އެކަމަަކު މަލްހާ ޔާ ސާހިލް އެއީ ހަމަ ރަހްމަތްތެރިކަން ކަމަށްވެސް ވެދާނެއެވެ. ހުރިހާވެސް ގޯހަކީ މަގޭހިތެވެ. ވިއާމާ ހިނިތުން ވެލިއެވެ. ވިއާމާގެ މޫނަށް އަރާފައިބާ ހުރިހާ ކުލަވަރެއް މަދީހާ ދާދި ގާތުން ބަލަމުން ދިޔައެވެ. އަދި ހިނިތުން ވެލިއެވެ. ވިއާމާ ވެސް މަދީހާގެ މޫނަށް ބަލާލާފަ ހީލިއެވެ. އަދި އޭނާގެ މަސައްކަތަށް އެނބުރިލިއެވެ. ވިއާމާ ގެއަށް ވަން އިރު ސާރާ ފެންނަން ނެތުމުން ހާސްވިއެވެ. “އަނެއްކާ ކޮންތާކަށްބާ އެދިޔައީ” ވިއާމާ ހިތާ ހިތާ ކިޔާލިއެވެ. އަދި އެވަގުތު […]
“ތިޔަކަންތައް އާކަން ކެޑުނީމާ ހިގައިދާނެއެވެ. އޭރުން ވާހަކަ ދައްކާވަރުން ބޮލަށް ނުކުޅަދާނަވާނެ.” މިހެން ބުނެފައި ވިއާމާ ދިޔުމުން އެދެމީހުންގެ ދެމެދަށް ބުނަންނޭގޭ ހިމޭންކަމެއް އައެވެ މިހިމޭންކަން ފޫދުއްވާލީ ސާހިލް އެވެ. “ކަމަނާޔަށް ފެންނަ މަންޒަރު ނިކަން ސިފަކޮށް ދީބަލާށެވެ. އަހަރެންނަކީ ފެނުމުގެ ނަސީބު ލިބިފައިވާ މީހަކީމެއް ނޫނެވެ.” ސާހިލް ކުރިޔަށް ފިޔަވަޅު ނަގަމުން ބުނެލިއެވެ. “ސާހިލް ގެ ލޮލުގެ ފެނުން ގެއްލުނީ ކިހިނަކުން ތަ ސާހިލް އުފެދުމުގައިވެސް އަނދިރި މީހަކީތަ؟” ފުރަތަމަ ފަހަރަށް ސާރާ ވާހަކަ ދެއްކިޔެވެ. […]
“މިއީ ކެސެޓެއް. ނިކަން ތީތި ޖަހާލަބަލާ. އަޖާބުން ފުރިގެންވާ ހިތްހަމަ ޖެހޭ އަޑެއް އިވޭނެ” ސާރާ ކޮޓަރިޔަށް ގޮސް އެކެސެޓް ޖަހާލިއެވެ. އެކެސެޓުން އެވަގުތު ގުގުމައިގެން ދިޔައީ އޭނާއަށް ކުރީދުވަހު އިވުނު ޖާދުވީ އަޑެވެ. އޭނާއަށް ތާއަބަދު އެޙިޔާލަކަށް ގެއްލިފައިވާ އަޑެވެ. އޭނާ ސާހިލް ނުދެކެއެވެ. އެކަމަކު އޭނާ އަށްވަނީ ސާހިލްގެ އަޑުދެކެ ލޯބިވެވިފައެވެ. އެތައްއިރެއްވަންދެން ސާހިލްގެ އެލަވަ ސާރާ ޖެހިއެވެ.ފޫހިކަމެއްނެތިއެވެ. “މަލް . ކޮބާ ރީތި ދޯ. މަބުނީމެއް ނޫން . އޭނާގެ އަޑު […]
ޖެހިގެން އައީ ބުރާސްފަތި، ދުވަސް ކަމުން ވިއާމާ އެނާގެ ރަށައް ދިޔައެވެ.ގެޔަށް ވަދެވުމާއެކު އޭނާ ދިޔައީ ސާހިލް ކައިރިޔަށެވެ. އޭރު ސާހިލް ކުޑަދޮރު ކާރީ ބޭރަށް ނަޒަރު ހުއްޓާލައިގެން އިނެވެ. “ސާހިލް. ސާހިލް އެތެރެޔަށް ވަންނަންތަ؟” ވިއާމާ ދޮރުކާރީ ހުއްޓިލާފަ ދޮރު ކުޑަކޮށް ހުޅުވާލަމުން އަހާލިއެވެ. “ވަދޭ. އެހެނަސް އެއްވެސް އެއްޗެއްގަ އަތްލައިގެން ނުވާނެ. ހަނދާން ކުރާތި. އަހަރެންގެ ލަވަފޮތް ހިފައިގެން ދިޔައީތީ ކަލެޔަށް އަދަބު ދޭން މަބޭނުން.. ކީއްވެ ނުބުނެ ވަގަށް މަގޭ ލަވަފޮތް ގެންދިޔައީ.” […]
ސާރާ ކޮޓަރިޔަށް ދިޔައެވެ. ލޯމަރާއިގެން ހިނގާފައެވެ. ހުރިހާ މީހުން އެމަންޒަރު ބަލަން ހެވިފަ ތިއްބެވެ. ކޮޓަރިއަށް ގޮސް ކަބަޑުގެ ތެރެއިން މަރިޔަން ފުޅުގެ ފޮޓޯ ނެގިއެވެ.އަދި ދެން ލޯހުޅުވިއެވެ. އަދިއެފޮޓޯ ޔާ މުހާތަބު ކޮށް ވާހަކަ ދައްކަން ފެށިއެވެ. “ބޮޑުދައިތާ. މިއަދު ބޮޑު ދައިތަ ހުރިނަމަ ކިހާ ރަގަޅު ވީސް” ސާރާ ފޮޓޯގައި ބޮސް ދީފާ މަރިޔަން ފުޅަށް ހެޔޮ ދުއާ ކުރިއެވެ. އެވަގުތު ސާރާ ޔަށް ހިވީ މަރިޔަން ފުޅު ކުރިމަތީ ހެވިފަ ހުރެ ސާރާގެ […]
“ބޮޑުދައިތަ ނެތުމުގެ ހިތާމަ މިއަދު ސާރާ ކުރަމެވެ. އަހަރެން ގެ ކޮންމެ ބޮޑު ދުވަހެއްގައި ބޮޑުދައިތަ އަހަރެންނާއެކު ވިއެވެ. އެކަމަކު މިއަދު ތިހިރީ ހާދަ ދުރުގައެވެ. ބޮޑުދައިތަގެ އިގިލީގައި ހިފައިގެން އަހަރެން ހިގަން ދަސްކުރީމެވެ. އެކަމަކު ބޮޑުދައިތަ ތިދިޔައީ އަހަރެން އެކަނި ކޮއްލާފައެވެ. މިއަދުވެސް އަހަރެން ބޮޑުދައިތަޔަށް ބޭނުމެވެ. ބޮޑުދައިތަ ކައިރީވާހިނދު އަހަރެންނަށް އެއްވެސް ކަމެއް އުންޏެއްނޫނެވެ. މިއަދު ހުރިހާ އެއްޗެއް ލިބެން އުޅުނީމާ ވެސް އަހަރެން ނަށް އުނިކަން އިހްސާސް ކުރެވެއެވެ. މިއަދަކީ އަހަރެންގެ ހަޔާތުގެ […]
ކަރީމް ކާސިންބެ ކާރީ ގޮޑީގައި އިށީނެވެ. އަދި ވާހަކަ ދައްކަން ފޭށިއެވެ. “ކާސިން ބޭ. އުދާސްނުވޭ. މިހެންބުނެވޭއިރުވެސް ކާސިންބެ ދެރަވާނެ ކަންވެސް އެގޭ .އެކަމަކު ކެތްތެރިވާން ޖެހޭނެ ދޯ. ކުދިންނަށްޓަކައި ހިތްވަރު ކުރަންވާނެދޯ.” ކުޑަ ކުއްޖަކަށް ވިސްނާދޭން އުޅޭގޮތަށް ކަރީމު ކާސިންބެއަށް ވިސްނާދޭން މަސައްކަތް ކުރިއެވެ. “ކަރީމް. އަހަރެންގެ ކުދިންކޮޅު އަނެއްކާވެސް ޔަތީމު ވީ. މިއީ މީހެއްގެ އެސްފީނާ އެއް ޔަގީން. މަގޭ މަރިޔަން އުޅޭ ގޮތުން އެފަކީރައް އެސްފީނާ ޖެހުނީ” ފާޑަކައް ރޮމުން ކާސިންބެ […]
ސާރާ ހުންނަނީ އެހެންދުވަހައްވުރެ ހިމޭނުންނެވެ. މެދުގޭތެރޭ ސޯފާއެއްގައި މާމަޑުން ސާރާ އިށީދެގެން އިންތަން ސޫރަޖް އަށާއި މުރާދު އައްފެނުނެވެ. ދެމީހުން ކޮންމެ ވެސްސިއްރު ވާހަކައެއްދެއްކުމައް ފަހު ސާރާ ކާރިޔަށް ދިޔައެވެ. އަދި ފާޑު ފާޑުގެ އަޑުތައް ލައްވަން ފެށިއެވެ. ސާރާމަޑުމަޑުން ތެދުވިއެވެ. އަދި ދޮރާދިމާލައް ހިގައިގަތެވެ. އަޑުތައް ކާރިވަމުން އައީމާ ސާރާވެސް ހަޅޭއްލަވައިގަތެވެ. އަދި ދުއްވައިގަތެވެ. ސާރާގޮސް ޖެހުނީ ކުރިމަތިން އައިސް އައިސް ހުރި ސޫރަޖްގެ މޭގައެވެ. ސޫރަޖް ހެމުން ސާރާ އޭނާޔާ ދުރުކޮއެލިއެވެ “މުރާދު. ދެން […]
މަންމަގެ ރީތިކަން ގުދުރަތުން އޭނާޔަށް ވަނީ ހަދިޔާކުރައްވާފައެވެ.. ނުދަންނަ މީހަކަށް ސާރާޔަކީ ލޯފަންކުއްޖެއްކަމެއް ނުވެސްއެގޭނެއެވެ. ސޫރަޖަކީވެސް މިއަދު ސަތާރަ އަހަރުގެ ބޮޑު ފިރިހެން ކުއްޖެކެވެ. މިހާރު ކުޑައިރު ދާހެން މާބޮޑައް ސާރާ ކާރިޔަށް ދާކަށް ސޫރަޖް އަކަށް ނުކެރެއެވެ. އެކަމަކު މިއަދު ސޫރަޖް ސާރާޔާއެކު ހޮސްޕިޓަލަށް ދާނެއެވެ. ސާރާމެންވެސްއިންތިޒާރު ކުރަމުން އައީ މިދުހަށެވެ. ހުސްނާޔާ ކަރީމު ވެސް ތިބީ ހިމޭންވެފައެވެ. ޑޮކްޓަރުން ދިން އެއްވެސް ބޭހަކުން މިއަދާހަމަޔަކަށް ސާރާޔަށް ކުރި އަސަރެއް ނެތެވެ. މިއަދުމިއީ ޑޮކްޓަރ އޭނާގެ […]