ރަތް ބޮކީގެ ފަނޑު އަލިކަމުގެތެރޭގައި ފެންނަމުންދިޔައީ ޝައިންގެ ހިތައްވެސް ނުގެނެވޭފަދަ އަޖައިބުކުރުވަނިވި މަންޒަރެކެވެ. ކޮޓަރީގެ އެކި ހިސާބުގައި އުއްބައްތި ޖަހާ ދިއްލާލައިފައިވާއިރު ކޮޓަރީގައިވާ އެއްޗެހީގެ ހިޔަނިތައް ނަށަމުން ދެއެވެ. އޭރު މޭޒު ދޮށުގައި ޝިބާން ހުއްޓިލައިގެން ހުއްޓެވެ. ހީވާގޮތުން ކާއެއްޗެހި ތާރުތީބުކުރަނީއެވެ. “އަޖައިބެއް… ނުވެސް ދަންނަ ނޭނގޭ މީހަކު މި ކުރަނީ ކީއް…. މީނައިގެ މަގުސަދަކީ ކޮބައިބާ؟ އަޅަކަށް ހަދަންބޭނުންވަނީ ކަން ނޭނގެ… ނޫނީ ގޮތް ބަލާލަން ބޭނުންވަނީ ކަމަށްވެސްވެދާނެ……” ޝައިންގެ ހަޔާތުގައި ފުރަތަމަ ފަހަރު އޭނާއަށް […]
ގޮށްއަޅުވާ ވާއްތަރުގެ ކުރު ގަމީސް ޓޮޕަކާ ކުރު ސްކާޓެއްލައިގެން އެހުރީ މީގެ މަހެއްހާ ދުވަސް ކުރިން ޝިބާން އަށްސުނާމީ ބިނާއިން ފެނުނު ކުއްޖާއެވެ. އެރެއަށްވުރެ މިރޭ އެކުއްޖާ ފެންނަލޭ މާ ރީތިވެފައި ފުރިހަމައެވެ. ފޫކޮޅަށްވުރެ ތިރިއަށް ފައިބައި އެ ރާޅު ބާނި އިސްތަށިގަނޑު ވަޔާ ހެލިލަ ހެލިލާ ހުއްޓެވެ. ދޮންނޫނަސްވެސް އެ މޫނުގެ އޮފްކަން ގަދައެވެ. ވައްބޮޑު ދެލޮލުގައިވާ ކަޅުކަނޑެއްފަދަ ކަޅިއާއެކު ދެލޯ ކައިރީ އަޅާފައިވާ އަދުނުން ލޮލުގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. ތުނި ތުންފަތް ކައިރީގައި ދެތިން […]
އަހަރެންގެ ހަޔާތެކޭ ކަޅުކަން ވެރިވެފައިވާ ކޮޓަރިއެކޭ އެއްފަދައެވެ. ހަޔާތުގައި ހާސިލް ކުރަން ބޭނުން ކިތަންމެ ކަމެށް ހިތުގައި ރާވަމުން މި ދަނީ އެކަން ފުރިހަމަ ވާނޭ ކަމުގެ އުންމީދެށް އޮވެގެންނެއްް ނޫނެވެ. ހަދާން ހުންނަން ފެށީއްސުރެ އުޅެން ޖެހިފައި ވަނީ ހީވެސް ނުކުރާހާ ހިތްދަތި ކަން މަތީގައެވެ. ކާން ލިބެނީ ފާރޮށި ކިބައަކާ ކަޅު ސައި ތަށްޓެކެވެ. ފެންވަރާލިޔަސް ގައިން ނަގާ ދިލައިން ކެއްވާވަރެށްނުވެއެވެ. އަހަރެންނާ މެދު އޯގާތެރި ވާނޭ ފަރާތެއް ހޯދަން ދާނީވެސް ފަހެ ކާކު […]
-*-*-*-*-*-*-*–*-*-*-*-*-*-*-*-*-*-*-*-*-*–*-*-*-*-*-*-*-*-* ޝިބާން ….. ދަރިފުޅަ މާލެ ދާން ތައްޔާރުވޭ… މިހާރު ކިޔަވާވެސް ނިމުނީނު” ފަރީދު އޭނާގެ ހަމައެކަނި ހުރި ދަރިފުޅު ގާތު ބުނެލި އަޑު އިވުނެވެ. “ނޫން ޑޭޑް.. އައި ޖަސްޓް ހޭޓް މާލެ ސޯ ބޯރިންގް ޕްލޭސް…” ޝިބާން ކުދިކިޔާ ފާޑަށް ތުން އޫކޮއްލާފައި ބުނެލިއެވެ. ފަރީދު އަށް ޝިބާންގެ މި ހަރަކާތުން ހިނި އައްނަ ގޮތްވިއެވެ. “އެކަމަކު ދަރިފުޅާ މިފަހަރު ބައްޕަ ބޭނުމީ ދަރިފުޅު މާލެ ގެންދަން… ބޮޑުދާތަ ވެސް ބުނި […]
އުޑުގައި ދަތުރު ކުރަމުން ދާ ހުދުކަން ގަދަ ވިލާތަކުން ނޫކުލައިގެ އެ ބޮޑު އުޑު އިތުރައް ރީތި ވެފައި ފުރިހަމަ ކަމައް ދައްކައެވެ. ގާޑަން ވިވް އަށް ވަދެގެން އަންނަ މަގުގެ ދެފަރާތުގައި އިންދާފައި ހުރި އެކި ކުލަ ކުލާގެ މާމެލާ މެލީގެ ގަސްތަކުގައި ފޮޅެފައި ހުރި މަލުގެ މީރުވަސް މުޅި އެ ހިސާބު އެއް ވަސް ކޮއްފައި ވެއެވެ. މުޅިގޭ ގޯތި ތެރެ ފެންނަނީ ފެހި ކޮށްށެވެ. ގެއަައް ވަންނަ މަގާ އެކު ގޯތި ތެރެ […]