Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 2

Annora Level 610 Stories100 Login100 Comments100 Stories
September 23, 2024 9 Mins Read
14 Comments

ދެން ދޮންބެ ދާން ވީތަ އަނެއްކަ ވެސް..” ލިޔާނާ ދެރަވެފައި އިނުމުން ޒެވިއަލް ބެލީ ހެއްވާލެވޭތޯއެވެ. ލިޔާނާ ދެނޭ ކިޔާ ވަގުތުން އޭނާގެ އަތުގައި ވިކާލިއެވެ.

“އެހެހެ އެ މަޖަލޭ.. ދޮންބެ ޖަލުން ނެރުނީ އަޒީޒް..” ޒެވިއަލް ދުރު ބަލަހައްޓައިގެން އިނދެ ބުނެލި ވާހަކައަކުން ލިއާނާއަށް ކީކޭހޭ އަހައިލެވިއްޖެއެވެ.

****

“ދޮގު ނުހަދާ ދޮންބޭ..އެއީ އެއް ނޫންތަ ދޮންބެ ޖަލުގައި ބަންދުކުރި މީހަކީ ވެސް..” ލިއާނާ ހައިރާން ކަމުން ފުރިގެންވާ ފަދައަކުން ޒެވިއަލްއަށް ބަލަން އިނެވެ. އެމޫނުމަތިން ހިސާބެއްގެ ފޫހިކަން ވެސް ފެންނަން ހުއްޓެވެ.

“ނޫނޭ .. އަޒީޒް އެއްނޫން.. އަރްކާން  އެދުވަހު ޕޮލިހަށް ގުޅީ “ޒެވިއަލް ފުންނޭވާ އެއް ދޫކޮށްލުމަށްފަހު އިށީންދެ އިން ސޯފާގެ ލެނގޭބައިގާ ލައްވެލިއެވެ. ލިއާނާ ބަލަހައްޓައިގެން އިނީ އިތުރަށް ކިއައިދޭށޭ ބުނާ ފަދައަކުންނެވެ. އޭނާގެ މޫނުމަތިން އަރްކާންގެ ނަން އިވުނު ހިނދު ފާޅުވެގެން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެކެވެ.

“ދެން އަޅާ ނުލަމާ ލިއާ.. މިހާރް ދޮންބެ ވެސް މިހުރީ އައިހެންނު… ގެ ހުރީ ކިހިނެތްތަ.. މިގޭގަ ދެން ދޮންބެ އައީމަ ނުއެއް ހުރެވޭނެ އެންނު..ގޭގެ ދެ ފްލޯގަ އުޅޭ މީހުން ބަރާބަރަށް ކުލި ދައްކާތަ ” ޒެވިއަލް ވާހަކައިގެ މިސްރާބް ބަދަލް ކޮށްލިއެވެ. އިތުރަށް އެވާހަކަ ދައްކައިގެން ކޮއްކޮއާއި އަރާރުމަކަށް ދާކަށް ޒެވިއަލް ބޭނުމެއް ނުވިއެވެ.

އެ ވާހަކަ ޒެވިއަލް އޮއްބާލި ގޮތުން ހިތްހަމަ ނުޖެހުނު ނަމަވެސް ލިއާނާ އެކަން ފޮރުވާލިއެވެ. “އާން ބަރާބަރަށް ކުލި ދައްކާ…ރައިގެ މަންމަ މެން ދާނެ ގޭ ސާފް ކުރަން ކޮންމެ ވީކެންޑް އެއްގަ…އެހެންވެ ވަރަށް ސާފް ކޮން އޮންނަނީ…ދޮންބެ އައީމަ އަހަރެން ވެސް ބޭނުންވަނީ މިހާރް ގެޔަށް ދާން..މިރޭ ދަމާ” ލިޔާނާގެ ވާހަކައަށް ބޯޖަހައިލަމުން ޒެވިއަލް ވެސް އެގޮތާއި ރުހުނެވެ.

“އަޒީޒް އާދޭތަ ލިއާ ހޯދަން..” ޒެވިއަލް އަހައިލިއެވެ.

“އާދޭ ދޭތެރެއަކުން …އެކަމަކު އެނގެއެންނު އަހަރެން އޭނަ ދެކެ ރުޅި އަންނަ ވަރު..ހަހް..އަދި އަހަރެން ގެންދަން ވެގެން ވެސް އައި..ބުނިން ދޮންބެ ނެތް އިރު އަހަރެން އިތުރު ތާކަށް ނުދާނަމޭ…ރަމްދައްތަ ޢާއި ޝާފީބެ އަހަންނަށް ވަރަށް ހެޔޮ..ރައި އާއި އެއްވެސް ތަފާތެއް ނުކުރާނެ..އަހަރެން އެހެންވެ ނުދިޔައީ” ލިއާނާ ބުނެލިއެވެ. އެބަ އަންނަން ކަމުގައި ބުނުމަށްފަހު ލިއާނާ ދިޔައީ ރަމްލާ އާއި ޝާފިއު އަދި ރައިހާ ގާތު ދާ ވާހަކަ ބުނުމަށެވެ. ސާފިއު އަކީ އެންމެ ކުރީން ސުރެން ވެސް އެމިހުންގެ އަވައްތެރިއަކަށް ވެފައި އަދި  އަޒީޒްގެ ގާތް އެކުވެރިއަކަށް ވެފައި އަޒީޒްގެ އެދުމުގެ މަތިން މިހުރިހާ އަހަރަކު އެގޭގައި އޭނާ ހުރި ނަމަވެސް ދުވަހަކުވެސް އޭނާއަކީ ދުރު ހިލޭ މީހެއް ކަމަކަށް ލިއާނާ އަކަށް އިޙްސާސްއެއް ނުވެއެވެ. އެގޭގައި އޭނާއަށް ކުރެވެނީ އަމިއްލަވަންތަ ކަމުގެ އިޙްސާސެވެ. ރަމްލާ އާއި ޝާފިއު އެހާ ވެސް ލިޔާނާއަށް ހެވެވެ. ގޮވާލަނީ ވެސް ދަރިފުޅާއޭ ކިޔާފައެވެ. ރައިހާއަށް ކޮށްދޭ ކޮންމެ ކަމަކަށް ކަމެއް ލިއާނާ އަށް ވެސް ކޮށްދެއެވެ.  އެދެމަފިރިން ޒެވިއަލް އަށް ވެސް  އެހާ ރަނގަޅެވެ.

ލިއާނާ ދާ ވާޙަކަ ބުނީން ސުރެން ރައިހާ ދެލޮލުން ކަރުނަ ނުހިކެއެވެ. އެންމެ ގާތް އެކުވެރިޔާ އެހާ ދުވަހު އެކުގައި އުޅެފައި  ދާން އުޅުމުން މާ ބޮޑަށް ދެރަވީއެވެ.

“ކަމޯން ރައީ…މިދަނީ އެހެން ރަށަކަށް ނޫނޭ ..މިގޭ ކުރިމަތީގައި އެހުރި އަހަރެންގެ ގެޔަށް މިދަނީ ..”ލިއާނާ އިޝާރާތް ކޮށްލީ ކުރިމަތީގައި މަގުގެ އަނެއްފަރާތައް ވާހެން ތިން ބުރިއަށް ނަގާފައިވާ ގެޔަކަށެވެ. ލިޔާނާ އާއި ރައިހާ ތިބީ ރައިހާގެ ކޮޓަރީގެ ބެލްކޮނީގައެވެ. އެތާގައި ތިބޭއިރު އެގެ ނުހަނު ރީއްޗަށް ފެނެއެވެ.

“އެހެންވިޔަސް އެއް ރޫމް ޝެއާ ކޮށްގެން މިހުރިހާ ދުވަހު އުޅެ އުޅެފަ ދާން އުޅެންޏާ ދެރަ ވާނެ ދޯ.. ދެން އަހަންނާ ވަކިން ގޮސް އާ ރައްޓެހިން ހޯދާނީ އެއްނޫން.. އަހަރެން ކޮންމެ ދުވަހަކު ތިގެއަށް ދާނަން .. އޯކޭ ދޯ” ރައިހާ ރޮއެރޮއެފައި ވާހަކަ ދައްކަމުން ދިޔަގޮތުން ލިއާނާ ގާތައް ހިނި  އަންނަ ގޮތް ވިއެވެ.

“އަޅެ ރައީ… ދެން ހުއްޓާލަބާ.. އަހަރެން ރޮއްވާލަން ދޯ ތިއުޅޭނީ…އެނގެޔޭ ދެރަވާނެކަން ..އެކަމަކު ވެސް ދޮންބެ އައީމަ އައި ހޭވް ޓް ގޯ އެންނު…އަހަރެން ރައި އަށް ދިނީމެންނު ގޭގެ ކީ އެއް ވެސް..ޔޫ ކޭން ކަމް ވެންއެވާރ ޔޫ ވޯންޓް .. ތިހެން އަހާކަށް  ވެސް ނުޖެހޭނެ އަސްލު…ދެން ހާދަ ދެރަވެޔޭ ރައްޓެހިން ހޯދާނީއެއް  ނޫނޭބުނީމަ..އެނގެއެންނު ތި ނޫން އިތުރު އެހާ ކްލޯޒް ފްރެންޑް އެއް ވެސް އަހަރެން ނުހުންނަ ކަން.. ކޮލެޖް ގަ ވެސް ރައްޓެހިން އުޅޭނެ އެކަމަކް ރައި އާ ވަރު އެކަކާ ވެސް ކްލޯޒް އެއް ނުވާނެ..” ރައިހާގެ ގައިގާ ބައްދާލަމުން އޭނާ ހުއްޓުވާލަން ލިއާނާ ކުރި މަސައްކަތް އިރުގަނޑެއް ފަހުން ކާމިޔާބުވިއެވެ. އޭނާ ހަމަޔަކަށް އެޅުމުން ޒެވިއަލް  އާއެކު ގެއަށް ދާން ވެގެން ނުކުމެ ރަމްލާ އާއި ޝާފިއު އާއި ދެމީހުންނާއި ސަލާމް ކުރިއެވެ. އެމީހުންގެ މޫނުމަތިން ވެސް ނުހަނު ދެރަވެފައި ތިބިކަން ހާމަވެއެވެ.

“ދެން އެންމެން ދެރަ ނުވެބަލަ  މިދަނީ ކުރިމަތީގައި މިހުރި ގެޔަށޭ… ކޮންމެ ދުވަހަކު އަހަރެން އަންނާނަމޭ އިނގޭ.. ” ލިއާނާ ރަމްލާގެ ގައިގާ ބައްދާލިއެވެ.

“ދެން ދެރަވާނެނު.. މިގޭގަ ތިން ކޮޓަރި އިންނަމަ ޒެވިއަލް މިގޭގަ ބަހައްޓާނީ..ކީއްކުރާނީ ދޯ.. ދަރިފުޅު ގޭގަ ނުކައްކާތި.. މިގެއިން ކާންވާނީ ކޮންމެ ފަހަރަކު ވެސް..ނާދެވޭ ފަހަރެއްގަ ތިރީގަ އުޅޭ ބޭރު ސޮރު ލައްވާ މަންމަ އެއްޗިހިން ފޮނުވާލާނަން..” ލިއާނާގެ ބުރަކަށީގައި ފިރުމާލަމުން ރަމްލާ ބުނެލިއެވެ. ވަގުތުން ލިއާނާ ދެކޮޅު ހަދަމުން ގޭގައި ކައްކާލާނީއޭ ބުނެލިއެވެ. ނަމަވެސް ޝާފިއު ވެސް ކުރުނުކުރުމުން ލިއާނާއާއި ޒެވިއަލް އެންމެފަހުން އެއްބަސްވިއެވެ.

ޒެވިއަލްމެނަށް ގެޔަށް ދެވުނު އިރު ދިހައެއް ޖަހައިފިއެވެ. ގޭގެތެރެއަށް އެޅި ފުރަތަމަ  ފިޔަވަޅާއެކު ޒެވިއަލްގެ ހިތައް އުނދަގު ކުރަމުންދިޔައީ މީގެ ހައަހަރުކުރީގެ ހަނދާންތަކެވެ. މަންމަ އާއި ބައްޕައާއި ލިއާނާ އަދި އޭނާގެ  މާޒީއެވެ. އެންމެން އެކުގައި ހޭދަކުރި އުފާވެރި މާޒީއެވެ. މަންމައާއި ބައްޕަގެ މަރަށް ފަހު ފުރަތަމަ ފަހަރަށް ގެޔަށް އާދެވުން އިރު އަދިވެސް ޒެވިއަލްއަށް ހީވަނީ އެ ލޯބިވެތި އަޑުތަކުން އޭނާއަށް ދަރިފުޅާއޭ ކިޔާ ގޮވާލާ ހެންނެވެ.  ގޭގެ ކޮންމެ ތަނެއް ވަކި ވަކިން ޒެވިއަލް ނަޒަރު ހިންގައިލިއެވެ. ހުރިހާ ތަނެއް ހަމައެހުރީ އެމީހުން އެތަނުން އެންމެ ފަހުން ނުކުމެގެން ދިޔައިރު ހުރި ގޮތަށެވެ. ތަފާތަކީ ރަމްލާގެ މަސައްކަތުން ގޭތެރެ ސާފްކޮށްލާފައި އޮތްއޮތުމެވެ.

ތިން ފަންގިފިލައަށް ހަދާފައި ހުރި އެ ގެޔަކީ ފުދޭވަރަކަށް ރީތިކޮން ހަދާފައި ހުރި ގެއެކެވެ. ގްރައުންޑް ފްލޯގައި ވަނީ ގުދަނަކާއި ގަރާޖެކެވެ. އެއްވަނަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާ ކުއްޔަށް ދީފައި ހުރި އިރު ކޮންމެ ބައެއްގައި ދެ އެޕާޓްމަންޓް އިނދެއެވެ. ދެބައިން ލިބޭ އާމްދަނީ ކޮންމެ މަހަކު ވެސް ޒެވިއަލް އަދި ލިއާނާގެ މައްޗަށް އެއްވަރަށް ބަހާލަނީއެވެ. ތިންވަނަ ފަންގިފިލާގައި ވެސް ދެ އެޕާޓްމަންޓް އިން އިރު އެއް އެޕާޓްމަންޓް ހުސްކޮން ހުރި އިރު އަނެއް އެޕާޓްމަންޓް އެއީ ޒެވިއަލް އާއި ލިއާނާ އަދި ދެބެންގެ މައިންބަފައިން، ޒާފިރް އާއި ޝާލިއާ އާއެކު އުޅުނު ބައެވެ. ތިން ކޮޓަރިއަށް ހުންނައިރު ޒާފިރް އާއި ޝާލިޔާގެ ކޮޓަރިއަށް ވަންނަން ޒެވިއަލް އާއި ލިއާނާވެސް ބޭނުމެއް ނުވިއެވެ.

“މިއޮތީ ދޮންބެ ގެ ފޯނު..ޗާޖް ކޮށްފަ ނިއު ސިމް އެއް ލައްވާފައި މިއޮތީ”ލިޔާނާ ދިއްކޮށްލީ އަހަރުތަކެއް ކުރިން އޭނާ ގެންގުޅުން ފޯނެވެ. ޒެވިއަލް ބަލައިލީ ޝުކުރުވެރި ކަމާއެކުއެވެ.

“އަދިވެސް ހަލާކުނުވެ އެބެއް ދޯ” ، “އާންން..އަހަންނަށް އެނގެއޭ ބައްޕަ އެންމެ ފަހުން ދޮންބެ އަށް ދިން ހަދިޔާ ކަން މީ..ކިހާ ޓްރެޝާރ ކުރާނެ ކަން އެނގެއޭ..އަހަރެން ކޮންމެ ދުވަހަކުވެސް ޗާޖު ކޮށްގެން އެބަ ގެންގުޅެން..އެކަމަކު ވަރަށް ގިނަ ދުވަސް ވީމަ އުނދަގޫ ގޮތެއްހުރޭ ފޯނު ބޭނުން ކުރާން..” ލިއާނާ އިތުރަށް ކިޔައިދިނެވެ. ފޯނު ލިބުމުން ޒެވިއަލްގެ މޫނުމަތި އުޖާލާ ވިތަން ފެނި ލިއާނާއަށް ހީލެވުނެވެ.

“ތެންކިއު ސްވީޓް ސްވީޓް ލިޔާކޮޅު..ޔެސް ދޮންބެ އަހަންވެގެން މިހުރީ ހަމަ..ވަރަށް ބޮޑަށް ތެންކިޔު”ލިއާނާގެ ކޮލުގައި ހިފާލަމުން ޒެވިއަލް ބުނެލިއެވެ. ހިނިއައިސްހުރެފައި ލިއާނާ ކަމެއް ނޫނޭ ބުނެލިއެވެ.

ދެމީހުން ވެސް އަޜާމް ކޮށްލަން ބޭނުންވިވަރުން އިތުރަށް މަޑުނުކޮށް އެމީހެއްގެ ކޮޓަރިއަށް އެމީހަކު ވަނެވެ.

ޒެވިއަލް ކޮޓަރިއަށް ވަދެ ހުރިހާ ދިމާލަކަށް ނަޒަރް ހިންގާލިއެވެ. ނުހަނު ސާފްކޮން ހުރިހާތަނެއް ވެސް ހުރުމުން ހިތާހިތުން ރަމްލާއަށް ޝުކުރުއަދާ ކޮށްލެވުނެވެ. ކޮޓަރީގެ ހުރިޙާ އެއްޗެއް ވެސް ކަޅާއިހުދުން ވާއިރު ޒެވިއަލްއަކީ އެދުކުލައަށް ލޯބިކުރާ ޒުވާނެއްކަން ހާމަވެއެވެ. އެތެރެއަށް ވައިންގޮތައް އޭނާ ޖައްސާލީ ކިންގް ސައިޒް އެނދުގައެވެ. އެހެން އޮވެފައި ނިއްމަތީގައި އަތްބާވާލި ހިނދު އޭނާ މިހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތައް ދެލޮލުން އޮހިގަތެވެ.

“މަންމާ..ބައްޕާ…ވަރަށް ހަނދާންވޭ..” ފޯނުގައި ރައްކާކޮށްފައި ހުރި ޒާފިރު އާއި ޝާލިޔާގެ ފޮޓޯތަކުގައި ބޮސްދެމުން ޒެވިއަލް ދިޔައިރު ދެލޮލުން ކަރުނަތައް ފައިބައެވެ.އެދެމީހުންގެ މޫނަށް ބަލައިލި ހިނދު އޭނާއަށް ސިފަވެގެންދަނީ އެދެމީހުންގެ އެންމެ ފަހުވަގުތުކޮޅެވެ.

އެއީ މީގެ ފަސްއަހަރުކުރިއެވެ. ދުވަހަކީ ލިއާނާގެ އުފަން ދުވަސްކަމުން ޒާފިރު އާއި ޝާލިޔާ އެކުއެކީގައި ބޭރަށް ދިޔައީ ލިއާނާ ޓިއުޝަނުން އައުމުގެ ކުރިން އުފަންދުވަހުގެ ހަދިޔާއެއް ގަތުމުގެ ބޭނުމުގައެވެ. ނަމަވެސް ދެމައިން ގެއިން ނުކުންތާ ލަސްތަކެއް ނުވެ ޒެވިއަލްއަށް ލިބުނީ ފޯނުކޯލެކެވެ. ބަޔަކު އެ ދެމީހުންނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިގެން ހޮސްޕިޓަލަށް ގެންދިޔައީއެވެ. ލިއާނާ ގޮވައިގެން ޒެވިއަލްއަށް ހޮސްޕިޓަލަށް ދެވުނު އިރު ފުރަތަމަ ވެސް ލިބުނީ ޝާލިއާގެ މަރުގެ ހަބަރެވެ. ޑޮކްޓަރުން ހަބަރު ދިންގޮތުގައި ހަށިގަނޑުން ލޭ ބޭރުވީލެއް ގިނަކަމުން ހޮސްޕިޓަލަށް ގެނެވުނު އިރުވެސް ޝާލިޔާވަނީ ނިޔާވެފައެވެ. ޒާފިރު ނިޔާވީ ޒެވިއަލްއާއި ލިއާނާ ތިއްބައެވެ.

“އަމް ސޮރީ އައި ކުޑުންޓް ސޭވް ޔޫ…އައިމް ސޯ ސޮރީ..މަންމަ އާއި ބައްޕަ އެންމެ ފަހުގެ އެދުން އަހަރެން ފުއްދައިދޭނަން.. އައި ޕްރޮމިސް” އެންމެ ފަހު ޖުމްލަ ބުނެލިއިރު އެ ޖުމްލައިގެ ޔަގީންކަން އެދޮލުން އެކަނި ވެސް ހާމަވެއެވެ.

އެހެން އޮތްވާ ޒެވިއަލް ކުއްލިއަކަށް ހަނދާން ވެގެން ޖީބުން ކަޔާން ދިން ސިޓީ އުރަ ނެގިއެވެ. އޭގެ ތެރޭގައި އޮތީ ފަންސަތޭކައިގެ ދެ ނޫޓާއި ކަރުދާސްކޮޅެކެވެ.

“ހަމަ ޖެހިލެވެންދެން މީތި ޔޫސް ކޮށްލަ..ގެޔަށް ދެވުނީމަ އަންގާލައްޗޭ..ކަޔާން”ލިޔުންކޮޅުގައި ކިޔާލިއިރު ލޮލަށް ޖަމާވެފައިހުރި ކަރުނަތަކުގެ ތެރެއިން ވެސް  ޒެވިއަލްއަށް ހިނިތުންވެވުނެވެ. ފޯނުނަގައި ލިޔުންކޮޅު ތިރީގައި އިން ކަޔާންގެ ނަމްބަރަށް ޒެވިއަލް މެސެޖެއް ކޮށްލިއެވެ.

***

މަޑުމަޑުން އެސްފިޔަތައް ތަޅުވާލަމުން އަލާރާ ދިޔަ ހިނދު އޭނާގެ ސިކުނޑީގެ ލޯގަނޑަށް އަނދިރި އެތައް މަންޒަރެއް އެއްފަހަރާ ކުރެހެމުންދިޔައެވެ. ބައެއްފަހަރު ކަޅު ކުލައިގެ ހިޔަނިތަކެއް އެނބުރޭހެންވެސް ހީވެއެވެ. ނިތްކުރިއަށް އެރި  ރިހުންގަނޑެއް މުޅި ބޮލާއި މޫނުމައްޗަށް  އަރަމުންދިޔައިރު ދެލޮލަށް އެއްވެސް ވަރަކަށް އިހްސާސް ނުވާކަން އަލާރާއަށް އެނގުނެވެ. ބޮލަށް އެރި ރިހުން ގަނޑު ހަމަޔަކަށް އެޅުމުން އަލާރާ ލޯހުޅުވަން މަސައްކަތް ކުރިއެވެ. ލޯ ހުޅުވުނު ނަމަވެސް މުޅިތަން ފެންނަނީ އަނދިރިކޮންނެވެ. ދެލޮލާއި ހިސާބުން ނޭނގޭ އައްސިކަމެއް ހުރި އިރު މަޑުމަޑުން އަތް ހިއްލާލަފައި ލޮލުގައި އަލާރާ އަތްޖައްސާލިއެވެ.

“މަންމާ…މަންމާ” އެއް އަތުން ލޮލުގައި އަތްލައިގެން އިނދެ އަނެއްއަތުން އަލާރާ މުޅި މޫނުގައި އަތްހާކަމުންދިޔައެވެ.

އަލާރާ ބާއްވާފައިވާ ކޮޓަރީގައި އިން ސޯފާގައި ނިދި ޖެހިފައި އިން ދިނާޔާއަށް ސިހިފައި ހޭލެވުނީ އަލާރާގެ އަޑު ހުވަފެނެއް ފަދައިން އޭނާގެ ކަންފަތުގައި ޖެހިލުމުންނެވެ.  އެނދުގައި އޮތް އަލާރާ ދެލޯ ހުޅުވާލައިގެން ލޯ މަތީގައި އަތްހާކަމުން ދިޔަ މަންޒަރު ފެނި ދިނާޔާގެ ދެފަޔަށް ލިބުނީ އާދަޔާއި ހިލާފް ބާރެކެވެ.

“ދަރިފުޅާ.. ކިހިނެތް ތަ..އިޒް އެވްރީތިންގް އޯކޭ…” ދިނާޔާ، އަލާރާގެ އެނދާއި ދިމާލަށް ތިރިވެ އޭނާގެ ގައިގާ ބައްދާލި ހިނދު ރޮވުނެވެ. އަލާރާ ވަގުތުން ދިނާޔާގެ ގައިގާ ހިފާ ދުރުކޮށްލިއެވެ. އެހިނދު އޭނާ ހައިރާންވެ ހުރެ ދަރިފުޅާ އޭ ކިޔާ އަލާރާއަށް ގޮވާލިއެވެ.

“މަންމާ ކީއްވެތަ މިތަން އެހާ އަނދިރީ..އަޅުގަނޑު ލޮލުން އާވިއަރާހެން ހީވަނީ .ކޮންތާކުތަ މިތިބީ..ކޮބާތަ ދޮންބެ އާއި ބައްޕަ އާއި އީވް..”  އަލާރާގެ ކޮންމެ ޖުމްލައަކުން ދިނާޔާ ހައިރާންވިއެވެ. މިހާރުވެސް އަލާރާގެ ލޯ އޮތީ ހުޅުވާލައިގެން ވިއްޔާއެވެ.

” ހާއްސަކޮން ލޮލުގެ ފެނުމުގެ ހިއްސު ބަލަހައްޓާއިދޭ ނާރު ކަމަށްވާ އޮޕްޓިކް ނާވްގެ އެއިޓީ ޕަސެންޓްވަނީ ޑެމޭޖް ވެފަ..” ކުއްލިއަކަށް ޑޮކްޓަރުގެ ވާހަކަތައް ދިނާޔާގެ ސިކުނޑީގަ ގުގުމާލިއެވެ. އެހިނދު ދިނާޔާގެ ހިތައް ބިރުވެރިކަން ވަނީ އިންތިހާއަށެވެ.  އަލާރާގެ ސުވާލަށް ޖަވާބު ނުދީ ދިނާޔާ  އަވަހަށް އެނދުގައި އިން ރަނގަބީލަށް ފިތާލިއެވެ.

“މަންމާ ކިހިނެތް ތަ މިވަނީ..އަޅުގަނޑަށް އެއްވެސް ތަނެއް ނުފެނޭ .. ހާދަ އަނދިރި އޭ މިތަން… ހޮސްޕިޓަލްތަ މިއީ.. ކިހިނެތްތަ މިވަނީ.. އަލާއަށް ދެރަކަމެއް ވީތަ” އަލާރާގެ ލޮލުގައި އަތްކާއްތަމުން އެތައް ސުވާލެއް އޭރުވެސް އޭނާ ދިނާޔާއަށް ކުރަމުން ދިޔައެވެ.

“ދަރިފުޅާ..އަހަރެމެން މިތިބީ ހޮސްޕިޓަލުގައޭ.. އެއްވެސް ކަމެއް ހަނދާން އެބަހުރިތަ.. ލޮލަށް އެއްވެސް ވަރަކަށް ފީލް ވޭތަ.. ” އޭރު ދިނާޔާގެ ލޮލުން ކަރުނަތައް ފައިބައެވެ. އޭނާ ފޯނުނަގައި އަޒީޒްއަށް ގުޅާލަމުން އަވަހަށް އައުމަށް އެދުނެވެ.

“ނުވޭ ފީލް އެއް..މަންމާ އަޅުގަނޑަކަށް ނޭނގޭ ވީ ގޮތެއް .. ސިޑި ކައިރީގަ ހުއްޓަ ފައި ކައްސާލައިގެން ވެއްޓުނީ ހެން ހީވަނީ.. މަންމާ ހަމަ އެއްވެސް ތަނެއް ނުފެނޭ..” ހުރިހާ ތަނެއް އަލާރާއަށް ފެންނަނީ ކަޅުކުލައިންނެވެ. މީހަކު ނުބުނެދިނަސް ވާނުވާ ކޮންމެވެސް ވަރަކަށް އަލާރާއަށް އެނގިއްޖެއެވެ. އޭނާއަށް ރޮވެން ފެށުނީ ވެސް އެހެންވެއެވެ. ދިގު އެސްފިޔަތައް ފޫ އަޅުވާލައިފާ ކަރުނައިގެ ސައިލާބުތައް  އޮހެމުން ދިޔައިރު ވިސްނަމުން ގޮސް ސިކުނޑި ސުމަކަށް ދާ ވަރު ވެއްޖެއެވެ. އެނދުން ތެދުވަންނަން ކުރި މަސައްކަތް ވެސް ވީ ބޭކާރެވެ.  ބޯ ހިއްލާލި ހިނދު ހީވީ އިތުރު އަނދިރި ކަމެއްގެ ތެރެއަށް ގެނބިގެންދިޔަ ހެންނެވެ.

އަލާރާ ރޮމުން ދިޔައިރު ހިތްވަރު ދިނުމުގެ ބަހެއް ބުނާނެ ގޮތެއް ނޭނގި އިން ދިނާޔާ އަށް ވެސް ދިޔައީ ރޮވެމުންނެވެ. އެވަގުތު ނަރުހުން އައިސް  އަލާރާގެ އިތުރު ޓެސްޓުތައް ހަދަން ގެންދަން އުޅެންފެށިއެވެ.  އެމީހުންގެ ފަހަތުން ގޮސް އަލާރާ ވެއްދި ކޮޓަރީގެ ބޭރު ގޮނޑިބަރީގައި އިންދާ އަރްކާން އާއި އަޒީޒް އަދި އީވާ ވެސް ނުހަނު ހަލުވިކޮން އާދެއެވެ.

“މަންމާ ދޮންތި ކިހިނެތް” ހާސްވެ ރޮވެން ކައިރި ވެފައިހުރި އީވާ އަހައިލިއެވެ. އީވާގެ ގައިގާ ބައްދާލަމުން ޑޮކްޓަރު ދިން ޖަވާބު ދިނާޔާ ދިނެވެ.

**

ފިރިހެންވަންތަ ހިނގުމެއްގައި ހޮސްޕިޓަލަށް ވަދެގެން އައި ޒުވާނާއަށް ހުއްޓެމުން ދިޔަ ލޯތަކުން އެމޫނުމަތިން ފެނިގެންދަނީ ކިބުރުވެރި  ހިނިތުންވުމެކެވެ. ބިޔަ ވަރުގަދަ ހަށިގަނޑެކެވެ. ތުނިކޮން ކޮށާފައިވާ އިސްތަށިގަނޑާއި ތުނިކޮށްލެވިފައި ތުނބުޅިން އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ. ލިފްޓުގެ ކައިރިޔަށް ހުއްޓެމުން އޭނާގެ ޖީބުން މޯބައިލް ފޯނު ނަގާ ނަމްބަރަކަށް ޑައިލް ކޮށްލިއެވެ.

“އަރްކާން ދޯ… ޝަވަން އޭ މި.. އާ ނަމްބަރުން މި ގުޅީ.. އަލާ އޮތީ ކޮންތާކު..” ޝަވަންގެ އަތުކުރީގައި އަޅާފައި އޮތް ބްރޭންޑެޑް  ގަޑިއަށް ނަޒަރެއް ދެމުން ވާހަކަދެއްކިއެވެ. އެކޮޅުން އަރްކާންގެ ހިތްހަމަ ނުޖެހިފައި ވި އަޑު އިވުމުން ޝަވަން ފާޑަކަށް އަނގަހަދައިލިއެވެ. ” އަދި މަ މިތަނަށް އައީމަ ވެސް ހާދަ ރުޅިއަންނަ ވައްތަރަކަށޭ  އެ ވާޙަކަ ދައްކަނީ.. ނައިސްގެން އުޅުން އިރު ހީވަނި ކާލަފާނެހެން” އަމިއްލަ  ނަފްސަށް އިވޭވަރަށް ބުނެލިއިރު ޝަވަންގެ މޫނުމަތިން ފޫހިކަން ފެންނަން ހުއްޓެވެ.

ޝަވަން އަށް ދެވުން އިރު ގޮނޑިބަރީގައި ތިބި އަރްކާން އާއި އަޒީޒްގެ މޫނުމަތިން ފެންނަން ހުރީ ހިތްހަމަ ނުޖެހުމުގެ އަސަރެވެ. ކިރިޔާ ވެސް ހިނިތުންވެގެން އަނގައިން ބުނީ ދިނާޔާއެވެ. އީވާ ވެސް މޫނު އަނބުރާލީ އަނެއްފަރާތަށެވެ.

“އާދެވިއްޖެ ދޯ  … އިނގޭތަ މީ ހަތަރު ވަނަ ދުވަސްކަން އަލާ އެހާލުގަ މިތާ އޮންނަތާ.. ތިމާ މީހާ އިންނަން ތައްޔާރުވެފައި ހުރި ކުއްޖާ ކަމަށް ވާއިރު ތަންކޮޅެއް އަލާއަށް އަޅާލަ ބަލަ..” އަޒީޒް ހިތްހަމަ ނުޖެހިފައި ހުރިނަމަވެސް ބެލީ މަޑުމައިތިރިކަން އިޙްތިޔާރް ކުރެވޭތޯއެވެ.

“ސޮރީ ބައްޕާ… ބިޒްނެސް މީޓިންގް ނިމުނު ތަނުން ރަށައް ދާން ޖެހުނީ މަންމަ ބަލާ..ހަމަ އޮފީހުން ނުކުން ގޮތައް އެދުވަހު ދިޔައީ  އެއާޕޯޓަށް.. މަންމަ ރާއްޖެތެރެ  ރަށަކައް ޗުއްޓީ ހޭދަކޮށްލަން ދިޔަތަނާ ބަލިވެގެން އެމަޖެންސީކޮން މިގެނައީ .. އަރްކާންއަށް މެސެޖް ކޮށްލިން އެވާޙަކަ ބުނެފަ … ކޮބާ މިހާރު އަލާ” އަޒީޒްގެ ބަސްތަކުން ކުރިއަށް ވުރެން ފޫހިވެފައި ހުރި ނަމަވެސް ޝަވަން ހިނިތުންވެލަމުން އަހައިލިއެވެ. އިސްޖަހައިގެން ހުރި އަރްކާން ވެސް އެއީ ތެދެކޭ ބުނެލިއެވެ.

“އަޒީޒް އެދެން އެވަރު ކަމެއް ނޫނޭ.. އެބުނީތާ  ޝަވަންއަށް ނާދެވުން ސަބަބު ދޯ…އަރްކާން ވެސް ހަނދާން ނެތުނީ ދޯ އެވާހަކަ ބުނެލަން..ދަރިފުޅާ އަލާގެ ހާލަތު އެނގޭނީ ޑޮކްޓަރު ނުކުތުމުން …” ޝަވަންދެކެ އަޒީޒް ހިތްހަމަ ނުޖެހިފައި ހުރުމުން ދިނާޔާ އަވަސްއަވަހަށް ބުނެލިއެވެ. މާގިނައިރެއް ނުވެ ޑޮކްޓަރު އަންނަތަން ފެނުނެވެ.

“އަޅުގަނޑު ކުރިން ވެސް ބުނުއްވީމެންނު ދެއްތޯ އަލާރާގެ އޮޕްޓިކް ނާވް ޑެމޭޖް ވި ވާހަކަ…އަޅުގަނޑުމެން މިކޮޅުން ހަދާލި ސީޓީ ސްކޭން އާއި އެމް.އާރް.އައި އަދި އިތުރު ޓެސްޓްތަކުގެ ނަތީޖާ އިން ދައްކާގޮތުގައި ލޮލުގެ ފެނުމުގެ ހިއްސަށް ވަރަށް ބޮޑަށް މިވަނީ އަސަރު ކޮށްފަ… އަލާރާގެ ފެނުމުގެ ހިއްސުވަނީ ކެނޑިފަ… ” ޑޮކްޓަރު ދިން ޖަޥާބުން ދިނާޔާ އާއި އަޒީޒް އަދި އަރުކާންއަށް  ހީވީ ދުނިޔެ އެނބުރިގަން ހެންނެވެ.

“ދޮންތި އަށް އެއްވެސް ވަރަކަށް ނުފެނޭތަ..އެއްކޮން ފެނުން ގެއްލުނީތަ” އީވާއަށް އަނގަމާތީގައި އަތް އެޅުނެވެ. ޑޮކްޓަރު އިތުރަށް ޔަގީން ކޮށްދިނުމަށް ބޯ ޖަހައިލިއެވެ. އެހިނދު އީވާއަށް ނުހަނު ބާރަށް ރޮވުނެވެ. އަރްކާން އީވާގެ ގައިގާ ބައްދާލި ހިނދު އޭނާގެ ދެލޯ ވެސް ފެންކަޅިވިއެވެ. ދިނާޔާއަށް ވެސް ރޮވެންފެށުމުން އަޒީޒް އަވަސްއަވަހަށް އޭނާގެ އަތުގައި ހިފާ ގޮނޑީގައި ބައިންދާލިއެވެ.

“މިކޮޅުން ދެވެން ހުރި ހުރިހާ ފަރުވާއެއް އޮޕަރޭޝަންގެ ތެރޭންވެސް ވާނީ އަޅުގަނޑުމެން ދީފަ ..އަޅުގަނޑު ލަފާ ދޭނީ ވީހާވެސް އަވަހަކަށް އަލާރާ ގޮވައިގެން ރާއްޖޭން ބޭރަށް ފަރުވާއަށް ދިއުމަށް..” ޑޮކްޓަރުގެ ވާހަކަ އިވުމުން އަޒީޒް ބޯޖަހައިލިއެވެ. އިތުރަށް އެކަކަށް ވެސް ބުނާނެ އެއްޗެއް ނޭނގި ހަމަހިމޭން ވެފައި އެންމެން ތިއްބެވެ.

ޑޮކްޓަރުގެ ވާހަކަތަކުން ޝަވަންގެ މޫނު ބަނަވެއްޖެއެވެ. ހިތައް ވެރިވެގަތީ ފާޑެއްގެ ފޫހިކަމެކެވެ. ނަމަވެސް އެހެން މީހުން ބަލައިލުމުގެ ކުރިން ޝަވަންގެ މޫނުމަތީގެ އަސަރުތައް ފޮރުވައިލީ ހިތާމައިގެ ތަސްވީރަކުންނެވެ.

“އަރްކާން ސިންގަޕޯރއަށް ދާން މިރޭ ޓިކެޓް ނަގަން ޝުހާދުއަށް ގުޅާ.. ވީހާ ވެސް އަވަހަކަށް ދާން .. ނެތިއްޔާ ފްލައިޓް ޗާޓަރ ކޮށްގެން ވިޔަސް ބަލާތި.. މަންމައާއި ބައްޕަ އަލާ ގޮވައިގެން ދާނަން… ދަރިފުޅު، އީވް އާއި ކޮންޕެނީގެ ކަންކަމަށް ބަލާތި …” އަޒީޒްގެ ވާހަކަ އިވުމުން ބޯޖަހައިލުމަށްފަހު އަރްކާން އަވަސްވެގަތީ އަޒީޒްގެ އެނގުމަށް ބޯލަބާށެވެ.

އަރްކާން ފޯނު ހިފައިގެން އެއްކައިރިވުމުން އަޒީޒް ވެސް ފޯނުނަގައި ނަމްބަރަކަށް ގުޅާލިއެވެ.

“ހަލޯ..ލިއާ ތަ..” އެކޮޅުން ލިއާނާގެ އަޑުޖެހުމުން އަޒީޒް ވާހަކަ ދެއްކިއެވެ.

“ބޭބެ މިގުޅީ ވަރަށް ބޮޑު ކަމެއްގަ..” އަޒީޒް ކުރުގޮތަކަށް އަލާރާގެ ހާލަތު ކިޔައިދިނެވެ. މިކޮޅުން ޑޮކްޓަރުގެ ދިން ޖަވާބުން ފަރުވާއަށް ރާއްޖެއިން ބޭރަށް ފަރުވާއަށް ދާން އުޅޭ ހަބަރުވެސް ދިނެވެ.

“މި ވަގުތު ބޭބެ މި އެދެނީ އެންމެ ކަމަކަށް..ކޮއްކޮ މިކަންތައް  ކޮށްދޭނެ ކަމަށް ހީކުރަން..ކޮމްޕެނީގެ ހުރިހާކަމަކާއި ހަވާލުވެގެން ހުންނާނީ އަރްކާން އެކަނި..ބޮޑު ބިޒްނެސް އެއްކަމުން ނުހަނު ބުރަވެސް ބޮޑުވާނެ..ޒިންމާތައް ވެސް އެހާ ބައިވަރު..ބޭބެ ވެސް ނެތް އިރު އަރްކާން އާއި އެކަނި ކޮމްޕެނީ ހަވާލް ކޮށްފަ މިދަނީ..އަނެއްކާ ނުވިތާކަށް އީވް ވެސް  ހަވާލުކޮށްފަ މިދަނީ.. އީވް އާއި ލިއާ އެއް އުމުރެއް ކަމުގައި ވިޔަސް އޭނާގެ ހުންނާނީ ކުޑަކުއްޖެއްގެ އުޅުން..ލިޔާއަށް އަލާ ނޭނގުނަސް…އަރްކާން އާއި އީވް އެނގޭނެ ..ކޮންމެވެސް ވަރަކަށް ފެނިދެނިވި ކަންނޭގެ ހުންނާނީ.. ދަ ތިންގް އިޒް މި އުނދަގޫ ދަނޑިވަޅުގައި އަރްކާންގެ ސެކްރަޓަރީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލް ކުރުމަށް ދާދި ފަހަކުން ވަނީ ވަޒީފާއިން ވަކިވެފަ..އެމަގާމަށް އަދި ނެތް އެއްވެސް ފަރާތެއް ނަގާފައެއް.. ލިއާ ކޮށްދޭންވީ ކަމަކީ އެ މަގާމަށް އައިސްދޭންވީ..” އަޒީޒް އޭނާގެ ހުށައެޅުން އިއްވާލުމަށްފަހު ލިއާނާގެ އަޑެއް ނީވުމުން އަނެއްކާވެސް އޭނާ ވާހަކަ ދެއްކިއެވެ.

“ބޭބެއަށް އެނގޭ ކޮއްކޮއަށް އަދި އެންމެ އަށާރަ އަހަރުކަން..އަދި ޔުނިވާސިޓީގައި ކިޔަވަމުންދާ ކަންވެސް އެނގޭ…ވަޒީފާއަށް ނުކުތަސް ލިއާގެ ކިޔެވުމަށް ބުރޫ ނާރާނެ ކަމުގެ ޔަގީންކަން ވެސްދެން..ވަޒީފާގައި އުޅެމުން ކިޔަވާ ނަމަ އިތުރު އެކްސްޕީރިއަންސް ވެސް ލިބޭނެ..ބޭބެ އެމަގާމަށް ލިޔާ ބޭނުންވަނީ ވަގުތީ ގޮތަކަށް ނޫން ދާއިމީ ކޮން..ޝުހާދުވެސް ވެސް ހުންނާނެ..ޝުހާދުއަކީ ބޭބެގެ ސެކްރަޓެރީ..އެއްވެސް ކަމަކަށް ދައްޗެއް ނުވާނެ..ލިޔާ ކީކޭ ބުނަނީ..” އަޒީޒް އަނެއްކާ ވެސް އަހައިލިއެވެ.

“ބޭބޭ..ތި ވަޒީފާއަށް އެކަށީގެން ވާހެނެއް އަޅުގަނޑަކަށް ހިޔެއް ނުވޭ..ޔަގީނުން ވެސް އަޅުގަނޑަށް ވުރެން މޮޅަށް ކިޔަވައިގެން ތިބި ތަޖުރިބާ ގިނަ ފަރާތްތައް މި މަގާމަށް  އިއުލާން ކޮށްފިނަމަ ލިބޭނެ ..އެފަދަ ފަރާތަކަށް ދިނުން މާ ރަނގަޅުވާނެ” ، ” ނޫނޭ..ލިއާ ތިއީ ވަރަށް މޮޅުކުއްޖެއް އިރާދުކުރެއްވިތީ..ވަޒީފާއަކަށް އަލަށް ނުކުންނަ އިރު އެއްވެސް މީހަކު ނުހުންނާނެ ތަޖުރިބާއެއް..ތަޖުރިބާއަކީ ހޯދީމަ ލިބޭ އެއްޗެއް..ކަމަށް ގާބިލް ވާނީ ލިޔާގެ މަސައްކަތުން..ލިޔާ ކިޔަވާ ނިންމާފަ ވަޒީފާއަކަށް ކުރިމަތިލާފަ އިންޓަވިއުއަށް ގޮސްފަ ވެސް ހަމަ ތިހެންތަ ބުނާނީ” އަޒީޒް ހިފައިލީ އެންމެ ވަރުގަދަ ޖުމްލައިގައެވެ. ލިއާނާ އިތުރަށް ދެކޮޅު ހެދުމެއް ނެތި އެ ހުށައެޅުމަށް އާންބަސް ދިނެވެ. އަޒީޒް ޝުކުރު އަދާ ކުރުމަށްފަހު ފޯނު ބާއްވަމުން ވަޒީފާގެ ތަފްސީލް ފޮނުވާނެ ކަމަށް ބުނެލިއެވެ.

***

ޒެވިއަލް ކޮޓަރިތެރޭގައި އުޅެފައި ނުކުތީ އަސްރު ނަމާދަށް މިސްކިތައް ދިޔުމަށެވެ. ޒެވިއަލް ސިޓިންގްރޫމު ހުރަސްކުރިއިރު ސޯފާގައި ފޯނު އަތައް ލައިގެން ހުއްޓުން އަރާފައި އިން ލިއާނާ ފެނި އެދިމާލަށް ދެވުނެވެ.

“ލިޔާ ކިހިނެތް ވީ..” ، “ކިހިނެތް ނުވަނީ” ޒެވިއަލް އަހައިލި ހިނދު ލިއާނާ ބުނެލައިފިއެވެ. އެއިންގޮތައް އިނދެ ދާދި ދެންމެ އަކު އަޒީޒް ގުޅާފައި ދެއްކި ވާހަކަ ކިޔައިދިނެވެ. އޭރު ޒެވިއަލް ހައިރާން ވެގެން ކީކޭހޭ އަހައިލައެވެ.

***

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

އިންސާފް (ވިހިވަނަ ބައި)

Next

ލޯބިން ބަލާލީމާ 16

Next
September 24, 2024

ލޯބިން ބަލާލީމާ 16

Previews
September 23, 2024

އިންސާފް (ވިހިވަނަ ބައި)

14 Comments!

  1. Jung kook’s wify says:
    September 24, 2024 at 12:10 am

    V reethi 🥰🥰
    Zevial is mine
    Yallcan have ren now🥰🥰❤️❤️❤️

  2. Lam’aa says:
    September 24, 2024 at 12:15 am

    V reethi.. sad ala is going through really hard times 😭😭
    Cant wait for the next part
    Hate this shawan at the first stage 🔪🙄

  3. Rooya says:
    September 24, 2024 at 7:50 am

    Shavan aky villain i guess
    V foohi eyna gadu dheke🙄 ala blind kan egunhma ves foohi viyya e vee😭😭
    Vaahaka v salhi
    Hykuran next episode ves v avahah kiyaalan libeyne kamah🤍🤍

  4. Lulu says:
    September 24, 2024 at 7:56 am

    Hama unmeedhu kuri gothah mi part ves vvvvvvv reeethi💞💞💞💞💞💞💞💞💞
    Kayaange prt eh genesdheeba🫣

  5. Shayerrr 💞 says:
    September 24, 2024 at 8:54 am

    Reyga 12 vaan ukhenikon upload kuri gadyga i keen
    But adhi mi comment eh kohleveny heh

    Vaahaka v furihama
    Cant wait alara and zev meet vaa than balaalan
    They are made for eachother 😊💞

  6. Kudoo says:
    September 24, 2024 at 9:52 am

    Reeehhcheyyyyy zev 🤩🤩🤩🤩
    Alara fakeeru ekamaku😭😭
    Avahahhahhhhhh next part up kohla dheebaaaaaa😫😫😫

  7. Kudoo says:
    September 24, 2024 at 9:52 am

    Reeehhcheyyyyy zev 🤩🤩🤩🤩
    Alara fakeeru ekamaku😭😭
    Avahahhahhhhhh next part up kohla dheebaaaaaa😫😫😫

  8. Fiza says:
    September 24, 2024 at 11:04 am

    Wow…. varah salhi. Anehbai kiyahithun kehmadhu. Avahah genes dhehcheyy…. ❤

  9. ❤️ says:
    September 24, 2024 at 11:25 am

    Vrh reethi vhk
    When is the next part ?
    Kiyaa hithun kehmadhu vefa

  10. Yoummm says:
    September 24, 2024 at 1:27 pm

    No words
    Varah reethi
    Alhe avahah up kohla dheebaaaaaa darling 😭

  11. Cutie girl says:
    September 24, 2024 at 4:38 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Alara and zev gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍

  12. Erum says:
    September 24, 2024 at 8:42 pm

    Alhe kon irakun theyyyyyyyy nextttttttt😫😫😫😫

  13. Malher says:
    September 24, 2024 at 11:45 pm

    Awwvvvvvvvv😍😍😍😍😍😍
    Salhieyyyyyy
    Cant waittt
    Lia r arkhan ge romancedheken kehmadhuvefa igey🥹

  14. Naya says:
    September 25, 2024 at 10:32 am

    Vvvvvvvv salhi
    Jung kook wify ah jungkook eherynu
    Leave zev 💆🏽‍♀️💋

Comments are closed.

Next Episodeނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 3←


All Right Reserved!