ސިއްރު 8
“މިއީ ކެސެޓެއް. ނިކަން ތީތި ޖަހާލަބަލާ. އަޖާބުން ފުރިގެންވާ ހިތްހަމަ ޖެހޭ އަޑެއް އިވޭނެ”
ސާރާ ކޮޓަރިޔަށް ގޮސް އެކެސެޓް ޖަހާލިއެވެ. އެކެސެޓުން އެވަގުތު ގުގުމައިގެން ދިޔައީ އޭނާއަށް ކުރީދުވަހު އިވުނު ޖާދުވީ އަޑެވެ. އޭނާއަށް ތާއަބަދު އެޙިޔާލަކަށް ގެއްލިފައިވާ އަޑެވެ. އޭނާ ސާހިލް ނުދެކެއެވެ. އެކަމަކު އޭނާ އަށްވަނީ ސާހިލްގެ އަޑުދެކެ ލޯބިވެވިފައެވެ. އެތައްއިރެއްވަންދެން ސާހިލްގެ އެލަވަ ސާރާ ޖެހިއެވެ.ފޫހިކަމެއްނެތިއެވެ.
“މަލް . ކޮބާ ރީތި ދޯ. މަބުނީމެއް ނޫން . އޭނާގެ އަޑު އިންތިހާޔަށް ރީތި ވާނެއޭ”
ވިއާމާ ސާރާ ގެ ކޮޓަރި ތެރެޔަށް ވަންނަމުން ބުނެލިއެވެ.
“ތިޔަބުނީ ތެދެއް.މިއަޑުގައި ޖާދޫއެއްވޭ.ރިހުމެއްވޭ. އަސަރެއް ވޭ. އަޑުއަހާލާ ކޮންމެ ހިތަކަށް ހިތްހަމަޖެހުން ލިބިދޭ.”
ސާރާ ހުވަފެނީ ރަގަކަށް މިބުނެލި ބަހުން ވިއާމާއަށް ކުޑަހުއްޓުމެއްއައެވެ. އަދި ސާރާގެ މޫނަށް ވަރަށް ފުންކޮއް ބަލާލިއެވެ. އަދި މަޑުމަޑުން ބޭރަށް ނިކުމެގެން ބަގީޗާތެރެޔަށް ދިޔައެވެ.
ނާހިދާޔާ މުރާދު ސައިކަލް ދުއްވާލަން ކޮންމެރެޔަކު ދެއެވެ. މިރެޔަކީވެސް މިދެލޯބިވެރިންގެ އުފާވެރި ރޭތަކުގެ ތެރެއިން ރެޔެކެވެ. ނާހިދާ ބޭނުން ވަނީރޭސް ޖަހާށެވެ. އެހެންމީހުންނަށް ވުރެ ބާރަށެވެ. ދެމީހުން މަޖާވެފަ ސައިކަލް ދުއްވިއެވެ. ކުއްލިޔަކަށް ކުރިމަތިން ގޯޅިއަޅާލި ކާރެއްގައި މުރާދު ދުއްވަން އިން ސައިކަލް ޖެހުނެވެ. އަދި މުރާދު އާއި ނާހިދާ ވިއްސައިގެން ގޮސް ކުރިމަތިން އައިސައިކަލްތަކުގައ ޖެހި ދެސައިކަލް ވެއްޓުނެވެ. އެހާމެ ނުރައްކާތެރި އެކްސިޑެންޓެއް ހިގީއެވެ. އެންމެ ގެއްލުންވީ ނާހިދާ ޔަށެވެ. މުރާދު ގޮސްޖެހުނީ ފިހާރަބަރިޔެއްގެ ތެރޭގައި ކަމުން ވެއްޓުނު ސައިކަލް ތަކުން މުރާދު ސަލާމަތްވިއެވެ. އެހެނަސް ނާހިދާ ވަރަށް ހާލު ބޮޑުވިއެވެ. ދެމީހުންވެސް ހޮސްޕިޓަލަށް ގެންދެވުނެވެ. މުޅިމަގުމަތިއޮތީ ލޭގެ ކޯރެއް ހެންނެވެ. ގިނަ ޓުރެފިކް މުޅި ހިސާބުގައި ތޮއްޖެހުނެވެ،ވަގުތުން ކާރެއްގަ މުރާދު އާއި ނާހިދާ އައިޖީއެމްއެޗް އަށް ގެންދެވުނެވ. ޑޮކްޓަރުންގެ މިންނެއްމަސައްކަތުންވެސް ނާހިދާ ސަލާމަތެއް ނުކުރެވުނެވެ. ދެމިއޮތުމުގެ އާލަމަށް ނާހިދާ ދަތުރު ކުރީއެވެ. މުރާދު އައިސީ ޔޫގައި ވަރަށް ސީރިޔަސް ހާލަތެއްގައި އޮތެވެ.
ނަސީބު ގޭތެރެ އަނެއްކާވެސް ހީވަނީ ހިތާމައިގެ ދާނެއްހެންނެވެ. ލޮލުން ކަރުނަ ނުފައިބާ އެކަކުވެސް އެގޭތެރެޔަކު ނެތެވެ. ހުސްނާޔާ ކަރީމު ގެ ހާލު ވަކިން ބޮޑެވެ. ގާތްގަޑަކަށް ދެގަޑިއިރު ފަހުން މުރާދު ހޭއެރިއެވެ. މުރާދު ހޭއެރި ގޮތަށް ނާހިދާއަށް ގޮވަމުން ދިޔައެވެ.އަދިހަޅޭއް ލަވާ އަޑުގަދަ ކުރިއެވެ. ޑޮކްޓަރުން އެވަގުތު ނިދާ އިންޖެކްޝަން އެއްޖަހާ މުރާދު ނިންދަވާލިއެވެ. ނަމަވެސް މިހާރު މުރާދު ގެ ހާލު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ.
ނާހިދާގެ މަރުގެ ޒިންމާ ނާހިދާގެ މައިންބަފައިން އޭޅުވީ މުރާދުގެ ބޮލުގައެވެ. ނާހިދާގެ މަންމަ ރުޅިގަދަ ވެފަ ހޮސްޕިޓަލްތެރޭ އަޑުގަދަކުރިއެވެ. އިސާހިތަކު ހޮސްޕިޓަލުގެ މެނޭރޖްމަންޓް މުވައްޒަފުން އައިސް ނާހިދާ މަންމަ ހަމަޔަކަށް އަޅުވާ ނަސީހަތް ދީ އެތަނުން އެއްފަރާތަކަށް ގެންދިޔައެވެ. ހުސްނާ ޔާ ސާރާ އައިސީޔޫ ކާރީ އިށީދެ ތިއްބެވެ. ތަންކޮޅެއްދުރުގައި ކޮޅަށް ފާރުގައި އަތްއަތްއަޅުވާލައިގެން ބޭރު ބަލަހައްޓައިގެން ކަރީމު ހުއްޓެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ މުރާދު ކުޑައިރު މޫދަށް ގެއްލުނު ދުވަހުގެ ހަނދާނެވެ. އެވަގުތު ސާރާ މަންމަ ޔަށް އިޝާރާތުން ބައްޕަ ދައްކާލިއެވެ. ހުސްނާ މަޑުމަޑުން ހިގާލާފަ ގޮސް ކަރީމު ގެ ބުރަކަށީގައި އަތް ޖައްސާލިއެވެ. ކަރީމު އެނބުރިލާފަ ހުސްނާއަށް ބަލާލިއެވެ. އަދި ހުސްނާ ކަރީމުގެ މޭގައި ބޯއަޅާލައިގެން ރޯންފެށިއެވެ.
” ހުސްނާ. ނުރޮއި ކެއްކުރޭ ހިތްވަރު ކުރޭ. ހުސްނާ ރުއީމާ އަހަރެންގެ ހިތްވަރުވެސް އެލޭނެ.”
ކަރީމު ހުސްނާގެ ބޮލުގައި ފިރުމާލަމުން ނަސީހަތް ދިނެވެ. ކިތަންމެ ނަސީހަތް ލައި ދިނަސް ކަރީމުގެ ލޮލުންވެސް ހޯސްލާފަ ކަރުނަ ފައިބަމުން ދިޔައެވެ. އެކަމަކު އާންމު ގޮތެއްގަ ފިރިހެނުންނަކީ ހިތްވަރުގަދަ ބައެއްކަމުން ކަރީމު ހިތްވަރު ކުރެވޭތޯ މަސައްކަތް ކުރިއެވެ.
ޑޮކްޓަރ ޔޫސުފް އައިސީޔޫ ތެރެއިން ނިކުންނެވިއެވެ. އަދި ހުސްނާ މެންނަށް ބަލާލިއެވެ.
“ޑޮކްޓަރ. އަޅުގަޑުގެ ދަރިފުޅު ރަނގަޅުވާނެ ދޮގެއްތޯ؟”
ހުސްނާ ޑޮކްޓަރ އާއި ކާރިވެލާފަ ޑޮކްޓަރ ގެ ކޯޓްގައި ދެއަތުން ހިފައިގަންނަމުން ރޮމުން ބުނެލިއެވެ. އެވަގުތު ކަރީމު ހުސްނާ ޑޮކްޓަރ އާއި ދުރަށް ލިޔެވެ. ހުސްނާ އެނބުރިލާފަ އަނެއްކާވެސް ކަރީމުގެ ގައިގާ އޮޅުލައިގަތެވެ.
“ހުސްނާ. މުރާދު މިހާރު އޮތީ ނުރައްކަލުން ބޭރުގަ. ނިންދަވާފަ. ގަޑިޔެއްހާއިރުތެރޭ އޭނާ ހޭއަރާނެެ. އެކަމަކު ނާހިދާގެ މަރުގެ ޙަބަރު އިހަށް އޭނާ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅެންދެން ނުބުނުން ރަނގަޅީ ފަހަރެއްގަ މިޙަބަރުގެ ސަބަބުން އޭނާގެ ކޮންޑިޝަން ސަކަރާތް ވުން އެކަށީގެން ވޭ އެހެންވެ.”
ޑޮކްޓަރ މިހެން ބުނުއްވާފަ އަނެއްކާވެސް އައިސީޔޫ ތެރެޔަށް ވެންނެވިއެވެ.
މުރާދު ކޮޓަރިޔަށް ބަދަލު ކުރެވިއްޖެއެވެ. ނަރުހުންގެ އެދުމުގެ މަތިން މުރާދު އޮތް ކޮޓަރީގައި މާގިނަ މީހުންނެތި ހުސްނާ ޔާ ސާރާ އަދި ފަޒުނާ ތިބެފަ އެހެން އެންމެން ދިޔައީއެވެ.
ފަޒުނާ ޔަށް ޙަބަރު ލިބޭއިރަށް ފަޒުނާޔާ އެގޭއެހެންކުދިން އެތަނަށް އައެވެ. އަދި ހުސްނާޔަށާ ސާރާޔަށް ހިތްވަރު ިދިނެވެ. ހުސްނާ އެކުދިންނަށް ޝުކުރު އަދާކުރިއެވެ.
ކުއްލިޔަށް މުރާދު ކުޑަކޮށް އަޑުލައްވަން ފެށިއެވެ.
“ނާހީ… ނާހީ”
މުރާދު ފިސްވެފައިވާ އަޑަކުން ނާހިދާޔަށް ގޮވަމުން ދިޔައެވެ.
“ދަރިފުޅާ ….ދަރިފުޅާ ”
ހުސްނާ ޔަކަށް އިތުރު އެއްޗެކޭ ނުބުނެވުނެވެ. ފަޒުނާ އަވަހަށް ގޮސް ނަރުސް ކުއްޖާޔަށް އެންގިއެވެ. ނަރުސް އަވަހަށް އައިސް މުރާދު ޗެކް ކުރިއެވެ. އަދި މުރާދަށް ގޮވަން ފެށިއެވެ. މުރާދު މަޑުގިސްލުމަކާ އެކު ލޯ ހުޅުވިއެވެ.އަދި ވަށައިގެން ހޯދާލިއެވެ.
” މަންމާ. މަގޭ ނާހީ ކޮބާ؟”
ހުސްނާ ހުރީ މިސުވާލު އައިސް ދާނެ ކަމަށް ހާސްވެފައެވެ.
” ޖެހިގެން ހުރި ކޮޓަރީގައިނިދިފަ އެބައޮތް. މުރާދު އަވަހަށް ރަނގަޅުވާންވީ.”
ހުސްނާ ޔަށް އަދި ޖަވާބު ނުދެވިގެން އުޅެނިކޮށް ނަރުސް ކުއްޖާ ޖަވާބު ދިނެވެ. ހުސްނާ ހަމަޖެހުމުގެ ނޭވާޔެއް ލިއެވެ. ދަރިފުޅު ކާރީ ދޮގުހަދަން ނުޖެހުނު ކަމަށްޓަކާ ޝުކުރު ކުރިއެވެ. އެވާހަކަ ބުނަންއޭނާޔަށް ޖެހުނު ނަމަ ފަހަރުގަ އޭނަޔަށް އެކަންތަށް ނުވީސް ކަންނޭގެއެވެ.
އެހަފްތާގައި ވީއާމާ ގުރާދޫ އަކަށް ނުދެއެވެ. ބުރާސްފަތިދުވަސް ވެސް އޭނާ ހޭދަ ކުރީ ސާރާޔާ އެކު މާލޭގައެވެ. ސާރާގެ ހިތާމައިގާ ބައިވެރި ވުމުގެ ބޭނުމުގައެވެ.
“ވަރަށް އުފާވެއްޖެ މިހަފްތާ ވިއާމާ ރަށަށް ނުދިޔައީތީ”
ސާރާ ވިއާމާގެ ގައިގާ ބައްދާލަމުން ބުނެލިއެވެ.
“އެކުވެރިކަމަކީ އެހެން އޮންނަ ކަމެއްނޫނެވެ. މަލްވެސް އަހަރެންނަށް ނުލާހިކު ރަނގަޅު ވީއިރު މަލްއަށް ކަމެއްދިމާވީމާ މަވެސް ހުންނާނަމެއްނު.”
އާއިލާގެ މީހުންނާ އެކުވެރިންގެ އެއްބާރުލުމުގެ ސަބަބުން މުރާދު ކޮންމެވެސް ވަރަކަށް ރަނގަޅުވިއެވެ. މުރާދު ނާހިދާ ކޮބައިތޯ ސުވާލު ކޮށްކޮށް އެއްވެސް ޖަވާބެއް އެކެއްގެ ފަރާތުންވެސް ނުލިބުނެވެ އަދި މުރާދު ގެޔަށް ބަދަލު ކުރިއެވެ.
މުރާދު ގެޔަށް އައުމަށްފަހު ވަރަށް އެކަނިވެރި ދިރިއުޅުމެއްއުޅެންފެށިއެވެ. މިކަމާ ހުސްނާ ފިކުރު ބޮޑުވެ ކަރީމު ކާރީ އެތައްޝަކުވާއެއްދުވާލަކަށް ކުރެއެވެ. ތަފާތު އެތައް ގޮތަކަށް މުރާދު ގޭތެރޭކަންތަކުގައި ބައިވެރި ކުރެވޭތޯ ކަރީމު އުޅުނެވެ. އެހެނަސް ކަންތައްވީބޭކާރެވެ. ކޮޓަރިތެރެއިން ބޭރަށް ނިކުތުމަކީ މުރާދު އެންމެ ކުރާހިތްނުވާ ކަމަކަށް އޮންނަނީވެފައެވެ. އަދި ގިނަފަހަރަށް އޭނާގެ ކޮޓަރިޔަށް މީހުންވަނުމަކީވެސް އޭނާ އެދޭކަމެއްނޫނެވެ. ހަމަ އެކަނި އޭނާ ވާހަކަ ދައްކައި އުޅެނީ ސާރާޔާ އެވެ.އެވެސް ކޮންމެހެން ބުނަން ބޭނުންވާ ވާހަކަތައް އެކަންޏެވެ. އެކަމަކު ވަރަށް ގިނަފަހަރު ނާހިދާޔާ ބެހޭގޮތުން އޭނާސުވާލު ކުރިއެވެ. އާދިލްގެ ފަރާތުން އޭނާޔަށް އެގުނީ ބޭސްފަރުވާޔަކަށް ނާހީ ބޭރު ޤައުމަކަށް ދިޔައީކަމަށެވެ.
ސާހިލްއަށްް މިހަފްތާގައި ވިއާމާ ގެޔަށް ނައަންނަ ކަން އެގުނީ ވިއާމާގެ މައިންބަފައިން ބުނީމައެވެ.
“ސާހިލް ދަރިފުޅާ. މިހަފްތާގައި ވިއާމާ ރަށަށް ނާދެއެވެ. އޭނާ މިހާރު އުޅޭގޭގައި ދިމާވި ކަމަކާ ހެދި މަޑުކުރަން ޖެހުނީއޯ ބުނީ.”
ވިއާމާގެ މަންމަ ސާހިލް ކާރީބުނނެލިއެވެ. ސާހިލް ހިމޭނުން ހުއްޓެވެ. އަސްލު މިފަހަރު ވިއާމާގެޔަށް ކޮންމެހެން ގެންނަން ސާހިލް ބޭނުމެވެ. ސަބަބަކީ ކުރީދުވަހު އޭނާޔަށް އެއިވުނު އަޑުގެ ވެރިޔާގެ ވާހަކަ އަޑުއަހާލާާހިތް އޮތްލެއްބޮޑުކަމުންނެވެ. އެއަޑަކީ އޭނާޔަށް ވަރަށް ފަރިތަ އަޑެކެޭވެސް އޭނާޔަށް ހީވިއެވެ، އެހެނަސް ކާކުބާވައެވެ.
ސާހިލް ވިސްނުމެއްގެ ކަނޑަކަށް ފީނައިގެން އިނެވެ. ރޭގަނޑުގެ އެތަށް ދަމެއްފާއިތުވެދިޔަހެނެއްވެސް އޭނާޔަށް ހީނުވާކަހަލައެވެ.
“ދަރިފުޅު މިރޭނުވެސް ކާ ރެއެއްތަ؟”
ހުސްނާ މުރާދުގެ ކޮޓަރި ދޮރު ހުޅުވާލަމުން އަހާލިއެވެ.
އެވަގުތު މުރާދު ރައްޓިހި އަދީލުވެސ އެކޮޓަރީގައި އިނެވެ.
މުރާދު އަށް ދިމާވި ހާދިސާގެ ފަހުން ކޮންމެ ދުވަހަކު ހެން އަދީލު އެގެޔަށް އާދެއެވެ. އަދި ވަރަށް ގިނަ ވަގުތު މުރާދު އާއެކު އޭނާ ހޭދަކުރެއެވެ.
“މަންމާ އަޅުގަނޑު ބަނޑުފައެއްނުވޭ. އެހެންނޫނަސް މާހަވީރުވެފަ ހުއްޓާ އަދީލު އައުމުން އޭނާޔާ އެކު އަޅުގަނޑު މިހިރީ ސައިވެސް ބޮއިގެން ދޯ އަދީލް”
މުރާދު އެނދުގައި ދިގުދެމިލަމުން ބުނެލިއެވެ. އެވަގުތު ވެސް އޭނާގެ އަތުގައި ނާހިދާގެ ފޮޓޯއެއްއޮތެވެ. ހުސްނާޔަށް ހަމަރީތިކޮށް މިތަންފެނުނެވެ. ކަރުނައިން ހުސްނާގެ ލޯތެމުނެވެ.
ލޯފޮހެލަމުން ހުސްނާ ސިޓިންގް ރޫމަށް ނިކުތްއިރު ސާރާޔާ ވިޔާމާ ފޮތްތަކެއްހިފައިގެން ވަރަށް އަވަދިނެތިގޮތެއްގާ ތިއްބެވެ.
“ދަރިފުޅުމެން ކައިފިން ތަ؟”
ހުސްނާ ސާރާގެ ކައިރިޔަށް ޖެހިލާފަ އަހާލިއެވެ. ސާރާމެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އިތުރު އެއްޗެކޭ ނުބުނެ ހުސްނާވެސް ބަދިގެ ފަރާތަށް ދިޔައީއެވެ.
އަދީލު ވެސް އެގެއިން ނިކުމެގެން ދިޔައީ ސާރާމެން އެތާ ތިއްބައެވެ. ނަސީބަކުން އޭނާގެ ލާނެއް އާދަތަކެއް އެވަގުތަކު ހާމައެއް ނުކުރެއެވެ. ހަމަ އެކަނި މަޢުނަވީ ގޮތަކަށް ސާރާޔާ ދިމާލަށް ބަލާލުން ފިޔަވާ އިތުރު ގޮތެއް އޭނާ ހަދާނުލައެވެ.
“ވިއާމާ. އަހަރެންގެ ހިތް ބުނާ އެއްޗެއް އެބައޮތް.”
ސާރާ ހިދުކޮޅެއްގެ ފަހުން ފޮތްލައްޕާ ލަމުން ބުނެލިއެވެ.
“އެއީ ކޯޗެެއް؟”
ވިއާމާވެސް ފޮތް ލައްޕާލަމުން ސީދާ ސާރާގެ ކުރިމަތީ އިށީދެ އަހާލިއެވެ.
“މިފަހަރު ޗުއްޓީ ލިބުނީމާ އަހަރެން ވިޔާމާޔާ އެކު ތިޔަރަށައް ދާން ބޭނުން އެންމެ ރަނގަޅު ތަ؟”
ސާރާ ދުރަށް ނަޒަރު ހިންގާލަމުން އަހާލިއެވެ.
ވިޔާމާ އަނގަ ތަންމިނަށް ހުޅުވައިގެން ސާރާގެ މޫނަށް ބަލަން ބަސްހުއްޓިފައި އިނެވެ.
“ބަލަ މިހާރު ބައްޔެއްޖެހިފަ އިންހެން ތިޔައިނީ ކީއްވެފައި ތަ؟ މަށަށް ގޯސްއެއްޗެއް ބުނެވިއްޖެތަ؟”
ހިނިގަޑެއްޖަހާލަމުން ސާރާ އަހާލިއެވެ. އަދި ވިޔާމާ އާއި ކައިރިޔަށް ޖެހިލިއެވެ.
“ހަމަ އިވުނު އަޑާމެދު ޔަގީންކަމެއް ނުދެވުނީ. އާނ އެހެންނަ މިޔޮތް ހުރިހާ ދުވަހު ދާން ހިގާށޭ ކިޔާ ދެފައިގަ ހިފާ އާދޭސް ކުރެވިއްޖެ. އެކަމަކު ދާޙިޔާލެއްއަމުދުން ނުވެސް ނެތްމީހަކު ކުއްލިގޮތަކަށް ރަށައް ދާން ނިންމީމާ ހުރިހާ ގޮތްތަކެއްވެސް މަށައް ވާނެޔެ ނޫންތަ؟.”
ވިޔާމާ އެއްނޭވާއިން ހުރިހާ ފަތިވަރެއް އަމުނާލަމުން ފުންނޭވާއެްލިއެވެ.
“ދެން އެހެންވެއްޖިއްޔާ ނުދާންވީތަ؟”
ސާރާ ލާނެއް ރާގަކަށް އަހާލިއެވެ.
“ތައުބާ. ނޫނެކެވެ. ކަމަނާ ދާންބޭނުން ކޮންމެ ދުވަހަކު ޙާދިމާ މިހިރީ ކަމަނާ ގެންދާން. ހޭވައްލާ ތައްޔާރު”
ވިޔާމާ ކަންފަތު ފޫޅުގައި ދެއަތުން ހިފާލަމުން ބުނެލިއެވެ. މިދެއެކުވެރިންގެ ކަންތައް ބަލާ އަޑުއަހަން ދުރުގައި ހުރި ކަރީމު އަށްވެސް ހީގަނެވުނެވެ. ސިހިފަ ވިޔާމާ ޔާ ސާރާ ދޮރާ ދިމާލަށް އެނބުރުނެވެ. ބައްޕަ ފެނުމުން ސާރާވެސް ލަދުގަނެ އިސްދަށަށް ޖެހި އެވެ. ކަރީމުވެސް ނޫންކަމަށް ހާދާލާފަ ކޮށިއެރި ގޮތްދައްކަމުން ގޮސް ކޮޓަރިޔަށް ވަނެވެ. އެވަގުތު ހުސްނާ ހީކުރީ ހަމަރަނގަޅަށް ކަރީމު ކޮށިއަރައިގެން އުޅެނީކަމަށެވެ.
“އަން އަވަހަށް މިފެންފޮދު ހިތްޕަވާ. އިސާހިތަކު ރަނގަޅުވެދާނެ”
ނިދާއެނދުކާރީ ހުރި ކުޑަމޭޒްމަތީ ހުރި ފެންޖަކުން އޭގެ ކާރީ އިން ތައްޓަށް ފެންއަޅާފާ ކަރިމު އާއި ދިމާލަށް ދިއްކޮއްލަމުން ހުސްނާ ބުނެލިއެވެ.
އެއީ ހުސްނާގެ އާދާއެވެ. ކަރީމް ބަލިވެއްޖެއްޔާ ދެން އުޅޭނީ ހާސްވެގެންނެވެ.
“އަހަރެން ބަލިވީކީ ނޫން. މިކުދިވެރިން ދެއްކިވާހަކަޔަކަށް ހީގަތީމާ ކޮށިއެރީނު. އެކުން މިހާމުސްކުޅި ވީމާ ހޭކަށް ނުވާނެ ދޯ މާގަދަޔަށް.”
ކަރީމު ފެންތަށިން އެތިފޮދެއް ބޯލަމުން ހުސްނާ ކާރި ބުނެލިއެވެ. ހުސްނާ ބުނާނެ އެއްޗެއް ނޭނގިފައި އިނެވެ.
ދަތުރަށް ސާރާޔާ ވިއާމާ ތައްޔާރު ވަމުން ދިޔައިރު ބުނަން ނޭގޭ މީރު ކަމެއް ސާރާޔަށް އިހްސާސް ވަމުން ދިޔައެވެ. ދުވަހަކުވެސް ސާރާ މާލެ ފިޔަވާ އެހެން ތާކަށް ނުދެއެވެ. މިއީ އޭނާ ފުރަތަމަ ކުރާދަތުރުވެސް މެއެވެ.
ވިއާމާ ވެސް ސާރާ އޭނާޔާ އެކު ދާތީ ހުރީވަރަށް ބޮޑަށް އުފާވެފައެވެ. ދެފައި އެއްތާކު މަޑުނުކޮށް ތެޅިފޮޅެމުން ދަތުރަށް ތައްޔާރުވަމުން ދިޔައެވެ.
ހުސްނާ ސާރާޔަށް ގުރާދޫއަށް ދިޔުމަށް ހުއްދަދިނީ ވަރަށް ބޮޑަށް ވިސްނާފައެވެ. ސާރާގެ އެތަށް އާދޭހަކާ އެކުގައެވެ.
“ވިއާމާ ދަރިފުޅާ. މަލްހާ އަށް ރަނގަޅަށް ބަލަންވާނެެ. ވިއާމާޔާ އެކު މިފޮނުވަނީ ވަރަށް އިތުބާރު ކޮށްފަ.”
ހުސްނާ ވިއާމާ ކާރީ ބުނެލިއެވެ.
“ދައްތާ . އަޅުގަނޑުގެ ދެލޮލުގެ ނޫރު ފަދައިން އަޅުގަނޑު މަލް އަށް ބަލާނަން. ދައްތަ މެން ކަންބޮޑުނުވާތި.”
ވިއާމާ ހުސްނާ ގެ ދެއަތުގައި ހިފާލަމުން ބުނެލިއެވެ. ހުސްނާ ހިނިތުން ވެލަމުން ވިއާމާ ނިންމަތީ ބޮސް ދިނެވެ. އަދި ސާރާގައިގާ ބައްދާލަމުން ނިންމަތީ ބޮސް ދިނެވެ.
“މަންމާ. އަޅުގަނޑު ރަނގަޅު ވާނެނު. ފިކުރު ބޮޑު ނުކުރައްވާތި.”
ސާރާ މަންމަ ހިތްހަމަޖައްސަދޭން މަސައްކަތްކުރިއެވެ. ހުސްނާ އާނއެކޭ ބުނާގޮތަށް ބޯޖަހާލިއެވެ. އަދި ހިނިތުން ވެލިއެވެ.
ގުރާދުއަށް ދިޔަ ބޯޓުމަތީގައި ވެސް ވިއާމާ އަނގަ ހުއްޓާނުލައެވެ. ރަށުގެ މަޖާވާހަކަ ޔާ ގޭގެ މާހައުލުގެ ވާހަކައެވެ. ސާހިލްގެ މަޖާކަމުގެ ވާހަކައެވެ. އެންމެ ގަޔާވެގެން ސާރާޔަށް އަހަން އިނދެވުނީ ސާހިލްގެ ވާހަކަ ދެއްކި އިރު އެވެ. ދެންހުރިހާވަގުތެއްގާ އޭނާގެއްލިފައިއިނީ ގުދުރަތުގެ ރީތިކަމަށެވެ. ތަފާތު ގޮތްގޮތަށް ސިފަވަމުންދާ އުޑުމަތީގެ ވިލާތަކަށެވެ. ސާރާޔަށް މިމަންޒަރުތައްވީ ވަރަށް ރީތި އަދިބަލާފޫހިނުވާ މަންޒަރަކަށެވެ. އުޑުމަތި އެހާރީއްޗެވެ. ތިރިންހުޅިލަމުންދާ ރާޅުތަށްވެސް ސާރާޔަށް ވަރަށް ހިތްގައިމުވިއެވެ. ދުރުދުރުން ދޭރެތެ ދޭތެރެއިން ފުމެލާ ކޯމަސްތައް އޭނާއަށްވި އަޖާއިބު ކުރުވަނިވި ކަމަކަށެވެ. މީގެ ކުރިން ދުވަހަކުވެސް ސާރާމިކަހަލަ މަންޒަރެއްނުދެކެއެވެ. އޭނާ ހިތުގެ އަޑިން އޭނާއަށް ލޯދިން ފަރާތަށް ޝުކުރު އަދާކުރިއެވެ. އަދި ﷲ އަށް ހަމްދު ކުރިއެވެ. ވިއާމާ ހައިރާންވެފާ ސާރާގެ ހަރަކާތްތަކަށް ބަލަން އިނެވެ. ތެދެކެވެ. ވާނީވެސް އެހެންނެވެ. އެހުރިހާ މަންޒަރަކީ ވިއާމާޔަށް އާމަންޒަރުތަކެއްނޫނެވެ. އެހެނަސް ސާރާޔަށް ލޮލުގެ އަލިކަން ލިބުނުތާ އަދި މިވީ އެންމެ ހައަހަރެވެ. ވީއިރު މިއަދު ފެންނަ ކޮންމެ މަންޒަރަކީ އޭނާޔަށް އާމަންޒަރަކަށް ވާނެއެވެ.
ސާރާމެން ގުރާދޫއަށް ފޭބި އިރު އެމީހުންގެ އިސްގުބާލުގައި ވިއާމާގެ އާއިލާ ބައިވަރު މީހުން އަތިރި މަތީގައި ތިއްބެވެ. މިވެސް ސާރާޔަށް ވަރަށް އާކަމަކަށް ވިއެވެ. ވިއާމާ ސާާރާގެ އަތުގަ ހިފައިގެން އެންމެންނަށް ސާރާ ތައާރަފް ކޮށްދެމުން ދިޔައެވެ.ކޮންމެ މީހަކުވެސް ހައިރާންވެފަ މިރީތީގެ ރާނީއަށް ބަަލަމުން ދިޔައެވެ. ރީތި މަޑުފިޔާތޮށި ކުލައިގެ ޕާކިސްތާނު ހެދުމުގައި ހުރިއިރު ސާރާ ހީވަނީ ފަތިހަށް ފޮޅިފައިވާ ފިޔާތޮށި ފިނިފެންމަލެއްހެންނެވެ.
ގެޔަށް ވަދެވުމާއެކު ސާރާހިގުން ހުއްޓުނެވެ. ވަށައިގެން ހޯދާލިއެވެ. ކޮންމެވެސް އެއްޗެއް ނުފެނިގެން ބަލާއުސޫލުންނެވެ.
“މަލް ވީކީއްތަ؟”
ވިއާމާ ސާރާޔާ ސުވާލު ކުރިއެވެ.
“ކަމެއްނުވޭ. ހަމަ ބަލާލީ”
ކުރިޔަށް ހިގައިގަންނަމުން ސާރާބުނެލިއެވެ.
ވިއާމާ ގޭގެ އެކިތަންތަން ސާރާޔަށް ދައްކަމުން ދިޔައެވެ. މިއީ ސާހިލް ގެ ކޮޓަރިއެވެ. އޭނާ އާންމު ގޮތެއްގާ ކޮޓަރިން ބޭރަށް ނުނިކުންނާނެއެވެ. އޭނާގެ ރީތި ސިފަ ފެނިފަ މީހުން މޮޔަވެދާނެތީ ތޯއްޗެކެވެ. ވިއާމާ މަޖާވެފަ ސާހިލްގެ ވާހަކަ ދެއްކިއެވެ.
ސާރާ އެންމެ ބޭނުންވީ ސާހިލް ދެކޭށެވެ. އޭނާގެ އަޑު ލަވައެއްގެ ސިފައިގައި އިވުނުފަހުން ސާރާ އަބަދު ސާހިލް ދެކޭހިތުން ހުންނަނީ ރުންކުރުވެފައެވެ.އެހެނަސް އޭނާޔަކަށް ވިއާމާ ކާރީ އެހެން ބުނާކަށް ނުކެރުނެވެ. އޭނާގެ މިދަތުރުގެ ހަގީގަތަކީވެސް ސާހިލް ދެކެލުމެވެ.
“ދަރިފުޅުމެން ކާންދާންވީނު. ސާހިލް ވެސް ކާމޭޒް ކާރީ އިންތިޒާރުގައި އެބައިންނެވި.”
ވިއާމާ މަންމަ އައިސް މިހެންބުނެލުމުން އެންމެ ފުރަތަމަ ފުންމައިގެން ތެދުވެ ދާންހިގައިގަތީ ސާރާ އެވެ. ވިއާމާ ހީކުރީ ސާރާ ހުރީ ވަރަށް ބަނޑު ހައިވެފައި ކަމުގައެވެ.
” އާނ . އަވަހަށް ހިގާ އަހަރެންވެސް މިހިރީ ވަރަށް ބަނޑު ހައިވެފަ.”
ވިއާމާ ވެސް ކޮޓަރިން ނިކުމެގެން ކާގެޔާ ދިމާލަށް ސާރާޔާއެކު ހިގައިގަތެވެ. ސާރާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އެވަގުތުކޮޅުވެސް ސާރާޔަށް ވެގެން ދިޔައީ މާދިގު ވެގެން ދިޔަ ވަގުތު ތަކެއްކަމުގައެވެ. ކާގެޔަށް ވަދެވުމާއެކު ސާރާގެ ހިގުން މަޑުވިއެވެ. އަދި ލަދުވެތި ގޮތަކަށް ސާހިލް އަށް ބަލާލިއެވެ.
ކާގޭގެ ފަނޑު އަލިކަމުގެ ތެރެއިން ސާރާއަށް ސާހިލް އެހާ ރަނގަޅަށް ނުފެނުނެވެ.
“ސާހިލް. މިހިރީ އަހަރެންގެ ރަހްމަތްތެރި މަލްހާ ހަފްތާއެއްވަރު ޗުއްޓީއެއް ނަގައިގެން އަހަރެންނާ މަލްހާ މިއައީ ދުވަސްކޮޅެއް މިރަށުގައި ހޭދަކުރުމަށެވެ ދޯ މަލް ”
ވިއާމާ ސާހިލްގެ ކާރީ އިންގޮޑީގައި އިށީންނަމުން ބުނެލިއެވެ.
“މިޔޮއް ފޫހި ރަށައް ޗުއްޓީ ހޭދަކުރަން އަންނާނީ ހަމަ މޮޔއިންނެވެ.”
ހިނިތުންވެލާފަ ސާހިލް މިހެން ބުނެލިއެވެ. ސާހިލްގެ އަޑަކީ ހަމަ ޖާދޫއެކެވެ. އަސަރެކެވެ. ސާރާހިތަށްއެރިޔެވެ. އެއަޑާއެކު ސާރާއަށް ތެޅިގަނެވުނެވެ. އެއަޑު އޭނާއަށް ވަރަށް ފަރިތައެވެ. އެކަމަކު އޭނާ ހިމޭނުން އިނެވެ.
” ދެން މިހާފޫހި ރަށެއްގަ ސާހިލް ތިހުންނަނީޔޯ؟”
ކުޑަކޮށް ނުރުހުންވެފާވާރާގަކަށް ވިއާމާ ބުނެލިއެވެ.
“މަދޯއެވެ. އަހަރެން މިހުންނަނީ ވަކި މީހަކަށް ޓަކާ ވީޔާ.”
ސާހިލް ގެ މިޖުމްލައިން ވީއާމާގެ މޫނު ރަތްވެގެން ދިޔައެވެ. ސާރާ ވެސް ހީކުރީ ވިއާމާޔާ ސާހިލް އާދެމެދު ކޮންމެވެސް ގުޅުމެއް އޮންނަނީ ކަމަށެވެ.
“ބަލަ ތިޔަ ގެނާ ރަހްމަތްތެރިޔާ އަކީ ވާހަކަ ނުދެއްކޭ މަންމަން ކުއްޖަކީ ތަ؟”
ސާހިލް ސާރާޔާ ދިމާކޮށްލިއެވެ.
“މަންމަނު ނުވީޔާ ވާދެރަ އަހަރެން މިމަންޖެ އާއެކު މިދަތުރަށް ފެއްޓިފަހުންނާ މިހިސާބަށް މިދެއްކީ މިރަށުގެ މޮޅުވާހަކައާއި. ރީތި ކަމުގެ ވާހަކަ. އެހެނަސް އެންމެ ފަޅި ސިކުންތަކުން މަނިކުފާނު ތިޔަ މިރަށް ބަދުނާމު ކޮށްލީ މީ ފޫހިރަށެކޭ ކިޔާފަ. ދެން މިކަމަނާ މިރަށުގާ ހުރިހާދުވަހަކު މީނާ ފޫހިނުކޮށް ބަލާދޭން ވަޢުދުވޭ.”
ވިއާމާ ތުންއޫކޮއްލަމުން ބުނެލިއެވެ. ވިއާމާ ހަދާލި ގޮތުން ސާރާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ސާރާ ހީލިއިރު އިވުނު ނާޒުކު އަޑުން ސާހިލް އަށް ސިހުމެއް ލިބުނެވެ. އެހުނުމަކީ އޭނާއަށް ވަރަށް ފަރިތަ އަޑެކެވެ. ސާހިލް ހާސްވިއެވެ. އެކަމަކު އެއީ އޭނާޔަށް ކުރެވުނު ޝައްކެކެވެ.
“އާން އެންމެ ރަނގަޅު. ކަމަނާގެ ހުކުމް ކުރައްވާ. އަޅުގަނޑު މިހިރީ ހަމަޙިދުމަތުގައި. އެކަމަކު އިހައް މިކާއެތިކޮޅު ކެއުމުގެ އަަމުރުދޭށެެވެ.”
ވަރަށް އުފާވެރިމާހައުލެއްގާ ތިންވެރިން ކައިފިޔެވެ. އަދި ކައިނިމުމާއެކު ބަގީޗާޔަށް މިސްރާބު ޖެހިޔެވެ. ސާރާ އަގަޔަކުން ނުބުނެއެވެ. ހަމައެކަނި ހީލަނީއެވެ.
އެވަގުތު ކުޑަކޮށް ވާރޭވެހޭހެން ހީވީމާ ވިއާމާ ސާރާޔާ ސާހިލް ބަގީޗާގައި މަޑުކުރާށޭ ބުނެފާ ދިޔައީ ރޯނުގައި ހުރި ހެދުންތަށް ނަގާށެވެ.
“ސާހިލް. މަގޭ އެކުވެރިޔާ ފޫހިނުކުރުވައްޗެ މަމިދަނީ ދޮންތަގޯތީގައި މަންމަ ދޮވެފަ ރޯނުގައި ހިއްކަން އެޅި ހެދުންތައް ގެޔަށް ވައްދަން.”
ވިއާމާ ހިގައިގަންނަމުން ސާހިލް ކާރީ ބުނެލިއެވެ.
“ޔަގީންތާ އަހަރެންނާ ބައިވެރިވަންޏާ އޭނާފޫހި ނުކުރުވާނަން. އެކަމަކު އެކަމަނާ ޔަައްް ވެސް އަހަރެން ފޫހިނުކުރުވާށޭ ކިޔާ ނަސިހަތްދީފަ ދާތި. އާނ އަދި ބަހެއްކީއަޑު ގައިމު ނުއިވޭ ވީއްޔާ. އާންމު ގޮތެއްގާ އިވެނީ ހޭއަޑު.”
ސާހިލް ލާނެއްރާގަކަށް ބުނެލިއެވެ.
“ތިޔަކަންތައް އާކަން ކެޑުނީމާ ހިގައިދާނެއެވެ. އޭރުން ވާހަކަ ދައްކާވަރުން ބޮލަށް ނުކުޅަދާނަވާނެ.”
މިހެން ބުނެފައި ވިއާމާ ދިޔުމުން އެދެމީހުންގެ ދެމެދަށް ބުނަންނޭގޭ ހިމޭންކަމެއް އައެވެ
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Alhe saahil urf sooraj miharu lofan veema saaraa vaki kuran neyngeyne dho. N saaraa ah kurin sooraj nufeni hureemaves.. Ekm adun ingeyne ennu. N hama hithah arany sooraj ge photo eh haa hisaabu ves naswebugeyga nethy baa ey gaimu eyohvarah hafla thah baavvaairu photo nagaafa ennu hunnaany… Anekka viaamaa saahil aa lime vaakan inguneema saaraa dhuruvaanybaa… Or adheel ge vaahaka saahil urf sooraj ah inguneema saahil gasthugq viaamaa aa ves gulhidhaane
Like*
Wow v nice saaraa aa saahil gulhuvah chey viaamaa ah saahil aee sooraj kan adhi saaraa(mal) ge loabikan engunyma v dheravaanethaa dhw ekam mal n saahil gulhuvaathi n waitin stry v interestin ahavah up kolladhybala
v v v v reethi mi vaahaka kuri ah dhaa goyy ekam naahee maru veema v dheravi… anna episode ah inthizaaru kuran.?