Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތެމި ވާރޭގައި ވީމޭ 39

Annora Level 610 Stories100 Login100 Comments100 Stories
September 14, 2024 13 Mins Read
25 Comments

“”ސޯ މީޝަމް ވީ ހޭވް ޓް ޑޫ ސަމްތިންގް..  ބަޔަކަށް ބޮޑު ހިތާމައެއް ލިބިގެންދާ އިރު މިހެން ބަލަހައްޓައިގެން ހުރުމަކީ ވަރަށް ކަޑަ ކަމެއް.. އެވެސް މީޝަމްގެ އެހާ ގާތް ބައެއް.. މީޝް ކެން ޔޫ ޑޫ ސަމްތިންގް” ޝިއުރާ އެބުނަން އުޅެނީ ކޮންކަމެއްގެ ވާހަކަކަން ނޭނގުނު ނަމަވެސް އެކަމާއި އެއްބަސްވުމުގެ ގޮތުން މީޝަމް ބޯ ޖަހައިލިއެވެ.

***

“ޔޫ އޯކޭ” ފާހާނާ ތެރޭގައި ހުރެ ނަވާރް ހޮޑުލަމުން ގޮސް ވަރުދެރަ ވެގެން ޔަޒަންގެ އަތް މައްޗަށް ދެމުނެވެ. ޔަޒަން ނަވާރް އަތްދަނޑި މައްޗަށް ލައިގެން ގެނެސް އެނދުގައި ބޭއްވިއެވެ.

“އަމް ފައިން އޭ.. ރަނގަޅުވާނެ މޯނިންގް ސިކްނެސް ވީމަ ހޮޑުލެވެނީ އެ” އިރުކޮޅެއްފަހުން ހަމަ އަކަށް އެޅުމުން ނަވާރް ބުނެލިއެވެ.

“އެކަމަކު އަހަރެން ހިތައް ހާދަ ތަދުވެއޭ އެކަނި ބަހައްޓާފަ ދާން..އަޅެ މަންމަ މެން ކައިރީގަ ބުނާނީ ކޮން ދުވަހުކުންތަ..އާނާ ވެސް އެހާ  ވަރަށް އައިސް އުޅޭއިރު ވެސް ނަވް ބުނީމަ އަހަރެން މިހުންނަނީ ސިއްރު ކޮށްގެން” ނަވާރްގެ ބޮލުގައި ފިރުމާލަ ފިރުމާލަ ޔަޒަން އިނެވެ.

“އަހަރެން މާދަމާ ބުނާނަމޭ އިންޝާﷲ..މަންމަ ބާތްޑޭ އޭ މާދަން އެހެންވެ އަސްލު މިހުންނަނީ.. މީޝް ގާތު ބުނިން ކުރީ ދުވަހު..އާނާ ގާތު ކޫ ބުނެލާ މިއަދު..އަމް ލަދްސްސް” ދަތްޕިލާ ދައްކާލައިގެން ހުރެ ނަވާރް ބުނެލި ގޮތުން ޔަޒަންއަށް ހީލެވުނެވެ.

“މީޝް ބުނި ދެންމެ ކޫ ގާތުގަ ބުނެލަ ބަލާށޯ  މަޑުކޮށްލަން..އޭނާ އެބަ އަންނަމޯ..ކިހިނެތް ތަ ޝަހުރޫޒް ކަންތައް އިނީ..ސުޖާއު އާއި ލާރާ ގެ ހަބަރެއް ވޭތަ..” ނަވާރް އަހައިލިއެވެ.

“ނޫނޭ..އެކަމަކު މިއަދު މިއުޅެނީ ޝަހުރޫޒް އާ ބައްދަލް ކުރަން..ޔޫޝައު އިހަށް ދުވަހު ކީމަ ވެސް މަ މިހުރީ އަޅާ ނުލާ އެކަމަކު ދެން މިހެންނެތް ވެސް ނުއެއް ހުރެވޭނެ އެންނު ގޮތެއް ނުހަދާ..ގެއްލިގެން މިދާ ކޮންމެ ސިކުންތަކީ ވެސް އައިނާއަށް ވެވޭ ނާއިންސާފަކަށް ވާނީ”  ޔަޒަންގެ ޖުމްލަ ނުނިމެނީސް ނަވާރްއަށް ފޯނެއް އައެވެ.

“މީޝް އެގުޅަނީ…ދޭބަ ދޮރު ހުޅުވަން..” ނަވާރް އެނދުމަތީގައި އޮވެފައި ބުނެލުމުން ލަސް ނުކޮށް ޔަޒަން ގޮސް ދޮރު ހުޅުވިއެވެ.

“ސޮރީ ލަސްވެއްޖެ ދޯ” މީޝަމް އެތެރެއަށް ވައިން އިރު އެނދުމަތީގައި އޮވެފައި ނަވާރް ވެސް ތެދުވިއެވެ.

‘ކޫ ލަސްކުރާކަށް ބޭނުމެއް ނޫން..އެހެންވީމަ ސީދާ ޕޮއިންޓަށް ދާނީ..އެނގޭތަ ސުޖާއު އަކީ ކާކު ކަން..އެއީ ޝިއުރާގެ ބައްޕަ” މީޝަމްގެ ޖުމްލައިން ނަވާރް އާއި ޔަޒަން އަށް މީޝަމްގެ މޫނަށް ބަލައިލެވުނެވެ.

“ޝޮކް ޖެހޭނެ ކަމެއް ނެތް..”ބަސް ހުއްޓިފައި ހުރި ޔަޒަން އަށް އެއްޗެއް ބުނެވުމުގެ ކުރިން، މީޝަމް އޭނާ އާއި ޝިއުރާގެ ރަހުމަތްތެރިކަން ފެށުނު ހިސާބުން ފެށިގެން ކިޔައިދިނެވެ. އެއާޕޯޓު ތެރެއިން ކުޑަ ދެކުދިން ސަލާމަތް ކުރި ވާހަކަ މީޝަމް ބުނެލި ހިނދު ޔަޒަން ސިހިފައި ބަލައިލެވުނެވެ.

“ކުޑަ ދެކުދިންނޭ..ކިހިނެތް ޝިއުރާ .. ކިހާ ވަރެއްގެ ކުދިންކޮޅެއްތަ..އަނެއްކާ މިހާރު ގެއްލިގެން ހޯދަމުންދާ ދެކުދިންތަ..” ، “އޭންން ގެއްލިގެންނޭ..މަޑުކޮށްބަލަ ގެއްލިގެން އުޅޭ ކުދިންތައް ގެއްލުނީ އެއާޕޯޓުން ތަ… އަހަރެން ހީކުރީ އެކުދިން ފެނިއްޖެ ކަމަށް..ނޫސް ބެލި އިރު ފެނުން އެކަހަލަ ހަބަރެއް” ޔަޒަންގެ ވާހަކައިން މީޝަމް ވެއްޓުނީ އިތުރު އޮޅުން ބޮޅުންގަނޑެއްގެ ތެރެއަށެވެ.

“ނުއެއް ފެނޭ..އެކަމަކު މިހާރު ޝަހުރޫޒް  މެންގެ ކޭސް އާ އެ ކޭސް ގުޅިފަ އޮތްކަން ޔަގީންވާތީ އާއި ސުޖާއު އާއި ލާރާ ނުފެންނާތީ ޕޮލިސް އިންޓެލިޖެންސް އިން މީޑިއާ ތަކަށް އެހަބަރު އެގޮތައް ދީގެން ނޫހުގަ އެހެން ޖެހީ..އެކުދިން ނުފެންނަ ކަން އެމީހުންނަށް އެނގިއްޖެޔާ ކަމަކު ނުދާނެ..ކާކަށް އެނގޭނީ އެމީހުންނަށް ކަމެއް އަހަރެމެންނަށް ކަމެއް އެކުދިން ފުރަތަމަ ފެންނާނީ..އެމީހުންނަށް ޝައުންގެ ކުދިން ފެނިއްޖެޔާ ދެން ވާނެ ގޮތް އަންދާޒާ ކޮށްލަން ވެސް ދަތި..ނެތް ތަ ފޮޓޯއެއް..”ޔަޒަން އަހައިލުމުން ފޯނު ނަގާއި ހާވާލުމަށްފަހު ޝާނާއާއި އިޔާންގެ ފޮޓޯއެއް މީޝަމް ދައްކާލިއެވެ.

“ޔެސް ތިއީ އެދެކުދިން…އަލްހަމްދުލިއްﷲ…މީޝް މަށައް ޝިއުރާއާއި މީޓް ކޮށްލަ ދެވޭނެ ގޮތެއް ހަދާބަ…އިހަށް ޝިއުރާ ގާތު ބުނެލާ ގެއިން ވެސް ނުނިކުމެ އެކުދިން އެގޮތައް ފޮރުވާދޭށޭ.. މަ އަންގާލާނަން އެކޮޅަށް އޭތި…” ޔަޒަން އަވަސްވެގަތީ ފަވާދު އަށް އެހަބަރު ދިނުމަށެވެ.

“ކޫ..ޔާހް ފަވާދް ސާރ އަށް އަންގާލަ..އެކަމަކު މުޅި އިންޓެލިޖެންސަށް އެނގުން މިވަގުތައް އެހާ ސޭފް އެއް ނުވާނެ..ނޭނގޭނު ސިއްރުވެރިގޮތަކަށް ސުޖާއުއާއި ކަނެކްޝަނެއް ނެތް މީހަކު ތިތާގަ ނޫޅޭނެ ކަމަކަށް..” ވިސްނަން އިނދެފައި ނަވާރްއަށް ފެނުނު އެންމެ ރަނގަޅުގޮތް ބުނެލިއެވެ.

“ޔެސް..ތި ކަންނޭގެ ރަނގަޅު ގޮތަކީ މަށައް ވެސް ހީވަނީ..ބުނަން ފުރަތަމަ ކޫ އިހަށް ޝަހުރޫޒް ގެ އަނގައިން އެއްޗެއް އިވޭތޯ އޭނާއާއި މީޓް ކުރަން ދޭ ..ޝިއުރާ ގާތު މަ ބުނާނަން..ވީ ހޭވް ސަމް އަދާރ ޕްލޭން..އިހަށް ނާޙާތި ފަހުން ބުނާނަން” މީޝަމް ބުނެލިއެވެ.

“ޔާހް އަހަރެން މީޝް ބުނަންދެން މަޑުކުރާނަން..މިއަދު އަހަރެން ވެސް ބޭނުން ޝަހުރޫޒް އާއި ބައްދަލް ކުރަން..ކޫ އަމް ފައިން މަނާނުކުރާތި..އެންޑް މީޝް ތެންކިއު ސޯ މަޗް ބެސްޓީ.” މީޝަމްގެ ގައިގާ ނަވާރް ބައްދާލިއެވެ.

“ދެން މާ އިމޯ ވާނެ ކަމެއް ނެތް..އަމް ޑުއިން ދިސް ޖަސްޓް ފޯރ ޔޫ މައި ލަވިންގް ބެސްޓްފްރެންޑް..އެންޑް އައިލް ޑޫ އެނީތިންގް ފޯރް ޔޫ މައި ލަވް” އެހުރި ގޮތައް ހުރެ  މީޝަމް ހީލަމުން ނަވާރްގެ ގައިގާ ބާރަށް ބައްދާލިއެވެ.

“ދެން މާ އިމޯ ނުވެ ހިނގާ ދާން..” ދެމީހުން ދުރަށް ޖެހުނީ ޔަޒަންގެ އަޑުންނެވެ.

ތިންމީހުން ތިރިއަށް ތިރިޔަށް ދިޔައިރު ޝާކިރްއާއި އެކު ޒެލީން ސިޓިންގްރޫމު ސޯފާގައި އިނެވެ. ޔަޒަން ފެނުމުން ޓީވީއަށް ގެއްލިފައި އިން ޒެލީން ނިކަން އަވަހަށް އައިސް މަންމަ ކައިރިޔަށް ދާން ބޭނުމޭ ބުނެލައިފިއެވެ.

“އެ މަންޖެ ކިތަންމެ އިރެއް ކިޔަނީ ދާން..ފަތިހު އާނާމެން ދިޔައީމަ ވެސް ދާން އުޅުނު” ހިނިއައިސްފައި އިން ޝާކިރު ބުނެލިއެވެ.

“ހެދޭ ދޫނީ..ބޭބެގެ ކައިރީގަ މަޑުކޮށްލަ އިނގޭ..ދޮންބެ ދައްތަ އައިސް ގެންގޮސްދޭނަން އިނގޭ..” ނަވާރް، ޒެލީންގެ ގާތައް ތިރިވެލަމުން ބުނެލިއެވެ. ނަމަވެސް ޒެލީން ބޮޑާހާކަން ފެށިއެވެ.

“އޯކޭ ދޮންބެ ބައިވަރު ގިފްޓްސް ގެނެސްދޭނަން ކޮއްކިއަށް..ވެއިޓް ކޮށްލާނީ ދޯ..މްމްމް ނަވާ މަޑުކޮށްލަން ވީ އެންނު  ޒެލީ ކައިރީގަ އާނާ އަންނަން ދެން..އެބަ ގުޅަން އާނާއަށް” ޔަޒަން އެހެންބުނެލުމާއި އެކު ނަވާރް އެގޮތާއި ރުހުނެވެ.

“އާނާ އެކޮޅުގަ ބަހައްޓާލިއަސް އޯކޭ މަންމަ ކައިރީގަ..އަހަރެން މަޑުކޮށްލާނަން” ނަވާރް އަލުން ޒެލީން އުރާލައިގެން ސޯފާގައި އިއްތާލިއެވެ. ޔަޒަން ކުޑަކޮން ބައްދާލުމަށްފަހު ބަލައިގެން އުޅުމަށް ބުނެފައި ނުކުމަތެވެ.  މީޝަމްވެސް އޭރު ލަސްވާން ފެށުމުން ގޮސްފިއެވެ.

***

“ނާނާ..މަންމަ ހޭ އެރީމަ ބުނާނަން މެރީ ކުރަން ބޭނުންވާ ވާހަކަ” މިހްރާންއާއި އާނާ ތިބީ މިލީނާގެގާތުގައެވެ. އެނދާއި ތަންކޮޅެއް ދުރުގައި ހުރި ދެމީހުންގެ ޖާގައިގެ ސޯފާ ތިބިއިރު ދެމީހުންގެ އަތާއި އަތް ވަނީ ގުޅިފައެވެ. މިހުރާން އެހެން އިނދެފައި އާނާގެ ކަންފަތް ކައިރިން ނެއްޓިގެން މޫނައް އުނދަގު ކުރަމުން ދިޔަ އިސްތަށިކޮޅު ކަންފަތް ދޮށައް ލައްވާލިއެވެ. އޭނަގެ އެ އަމަލުން އާނާގެ މުޅިމޫނަށް ޖަނބުކުލަ ފާއްދާލިއެވެ.

“އާރ ޔޫ ބްލަޝިންގް..” އާނާގެ މޫނާއި މޫނު ދިމާކޮށްލަމުން މިހުރާން އެހިއެވެ. އާނާގެ ދޮންމޫނަށް ވެރިވެފައިވީ ޖަނބުކުލަ އޭރު އިހުނަށް ވުރެން ގަދަވިއެވެ. މިހުރާންގެ ނަޒަރު ހުއްޓުނީ އާނާގެ ފިޔާތޮށިކުލަ އަރާފައިވާ ތުނި ތުންފަތަށެވެ. މަޑުމަޑުން އާނާގެ މޫނަށް ކައިރިވަމުން ގޮސް އޭނާގެ ހިތްއެދެމުން ދިޔަ ކަންތަކަށް އިޖާބަ ދިނެވެ. އެވަގުތުކޮޅުގެ ފޮނިމީރުކަން ދެމީހުން ހާސިލްކުރަމުން ދިޔައިރު މިހުރާން އާނާގެ މޫނާއި ދުރުވެލީ ބޭނުންވެގެންނެތް ނޫނެވެ. އެމީހުން ތިބި މާހައުލު އިޙްސާސްވެގެންނެވެ. އެފަދަ ދީވާނާކަމަކަށް ގެބެން އެއީ އެންމެއެކަށީގެންވާ މަންޒިލެއްނޫނެވެ.

“ޓޭސްޓީ..އަވާރ ފަސްޓް ކިސް..އަދިވެސް އެކަމަކު ޑޭޓް އަކަށް ނުދެވޭ..” އާނާގެ ލޭ ކުލަ އަޜާފައިވާ ތުންފަތުގައި އަތުގެ ބޮޑުވާ އިލިން ހާކާލަމުން މިހުރާން ބުނެލިއިރު އޭނާގެ އަޑުމަޑު ވެފައި އެ އަޑުގައި ވީ ތަފާތު ޖަޒުބާތެކެވެ. އާނާގެ މުޅިގައިން ހީބިހި ހަލުވާލިއެވެ. ލަދުން ގޮސް އަނގަހުޅުވާލަން ވެސް އާނާ އިނީ ނުކުޅެދިފައެވެ.

“ބޭބީ..އައި ނީޑް ޔޫ..ޕްލީޒް ލެޓްސް ގެޓް މެރީޑް..” މިހުރާން އެއިންގޮތައް އިނދެފައި އަނެއްކާ ވެސް ބުނެލިއެވެ.

“ދެންމެ އެންނު ބުނީ މަންމަގެ ގާތުގައި ބުނާނަމޭ އިންނަން ބޭނުންވާ ވާހަކަ..”އާނާ އިސްޖަހައިގެން އިނދެ ބުނެލިއެވެ. އަޑުމަޑުކަމުން އެ އަޑު އިވުނީ ވެސް މިހުރާން ވަރަށް އަހައިގެން އިނުމުންނެވެ. އާނާ ލަދުގަނެފައި އިންވަރުން މިހުރާންގެ ގާތައް އައީ ހިންޏެވެ.

“ޔެސް މަންމަ ގާތުގަ އަހާނަމޭ..އެކަމް އޭގެ ކުރިން ނާނާ ޖެހޭނެ ދޯ ޔެސް ބުނަން..މަންމަ ހޭ އެރީމަ ހިނގާބަ ޑޭޓްއަކަށް” ، “ޔެސް ބުނާނީ ޔެސް ބުނަން ވީމަ.. ޔޫ ޑިޑިންޓް އީވެން ޕްރޯޕޯސް މީ..އަދި ޑޭޓް އެކޭ ބުނެފި..” މިހުރާން އަށް ލޯ އަޅާލަމުން އާނާ ރައްދު ދިނެވެ.

ދެމީހުން އެހެން ތިއްބާ ސިހުނީ ކޮޓަރީގެ ދޮރު ހުޅުވާލިއަޑަށެވެ.

“އައްދޭ..ދެމީހެއްގެ ސްޕޮޓް ދޯ މި ސްޕޮއިލް ކޮށްލެވުނީ..އަދި ސޯފާ ވެސް ފުރަގަހަށް އަބުރައިގެން” އެތެރެއަށް ޔަޒަން ވަދެގެން އައިތަން ފެނި އާނާ އާއި މިހުރާން އަވަސްއަވަހަށް ދުރަށް ޖެހުނުނެވެ. ޔަޒަން ގާތައް އައީ ހިންޏެވެ.

“ދޮންބެ ތަ.. ނަވާ ބުނީ ޑިއުޓިއަށް ދާން ގޮސް ފިއޭ ދެންމެ ގުޅާފަ” ލަދުން އިނދެފައި އާނާ ބުނެލިއެވެ.

“އާން އެހެން ކިޔާފަ ނުކުތީ..އެކަމަކު މަންމަ ދެކިނުލާ ނުދާން މިއައީ..” މިލީނާގެ އެނދުގެ މަގަތުގައި ހުރި ގޮނޑިއެއްގައި ޔަޒަން އިށީންނެވެ. ޔަޒަން އެހެން އިނދެފައި މިލީނާގެ އަތުގައި ހިފައިލި ހިނދު މިލީނާ އަތްތަޅުވާލިހެން ހީވެގެން އާނާއަށް ގޮވިއެވެ.

“ނާނާ ލުކް މަންމަ އަތްތަޅުވާ އެބަ..”މިލީނާ ދެވަނަ ފަހަރަށް އަތް ތަޅުވާލީ  އާނާ އާއި މިހުރާން އައިސް ހުއްޓިލި ވަގުތެވެ. އެހެން އޮވެފައި މިލީނާ މަޑުމަޑުން ލޯ ވެސް ހުޅުވާލިއެވެ.

“މަންމާ..މަންމާ..އަހަރެންގެ އަޑު އިވޭތަ..” ޔަޒަން މިލީނާގެ ބޮލުގައި ފިރުމަލަމުން އަވަސްވެފައިވީ ހިތަކާއި އެކު އަހައިލިއެވެ. މިލީނާ މަޑުމަޑުން ބޯ ޖަހައިލިއެވެ.

“އަލްހަމްދުލިއްލާހް” އާނާއަށް ހަމްދުކުރެވުނު އިރު ލޮލުން އުފާވެރިކަމުގެ ކަރުނުތައް ފައިބަމުންދިޔައެވެ. މިހުރާން އެނދުގައި އިން ރަތްކުލައިގެ ބަޓްންއަށް ފިއްޓާލިތާ މާގިނަ އިރެއް ނުވެ ޑޮކްޓަރުންނާއި ނަރުހުން އައިސްފިއެވެ.

“މިލީނާ ..މި ކިތަކެއް” މިލީނާގެ ކައިރިޔަށް ހުއްޓުނު ޑޮކްޓަރުން އިނގިލިތައް ދައްކަމުން އަހަމުންދިޔައެވެ. ޑޮކްޓަރުން ބެލެމަށްފަހު މިލީނާ ލައްވާ ހިންގުވިއެވެ. ހަފްތާއެއްފަހުން ހޭ އެރި އިރު އައިވީތައް ގުޅިވަރުން މީހާ ހުރީ ފުދޭވަރަކަށް ދުޅަވެފައެވެ. އެއީ މައްސަލައެއް ނޫން ކަމަށް ޑޮކްޓަރުން ބުނުމުން ތިން މީހުންނަށް ހަމަޖެހުމުގެ ނޭޥާއެއްލެވުނެވެ.

“އިރާދުކުރެއްވީތީ ހުރިހާ ކަމެއް ވެސް ރަނގަޅު.. އެކަމަކު މިހާރު ހަމަ ސީޓީ ސްކޭން އެއް ހަދާލަން އެބަޖެހޭ..އެއީ ހާލަތު އިތުރަށް ޔަގީން ކުރުމަށް..އިތުރު ގޯހެއް ނެތިއްޔާ ދެދުވަސްފަހުން  ފޮނުވާލާނަން..މިހާރު ހަމަ އެބަ ރަނގަޅާށް ހިނގެންވެސް ހިނގޭ ދެއްތޯ..އެހެންވިޔަސް ވީލްޗެއާގަ ވީކްއެއްވަންދެން ގެންގުޅުއްވާތީ ގެޔަށް ދޫކޮށްލިނަމަވެސް” ޑޮކްޓާރުގެ ބަހާއި އެކު ޔަޒަން ބޯ ޖެހިލިއެވެ. އޭރު ނަރުހުން މިލީނާ ސީޓީ ސްކޭން ހެދުމަށް ގެންދިޔައެވެ.

ސީޓީ ސްކޭން ހެދުމަށް މިލީނާ ވެއްދި ކޮޓަރީގެ ބޭރުގައި ތިންމީހުން ތިއްބެވެ. ޔަޒަން ފޯނު ނަގައި މެސެޖަކުން ނަޥާރްއަށް މިލީނާ ހޭ އެރި ހަބަރު  ދިނެވެ. އަކްރަމްއަށް ގުޅުމަށްފަހު އާނާ ވެސް އެހަބަރު ދިނެވެ.

“ބައްޕަ އުޅުނީ އަންނަން..އަހަރެން މިބުނީ މަޑުކުރާށޭ ހުރިހާ ކަމެއް ވެސް ރަނގަޅޭ..ނިދާލާފަ އަންނަން މިބުނީ…ރޭގަ އެއްކޮން އިނީމަ ވަރަށް ވަރުބަލި ވާނެތާ ދޯ..” އާނާ ބުނެލިއެވެ.

“ނަވާގެ މަންމަ ވެސް އައި ދޯ..”ޔަޒަން އަހައިލިއެވެ.

“އާން ކުޑާ އާއި ކުޑާބެ މިތާގަ ތިބި ދޯ އަހަރުމެން އައި އިރު..ކުޑާ އައިތަނުން ޔޫލީ އާއި ދޮންބެ ދައްތަ އާއި ރާޔާ އާއި ތިންމީހުން ހޮޑުލާން ހެދީމަ ޒަހުރާން ދޮންބެ ގުޅާއިގެން ދިޔައީ..އެގޭ އެންމެން ހުން އައިސްގެން އުޅެނީ..ދެން ކުޑާބެ އޮފީހަށް ދާންވަންދެން އިނދެފަ ދިޔައީ” މިހުރާން ކިޔައިދިނެވެ. ޔަޒަން އެހެންހޭ ބުނެ ބޯޖަހައިލިއެވެ.

އެކިއެކި ވާހަކައިގާ ތިންމީހުން ތިއްބާ މިލީނާ ނެރެގެން ކޮޓަރިއަށް ގެންދެވުނެވެ.

“ހަމަ ކުރިން ބުނިހެން ހުރިހާ ކަމެއްވެސް ބަރާބަރު..އެކަމަކު ކުރެވުނީ ބޮޑު އޮޕަރޭޝަންއެއް ބަލައިގެން އުޅެންވާނެ..އަޅުގަނޑު ބޭސް ދޭނަން ..އެ ބޭނުންކުރުމަށްފަހު ހޮޑުލެވި ބޯ އަނބުރާ ކަމަށް ވަންޏާ ލަސް ނުކޮށް މިކޮޅަށް އަންނަން ވާނެ..ދެދުވަސް ފަހުން ބެލުމަށް ދިސްޗާޖްކޮށްލަ ދޭނަން..” ޑޮކްޓަރު ތަފްސީލާއިއެކު ކިޔައިދެމުން ދިޔައެވެ.

“ޑޮކްތަރު މިވަގުތު އަހަރެން ފޮނުވާލަ ދީބަލަ… ” މިލީނާ އިނދެފައި ބުނެލިއެވެ. ވަގުތުން ޑޮކްޓަރަށް ނޫނެކޭ ބުނެލިއެވެ.

“މިއަދު އެހެންނޫންތޯ ކޯމާއިން ހޭލެވުނީ..އިމްޕޮސިބަލް މިއަދު ދޫކޮށްލަން”ޑޮކްޓަރު ހީލިއެވެ.

“ނޫނެކޭ..އަހަރެން ރަނގަޅޭ..ކަލޭ މެން އޭޗެކޭ މީއްޗެކޭ ނުކިޔާ އަހަރެން ފޮނުވާލަ ދީބަލަ.. އަހަރެން އެބަ ޖެހޭ ޕޮލިސް ސްޓޭޝަނަށް ދާން” ޑޮކްޓަރު ދެވަނަ ފަހަރަށް ދެކޮޅު ހެދުމުން މިލީނާ ހަޅޭއްލަވައިގަތެވެ. މިލީނާގެ އެއަމަލުން ޑޮކްޓާރާއި އެންމެން ދިޔަޢީ ސިހިގެންނެވެ.

“މަންމާ..ޑޮކްޓަރު އެބުނީ ތެދެއް..މަންމަ އަދި އެހާ ފިޓް އެއް ނުވާނެ ނުކުމެ އުޅޭކަށް..” މިލީނާގެ އަތުގައި ހިފާލަމުން ޔަޒަން ނުހަނު ލޯތްބާއި އެކު ބުނެލިއެވެ.

“ދަރިފުޅާ..ޝަހުރޫޒް އާއި މަންމަ ވަރަށް ބޮޑަށް ބޭނުންވޭ ބައްދަލް ކޮށްލަން..ޕްލީޒް..މިހާރުވެސް ނޭނގޭ ކަންތައް ގޮސް އޮތް ހިސާބެއް…އާދޭސް މިކުރަނީ ދަރިފުޅާ ގޮތެއް ހަދާލަދީ” މިލީނާ އެވަރަށް ވެސް އާދޭސް ކުރުމުން ވެސް ޔަޒަން އެއްބަސް ވާގޮތެއް ނުވިއެވެ. ޔަޒަންގެ ޖަވާބަކަށް ވީ ދެދުވަސްފަހުން ދޫކޮށްލުމުން ޕޮލިސް ސްޓޭޝަނަށް ދާން މަޑުކުރާނީކަމުގައެވެ. ދެން މިލީނާއަށް ފެނުނީ އެންމެ ވަރުގަދަ ހަތިޔާރެވެ. އޭނާގެ ކަރުނައެވެ. އެއީ ޔަޒަންގެ ބަލިފައި ކަން އޭނާ ދަނެއެވެ. ދެލޮލަށް ކަރުނަ ގެނެސްގެން ޔަޒަން ގާތު އާދޭސްކުރަން ފެށިއެވެ.

ޔަޒަން ހިތާއި ދެކޮޅަށް ވެސް ޑޮކްޓާރާއި ދިމާ ބަލައިލީ މިލީނާގެ ކަރުނަތައް ފެނުމުން ހިތައް އުނދަގު ވެގެންނެވެ. ޑޮކްޓަރު ފުންނޭވާއެއް ދޫކޮށްލުމަށްފަހު ބޯޖަހައިލިއެވެ.

“ދޫކޮށްލެވިދާނެ..އެކަމަކު ޑިސްޗާޖް މުއްދަތުގެ ކުރިން ދިޔުމުން ތިކޮޅަށް ވާ އެއްވެސް ގެއްލުމަކަށް މިކޮޅުން ޒިންމާ ނުވާނެ.. އެކަމާއި ގުޅޭ  ފޯމް އެއް އިންނާނެ.. ގެއަށް ދެވޭނެ ފޯމުގައި ސޮއި ކޮށްފަ” ޑޮކްޓަރުގެ އިޝާރާތާއި އެކު ކައިރީގައި ހުރި ނަރުހަކު ބުނެލިއެވެ. އެހިނދު މިލީނާ އަވަސްއަވަހަށް ބޯޖަހައިލިއެވެ.

ޑިސްޗާޖުފޯމުގައި ސޮއި ކުރުމަށްފަހު ޔަޒަންގެ ކާރުގައި މިލީނާ ގޮވައިގެން ދިޔައިރު އާނާ އާއި މިހުރާން ވެސް އެކުގައި ދިޔައެވެ.

ޕޮލިސް ސްޓޭޝަން ތެރެއަށް ހަތަރު މީހުންދިޔައެވެ. ވަދެގެން ދިޔައިރު މިލީނާ އިން ގޮނޑި މިހުރާން ދުއްވަމުން ދިޔަ އިރު ކައިރީގައި އާނާ ހުއްޓެވެ. އެމީހުންނަށް ވުރެން ތަންކޮޅެއް ކުރިން އިތުރު ޕޮލިސް އޮފިސަރަކާއި އެކު ޔަޒަން ހިނގަމުން ދިޔައެވެ. ޝަހުރޫޒް އާއި ނައުފަލް ބައިތިއްބާފައި ހުރީ ޖެހިޖެހިގެން އިން ދެގޮޅީގައެވެ. އެހިސާބަށް ދެވުމުން ޝަހުރޫޒް ދެކެން ބޭނުން ނުވުމުން ޔަޒަންއާއި އާނާ ދުރަށް ޖެހުނު އިރު މިލީނާ އެދުމުން މިހުރާން ގޮސް ހުއްޓިލީ ޝަހުރޫޒްގެ ގޮޅިކައިރިގައެވެ.

ސަހުރޫޒް ބިންމަތީގައި އިށީންދެގެން އިން އިރު އިނީ އިސްޖަހައިގެންނެވެ. ގައިދީން ލައްވާ ފެހިކުލައިގެ ޔުނީފޯމުގައި އިން އިރު އޭނާގެ ބޮލުގެ ދިގު އިސްތަށިގަނޑު އޮތީ ހާވާލައިފައިވުމުން އޭނާ އިން ހިސާބު ތިރިއަށް ފެތުރިފައެވެ. އެއްވެސް ތަރުތީބެއް ނެތެވެ. އޭނާގެ ތުނބުޅިވެސް އެފަދައެވެ. ދިގުވެގެން ސިފަ ގެއްލޭ ވަރުވެފައެވެ. މީހަކު ކައިރިޔަށް ހުއްޓުނުހެން ހީވީ ކަންނޭގެއެވެ. އިސް އުފުލާ ބަލައިލިއެވެ. އެވަގުތު ފުރޮޅުލީ ގޮނޑީގައި އިން މިލީނާފެނި ޝަހުރޫޒް ދިޔައީ ސިހިގެންނެވެ. އަވަސްއަވަހަށް އައިސް ހިފައިލީ މިލީނާ އިން ހިސާބުގައިވި ތޭރިތަކުގައެވެ.

“ވަރަށް ހައިރާން ވެއްޖެ ދޯ މަ މިހެން އިނީމަ..ކަލޭ އުފާ ކުރޭ..މިއީ ކަލޭގެ ސަބަބުން މަށައް ޖެހުނު ނިކަމެތި ހާލު”  ހަޔާތުގައި ފުރަތަމަ ފަހަރަށް މިލީނާ އަދަބު ކުޑަކޮށްލާފައި ޝަހުރޫޒާއި ވާހަކަދެއްކިއެވެ. އެކަމުން ޝަހުރޫޒަށް ލިބުނު ކުއްލި ސިހުން ދުރުގައި ތިބި ޔަޒަން އާއި އާނާ އާއި މިހުރާންއަށް ސިއްރެއް ނުވިއެވެ.

“މިލީ..ބައްޕަ ކުރިހާ ކަމެއް ވެސް ކުރީ ދަރިފުޅުމެންނަށްޓަކައޭ..ދަރި-” ، “އައްޗީޑި މަށައް ތި މުޑުދާރު އަނގައިން އެންމެ ފަހަރަކުވެސް ދަރިފުޅާއޭ ކިޔާފަ ދެން ނުގޮވާތި ” ޝަހުރޫޒްގެ ޖުމްލަތައް އިވުނު ހިނދު މިލީނާ އެހުރިހާ އިރު ހިފަހައްޓާއިގެން އިން ރުޅިގަނޑު ހިލިއްޖެއެވެ.

“މަށައްޓަކައޭ ބުނަން ލަދުހަޔާތް ކޮބާ..މަގޭ ފިރިމީގެ އާއިލާ ކާލާފާ..ޔަޒީދު ބައްޕަ އުމުރު ދުވަހު ކުރި މަސައްކަތް ތި ހަޔާތްކުޑަ މީހާ ފޭރިގަތީ އެންމެ ގާތް އެކުވެރިޔާއަށް ވެ ހުރެފަ.. އެވަރު ފުދުނިއްޔެއް ނޫނޭ…ދެން ވެސް ޔާމީން ފަކީރުގެ މުޅި ދިރިއުޅުން ހަފުސްކޮށްލާފަ  މަގޭ ދެއަންހެން ދަރިން މަރާލާފަ ދެން އެހުރި ދަރި މަރުނުވިއަކަސް ކަލޭގެ ސަބަބުން އެކުއްޖާ ކިރިޔާ އެހުރީ މަރުނުވެ ސަލާމަތް ވެފަ..ޔާމީންގެ އެންމެ ގާތް އެއް އެކުވެރިޔާ ޒަކީން ވެސް މަރާލީ ކަލޭ.. އަކްރަމްއާއި ނުބެހެ ހުރީ ކާކުގެ ނަސީބެއް ކަމެއް ނޭނގޭ..މީތަ އުފަން ބައްޕަގެ ހައިސިއްޔަތުން ކަލެއަށް މަށަށް ދޭން ހައްގުވި އިނާމަކީ..މަށައް ނޭނގި ހާދަ ގަނޑެއް ތިނުބައި ފުރޭތަ ގަނެފީމެންނު ދޯ..ހަނދާން ކުރާތި  އޭނި ގޮޅީގަ އެއިނި މީހާއާއި ބައިވެރިވެގެން ދެން ދުވަހަކު ވެސް މަގޭ ދިރިއުޅުމަށް ވައި އެޅެން ވެސް މަސައްކަތް ނުކުރާތި..ހިތައް ވެސް ނާރުވާތި..ކަލޭ މަރާލާނީ މަގޭ ދެއަތުން…ދުވަހަކު ވެސް މަގޭ މާފެއް ނުލިބޭނެ..ދެދުނިޔޭގަ ވެސް..ތީ އަހަރެންގެ ބައްޕަ ކަމަކަށް ވެސް އަހަންނެއް ނުދެކެން މިހާރު..އިވިއްޖެތަ..ކަލެއަށް ދޭނެ އަދަބު ދެން ކަނޑައަޅާނީ ޝަރީއަތުން..މިއަދު ކަލެއާއި އެއްކޮން މިކަމުގަ ބައިވެރިވި އެންމެން އެތިބީ ގޮޅީގަ..ކަލޭ ފައިސާ އޮއްސައިގެން ނުހައްގުން ޒަކީންއާއި ޒައިރާގެ ޝަރީއަތް  ހިންގި މީހުން ވެސް އެގޮޅިއަށް ފައްތާނަން އިންޝާﷲ.. ދެން ހުރޭ މަންޒަރު ބަލަން..ކަލޭ ކުޅުނު ކުޅިވަރު ދެން ކުޅޭނީ އަހަރެން..މިތާގެ މީހުން ލައްވާ ހަބަރު ފޯރުވާ ދޭނަން..ތިއީ އެއްވެސް އަގެއް ނެތް މީހާގަނޑެއް “އިޝީނދެ އިން ގޮނޑިން ތެދުވެ ތޭރިތަކުގައި އަތުން ތަޅަމުން ކިޔަން ބޭނުންވި ހުރިހާ އެއްޗެއް މިލީނާ ކިއެވެ. އެންމެ ފަހުން ބުނެލި ޖުމްލަތައް ބުނެލި އިރު މިލީނާގެ މޫނުމަތީގައި ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ.

އިތުރަށް ބަހެއްނުބުނެ މިލީނާ  ގޮނޑީގައި އިށީނެވެ. އޭނާ އިސް އުފުލާ ބަލާވެސް ނުލާ އިނދެފައި މިހުރާން ގާތު ގޮނޑި ދުއްވުމަށް އެދުނެވެ.

މިހުރާންގެ ގާތުގައި އާނާއާއި މިލީނާ ގޮވައިގެން ގެޔަށް ގެންދިޔުމަށް ޔަޒަން އެދުނެވެ. އެމީހުން ދިޔުމުން ވެސް ޝަހުރޫޒްގެ ގޮޅި ފެންނަ ހިސާބުގައި ޔަޒަން މަޑުކޮށްލައިގެން ހުއްޓެވެ.

މިލީނާ ދިޔައިރު ވެސް ޝަހުރޫޒްއަށް އަނގައިން ނުބުނެވި ހުރިއިރު އޭނާގެ ހިތައް ތަފާތު އަސަރެއް ކުރަމުންދިޔައެވެ. ފުރަތަމަ ފަހަރަށް އަމިއްލަ ދިރިއުޅުމާއި މެދު ވިސްނާލެވުނެވެ. އޭނާގެ ދިރިއުޅުމުން އެހެންމީހުންގެ ހައްގުތަކަށް އަރައިގަނެވިފައި ވީވަރު ފުރަތަމަ ފަހަރަށް އިހްސާސްވިއެވެ. ކުށެއް ނެތް އަމިއްލަ ދެ ކާފަ ދަރިންގެ ފުރާނައާއި މިވަނީ އޭނައަށް ކުޅެވިފައެވެ. އެއް ދަރި މަރުވީ އޭނާގެ އަތުންނެވެ. އަނެއް ދަރި މަރާލީ އެހެން މީހެއް ކަމުގައި ވީނަމަވެސް އެއީ އޭނާގެ ޕްލޭނެވެ. ދެން ހުރި ކުއްޖާ މިއަދު ފެންނަން ހުރުމުން އޭނާގެ ހިތައް ތަފާތު ދިރުމެއްގެ އިހްސާސް ވެސް ކުރެވިގެން ދިޔަކަން ހުދު އޭނާއަށް ވެސް އެނގުނެވެ. އެންމެ ލޯބިވި ކާފަ ދަރިފުޅު ޔަޒަން ވެސްއެހިސާބަށް އައިސްފައި ކައިރިއަށް ނައިސް ދެއްކި ދުރުކަމުން ހިތް ކުދިކުދިވި ކަހަލައެވެ. އެންމެ ގާތް އެކުވެރިއާ ޔަޒީދު އާއި އެކު އުޅުނު އުފާވެރި ދުވަސްތައް ފިލްމެއް ހެން ސިކުނޑީގައި ނިއުޅެމުން ދިޔައިރު ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހެރެމުން ދިޔައެވެ.  އެ އެކުވެރިޔާ ކިހާ ހެޔޮ ހެއްޔެވެ. ޝަހުރޫޒްގެ ނިކަމެތިކަމުން އެހީވެ މީހަކަށް ހަދައިދީ ކާން ދީ ހެދުމުން އެއަތުގައި އޭނާ ނުހަނު ބާރަށް ދަތްއެޅީއެވެ. ދެވަނަ ފަހަރަށް ހޭ ނާރާ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ޔާމީންއާއި ދިމާކޮށްލެވުނީ އެވެ. އެވެސް އެންމެ އަނިޔާވެރި ބީދައިންނެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ. އޭނާ އަށް ވިސްނިއްޖެއެވެ. އެހެންނަމަވެސް މާ ލަސްވެއްޖެއެވެ.  “ދަރިފުޅާ ބައްޕައަށް މާފްކުރޭ..”ޝަހުރޫޒް ރޮމުން ގިސްލެވެމުން ހުރި ދިމާލަށް ތިރވެވުނެވެ.

މި މަންޒަރު ބަލަން ދުރުގައި ހުރި ޔަޒަން މަޑުމަޑުން ކައިރިޔަށް އައެވެ.

“ދަރިފުޅާ..ކާފަގެ އެންމެ ލޯބިވާ ދަރިފުޅާ ..ޒޭން” ޔަޒަން ހުރިތަން ފެނި ރޮމުން ރޮމުން ޝަހުރޫޒް ގޮވައިލިއެވެ.

ހަޔާތުގައި ފުރަތަމަ ފަހަރަށް ޝަހުރޫޒް އެހާ ނިކަމެތިވެފައި ރޯތަން ފެނި ޔަޒަންގެ ހިތް މަޑުވާން އުޅުނެވެ. ނަމަވެސް ދެވަނަ ސިކުންތގައި އައިނާ އާއި  ލޯބިވާ ބައްޕަގެ މަތިން ހަނދާންވެ ހިތުގައި ވި ނަފްރަތު ދެގުނަ ވެއްޖެއެވެ.

“މިހާރުވެސް މިހުރީ ކެތްމަދުވެފަ އެންމެ އަނިޔާވެރި ގޮތުގަ ޖަލުގައި ކަލޭ އުޅޭތަން ބަލާލަން.. ދުވަހަކު ވެސް މި ހިތް ހެވެއް ނުވާނެ.. ދުވަހަކުވެސް ތި ނުލަފާ އި****ށް މާފެއް ނުކުރާނަން.. ކަލެއަށް ކުރެވުނު ކުށް އިހްސާސް ވާ ނަމަ ޝަރީއަތުގެ މަޖިލީހުގަ ކުރެވުނު ހުރީހާ ކުށަކަށް އިއުތިރާފް ވޭ..ދެން ވެސް ނަވާރްގެ ބައްޕަގެ ކޭސް ބެލި ޖަޖުންނަށް ފައިސާ ދިން ހެން ދޭން މަސައްކަތް ކޮށްފިއްޔާ ވަރަށް ގޯސް ވާނެ..ހަނދާން ކުރާތި” ޝަހާދަތް އިނގިލި ދިއްކޮލަމުން ޔަޒަން ބުނެލީ އިންޒާރެއް ފަދައިންނެވެ.

ޔަޒަން ނުކުމެގެން ދިޔަތަން ބަލަން ހުރި ޝަހުރޫޒަށް އިތުރަށް ރޮވިއްޖެއެވެ.

 

***

“ބޭބޭ..ބައްޕަ ކޮބާ..އައިސްފިކަމެއް އެނގޭތަ” ނަވާރް އަހައިލީ ސާކިރް ގާތުގައިއެވެ.

”އާން ކޮންއިރެއް..ފަތިހު ހަތަރެއް ޖަހާކަށް ހާއިރު އައިސްފި..މިހާރު ނިދައިފަ ވާނީ..ނަވާގެ މަންމަ އާއި ބޭބެ ދިޔައީމަ އޭބުނި މިއައީ.. އާނާ ވެސް ގޮސްފި މިހާރު” ޝާކިރް ބުނެދިނެވެ.

ޝާކިރް މިއަދު އެހެން ދުވަސްދުވަހާއި ތަފާތު ހެން ހީވެގެން ނަވާރް ސުވާލްކޮށްލިއެވެ. އަބަދުހެން ކަޅު ކުލައިގެ ގަމީހާއި ފަޓުލޫނުލައި އުޅެފައި މިއަދު ކުއްލިޔަކަށް ހުދުކުލައިގެ އަތްދިގު ޓީޝާޓަކާއި ހުދު ޖިންސެއްގައިހުރުމުން ހައިރާންވެސް ވާނެތާއެވެ.

“އަބަދު ކަޅު އެއްޗިހުނުގަ ހުރެފަ ދެން ހިތައް އެރީ މިއަދު ލާނީއޭ..ބޭބެ ވެސް މިއުޅެނީ މީހަކާއި އިންނާން..ތަފާތު ވެސް ވާން ވާނެ އެންނު އެހެންވީމަ” ޒާތަކަށް ހީލައިގެން އިނދެ ޝާކިރްބުނެލިއެވެ.

ނަވާރް ގާތައް ޝާކިރުގެ އެއަމަލުން ހިނިއަންނަ ގޮތްވިއެވެ.

“އަހާންން ބޭބެ ލަދުގަތީތަ..ހަހަ..މަރުހަބާ މަރުހަބާ..މީ ދޯ މި ވީ ގޮތަކީ..ކޮން އިރަކުންތަ ކައިވެނިކުރަނީ..” ހީލައިގެން އިނދެ ނަވާރް އަހައިލިއެވެ.

“އަހަހަ..ބޭބޭ އަށް ފޯނެއް އެބައާދޭ…ނަގާލާނަން” އެވަގުތު ރިންގުވާން ފެށި ފޯނު ޖީބުން ނަގަމުން ސާކިރު ބުނެލިއެވެ. ނަވާރް ވެސް ބޯޖަހައިލިއެވެ. އޭރު ސާކިރު ބަދިގެއާއި ދިމާއަށް ދެއެވެ.

“ޒެލީ ހަންގްރީ ވޭތަ..” އުނގުގައި އިން ޒެލީންގެ ގާތު ނަވާރް އަހައިލިއެވެ.

“ޒެލީ ބޭނުމީ ބްރެޑް އާ ޗޮކޫ” ޒެލީންގެ ތުންކޮޅު އޫކޮށްލިއެވެ.

“އޯކީ..ދޮންބެދައްތަގެ ޑްރާމާ ކްއީން މި ހަމަ..ހެހެހެ..އަންނާނަން ބްރެޑް އާ ޗޮކްލެޓް ހިފައިގެން.. ބަސްއަހައިގެން އިންނައްޗޭ އިނގޭ” ޒެލީން ބައިންދާފައި ނަވާރް ދިޔައީ ބަދިގެއަށެވެ. ޓްރޭއަކަށް ޒެލީންއަށް ބޭނުންވާ ސާމާނު އަޅާލައިގެން ކާކޮޓަރިން ނުކުންނަކޮން އެދިމާލަށް ހުންނަ ނައުފަލް އުޅުނު ކޮޓަރީގެ ތެރެއިން ވަރަށް ސިއްރުން ޝާކިރު ނުކުންނަ ތަން ފެނުނުނެވެ. އޭރުވެސް ޝާކިރު ހުރީ ފޯނުގައެވެ. ވަރަށް މަޑުމަޑުން ހުރެ ކޮންމެވެސް އެއްޗެއް ކިޔަމުން ދިޔައިރު އެހެންޏާ ނުފެންނަ ތަފާތު ކުލަވަރެއް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައެވެ.

“ޝާކިރްބެ..އެވެސް ނައުފަލްގެ ރޫމު އިން.. ޝާކިރްބެއަކީ އެހެންޏާ ވެސް އެހެން ހާވާ މީހެއްނޫން..އެއްޗެއް ހޯދަން ކަންނޭގެ….އެކަމަކު ނައުފަލްގެ ކޮޓަރި ކުރިމަތީގައޭ ދޯ ޝާކިރްބެ ކޮޓަރިވެސް އެހުރީ… އަހާލަން ދާން ވީ” ހައިރާންވެފައި ހުރި ނަމަވެސް ނަވާރް ގަސްދުކުރީ ޝާކިރްގެ ބޭނުން އަހާ އޮޅުން ފިލުވުމަށެވެ.

“އާންން..މި މުދާ ގަނޑު..މިގޭ އަހަރެން ހޯދާފަ ހުއްޓާލާނީ..މިއީ އަހަރެންގެ ހައްގެއް..ބައްޕަ ބުނެފަ އޮތީ ހޯދާދޭނަމޭ..ސުޖާއު ކަލޭ ވާނެ ލާރާ މައިތިރި ކުރަން…އެއުޅޭ ޕޮލިސް ސޮރުގެ ފޯނުން ހިލްމީ މަށައް ގުޅި..އެހާވަރަކަށް ކީ ލާރާ ސަލާމަތް ކުރާށޯ..އެކަމަކު މަށެއް ވެސް މަ ބެދޭ ހެނެއް ކަމެއް ނުކުރާނެ ދޯ…މަ އަދި ބޭނުމެއް ނޫން ހުރިހާ  ކަމެއްގެ ފަހަތުގައި ހުރީ މަގޭ ކަން އެނގޭކަށް..މިބުނީ ހުރީ މަރެއްގެ ފަހަތުގަ….ހަހަހާ…އަދި ނަންދީގެންނޭ އުޅެނީ ނޭމްކޯޑޭ ކިޔާފަ…އަހަހަ..ކަލޭ ތި އަންނަނީ ދޯ މިގެއަށް..އަންނަން ވާ އިރަށް މަ ނައްޓާލާނަން.. ރަނގަޅު ބޮނޑިއެއް ބޯން ދޭތި..މިޝަން ކްލީން ކުރާތި މަ އަންނަން ވާއިރަށް..” ފުރަތަމަ ފަހަރަށް ޝާކިރްގެ އެސިފަ ފެނުނު ހިނދު ނަވާރްއަށް ހުރެވުނީ ގުޑިލަން ވެސް ނޭނގިފައިއެވެ. ފައިދަށުން ބިންގަނޑު ގަނބައިގެން ދިޔަހެން ހީވިއެވެ. މިހުރިހާ ދުވަހު އެންމެންގެ ލޮލުގައި އަނދުން އަޅުވައިގެން ހުރިހާ ކަމެއްގެ އަނޑީގައިފޮރުވިގެން ހުރީ ޝާކިރު ހެއްޔެވެ. ހުރި ނުބައިކަން ދެކިބަލާށޭވެ. ޔާމީންއާއި އަކްރަމް އާއި މިލީނާގެ ލޮލުގައި ވަރުގަދައަށް އަނދުން އަޅުވައިގެން އައިސް ހުރިހާ އެންމެންގެ ދިރިއުޅުމުގައި ވަރުގަދައަށް ހުޅުޖަހައިފިތާއެވެ. އެހެންވީމާ ޝަހުރޫޒްގެ ދޮށީ ދަރިއަކީ ޝާކިރްތާއޭ ނަވާރް ހިތައް އެރިއެވެ.

ލިބުނު ވަރުގަދަ ޝޮކުން ނަވާރް ދިޔައީ ތުރުތުރު އަޅަމުންނެވެ. އަތުގައި ހުރި ތަބަކުގެ ވެސް ތެޅެމުންދިޔައީ އަތުންދޫވާހާ ބާރަށެވެ. އޭގެ ހުރި ޖޫސްތަށި ތަބަކުގެ ތެރެއަށް ބަންޑުންވި ގަނޑީގައި އިވުނު އަޑުން ފޯނުގައި ހުރި ޝާކިރް ތެޅިގަނެފައި ފަހަތައް އެނބުރިލިއެވެ. ނަމަވެސް އެވަގުތު ކޮންމެވެސް މީހަކު ނަވާރްގެ އަތައް ތަބަކާއި އެކު ދަމާލައި އެންމެ ކައިރިއަށް ހުރި ކޮޓަރިއަށް ވެއްދިއެވެ.

“ކާކު..ކާކު ހޭ” އަވަސް އަވަހަށް ފޯނު ބޭއްވުމަށްފަހު ޝާކިރު ވަށައިގެން މީހެއްގެ ހިލަމެއް ވޭތޯ ބަލައިލިއެވެ. ނަމަވެސް އެކަކުގެ ހިލަމެއް ވެސް ފެންނާނަކަށް ނެތެވެ. އޭނާ ބޮލުގައި އަތް އަޅާ ލައިގެން ހުރެ މޮޔައެއްހެން އެނބުރެމުން ދިޔައެވެ. އޭނާ ފޯނު ނަގާއި ސުޖާއުއަށް އަލުންގުޅިއެވެ.

“ކާކު ކަމެއް ނޭނގެ އޭ… ކަލޯ މަ ފޯނުގަ ހުއްޓާ ފަހަތުން ކޮންމެވެސް މީހެއްގެ ހިލަން ވެއްޖެ.. ހީވުމެކޭ..ކަލޭ ތިހެން  ބުންޏަކަސް މަށައް ދޯ ހީވުމެއް ނޫން ކަން އެނގޭނީ..ހާދަ އަސްލާ އެއްގޮތޭ..ހީވުމެއް ނޫން ކަން ޔަގީން..ހަމައަސްލަށް ވެސް މީހަކު ދުއްވައިގެން އަޑު އިވުނު…” ޝާކިރު އޭރުވެސް އެކި ސަރަހައްދުތައް ބަލަމުންދިޔައެވެ. ޝާކިރު ކުއްލިއަކަށް ހުއްޓުނީ ފެން އެއްޗަކަށް ފައިން އެރިގެންނެވެ. އޭނާ އެދިމާލަށް ތިރިވި ހިނދު ޓައިލްސް މައްޗަށް ވެރިފައި ހުރި ޖޫސް ފެނުނެވެ. އެވަގުތު ޝާކިރުގެ މޫނުމަތިން ފެނުނީ ނުރައްކާތެރި ހިނިތުންވުމެކެވެ.

“އޭ މަބުނީމެންނު ގޮލައަކަށް ބަސްޓުވެއްޖެއޭ..އެމީހަކު ދިޔަ ދިމާލު ތިރީގަ އެބަހުރި ދިޔާ އެއްޗެއް އަޅާފަ..ކަލޭ ވީ ހާވެސް އަވަހަކަށް އާދޭ..މަ މިހޯދަނީ އޭނަ ..އެނގިއްޖެ ކާކުކަން” އިތުރަށް މަޑުނުކޮށް ޝާކިރު ހިނގައިގަތެވެ.

 

…

ޝާކިރްގެ ހުރިހާ އަމަލަކަށް ދޮރު ހިންމިއަކަށް ހުޅުވާލައިގެން ނަވާރް ބަލަން ހުރިއިރު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނުތައް ފައިބަމުންދިޔައެވެ. ބިރާއި ހިތާމައިން އޭނާގެ މުޅި ނަފްސް ފޯވެއްޖެއެވެ. ނަވާރްގެ ފޯނު ހޯދުމަށް ޖިންސްގެ ޖީބުގައި އަތްލި ހިނދު ހުސްކޮން ހުރުމުން ހިންދިރުވާލެވުނެވެ.

“މެޑަމް..ނުލަފާ މީހަ ހުންނަނީ..މަށާ ނަފީސާއަށް ނުދެވެނުނު ނަމަ މެޑަމް އަށް ވާނެއް ގޮތެއް ވެސް ނޭނގޭ..” ނަވާރްގެ އަތުގައި ހިފައިގެން ހުރި ޔަހްޔާ ވެސް ހުރީ ރޮވިފައެވެ. އޭނާގެ ކައިރިގައި ހުރި ނަފީސާވެސް ހުރީ އެހާލެއްގައެވެ. އެމީހުންނަށް ވެސް އެމަންޒަރު ފެނުނީ ކާކޮޓަރިއަށް ވަންނަން އަންނަނިކޮން ނަވާރް ހުއްޓިފައި ހުރިތަންފެނިގެން އެދިމާލަށް އައި ހިނދުއެވެ. ޝާކިރްފަދަ މީހެއްގެ ހަގީގީ ކުލަވަރު ފެނުނު ހިނދު އެމީހުންނަށް ވެސް ވަނީ ވަރުގަދައަށް ޝޮކުލިބިފައެވެ.

“ޔަހްޔާ..ނަފީސާ..އަހަންނާ ޔަހްޔާ ދާނަން ޒެލީ ގޮވައިގެން ހޮސްޕިޓަލަށް..ނަފީސާ ދޭ ބޭބެއަށް ގޮވަން..ލަސްނުކޮށް ދޭ.. ދަމުން ނަފީސާ ގުޅާތި އާނާއަށް އެނގޭ..ދެން އަވަހަށް ދޭ އެންމެ މިނެޓް އެއް ލަސްކުރުން ވެސް ރަނގަޅެއް ނޫން” ވައި އަޑުން ނަވާރް ވާހަކަ ދެއްކިއެވެ. އޭރުވެސް އޭނާ ހުރީ ދުރުގައި ހުރި ޝާކިރްގެ ހަރަކާތްތަކަށް ފާރަވެރިވަމުންނެވެ.

”އަޅޭ މެޑަމް..އަހަރެމެން މިތިބެނީ ޝާކިރްގެ ރޫމުގަ ދޯ” ޔަހްޔާގެ ޖުމްލައިން ނަވާރް އަދި ނަފީސާ މުޅި ކޮޓަރިއަށް ނަޒަރެއް ދިނެވެ.ތެދެކެވެ. އެބުނާހެން އެމީހުންނަށް އެތިބެވުނީ ޝާކިރްގެ ކޮޓަރީގައެވެ. އަވަހަށް ސަލާމަތް ވުމަށް އެންމެ ކައިރީގަ ހުރި ކޮޓަރިއަށް ދެމިގައިން އިރު މިއީ ޝާކިރްގެ ކޮޓަރިކަމެއް އެއްވެސް ވަރަކަށް އެމީހުންނަކަށް ނޭނގެއެވެ. އެވަގުތަކީ ދުރުގައި ހުރި ޝާކިރް އެދިމާލަށް އަންނަން ހިނގައިގަން ވަގުތެވެ. ތިންމީހުންގެ ލޯ ދިޔައީ ބޮޑުވެގެންނެވެ.

“އަޅޭ…ދެން ކިހިނެތް ހަނދާނީ.އާހް..އާހް..”

“އޯހް ޔެސް މި ރޫމްގެ މީނި ކުޑަ ދޮރު އިންނާނީ ކޮރިޑޯއަށް ދޯ..ލެޓް ހަރީ..އަވަސް ކުރޭ އާދޭ..”ނަވާރް ބަނޑުގައި އަތްއަޅާލައިގެން އަވަހަކަށް އައިސް ހުއްޓުނީ ކުޑަ ދޮރު ކައިރީގައެވެ.

ކުޑަ ތާއްޓެއް އަޜާފައި ހުރުމުން ދޮރު ހުޅުވުނީ ސިކުންތު ކޮޅެއް ފަހުންނެވެ. ނަވާރް ދުރައް ޖެހިލާފައި އެންމެ ފުރަތަމަ ދޮރުން ފޭބީ ޔަހްޔާއަށެވެ. ޔަހްޔާއަށް ފަހު ނަފީސާއަށް ފޭބުނީ ކިރިޔާއެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުނެވެ. ނަވާރް ތެޅިގަނެފައި ދޮރުފޮތި ގަނޑު ބިއްދޮށަށް ވަދެ ފިލިއެވެ.

“ޕްލީޒް އަހަންނަށް ނުބަލާ ޒެލީ ގޮވައިގެން ފިލާ ޔަހްޔާ..ނަފީ ކޯލް ޔަޒަން އާއި އާނާއަށް..ބައްޕަ ގެ ކޮޓަރި ބަލާ ބައްޕަ އުޅޭތޯ..އަވަސް..އަހަރެން ބަނޑުބޮޑު..މިކަހަލަ ތަންތަނުން ފައިބާކަށް ނުކެރޭނެ އެހާ ހަލުވިކޮން..” ޝާކިރް ވަދެގެން އައުމުން ކުޑަ ދޮރު ބޭރުގައި ރޮވިފައި ތިބި ނަފީސާމެންނަށް އިވޭހެން މަޑުން ނަވާރް ބުނެލިއެވެ.

“މެޑަމް ބަހައްޓާފަ އަހަރެން ނުދަނީ..” ބާރަށް ރޮވިދާނެތީ އޭރު ނަފީސާ އަނގަމަތީގައި އަތް އެޅިއެވެ.

” އިންޝާﷲ ރަނގަޅުވާނެ.. އަވަސް” އަޑު ބޭރު ނުކޮށް އިޝާރާތުން ނަވާރް ބުނެލީ ކުޑަދޮރާއި ނުހަނު ގާތުގައި ހުރި އަލާމާރިއާއި ގާތައް ޝާކިރްއައި އަޑުއިވިގެންނެވެ. އިތުރު ގޮތެއް ނެތިފައި ތިބެ ދެމީހުން އެތަނުން ދާންހިނގައިގަތީ ހިތާ ދެކޮޅަށެވެ.

އެމީހުން ދިޔުމުން ދޮރުފޮތިން ތަންކޮޅެއް ހިއްލާލުމަށްފަހު ނަޥާރް ކޮޓަރިތެރެއަށް ނަޒަރެއް ދިނެވެ. އެ ހިނދު އޭނާއަށް ލިބުނު ސިހުމާއި އެކު ހީވީ ހަށިން ހޭފިލާ ދިޔަހެންނެވެ. އަލަމާރީގައި އިން ލޯގަނޑު ދޮށުގައި ހުރި ޝާކިރު މިހާރު އެވަނީ ހުސް ކަޅު ތަކެތިން ފޮރުވިގެންނެވެ. ބޮލުގައި އޮތް ކަޅު ތޮފި ރަނގަޅުކޮށްލަމުން އޭނާގެ އަތުގައި އޮތް ކަޅު މާސްކު އަޅާލާ މޫނުމަތީގެ ބޮޑު ބައެއް ފޮރުވާލިއެވެ. ދެން ފެންނަން ހުރީ ނުރައްކާތެރިކަމާއި މަކަރުވެރިކަމުން ފުރިގެންވީ އެދެލޮލެވެ. އެ ދެލޯ ނަވާރްއަކަށް ދުވަހަކު ވެސް ނޯޅޭނެއެވެ.

ޒައިލީ މަރާލި ދުވަހު ކުޑަދޮރު ކައިރީގައި ހުރީ ހަމަ އެ ސޫރައެވެ. އެހެން ހުރެފައި ޝާކިރު ފަހަތައް އެނބުރިލިއެވެ. އާއެކެވެ. ޔުމްނާ މަރާލުމަށްފަހު ޝައުންގެ ފުރާނައާއި ވެސް ކުޅޭލީ ޝާކިރްކަން މިހާރު އޭނާއަށް މާބޮޑަށް ވެސް ޔަގީން ވެއްޖެއެވެ. ކެމެރާއިން އެދުވަހު ފެނުން މީހާ ފަހަތުން ފެންނަން ހުރިއިރު ޝާކިރް އާއި ތަފާތެއް ނެތެވެ. އެ މީހާ އެހުރީ ހަމަ ޝާކިރް ހުރި ގޮތަށެވެ. އިތުރަށް ޔަގީން ކުރާނެއެއްޗެއް ނެތްތާއެވެ.

ނަވާރްއަށް ދިޔައީ ރޮވެމުންނެވެ. އަނގަމަތީގައި އަތްއަޅާއިގެން ހުރިއިރު ވެސް އިހްތިޔާރުން ބޭރުން ނަވާރްއަށް އަޑެއް ލައްވައިލެވުނެވެ. އެހިނދު އަލަމާރިކައިރީގައި ހުރި ޝާކިރު ބަލައިލީ ކުޑަ ދޮރާއި ދިމާލަށެވެ. އޭނާ އެދިމާލަށް އަންނަން ފެށުމުން ނަވާރްގެ ދެލޯ ބޮޑުވިއެވެ.

“ކިހިނެތްބަ މި ދޮރު ހުޅުވުނީ..މިއީ ދުވަހަކު ވެސް މަ ހުޅުވި ދޮރެއް ނޫން..ޒައިލީ މަރާލަން މަ އެންމެ ފަހުން ވެސް މި ދޮރުން ފުންމާލީ..” ޝާކިރްގެ އަޑުން ނަވާރް އިތުރަށް މަޑުނުކޮށް ލޯ މަރާ ބަހައްޓާ ކުޑަ ދޮރުން ބޭރަށް ގޮތަކަށް ފުންމާލިއެވެ. އެހިނދު އޭނާގެ ބަނޑާށް ތަދެއްވެސް އަރައިގެން ދިޔައެވެ. ނަވާރްއަށް ހަޅޭއްލަވައި ނުގަނެވުނީ ކިރިޔާއެވެ. އަނގަމަތީގައި އަތް އަޅާއިގެން ގުދައް ގުދައް ކަހަލަ ގޮތަކަށް އޭނާ ކޮރިޑޯ އިން ލާފައި ސިޓިންގް ރޫމަށް ނުކުތެވެ.

މިނިޓެއް ވަރު ފަހުން ބަނޑަށް އެރި ތަދު ފިލާ ދިޔުމުން ނަވާރް ލަސް ނުކޮށް ދިމާ ކޮށްލީ ގެއިން ބޭރަށް ނުކުތުމަށެވެ. ނަމަވެސް ގޭގެ ބޮޑު ދޮރު ހުޅުވާލާފައި އެވަގުތު ވައިން މީހެއް ފެނި ނަވާރް އަށް ހުއްޓުން އެރިއެވެ.

“ކޮންތާކަށް ދާނަމޭ ހިތާތަ ތި ދުވެ ނަގަނީ..ހަހަހާ” ސުޖާއު ޖަހާލީ މަލާމާތުގެ ހިނިގަނޑެކެވެ. އޭނާ އައިގޮތައް އައިސް ހިފީ ނަވާރްގެ އަތުގައެވެ.

“ދޫ ކުރޭ.. ހަމަ މިހާރު ދޫކުރޭ..ކަލޭ އަކަށް ނުޖެހޭނެ އަހަރެންގެ އަތުގަ ހިފާކަށް..ގޮތްކުޑަ” ނަވާރް ދެލޮލުން ފެންތައް ފައިބަމުން ދިޔަނަމަވެސް ނަވާރް ދިޔައީ ގަދަހަދަމުންނެވެ.

“އަހަހަހާ..ކަލޭ އަށް ކީއްކުރެވޭނީ..ވަރަށް ދުވަސް ވެއްޖެ މަ ކަލެއަށް ކަޅި އުކާތާ..ދެން އަހަރެން ކަރުހިއްކުން ފިލީމަ ފޮނުވާލަނީ..މިހާ ލޯބި މަލެއް ކިހިނެތް ދޫ ކޮށްލާނީ އަޖުމަ ނުބަލާ”  ސުޖާއު ނަވާރް ގަޔާ ކައިރިއަށް ގެންނަން ފެށިއެވެ. އޭރު ވެސް ހުއްޓުމެއްނެތި ނަވާރް ދިޔައީ ސަލާމަތް ވުމަށް މަސައްކަތް ކުރަމުންނެވެ.

“ދޫކުރާށޭ..ހަމަ މިޙާރު އަހަރެންގެ ގައިން އަތްނައްޓާ..ނުވާނެ އަތްލައިގެން..”ސުޖާއުގެ އަތުން ނަވާރްގެ ހަށިގަނޑުގައި ބީހެން ފެށުމުން ކަރުފަޅައިގެންދާ ވަރަށް ނަވާރް ހަޅޭއްލަވަމުން ދިޔައެވެ.

“ކަލޭ ހަޅޭއް ނުލަވަބަލަ..ހީވަނީ ކަންފަތައް އަލިފާން އަޅާހެން.. ތެދޭ ބޮސް .. ދޫ ކޮށްލަން ވީތަ.. ކިހިނެތް ހަދަން ވީ..” ސުޖާއު ބުނެލި އަޑަށް ނަވާރް ފަހަތް  ބަލައިލިއެވެ. އޭރު މާސްކު ތިރިކޮށްލައިގެން ބަލަހައްޓައިގެން އެހުރީ ޝާކިރު ނޫން ދެވަނަ މީހެއްނޫނެވެ.

ނަވާރް ދެލޯ ބޮޑުކޮށްލައިގެން ހުރެ ބޯ ހޫޜާލެވުނީ ޝާކިރް އެދިމާލަށް އަންނަންފެށުމުންނެވެ. އޭނާގެ ދެއަތުގެ ތެރޭގައި އޭރު ދިޔައީ ކުޑަވަރެއްގެ ފިއޮއްސެއް އަނބުރަމުންނެވެ. ބިރުން ކަޅިއަރާވަރުވެފައި ހުރި ނަވާރްގެ ގާތައް ހުއްޓި ޝާކިރު ހީލީ ނުބައި ފާޑާކަށެވެ. އެހެން ހުރެފައި އޭނާ ސުޖާއުއަށް ކޮށްލި އިޝާރާތަކާއި އެކު ސުޖާއު ޖީބުން ނެގި ލުމާލެއް، ނަވާރްގެ އަނގަޔާއި ނޭފަތައް ދިމާވާހެން އަޅާލިއެވެ. އެހިނދު އެރި ވަސްގަނޑަކާއިއެކު ނަވާރްގެ ހެޔަށް ގޮތްވެގެން ހުރިދިމާ ތިރިއަށް ދެމުނެވެ.

***

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ލޯބީގެ ބާރުގައި…. (ކިޔުންތެރިންގެ ސަމާލުކަމަށް)

Next

ލޯބިން ބަލާލީމާ 12

Next
September 15, 2024

ލޯބިން ބަލާލީމާ 12

Previews
September 12, 2024

ލޯބީގެ ބާރުގައި…. (ކިޔުންތެރިންގެ ސަމާލުކަމަށް)

25 Comments!

  1. Kuthoo says:
    September 14, 2024 at 10:32 am

    Varah reeti mi part.

  2. Bassam says:
    September 14, 2024 at 10:39 am

    Aalhe aalhey 😡😡😡😡😡
    Shaakiru haadha hayaai kuda ey
    Hama kathilan v
    Ladhu kuda goi kudaa
    Enmen ge loluga adhun alhhvaagen 🤬🤬🤬🤬🤬🤬

  3. Name says:
    September 14, 2024 at 10:39 am

    Noooo!! Alheyy. Nawaa ah gotheh nuhadhahche😫. This is the best story I’ve ever read from esfiya. Curiously waiting for the next part!!

  4. Anony mee says:
    September 14, 2024 at 10:40 am

    😥😥😱
    Laaaaa nulafaa shaakitu
    Sho egna eiii shahrooz ge dhari dw
    What the 🫥
    This part toooo shocking 😮

  5. Lahu says:
    September 14, 2024 at 11:42 am

    Alheyyy noooooo😭😭😭
    Nawa ah gotheh nuhadhaathiiii😭😭
    Avahah aneh episode genesdheebalaaaaaa

  6. Anonymous says:
    September 14, 2024 at 12:08 pm

    Alheyy nava ah gotheh nahadahchey, avahah koo nooni akram be nama vx Aadhe ba. Don’t let them do anything to her, baby save kurahchey. Nulafaa shaakir gandhu avahah Konmx meeheh aadeba ethanah

  7. gurrrrl says:
    September 14, 2024 at 12:18 pm

    ohhh nooooooooo
    what the
    nooooooo navaa ah gotheh nahadhaathi
    curiously waiting next part ahh
    pls pls vrh avas kohdheche

  8. Eviee says:
    September 14, 2024 at 12:22 pm

    Eyyy nooon nulafaa meehaa gandu kaley nawa ah gotheh hadhaifiyya yazan ais kaley nolhaalaane
    Pls next part avahah up kohdheche Mihaaaru ves hurevenee eh noon 😭

  9. Kkukku says:
    September 14, 2024 at 12:49 pm

    Nubai ifureetheh mi shaakir mee🤬🤬🤬🤬
    Avas kihfhehcheh
    Nawa ah gotheh buhadhaathi

  10. ❤️ says:
    September 14, 2024 at 1:09 pm

    Alheyy nawwar ah ehn nuhadhaa 😭
    Mi bai kiyaafa rovihjje

  11. GHÔST GÎRL 👻 says:
    September 14, 2024 at 2:12 pm

    Eyyy nawaa ah gotheh nuhadhahchey vrh dhera vaane eyrah….yhhh rove rove varubali vejje sad life

  12. Cutie girl says:
    September 14, 2024 at 4:00 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Mi part kiyaafa rovijje
    Pls make things easy for zehek and nawaa
    Nawaa and koo is best couples
    Rihaam and zehek marry kuruvaa
    Mihuraan and Aana ves
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Heyonuvaane Shakir haadha nulafa ey
    Love you ❤️😍

  13. Lam’aa says:
    September 14, 2024 at 7:07 pm

    Subuhanallah
    Haadha nubai meehaa gadekey😭😭
    Rovihje mileena ge part kiyaafa
    Plx don’t ever do anything to nawa😭😭

    Butterflies happens when ren kiss aana 😭😭🥰🥰🥰

  14. ❤️ says:
    September 15, 2024 at 11:06 am

    When next episode? Can’t wait 🥲

  15. 🦊 says:
    September 15, 2024 at 2:10 pm

    When next part 😭😭😭😭

  16. Kanblo says:
    September 16, 2024 at 8:28 am

    V reethi
    When next 💞

  17. Anonymous says:
    September 17, 2024 at 8:48 am

    When next part?

  18. Naya says:
    September 17, 2024 at 9:01 am

    Wheres the final part 😙

  19. Kuthoo says:
    September 17, 2024 at 12:40 pm

    Next part kon iraku

  20. Anonymous says:
    September 17, 2024 at 7:59 pm

    Please next part avahah up kohdheeba 🥺

  21. Anonymous says:
    September 18, 2024 at 12:29 pm

    Next part kon iraku please be fast can’t wait

  22. ❤️ says:
    September 18, 2024 at 4:15 pm

    Annora dear
    When is the next episode?
    Can’t wait 🥲

  23. Nawar says:
    September 18, 2024 at 5:45 pm

    Whn next??
    Balee thr lasvanee?
    Mihaaru inthizaaru kuraathaa kn dhuvaheii

  24. Anonymous says:
    September 18, 2024 at 8:23 pm

    Please avahah next part up kohdheeba 🥺 why lasvani?

  25. Someone says:
    September 19, 2024 at 1:51 pm

    Please be fast 😭

Comments are closed.

Next Episodeތެމި ވާރޭގައި ވީމޭ 40 (ފަހުބައި)←


All Right Reserved!