Skip to content
އެސްފިޔަ
PRO · MVR 2.00

ގޮތް ހުސްވެފައި ހުރީމޭ.. 18

“އިނާން!… އިނާން ހޯދަން ފުލުހުން އައިސް.” އޮފީހުގައި އުޅޭ ކުއްޖެއް އިނާންގެ ކެބިންއަށް އައިސްފައި ބުނެލިއެވެ.
ނަޖްދާ ދިޔައީ ސިއްސައިންނެވެ. އިނާނަށް އެކަން ފާހަގަވި ނަމަވެސް އިނާން އެކަމަކާ ހައިރާނެއް ނުވެއެވެ. ބިރެއް ވެސް ނުގަނެއެވެ.
“މިދަނީ… ބުނަން ނަޖްދާ! އަހަރެން ނަޖްދާ މިތަނަށް ގެނައީ އަތޫފް އާއި އަހަރެންނަށް ދިމާވެގެން އުޅޭ ޕޮލިސް ކޭސްގެ ވާހަކަތައް ކިޔައިދޭން.. އެއީ އަތޫފަކީ ނަޖްދާ ދެކެ ވަރަށް ލޯބިވާ މީހަކަށް ވާތީ.. އެކަމު ދެން ދަނީ.” އިނާން ހިނގައިގަތީ އޭނާ ބުނަން ބޭނުންވާ ވާހަކަތައް ނަޖްދާ ގާތު ބުނުމަށް ފަހުއެވެ.
އޮފީހުގެ މުއައްޒަފުން ތިބީ ވާނުވާ ނޭނގިފައެވެ. އިނާން ފަދަ އަހްލާގު ރަނގަޅު މީހަކު ބަލާ ފުލުހުން އަންނަން ޖެހުނީ ކޮންކަމެއް ވެގެން ބާއޭ އެމީހުންގެ ހިތަށް އަރަމުން ދިޔައެވެ. ކޯޅިކޯޅި އަށް ދެތިން މީހުން ތަންތަން ކޮޅުގައި ތިބެގެން ތުން ތަޅުވަމުން ދިޔައީ ވާނުވާ ނޭނގޭތީ އެވެ.
“އިނާން އާއި އަތޫފުގެ މައްސަލަ އަކީ އެއް މައްސަލައެއް. އަދިވެސް ނޭނގެ ވެގެން އުޅޭ ގޮތެެއް.” ފުލުހުންނާއި އެކު އިނާން ނުކުތުން ނަޖްދާ ބުނެލިއެވެ.
“ދެމީހުން ވެސް އެއް ކަމެއްގަ؟” އެހެން މީހަކު ބުނެލިއެވެ.…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.