Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރު 3

Rozy
September 30, 2016
6 Mins Read
36 Views
11 Comments

ސާރާ ހުންނަނީ އެހެންދުވަހައްވުރެ ހިމޭނުންނެވެ. މެދުގޭތެރޭ ސޯފާއެއްގައި މާމަޑުން ސާރާ އިށީދެގެން އިންތަން ސޫރަޖް އަށާއި މުރާދު އައްފެނުނެވެ. ދެމީހުން ކޮންމެ ވެސްސިއްރު ވާހަކައެއްދެއްކުމައް ފަހު ސާރާ ކާރިޔަށް ދިޔައެވެ. އަދި ފާޑު ފާޑުގެ އަޑުތައް ލައްވަން ފެށިއެވެ.

ސާރާމަޑުމަޑުން ތެދުވިއެވެ. އަދި ދޮރާދިމާލައް ހިގައިގަތެވެ. އަޑުތައް ކާރިވަމުން އައީމާ ސާރާވެސް ހަޅޭއްލަވައިގަތެވެ. އަދި ދުއްވައިގަތެވެ. ސާރާގޮސް ޖެހުނީ ކުރިމަތިން އައިސް އައިސް ހުރި ސޫރަޖްގެ މޭގައެވެ.

ސޫރަޖް ހެމުން ސާރާ އޭނާޔާ ދުރުކޮއެލިއެވެ

“މުރާދު. ދެން ހުއްޓާލާ.”

ސޫރަޖް ބުނެލިއެވެ.

“ކޮއްކޯ އެހެންނު ވާނީ ތިހެން އެކަނި އިންދާ ފުރޭތައެއްވެސް އަރާފާނެ. ރީތި ކުދިން އެކަނި އިށީދެ ތިބޭކައް ނުވާނެ. ސޫރަޖްބޭބެ އާ ހެދި ކޮއްކޮ ބިރުގަންނަވާ ލެވޭކައްވެސް ނޯވޭ.” މުރާދު އަތުން ހަށަން ބަންނަމުން ބުނެލިއެވެ.

“އަޅުގަނޑު ބިރެއް ނުގަނެ.ބޮޑު ބޮޅެއް މުރާދު ބޭބެޔަށް އެހެންނޫނަސް ފުރޭތައެއް އަޔަސް އަޅުގަޑަކައް ނުވެސް އެނގޭނެނު. އަޅުގަޑަކީ ލޯފަން ކުއެޖެއްކަންއެގޭއިރައް ފުރޭތަ ދުރައްދާނެ. ތީ ބޭބެމެން ވީމާ ބިރުގަންނަވަމުން ކާރިޔަށް އައީނު.” ސާރާ ހިނިތުން ވެލިއެވެ.

ސާރަގެ މިވާހަކައިން މުރާދު އާއި ސޫރަޖް ފެންކަޅިވިއެވެ.

“ނޫނެ. މިއަދު ސާރާގެ ލޯރަނގަޅު ވާނެ ވާހަކަ ޑރ ބުނުއްވާނެ ބަލާތި”

ސޫރަޖް ސާރާޔާ ކައިރިޔައްޖެހިލާފަ ބުނެލިއެވެ.

އެވަގުތު ހުސްނާ އާއި ކަރީމު ތައްޔާރުވެގެން ބޭރައް ނިކުތެވެ.

“ކޮބާ ދަމާ ހިގާ. ސާރާ މިހިރީ ކިހިނެއްވެފައި ޔަގީން ތިދެމީހުންގެ ކަމެއް ދޯ؟”

ސާރާގެ ކައިރިޔައްޖެހިލާފަ ހުސްނާ އަހާލިއެވެ.

” މުރާދު ބޭބެ އަޅުގަނޑު ބިރުގަންނަވާލީ.”

ސާރާ މަންމަގެ މޭގައި ލައްވެލަމުން ބުނެލިއެވެ.

“ދެން މާޅަވާނެކަމެއްނެތް. އަސްލު އެއީ މީނދަ ސޫރަޖް ބޭބެ ކުރި ކަމެއް މަގޭ ބޮލުގައި ހުރިހާކަމެއް.”

ސޫރަޖްގެ ކައިރިޔައް ޖެހިލާފަ ސޫރަޖް މަންމަޔާ ދިމާލަށް ކޮއްޕާލަމުން މުރާދު ބުނެލިއެވެ. އަދި އެއްބަސް ވާށޭ ބުނާހެން އިޝާރާތް ކޮއްލިއެވެ.

“އެ.އެއެއެއީތެދެއް. ސާރާ ބިރު ގެންނެވީ އަޅު.. އަޅު..ގަޑު”

ސޫރަޖް އަވަހައް މުރާދު ދިފާއު ކޮއްދިނެވެ.

“ނޫން.މަންމާ. ސޫރަޖް ބޭބެ އެއުޅެނީ ދޮގުހަދަން. އަޑުވެސް އެބަތުރު ތުރު އަޅާނޫން .”

ސާރާ އަވަސް އަވަހައް ބުނެލިއެވެ.

“އަޅުގަނޑައް ހީވަނީ ސާރާ ކޮއްކޮ ގެންދަންވީ ހޮސްޕިޓަލައް ނޫންހެން. ގެންދަންވީ ސިފައިންގެޔަށް މައްސްލަ ބަލާ މީހުން ތިބޭނީ އެތަނުގަ. އަޑު ތުރު ތުރު އެޅީމާ އެގޭނީވެސް ސިފައިންނަށް”

“މުރާދު ކުރިޔައް ހިގައިގަންނަމުން ބުނެލިއެވެ.ހުރިހާ އެންމެން މިކަމާ ހޭންފެށިއެވެ.

ހޮސްޕިޓަލައް ދެވުނު އިރު މަރިޔަންފުޅާ ކާސިންބެ ނަންބަރު ނަގައިގެން ހުސްނާ މެންގެ އިންތިޒާރުގައި ދެކޮޅައް ހިގާލަ ހިގާލަ ތިއްބެވެ.

“މިހާރު ވަދެފަ ހުރި މީހާ ނިކުތީމާ ވަންނަން ވާނީ އެމަންޖެެ. ނަންބަރު ޖެހެންވާއިރައް ނައިސްދާނެތީ އަހަރެން މިހުންނަނީ ކަންބޮޑުވެފަ ތައް މީހުން ވީޔާ.”

“ބޮޑުދައިތާ. އަޅުގަނޑުމެން ވައްޓާލާނީ ގަޑިޔަށް.”

މުރާދު މަރިޔަންފުޅުގެ އަތުގައޮތް ނަންބަރު ހޯދަމުން ލާނެއްރާގަކައް ބުނެލިއެވެ.

“އަޅުގަނޑު ޑރ ސަލީމު އާވާހަކަ ދައްކާލާފަ އެބައަންނަން.”

ސޫރަޖް މިހެން ބުނަމުން ހިގައިގަތެވެ

“ދަރިފުޅާއެވެ. ލަސްނުވެ އަންނާތި އިނގޭ ތިޔަ އިނގިރޭސިން ކިޔާއެއްޗެއް އަހަރުމެންނަކަށް ނުމެއެނގޭނެ”

ސޫރަޖް ހިގައިގަތީމާ ކަރީމު ގޮވާލާފަ ބުނެލިއެވެ.އެވަގުތު އާނއެކޭ ބުނާގޮތައް ސޫރަޖް ބޯޖަހާލިއެވެ.

ސޫރަޖް އައް ޑރ ސަލީމުއާއި ދިމާވީ ކޮރިޑޯ ތެރެއިންނެވެ

“އައްސަލާމްއަލައިކުމް ޑރ ސަލީމް”

ސޫރަޖް ޑރ. ސަލީމު އާއި ކާރި ވެލަމުން ސަލާން ގޮވާލިއެވެ

“އަނހަ ސޫރަޖް ވައަލައިކުމުއްސަލާމް. ކިހިނަކުންތޯ ހާލު؟”

“އާދައިގެ ގޮތެއްގާ ރަނގަޅު. ކޮބާ އަޅުގަޑުގެ ވާހަކަ މިހާރު ވަޑައިގެން އުޅުއްވާ ޑރ އަރިހުގަ ނަންގަތިންތޯ؟”

ސޫރަޖް ސުވާލުގެ ބެލުމަކުން ޑރ. ސަލީމު އާއި ދިމާލައް ބަލާލިއެވެ.

“އާނ. އެކަމަކު އެއީ އެކަށީގެން ވާކަމެއްނޫން.”

“ނޫނެ.ޑރ ސަލީމު. އަޅުގަޑު ވާހަކަ މިދައްކަނީ އަޅުގަޑުގެ ފުރިހަމަ ހޭބުއްދީގަ.އަޅުގަޑައް އެކަމައް މަގުފަހިކޮއްދެއްވާ.” ކަރުނަ ވީއަޑަކުން ސޫރަޖް ބުނެލިއެވެ.

“ސޫރަޖް. ދިރި ހުރި އިންސާނެއްގެ ކަންތައް އެގޮތަކައް ނުވާނެ. އަދި އަމުދުން ސޫރަޖް އުމުރުން ވީހަދާން ވާގޮތުން އެންމެ އަށާރަ އަހަރު. ވީއިރު ތިފަދަ ކަމަކައް އާނބަސް ބުނާނީ ކިހިނެއް”

ޑރ ސަލީމު ސޫރަޖް އައް ވިސްނާދެވޭތޯ ބޭކާރު މަސައްކައް ކުރަމުން ދިޔައެވެ. ސޫރަޖް އެއްވެސް އެއްޗެކޭ ނުބުނެ އެނބުރި ހިގައިގަތެވެ.

ޑރ. ސަލީމު ސޫރަޖް ދާތަން ބަލަން ހުރެފަ އެނބުރި ހިގައިގަތެވެ.

ސޫރަޖް އެނބުރި އައިއިރު ސާރާ ޑރ. އަނޫޕަމް ބަލާ ކޮޓަރިއައް ވައްދަނީއެވެ.

ޑރ. އަނޫޕަމް ސާރާގެ ލޯރަގަލައްބެއްލެވިއެވެ އަދި ރިޕޯޓްތައް މުތާލިއާ ކުރެއްވިއެވެ.

” ސާރާގެ ލޯ ރަނގަޅުވާނެ އެކަމަކު ބޭނުންވަނީމިލޮލާ ގުޅޭ ލޮލެއް”.

ޑރ. ގެ ބަހުރުވަ ކައިރީގައިން ތަރުޖަމާނު ހުސްނާ މެންނައް ކިޔާލަދިނެވެ.

“ޑރ. އެވެ. އަޅުގަޑުގެ ލޯ ނަންގަވާ.”

ހުސްނާ ޑރ. ގެ އަތުގައި ހިފަމުން ބުނެލިއެވެ.

“ނޫން. މަންމަ ގެ ލޮލެއް ނޫން. އަޅުގަޑުގެ ލޯ ނަންގަވާ.”

ކުރިޔައްޖެހިލާފަ މުރާދުވެސް ބުނެލިއެވެ.

“ނޫނެެ. ނަގަން ޖެހޭނީ މަގޭ ލޯ. އެހެން ނޫނަސް މިހާރު އަހަރެން މިހިރީ މުސްކުޅި ވެފަ. ދުނިޔެ ފެނިފަ. މަގޭ ދަރިފުޅައް ތަންތަން ފެނުނީމާ ހަމަ މަށައްފެނުނު ފަދަ ނޫންތަ؟”

ކަރީމު މިހެން ބުނުމުން ސުވާލުގެ ބެލުމަކުން ޑރ. ކާރީގަ އިން ތަރުޖަމާނައް ބަލާލިއެވެ. އެވަގުތު އޭނާ ވެގެން އުޅޭގޮތް ޑރ. އަނޫޕަމް އައް ކިޔާދިނެވެ. އެވަގުތު ޑރ. އަނޫޕަމް ހީލިއެވެ. އަދި ބުންޏެވެ.

“ތިހާ ގިނަ ލޯބިވާ މީހުން ތިބި މީހެއް ހަމަ ގައިމުވެސް ރަނގަޅުވާނެެ. ހިއްވަރު ކޮއްލާ.”

ތަރުޖަމާނު ޑރ. ބުނުއްވިބަސް ހުސްނާ މެންނައް ކިޔާދިނެވެ.

“ޑޯނާ އެއް ލިބުނީމާ އަންގާ. އަދި ދެމަސް ކޮއްފަ އަހަރެން އަންނާނަން. އޭރުން އޮފަރޭޝަން ކުރުން ރަގަޅުވާނެ.”

އަނެއްކާވެސް ތަރުޖަމާނު ޑރ. ގެ ވާހަކަ ހުސްނާ މެނައް ކިޔާލަ ދިނެވެ.

އިރުކޮޅެއްގެ ތެރޭ އެމީހުން ޑރ. ކޮޓަރިން ނިކުތެވެ. މަރިޔަން ފުޅާ ކާސިން ބެ ދޮރުކާރީ ހާސްވެފަ ތިއްބެވެ.

“މިހާގިނަ އިރުވީމާ މަހީކުރީ އޮޕަރޭޝަން ކުރީ ކަމައް”

މަރިޔަންފުޅު ސާރާގެ ކައިރިޔައް ޖެހިލަމުން ބުނެލިއެވެ.

“ނޫނެ. އޮޕަރޭޝަން ކުރާނީ އަދި ދުވަސްކޮޅެއްފަހުންނޯ”

ކަރީމް މަރިޔަންފުޅު ކާރީ ބުނެލިއެވެ. އޭގެފަހުން ގެޔައްދެވެންދެންވެސް އެންމެންތިބީ ހިމޭނުންނެވެ. އެކަކުވެސް އަނެކަކާ ވާހަކައެއްނުދައްކައެވެ. ކޮންމެމީހަކުވެސް އިނީ އެމީހެއްގެ އަމިއްލަ ދުނިޔެއަކައް ގެއްލިފައެވެ. ގެޔައްދެވުމާއެކު ވަކިވުމުގެ ހުއްދަހޯދައިގެން ސޫރަޖް އޭނާގެ ގެއައްދާން ދިޔައެވެ. މަރިޔަންފުޅާއި ކާސިންބެ ވެސްވަކިވުމުގެ ސަލާން ކޮއްލުމައްފަހު ގެއައްދިޔައެވެ. މުރާދުވެސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ސާރާވެސް ދިޔަގޮތައް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ހުސްނާ ޔާ ކަރީމް އިށީނީ މެދުގޭތެރޭގައެވެ.

ސޫރަޖް މިސްރާބު ބަދަލު ކޮއްލީ ހޮސްޕިޓަލާ ދިމާލަށެވެ. އޭނާ ޑރ. އަނޫޕަމް ބައްލާ ކޮޓަރިއައް ދިޔައިރު ޑރ. ވެސް މީހުން ބަލާ ނިމިގެން ތެދުވަނީއެވެ.

” ޑރ. އެވެ. އަހަރެން ޑރ. އާއި ތަންކޮޅެއް އަމިއްލަ ވާހަކައެއް ދައްކާލަން ބޭނުމެވެ. ދިހަ ވަރަކައް މިނިޓް ދެވިދާނެތޯ”

ވަރައް ރީތި ކޮއް އިގިރޭސިން ސޫރަޖް މިހެން ބުނުމުން ޑރ. އަލުން އޭނާ އިންނަ ގޮޑީގައި އިށީނެވެ. އަދި އިޝާރާތުން ތަރުޖަމާ ކުރާކުއްޖާއައް ދާން ހުއްދަދިނެވެ.

ސޫރަޖް އާއި ޑރ. ކޮންމެވެސް ވާހަކަ ތަކެއް ފުދޭވަރަކައް ގިނަ އިރު ވަންދެން ދެއްކިޔެވެ. އޭނާ ޑރ. ގެ ކޮޓަރިން ނިކުތްއިރު އޭނާގެ މޫނުމަތިން ކާމިޔާބުގެ އަލިގަދަކަމާއި ހިނިތުންވުން ފެންނަން ހުއްޓެވެ..

ސޫރަޖް އިންޑިޔާ އަށްފުރައިފިއެވެ. މުޅިގޭތެރެއައް ފަޅުކަމެއް އައެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ މަސައްކަތާއިގެން މަޝްއޫލު ވިއެވެ.

މުރާދުވެސް ކާގަޑި ފިޔަވައި އެހެންގަޑިތަކުން ބޭރުތެރެއިން ވެސް ނުފެނެއެވެ.ކުރީގަހެން ސާރާޔާ އެކު މަޖާކޮއްލާކައްވެސް ބޭރު ތެރެއައް ނާދެއެވެ.

ސާރާ ވެސް ހުންނަނީ މާބޮޑަށް ހިމޭންވެފައެވެ. މަރިޔަންފުޅު ގެއައްއަންނަ ވަގުތެއްގައި ނޫނީބޭރަކުން ނުފެނެއެވެ.އެހެންނޫނީ އުޅެނީ އޭނާގެ ކުޑަމުސަޅު ހިފައިގެން ކޮޓަރީގައެވެ

ހުސްނާގެ ހުރިހާ ވަގުތެއްހެން އޭނާހޭދަކުރަނީ ގޭތެރޭގެ ތަރުތީބު ބަދަލު ކުރުމުގައެވެ. އާކުލަތަކުގެ ދޮރުފޮތި ދަމާ ގޭތެރެ މުޅިން އާގެޔަކައް ހެދުމުގައެވެ. އާކުލަތައް އެކިތަންތަނުގައިލާ މުޅިގެ ތަފާތު ކޮއްލިއެވެ. ސާރާ ކައިރިޔައްވެސް އޭނާ އާދެވެނީ މަދުފަހަރެއްގައެވެ. ގޭތެރޭގެ ކަންތަކަށް ފަހު ބަގީޗާގެ ކަންތަކެވެ. މުޅިން އާގަސްތަށްް އޭނާ ހެއްދިއެވެ. މާފޮޅޭ ގަސްތަކެވެ.ފިނިފެންމަލުން މުޅި ހިސާބުގަނޑު ޖަރީ ކުރި އެވެ.

ކަރީމު ގިނަވަގުތު ގެޔައް އައިސް ބޭރައް ދާއިރުވެސް އޭނާއަކައް ރޭކާވެސް ނުލައެވެ.

ކަރީމުއެއްދުވަހު ބޭރުން އައިވަގުތު ހުސްނާ ބަގީޗާގެ ތެރޭ މަސައްކަތެއްގައި ހުއްޓާ ފެނިގެން ގޮވާލިއެވެ.

ޙުސްނާ. މިކޮޅައްއައިސްބަލަ. ތިވަރައްއަތްތިލަ ހަލާކު ކޮއްގެން ތިބަގީޗާ ތިހައްދަނީ ކީއްކުރަންތަ؟ އަނެއްކާ މާހާއްސަކަމެއްއޮތީތަ؟.”

ކަރީމު ލާނެއްރާގަކައް މިހެންބުނެލުމުން ހުސްނާ މަސައްކައް ހުއްޓާލާފަ ކޮނޑުމަތީގައި އޮތް ފޮތިގަޑަކުން އަތްފޮހެލިއެވެ. އަދި ހިނިތުންވެލާފަ ބުނަންފެށިއެވެ.

“އެގިލައްވާތޯ. އެމަންޖެގެ ލޯރަނގަޅު ވާންވާއިރަށް އަޅުގަޑު މިބަގީޗާއަކީ ހުރިހާ ވައްތަރެއްގެ މާމެލާމެލިން ޒީނައްތެރިވެފައިވާބަގީޗާ އަކައް ހަދަން ބޭނުން މިކަމުގައި ކިތައްމެ ވަރަކައް އަޅުގަނޑުގެ އަތްހަލާކުވިޔަސް ފަރުވާލެއްނެތް.”

“ހޫނ މިހެންވެދޯ މުޅިގޭތެރެވެސް ހީވަނީ ބަދަލުވެފައިވާތަނެއްހެން”

ކަރީމު އެނބުރިލާފަ ގޭތެރެއައް ފުންނަޒަރަކުން ބަލާލިއެވެ. އެވަގުތު ހުސްނާ ކަރީމު ކައިރިޔައްއައިސް މަޑުކޮއްލިއެވެ.

‘ރުގިއްޔާ އެވެ. ދެން ގަސްތަކައް ފެންދޭން ކަލޭ ދޭ. އަހަރެންމިދަނީ ކަރީމް އަށް ކާންހަދާން”

ހުސްނާ ރުގިއްޔާ ކާރީ މިހެންބުނެލާފަ ކާގެޔާދިމާލައްހިގައިގަތެވެ. ފަހަތުން ކަރީމުވެސް ދިޔައެވެ. ހުސްނާ މޭޒު ތައްޔާރު ކުރަމުން ކަރީމް އާއި ތަފާތު ވާހަކަ ތައް ދައްކަމުން ދިޔައެވެ. އެހެނަސް އެއިން އެއްވެސް ވާހަކަ އެއް ކަރީމު އައް އިވޭހެނެއް ހިޔެއްނުވެއެވެ. ޖަވާބެއް ނުދިނެވެ.ކަރީމް އިނީ ގެއްލިފައެވެ. ނޫނީ އެހެން ދުނިޔެއެއްގައެވެ. ހުސްނާ ޖަވާބު ނުލިބުމުން އެނބުރި ބަލާލިއިރު ކަރީމް މިގޮތަށް ގެއްލިފައި އިންތަން ފެނުމުން ހިނިތުން ވެލިއެވެ.

ކަރީމުގެ ހަނދާނައް އަންނަމުން ދިޔައީ މީގެއެތައް އަހަރެއް ކުރީގެ ހަނދާންތަކެވެ. ހުސްނާ އެންމެފުރަތަމަ އެގެޔައް އައިދުވަހު ކަރިމު އަށް ކާން ހެދި ދުވަހުގެ ހަނދާންތަކެވެ. އެދުވަހު ލަދުން ހުސްނާ ހުރީ ވާހަކަ ދައްކަން ނުކެރިފައެވެ. ބުރުގާ އިން މޫނު ނިވާކޮށްފައެވެ. ކެއުމުގެ ކަންތަކައްފަހު ދެމީހުން އެކުގައި ކޮޓަރިއައްދިޔައެވެ. އެވަގުތު ކަރީމު އޭނާގެ އަޑުން ހުސްނާ ޔައް ލަވަ ކިޔާދިނެވެ. އެހެން ނޫނީ ލަވައެއްގެ ސިފައިގައި އޭނާގެ ހިތުގެ އަޑު އިއްވާލަދިނެވެ.

“އަހަރެން ކަލާގެ ކުރިމައްޗައް އައުމުން ތިގޮތައް ފަރުދާ ނުކުރާށެވެ.

އަހަރެން ކަލާގެ ރީތިކަން ދެކެން ބޭނުމެވެ.

އަހަރެން ކަލާ ހާސިލު ކުރީ އިންސާފު ވެރިކޮންނެވެ.

އަހަރެން މިދުވަހައްޓަކާ ކެއްތެރިކަމެއްނެތި އިންތިޒާރު ކުރީމެވެ.

މިއަދު ތިގޮތައް ކަލާ ފަރުދާގެ ނިވަލުގައި ހުރީމާ އަހަރެންގެ ހިތް މާބާރައް ތެޅެއެވެ.

ާ އަހަރެންގެ މައުސޫމު ހިތައްވިސްނަދޭން އަންނާށެވެ.

މިރެޔަކީ މީ ފަރުދާ ކުރުމުގެ ރެޔެއްނޫނެވެ.

މިރެޔަކީ އަހަރެންގެ އިންތިޒާރު ތަކުގެ ފޮނި މޭވާ ލިބުނު ރެއެވެ.

ކިތައްމެ ރެޔަކު އަހަރެން ކަލާގެ ހަނދާނުގައި ތަރިތައް ގުނީމެވެ.

ކަލާނެތަސް ކަލާގެ ހަނދާންތަކުގައި މިލަވަކިޔީމެވެ.

އަހަރެން މިހާލުގައި ނިމިގޮއްސިޔާ އެކަނި ކަލާ ކުރާނީ ކީއްހެއްޔެވެ. ލޯބިވާ އެވެ”

ކަރީމުގެ ހިޔާލީ  ދުނިޔޭގެ ވާގަނޑު މިހިސާބައްދިޔަތަނާ ހުސްނާ ކަރީމު ކައިރީ އިށިދެލިއެވެ

“ކަރީމު ކިހިނެއްވެފަތޯ ތިއިންނެވީ”

ހުސްނާމަޑުމަޑުން ކަރީމު ކޮނޑުގައި އަތްޖައްސާލަމުން ގޮވާލިއެވެ.

“ހުސްނާ . ބައެއްފަހަރު ކުރީގެ ފޮނިހަނދާން ތަކަކީވެސް މީރު ކަމެއް ލިބޭއެއްޗެއް.”

ހުސްނާ އޭގެފަހުން ހިމޭން ކަމާއެކު އިނދެގެން ކާންފެށިއެވެ. ކަރީމު ވެސް ދެން އިތުރު އެއްޗެކޭ ނުބުނެ ކަމުން ދިޔައެވެ. ހުސްނާ ޔައްވީގޮތް ހަމަ ރަގަޅައް ކަރީމު އައް އެގުނެވެ. ހުސްނާ ލަދުގަތީއެވެ. އެވެސް އަންހެންވަންތަ ކަމުގެ މާތް ސިފައެވެ. ކަރީމު ހިނިތުން ވެލިއެވެ. ހުސްނާ އިސްވެސް އުފުލާވެސް ނުލާ މަޑުން އިނެވެ.

ދުވަސްތައް އަނެއްކާވެސް އާދައިގެ ގޮތެއްގާ ފާއިތުވަމުން ދިޔައެވެ.

އެއްދުވަހެއްގެ ހެނދުނެވެ. މަރިޔަންފުޅު އާދައިގެ މަތިން ހެނދުނު ސައިހަދާކައް ނުތެދުވެއެވެ. ކާސިމްބު ވެސް ދެފަހަރެއްގެ މަތިން މަރިޔަންފުޅައްގޮވާލާފަ ދިޔައީ ފަތިސްނަމާދަށެވެ. ފަތިސް ނަމާދުން ގެޔައްއައިރުވެސް އަދި މަރިޔަންފުޅު ނުހޭލައެވެ. ކާސިމު އަވަހައްގޮސް މަރިޔަންފުޅުގެ އެނދުގެ މަގަތުން އިށިދެ މަރިޔަންފުޅުގެ ބޮލުގައި ފިރުމާލިއެވެ. މަރިޔަންފުޅެކޭ ގަނޑުކޮއްފައިވާ މަސްގަޑެކޭއެއްވަރެވެ، އެހާވެސް ފިންޏެވެ. ދަރިފުޅާ ފަޒުނާ، އިމްދާދު ނިކަން މިކޮޅައް އައިސްބަލަ މަންމަ ޔައް ކީއްވެފަތަ މިއޮތީ؟

ކާސިންބެ އޭނާގެ ދޮށީ ދެކުދިންނައް ގޮވާލިއެވެ. ކާސިންބެ ގެ އަންހެންދަރިފުޅު ފަޒުނާޔަކީ ނަރުހެކެވެ. އިމްދާދަކީ ހޮސްފިޓަލުގެ ލެބޯޓުރީގައި މަސައްކައްކުރާ މުވައްޒަފެކެވެ. ދެންހަނގައްތިބި ތިންކުދިން އަދިކިޔަވަނީއެވެ. އެއީ އުލްފާޔާ މާޝާޔާ އިމްރާން އެވެ.

ފަޒުނާ އައިސް މަރިޔަންފުޅު ރަގަޅައް ބަލާލިއެވެ. އަދިހަރުއަޑުން ރޯންފެށިއެވެ.

މަންމާ އޭކިޔާފަ ރޮމުން މަރިޔަންފުޅުގައިމައްޗައް ވެއްޓިގަތެވެ.

“ދަރިފުޅާ. މަންމަ ޔައްވީކީއްތަ؟”

ކާސިންބެ ފަޒުނާގެ ގައިގާ ހިފާ ތަޅުވައިގަންނަމުން އަހާލިއެވެ.

“ބައްޕާ. މަންމަ ނިޔާވީ. ނިޔާވީ”

ފަޒުނާ ބާރައް ކާސިންބެ ގައިގާ އޮޅުލައިގަންނަމުން ރޮމުން ބުނަމުން ދިޔައެވެ

ކާސިންބެ އަނެއްކާވެސް އިށީދެވުނެވެ. ބަސް ހުއްޓިފައެވެ. ކާސިންބެ މޫނުގައި ދެއައްއެޅުމައްފަހު ގިސްލަ ގިސްލާފަ ރޯންފެށިއެވެ.

“އުލްފާ. ހުސްނާ ދައްތަ ގޮވައިގެން އަންނާންދޭ.”

ފަޒުނާ އުލްފާޔާ ދިމާލަށް ބުނެލިއެވެ.

އުލްފާ ދުވެފަ ހުސްނާ މެންގެއައްގޮސް ދޮރާށި ކާރީ ހުރެ ރޯންފެށިއެވެ.

ހުސްނާ ޔައް މީހަކު ރޯއަޑު އިވިގެން ތެޅެމުން ފޮޅެމުން ބޭރައް ނުކުތެވެ.

“އަނހަ އުލްފާ ކިހިނެއްވީ ..؟”

ހައިރާންކަން އެކުލެވިފައިވާ އަޑަކުން ހުސްނާ އުލްފާޔާ ސުވާލު ކޮއްލިއެވެ.

“ދޮންތާ. މަންމަ…”

އުލްފާޔައް ބުނެވުނީ މިހިސާބަށެވެ. އިތުރަކައް ނުބުނެވުނެވެ.

ހުސްނާ އައިސް އުލްފާގެ ކައިރިޔައް ހުއްޓިފައި އުލްފާ ހުސްނާޔާ ކައިރިކޮއްލިއެވެ. އަދި ނުހަނު ލޯބިން ސުވާލު ކުރިއެވެ.

“ދަރިފުޅާ. މަންމަ ޔައްވީ ކީއްތަ. ކޮބާތަ މަންމަ ހިގާބަލާ”

ހުސްނާ ބުރުގާ ރަނގަޅު ކުރަމުން އުލްފާ ގޮވައިގެން އެގެޔައްދިޔައެވެ. މުޅި ގެ އޮތީ މީހުން ތަކުން ފުރިފައެވެ. ކޮންމެ މީހަކުވެސް ދައްކަމުން ދިޔައީ މަރިޔަން ފުޅުގެ ރަނގަޅު ވާހަކަ އެވެ. އެއިން ކޮންމެ މީހަކުމެ ތިބީ ހިތާމަ ޔާ މޮޅިވެރި ކަމުގައެވެ. ގޭތެރެއައް ވަނުމާއެކު ހުސްނާ އައްވީވެސް ހަމަ އެހެން ނެވެ.

ހުސްނާގެ މަންމަ މެން ނިޔާވުމައްފަހު ހުސްނާ ޔާއެކު އަބަދު އުޅެއެހީވެދީ ހެދީ މަރިޔަންފުޅެވެ. ހުސްނާ ކެއްތެރިކަމާ އެކު ތެދުވިއެވެ. ފަޒުނާޔާ އެހެން ކުދިންވެސް ހުސްނާގެ ކައިރިޔައްއައެވެ.

“ދޮންތާ މިވީ ކީއްތަ؟ މަންމަ …”

ފަޒުނާ ހިތާމަޔާ މޮޅިވެރި ހާލު ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް ހިތްދަތިވެފައިވާވަރުން އޭނާގެ އަޑު ބެދިއްޖެއެވެ.

“ފަޒުނާ. ހުއްޓާލާ. މިއީ ކޮންމެ މީހަކައްވެސް އަންނާނެ ދުވަހެއް. މިހާރު ރުއިމުން މަންމަ ޔައް މާރަގަޅެއް ނުވާނެ. މަންމަޔައް ހެޔޮ ދުއާކުރަން ޖެހޭނެެ. މަންމަޔައް ފައިދާވާނީ އެގޮތުން” ހުސްނާ ފަޒްނާގެ ބޮލުގައި ފިރުމަމުން ވާހަކަ ދެއްކިއެވެ.

އެވަގުތު ކޮންމެވެސް ގޮތަކައް މިހަބަރު ލިބިގެން ކަރީމު ވެސް އެގެޔައް އަތުވެއްޖެއެވެ.

“ކަރީމު އައިކަން ރަގަޅު. އަވަހައް ކާސިންބެ ގޮވައިގެން ކަށުކަމާ ކެމީގެ ކަންތަކުގައި އުޅެދެއްވާ. އަޅުގަޑު މިދަނީ އެމަންޖެޔާ އެސޮރު ބަލާދާން.” ހުސްނާ ބުނެލިއެވ

“ކާސިންބެ ކޮބައިބާ؟” ެ

ކަރީމު ދެކޮޅު ހޯދާލާފަ ސުވާލު ކުރިއެވެ.

“އެފަރާތު ކޮޓަރީގައި އެބައިން.ދުރުވޭ އެކޮޅަށް”

ހުސްނާ އެއްފަރާތަކައް އިށާރާތް ކޮއް ދައްކާލިއެވެ.

ހުސްނާ ގެޔައް ގޮސް މިހަބަރު ސާރާ ޔާ މުރާދު ކައިރީ ވެސް ބުނެލިއެވެ. ސާރާ މަންމަ ގެ ގައިގާ ހިފަހައްޓައިގެން ރޯންފެށިއެވެ.

“މަންމާ. ބޮޑުދައިތަ ޔަކީ މާތްމީހެއް. ވަރައް އޯގާތެރި މީހެއް. އަޅުގަޑައް ހާދަ ހެވެވެ”

ސާރާ ކަރުނަވީ އަޑަކުން ބުނަމުން ދިޔައެވެ.

“ތެދުވާހަކައެއް. އެހެންވީމާ މިހާރު ތިދެކުދިން ވެސް ބޮޑުދައިތަޔައް ހެޔޮދުއާކޮއްދީ”

“ދަރިފުޅާ. އަވަހައް އެގެޔައް ދަމާ ހިނގާ. ދަރިފުޅުމެން ތިތިބީ ތައްޔާރު ވެގެންތަ؟”

ހުސްނާ މުރާދު އާއި ސާރާޔާ ދިމާލައް ބަލާލަމުންއަހާލިއެވެ. ސާރާ އޭރުވެސް ރޮނީއެވެ.

“މަންމާ. ބޮޑުދައިތަ ނެތީމާ އަޅުގަނޑު ވަރައް ދެރަވާނެެ. ވަރަށް އެކަނިވާނެ. މަންމާ. ބޮޑުދައިތަ އާއި ނުލާ އަޅުގަނޑަކައް ނޫޅެވޭނެ.”

ސާރާ ރޮމުންގޮސް އަޑުބެދުނެވެ.

“ދަރިފުޅާ. ކެތްތެރިވާންޖެހޭނެ. މިއީކޮންމެ މީހަކައްވެސް އަންނާނެ ދުވަހެއް. ވީމާ ކެއްކުރަންޖެހޭނެ ބޮޑުދައިތަގެ ވެސް  ވަގުތު ޖެހުނީމާ ދާންޖެހުނީ މިއީ ﷲ ގެ ނިންމެވުން. ދުނިޔޭގަ ދެން ތިބިމީހުން ޖެހޭނީ މަރުވެގެންދާ މީހުންނަށް ހެޔޮދުއާ ކޮއްދިނުން.”

ހުސްނާ ނުހަނު ލޯތްބާއެކު ސާރާޔަށް ވިސްނާދެމުން ދިޔައެވެ.

ކަރީމް ކާސިންބެ ކާރީ ގޮޑީގައި އިށީނެވެ. އަދި ވާހަކަ ދައްކަން ފޭށިއެވެ.

“ކާސިން ބޭ. އުދާސްނުވޭ. މިހެންބުނެވޭއިރުވެސް ކާސިންބެ ދެރަވާނެ ކަންވެސް އެގޭ .އެކަމަކު ކެތްތެރިވާން ޖެހޭނެ ދޯ. ކުދިންނަށްޓަކައި ހިތްވަރު ކުރަންވާނެދޯ.”

ނުނިމޭ

8
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Rozy

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

ލޯބިވަން ޔާރާ އޭ 2

Next

ނަފްރަތަކީ ލޯބީގެ ފެށުމެވެ 2

Next
October 1, 2016

ނަފްރަތަކީ ލޯބީގެ ފެށުމެވެ 2

Previews
September 30, 2016

ލޯބިވަން ޔާރާ އޭ 2

11 Comments

  1. shaai says:
    September 30, 2016 at 9:29 pm

    rovijje :'(

  2. Shaa says:
    September 30, 2016 at 9:43 pm

    Vvvvv reethi mi baives …. vvv intrest vaahaka eh

    1. Rozy says:
      September 30, 2016 at 10:02 pm

      Thank you Shaa for liking my Story 🙂

    2. rihaakur says:
      September 30, 2016 at 11:27 pm

      habeys

  3. Aish says:
    September 30, 2016 at 11:23 pm

    Wow! V nice

  4. Aaf says:
    September 30, 2016 at 11:28 pm

    Nice

  5. leem says:
    September 30, 2016 at 11:33 pm

    Mee v reethi story eh. Keep it up Rozy

    1. Rozy says:
      October 1, 2016 at 1:13 am

      Thank you to all my friends .. your Dhua is making me write this story..

  6. Sheexa says:
    October 1, 2016 at 1:22 am

    Sukunthah check kohlaafa up kohlehvun edhen. vaahaka v reethi

    1. Rozy says:
      October 1, 2016 at 2:31 am

      Thank you Sheexa I will make it correct awas kolan hadaigen balanuleveni hama 🙁

  7. a says:
    October 2, 2016 at 10:43 pm

    haadha asarugadhae mi part ekam v.reethi inge keep it up rozy

Comments are closed.

All Right Reserved!