Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝައިން (ޕާޓް-23)

shaai Level 110 Stories
May 9, 2017 4 Mins Read
16 Comments

” ދަރިފުޅު ޝައިންއާ އިންނަން އުޅޭ ވާހަކަ ބުނުމުން ބައްޕަ ބޭނުމެއްނުއި އެ ނާސި ކުއްޖާ މިގެއަށް ގެންނަން.. ދަރިފުޅައް އެރޭ ވިސްނަ ދިނީވެސް އެހެންވެ.. އެކަމަކު އެ ސިތީ ފެންނައިރަށް އެގެއްޖެ ޝައިންއަކީ އެއްވެސް ކުށެއްނެތް މައުސޫމް ކުއްޖެއްކަން.. އެކުރާ ކަމެއް އެ ކުރަނީ އެކުއްޖާއަށް މަޖުބޫރު ކޮށްގެންކަން.. ބައްޕަ އެވަރުން ހުއްޓައެއްނުލަން.. އަސްލު ކަމުގެ ބޮޑަކަށް ހުރީ ކާކުތޯ ބަލަން ބޭނުންވި.. އެ ދުވަހު ޝައިންއާ ބައްދަލު ކުރަން ދަރިފުޅުގެ އެޕާރޓްމަންޓް އަށް ދިޔައިން.. އިޒާން އެތަނަށް އައި.. ނޭނގެ އޭނަ އައީ ކީއްކުރަން ކަމެއް… އެކަމަކު ބައްޕަ ޝައިން ފޮރުވީ އިޒާން ދަރިފުޅާމެދު ގޯސްކޮށް ވިސްނަފާނެތީ.. އެދުވަހު އެތަނުން ނިކުމެގެންގޮސްވަނީ ޝައިންއެސޯސިއޭޝަން ނާސިގެއަށް.. އޭރު ޒުހުރާ ހުރީ ވަރަށް ހާސްވެފަ… ޝައިން ނެތިގެން ވިޔަފާރި ބަގުރޫޓްވެދާނެތީ ބިރުން.. ފިލާހުއްޓަ އިވުނުއަޑުން ދެވަނަފަހަރަށް ބަލާލަން މަޖުބޫރުވި.. ނަމަވެސް އަޑުއިވުނީ ރަގަޅަށްކަން އެނގުން… އަވަސް އަވަހަށް ގެއަށްއައިސް ވަރަށްވިސްނާފަ މަހެއްފަހުން އެގެއަށް ފޮނުވަން ނިންމީ… އަދި ކައިވެނި އަވަސްކުރީ.. އޭގެ ފަހުން ދުވަހު އިޒާންއަށް ޝައިން ފެނިގެން ދެއްކި ވާހަކަ ބައްޕަ އަޑުއެހިން.. އެދުވަހު އެހެން ނޫޅުމައް ނަސޭހަތް ދިން ނަމަވެސް އޭގެ ފަހުންދުވަހު ޝައިން ހިފަހައްޓައި ކޮޓަރިއަށް ވެއްދުމުން ދެން ކެތެއްނުވި.. ވަގުތުންގޮސް ބުނިން ޝިބާން ގާތު ބުނާނަމޭ.. އަސްލު ޝައިން އެކަންތައް ކުރަން ޒުހުރާއަށް މަޖުބޫރުކުރުވީ އިޒާން.. އިޒާންގެ ރޭވުމަށް އެހުރިހާކަމެއް ހިނަގަމުން ގެންދިޔައީ.. އެހާލަތަށް ކެތްނުކުރެވި ޝައިން އައިސް އިޒާންގެ ގާތު އާދޭސްކުރާނެ ދުވަހަކަށް އިޒާން ހުރީ… މި ހުރިހާ ވާހަކައެއް ތި ދެކުދިންނަށް ކިޔާދޭނަމޭ ބުނީމަ ބައްޕަ ސިޑިން ވައްޓާލީވެސް އިޒާން… ބައްޕަ ދައްކާވާހަކަ ދަރިފުޅައް ގަބޫލު ނުކުރެވޭނަމަ ޒުހުރާގާތު އަހާ… ދަރިފުޅާ ޝައިން އެއީ ވަރަށް ރަނގަޅު ކުއްޖެއް.. ހެޔޮނުވާނެ އޭނައަށް އެހީވޭ.. މި ބައްޕަ އަށްޓަކާ.. ބައްޕައަށް އެނގޭ އޭނަ އެއްވެސް މީހަކާ އެކު ނޫޅޭކަން.. ބޭރުހުރެ ބައްޕަ ރަނގަޅުވިކަން ނޭންގީ އެތާނގަވެސް އޭނަގެ މީހުން އުޅޭތީއެހެންވެ.. ކިތަންމެ ފަހަރަކުވެސް ބޭނުންވި މިވާހަކަތައް ކިޔާދެން.. ކިޔާދެވުނުނަމަ ފަހަރުގަ މިހާ ކަންތައް ގޯސްނުވީސްކަންނޭނގެ… ” ފަރީދުގެ ބަޑިފަޅައިގެންދިޔައެވެ. ޢެތަކެއްދުވަހުގެ އުދާސްތައް ބޭރުކޮއްލެވުނު އިރު ވަގުތު ފާއިތުވީތީއެވެ.
ޝިބާންއަށް އިންތަނުން ތެދުވެވުނެވެ. ގަބުވެފައިވާ ހިލަ ބުދެއްފަދައިން ހިގަމުން ދިޔައެވެ. އެ ދެލޮލުން އެތައްވޭނެއް ފެންނަމުން ދިޔަނަމަވެސް މިހާރު އެލޮލުގެ ކަރުން ހިކިފައިވާ ފަދައެވެ. ީޒާންގެ ކޮޓަރިއަށްވަދެ ތަންތަން ހާވާ ބަލަންފެށުނީ އެއްވެސް އިހްތިޔާރަކާނުލައެވެ. ޢަލަމާރީގެ ތަޅުލައިވަތްގަނޑު ހުރީ ތަޅުނުލައިކަމުން އޭގައިހުރި އެއްޗެއް ބަލައިލިއެވެ. ޝައިންގެ އެތައް ފޮޓޯއެއް ކުރަހާފައި ހުއްޓެވެ. ލޯނީގެ އެތައް ސިޓިތަކެއް ހުއްޓެވެ. ޢެހާހިސާބުން ކުރީގެހަދާނެއް ލޯމަތިން ފުސްކޮއް ސިފަވަމުންދިޔައެވެ. ޝިބާން އެންމެ ފުރަތަމަ އިޒާން ކޮޓަރިއަށްޢައިދުވަހު ކުރަހަން އޮތްތަނެވެ. ޝިބާން ފެނުމުން އެހާ ހާސްވެފަ ވާހަކަ ދެއްކި މަންޒަރެވެ. ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނީ ދެން ހަދާނެގޮތެއް ނޭނގިގެންނެވެ. ޢިޒާންގެ ކޮޓަރިން ނިކުމެއަމިއްލަ ކޮޓަރިއަށްގޮސް ޝައިންގެ ފޮޓޯފުރޭމް ނަގައި މޭގައިޖައްސާލީ ހިތައް ހަމަޖެހުމެއް ލިބޭތޯއެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ އެނދުމަތީގައި ހުޅުވައިލެވިފައިވާ ޝައިންގެ ޑައިރީއެވެ. އޭގައި ޝައިންކޮއްފައިވާ އިންތިޒާރުގެ އިތުރުން ފިރިމީހައިގެ ހައްގުގައި އެތައްވޭނެއްއުފުލިވާހަކަވެސް އޮތެވެ. ޢަދި އިޒާންގެ އުދަނގުލާއި ކުރި އަނިޔާގެވާހަކަވެސް އޮތެވެ.
ޝައިންމަތިން ހަދާންވީދެނެވެ. ފޮތަކާއި ފޮތެއްދޫކޮށް ދުވެފައި ހޮސްޕިޓަލްއަށް ދެވުނުއިރު ޝައިންއޮތީ އެމަރގެންސީ ރޫމަގައެވެ. ޙޭއަރާފައި އޮތެއްކަމަކު ލިބިފައިހުރި އަނިޔާތަކުގެ ސަބަބުން ނޯމަލް ދެލިވަރީއަކަށްނުވާނެތީ އެންމެންތިބީ ހިތްހަލާކުވެފައެވެ.
ޝިބާން ވަންނަން ހުއްދަހޯދައިގެން ވަތްއިރު ޝައިން މަރުވެފައިވާ މައްޔިތެއްހެން އެނދުގައިއޮތެވެ. ޢެތަކެއްދުވަހުގެ އަނިޔާއެއްފަހު އެ ހިތްވެސް ވަނީ ފުޑުފުޑުވެފައެވެ. ޢެނދުގައި އެއްވެސް ހަރަކާތެއްނެތި ހިމޭންވެފައިއޮތް ޝައިން ސިހުނީ މީހަކުއައިސް އޭނައިގެ އަތުގައިހިފާލުމުންނެވެ. ސިއްސައިގެންގޮސް އަތްފޮޅާލެވުނީ ބިރެއްފެނިގެން ދުރައްދާ އުސޫލުންނެވެ. ނަމަވެސް ޝިބާން ފެނުމާއެކުހެން އެ މޫނަށް އުޖާލާކަންވެރިވެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފައިބައިގަތެވެ. ސިޒޭރިއަން ހައްދަން އެއްގަނޑިއިރަށް ވެފައިވަނިކޮށް ޝިބާން އައުމުން ޝައިންއަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ.
ޢިޒާން ކަންތައްކުރިގޮތާއި އޭނައަށް އިންތިޒާރުކުރިގޮތެވެ. ޢެތައް ޝަކުވާއެއްކުރިއެވެ. ޢެކެއްއަނެކެއް ގައިގައި އޮޅުލައި މާފައް އެދެމުންދިޔައެވެ. ސިޒޭރިއަން ހައްދަންދާން 30 މިނެޓް ވުމުން ޝިބާން ބޭރުގައި މަޑުކުރަން އެންގިއެވެ. ޝިބާން އެވަގުތުކޮޅައްވެސް ޝައިން ދޫކޮއްލަން ދެން ބޭނުމެއްނޫނެވެ. ” އެކުއްޖާ އެހުރީ ހާދަ ވޭނެއް އުފުލާފަ.. އަހަރެމެންގެ ދަރިފުޅުގެ ބުރަވެސް އެކަނިމާއެކަނި އުފުލިއިރު އެވެސް ޝަކުވާއެއް ނުކުރެ.. ” ޝިބާންގެ ހިތަށް އަރަމުންދިޔައެވެ. ޝިބާން އޭނަ އަމިއްލައަށް ކުރެވުންކަންތަކަށް ދެރަވެ އެ ހިތުގައި މިއަދު ރިއްސަމުންދިޔައީ މާބޮޑަށްށެވެ.
ޢިރުކޮޅަކުން ބައްޕަގެ ކޯލްއެއްއައެވެ. ބައްޕަވެސް ހޮސްޕިޓަލްއަށް އަންނަން ބޭނުންވެގެންނެވެ. ގެއަށްގޮސް ބައްޕަ ރީތިކޮށްލައިގެން ޝައިންއަށް މޭވާކޮޅެއް ގަނެގެން ހޮސްޕިޓަލްއަށް ދެވުނީ ގާތްގަނޑަކަށް ގަނޑިއިރެއް ފަހުންނެވެ. ޢޭރު ކޮންމެ މީހެއްގެވެސް މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާއި ކަންބޮޑުވުމެވެ. ޡުހުރާމެން ގާތު ބައްޕާ ބޭންދުމަށްފަހު ނަރުސްކުއްޖާގާތު ވާނުވާ އަހާލުމަށް ދިޔުމުން ލިބުނީ ސިޓީއެކެވެ.. ސިޓީ ދިނުމަށްފަހު އެއްވެސް އެއްޗެއް ބުނުމެއްނެތި ނަރުސްކުއްޖާ އެތެރެއަށް ވަދެގެން ދިޔައެވެ. ޝިބާން ސިޓީ ހުޅުވައިލިއެވެ..
” ޝިބާން.. އަހަރެންނަށް މާފްކުރޭ.. އެ ކުށަކީ ޝިބާންއަށް އިތުބާރުކުރުން ނޫނީ ޝިބާންދެކެ ލޯބިވުންކަމުގައި ވީނަމަވެސްމެ.. އަހަރެންގެ ހިތުގައި ޝިބާން އާއިމެދު އެއްވެސް ބުރަކަމެއްނެތް… ކަން ހިގައިދިޔަގޮއް ނޭނގުނު ނަމަވެސް އަހަރެންގެ ބަނޑުގައި މިވަނީ ހަމަ ޝިބާންގެ ދަރިއެއް.. ޝިބާން ބައްޕަ ގޮވައިގެން ފުރިތާ މަހެއްނުވެ އަހަރެން އިނީ ބަލިވެ… އެ އުފާވެރި ހަބަރު ދޭން ގުޅިނަމަވެސް ބައްޕަގެ ހާލުއެގުމުން ޝިބާންއަށް މިކަންތައް ސިއްރުކުރަން އަހަރެންގެ ޒަމީރު ބުނި.. ބައްޕަ ރަނގަޅުވެގެން އަވަހަށް އަންނަން އުޅޭ ވާހަކަ ބުނުމުން އަހަރެން އުފަލުން މޮޔަވާވަރުވި.. ދެއުފާ ލިބުމުން ޝިބާންއަށް ވާނެވަރު އެނގޭތީ… ނަމަވެސް އެ ދުވަހަށްފަހު ޝިބާން ވީތަނެއް ހުރި ހާލެއް އެނގެނީއެއް ނޫން…. އަހަރެން ބޭވަފާތެރި ނުވަން.. ކެތްތެރިވެ ﷲ ގެ ހަޒްރަތަށް އެދުނީ ޝިބާންގެ ޢުފަލާއި ރައްކާތެރިކަމަށް… ނުވަމަސްދުވަހު އެކަނިމާއެކަނި ދަރިފުޅުގެ ވޭނާ އުދަނގޫ އުފުލަންޖެހުނެއް ކަމަކު އެއްވެސް ޝަކުވާއެއް ނެތް.. އެއީ ޝިބާންއަށް އެނގުމުން ޝިބާން އުފާވާނެތީ.. އެކަމަކު މިަދު އަހަރެންގެ ހިތް ފުޑު ފުޑު ވެއްޖެ..
ޝިބާން… ރޭ އިޒާން އަހަރެން ރޭޕްކުރި.. އޭގެ ސަބަބުން އަހަރެމެންގެ ދަރިފުޅު ގެއްލިދާނެ ކަމަށް އަހަރެން ގާތު ޑޮކްޓަރ ބުނި… އަހަރެން އެ ވާހަކަ ބުނަން ޝިބާން ވަރަށް ހޯދިން.. އެކަމަކު ބައްޕާ ބަލާ ގެއަށް ގޮސް ވާތީ މި ސިޓީ މި ލިޔަންޖެހުނީ.. ކޮންމެ ގޮތެއްވިޔަސް ތީ އަހަރެންގެ ފިރިމީހާ… އަހަރެން މިއީ އެހާ އަމިއްލަ އެދުން ބޮޑުމީހެއް ނޫން.. އަހަރެން އަހަރެންގެ ފުރާނަޔައްޓަކައި ޝިބާންގެ ލޮލުގެ ކޮއިފަދަ ދަރިފުޅު ގެއްލުނަކަ ނުދޭނަން.. ފަހަރުގައި މި ސިޓީ ލިބޭއިރު އޮޕަރޭޝަން ކުރިޔަށް ދާނެ.. އޮޕަރޭޝަން ނިމި ދަރިފުޅު ޝިބާންގެ އަތަށްލިބޭހިނދު ހީކޮށްލާ އަހަރެން މި ދަރިފުޅު ސަލާމަތްކުރީ އަހަރެންގެ ފުރާނައަށްވުރެ ޝިބާންގެ އުފާ މުހިންމުވީތީއޭ.. މަރުވެގެން ދަމުންވެސް އަހަރެން ކުރަން ބޭނުމީ އެންމެ ވަސިއްޔަތެއް.. އަހަރެންގެ މައިންބަފައިން އަހަރެންނަށް ހެދި އެއްވެސް ގޮތެއް މި ދަރިފުޅައް ނަހަދާތި.. މި މަންމަ އުފުލިވޭން އުފުލަން ނުޖައްސާތި.. އަމާނާތްތެރިކަމާއެކު އަހަރެމެންގެ ލޯބީގެ ނިޝާން ބަލާތި… ޝިބާންދެކެ ލޯބިވާ ޝައިން.. ”
ޝިބާންގެ އަތުން ސިޓީ ދޫވެގެން ވެއްޓުނެވެ. މީހަކުއައިސް އެ ހިތް ޗިސްކޮށް ކުދިކުދިކިއްލިނަމަވެސް ނުވާނެހާ ތަދާއި ވޭން މިއަދު އެ ހިތަށް އެބަލިބެއެވެ. މިހެންމިވީ ކާގެ ބަދުނަސީބު ކަމުންހެއްޔެވެ؟ ލޯބީގައި ކުނިޖެއްސުނީ އަމިއްލަ މީހާގެ ފަރާތުންކަން އެނގުމުން މުޅިދުނިޔެވެސް މަލާމާތް ކުރާފަދައެވެ. ޝައިންއަށް އަޅަނުލާ އެފަކީރުބުނާ އެއްވެސް އެއްޗެއް އަހާނުލާ އެހެންމީހުން ކިޔި އެއްޗެހި ގަބޫލުކުރެވުނީތީ އަމިއްލަމީހާނެތިކޮށްލަން ހިތަަށްއެރިއެވެ. ބަރާށް ރޮއިގަނެވުނީ ދެން އެހިތުގައިވީއެއްޗެއް އަހާނެމީހަކު ނެތީތީއެވެ. މާފަށްއެދޭނެ ފުރުސަތެއްވެސް ނުދީ ޝައިންއެދިޔައީ މުޅި އުމުރަށް އެކަނިކޮށްލާފައެވެ. ޢަބަދަށްޓަކައި ޝިބާންއަށް އުފާވެރިކަން ހޯދައިދިނުމަށް ގުރުބާނީ ވެފައެވެ. ނޫނެކެވެ. އުފާވެރިކަން ލިބޭނީ ޝައިންވެސް އައިސް އާއިލާ ފުރިހަމަ ވީމައެވެ.
” މުހަންމަދު ޝިބާން ” ޑޮކްޓަރ ގޮވާލުމާއިއެކު ޝިބާން ބިންމަތީގައި އޮތް ސިޓީނަގައި ދެލޯ ފުހެލުމަށްފަހު ބަލާލިއެވެ.
” އެޕަރޭޝަން ކާމިޔާބު.. ބޭބީ ހަމަ އޯކޭ.. އަކަމަކު ސަލާމަތްކުރެވޭނީ އެކަކުކަމުން… އައިމް ސޯ ސޮރީ.. ” ޑޮކްޓަރ ޝިބާންއާއި މުހާތަބުކޮށް އެހެން ބުނެލިނަމަވެސް އެއީ އެތާތިބި އެންމެންގެ ހިތް ކަތިލާފަދަ ހަބަރަކަށްވިއެވެ. ޑޮކްޓަރ ޝިބާން އާއި ބޭބީ ހަވާލުކުރުމުން އޭނައަށް ލިބިފައިހުރި އެކަނިވެރިކަމާއި ހިތާމައިން އެ ދަރިފުޅުގޮވައިގެން އެދުވަހާ އެދުވަހާ ދިރިއުޅުން މެލޭޝިއާއަށް ބަދަލުކޮށްލިއެވެ. ޢެވެސް މިހެއްގެ ހިލަމެއްވެސް ނުވާހާ ދުރަށެވެ. ޑިރިއުޅުން ބަދަލުވީ އެހިސާބުންނެވެ.
*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shaai

Level 110 Stories

Other Articles

Previous

އިއުނާސް (5)

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (30)

Next
May 9, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (30)

Previews
May 9, 2017

އިއުނާސް (5)

16 Comments!

  1. Love says:
    May 9, 2017 at 12:25 pm

    V reethi

  2. Mohan says:
    May 9, 2017 at 12:30 pm

    Maraalheetha foohi

  3. cya says:
    May 9, 2017 at 12:59 pm

    Shine maruveetha haadha dheraey dho

  4. Kamana says:
    May 9, 2017 at 2:38 pm

    Den koibatha izaan. Eynayah ehkamehves nuvenimunee.

  5. Kamana says:
    May 9, 2017 at 2:38 pm

    Nimun v hadi

    1. Shaai says:
      May 9, 2017 at 2:40 pm

      Bnunimr

  6. Any says:
    May 9, 2017 at 2:59 pm

    V nice story eh mi

  7. nonnx says:
    May 9, 2017 at 8:15 pm

    wen next part?? nyc story??bt shine maraa nuli nama ennu?? 🙁

  8. Lai says:
    May 10, 2017 at 8:18 pm

    When is the next part?

  9. Meemi says:
    May 11, 2017 at 1:13 pm

    Shine maru veema hadi

  10. Anonymous says:
    May 11, 2017 at 8:24 pm

    kon vaahakaeh bunefaanethy tha eyna ge dad vahtaaly a?
    n shibaan ah kihineh ingenee shine ulheny meehun govaagn kameh? shibaan ge dad sidin vahtaaly kon vaahkaeh bunefaanethy kan aslu v olhijje.. neyngun aslu buni echeh.. bt story v salhi.. plx up kohdhybala next part avahah

    1. Shaai says:
      May 13, 2017 at 11:52 am

      Story ekkoh kiyaaleema egeyne… izan gulhaafa meehungengulheye bunima shibaan ah egenee shain meehun gengulheykan.. bappa wahtaalee izaan shain ah majuboorukohgen reywi reywumehkan shiban n shain gaathu bunefaanethy.. ?

  11. Lily says:
    May 12, 2017 at 8:23 am

    Dhen kuriah nugendhevenna mi part n ninmalinama.. Knme dhuvahaku part eh upkoh dheynamo.!!!
    V foohi vey olhuvala myhun dheke… Mashah Ehn bunyma vx varah trust nukurevunu..

    1. Shaai says:
      May 13, 2017 at 11:49 am

      Lily trust kuriyas nukuriyas aslu shaai ah waane gehlumeh neii.. ekam amilla meehaa ah wes kameh dhimaawedhaanekan gaboolkuran jeheyne.. story kiyaakah ekakuwes ewess kiyuntheriakah majubooru nukure.. kiyan beynun nooniyya awahah huhtaalaa.. waahaka liyun theriakas doctorakas teacher akas kameh dimaawaanee bunefaeh noon.. ehn noonas waahaka up kurumah wure muhinmu kameh dhimaa v ma up nukurewunee..

  12. AKI says:
    May 12, 2017 at 9:42 pm

    shaai koba konirakun up koh dhey nee

  13. Shaai says:
    May 13, 2017 at 11:45 am

    Mirey up kihlaanan insha allah.. kuda meehaa v bodah bali wegen mi dheduwahu onlinewes nuwan.. sorry for that…

Comments are closed.

Next Episodeޝައިން (ޕާޓް_24)←


All Right Reserved!