މުސައްނިފާ ރޯޒީ އެގުޅުން ވަކިނުވެވޭނެ ރީތި ހިތްގައިމު ގެއެކެވެ. މުއްސަދިކަމާތިޔާގިކަން އެގޭގެ ކޮންމެފަރާތަކަށް ނަޒަރު ހުއްޓާލިޔަސް ފެންނަން ހުއްޓެވެ. އެގޭގެ ބަގީޗާގައިވާ މާމެލާމެލިވެސް ފަރިވެ ފޮޅިފައިވެއެވެ. އޭގެ މީރުވަހުން މުޅިހިސާބުގަނޑު އެއްވަސްވެފާވެއެވެ. ނަމަވެސް އެގޭގެތެރޭގައިވަނީ ބުނަންނޭނގޭ ކަހަލަ ހިމޭންކަމަކާ އަނދިރި ކަމެކެވެ. ވަހީދާ އޭނަގެ ފިރިމިހާޔޫނުސް ކައިރިޔަށް ގޮސް އެނދުގައި އިށީދެލިއެވެ. ޔޫނުސް އެނދުގެ ފަޑީގައި ލެނގިލައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލިފައިއިނެވެ. އޭނާގެ މުސްކުޅި ދެލޮލުންނާ ނިންމަށްޗަށް އަރާފަ ހުރި ރޮނގުތަކުން އޭނާގެ ޝަހްސިއްޔަތު ފެންނަންހުއްޓެވެ. އޭނާގެ […]
އަހަރެމެން ތިން ހަތަރު ގަޑިއިރުގެ އޮފިޝަލް ވާހަކަ ދެއްކުމަށްފަހު ކޮފީ މޭޒަށް ދިޔައީމެވެ. މިސްބާހް އަކީ ވަރަށް މަޖާ މިޒާޖެއްގެ ޒުވާނެކެވެ. މިވީ ކުޑަވަގުތުކޮޅު ތެރޭ އަހަރެންނާ މިސްބާހް ވަރަށް އެކުވެރި ވެއްޖެއެވެ. މިސްބާހް ވީވެސް އަހަރެންނަށް ވަރަށް ކަމުދާ އެކުގާ މަސައްކަތް ކުރާހިތްވާ ކަހަލަ މީހަކަށެވެ. “މިސްބާހް އާއި ރާނިޔާ ތީ އެއްހިސާބެއްގެ ދެކުދިން، އެކަކު އަނެކަކު ނުދަންނަންތަ؟” މުނީރުގެ މިވާހަކައިން ސިހިފަ އަހަރެން މިސްބާހް ގެ މޫނަށް ބަލާލީމެވެ. މިސްބާހް ވެސް ހަމަ މިފަދަ […]
“ދައްތާ އަހަރެންނަށް މާފް ކުރޭ ހިގާ އެމަންޖެ ގޮވައިގެން މާލެދާން ފަހަރެއްގަ މާހައުލު ބަދަލުވީމާ ރަނގަޅުވެސް ވާނެ މަންމަޔާ ބޮޑުދައިތަގެ ވާހަކަ އަޑުއިވުމުން އަހަރެން ވަރަށް ހައިރާންވިއެވެ. އަސްލު އަހަރެންނަށް ވީ ކީއްބާއެވެ؟ އަހަރެން ހޮސްޕިޓަލަށް ގެންދިޔައީ ކީއްވެ ބާވައެވެ. މަންމަމެން އަހަރެންނާ އެވާހަކަ ނުދައްކަނީ ކީއްވެ ބާވައެވެ. އަހަރެންގެ މަންމަޔަކީ އަހަރެންނަށް ކިތަންމެ ކުޑަކަމެއް ވިޔަސް އެކަމެއް ވަރަށް ބޮޑު ކަމަކަށް ހަދައިގެން އުޅޭނެއެވެ. މަންމަޔާ ސުވާލު ކުރަން އަހަރެން ބެނުން ވިއެވެ. ” މަންމާ.. […]
“އަަހަރެންނަކީ ފަރަންޖީއެއްނޫން.. ދިވެހިން ލިޔުނު ނަމައެއްނު ކިޔަންވެސް އެނގޭނީ” އަހަރެން ރިޔާސްގެ އަތުން އަހަރެންގެ އަތް ނެއްޓުވީ ލަދުންނެވެ. ނާޒިމް އަހަރެމެންނަށް ކޯކް އާއި ބިސްކޯދު ގެނެސް ދިނެވެ. ރިޔާސް ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އެކަމަކު އަހަރެންނަށް އެއިން އެއްވެސް އެއްޗެއް ނޭނގުނެވެ. އަހަރެންގެ ސަމާލު ކަން ހުރީ މޫދާ ދިމާލަށެވެ. އަހަރެންނަށް އަޑުއިވެމުން ދިޔައީ ރާޅު ގޮނޑު ދޮށަށް ބީއްސާލާއިރު އިވެމުންދާ މިއުޒިކްގެ އަޑެވެ. އެރޭ އަހަރެމެން ވަކިވިއިރު ދެން ބައްދަލު ކުރަން ވަޢުދެއް […]
“ފިޔާ… ފިޔާ ހާދައިރެކޭ ފާހާނާގަ ކޮބާތަ ކަލޭ..” އަހަރެންގެ ލާނެއް އެކުވެރިން ކޮޅު އަހަރެން ހޯދަމުން ވަޅުގެ ފަރާތަށް އައީއެވެ. ހިނދުކޮޅަކަށް އަހަރެން ނުފެނުނަސް މިމީހުންނަށް ހީވާނީ އަޒާބެއް ލިބިގެން އުޅޭހެނެވެ. އެމީހުން ތަންތަނަށް ދާން ގެއިން ބޭރަށް ނެރެދެނީ އަހަރެންނެވެ. އެމީހުންގެ މަންމަ މެން އެމީހުން އަހަރެންނާ އެކު ވީޔާ މައްސަލައެއްނެތި އިތުބާރު ކޮށްފަ ފޮނުވާނެއެވެ. “ކިހިނެއްތަވީ؟… ވަޅުތެރޭގަ އިނދެގެން އަހަރެން ޖަވާބު ދިނީމެވެ.އަހަރެންގެ އަޑުއިވިގެން އެންމެން އަހަރެން ހޯދަމުން އެފަރާތަށް އައެވެ. ވަޅުތެރެއިން އަހަރެން […]
މުސައްނިފާ ރޯޒީ އަހަރެން ނަކީ ވަރަށް ސަކަ މިޒާޖެއްގެ އަންހެން ކުއްޖަކީމެވެ. ހިނިތުން ވުމާ އެކުވެރިންނާއެކު މަޖާ ކުރުމަކީ އަހަރެން ކިޔެވުމަށް ވުރެ އިސްކަން ދޭ އެއްކަމެކެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ނާޒިމް އާއި އެކު ގޮޑުދޮށައް ދާން ދިޔައީމެވެ. “ފިޔާއެވެ. އަހަރެން މިއައީ ކަލޭއަށް ހަދިޔާއެއްހިފައިގެން.” ނާޒިމު އަހަރެން ކާރީ މިހެން ބުނެލަމުން ހިނިތުން ވެލިއެވެ. “ކޮބާ ދައްކަބަލަ” އަހަރެން މާނޫން ގޮތް ދައްކަމުން ބުނެލީމެވެ. “ފިޔާ ނިކަން އެފަރާތް ބަލާލަބަލާ.” ނާޒިމު އަހަރެންގެ […]
މީވީގޮތޭ……..! މުސައްނިފާ ރޯޒީ ޝަރީފް އަހަރެން އެނދުގެ ފަރާތް ފަރާތަށް ފުރޮޅި ފުރޮޅި އޮތީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގެއެވެ. މަގުމަތިން އިވެމުންދިޔަ ބަރުގޮނު އަޅާ އަޑު ހުއްޓުމެއްނެތި އަހަރެންނަށް އިވެމުން ދިޔައެވެ. އަހަރެންގެ މައްސަލައަކީ ނިދިނައުމެވެ. ދުވަހަކަށް ވުރެ ދުވަހެއް އެ ފަދަ ރޭތައް އަންނަނީ ގިނަވަމުންނެވެ. ފޮތެއް ނަގައިގެން ކިޔަން ފެށީމެވެ. ގިނަރޭރޭ ފޫހިފިލުވަނީ އެގޮތުގައެވެ. އެސްފިޔަ ތަކުގެ ގިނަ ވާހަކަތަށް ހުޅުވާ ހުޅުވާ ޝައުގުވެރިކަމެއް ދެވޭނެ ކަހަލަ ވާހަކަޔަކާ ދިމާނުވިއެވެ. ބިންމާގެ […]
ސިމްރަން ގޮވައިގެން ކޮޓަރިޔަށް ވަނެވެ. ސިމްރަން އެނދަށް ބަންޑުން ވެއްޓި ރޮމުން ގެންދިޔައެވެ. “ނަދާ … ޔާނިޝް ގެނޭ… މިހާރު ގެނޭ” “އިހަށް ހަމަޖެހިބަލަ ކިހިނެތްތަ މިވީ ކީކޭތަ ސިޓީގަ އޮތީ.. ޕޮލިހަށް ގުޅަންތަ؟…..” ނަދާ ސިމްރަންގެ ބުރަކަށީގައި ފިރުމަމުން ބުނަމުން ދިޔައެވެ. ” ނޫން …ނޫން .. ނަދާ އެހެން ނަހަދާތި .. އެކަމުން އަހަރެން ބަދުނާމުވެދާނެ… ” ސިމްރަން މޫނުބާލީހުގައި ފޮރުވައިގެން ރޮމުންދިޔައެވެ. “ޔާނިޝް ވީ އަހަރެންދެކެ ހަޤީޤީ ލޯބިއެއްނޫން ނަދޫ އޭނާ އަހަރެން […]
ކޮޓަރީގެ މާހައުލުވެސް ޔާނިޝް ވަނީ ބަދަލު ކޮށްލާފައެވެ. އެނދަށް ރަތްފިނިފެންމާ އަޅާ ފުރާލާފަ ކާރީ ހުރި ކުޑަ މޭޒުމަތީގާ ދެތަށީގައި ބޯން ކޮންމެވެސް އެއްޗެއް ހުއްޓެވެ. އެރީތި އެނދު ފެނުމުން ސިމްރަން އުފަލުން ތެޅިގަތެވެ. އެއީ ހިންދީ ފިލްމުން ފެންނަ ކަހަލަ ކާވެނީގެ އެނދެކެވެ. ތަފާތަކީ އޭނާގެ މިއެނދު މިހިރީ ކާވެނީގެ ކުރިން ހެދިފައެވެ. އެއްވެސް ރަސްމިއްޔާތެއް ނެތި ހަމައެކަނި އެނދު ލިބިފައެވެ. ސިމްރަން ގައިގާ ޔާނިޝް ލޯތްބާއެކު ބައްދާލަމުން އެތަނުން އެއްތަށި ނަގާ ސިމްރަންގެ އަނގާގައި […]