Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ…48

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 28, 2016 8 Mins Read
85 Comments

ފަތުހީ މަލިކާގެ އަތުގައި ހިފަހައްޓާލިއެވެ. “އެމީހުން އަދިވެސް އަހަރެން ދެކެނީ އަމިއްލަ ދަރިއެއްގެ ގޮތުގައި… ދިރިއުޅުމެއް ފެށުމަކީ ގޯސްކަމެއް ނޫނޭ ބުނީވެސް ހަމަ މަންމަ… މި ބުނީ ހަސްނާގެ މަންމަ…! ހާސްނުވޭ… އެމީހުން ބޭނުންވަނީ ބައްދަލުކޮށްލަން އެކަނި..” ފަތުހީ ބުންޏެވެ. ފޯނުން އެއްޗެއް ޓައިޕް ކުރަން ހުރި ކިއާރާއަށް އެ އަޑު އިވި ހިނިތުންވެވުނަސް އިވުނުކަމަކަށްނުހަދައެވެ. 8 ވަނަ ފްލޯރ އަށް ގޮސް ލިފްޓް ހުއްޓުމާއި އެކު ތިން މީހުން ނިކުތެވެ. ފަތުހީ ހީވީ އަމިއްލަ ގެއަށް އައިހެންނެވެ. ހަމަ އެހާ ހަލުވިކަމާއި އެކު ގޮސް އެޕާޓްމެންޓްގެ ދޮރުގައި ޓަކިޖެހިއެވެ.. ކިއާރާ ހުރީ ފަތުހީ އާއި މަލިކާ ގެ ފަހަތުގައެވެ. މިއަދު މީ އެމީހުންގެ ދުވަހެކެވެ. އެމީހުންނާއިވެސް ކިއާރާ ބައްދަލުކުރީ އެންމެ ދުވަހަކުއެވެ. އެއީވެސް އެންމެންނަކާއި އެއް ނޫނެވެ. ހަސްނާގެ މަންމައާއި ބައްޕަ އަދި އެއް ދައްތައާއިއެވެ. ފަތުހީ ބުނާގޮތުންނަމަ އެއީ ބޮޑު އާއިލާއެކެވެ. އެތެރެއަށް ވަތް އިރު ބޮޑު ސޯފާގައި އިނީ ހަސްނާ ބައްޕަ ހުސެން އެކަންޏެވެ. ފަތުހީ އާއި ސަލާމްކޮށް ހަދާލުމަށްފަހު ހުސެން އެންމެންނަށް ގޮވިއެވެ. އެކި ނަން ނަމުން ގޮވަމުން ދިޔައިރު ކިއާރާގެ ދެލޯވެސް ބޮޑުވަމުންދިޔައެވެ.

އިރުކޮޅެއްނުވެ ކޮޓަރިތަކުން މީހުން ނިކުމެގެން އައިސް ސޯފާ ފުރާލިއެވެ. ދާދިދެންމެއަކު ހުސްކޮށް ހުރި ސޯފާތަށް ފުރިއްޖެއެވެ.  ތެދެކެވެ. ބޮޑު އާއިލާއެކެވެ. އެޔެއް މިއެއް ނޭނގެއެވެ. ކޮއްކޮއެއް ބޭބެއެއް ދައްތައެއްވެސް ފާހަގަނުވެއެވެ. މި އެންމެންނަށް މިގޭގަ އުޅެވޭބާއެވެ. އެބައެއްގެ ދަރިންނާއި ފިރިންނާއި އަނބިންވެސް އެބަ ތިބިވިއްޔާއެވެ. ކިއާރާ އަމިއްލަ ސިކުނޑިއަށް އަންނަ ހިޔާލުން ހިނިއަންނަގޮތްވިއެވެ.

އިރުކޮޅެއްނުވެ ހަސްނާ މަންމަ ފަރުޒާނާވެސް ނިކުމެގެން އައެވެ. “ހީނާ.. ސައި ތަށިތަށް މޭޒުމައްޗަށް ގެނެސްދީ އެމީހުންނަށް…. މަންމަ ހުންނާނެ ކަބަޑުގައި ބަހައްޓާފައި ބިސްކޮދުވެސް..” ފަރުޒާނާ އެހެން ބުނެފައި އައިސް ހުސެން ކައިރި އިށީނެވެ. އެންމެންހެން ފަތުހީއާއި ވާހަކަދައްކަމުން މަލިކާ ގެ މައުލޫމާތު ހޯދަންފެށި އިރު ހީވީ އޭނާގެ އަމިއްލަ އާއިލާއާއި ބައްދަލުކުރެވެނީހެންނެވެ. އެމީހުން މެދުގައި އެހާވެސް ގާތްކަންވެއެވެ. ފަތުހީ ވަރަށް ލޯބިން އެ އެންމެންނަށް ކިއާރާ ތައާރަފުކޮށްދިނެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅޭ ބުނެފައެވެ.. އެންމެންނަށްވެސް ކިއާރާ ވަރަށް ކަމުދިޔައެވެ. އެ އެންމެންވެސް ކިއާރާ އަށާއި މަލިކާއަށް ތައާރަފް ވަމުން ދިޔައިރު ކިއާރާ އިނީ ހަމަ ރަނގަޅަށްވެސް ވާނުވާގައެވެ.

“ދެން އެންމެން މިތާ އުޅެނީ ކިހިނެއް؟؟” ކިއާރާއަށް އެހެން އަހާލެވުނީ ބޭއިހްތިޔާރުގައެވެ. ވަގުތުން އަނގަމަތީ އަތް އެޅިއެވެ. “އެންމެންވެސް އުޅެނީ އެމީހުންގެ އަމިއްލަ ގޭގައި… މި ގޭގައި އުޅެނީ ދައްތައާއި ބޭބެ އެކަނި… ކޮންމެ ހޮނިހިރު ދުވަހަކީ މިގެއަށް އެންމެން އެއްވާ ދުވަސް… އެހެންވެ މިއަދު މި ބުނީވެސް ފަތުހީ ކައިރި އަންނާށޭ… އެންމެން މިހާރު މާ ބިޒީވީމަ އަބަދު އަބަދަކު ދިމައެއް ނުވާނެ…. އެކަމް ހޮނިހިރު ދުވަހަކީ ކޮންމެ ގޮތެއްވިޔަސް ހަމަ މިގޭގައި އެންމެން ތިބެން ޖެހޭނެ ދުވަހެއް…” ފަރުޒާނާ ޖަވާބުދިނެވެ.. ކިއާރާ އަށް ހެވުނެވެ. ފަތުހީ ކިއާރާގެ އިސްތަށިގަނޑާއި ކުޅެލީ އެ ކުއްޖާފުޅުގެ މޮޔަކަމުންނެވެ. ދަރިއެއްގެ މަޤާމުގައި އެފަދަ ރަނގަޅު ހެޔޮލަފާ ކުއްޖެއް ލިބުމަކީ އޭނާގެ ނަސީބެވެ. ހަސްނާގެ އާއިލާ މީހުންނަށްވެސް ކިއާރާ ކަމުދިޔުން ވެގެން ދިޔައީ ފަތުހީ އަށް ލިބުނު ފަހުރަކަށެވެ.

“މަލިކާ އާއިލާ މީހުން ނުތިބޭތަ؟” ފަރުޒާނާ އަހާލުމުން މަލިކާ ބޯޖަހާލިއެވެ. “އެހެންވީމަ ހާސްވާނެކަމެއް ނެތް.. ފަތުހީ އެކޭ އެއްފަދައިން މަލިކާގެވެސް ގެ މީ… އިނގޭ…! ވަރަށް އުފާވެއްޖެ އަސްލު ފަތުހީ ދިރިއުޅުމެއް ފަށަން އުޅޭތީ…. ދައްތަ ދެކެނީ ހަމަ އަމިއްލަ ދަރިއެއްގޮތުގައި ފަތުހީ…. އެ ގުޅުން މިހާރު އެގޮތަށް ނެތްކަމުގައި ވިޔަސް.. މައި ލަގޮނޑިއަށް ކެތެއްނުވާނެއެއްނު ދަރިފުޅު އެކަނި ވެރި ދިރިއުޅުމެއް އުޅޭތަން ފެންނަންޏާ… ވަރަށް އުފާވެއްޖެ..” ފަރުޒާނާ ބުނި އިރު އެ މޫނުމަތިން ފެންނަ ހިތްހަމަޖެހުމުން އެކަމަށް ހެކިވެއެވެ.  ފަތުހީ ކަރުނުން ފުރިފައިވާ ހާލު ހިނިތުންވެލިތަން ކިއާރާއަށް ފެނުނެވެ. އޭނާއަށްވެސް ހިނިތުންވެވުނެވެ. މިއަދު އޭނާގެ ދިރިއުޅުމަށް ހުރިހާ އުފަލެއް އައުމުގެ މައިގަނޑު ސަބަބު ކަމަށްވާ ލޯބިވާ ބައްޕަގެ ދިރިއުޅުން ފުރިހަމަ ވާން އުޅޭތީވެ މާ ބޮޑަށް އުފާވެވުނީއެވެ. އަދިވެސް ފަތުހީ އޭނާ އަމިއްލަ ދަރިއެއްގެ ގޮތުގައި ގެންގޮސް އޭނާގެ ނަން ކިއާރާގެ ނަމާއި ގުޅުވާލިގޮތް ހަނދާންއެބަހުއްޓެވެ. އެފަދަ ހެޔޮ އިންސާނަކަށް ދެ ދުނިޔޭގެވެސް އުފާ މާތް ﷲ މިންވަރުކުރައްވާނެތާއެވެ. މިއަދު މީ ފަތުހީގެ ފަހަރެވެ. އޭނާގެ ދިރިއުޅުން ފުރިހަމަ ވާނެ ވަގުތެވެ. “ފަތުހީ ތިހެން އުޅެމުން ޖައްސާލަންވާނެ އިނގޭ…. ކިއާ ވެސް މަލިކާވެސް ގެންނަންވާނެ….” ހުސެން ބުންޏެވެ. އެ ގޭތެރޭ އަޑުގަދަވެގެން ދިޔައީ އެންމެން ފަތުހީގެ ކައިވެނީގެ ވާހަކަ ދައްކަންފެށުމުންނެވެ. އެކަކު ހިޔާލެއް ފާޅުކުރާއިރަށް އެހެން މީހަކު އެއަށްވުރެ ރަނގަޅު ހިޔާލެއް ފާޅުކުރެއެވެ. ދެމީހަކު ބަހުސްއަކަށްވެސް ދިޔައެވެ. ހީހީފައި މޮޅެތި ގޮތް ގޮތްތަށް ކިޔަމުން ދިޔައިރު މަލިކާ އާއި ފަތުހީ ތިބީ ލަދުންކަންނޭނގެއެވެ.  ކިއާރާ ހެވިފައި ބަލަން ތިބީ އެފަދަ މަންޒަރެއް ކުރިން ނުފެންނާތީއެވެ. ބޮޑު އާއިލާއެއް އޮތުމުން ހާދަ މަޖާވާނެއެވެ. އެފަދަ ބޮޑު އާއިލާއެއް އޭނާ ދުވަހަކުވެސް ތަޖުރިބާއެއް ކޮށްފައެއްނުވާނެއެވެ. އެހެންވެ އެމީހުންނާއި ދިމާލަށް ބަލަން ހެވިފައި އިނދެވުނީއެވެ.

“ނޫނޭ ނޫނޭ!… އަހަރެންވެސް މަލިކާވެސް ބޭނުމެއްނުވޭ އެހާ ބޮޑު ކޮށް ފާހަގަކުރާކަށް… އޮފީސް މީހުންނާއި މަންމަމެން އެންމެން ދެން ކިއާގެ އެކުވެރިން ކައިވެނި ކުރާ ވަގުތު ތިބޭނީ… ދެން އާނ! ކިއާ ވެސް ކައިވެނި ކުރާނީ އަހަރެން ކައިވެނި ކުރާދުވަހު… އެހެންވީމަ އޭނާގެ ކައިވެނީގެ ކަންތަށް ތިޔަގޮތަށް ނިންމާލާ… އަހަރެމެން ވަރަށް ކުޑަކޮށް ނިންމާލާފަ ދެން ކިއާރާގެ ޕާޓީގައި ބައިވެރިވާން މި ނިންމަނީ… އެހެން ބުންޏަސް އަހަރެމެން ނުތިބޭނަން ދޮރުމަތީއެއް ކިއާ މެން ތިބޭނެހެންނެއް… ޕާޓީ އޮންނާނީ ކިއާމެންގެ… އެހެންނު މަލިކާ؟” ފަތުހީ އެކަންތަށް ބޮޑުނުވަނިސް އަވަސް އަވަހަށް ބުންޏެވެ.. “އޯހްހްހް…! ކިއާ ވެސް މެރީ ކުރަނީތަ؟ ކޮންކުއްޖަކާ..؟ ދެން ކޮންއިރަކުންތަ ކައިވެނީގެ ކަންތަށް އޮތީ؟” ހައިފާ އެހިއެވެ.. ކިއާރާ ލަދުގަތެވެ. “އަދި ދުވަހެއް ކަނޑައެއްނާޅަން.. ކިއާ އިންނަން އުޅޭ ކުއްޖާ އާއިވެސް ވާހަކަދައްކާލަން ޖެހޭނެއެއްނު އޭނާ އާއިލާއާއިވެސް…” ފަތުހީ ބުންޏެވެ. “ކޮން ކުއްޖެއްތަ އެއީ ފަތުހީބެ؟” ހައިފާ އަހާލީ ކެތްމަދުވެފައި އިންފަދަ ގޮތަކަށެވެ. “އެއީ ޖޫލިއަން ކޮމްޕެނީގެ އަނީލް ދަންނަންތަ؟ އަނީލް ގެ ދަރިފުޅު… އަޔާން…!” ފަތުހީ އެހެން ބުނުމުން ކިއާރާ އަމިއްލަ އަމިއްލައިން އެއްޗެއް ބުނެފައި ހެވުނެވެ. އަޔާން މަތިން ވަރަށް ހަނދާންވިއެވެ. އަޔާން ދެކެ އޭނާއަށް މިވެވެނީ ކޮންފަދަ ލޮތްބެއްބާއެވެ. ހުުދު އޭނާވެސް ހައިރާންވެއެވެ.

“އޯހް.. ސަޅި…… އޭނާ ގެ އަންހެނުން ވާހަކަ އަޑުއެހިން.. ވަރަށް ނުބައި ކުއްޖެއް ދޯ.. އެކަމް ވަރަށް އުފާވެއްޖެ އެއީ ވަރަށް ރަނގަޅު އާއިލާއެއް އަދި އަޔާން އަކީވެސް ގޯސްމީހެކޭ ބުނާ އަޑެއް ދުވަހަކުވެސް ނާހަން…. ވަރަށް ގުޅޭނެ ދެކުދިން.” ފަރުޒާނާ އެހެން ބުނުމުން އެންމެން އެކަމަށް އެއްބަސްވިއެވެ.. އަޔާންގެ އުމުރުން 30 އަހަރަށް އެޅިފައި އޮތެއްކަމަކު އޭނާގެ ހުންނަނީ 20 އަހަރުގެ ޒުވާން ފިރިހެންކުދިން ހުންނަ ސިފަތަކެވެ. އެންމެން އޭނާ ރީތިކަމާއި ކިއާރާ އާއި ގުޅޭނެވަރު އެއްވަރަކަށް ކިޔަމުން ދިޔައީ ސިކުނޑީގައި އެދެމީހުން އެކީ ތިއްބާ ސިފަކުރަމުންނެވެ..

އެތަށް އިރެއްވަންދެން އެމީހުން ވާހަކަތަކުގައި ތިއްބެވެ. ހައިފާމެން ކިއާރާ އާއި އަޔާން ދިމާ ވިގޮތް އެހުމުން ކިއާރާ ދެލޯބޮޑުވިއެވެ. އެހެންނަމަވެސް ފަތުހީ ކުރުގޮތަކަށް ކިޔައިދިނެވެ. އެންމެންވެސް ހައިރާންވީ އެކަހަލަ ގޮތަކަށް އެފަދަ ދަރަޖައަކަށް ކިއާރާއަށް ލޯބިވެވުނީތީއެވެ. މިޒަމާނުގައި އެއީ ވަރަށް މަދުންނޫނީ ނުފެންނަ ކަހަލަ ކަމަކަށްވީމައެވެ. އެންމެންވެސް ކިއާރާއަށް ތައުރީފްކުރިއެވެ. ލޯތްބަކީ އެފަދަ އެއްޗެކެވެ. އަނެކާއަށްޓަކައި އެތަކެއް އަހަރު އިންތިޒާރު ކުރަންވެސް ފަސްނުޖެހެވޭނެ ކަހަލަ ބާރެއްދޭ އިހްސާސްއެކެވެ.

…

ކިއާރާ މެން ގެއަށް ދެވުނު އިރު މަޤްރިބް ނަމާދަށް ބަންގިވެސް ގޮވައިފިއެވެ. “އޯ ގޯޑް.. ޑޭޑް… ހާދަ ގިނަ މީހުންނެކޭ… އެއްފަހަރާ އެންމެން ވާހަކަވެސް ދައްކަނީ.. އަޅުގަނޑަށް ނޭނގޭނެ މިހެން ބަލާލާފައިވެސް އެމީހުން ނަމުން ގޮވާކަށް.. މިހާރުވެސް އޮޅިއްޖެ.. އެކަމް ވަރަށް ރަނގަޅު ދޯ.. .އަދި އަޅުގަނޑު ކައިރި ބުނެފިއޭ މާމަ އާއި ކާފަ ކިޔާށޭވެސް…” ކިއާރާ ބުނެލިއެވެ. “އެހެންނު ވާނީ ބައްޕައަކީ އެގޭ ކުއްޖެއް..” ފަތުހީ ބުނެލީ ކިއާރާގެ އިސްތަށިގަނޑާއި ކުޅެލަމުންނެވެ. ކިއާރާ ވަރުބަލިކަމާއި އެކު ގޮސް ވަނީ ކޮޓަރިއަށެވެ. ނަމަވެސް އިޝާއަށް ގޮވަން މާ ގިނައިރެއް ނެތެވެ. އެހެންކަމުން އޭނާ މަޤްރިބް ނަމާދުކުރިއެވެ. އިރުތަކެއް ނުވެ އިޝާ ނަމާދަށް ގޮވުމުން އެ ނަމާދުވެސް ކޮށްލިއެވެ. އެއަށްފަހު އެނދުމަތީ އޮށޯވެލަމުން ފޯނު ނަގާ އަޔާންއަށް ގުޅިއެވެ.

ނަމަވެސް ފޯނު ވަނީ ނިއްވާލާފައެވެ. ދުވަހަކުވެސް އަޔާން ފޯނެއްނުނިއްވާލާނެއެވެ. “ވެދާނެ ނިވުނީކަމަށް…” ކިއާރާ ހިތްހަމަޖައްސާލީ އެހެން ބުނެފައެވެ. އޭނާ އަޔާން މަތިން ވަރަށް ހަނދާންވެއެވެ. ދިޔައީ މަދު ދުވަސްކޮޅަކަށް ނަމަވެސް ކަންފަތް ކައިރިން އެ އަޑު އަހާލަން ކެތްމަދުވަނީއެވެ. ކިއާރާ އެނދުން ތެދުވެލުމަށްފަހު ގޮސް ބެލްކަނީގައި މަޑުކޮށްލިއެވެ. “ކިތަށް އަހަރު އޭނާގެ އަޑުނީވި ނުވެސް ފެނި ތި ހޭދަކުރީ.. މިއަދު އޭނާ ދެތިން ދުވަހަށް ދިޔައީމަ ތި މޮޔަވަނީ… ކުރީގަ އެ ހުންނަ ކެތްތެރިކަންވެސް ނެތީތަ؟ ލޯބިވިޔަސް ތިވަރު ވާކަށް ނުވާނެއެއްނު” ކިއާރާ އަމިއްލަ ހިތާއި ވާހަކަ ދައްކަމުން ބުނެލީ ރެއިލިންގައި އަތް އަޅާލާފައެވެ. އޭރު އޭނާގެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. ކިއާރާ ސިހުނީ ފޯނު ރިންގްވާއަޑަށެވެ. އެއީ އަޔާން ކަމަށް ހިތާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެނދުމަތީ އޮތް ފޯނު ނެގިއެވެ. ކުޑަކޮށް ހިނިތުންވުން ފަނޑުވިނަމަވެސް އޭނާ އަނެއްކާވެސް ހިނިތުންވެލީ ހަމްނާ ގުޅާތީއެވެ. ކިއާރާ ފޯނު ނެގުމުން ހަމްނާ އެދުނީ އޭނާއައި ބައްދަލު ކުރާށެވެ. ކިއާރާ އެންމެ ރަނގަޅޭ ބުނުމުން ހަމްނާ ބައްދަލުކުރަންވީތަން ބުންޏެވެ. އޭނާ ވާހަކަދެއްކިގޮތުން ކުޑަކޮށް ހާސްވެފައި ހުރިކަން ކިއާރާއަށް އިނގުނެވެ. އަނެއްކާ ދައްކަން އެ އުޅެނީ ކޮން ވާހަކައެއްބާއެވެ.

ހަމްނާ ބުނީ އާރޓިފިޝަލް ބީޗް ކައިރިއަށް އައުމަށެވެ. ކިއާރާ އެހިސާބަކަށް ކާރު ޖެއްސުމާއި އެކު ފާރު ކައިރި ލައްގަނެލައިގެން ހުރި ހަމްނާ ފެނުނެވެ. އޭނާ ހުރީވެސް އެކަންޏެވެ. މިތާ ބައްދަލުކުރަން އެ ބުނީ ކީއްވެބާއެވެ؟ ކިއާރާ ކާރުން ފައިބައިގެން ގޮސް ހަމްނާ ކައިރި މަޑުކޮށްލުމާއި އެކު ހަމްނާ ކިއާރާ ގެ ގައިގާ ބައްދައިގަތެވެ. އޭނާގެ ހިތުގެ ތެޅުން ކިއާރާއަށް އިހްސާސްވުމާއި އެކު އޭނާވެސް ބިރުގަތީ ކަމެއްވީކަމަށް ހިތާއެވެ. “މަންމާ… ކިހިނެއްވީ؟؟” ކިއާރާ އެހެން ބުނެފައި ހަމްނާ ދުރަށްލިއެވެ. ހަމްނާ ވަނީ ކިއާރާ ކައިރި “މަންމަ” ކިޔުމަށް ބުނެފައެވެ.

“ކިއާ…! މަންމަ ކައިރި ވާހަކައެއް ބުނެފާނަންތަ؟؟” ހަމްނާ އެހިއެވެ. ކިއާރާ އާއެކޭ ބުންޏެވެ. “ކިއާގެ ދޮންބައްޕައެއީ ކާކު؟؟” ހަމްނާ އެހުމާއި އެކު ކިއާރާ ހިންދިރުވާލިއެވެ. ހަމްނާއާއި ދުރަށް ފިޔަވަޅެއް އަޅާލެވުނެވެ. ހަމްނާ އަށް ކިއާރާގެ ހަޤީޤަތް އިނގި ރުޅިއައީބާއެވެ. “އަޔާން މަންމަ ކައިރި ބުންޏޭ ކިއާގެ ވާހަކަ، ހާސްނުވޭ ކިއާ ދެކެ ރުޅިއެއް ނާދެޔޭ… މަންމަ މި ކުރި ސުވާލަށް ޖަވާބު ދެވިދާނެތަ؟ ކިއާ ދޮންބައްޕަ އެއީ ކާކުތަ؟” ހަމްނާ އެހިއެވެ. ނިމާލްގެ ވާހަކައެހުމާއި އެކު ކިއާރާ މޫޑު ވަރަށް ބޮޑަށް ގޯސްވިއެވެ. ނަމަވެސް ހަމްނާއަށް ޖަވާބުދިނެވެ. “ނިމާލް ކިޔާ މީހެއް…” ކިއާރާ ބުންޏެވެ. ހަމްނާ ދެލޯ ބޮޑުވިތަން ކިއާރާއަށްވެސް ފެނުނެވެ. ހަމްނާ ފަހަތަށް ފިޔަވަޅެއް އަޅާލެވުނު ގަޑީގައި ޖެހުނީ ފާުރުގައެވެ. އޭނާގެ ދެލޯ ކަރުނުން ފުރުނުކަން ކިއާރާ އަށް އިނގި ހާސްވިއެވެ. އަޔާންވެސް ކިއާރާދޮންބައްޕަ އަކީ ނިމާލް އޭ ބުނުުން ހަމްނާއަށް ވީއެވަރެވެ. ކިއާރާ ކައިރިން އެވާހަކަ އޮޅުންފިލުވަން ބޭނުންވީވެސް އެހެންވެއެވެ. “ކިހިނެއްވީ މަންމާ؟؟ ކިހިނެއްތަ ވީ؟” ކިއާރާ ހަމްނާގެ ގައިގާ ހިފަހައްޓާލަމުން އެހިއެވެ. “މަންމައާއި ނިމާލް ބައްދަލުކުރެވިދާނެތަ؟” ހަމްނާ އެހިއެވެ. ކިއާރާ ސުވާލުމާކެއްގެ ތެރޭގައި ހުރެ އާއެކޭ ބުންޏެވެ. “އެކަމް ކިހިނެއްތަ ވީ މަންމާ؟” ކިއާރާ ސުވާލުކުރިއެވެ. “ފުރަތަމަ ނިމާލްއާއި ބައްދަލުކޮށްފަ… ކިއާ މަންމައަށް އެކަން ކޮށްދެވިދާނެ ތަ؟”ހަމްނާ އެހިއެވެ. ކިއާރާ އެންމެ ރަނގަޅޭ ބުނެ ހަމްނާ ގޮވައިގެން ކާރަށް އަރާ ފުލުސް އޮފީހަށް ދާން މިޝްރާބްޖެހިއެވެ. ހަމްނާ އުޅޭގޮތުން ނިމާލްއާއި ހަމްނާއާއި ގުޅުމެއް އޮންނަކަން ކިއާރާއަށް އިނގުނެވެ. އަނެއްކާ އެއީ ހަމްނާ ބޭބެބާއެވެ؟ ނޫނީ އަނީލް އާއި ނިމާލްގެ ގުޅުމެއް އޮތީބާއެވެ؟ އެ ވިސްނުންތަކާއި ހެދި ކިއާރާ ބޯ ފަޅައިގެން ދިޔައެވެ. ހަމްނާވެސް އިނީ އެހާލުގައެވެ.

ފުލުސް އޮފީހަށް ދިޔަތާ މާ ގިނައިރެއްނުވެ އެކަން ހަމަޖެއްސުނެވެ. އެއީ ޒާއިންގެ ރައްޓެހި އަޒީޒްއަށް ކިއާރާ އިނގޭތީއެވެ. ދެމީހުންގެ ހިތްވެސް ހީވަނީ ނިކުމެގެން ހިނގައިދާނެހެންނެވެ. ފުލުސް އޮފީހަކު ކިއާރާމެން ގޮވައިގެން ކޮޓަރިއަކަށް ގެެންދިޔައެވެ. އަޅާ ކޮންމެ ފިޔަވަޅަކާއި އެކު ކިއާރާ ވެސް ގަންނަނީ ބިރެވެ. ހަމްނާ އަށް ވަ ގޮތްފެނި އިތުރަށް އޭނާ ހާސްވިއެވެ. އެތެރެއަށް ވަނުމާއި އެކު ހަމްނާ ހުރިތަނަށް ގާވިއެވެ. ކިއާރާ މޫނު އަނބުރާލުމުން ހަމްނާއަށް އަދި ނިމާލްއަށްވެސް ވީ ގޮތް އޭނާއަކަށް ނޭނގުނެވެ. ފުލުސް މީހަކު ދެފަރާތުގައި ހުރިއިރު ނިމާލް އިނީ ގޮނޑިއެއްގައެވެ. ނިމާލްއަށް ވެސް ހަމްނާ ފެނުމާއި އެކު ވީ އެވަރެވެ. ހަމްނާ ހިތާއި ވީދިމާލުގައި އަތް އަޅާލިއެވެ. އޭނާ ލޯބިވި ނިމާލް އޭނާއަށް ކިތަންމެ ދެރައެއް ދިނަސްހެވެވެ. އެކަމް އޭނާ ވަނީ ކިއާރާ ފަދަ ކުއްޖެއްގެ އިއްފަތްތެރިކަން ނަގާލާފައެވެ. ގަދަކަމުން އޭނާއާއި ޖިންސީ ގުޅުން ހިންގާ އެ ފަކީރުގެ ދިރިއުޅުން ހަލާކުކޮށްލާފައެވެ. ހަމްނާ ގެ ދެލޮލުން ކަރުނަ ފައިބައިގަތެވެ. މިހުރިހާ ދުވަހު ފޮރުވައިގެން ގެންގުޅުނު ލޯބި ހަމަ އެހިނދު ފިލައިގެންދިޔައެވެ. ކަރުނައިގެ ދެލޯ ހަނިކޮށްލަމުން ދެލޯ ބޮޑުވެފައި އިން ނިމާލްއަށް ހަމްނާ ބަލައިލިއެވެ. “ހަޔާތްކުޑަކަން ކަލޭގެ…. ތިހާ ނުލަފާ ވެދާނެކަމަށް އަހަރެން ހިއެއްވެސް ނުކުރަން….” ހަމްނާއަށް އިތުރަށް އެހެން ނުބުނަނިސް އޭނާއަށް ރޮވުނީއެވެ. އެއަޑާއި އެކު ކިއާރާވެސް ދެލޯ ބޮޑުވެ އެ ދެމީހުންނަށް ބަލައިލެވުނެވެ. ނިމާލް ހުރިގޮތްވެސް ފެނުނީ ކިރިޔާއެވެ. “ނުލަފާ މީހާގަނޑު…. ކަލެއަށް ގެއްލުމާއި ހަލާކުހުރި… އަހަރެންގެ ދިރިއުޅުމާއި ދެ ދަރިންގެ ދިރިއުޅުން ހަލާކުކޮށްލެވުނު ވަރު ކުޑަވީތި މި ކުއްޖާއަށް ބޭނުންހާ ގޮތެއް ހަދަން.. ބަލަ ކަލޭ ހާދަ ހަޔާތްވެސް ކުޑައޭ….. ކަލޭކަހަލަ މީހެއްގެ ދަރިއަކަށް އަހަރެން ދެދަރިވީތިވެސް ލަދުގަނޭ އެބަ…” ހަމްނާ ވާހަކަ ދައްކަމުން ކިއާރާ އަށް އިޝާރާތްކުރިއެވެ. ކިއާރާ އަށް ވާނުވާއެްއ ނޭނގުނެވެ. ހަމްނާ ހަމަ އެވަގުތު އެތަނުން ނިކުމެގެން ދިޔައެވެ. އެވަގުތު ނިމާލް ހިނިބަޑިފަޅައިގެން ދިޔަތަން ފެނުނެވެ. ކިއާރާ ނިމާލްއާއި  ދިމާލަށް ބަލާލުމަށްފަހު ހަމްނާގެ ފަހަތުން ދިޔައެވެ.

ހަމްނާ ދުވެފައި ފުލުސް އޮފީހުން ނިކުމެ ފާރުގައި ލައްގަނެލަމުން ރޯން ފެށީ އަނގަމަތީ އަތް އަޅައިގެން ހުރެއެވެ. ކިއާރާ ނިކުތްވަގުތު އެމަންޒަރު ފެނި އެނާ ވަރަށް ދެރަވިއެވެ. ހަމްނާ އެބުނި އެއްޗެއް އޮޅުން ނުފިލިއެއްކަމަކު އޭނާއާއި ނިމާލްގެ ގުޅުމެއް ވާކަން ކިއާރާއަށް އިނގުނެވެ. “މަންމާ..! ކިހިނެއްތަވީ؟ ނިމާލް އެއީ ކާކުތަ؟” ކިއާރާ ގޮސް އެހިއެވެ. ހަމައެވަގުތު ހަމްނާ ކިއާރާ ގެ ގައިގާ ބައްދައިގަތެވެ. ” ދަރިފުޅާ ކިއާ.. މަންމައަށް މާފުކުރޭ…….ހެނދުނު އަޔާން އާއި ވާހަކަދެއްކިއިރު އަޔާން ބުނި ކިއާރާ ކޯޓަށް ދިޔަވާހަކަ ދެން އަޔާން ފަރާތުން ކިއާގެ ބައްޕަގެ ނަމަކީ ނިމާލްކަން އިނގުނީމަ މަންމަ އެ މީހަކީ ކޮން ނިމާލްއެއްތޯ ބަލާހިތްވީ، ވަރަށް ވިސްނާފައި ކިއާ އާއި ބައްދަލުކުރަން ނިންމީވެސް… މަންމަ މިދުނިޔޭގައި އެންމެ ލޯބިވާ، އަދި މިދުނިޔޭގައި މަންމައަށާއި މަންމަގެ ދެ ދަރިފުޅަށް ހުރިހާ އަނިޔާއެއް ދިނީ އެންމެ މީހެއް.. އެމިހަކަށް ކިޔަނީވެސް ނިމާލް… އެހެންވެ އޮޅުން ފިލުވަން ބޭނުންވީ… އެ ނިމާލް އަކީ ކިއާ ގެ ދޮންބައްޕަ… ކިއާގެ ދޮންބައްޕައަކީ މަންމަގެ ފުރަތަމަ ފިރިމީހާ.. އަޔާން އާއި އިޝާންގެ ބައްޕަ…” ހަމްނާއަށް އިތުރަށް ފުރިހަމަ ނުކުރެވުނެވެ. ކިއާރާ ދެލޯ ބޮޑުވިގޮތަށް ހުރެވުނީ ގުޑާލަންވެސް ނޭނގިފައެވެ. “ނިމާލް އަކީ އަޔާން…. އަޔާން ބައްޕަ؟؟” ކިއާރާ އަށް އަހާލެވުނީ ލިބުނު ސިހިފައެވެ. ހިތުގައި ގޮތް ނޭނގޭ އޮއެވަރުތަކަކާއި ޝަކުވާތަކެއް އުފެދިގެންދިޔައެވެ. އަިދވެސް މާ ބޮޑު ތަފްސީލެއް އޭނާއަކަށް ނުލިބުނު ނަމަވެސް ހަމްނާ ހަމަޖައްސަން އޭނާ ބޭނުންވިއެވެ. “މަންމާ..! އިޓްސް އޯކޭ.. ހިނގާ ގެއަށް ދާން… މަންމާ ހުއްޓާލާ ދެން…. އިޓްސް އޯކޭ..” ކިއާރާ ހަމްނާ ދުރަށްލަމުން ބުންޏެވެ. އެއަށްފަހު އޭނާ އަތުގައި ހިފަހައްޓައިގެން ކާރަށް އެރުވިއެވެ. އޭނާގެ ހިތުގައި ސުވާލުތަކެއް އުފެދުނަސް މިގަޑީގައި އަހަން ނުކެރުނީއެވެ.

“ކިއާ…..!” ހަމްނާ ގޮވާލީ ކިއާރާއަށް ހުރިހާ ސިއްރެން އިނގެން މުހިއްމުކަމަށް ދެކިފައި އެވާހަކަތަށް ކިޔައިދޭންވެގެންނެވެ. އެވަގުތު ކާރު ހަމްނާގެ ގޭ ދޮށުގައި މަޑުކުރީއެވެ. “މަންމަ ބޭނުން ހުރިހާ ވާހަކައެއް ކިޔައިދެން…” ހަމްނާ ބުންޏެވެ. ކިއާރާ ބޯ ޖަހާލީ ބުނާށޭ ބުނާފަދަ ގޮތަކަށެވެ. “ނިމާލް އަކީ މަންމަ ފުރަތަމަ އިން މީހާ.. އިޝާން އަށް 3 އަހަރުގައި އަޔާންއަށް ބަނޑުބޮޑުވީ، ދެން އެދުވަސްކޮޅު ނިމާލް ބަދަލުވީ އެއްކޮށް…. އޭނާ ޖެހުނު ރައްޓެހިންގެ ސަބަބުން… އޭނާ ރާބުއިމާއި ޑްރަގް ވިއްކުމާއި ހުރިހާ ކަމެއްގައި އުޅުނު.. ދެން ވަޒީފާއިން ވެސް ކެނޑުނު، ފަހުން ފަހުން އައިސް އިޝާންއަށް އަނިޔާކޮށް މަންމައަށް އަނިޔާކޮށް ހަދާ.. އުޅެންޖެހުނީ މަންމަ ގެ ލާރިން…މަންމަ ބަނޑަށް 8 މަސްވީމާ ޖެހުނީ ސުކޫލުން ކެނޑެން….އެހެންވެ ލާރި ލިބޭނެ ގޮތް މެދުކެނޑުނީ، އެއަށްފަހު ނިމާލް މަންމައަށާއި އިޝާން އަށް ކުރާ އަނިޔާ އިތުރުވި، އަންހެނުން ގެއަށް ގެނެސް ކުރިމަތީ………… މަންމައާއި އިޝާން ގެއިން ނެރެލީ ވަރިކޮށްފައި.. ވިހަން ކައިރިވެފައި ވަނިިކޮށް…. ހަމަ އެވަގުތު އަނީލްއާއި މަގުމަތިން ދިމާވީ.. އަނީލް މަންމައާއި އިޝާންގެ ޒިންމާ އަމިއްލަ ބޮލުގައި އަޅުވައިގެން ހުރިހާ ކަމެއްކޮށްދިނީ… އަޔާން ވިހޭފަހުން އަނީލްއާއި އިނީ….. އޭގެ ފަހުން ނިމާލްގެ ހަބަރެއްނުވޭ.. އެކަމް އަޔާންގެ ފަރާތުން ނިމާލް އެއީ ކިއާގެ ދޮންބައްޕަކަން އިނގުނީމަ އެއީ ކޮން ނިމާލްއެއް ތޯ ޔަޤީންކުރަން ބޭނުންވީ.. މަންމަ ދަންނަ ނިމާލްއަކީ އެހެން އުޅޭ މީހެއްކަން އިނގޭތީވެ… ދުވަހަކުވެސް ހިއެއްނުކުރަން އެކަހަލަ ކަމެއް………. ކިއާ މަންމައަށް މާފުކުރޭ…” ހަމްނާ ވަރަށް ކޮންޓްރޯލްކޮށްގެން އިނދެ އެ ހުރިހާ ވާހަކައެއް ކިޔައިދިނީ ނިމުނުއިރު ކިއާރާ ވެސް އިނީ އެހާލުގައެވެ. ތުންފަތުގައި ދަތް އަޅައިގެން އިން އިރު ދެލޮލުން ކަރުނަފައިބައެވެ. “ނޫން މަންމަ މާފަށް އެދޭ ވަރުކަމެއް ނުވޭނު…. އެހެން ނޫނަސް މިއަދު އޭނާއަށް ހައްޤު އަދަބު އެ ލިބުނީ… މަންމައަށް ކުރި ހުރިހާ ކަންތަކުގެވެސް… މިއަދު މަންމަ ކީއްކުރަން ދެރަވާންވީކީ… ބައްޕަ އެބަހުރި… މަންމަދެކެ އެހާ ލޯބިވޭ… ތިންކުދިންނާއި އަދި އަޅުގަނޑުވެސް މިހުރީނު.. ހަންކޮވެސް ހުންނާނެއެއްނު ދޯ މަންމާ… އެހެންވީމަ ކުރީގެ ހިނގި ކަންތަށް ހަނދާން ނައްތާލަންވީ.. އިނގޭ މަންމާ..” ކިއާރާ ހަމްނާގެ ކަރުނަތަށް ފޮހެދެމުން ބުންޏެވެ.. ހަމްނާ ބޯ ޖަހާލިއެވެ.

“ކިއާ… މަންމައަށް ލާހިކެއްނޫން އަޔާން ކައިރި މިވާހަކަ ދައްކާކަށް…. ކިއާ އަޔާން ކައިރި ބުނަންވީނު…. އަޔާން އަށް މިކަން ފަހުން އިނގިއްޖެއްޔާ ވަރަށް ގޯސްވާނެ…” ހަމްނާ ބުންޏެވެ. ކިއާރާ ނޫނެކޭ ބުނަން ނުކެރުނީ އެވަގުތު ހަމްނާއަށް ވާނެ އިހްސާސްއިނގޭތީއެވެ. އެހެންކަމުން އޭނާ އެކަމާއި އެއްބަސްވިއެވެ. ކިއާރާ އެތަށް އިރަކުން މަސައްކަތްކޮށްގެން ހަމްނާ ހަމަޖެއްސުވިއެވެ. ހަމްނާ ގެއަށް ވަނީ ހިތްހަމަޖެހިގެން ހުރެއެވެ. ނަމަވެސް ކިއާރާގެ ހިތުގައި ވަނީ ހައިޖާޏުގަނޑެކެވެ. ޝަކުވާއެވެ. ތަޤުދީރު އެ ކުޅުނު ކުޅިވަރު ނިކަން ދެކިބަލާށެވެ. ކިއާރާ ގެއާއި ދިމާލަށް ކާރު ދުއްވާލިއެވެ.

ކއިާރާ ގެއަށް އާއިރު ފަތުހީވެސް މަލިކާވެސް ނެތެވެ. އެހެންކަމުން އެވާހަކަ ހިއްސާކުރާނެ ގޮތެއް ނެތިގެން ކޮޓަރިއަށްދިޔައެވެ. ކޮޓަރިތެރޭ ވަނީ އަނދިރިކަމެވެ. ތަނެއް ދޮރެއް ފާހަގައެއް ނުވެއެވެ. ބެލްކަނިވެސް ވަނީ ލައްޕާ ފޮތިގަނޑުތަށް ކަހާފައެވެ. އެހެންނަމަ ބޭރުންވެސް އަލި ވަނީހެވެ.  އޭނާ ދިޔައީ ބެލްކަނީގެ ދޮރުހުޅުވާފަކަން ހަނދާން އެބަހުއްޓެވެ. ދެން ލެއްޕީ ކާކުބާއެވެ؟. “ވެދާނެ ޑޭޑް ކަމަށް….” ކިއާރާ އެހެން ބުނެފައި ސްވިޗް ބޯޑާއި ދިމާލަށް ދިޔައެވެ. ފާރުގައި އަތް ޖައްސަމުން ގޮސް އޭނާ ބޯޑުގައި އަތްޖެހުނެވެ.  އެވަގުތު މަޑު މަޑުން ދޮރު ލެއްޕުނު އަޑުއިވުނެވެ. ލައިޓް ޖައްސަން އުޅެނިކޮށް ކުއްލިއަކަށް އޭނާއަށް މީހަކު އުޅޭކަހަލަ އިހްސާސްއެއް ވިއެވެ. ކޮޓަރިތެރޭވަނީ ހަމަހިމޭންކަމެވެ. މީހެއް އުޅެންޏާ އެ އިހްސާސްވާހާ ހިމޭންކޮށެވެ. ކިއާރާ ފަހަތަށް އެނބުރެ މުޅިތަނަށް ބަލައިލީ ވަކި ތަނެއް ވަކިވާތީކީ ނޫނެވެ. ކިއާރާ ކުޑަކޮށް ނުތަވަސްވިއެވެ. އޭނާ އަނެއްކާވެސް ލައިޓް ޖައްސަން ދިމާކޮށްލި ގަނޑީގައި މީހަކު ގޮވާލިހެން ހީވިއެވެ.

އޭނާ އަނެއްކާވެސް މުޅިތަނަށް ނަޒަރު ހިންގާލިއެވެ. “ކާކު؟؟؟” ކިއާރާ އަހާލިއިރު އެ ހިތް ތެޅި ފޮޅެއެވެ. އޭނާ ތުރު ތުރުލާންފެށީ އެ އިހްސާސް ވަރަށް ބޮޑަށް ކުރަންފެށީމައެވެ.. ކިއާރާ ލައިޓް ޖައްސަން އަތްލި ވަގުތު އޭނާގެ އަތުގައި މީހަކު ހިފެހެއްޓުމާއި އެކު އޭނާއަށް ހީވީ އޭނާގެ ނޭވައިގައިވެސް މީހާކު ހިފެހެއްޓިހެންނެވެ. “މަންމާ!!!!!!!!!!!!!!!!!!” ކިއާރާ ބާރަކަށް ހަޅޭލަވައިގަތް ވަގުތު އެމީހަކު އައިސް ކިއާރާގެ އަނގަމަތީ އަތް އަޅާލަމުން ކިއާރާ ގޮސް ފާރުގައި ޖެއްސިއެވެ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ކަލާޔާނުލާ ދިރުމެއްނެތެވެ. (10)

Next

ހިތް އެކީ ދެވިއްޖޭ.. 49

Next
December 28, 2016

ހިތް އެކީ ދެވިއްޖޭ.. 49

Previews
December 28, 2016

ކަލާޔާނުލާ ދިރުމެއްނެތެވެ. (10)

85 Comments!

  1. Ryn says:
    December 28, 2016 at 6:07 pm

    Hey guys!! here it is 😉 tc aaand i was shocked like u guys vrh molhu guess kuran.. well done.. and c u guys around 9 or 9 30.. ily guys and handians as well and kiaaraa ge gang and saeedhaa ge gang dheke vx lol … tc 😉

  2. shara says:
    December 28, 2016 at 6:14 pm

    yey my first dhw.. adhi nuves kiyan ingey nice vaanekan

  3. HANDIAN says:
    December 28, 2016 at 6:18 pm

    handiees 2 nd

    1. HANDIAN says:
      December 28, 2016 at 6:41 pm

      kobaa aharemen handi thah mifaharu emmen kaalaanan. mihaaru e kotareega thibee kiyaa n handiees…… hahaahahahaahahahahahahah

    2. Noo handi says:
      December 28, 2016 at 6:44 pm

      Ey kobaa dhon?? Ryn buny aharemen dheke loabi veyo..

    3. ran handi says:
      December 28, 2016 at 6:57 pm

      ayaan eyy kiaa anga ma thy aiyy ehlyy…n aharamen handithah thiby sirrun balan….ooh yay Ryn loabivany handithah dheke…we love u too ryn

    4. HANDIAN says:
      December 28, 2016 at 7:09 pm

      wly tooooooooooooooo ryn ????

    5. Kalhu handi says:
      December 29, 2016 at 12:34 am

      Asluves v ufaavejje ryn aharemen dheke loabi vyma

    6. Foolhu dhigu handi says:
      December 29, 2016 at 6:21 am

      Yayyy ??

  4. Lee says:
    December 28, 2016 at 6:22 pm

    What happened?????

    1. HANDIAN says:
      December 28, 2016 at 7:18 pm

      dont worrry we can fix everything…

  5. Mai says:
    December 28, 2016 at 6:22 pm

    Ahey mi part ves v reethi.avahah next part up kohdheeba….

  6. Iman says:
    December 28, 2016 at 6:27 pm

    V v reeethi

  7. Ayaan says:
    December 28, 2016 at 6:31 pm

    Ohmygod.. nimaal is my dad.. this is sad

    1. Nimaal says:
      December 28, 2016 at 6:37 pm

      Oh yeah of course I’m your dad my darling son….. Haha hahaha…..

    2. Kiyaa says:
      December 28, 2016 at 6:41 pm

      Ayaan baby come save me.. ur baby doll is in trouble..

  8. Ninni says:
    December 28, 2016 at 6:32 pm

    Kaaku baaa aee?

  9. Sweetie says:
    December 28, 2016 at 6:33 pm

    Nononono Kia ah ehen nahadhaa. Thee ayan. Sup eh dhinee.

  10. Red velvet says:
    December 28, 2016 at 6:34 pm

    Kiyaa ge dad aky zaain ge dad hen heevani. Anil sir hieh nuvey kiyaa ge dad akah vaane henneh…… Ryn vaane stry nimumuge kurin kiyaa ge dad aky kaaku kan buneladheyn
    Pls pls

    I want to know who he is

  11. Sweetie says:
    December 28, 2016 at 6:36 pm

    Hey ryn!!!! Ayange bappa kia aa gulhun hingee. So kia ah ayaan aa merry kureveynetha?

    1. Anonymous says:
      December 28, 2016 at 6:47 pm

      What do u mean

    2. Ryn says:
      December 28, 2016 at 7:02 pm

      Yap I asked someone about it when I wrote this and they said it’s fine.. And also emyhun marry kureveyne..

  12. Sweety says:
    December 28, 2016 at 6:38 pm

    Hey ryn!!!! Ayange bappa kia aa gulhun hingee. So kia ah ayaan aa merry kureveynetha?

  13. Hello says:
    December 28, 2016 at 6:40 pm

    Eaee ayaan hahaha
    Kiyaa uh surprise eh dheyn

  14. Kia says:
    December 28, 2016 at 6:43 pm

    Ayaan dho ae ????

  15. naff says:
    December 28, 2016 at 6:45 pm

    thats ayaaan dhww …

  16. Imi says:
    December 28, 2016 at 6:54 pm

    ☺???

  17. Lym says:
    December 28, 2016 at 6:56 pm

    Ayaan ehnoon e ee … Varah baarah hiyy thelhey eba …. Kaakubaa ???

    1. ran handi says:
      December 28, 2016 at 6:59 pm

      Lym eii ayaan eyy

    2. HANDIAN says:
      December 28, 2016 at 7:14 pm

      Don’t worrry its Ayaan n we will save her if it was enemy….

    3. Noo handi says:
      December 28, 2016 at 8:38 pm

      Lym aslu ves e e ayaan ey.. v r handies dhw? So v knw tht..

  18. Axeenalily says:
    December 28, 2016 at 7:05 pm

    Ryn adhi mi story ge kithah episode baaky ebain tha… story nimunyma mi story ehkoh alun update koh dheythi ingey

  19. Ryn says:
    December 28, 2016 at 7:19 pm

    Thank you guys.. And there r 57 episodes may b I cn make it to 55 evarah short kurevihjehya.. Thank you. ??❤

    1. HANDIAN says:
      December 28, 2016 at 8:43 pm

      short nukuriyas okay vvv interesting ❤❤❤

    2. Fin says:
      December 28, 2016 at 8:57 pm

      Vv salhi… Ayaan dhw e ulheny… Kiaa hunnany kiriaa kameh nuve birun gos

  20. Shal says:
    December 28, 2016 at 7:29 pm

    Awesome???…yup ayaan n kiaa ah maryy kureveyne…firihenn dhareege kuryge abimeehaa aa firihenn kuhjaage bappa ah marry nukureveynee dhaaimah…dont u guyss learn islam in grd 9…kaiveni filaavalhu…eyga varaj thafseel koh igeyne mahuramunn naa kaiveni dhaaimah haraam vaany konnbayakaa kann

    1. Malaika says:
      December 28, 2016 at 7:38 pm

      Ayaan eaee..ehnve phn ves nivaalaigen eulheny?

    2. Lii says:
      December 28, 2016 at 8:35 pm

      Dhonmama akah kiaa nuvaanethaa ayaan ge dhw..aee kiaa aa nimaal marry eh nukurey n gadhakamun viyya rape kuree..
      Dhommamma nama ayaan akah kiaa akaa needheveyne..

  21. Miya says:
    December 28, 2016 at 7:36 pm

    Omg omg plx save kiaa. It’s awesome. Ethaahuri ayaan dhw

    1. Shal says:
      December 28, 2016 at 11:25 pm

      Yaa u r right lii

  22. i_far says:
    December 28, 2016 at 7:39 pm

    Ayaan dhoa 🙂 🙂 🙂

  23. Santhi mariyanbu.? says:
    December 28, 2016 at 7:51 pm

    OMG…????..kaakubaa anekkaa…ayaan dhw eiii…4nu nivvaalaign ulhefa kiyaa ah suprise eh dheyn dhw e ulheny..hehehe????

  24. Shabyyy says:
    December 28, 2016 at 7:54 pm

    Kiyaa aky nimal ge dharieh noonennu..ehenveema kiya aai Ayaan ge kaiveni kureveyne..

  25. maiha says:
    December 28, 2016 at 7:55 pm

    Ryn…mihar hama kehvany ky nun ingey…anekka ae kaakutha? Saeedha gandu jail vx falhaafa nukuthytha? varigadha anheneh ehenviyya…KAALI NAAGIN ekey ehgothehnu..

  26. Police Inspector says:
    December 28, 2016 at 8:09 pm

    Hurihaa Handians in misite un nukumevvun edhen .. Noony Arest kuran jehidhaane… ?

    1. HANDIAN says:
      December 28, 2016 at 8:33 pm

      police inspector ves nuknnan vy noonee kaalevidhaane….?????

    2. ran handi says:
      December 28, 2016 at 8:41 pm

      ryn vany aharamen mithaa dhiriulhumah huddha dhyfa….ehn v ma nunikumeveyne ehnnu

    3. Noo handi says:
      December 28, 2016 at 8:41 pm

      V r mre baaru gadha.. so the ans for police inspector is WHO CARES!!
      -SRY-
      ~JSS 4 FUN~

    4. Police Inspector says:
      December 28, 2016 at 8:42 pm

      Haha .. No U can’t.. okkk got it.. So U guys leave Now .. Noony hama jalah kohpaalaany ???

    5. Police Inspector says:
      December 28, 2016 at 8:45 pm

      Handin ge Head tha mi ee HANDIAN .. ehnveema meena dhw furathama athulaagennan vee..??? Miaee mathy faraathun order libigen

    6. ran handi says:
      December 28, 2016 at 8:45 pm

      inspector ah aharamen fenigen dhetthw jalah leveynt

    7. Police Inspector says:
      December 28, 2016 at 8:47 pm

      Aiy funaa alhaaigennamaves mifaharu athulaagennaanan .. Hurebala nikan?? oh god.. Its so funny

    8. HANDIAN says:
      December 28, 2016 at 8:48 pm

      mi humans adhi haadha fonvey dhww?? aharemen mee kihaa baarugadha baeh kan egey nama dhww!!!!

    9. ran handi says:
      December 28, 2016 at 8:49 pm

      hehe….nufennaane ingeythw

    10. Police Inspector says:
      December 28, 2016 at 8:53 pm

      Haha .. so Head of HANDIANS U shutup okkk.. Now ready im cominn.. ???

    11. fanditha hadhaa meehaa says:
      December 28, 2016 at 8:54 pm

      masha ves nufennnaane tha????

    12. Police Inspector says:
      December 28, 2016 at 8:56 pm

      fanditha hadhaa meeha thigolaa vaani magey bayah hunnan ingey…. rangalhu hadhiya eh dheynan???

    13. HANDIAN says:
      December 28, 2016 at 8:59 pm

      Come on police insp Fanditha hadhaa meehaa ah ahaemen maa ran’galhu handiyaa eh dheynan hahaha

    14. Loabeege handi says:
      December 28, 2016 at 9:00 pm

      Fanditha hadha meeha… Kaleyge dhuvas dhuvvalevidhane Handians thakah.. So better be on our side.. Samjy???

    15. ran handi says:
      December 28, 2016 at 9:01 pm

      kobaa tha dhon vvv missvey eba

    16. purple handi says:
      December 28, 2016 at 9:23 pm

      can i join handians???? plxx

    17. Noo handi says:
      December 28, 2016 at 9:29 pm

      Okay Purple handi.. You can join us Dhw Dhon?? Ran?? Loabeege?? Foolhu dhigu?? Kalhu?? And HANDIAN??
      If they are okay you can join us purple..
      Ehmn ans eh dhyba???

    18. ran handi says:
      December 28, 2016 at 9:48 pm

      ran ah okk

    19. Foolhu dhigu handi says:
      December 29, 2016 at 6:25 am

      Yah ok. N welcome purple handi ??

  27. Thaathi says:
    December 28, 2016 at 8:24 pm

    Kon handians eh tha mihaaru miulheny?

    1. HANDIAN says:
      December 28, 2016 at 8:31 pm

      thts us

    2. ran handi says:
      December 28, 2016 at 8:42 pm

      ebunaahen eii ahramenneyy?☺

    3. Thoo says:
      December 29, 2016 at 9:47 am

      Vvv foohivey

  28. Faathee says:
    December 28, 2016 at 8:50 pm

    Story vara salhi hama. Sifa kurun thankolhe rangalhu kohlaathi next story eh ga.. Keep going ryn. Dhen kihineh baa dhw vaani. Khon iraku alhe kiyaa ge bappa eii kaaku kan ingey varu vaani. Pls pls anil eii kiyaa ge bappa kamah naha dhachey. Zaain ge bappa kiyaa ge bappa ah vaan vaanee.

  29. fanditha hadhaa meehaa says:
    December 28, 2016 at 9:02 pm

    Hurebala mi hurihaa handi thah bann kohlaanan!

    1. Noo handi says:
      December 28, 2016 at 9:31 pm

      V r ready to fight.. Fathis Handhuvaru ga ves aharemn kaley mn insaanun ah hedhi goii nufeney thr?? Ehn v ma rangalhu vaany aharemn nah fanditha nehedhihyaaa…

  30. aisha says:
    December 28, 2016 at 9:09 pm

    ryyyyyyyyyyyyn waiiting

  31. Sanfa says:
    December 28, 2016 at 9:15 pm

    Waiting for the next part

  32. aimin says:
    December 28, 2016 at 9:23 pm

    Ayaan dhw eulheny ..ryn vara salhi ..waiting for the next part ..

  33. Nafu says:
    December 28, 2016 at 9:26 pm

    This is the best comment section and handians dont worry i am with u and this stupid police inspector cant do anything …… He dont know the power of handians
    #handians hwaitting!!#

    1. Police Inspector says:
      December 28, 2016 at 9:29 pm

      haha nafu u dont know anything about me .. mamy manje eh .. not soru????

    2. HANDIAN says:
      December 29, 2016 at 2:01 am

      tnq u Nafu

    3. HANDIAN says:
      December 29, 2016 at 2:04 am

      n police inspector manje eh viyyaa thi vyy maa rangalhakah nun…. whats ur age my Doll???❤

  34. Kiaz says:
    December 28, 2016 at 9:33 pm

    My god… the story is hama ehvana… cant wait for next part… kyp up the good work ryn.. ?

  35. Me says:
    December 28, 2016 at 9:36 pm

    Ryn is there any way i can talk to u. Need a little favor.. Plz ryn.

    1. Ryn says:
      December 28, 2016 at 9:44 pm

      Page ah text eh khlan vynu? we can chat there

  36. Comment kiya kujja says:
    December 28, 2016 at 10:03 pm

    I love to read comments ..its awesome like the story..

  37. Mal says:
    December 28, 2016 at 10:08 pm

    Comments is more interesting for me now.. I love you handi gang.. Wanna join with yuh guys ?

    1. Shaz says:
      December 28, 2016 at 11:26 pm

      Malmal tha theee??

    2. Sha says:
      December 28, 2016 at 11:26 pm

      Malmal tha theee??

Comments are closed.

Next Episodeހިތް އެކީ ދެވިއްޖޭ.. 49←


All Right Reserved!