Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝައިން (ޕާޓް-17)

shaai Level 110 Stories
November 21, 2015 2 Mins Read
12 Comments

މެންދުރާއެކު ބޭރުގަ އުޅެލާފައި އައި ޝިބާންއަށް ގެއަށް ވަދެވުމާއެކު ފެނުނު މަންޒަރުން ހިތް ހުއްޓުނު ކަހަލައެވެ.. މުޅި މީހާ ގަނޑުވެ ހިލަ ބުދެއްހެން ހުރެވުނީއެވެ.. މުޅި މީހާގެ ގައިން ވާގި ދޫވެ ހިއްސުތައް ގަނޑުވި ކަހަލައެވެ.. އަނގައިން ބުނަންވެސް ހަދާންނެތި އިންތަނަށް ތިރިވީއެވެ…

ވާނީވެސް އެހެންތާއެވެ. ލޯބިވާ ބައްޕަ ގޭގެ ތިންވަނަ ބުރިން ވެއްތިގެން އައި މަންޒަރު  ލޯމަތިން އަދިވެސް ސިފަވަމުން ދާކަހަލައެވެ.  ފެން ބޮވާގަނެގެން ބޭރަށް ނިކުމެގެން އައި ޝާއިން އަށް މި މަންޒަރުފެނި ދެލޯ ބޮޑުވިއެވެ. ދެ އަތް ނަގައި ކަންފަތްމަތީ އެލުނީ ބެއިހްތިޔާރުގައެވެ. ބާރަށ ހަޅޭއްލަވައިުގަނެވުނެވެ.  ޝާއިންގެ ހަޅޭކުގެ އަޑަށް ކޮޓަރީގައި އިން އިޒާންވެސް ބޭރައް ނިކުތީ ދުވެފައެވެ.  ފަރީދު ތަޅުންމަތީ ހަބަރު ހުސަވެފައި އޮތްއިރު ޝައިންއާއި ޝިބާން  ހުރީ ބުދެއްހެން ގާވެފައެވެ.

ލޭގެ ކޯރެއް މުޅި ސިތިން ރޫމްގައި ހެދެމުން ދާއިރު އެންމެންވެސް ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ގަވެފައިން ޝިބާން ސިހުނީ އިޒާން އައިސް އޭނާގެ ކޮޑުގައި އަތްއަޅައި ތަޅުވާގަތީމައެވެ. ބައްޕައާއި މެދު ވިސަނާލެވުނީވެސް ދެނެވެ.

ކުއްލިއަކަށް ތެދުވެގެން ގޮސް ބައްޕަގެ ގައިގައި ބައްދާ ގަނެވުނެވެ. ފަރީދުގެ ބޯ އުފުއްލާލުމަށްފަހު ބޯ ދަށަށް ފައިލައިގެން އިނދެ އަވަސް އަވަހަށް އެންބިއުލަންސް އަށް ގުޅުމަށް ޝާއިން އަށް އެންގިއެވެ. ޝައިން އަވަސް ހަރަކާތާއި އެކު ފޯނުނަގައި ކަންފަތުގައި ޖައްސާލިއެވެ. އޭރުވެސް މަޑު ތުރުތުރެއް އެ އަތުގައި އެކުލެވިގެންވެއެވެ.

15 މިނިޓް ތެރޭގައި ފަރީދު ހޮސްޕިޓަލަށް ގެންދެވުނު އިރު  ޝިބާން އާއި އިޒާން ދިޔައެވެ. ޝައިން ގޭގައި މަޑުކުރަންޖެހުނީ ބޮޑުދައިތަގެ ހާލު ރަގަޅު ނުޥީތީއެވެ. ނަމަވެސް ޝައިން ގޭގައި ހުރެގެން ފަރީދުއަށް އަވަސް ޝިފާއެއް ދެއްވުމަށް ތަކުރާރުކޮށް ދުޢާ ކުރަމުން ދިޔައެވެ.

ހޮސްޕިޓަލަށް ގެންދިޔަ ގޮތަށް ފަރީދު ވެއްދީ އޮޕަރޭޝަން ޓިއޭޓަރަށްށެވެ. އޮޕަރޭޝަން ޓިއޭޓަރ  ކައިރީ ޖަހާފައި ހުރި ގޮޑިބަރިން ގޯޑިއެއްގައި ދެއަތުން ބޮލުގައި އަތް އަޅައިގެން އިނަ ޝިބާން ފެނުމުން ކޮންމެ މީހެއްގެ ހިތްވެސް ފަޅައިގެން ދާހާވާނެއެވެ. އެ ހިތަށް ކުރަމުންދާ އަސަރު އެންމެ ގ\ަތުން ދެކުނު މ/ިހަކު މޮޔަވެދާނެއެވެ.

އިރު އިރުކޮލާ  ޓިއޭޓަރ ދޮރަށް ނަޒަރު ހުއްޓަލަނީ ބައްޕަގެ އެވެސް ހަބަރެއް ލިބޭތޯއެވެ.  އެންމެ ފަހުން އިންތަނުން ތެދުވެގެންގޮސް ޓިއޭޓަރ  ދޮރުކައިރީ މަޑުކޮއްލެވުނީ އިހްތިޔާރުން ބޭރުގައެވެ. އެ ހިތަށް މިހާރު ކެއްކުރުމްށް ނުކުޅަދާނަ ވެއްޖެއެވެ. ބާރަށް ޓިއޭޓަރ ދޮރުގައި ތަޅާއިގަނެވުނީ  ހިތަށް ލިބެމުން ދިޔަވޭން ބޮދުވަމުން ދިޔައީތީއެވެ.

މި މަންޒަރު ފެނި ދުރުގައި ބަލަންހުރި އިޒާން ދުވެފައި އައިސް  ޝިބާން އެ ތަނުން ދުރުކުރުވިއެވެ. ކޮންމެ ކަމެއްގައިވެސް ކެތްތެރިވާން ޖެހޭނެކަމާ ކެތްތެރިންނާއި އެކު އަބަދުވެސް ﷲ ވޮޑިގެން ވާނެކަމަށް ބުނެ ޝިބާން މަސަލަސް ކުރެވޭތޯ މަސައްކަތޮ ކުރަމުން ދިޔައެވެ.

އިޒާންގެ ބަސް ގަބޫލްކޮށް އެބުރި ގޮޑީގައި އިށިންދެލި ނަމަވެސް ހިތަށް ކުރަމުން ދިޔަ އަސަރަށް ކުޑާނަމަވެސް ބަދަލެއް ނާދެއެވެ. އަނެއްކާވެސް އިނަތަނުން ތެދުވެ ޓިއޭޓަރ ކައިރިއަށް މިސްރާބް ޖަހާލެވުނީ ޓިއޭޓަރ އިން ނިކުމެގެން އައި ޑޮކްޓަރ ފެނުމުންނެވެ.

ޝައިން ބޮޑުދާތަ އަށް އެއްޗެއް ކާންދިނުމަށްފަހު ނިދާލުމަށް ބުނެފައި އެބުރި ކޮޓަރިއަށް އައިސް އެދުގައި އިށިންދެލިއެވެ. ފޯނުނަގައި ޝިބާން އަށް ގުޅައި ބައްޕަގެ ހާލު ބަލާލަން ބޭނުންވިއެވެ. ޝިބާންގެ ނަންބަރ އަށް ޑާއިލް ކޮއްލިއެވެ. ފޯނު ކަންފަތުގައި ޖައްސާލައިގެން ޖަވާބު ދޭނެ އިރަކަށް އިންތިޒާރު ކުރަމުން ދަނިކޮށް ޝައިން ސިހުނީ ކޮޓަރީ ދޮރުހުޅުވާލާފައި ވަދެގެން އައި ޝިބާން ފެނިފައެވެ. ޝިބާންގެ މިލާފައިވާ މޫނު ފެނިފައިވެސް ކަންތަށް ގޯސްކަން ޝައިންއަށް ވިސްނުނެވެ. އަވަސް އަވަހަށް އައިސް ޝިބާން ގައިގައި ބައްދާލިއެވެ.

“ޑޮކްޓަރ ބުނީ ބައްޕަގެ ހާލު ވަރަށް ސީރިއަސް އޯ.. ވީ އެންމެ އަވަހަކަށް ބޭރަށް ދާށޯ.. ނޫ.. ނީ… ބައްޕަ… ބައްޕަ ސަލާމަތް ނުވެދާނެޔޯ” ޝިބާން އުދަނގުލުން ޝާއިން ގާތު ބުނެލިއެވެ. އަދި މިހާރު ދަތުރު ހަމަޖެހިފައިވާ ވާހަކައާއި މީގެ 30 މިނިޓް ފަހުން ފުރާ ވާހަކަ ބުނެލިއެވެ.

” އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއް ނުވާނެ.. އަހަރެން އިންތިޒާރު ކުރާނަން ޝިބާން އާއި ބައްޕަ އެބުރި އަންނާނެ ދުވަހަކަށް.. އައިއެމް ގޮނަ މިސްޔޫ.. ބަލާގެން އުޅޭތި..” ޝައިން އަސަރާއި އެކު ބުނެލިއެވެ.

ޝިބަން ނިކުމެ ކާރަށް އެރިތަން ބެލްކަނިން ބަލަން ހުރިއިރު އެ ލޮލުން އެތައްހާސް ވާހަކައެއް ބުނެދިނެވެ. ކުރި އަސަރު ބޮޑުނަމވެސް އެ ހިތުން ޝިބާން އަށް ކުރެވެނީ ހެޔޮ ދުޢާއެވެ artículo.

Share Article

Follow Me Written By

shaai

Level 110 Stories

Other Articles

Previous

ޝެރިން (15 ވަނަ ބައި)

Next

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ…….

Next
November 21, 2015

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ…….

Previews
November 21, 2015

ޝެރިން (15 ވަނަ ބައި)

12 Comments!

  1. shaai says:
    November 21, 2015 at 10:31 am

    އައިމް ސޯ ސޮރީ.. ލަހުން އަޕް ކުރެވޭތީ.. އެކަމް އިންޓަރނެޓް ކެނޑިފައި ހުރުމުގެ ސަބަބުން އަޕް ނުކުރެވުނީ.. ކިޔުންތެރިންގެ އަރިހުން މާފައް އެދެން.. ސޮރީ..:-(

  2. sasha says:
    November 21, 2015 at 10:41 am

    u could ask some one to upload.

    1. shaai says:
      November 21, 2015 at 10:54 am

      ވިލް ޑު އިޓް ނެކްސްޓް ޓައިމް.. ސޮރީ..

  3. Lynaaaaaaa says:
    November 21, 2015 at 10:43 am

    Nice but update varleh v las

  4. Shifoo says:
    November 21, 2015 at 11:05 am

    haadha kurey adhi ehaa lahun update thi kuree ves…
    hope next time it will be little bit longer than this part…

  5. shaai says:
    November 21, 2015 at 11:07 am

    ޝުކުރިއްޔާ… ދެން އެހެން ނުވާނެ އިންޝާﷲ..

  6. Faxoo says:
    November 21, 2015 at 11:20 am

    V.reethii

    1. shaai says:
      November 21, 2015 at 11:41 am

      ޝުކުރިއްޔާ ފަޒޫ…

  7. Sanmu says:
    November 21, 2015 at 11:46 am

    Nice

  8. Ira says:
    November 21, 2015 at 3:18 pm

    Nice but haadha lahun the upload kuree……. 🙁

  9. Ruhu says:
    November 21, 2015 at 6:56 pm

    kihaa dherakameh thihaavarun vaahaka nuliyebala

  10. shaba says:
    November 21, 2015 at 7:45 pm

    Maa lahy story up kuraaleh…….
    Ekam vx vaahaka vvv rythi..❤❤❤
    Knirakun nxt part up kuraaaniiii…????

Comments are closed.


All Right Reserved!