Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝައިން (ޕާޓް_24)

shaai Level 110 Stories
May 14, 2017 3 Mins Read
21 Comments

ޒޯއީ ޑައިރީކިޔާ ނިމުމާއެކުހެން ފޮތްމަޅާލިއެވެ. ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައިރު މަޑުގިސްލެވުމެއްވެސް އެކުލެވިގެންވިއެވެ. ޢެންމެ ދެރަވީ މިވީހާދުވަހު ޝިބާން އާއިމެދު ގޯސްކޮށް ވިސްނުނީތީއެވެ. ޢަތްބެއް ހުންނަކަން އެނގިހުރެ ޝިބާންދެކެ ލޯބިވީ ޒޯއީއެވެ. ޢެންމެފަހަރަކުވެސް ޝިބާން އޭނަދެކެ ލޯބިވާ ވާހަކަ ބުނެފައެއްނުވެއެވެ. ޢެހުރިހައި ހިތާމައެއްހިތުގައި ލައިގެންހުރެ ޒޯއީކުރަމުންދިޔަ އުދަގުލަށް ކެތްކޮއްލައިގެން ހުރުމުންވެސްއެއީ ކިހާހިތްވަރުގަދަ މީހެއްކަން ޒޯއީއަށް އިހްސާސްވިއެވެ.
ޒޯއީ މަޑުހިގުމެއްގައިގޮސް ޝިބާންއަށް ފޮތްދިއްކޮއްލިއެވެ. ޢޭރުވެސް ޝިބާންހުރީ ހިމޭންކަމާއިއެކު ދުރުބަލަހައްޓައިގެންނެވެ. ޒޯއިއަށް ވާހަކަ ފަށަން މަޖުބޫރުވީ އެހެންވެއެވެ. ” ޝިބާން އަހަރެންނަށް މާފްކުރޭ.. ލޯބިވެވުނީ މޭހެއްގެފިރިޔެއްކަން އެނގިހުރެކަމުން ސުވާލެއްކުރުމުގެ ހައްގެއް އަހަރެންނަށް ލިބިގެންނުވެ.. ޝިބާން އަށް ދިމާވިކަންތައްތަކަށް އަހަރެން ވަރަށް ހިތާމަ ކުރަން… ނަމަވެސް އެކަކަށްވެސް މާޒީބަދަލެއް ނުކުރެވޭނެ.. އައި ޕްރޮމިސް ޝާއިނާއަށް އަހަރެން ލޯބިދޭނަން.. ފަހަރުގައި އޭނާގެ މަންމަގެ މަގާމަށް އާދެވޭ ފެންވަރަށް ނޫނަސް އޭނަގެ ހުރިހާ ކަމެއް ބަލާނަން.. ޝިނާން އަށް އަހަރެން ވަގުތުދެން.. ޝިބާންގެ ޝައިން ޝިބާން އަށް.. ” ޒޯއީ ފޮތް ދިއްކޮއްލަމުންބުނެލިއެވެ.
ޒޯއީ ފޫހިކަމެއްނެތި ޝާއިނާގެ ހުރިހާކަމެއް ބަލަމުން ދިޔައީ ވަރައްފަރުވާތެރިކަމާއުއެކުއެވެ. ދުވަސްތައް މާޒީވެދަމުންދެއެވެ. ޟިއަދުމިއީ ޝާއިނާގެ ޕްރީސްކޫލް ކިޔެވުންއޮންނަ ފަހުދުވަހެވެ. ޢެ ލޯބިކުއްޖާދުވެލާފައިއައިސް ޒޯއީގައިގައި ބައްދާލިއެވެ. ” ޒޯއީ ދައްތާ ބަލާބަ ކޮއްކޮ ހޯދި ބިގް ޕްރެޒެންޓް.. ޑެޑީ ވަރަށް ހެޕީ ވާނެދޯ.. ޒޯއީ ދައްތަ ނުބުނާތި ޑެޑީ ގާތު.. ކޮންކޮ ޑެޑީ ގައިގަ ހަގްކޮއްލާފަ ބުނާނީ.. އެނގޭ.. ” ޒޯއީ ޝާއިނާއުރާލުމުން ބޯއަރިކޮއްލައިގެން އިނދެ ބުނެލިއެވެ. ޝައިންވެސް މިހާރީތިވާނެޔޭ ޒޯއީ ހިތައް އަރަމުންދިޔައެވެ.
ޝިބާން އެދުވަހު ގެއަށްއައީ ރޭގަނޑުވެސްވީފަހުންނެވެ. ބައްޕަގެ ހާލުބޮދުވެ ހޮސްޕިޓަލްގައި އެޑްމިޓްކުރިތާ މަހެއްވީއިރުވެސް އެއްވެސް ކުރިއެރުމެއް ނުލިބޭތީ ޝިބާންހުރީ އެކަމާ މާޔޫސްވެފައެވެ. ” ޑެޑީ.. ޑެޑީ.. ބަލާބަ ކޮއްކޮހޯދި ޕްރެޒެންޓް.. ޑެޑީ ވާނެމިފަހަރު ކޮއްކޮއަށް މިއަށްވުރެ ބޮޑު ގިފްޓްއެއް ދޭން.. ” ޝައިނާ ލޯބިކޮށް ޝިބާންގެ ގައިގައި އޮޅުލައިގަންނަމުން ބުނެލިއެވެ..
” އާނ.. ކޮއްކޮ އަދި ހަދާންނެތިފައޭ މިހުރީ.. ކޮއްކޮގެ އާންޓީ ބުނީ ޑެޑީއާރ މީޓްކުރަން ބޭނުމޯ.. ކޮއްކޮބުނީ އޯކޭއޭ.. އާންޓީ ކޮއްކޮއާ ވަރަށް ވާހަކަ ދައްކާނެ.. އައިސްކޮރީމް އާއި މެޓަޔާ ޗޮކްލެޓްވެސް ގެނެސްދޭނެ.. ބައެއްފަހަތު ކޮއްކޮއާއި ދިމާލަށް ބަލާފަ ރޯންވެސް ރޯނެ.. އެއްދުވަހަކު ކޮއްކޮ އެހީމަބުނީ އާންޓީގެ ޓްރެޝަރ އެއް މަތިން މިސްވަނިއްޔޭ.. ކޮއްކޮބުނިން ނުރޯށޭ.. އާންޓީގެ ޓްރެޝަރ އާންޓީއަށް ސޫން ލިބޭނެޔޭ.. ކޮއްކޮވެސް ދައްކަން ޑަޑާ ގުޑް ވާހަކަ.. އާންޓީ ވަރަށް ގުޑްވާނެ.. ޑެޑީ ދާނަންދޯ.. ” ޝާއިނާ އޭނާގެ އާންޓީގެ ވާހަކަ ކިޔާދެމުންގެންދިޔައީ އޭނަގެ އާންޓީ ކިޔާދިންގޮތަށް ކިޔާދެން މަސައްކަތްކުރަމުންނެވެ.
” މާދަން ކޮންސެޓް ނިންމާފަ މީޓްކުރީމަ އޯކޭވާނެތަ ޑެޑީގެ ޕްރިންސެސްއަށް.. ޕްރިންސެސްގެ އާންޓީ ސޭޑް ކުރާކަށް ނުވާނެއްނު ދޯ.. ބުނަންވާނެ ތެކްޔޫއޭވެސް ކޮއްކޮއަށް ޕްރެޒެން ދޭތީ.. ދެންދޭ އަވަހަށް ނިދަން.. ޑެޑީ ދާނަން އިރުކޮޅަކުން.. ” ޝިބާން ޝާއިނާގެ ކޮލަށް ދޮނެއް ދެމުން ބުނެލިއެވެ.
ޝާއިނާ ދުވެފައިގޮސް ކޮޓަރިއަށްވަނުމުން ޒޯއީވެސް ފަހަތުން ދިޔައެވެ. ޝިބާންއަށް އެ އިންގޮތަށް އިނދެވުނީއެވެ. ޝާއިނާގެ އެ ހުރީ ހަމަ ޝައިންގެ ލޯބިގޮތެވެ. ސިފައިން ފެށިގެން އަޑާއިހަމައަށް ށެވެ. ޢެ ކުއްޖާގެ ކޮންމެ އަދާއެއް ގުޅުފައިވަނީ ޝައިންއާއެވެ. ޝައިން ދިޔުމުން އެ ފަޅުކަން ޝިބާންގެ ދިރިއުޅުމުން އަދިވެސް ފިލާގޮތެއްނުވެއެވެ.
ޢައު ދުވަހަކަށް އިރުއެރީ ޝާއިނާގެ ހުނުމުގެ އަޑުންނެވެ. ބޮޑު ޗުއްޓީއެއް ލިބުމުން އެކަމާ އުފަލުން އެއް ސޯފާއިން އަނެއް ސޯފާއަށް ފުންމަ ފުންމާ ހުއްޓެވެ. ޝާއިނާ ކޮންސެޓަށް ފެހު ހެދުން ހިފައިގެން ޒޯއީ ސިޓިންގް ރޫމްއަށް ވަނުމާއެކު އެ ދިމާލަށް ޝައިނާ ދުއްވައިގަތެވެ. ޥާވްއޭ ކިޔާހަޅެއްލަވައި އެހެދުން ޝިބާންއަށްވެސް ދެއްކިއެވެ.
ޢެދުވަހު މެންދުރު 2 ޖެހިއިރު ޝާއިނާ ޢައި ޝިބާން އަދި ޒޯއީހުރީ ޝައިނާމެން ސްކޫލް ގޯތިތެރޭގައެވެ. ޝާއިނާ ލާންޖެހޭ ކުލާހަށްލާން ޒޯއީ ދިޔައެވެ. ޝިބާން ހޯލަށްވަދެ އެތަނުން ގޮޑިއެއްގައި އިށިންދެލިތާ މާ ގިނައިރެއް ނުވެ ޝާއިނާގެ ޕާފޯމަންސްވެސް ފެށުނެވެ.
15 މިނެޓަފަހުން ޝާއިނާގެ ޕާރފޯމަންސް ނިމުމުން ޒޯއީއާއިއެކު ޝިބާން ޝާއިނާގެ ކުލާހަށްދިޔައީ ޝާއިނާގެ އާންޓީއާވެސް ބައްދަލުކޮއްލަންވެގެނެވެ. ޝިބާން އިސްޖަހައިލައިގެން ކުރިޔަށްދިޔައެވެ. ޢަތްދިގުގަމީހުގެ އަތް އުޅަބޮށިންމައްޗަށް އޮޅާލެވިފައިވެއެވެ. ނޫ ޖިންސް އުނަގަނޑަށް ހެޔޮވަރުވެފައި ލޯ އަޅައިގަންނަ ކަހަލަ ގިތެއްހުރެއެވެ. ލޮލުގައި އަޅައިފައިވާ ކަޅު އައިނުން އިތުރު ހިތްގައިމުކަމެއް ލިބިފައިވެއެވެ. ޢެތައްކުދިންނެއްގެ ލޯ ޝިބާންއަށް ހުއްޓެމުންދިޔައެވެ. ޝިބާންގޮސް ކުލާހު ދޮރުމަތީ މަދުކިށްލުމުން ޒޯއީ އެތެެެރެއަށްވަނީ ޝިބާންއަށް ފޯނެއްއައީތީއެވެ. ޢޭރު ޝާއިނާގެ އާންޓީ ޢޭނައިގެ އަތުގައި ހިފައިލައިގެން ހުއްޓެވެ. ޒޯއީ ޝާއިނާ ގެންދަން އުޅުމުން ބުނީ ޑެޑީ އައީމަ ނޫނީ ނުދާނެކަމަށެވެ. ޒޯއީ ޝާއިނާގެ އާންޓީގާތު ތިރިއަށް އައުމަށް އެދުނީ ޝައިނާ ކުރުނުކޮށް ބޮޑާ ހާކާތީއަައިއެކު ޝިބާން ފޯނެއްއައީތީ ތިރިއަށް ދާނެކަން އެނގޭތީއެވެ.
ޒޯއީމެން އައިސް ޝިބާންގެ ފުރަގަހަށް ހުއްޓެލިވަގުތަކީ ޝިބާންވެސް ފޯނުބާއްވައިފައި ޒޯއީމެންނާއިދިމާލަށް އެނބުރެލިވަގުތެވެ. ޢެއާއިއެކު ޝިބާންގެ އަތުން ފޯނުދޫވެ ޖެހުނީ ތަޅުންމަތީގައެވެ. ލޯކުރިމަތިން ފެންނަމުންދިޔަ މަންޒަރުގަބޫލު ނުކުރެވި ލޮލުގައި އިން އައިނުވެސް ނެގުނީ ބޭއިހްތިޔާރުގައެވެ. ޢަތްފައިން ވާގިދޫވެ މުޅި ދުނިޔެވެސް އެބުރޭހެން އޭނައަށް ހީވަމުންދިޔައެވެ. ޢެވެސް މީހެއްގެ ހިލަމެއް ނުވާ ހުސް ބިމެއްގައި ހުރެވުންފަދައެވެ. ލޮލަށް ކަރުނަތަށް ޖަމާވާންފެށިއެވެ. ޢެއްވެސް މީހެއް އެއްވެސް ކަމެއް ހަދާނެއް ނެތެވެ. ޙުރެވުނުތަނާއި ކުރަންއައި ކަންތަށްމަތިންވެސް ހަދާނެތުނެވެ. ލޮލަށް ޖަމާވަމުންދިޔަ ކަރުނަތަށް އޭގެ މަގާމު ދޫކޮށް ކޯތާފަތް މައްޗަށް އޮހިގެން ދިޔަވަގުތު ވޭނީ އާހްކާއި އެކު އެދުލުން ކިޔުނީ އެންމެ ނަމެކެވެ. ޝައިންއެވެ.
* ނުނިމޭ *

Share Article

Follow Me Written By

shaai

Level 110 Stories

Other Articles

Previous

އިއުނާސް (7)

Next

ލޯބި ވެވުމުން ……….13

Next
May 14, 2017

ލޯބި ވެވުމުން ……….13

Previews
May 13, 2017

އިއުނާސް (7)

21 Comments!

  1. luhan says:
    May 14, 2017 at 6:21 pm

    Wat??kihinh dhn vaany??v kiya hiyy vey eba nxt prt..V salhi ingey..Nxt prt kn irkn??

  2. heelaa says:
    May 14, 2017 at 6:37 pm

    shinaa ge aunty is shin dhw..

  3. Maly says:
    May 14, 2017 at 6:47 pm

    Wow.. shaaina ge aunty aky shain tha.. next part ah inthixaaru kuran.. maa kuruhen heevey mi part.. bt next part miah vure dhigu vaane kamah unmeedhu kuran.. mi part ves v reethi.. thanks..

  4. AKI says:
    May 14, 2017 at 6:54 pm

    shain madhuvikamah bune doc lahvaa shibaan ah olhivaalee dho… mirey adhi one part up kohla dheebaa pls pls

  5. Mixy says:
    May 14, 2017 at 7:04 pm

    Kihineh mi vee.haadha lahakuhney this up kuranee ehaa kuru thahkolhen dhugukoh genes dheeba.

  6. Mau says:
    May 14, 2017 at 7:15 pm

    Pls pls pls pls adhi one part up kohladheeba maadamaaviyas

  7. AKI says:
    May 14, 2017 at 7:17 pm

    shain amihlayah maruvi kamah bunaashey bunee dho doc kairee… mirey adhi one part up kohla dheebaa pls pls

  8. Aish says:
    May 14, 2017 at 7:25 pm

    Haada kurry ekamu vaahaka v salhi.

  9. shaai says:
    May 14, 2017 at 8:46 pm

    Soon aneh part up kuraanan.. aslu kuda meehaa v sick ehnwe laswanee.. ekam iraadha kurewiyya huhtaanulaa miwaahaka nimen dhen genes dheynan.. laswaa laswumah v bodah maafah eden..

  10. Anonymous says:
    May 14, 2017 at 9:03 pm

    gws to ur child.. up soon… tihaa burakoh ulhemun vx up kohdinyma thanks

  11. nonns says:
    May 14, 2017 at 9:34 pm

    Woowww. Anekka eiy shine baa?? I just hope. When next part?? 😀

  12. Rainy princess says:
    May 15, 2017 at 11:28 am

    stry reethi ekamaku vara kuru..eha dhuvas kohfa up kohdheyiru kudako dhigu vaane nama :/

  13. curious says:
    May 16, 2017 at 3:00 am

    Mi story ga kithah part ebaulhey tho adhi.

  14. AKI says:
    May 17, 2017 at 1:16 pm

    konirakun up kohla dhey nee

  15. Kamana says:
    May 18, 2017 at 8:17 pm

    Anehkaa mivaahaka mihisabun nimmalee tho

  16. nonnx says:
    May 20, 2017 at 9:50 am

    mi story up nukuranytha dhn??

  17. Zeekko says:
    May 21, 2017 at 1:11 pm

    Kobaatha vaahaka ???

  18. Aimmin says:
    May 21, 2017 at 8:41 pm

    Next part kobba….haadha Lahey update vaale????

  19. Lam says:
    May 25, 2017 at 8:01 am

    Habaren vebala writer kihinenvegenkan lasvanee bunebala

  20. Anonymous says:
    May 30, 2017 at 9:46 pm

    Pis pis.. Furthama ethah dhuvaheh vandhen nuliye hury.. Dhen liyan fashaafa bunefi daily koh upkohdheynaney. .. Dhen anekka mi part liyefa bunefi dharifulhu bali vyma ey.. Ok ey aharen vx gaboolu kuramey ekahala conditions vx annane.. Ekmmm…. Thi dhoguthakaa excuse thah abadhu dhekky ma vvv foohi… Ma dhen mi vahaka up kuriyas nukiyanan

  21. AKI says:
    June 7, 2017 at 12:26 am

    shaai dhooni konirakun up kohla dhey nee.. varah kiyaahithun mihiree up kohla dheebaa pls pls

Comments are closed.



All Right Reserved!