާލުގައި ޖެހިފައިވާ ވަގުތު އިޔާޝްގެ ފަރާތުން އެއްބާރުލުމެއް ނުލިބި އިނާންގެ ގޭގައި ހުރުން އެއީ ކިހާ ހަޑި ގޮތެއް ހެއްޔެވެ.
ކައިރީގައި އޮތް ފޯނަށް މެސެޖެއް އައުމުން ލައިޝާ ބަލައިލިއެވެ. ނުދަންނަ ނަންބަރެކެވެ. މެސެޖްގައި ވަނީ ވައިބަރ ހުޅުވާލުމަށް އެދިފައެވެ. ވައިބަރ ބަލާލުމާއި އެކު ފެނުނީ ފޮޓޯއެކެވެ. ލައިޝާ ވަރަށް ރަނގަޅަށް އެ ފޮޓޯއަށް ބަލައިލިއެވެ. ފޮޓޯ ފެނުމާއި އެކު ލައިޝާގެ ހަނދާންތައް ދުއްވައިގަތީ ކުޑަ ދުވަސްކޮޅެއް ކުރިއަށެވެ.
“މީ އިނާން.. އެރޭ ބީޗުން ވެސް އަންހެނަކާ އެކީ…؟ މި ފޮޓޯގަ ހޮސްޕިޓަލުގަ ވެސް އަންހެނަކާ އެކީ…. ޕިސް ޕިސް… އިނާން! ކަލޭވެސް ތީ މާތް ވެގެން އ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.