Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތެމި ވާރޭގައި ވީމޭ 35

Annora Level 610 Stories100 Login100 Comments100 Stories
August 26, 2024 14 Mins Read
27 Comments

“ހުއްޓާލަ..ތިދެލޮލުން އެންމެ ޓިޔާސް އެއް ވެއްޓޭތަން ބަލަން އަހަންނަކަށް ކުޅަދާނައެއް ނޫން..ގެޔަށް ގޮސްފައެވާހަކަ ދައްކާނި ދޯ” އެތައް ސުވާލެއް ކުރަން ހުރި ނަމަވެސް އާނާ ބޭނުންވި ގޮތައް މިހުރާން ވަގުތު ދޭން ނިންމިއެވެ.

***

“ކޫ..ވެއިޓް..” ޔަޒަންގެ ފަހަތުން ދުވެފައި ނުކުމެން ނަވާރްގެ އަޑަށް ޔަޒަން ހުއްޓުނެވެ. ނަމަވެސް ފަހަތައް އެނބުރު ބަލައި ނުލާ ހުރިގޮތައް ހުއްޓެވެ.

ޔަޒަން ހުރިގޮތުން އެހިތައް ކޮށްފައިވާ އަސަރު ކިތައްމެ ރަނގަޅަކަށް ވެސް ނަވާރްއަށް ފާހަގަ ވިއެވެ. ނަވާރްގެ ހިތައް ވެސް އިންތިހާއަށް އަސަރު ކުރި ނަމަވެސް ނަވާރް ހިތްވަރުކޮށްފައި ޔަޒަންގެ އަތުގައި ހިފައިގެން ކާރަށް އެރިއެވެ. ކުރިއާއި ހިލާފަށް މިފަހަރު ކާރު ދުއްވަން އިނީ ނަވާރްއެވެ. ގެއާއި ހިސާބަށް އާދެވުން އިރުވެސް  ޔަޒަން ނެގިމަދުވެފައި އިންގޮތައް އިނެވެ. ސީޓްބެލްޓް ނައްޓަލައިފާ ޔަޒަންގެ އަތުގައި ހިފައިގެން ނަވާރް ގެޔަށް ވަންނަންދިޔައެވެ. ފޯނުން ގަޑި ބަލައިލި އިރު މެންދަމު އަލިވެ ތިނެއް ޖަހަނީއެވެ.

“ހެނދުނަށް ބަހައްޓާމާ މިކަންތައް.. މިހާ ދަންގަޑިއެއްގައި އެންމެން ނިދާފަ ތިބޭނީ..މަންމައަށް ގޮވަން އުޅެފިއްޔާ ޒެލީ ވެސް ހޭލަފާނެ ދޯ” އެތެރެއަށް ވަންނަން ދަމުން ނަވާރް ބުނެލިއެވެ. ޔަޒަން އެއްޗެއް ނުބުނެ ހުރެ ބޯ ޖަހައިލުމުން ނަވާރް ހިނިތުންވެލިއެވެ.

ކޮފީއެއް  ބޮއެގެން އެބައަންނަން ކަމުގައި ބުނެ ޔަޒަން ގޮސް ބަދިގެއަށް ވަނުމުން ނަވާރް ސިޓިންގްރޫމު ސޯފާގައި އޮއްތާލިއެވެ. އެހެން އޮއްވާ ޔަޒަން ދިޔަ ފަރާތް ނޫން އަނެއް ފަރާތުން މީހެއްގެ ފިޔަވަޅުގެ އަޑުއިވެން ފެށިއެވެ. “މިހާ ދަންގަޑިއެއްގަ ކާކު ބާ” ހައިރާންވެފައި ނަވާރް އެ އޮތްގޮތައް އޮތެވެ. ފިޔަވަޅުތަކުގެ އަޑު ފަހަރަކަށް ވުރެން ފަހަރެއް ކައިރިވަމުން ނަވާރްގެ ހިތައް ބިރުވެރިކަން ވަންނަންފެށިއެވެ. “އަނެއްކާ ޝަހުރޫޒް..” އެހެން ހިތައް އެރުމާއެކު ވަގުތުން މީހާ ފިނިވިއެވެ. ނަމަވެސް ޝަހުރޫޒްއަށް ވިއަސް އަދި ނުރައްކަލެއް ނެތްކަމަށް ހިތައް އަރުވާލައިފާ އޮތެވެ. އެހެންނޫނަސް ޔަޒަން ވެސް ހުރީ ގޮވާލުމުން އަޑު އިވޭ ހިސާބުގައެވެ. އެހެންއޮތްވާ ޝަހުރޫޒްކަން ނަޥާރްއަށް ޔަގީންވީ ނައުފަލް އޭ ކިޔާ ގޮވާލި އަޑުއިވުމުންނެވެ. އެހިނދު ނައުފަލް ވެސް ދުރުން ހިނގާލައިފާ އައިސް ހުއްޓުންކަން އެނގުނެވެ. ނަވާރް އޮތް ގޮތުން އަދި އެމީހުންނަށް އޭނާ ފެންނަ ގޮތެއް ނުވެއެވެ. ނަވާރް ފޯނުނަގައި ރެކޯޑް ކުރަން ޖައްސައިލީ ޔަޒަންއަށް ހަގީގަތް ހާމަކުރަން މިއަށްވުރެން ރަނގަޅު ޗާންސެއް ނުލިބޭނެކަން އެނގޭތިއެވެ.

“މަ އެ ނަވާރްގެ ފޯނު އެދުވަހު ނަގާފަ އެ އެޕް އެޅީވެސް އެހެންވެ..މަށައް ޝައްކުވި އެ އެންމެން އެއްކޮން މާ ގިނައިން މިގެޔަށް ވެސް އަންނަން ފެށީމަ..ލާރާ ކައިރީގަ ވެސް މަ ބުނެފިން ނާންނަން ދެން..އެހެންނޫނީ ކަންތައްތައް ގޯހުން ގޯހަށް ގޮސް ދާނެ ..އެ ފައިލް ވެސް އެ ލިބުނީ އެމީހުންނަށް…އެ ރިޒާ ކަންތަކޭ.. އެ ގަމާރް މީހާ ހުރިހާ ވެސް ނުބަޔަކީ..މިއަދު އައްޔޫބުއަށް އޮފީހަށް ނުދެވުންނަމަ ޔަގީން ހުރިހާ ކަމެއް ބަސްޓްވީސް” ނައުފަލްގެ އަޑުމަޑު ނަމަވެސް އޭނާގެ އަޑުން ރުޅި އައިސްފަހުރިކަން ހާމަވެއެވެ.

“އަހަންނަށް ވެސް ހުރެވުނީ މާ ދޫދީގެން.. އަހަރެންގެ ރައްޓެހި ރާފިލް އާ ވާހަކަ ދައްކައިގެން އައްޔޫބުއަށް ބޮޑު އަގުގަ ލާރި ދީގެން ފަންސަވީސް އަހަރު ވަންދެން އެ ހޮސްޕިޓަލްގަ މިބެހެއްޓީ ވެސް އެ ހަގީގަތް މުޅި ދުނިޔެއަށް ފޮރުވަން..އެކަމަކު އައްޔޫބުގެ އަންހެނުން ބަލިވެގެން ބޭރަށް ދިޔަ ދުވަސްކޮޅާއި ދިމާވީ މި..އެ އަނގަބޮޑު މޮޔަ ގަމާރް ރިޒާ އެ ހުރިހާ ކަމެއް އެންމެ ސިކުންތު ކޮޅެއްގެ ތެރޭގަ ހަރާބު ކޮށްލައިފި..އެ ރިޒާ މިހާރު ވަޒީފާއިން ވަކިކޮށްފިން ރާފިލް ލައްވާ” ޝަހުރޫޒް ވެސް ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ. އޭނާއަށް ކިޔޭ ނުކިޔޭއެއް ވެސް ނޭނގެއެވެ.

“ދެން ވަޒީފާ އިން ވަކި ކުރިޔަސް ވަކި މޮޅެއް ލިބޭނެތަ..” ނައުފަލް ހުރެފައި ބުނެލިއެވެ.

“ބަލަމާ ދެން ހަދާ އެއްޗެއް..އެމީހުންނަށް މަގޭ ސޮއި އޭގެން ފެނުނަސް މަށާއި ދޭތެރޭގަ ޝައްކު ކުރާކަށް ނޭނގޭނެ..ޔާމީން ކޮށްޕާލާނަން އެދޭތެރެއަށް މަށައި ހިސާބަށް އައިސްފިއްޔާ..ކަލޭ ވިސްނައިގެން ހުންނާތި އެމީހުން އުޅޭނީ ފުރަތަމަ ވަރަށް ދުރުދުރުން..ކަލެއަށް ފެންނާނެ އެންނު ނަވާރުގެ ފޯނަށް އަންނަ މެސެޖްތައް..ކޯލްތައް ވެސް އިވޭނެ އެންނު..ނައުފަލް ކަލޭ ވިސްނައިގެން ހުންނާތި..” ޝަހްރޫޒް އިނގިލި ދިއްކޮށްލަމުން ބުނެލިއިރު ހީވީ އަމުރެއްކޮށްލި ހެންނެވެ.

”އާން ވިސްނައިގެން ހުންނާނަން..އެއްކަލަ ޝަރަފް ވެސް އެތާގަ ހަމަ އެބަހުރި ބަހައްޓާފަ.. އެހެންވީމަ އޭނާގެ ފަރާތުން ނުރައްކަލެއް ނެތް ކަމަށް ބަލަމާ..އެހެންނު..އޭނާގެ ދަރި މަންޖެ ޒެހެކް ހުންނާނެ ދޯ ތެޅުން ފަށެއް ތެޅިލާފަ ..ނޫރާ ހުންނާނެންނު ދެން ހޭހަން ކުރަން.. ހައްހައްހާ…ސާރ.. ބޮސް ގެ ހަބަރެއް ނުވޭ..އޭނާ އެއާޕޯޓުން ކިލް ނިންމާފަ ކޮންތާކަށް ބަ އެ ބެޗީ..ބޮޑު ކަމެއް..ގުޅީމަ ފޯނުވެސް ނުނަގާ..އެކަމުގެ ހަބަރެއް އެނގޭނީ ވެސް އޭނާ ފެނުނީމަ” ނައުފަލް ބުނެލިއެވެ.

މި އިވެމުންދާ ވާހަކަތަކުން ސޯފާގައި އޮތް ނަވާރް އޮތީ ގުޑިލަން ވެސް ނޭނގިފައި ބިރާއި ހާސްކަމާއި ހިތްދަތިކަން އެކުވެގެން ދިޔައިރު ސިކުނޑީގައި ވަރުގަދަ ހައިޖާނުގަނޑެއް އުފެދިއްޖެ އެވެ. ހިތްތެޅޭވަރުން ހިތްވެސް ހީވީ ދެންމެ ދެންމެ ނުކުމެދާނެ ހެންނެވެ. އޭނާގެ ހާސްކަން ދެގުނަ ވީ ސޯފާގައި ޖައްސާލަން ހިނގާށޭ ޝަހުރޫޒް ބުނެލި އަޑުއިވިގެންނެވެ.

 

“ބޮސް ނުކިޔަބަލަ..އެއީ އަހަރެންގެ ދެފިރިހެން ދަރީގެ ތެރެއިން ދޮށީ ފިރިހެން ދަރިކަން އެނގެއެންނު ކަލެއަށް ..އޭނާ އެދިޔައީ އޭނާގެ ދަރިފުޅު ކައިރިޔަށް…މިބުނީ އަހަރެންގެ ދެން ހުރި ކާފަ ދަރިފުޅު ގާތައް އޭނާ އެދިޔައީ …”ނައުފަލްއަށް އޮލުން އަޜާފަ ހުރިހެން ހީވެގެން ޝަހުރޫޒް ބުނެލިއެވެ. ވަގުތުން ނައުފަލްއަށް ޝަހުރޫޒް ބުނިއެއްޗެއް ފަހުމްވެގެން ނުބައިގޮތައް ހީލައިފިއެވެ.

އެދިމާލަށް އަންނަމުން ޝަހުރޫޒް ދެން ހުރެފައި ބުނެލި ވާހަކައަކުން ނަވާރްގެ މޫނުމައްޗަށް ހީވީ ބާރުގަދަ ހަމަލާއެއް އަރުވާލިހެންނެވެ. ލިބުނު ޝޮކުން ތެޅިގަނެވުނު ނަވާރްގެ އަތުން ފޯނު ޓައިލްސް މައްޗަށް ދޫވިއެވެ.

“ކާކު..”ތެޅިގަނެފައި ނައުފަލް ސޯފާއާއި ހިސާބަށް އައިއިރު ފަހަތުން ޝަހްރޫޒް ވެސް އައެވެ. ސޯފާގައި އޮތް ނަވާރް ފެނި ދެމީހުން ތިބީ ދެލޯ ބޮޑުވެފައެވެ. ދެވަނަ ސިކުންތު ހަމަޖެހުމުގެ ނޭވާއެއް ލީ ނަވާރް ދެލޯ މަރައިގެން އޮތްތަން ފެނިއެވެ.

“މީނަ މިތާ ކީއްކުރަނީ..ދެންމެ ދެއްކި ވާހަކަ އިވޭނެބަ..” ލޯމަރައިގެން ނަވާރް އޮތް އިރު ނައުފަލް ދިޔައީ އެތައް ގޮތަކުން ދިރާސާ ކުރަމުންނެވެ. ނައުފަލްގެ ލޮލުގައި ސޯފާ ދަށައް ވެއްޓިފައި އޮތް ފޯނުއަޅައިގަތެވެ.

“ނިދާފަ މިގޮލާ މިއޮތީ..ފޯނު ވެސް ތިރީގަ މިއޮތީ..އަތުންޖެހިފަ ވެއްޓިފަ..”ނައުފަލް ޝަހުރޫޒަށް ދައްކައިލީ ތިރީގަ އޮތް ނަޥާރްގެ ފޯނެވެ. ދެމީހުން ކުރެ އެކަކުވެސް ފޯނު ނަގާކަށް ނޫޅުނެވެ.

“އާނާ ވެސް އެދުވަހު އަހަރެމެންގެ އަތް ދަށުވީ .. ފޯނު ހިފައިގެން ރެކޯޑް ކުރަން ހުއްޓާ ފޯނު ވެއްޓިގެން..އަނެއްކާ އެކަހަލަ ކަމެއްގަ ބަ މީނާ މިއުޅުނީ”ޝަހުރޫޒް ހުރީ ޝައްކެއްގެ މަތީގައެވެ. އެވަގުތު ނަވާރްގެ ގާތައް ނައުފަލް އަޅަން އުޅުނު ފިޔަވަޅު ހުއްޓުނީ ބަދިގެއިން ޔަޒަން ނުކުމެފައި ނަޥާރްއަށް ގޮވަމުން އެދިމާލަށް އަންނަ އަޑު އިވުމުންނެވެ. ވަގުތުން ދެމީހުން އެތަނުން ދިޔައެވެ.

ޔަޒަންއަށް އާދެވުނު އިރު ނަވާރް އިނީ ސޯފާގައި ކޮޅަށެވެ. ނަވާރް އެއްދިމާލަކަށް ހުއްޓިފައި އިން ގޮތުން ޔަޒަންގެ ދެފަޔަށް އާދަޔާއި ހިލާފް ބާރެއްލިބުނެވެ. އޭރު ނަވާރްގެ ދެލޮލުން ކަރުނައާދެއެވެ.

“ކިހިނެތް ވީ ބޭބީ.. ކީއްވެ ތި ތިރޮނީ..މީހަކު އައީތަ..” ޔަޒަން ހާސްވެފައި ވަށައިގެން އެކިކޮޅުކޮޅު ބަލައިލިއެވެ. “ހޭއި ލަވް..ވަޓްސް ރޯންގް”ނަވާރްގެ ކޮލުގައި ޔަޒަން އަތްބީއްސާލިއެވެ.

“ކަ..ކަމެއް ނުވޭ..އޭނާ ފްރޭމް ފެނުނީމަ އާނާ މަތިން މިސްވީ..” ނަވާރް އިޝާރާތްކޮށްލީ ޓީވީ ރެކް މަތީގައި އިން އާއިލީ ފޮޓޯއަށެވެ. އެއީ މީގެ އަހަރުތަކެއް ކުރިން އާނާ ހުރި އިރު ނަގާފައި އިންފޮޓޯއެކެވެ. ޔަޒަން ހިތިގޮތަކަށް ހީލިއެވެ. ނުރޮއުމަށް ބުނެ ނަވާރްގެ ދެލޮލުން އަންނަމުންދިޔަ ކަރުނަތައް ނިކަން ލޯބިން ޔަޒަން ފުހެލަ ދިނެވެ.

***

(ދެ ހަފްތާ ފަސް)

ހެނދުނު އެރި އިރާއެކު ޒަޔާން ހުރީ މީޝަމް މެންގެ އެޕާޓްމަންޓް ދޮރުމަތީގައެވެ. އޮފީހަށް ދިޔުމަށްޓަކައި ވަގުތު އޮތް ނަމަވެސް އޭނާ އެގެޔަށް އައީ އޮފީހަށް ދާން ތައްޔާރު ވެގެންނެވެ. އޭނާ މިއަދު އަވަހަށް ގެއިން ނުކުމަތީ މީޝަމްއާއި ޖެހިގެން އުޅޭ މައްސަލަ ހައްލުކުރުމުގެ ނިޔަތުގައެވެ. ތިން ހަފްތާ ކުރިން ޖެހުނު މައްސަލައިގެ ސަބަބުން މީޝަމް ހުންނަނީ ރުޅި އައިސްފައެވެ.އެއްވެސް ވަރަކަށް އަނގައިން ވެސް ނުބުނެއެވެ. އެގެޔަށް ދިޔަނަމަވެސް ޒަޔާންއާއި އެފަދައެވެ. ޒަޔާން އެގެޔަށް ގޮސް ވަންނަ ތަނުން ކޮޓަރިއަށް ގޮސް ވަދެ ތަޅުލާ ގޮތައް ނުނިކުމެއެވެ. ކޮޓަރި ދޮރުހުޅުވައިގެން ވަދެ ވާހަކަ ދައްކަން ބޭނުން ވިއަސް ނަމްރާއާއި މާޖިދު ހިތައް އަރާފާނެ އެއްޗެއް ނޭނގޭތީ ޒަޔާންއަށް އެކަން ކުރުމަށް ވަނީ ނުކުޅެދިފައެވެ. އޭނާ އެފަދަ ކަމެއް ކޮށްފިނަމަ ވާނީ ވެސް އަރަތަކަށެވެ. މުޅި އާއިލާއަށް އަދިވެސް އޭނާއާއި މީޝަމްގެ ގުޅުން އެނގިފައި އޮންނަނީ އެންމެ ކުރިންފަދައިން، ބީރައްޓެހިކަމާއި ދެމީހުން ދުރުދުރުން އުޅެމުން ދިޔަގޮތެވެ. މިހުރާންގެ އެހީ ވެސް ލިބޭކަށް ނެތެވެ. ކުއްލިޔަކަށް މިހުރާން ޓްރެއިނިންގް އަކަށް ދާން ޖެހިގެން ދިޔައީ ކަމުގައި ނަމްރާ ބުނެފައިވާތީ މިހުރާންއަށް ގުޅޭނެ ގޮތެއް ވެސް ނެތެވެ. އޮފީހުގައި ވެސް ފައިރޫޒް ވިއްދާފައި ހުންނަ ވަރުން އޭނާއާއި ވާހަކަ ދެއްކޭ ގޮތެއް ނުވެއެވެ.

ޒަޔާން ގަސްދުކުރީ މީޝަމް ނުކުންނަން ދެން މަޑުކޮށްގެން ހުރުމަށެވެ. އެހެންހުއްޓާއި ގަޑިޖެހެން ފަނަރަވަރަކަށް މިނެޓްއަށް ވެފައި ހުއްޓާ މީޝަމް ނުކުމަތެވެ. ދޮރު ހުޅުވަލައިފާ ނުކުން މީޝަމްއަށް ޒަޔާން ހުއްޓާ ފެނުމުން ސިހިގެންގޮސް ކުޑަ ހަޅޭކެއްގެ އަޑު ބޭރުކޮށްލައިފިއެވެ. މޭގައި އަތް އަޅައިގެން ލޯ ބޮޑުކޮށްލައިގެން ހުރިގޮތުން ޒަޔާން ގާތައް އައީ ހިންޏެވެ.

“މީޝްޝް..”މީޝަމް ލޯ އަޅާލައިގެން ހުރެ ގޮސް ލިފްޓަށް ވަނުމުން ޒަޔާން ވެސް ދުވެލައިފާ ގޮސް ވަނެވެ.ލިފްޓް ތެރޭގައި ވީ ވަގުތު ކޮޅު ތެރޭގައި މީޝަމްއާއި ވާހަކަ ދެއްކުމަށް އެތައް މަސައްކަތެއް ޒަޔާން ކުރިނަމަވެސް މީޝަމްއަށް ކަހާތާ ހިރުވާވެސް ނުލައެވެ. ލިފްޓުން ފޭބިގޮތައް  މީޝަމް އުޅުނީ ގެ ކައިރީގައި އިންނަ ބަސް ސްޓޮޕްއަށް އެވަގުތު މަޑުކޮށްފައި އޮތް ބަހަށް އަރަން ދާށެވެ. ނަމަވެސް ކިޔައިގެން އޭނާ ޒަޔާޏްގެ ކާރަށް ނާރާނެ ތީ ބަލާކަށް ޒަޔާން މީޝަމް އަތްދަނޑި މައްޗަށް އުފުލާލައިގެން ގޮސް ގަރާޖުގައި އޭނާގެ ކާރަށް އަރުވާފައި ދުއްވާލިއެވެ..

“ޒަޔާން މޮޔަވީތަ..އަހަރެން ބާލުވާ ..އަދި ލަދެއް ވެސް ނުގަނެއޭ އެއޮތް އެންމެން ތެރޭގަ އަހަރެން އުރީ އެ..” މީޝަމް ރުޅިއައިސްފައި އިނދެ ކާރުދުއްވަން އިން ޒަޔާންގެ ގައިގާ ހައެއްކަ ބޮނޑި އަޅައިލައިފިއެވެ. ޒަޔާން އަޅާއިވެސް ނުލާއިނުމުން މީޝަމް ހައްތަހާ ރުޅިގަދަވިއެވެ.

”ދެން ތިހެން ރުޅިއައިސްގެން ނުހުރެބާ..މީޝް ރުޅި އަންނަ ކޮންމެ ފަހަރަކު ކީއްވެތަ މިހާ ދިގު ދައްމަނީ..އަހަންނަށް ކަމެއް ރަނގަޅުކުރަން ވާހަކަ ދެއްކޭނީ ވެސް ވާހަކަ ދައްކަން ޗާންސެއް ވެސް ދިނީމައެއް ނޫންތަ މީޝް..ތިން ހަފްތާ މިވީ.. އިންސާނަކު މިވަރަށް އާދޭސް ކުރާއިރު ބޯހަރު ކަމުން ވަރަކަށް އިގްނޯ ކޮށްފީމެންނު..އަނގައިން ބުނަން އެޓްލީސްޓް ރަނގަޅު ދޯ މިނިޓް އެއް ނަމަވެސް ދޭން” ޒަޔާން ކާރުދުއްވަން އިދެފައި ތަންކޮޅެއް ހަރުކަށިކޮން ބުނެލިއެވެ. ވަގުތުން މީޝަމް މަޑުވިއެވެ. ހަރުކަށިކަން ދައްކައިން ނަމަވެސް ޒަޔާން ހުރީ މިއަދު ދޫދޭގޮތަކަށް ނޫނެވެ.

“ޒަޔާން ކުރި ކަންތައް ކިޔައިދިނީމެންނު..ޒަޔާންއަކަށް ވަގުތެއް ވެސް ނުވޭނު..ނަވާ އާއި ތި އެންމެން އަހަރެން ބަހައްޓާފަ އެއްކޮން އުޅޭތަން ވެސް ފެނޭ..ބެސްޓްފްރެންޑްއަށް ވެ ހުރެ ނަވާ ވެސް ބިޒީއޭ ކިޔާފަ ތިމީހުންނާ އެއްކޮން އުޅޭތަން ފެނޭ..ވަޓް އެބައުޓު މީ..އެންމެން އަހަރެން ނުލާ އުޅޭންޏާ އަހަރެން ވެސް އުޅޭނަން ތިމީހުންނާ ދުރުން.. ދެން އިތުރަށް ބުނާނެ އެއްޗެއް ނެތް..ބަލާ ބެލުމަށް ޝިއުރާ މިހާރު ވަރަށް ރަނގަޅުހެން ހީވަނީ..އެހެންވީމަ ކަމުދަންޏާ އޭނާ ގާތައް ދާންވީ..” މީޝަމް ވާހަކަ ދެއްކި އިރު ދެލޮލުން ފެންތައް ފައިބަމުންދިޔައެވެ. ހަގީގަތުގައި ވެސް އޭނާއިނީ ދެރަވެފައެވެ. އެންމެން އެކުގައި އުޅެނިކޮން ކިތަންމެ ފަހަރަކު ފެނިއްޖެއެވެ. ނަމަވެސް އޭނާ ހުންނަނީ މިދުވަސްކޮޅު ފާޑަކަށް ބާކީވެފައެވެ.

ޒަޔާންއަށް ބުރެކި ޖައްސައިލެވުނީ މީޝަމްގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފެނިއެވެ. އޭރުވަނީ އޮފީހަށް އާދެވިފައެވެ.ދެމީހުންނަށްގަޑިޖެހެން ވާއިރަށް އިނގިލި ޖެހުނީ ކިރިޔާއެވެ. މީޝަމްގެ އަތުގައި ހިފައިގެން ޒަޔާން އެރީ ޖެހިގެން ހުރި ފްލޯގެ ބެލްކޮންޏަށެވެ.

“މީޝް..އަހަރެން ކިތައް ދުވަހު ދިޔައިން މީޓު ކުރަން..ހަނދާން އެބަހުރިތަ މީޝް ކަންތައް ކުރިގޮތް..ދާ ކޮންމެ ފަހަރަކު ފިލަނީ..ދެން މިހުރާން ނެތިއްޔާ އެނގޭނު ތިގެޔަށް ދާން ނުކެރޭނެ ކަން..އެހެންވެ ތި ފޯނަށް ކިތައްފަހަރު ގުޅިން..މަ ފޯނުން ގުޅިޔަސް ނުނަގާތީ ކިތައް ފަހަރު ރިހާމްގެ ފޯނުން ގުޅިން.. އެކަމް މީޝް ފޯނު ނަގާފަ އަހަރެން ކަން އެނގުނީމަ ކަނޑަނީ.. ހަމައެކަނި ސޮރީ ބުނާކަށް ވެސް ނޫން އަހަރެމެން އެންމެން އެއްކޮން އުޅޭ ރީޒަން ވެސް  ކިއައިދޭން ހާދަވަރަކަށް މަސައްކަތް ކޮށްފީމޭ..އަހަރެމެން އެންމެން ތިބޭ ގްރޫޕަށް ވެސް މީޝް ލާން ރިހާމް ވަރަށް އުޅެފި..އެކަމަކު ނުލާ އެހުންނަނީ އަހަރެމެން ދެމީހުން މައްސަލައެއްގަ އުޅޭތީ މީޝްއަށް އެވާހަކަ ކިއައި ނުދެވި ހުރީމަ..” ޒަޔާން ދެން ފެށީ އާނާގެ ވާހަކައިންނެވެ. ނަވާރްގެ ފަރާތުންވެސް އެނގިފައިވާ ވާހަކަތަކެއް ކަމުން މާބޮޑު ހައިރާންކަމެއް ފުރަތަމަ މީޝަމްގެ މޫނުމައްޗަކުން ނުފެނެއެވެ. ނަމަވެސް ފަހުން ޒަޔާން ދައްކަމުންދިޔަ ކޮންމެ ވާހަކައަކުން މީޝަމްއިނީ ޝޮކްޖެހޭގޮތްވެފައެވެ. ހުރިހާ ވާހަކައެއް ނިމުނު އިރުވެސް މީޝަމް ހަމަ އެއިންގޮތައް އިނުމުން ޒަޔާން ގޮވާލިއެވެ. ދެވަނަ ފަހަރަށް ގޮވާލުމުން އޭނާ ބޯޖަހައިލިއެވެ.

“މީޝް..އެއްޗެކޭ ބުނެބަ….ގްރޫޕަށް އެޑް ކޮށްލާނަން..މެސެޖްތައް ބަލައްޗޭ ބަރާބަރަށް..އެންޑް ލަވް.އަމް ރިއަލީ ސޮރީ..ކެން ޔޫ ފޮގިވް މީ.. މިހުރާން ޓްރެއިނިންގް އަށް ގޮސްފަ ހުރީމަ އެހެން  ނޫންނަމަ މިހާރް ގޮތެއް ހަދައިގެން މިއަށް ވުރެން އަވަހަށް ވެސް މިވާހަކަތައް ކިއައިދެވޭނެ.. ޕްލީޒް ފޮ” ޒަޔާން ވާހަކަ ދައްކަ ދައްކަ ހުއްޓާއި މީޝަމް އަތުން މަޑުކޮށްލުމަށް ބުނެލިއެވެ.

“ކީކޭ..ދޮންބެ ޓްރެއިނިންގް އަށް ދިޔައްޔޭ…ކާކު އެހެން ބުނީ..” މީޝަމްހުރީ ހައިރާން ވާގޮތް ވެފައެވެ. މާޖިދުގެ ފަރާތުން އޭނާއަށް އެނގިފައިވާ ގޮތުންނަމަ މިހުރާން ވީ ރައްޓެއްސަކާއި ބައްދަލް ކުރުމަށް ކެނެޑާއަށް ގޮސްފައެވެ. އެކަކަށް ވެސް ނާންގާ ސިއްރުން މިހުރާން ދިޔުމުން އޭނާ އެހުންނަނީ ވެސް މިހުރާން ދެކެ ރުޅި އައިހެވެ. މިހުރާން އެއް ދުވަހު ވީޑިއޯ ކޯލް  ކުރުމުން ވެސް ނެގިގޮތައް ނަގާ ހަޅޭއްލަވައި ގަނެފައި އޭނާ ފޯނު ކަނޑާލީއެވެ.

“އޭނަ ހޯދަން ދިއައީމަ މަންމަ އެހެންބުނީ..ކުއްލިޔަކަށް ޓްރެއިނިން އަކަށް ދާން ޖެހުނީ އޯ.. އެމްއެންޑީއެފް ވީމަ ގޮސްދާނެތާ ދޯ”މީސަމްއަށް ވެފައި ހުރިގޮތުން ޒަޔާންއަށް ނިތްއަރުވާލެވުނެވެ.

“ވަޓް ދަ ހެލް…މަންމަ އޭ” ނަމްރާއޭ ޒަޔާން ބުނުމުން މީޝަމް އިތުރަށް ހައިރާންވިއެވެ. އެހާ ސީރިއަސް ވަގުތެއްގަ އެފަދަ ވާހަކައެއް މަޖަލަކަށް ހަދައިގެން އޭނާ ނުދައްކާނެކަން މީޝަމް އަށް އެނގެއެވެ. ޒަޔާން ހައިރާންވެފައި އިނދެ އާއެކޭބުނެ އިތުރަށް ޔަގީން ކޮށްދިނެވެ.

“އެދުވަހު ނިދާ ހޭލިއިރު ދޮންބެ ފެންނަން ނެތީމަ ބޭރަށް ނުކުން އިރު ބައްޕަ އާއި މަންމަ ތިބި ބޭރުގަ ބޮޑު ވާހަކައެއްގަ..މަ ފެނުނީމަ ހުއްޓާލައިފި..ދޮންބެ ކޮބާހޭ އެހީމަ ބައްޕަ ބުނީ ދޮންބެ ކެނެޑާއަށް ގޮސްފިއޭ ފްރެންޑަކާ މީޓްކޮށްލަން..މަންމަ ވެސް ހުއްޓަ އެހެންބުނީ..” ޒަޔާންގެ މޫނަށް ބަލަހައްޓައިގެން އިނދެ މީޝަމް ބުނެލިއެވެ. އޭރު ޒަޔާންއަށް ކީކޭހޭ އަހައިލެވިއްޖެއެވެ.

“އާހްހް..ދެން މި ވާގޮތެއް ބަލަން ވެއްޖެ އެންނު މިހާރު.. ނަވާ އެންމެފަހުން ފެނުނީ ޓޫ ވީކްސް ކުރިން..އެދުވަހު ބުނި އަކުރަމްބެ ދިޔައޭ..ދޮންބެ ވެސް ދިޔައީ އެދުވަހު..ތިވާހަކަތައް ކުރިން ނޭނގޭތީ މަށަކަށް ވެސް ނޭނގޭނެ އެންނު ވަކި ގޮތަކަށް ވިސްނާކަށް..ދޮންބެ އަންނަނީ މިރޭ ކަމަށް މަންމަ ކީ” މީޝަމް ހުރީ ވިސްނަންވީ ގޮތެއް ނޭނގިފައެވެ.

“މިރެއޭ..އަކްރަމްބެ ވެސް އަންނަނީ މިރޭ..މިބުނާ ފައިލްގެ ޓްރުތް ނުހޯދިގެން މިއުޅެނީ ބޭބެ ނައިސްގެން..ޔަޒަން ފަކީރު ބޯ އެހުންނަނީ ގޮވާފަ..އަޅެ މިހުރާން ވެސް ރަނގަޅެއްނު..ހުރިހާ ކަމެއް އެނގިހުރެ އަދި އެންމެން އެއްކޮން އުޅެފަ އެހެންސިއްރުން ދިޔައީމަ ބިޓްރޭޔަލް ފެލްޓް ވެއްޖެ ވަރަށް ބޮޑަށް” ޒަޔާންގެ މޫނުމަތިން ހިސާބަކަށް ހިތްހަމަ ނުޖެހުން ފެންނަން ހުއްޓެވެ.

“އަހަރެން ވެސް ހިތްހަމަ ނުޖެހިފަ މިހުންނަނީ..ދޮންބެ ގުޅީމަ ފޯނުން ވާހަކަ ވެސް ނުދައްކަން.. ބައްޕަ ރޭގަ ބުނި ދޮންބެ އަންނަނީ އެ ފްރެންޑެއް ގޮވައިގެންނޭ..އަދި ދޮންބެ ބުންޏޭ ދޮންބެއަށް ހުރި އެޕާޓްމަންޓް ރެޑީކޮށްދޭން..އެކަމަކު ތި ވާހަކަތައް މިހާރު އެނގުނީމަ ހީވަނީ ކަމެއް ނުވާނަމަ ދޮންބެ ވެސް އެގޮތައް ސިއްރުން ނުދާނެހެން” ވިސްނުމެއްގައި ހުރެ މީޝަމް ބުނެލިއެވެ.

“ހޫމް ވެދާނެ ތިހެން ވެސް..ބަލަމާ..ރިހާމް އާއި ޔަޒަންގެ އައިޑިއާ އެއް ހޯދަން ވީ”، “ނޫން ވެއިޓް..ޒަޔާން ކައިރީގަ މަންމަ ދޮގުހެދީ އެ އަންގަން ބޭނުން ނުވާ ކަމެއްގަ ދޮންބެ ދިޔައީމަ ކަންނޭގެ..އަޅެ މަޑުކޮށްބަލަ މިރޭ އޭނަ އަންނަން ދެން އިހަށް ނުބުނެ..”ޒަޔާންގެ ބަހަށް ވަގުތުން މީސަމް ދެކޮޅު ހެދިއެވެ. ވިސްނާލުމަށްފަހު ޒަޔާން ވެސް އެގޮތާއި ރުހުނެވެ.

“އޯކޭ..މިރޭ ގެޔަށް ދާނަން އޭނާ އައީމަ..ދެން ވަޓް އެބައުޓް އަސް” ބެލްކޮނީގެ ފާރަށް ލެގިލައިގެން ހުރި މީޝަމްއާއި ދާދި ގާތައް ޖެހިލަމުން ޒަޔާން އަހައިލިއެވެ.

“އެ ވާހަކަ ބަހައްޓަމާ..އެކަމަކު ތާ އަބަދު އޭނާ އޭ ކިޔައިގެން ރުޅި އަރުވަންޏާ މިހެން ވާނެ.. މަ ވެސް  ނުކިޔަން ސަދަފް އޭ ކިއައިގެން އެކައްޗެއް ވެސް..ޒަޔާން އަބަދުވެސް އެހެން..” މީޝަމް ތުން ދަމައިލަމުން ބުނެލިލެއް މައުސޫމްކަމުން ޒަޔާންގެ ލޯބިން ފުރޭވަރުވިއެވެ. އޭނާއަކަށް މާގިނައިރަކު ދުރަކު ނުހުރެވުނެވެ.

“ސޮރީ ބޭބް..ދެން ނުވާނެ އެހެންނެއް..އައި އަންޑަސްޓޭންޑް މައި މިސްޓޭކް..ޕްލީޒް ޕްލީޒް ފޮގިވް މީ”މީޝަމްގެ އުނަގަނޑު ގައި އެއް އަތް އަޅުވާލައިގެން ހުރެ އަނެއް އަތުން އެ ދޮން ކޯތާފަތުގައި ފިރުމާލިއެވެ.

“އެންޑް ޕްލީޒް ލާރން ސަމް ރޮމޭންޓިކް ސްޓަފް ފްރޮން ޔުއާރ ބިލޯވްޑް ބެސްޓްފްރެންޑްސް.. ސްޕެޝިއަލީ ކޫ ގާތުން..ޒަޔާން މަށައް ޓްރީޓް ކުރަނީ ދިހަ އަހަރުގެ ކުޑަކުއްޖަކަށް ޓްރީޓް ކުރާހެން” އަނގަހަދައިލާގެން ހުރެ މީޝަމް ބުނެލިގޮތުން ޒަޔާންއަށް ހެވުނެވެ.

****

“ނަވާ އެބަ ގޮވާ ސުޖާއު..މިއަދު ހަތަރުވަނަ ފަހަރު އެގެންދަނީ.. މަ އެބަ ގުނަން..”ދޮރުން އެތެރެއަށް ވަދެގެން އައި  ލިއަމް ވާހަކަ ދެއްކި އަޑަށް މޭޒު ދޮށުގައި އިން ނަވާރް ތެދުވިއެވެ.

“އޭނާ ނަވާ ދެކެ ހާދަހާ ލޯތްބެކޭ ދޯ އެވަނީ..ޝައުންގެ ކޭސް ފެނުނު ފަހުން މިވީ ދެ ހަފްތާގަ ކޮންމެ ދުވަހަކު ބައްތިރީސް ފަހަރު އެބަގެންދޭ..ޔަޒަން ސާރ ރުޅިމަޑު..”އަމާޔާ ވެސް ހީގަތެވެ.

“ކީއްކުރާނީ..ޒެހޭ ސިސް އަށް ނާދެވޭތީ އެ ޒިންމާ މަ މި ނަގަނީ އެހެންވެ ޓަފް ވާނެނު..މި ޓޫ ވީކްސްގަ އެހެންވެ އެ ގޮވަނީ..” ނަވާރް ހީލަމުން އެމީހުންނަށް ރައްދު ދިނެވެ.

“އެހެން ވިއަސް ހިލްމީގެ މައްޗަށް ސުޖާއު ހުންނާނީ..ހިލްމީ އެންނު އަހަރެމެންގެ އިންޗާޖްއަކީ.. އެކަމަކު ހިލްމީ ނަވާ ހޯދަން ނާންނަ ވަރަށް ސުޖާއު އެބަ އެ ފަކީރު ހާނުވާ..އަޖައިބު އަންތަރީސް” ނަވާރް ނުކުމެގެން ދިޔަތަން ފެނި  ލިއަމް ހަމައެކަނި އަމާޔާއަށް އިވޭހާ މަޑުން ބުނެލިއެވެ.

**

ފޫހިވެފައި ވާ ފަދައަކުން ނަވާރް ގޮސް ސުޖާއުގެ ކެބިންގެ ދޮރުގައި ޖެހިއެވެ. ލަސްތަކެއް ނުވެ ވަންނާށޭ ބުނެލިއެވެ.

“އަހަ..މިއޮތް އައީނު..ޝައުންގެ ހޭ އަރައިފި ކަމަށްވަނީ..ގޯ އެންޑް އިންވެސްޓިގޭޓް ފްރޮމް ދެއާ” ސުޖާއު ހީލަމުން ބުނެލިއެވެ. އޭނާ ވާހަކަ ދައްކާއިރު ބަލަހައްޓައިގެން ހުންނަގޮތުން ނަވާރް އަށް އުނދަގޫވެގެން އަވަސްއަވަހަށް ބޯޖަހައިލާފާ ނުކުތެވެ.

“އޭނާ އެހެންޏާވެސް އެކަހަލަ އެއްޗިހި ބުނަނީ ގުޅައިގެން..”ނުރުހުން ވެފައި ހުރެ އޭނާ ގުޅާލީ ޔަޒަންއަށެވެ. ޔޫޝައު އާއެކު ކޮފީއެއް ބޯން ޔަޒަން މަތީގައި ކަމަށް ބުނުމުން ނަވާރް ލިފްޓަށް އަރަން ދިޔައެވެ. އޭރު ސުޖާއު ވެސް ކެބިން އިން ނުކުމެގެން ލިފްޓަށް އަރަން ގޮސްފައި ހުއްޓެވެ. ނަވާރް ފެނުމުން ނިކަން ހިނިއައިސްފައި ހުރެ އަރަން އައުމަށް ބުނެލިއެވެ.

ލިފްޓުގައި ހުރި އިރު ވެސް ސުޖާއު ބަލާވަރުން ނަވާރް ހުރީ މޫނުބަނަވާގޮތްވެފައެވެ. ނަވާރް ނުބެލިކަމުގައި ވީ ނަމަވެސް ސުޖާއުގެ ތޫނު ނަޒަރު އޭނާގެ މޫނަށް ޖަމާވެފައިވާތީ ދިޔައީ އިންތިހާއަށް އުނދަގުވަމުންނެވެ.

“ނަވާރް ކަމަކާ ހިތްހަމަ ނުޖެހިފަތަ..” ޒާތަކަށް ހީލަމުން ސުޖާއުއެހިއެވެ. އޭރު ލިފްޓް ދާން ބޭނުންވާ މަންޒިލަށް އާދެވުމާއެކު ނޫނެކޭ ބުނެ ދެފަރާތައް ބޯޖަހއިލަމުން އިތުރަށް މަޑުނުކޮށް ނަވާރް ލިފްޓުން ފައިބައިގެން ގޮސް ވަނީ ޔޫޝައު އާއި ޔަޒަން ތިބިތަނަށެވެ.

މާބާރަކަށް ނަވާރް އެތެރެއަށް ވަނުމުން ޔޫޝައު އާއި  ޔަޒަން ދިޔައީ ސިއްސައިގެންނެވެ.

“ސޮރީ ޔޫޝައު އިހަށް ދެވިދާނެތަ ބޭރަށް..” ނަވާރްގެ މޫނުމަތީގައި ހުރި ރުޅިވެރިކަން ފެނި ޔޫޝައު ވެސް އޯކޭ ބުނެ އަވަހަށް ނުކުތެވެ. ޔަޒަންވެސް ދެލޯ ބޮޑުކޮށްލައިގެން ހުރެ ކިހިނެތްވީތޯ އަހައިލިއެވެ. ނަވާރް ދޫކޮށްލީ ފުންނޭވާއެކެވެ.

“ކިހިނެތް ނުވަނީ..އެއްޗެއް ނުބުނަން މިހުންނަނީ..ފުރަތަމަ އަޅައެއް ނުލަން މިހާރު ދެން މާ ކަންތައް  ބޮޑު ވަނީ..ހިލްމީ އަކީ ފާޑެއްގެ  މީހެއް ކަމަށް އެންމެން ނަން ކުރާއިރު އޭނާވެސް ދުވަހަކު މިމީހާ އެއުޅޭހެން ނޫޅޭ..އަނެއްކާ އޭނާއަށް އެނގޭނެ މަ މިއުޅެނީ މެރީ ކޮށްގެން..ވަޓް ދަ ފ* ހީ އިޒް ތިންކިންގް” ނަވާރް ވާހަކަ ހުރި ގޮތުން ޔަޒަންއަށް ވަގުތުން އެކާކުކަން އެނގުނެވެ.

“ޓޫ ވީކްސް..އޭނާ އެންމެން ތެރޭންވެސް މަށައް  ގޮވަނީ ކޮންމެ ކަމެއްގަ..އެހެންޏާ ޔޫޝައުއަށް  ގުޅައިގެން ޔޫޝައުގެ ފަރާތުން އެންމެންނަށް އަންގާ އެންގުންތައް މިހާރު މަށައް ގުޅައިގެން ގެން ގޮސް މި ކިޔަނީ..ޒެހޭގެ ވޯކްސްތަކުގެ ޒިންމާ އަހަރެން ނަގާތީ ކަމަށް ކުރީކޮޅުގަ ހީވީ އެކަމަކު ދެން މާ އޯވާ ދެން މިހާރު..ދެން އެވަރަށް ބަލަން ޖެހޭތަ..ބިރު ވެސް ގަނޭ..ދުވާލަކު ވިއްސަކަށް ބުރު އެބަ އޭނާގެ އޮފީހަށް ވެސް ގެންދޭ އެވެސް ނުލާހިކު ކުދިކުދި ކަންކަމާއި ގުޅުވާގެން” ނަޥާރް ދަތްކުނޑި ވިކާލައިގެން ހުރިއިރު ތުރުތުރުއަޅައެވެ.އޭނާ ހުރީ އެހާ ވެސް ރުޅިގަދަވެފައެވެ.

“ކަމޯން..ޒެހޭގެ ވޯކްސްތަކުގެ ސަބަބުން ކަންނޭގެ އެ..ޑޯންޓް ވޮރީ..އަހަރެން ތިކަންތައް ބަލާނަން..”  ، “ސީރިއަސްލީ ޔަޒަން އިޒް ދިސް ޔުއާ އާންސްވާ..”ޔަޒަން ޖަޥާބު ދިން ގޮތުން ނަވާރް އިތުރަށް ހިތްހަމަނުޖެހޭ ގޮތްވިއެވެ.

“އޭނާ އެހާ ވަރަށް ގެންދާތީ ނަވާ މިސް އަންޑަސްޓޭންޑް ވީ ތި..ސުޖާއު އަކީ ވަރަށް ކުރިން ސުރެން ވޯކް ކުރާ މީހެއް މިތާގަ..އޭނާ އޭ ކިޔައިގެން އެކަހަލަ ގޯސް އަޑެއް ނީވޭ ދުވަހަކު.. އެއްވެސް މީހަކާއި ދޭތެރޭގަ އެކަހަލަ ކަމެއް ޔަގީންކޮން ނުފެންނަންޏާ ނުވާނެ ޝައްކުކުރާކަށް.. އިތުރަށް ބަލަމާ ދޯ” ޔަޒަން އިތުރަށް ބުނެލިއެވެ.

ޔަޒަންގެ ވާހަކަ އެއްގޮތަކަށް ވެސް ނަވާރްއަކަށް ކަމަކު ނުދިޔައެވެ. އެހެން މީހުންނަށް ފާހަގަ ވި ކަމެއް ޔަޒަން އަށް ފާހަގަ ނުވީތީ ނަވާރް ހިތުގަޖެހުނެވެ. އޭނާ ބުނީމަ ވެސް އެހުރީ ގަބޫލް ކުރާގޮތަކަށް ނޫނެވެ. ފާއިތުވި ދެހަފްތާ ސުޖާއުގެ އަމަލްތައް ހުރި ގޮތް އެނގޭނީ އޭނާއަކަށް ނޫންހެއްޔެވެ. ނަވާރް ގާތު އާދަޔާއި ހިލާފަށް ގިނައިން ކެބިންއަށް އައުމަށް ބުނެ، ނަޥާރްއާއި ދިމާ ބަލަން ވެސް ހުރެއެވެ. ނުވިތާކަށް ބައެއްފަހަރު ގާތްވާން އުޅޭހެން ވެސް ހީވެއެވެ. ކުއްލިޔަކަށް ސުޖާއުފަދަ މީހެއްގެ ފަޜާތުން އެފަދަ ކަންތައްތަކެއް ފެންނަން ފެށުމުން ނަވާރްއަށް ވެސްހުރީ ގަބޫލްކުރަން ދަތިވެފައެވެ.

ނަވާރް އެތާގައި ނުހުރެ ނުކުންނަން ދިޔައީ ޔަޒަންގެ ވާހަކަހުރި ގޮތުން ހިތުގައިޖެހުނު ވަރުންނެވެ. އޭނާ އެފަދަ ވާހަކައެއް އެ ދެއްކީވެސް އަލަށެވެ. ނަވާރް ދޮރުން ނުކުމެ ނުކުމެ ހުއްޓައި އެގަޑީގައި ބައްދަލްވުމެއް އެބައޮތްކަމުގައި ބުނެ ޔޫޝައުގެ ފަރާތުން މެސެޖެއް ލިބިގެންދިޔައެވެ. ނަވާރް މިސްރާބު ޖެހީ މީޓިންގް ރޫމަށެވެ. އޭނާގެފަހަތުން ޔަޒަންއައެވެ. ޔަޒަންގޮވަމުން ދިޔަނަމަވެސް ނަވާރް އަޅާވެސް ނުލިއެވެ.

“ނަވާ..ސޮރީ ހިތްހަމަ ނުޖެހުނީތަ..އަހަރެން ބަލާނަމޭ ކިހިނެތް ވާ ކަމެއް ތޯ..އެހެން މިބުނީ އޭނަގެ ފަރާތުން އެކަހަލަ ކަމެއް ފެނިފަ ނުވާތީ..ޕްލީޒް..ވާހަކަ ދައްކަބާ” މީޓިންގް ހޯލުގެ ތެރެއަށް ވަދެވަދެ ހުއްޓައި ޔަޒަން މަޑުމަޑުން ބުނެލިއެވެ. ނަވާރް ވަކި އެއްޗެއް ނުބުނެ އެތަނުން ގޮނޑިއެއްގައި އިއްތާލެވުނެވެ.

“ވޭތުވެ ދިޔަ ދެ ހަފްތާގަ މި ކޭސްގެ އެންމެ ފަހުގެ އަޕްޑޭޓްތައް ޔޫޝައު ކިޔާލަ ދީ..” ހިލްމީ އެދުމުން ޔޫޝައު ވާހަކަ ދައްކަން ފެށިއެވެ.

“އެންމެ ފަހުގެ އަޕްޑޭޓްސް އަށް ބަލާއިރު އަދިވެސް ކުށްވެރިޔާ ހޯދުމަށް މަސައްކަތް ކުރަމުން ދަނީ…ޑްރައިވަރ ނާޒިމްގެ ކާރުން ފެނުނު ބްލަޑް މެޗް ވޭ ޔުމްނާގެ ބްލަޑް ސާމްޕަލް އާ.. އެހެންވީމާ މިހާރު ޔަގީން ކުރެވިފަ ވަނީ އެއީ ގާތިލްކަން. ދެން ޝައުން ވެންޓިލޭޓަރ އިން ނަގާފައި މިހާރުވަނީ..ޑޮކްޓަރުން ބުނާ ގޮތުގައި ޝޯޓް ޓާމް ކޯމާއެއްގައި މިވަނީ..އެ ކުޑަ ދެކުދިން ވެސް ނުފެނޭ އެކަމަކު ވެސް ހުއްޓުމެއް ނެތި ހޯދަމުން ދަނީ..މިހާ ތަނަށް ބެލިބެލުމުން އެނގިފައިވަނީ ދެކުދިން އެއާޕޯޓުން ނުކުންކަން..” ޔޫޝައު ނުހަނު ތަފްސީލާއެކު ކޮންމެ ކަމެއް ކިޔައިދިނެވެ.

މީޓިން ނިމޭ ވަރުވީ ދެގަޑިއިރު ފަހުންނެވެ. ނަވާރް ނުކުން ހިނދު ފަހަތުން އައިސް ޔަޒަން ވެސް އޭނާގެ އަތުގައި ހިފާލައިގެން އެއް ހަމައެއްގައި ހުރެ ހިނގައިލައިފިއެވެ.

”އަހަރެން ރުޅި އެއް ނާދޭ..” ޔަޒަން އަނެއްކާ ވެސް މާފަށް އެދުމުން އިސްޖަހައިލައިގެން ހުރެ ނަވާރް ބުނެލިއެވެ.

ނަވާރް އިތުރަށް އެއްޗެއް ނުބުނުމުން ޔަޒަން އަނެއްކާ ވެސް ދެރަވެގެން ވާހަކަދެއްކިއެވެ.

“ކޮންކަމަކާތަ ތިވިސްނަނީ..އަހަރެން ބަލާނަމޭ ސުޖާއުއަށް ވަރަށް ރަނގަޅަށް..އަހަރެން ހުއްޓަ އެއްވެސް މީކަށް އެއްވެސް ކަމެއް ނުކުރެވޭނެ އިންޝާﷲ” ޔަޒަންގެ މޫނުމަތިން އޭރު ވާހަކަ ދެއްކުނު ގޮތުން ދެރަވެފައި ހުރިކަން ހާމަވެއެވެ.

“ކަމޯން އެކަމަކާއެއް ނޫން މި ވިސްނަނީ..އަހަރެން ކޫލް ހަމަ..އެނގެއޭ ކޫ ބަލާނެ ކަން..ޔާ އަހަރެން ވެސް އަޑުއެހިން ސުޖާއުއަކީ  ރަނގަޅުމީހެކޭ މީހުން ކިޔާ އަޑު..ކޫ މިކޮޅުގަ މާ ގިނަ ދުވަސްވާނެ މަށައް ވުރެން..ސޯ ޔޫ  ވިލް ނޯ ބެޓާ ދޭން މީ..އެހެންވީމަ އެގޮތައް ބުނެވިދާނެ އެންނު ދޯ..ދެން ނުކިޔައްޗޭ ތިހެން..” ކާރަށް އަޜާފައި ނަވާރް، ޔަޒަންގެ ގައިގާ ބައްދާލަމުން ހީލިއެވެ. ޔަޒަން އޭރު ވާހަކަ ދެއްކިގޮތުން ދެރަވެފައި ހުރި ނަމަވެސް މާފަށް އެދިފައި އެކަން ބަލައިދޭނަމޭ ބުނުމުން ނަވާރްގެ ހިތައް ނުހަނު ބޮޑު ހަމަޖެހުމެއް ލިބިގެންދިޔައެވެ.

“ބޭބީ..އެއްވެސް ކަމެއް ސިއްރު ކުރަންތަ މަށައް..” ،  “ނޫން..ކިހިނެތްވީ..” ނަވާރް އިސް ޖަހައިލައިގެން އިނދެ ޔަޒަންއަށް ރައްދުދިނެވެ.

“އައި ޑޯންޓް ނޯ..އެއްކަލޭ ރޭ  ނަވް ސޯފާގައި އިންދަ އަހަރެން ކޮފީ އެއް ބޯންދިޔައީމެންނު.. އެރޭގެ ފަހުން ޔޫއާ ވިއާޑް.. ވަރަށް މަދުން ވާހަކަ ދައްކަނީ ވެސް.. އަހަންނާ އެއްކޮން ރޫމްގަ އުޅޭ ގަޑީގަ އެކަނި ތިމޫނުން ހިނިތުންވުމެއް ފެންނަނީ..އަހަންނަށް ނޭގި ގޭގަ ކަމެއް ހިނގީތަ.. ހީވަނީ ކަމަކާ ބިރުން އުޅޭހެން..މިހެން ކިޔަން ރޭގަ ވެސް އުޅުނިން..ނަވްއަށް ނިދުނީމަ ދެން ޔަޒަންގެ ސުޥާލަށް މިފަހަރު ދޭނެ ޖަވާބެއް ނަވާރްއަކަށް ނޭނގުނެވެ. ނަވާރްއަށް އެހެން ވާންޖެހުނީ ޔަޒަންގެ ކާފަގެ ސަބަބުންނޭ ނަވާރް ބުނާނީ ކިހިނެތް ހެއްޔެވެ.

“އަމް ފައިން ހަމަ..އެ ހަމަ ހީވާ ގޮތް..ބޭބީ މާ ބޮޑަށް ނަވާ ދެކެ ލޯބި ވާތީ މާ ވަރަކަށް ތި ވޮރީ.. ހުރިހާ ކަމެއް ވެސް ވަރަށް ނޯމަލް” ހިތްމަތީގައި އަތްއަޅާލައިގެން އިނދެނަޥާރް މިފަހަރުވެސް ހެދީ ދޮގެވެ.

“ސޮރީ ލަވް..ޒެހޭގެ ބައްޕަ ހުރިތަނެއް ނޭނގެނީސް ނެތް ބުނެވޭކަށް..އައިނޯ އެ އޯޑިއޯ އަޑު އިއްވާލައިފިއްޔާ ޝަހުރޫޒް އާ ހަމަޔަށް ކޫ ނުގޮސް ނުހުންނާނެ ކަން..އެހެން ވެއްޖެ ނަމަ ޒެހޭގެ ބައްޕައަށް ކޮންމެފަދަ ގޮތެއް ވެސް ހަދާފާނެ..” ނަވާރްއަށް ހިތާހިތާ ކިއައިލެވުނެވެ. ކާރުގެ ބިއްލޫރިގަނޑުން ބޭރު ބަލަން އިންއިރު ނަވާރްގެ ސިކުނޑި ހަލަބޮލިވެފައި ޥާވަރުން ބޮލުގައި ވެސް ރިއްސަމުންދިޔައެވެ.

ނުބުނިކަމުގައި ވިޔަސް ނަވާރްގެ އުދާސީ މޫނުން ކަމެއް ގޮސްކަން ނަގައިގަންނާކަށް ޔަޒަންއަށް އުނދަގުލެއް ނުވިއެވެ. ނަމަވެސް ކިތަންމެ ވަރަކަށް އެހިޔަސް އޭނާގެ އަނގައިން ތެދު ނުބުނާނެ ކަން ޔަޒަން އަށް އެނގެއެވެ.

ގެއަށް ވައިން އިރު ބަގީޗާގެ ގަސްތަކެއް ތެރޭގައި ހުރި ބެންޗެއްގައި ޝަހްރޫޒާއި ނައުފަލް ތިއްބެވެ.އެމީހުންނާއި ކައިރީގައި ހުރި ވީލްޗެއާ ފެނުމުން ނަވާރްގެ ގާތައް ހިނިއަންނަ ގޮތްވިއެވެ.  އޭނާ ފެނުނީންސުރެން ދެމީހުން ފާޑަކަށް ބަލަހައްޓައިގެން ތިއްބެވެ. ނަމަވެސް ނަވާރް ވަގުތުން ހީލިއެވެ.ޝަހުރޫޒްވެސް އިނދެފައި ހީލިއިރު  އެމޫނުމަތީގައި ހުރި މަކަރުވެރިކަން ނަވާރްއަކަށް ނޯޅެއެވެ. ޔަޒަން ދިޔަގޮތައް ގޮސްފައި ނިކަން ލޯބިން ކާފާ އޭ ކިޔައި ޝަހުރޫޒްއާއި ވާހަކަދެއްކިއެވެ. ނަވާރް އެމީހުންގެ ގާތައް ނުދާންވެގެން ބެލީ އަވަހަށް ގެޔަށް ވަދެވޭތޯއެވެ. މިއަދު އަދި ގެޔަށް ގޮސް ޒެހެކްއާ ބައްދަލް ކުރަން ވެސް އޭނާ އެ ހުރީ ނިންމައިގެންނެވެ.

ދަމުން ބަގީޗާގެ ގަސްތަކަށް ފެންދޭން ހުރި ޝާކިރް ގާތުގައި އޭނާ ތައްޔާރު ވެގެން އައުމުން ގެއަށް  ގެންގޮސްދޭން އެދުނެވެ. ޝާކިރް ވެސް ރައްދުގައި ބޯޖަހައިލާފައި ހީލިއެވެ.

***

މުޅި ކޮޓަރި ތެރެ ވަނީ އަނދިރި ކޮށްލައިފައެވެ. ބެލްކޮނީގެ ދޮރު ހުޅުވާލައިފާ ވުމުން ދޮރުފަތި ތަކުގެ ތެރެއިން ފޭދިގެން އައި ފަނޑު އަލި ފިޔަވައި އެއްވެސް އަލިކަމެއް ނެތެވެ. މުޅި ކޮޓަރީގައި ހިފާލައިފާ ވަނީ މަޑު ގިސްލުމުގެ އަޑެވެ. އެއަޑުގައި ހިތްތައް ގަނބައިގެން ދާފަދަ ވޭނީ އަސަރުތަކެއް އެކުލެވިފާ ވެއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލައިފާ ރިހާމް ވަދެގެން އައިއިރު ޒެހެކް އޮތްގޮތްފެނި އޭނާގެ ހިތައް ތޫނު ތަދެއްވިއެވެ. ކޮޓަރީގެ ލައިޓް ޖައްސައިލަމުން އޭނާ އައިސް ޒެހެކްގެ ގާތުގައި އިށީނެވެ. “ދޫނީ…” ރިހާމް ނުހަނު ލޯތްބާއެކު އެނދުގައި ބަންޑުން އޮތް ޒެހެކްގެ ބޮލުގައި ފިރުމާލިއެވެ. އޭރުވެސް ޒެހެކް ރޯތީ ރިހާމް ޒެހެކް އެނދުން ނަގާފައި އޭނާގެ ގަޔާއި ލައްކޮށްލިއެވެ.

“ޒެހޭ..ނަވާ ބުނި އެބަ އަންނަމޭ ވާހަކަ އެއް ދައްކަން” ރިހާމްގެ ޖުމްލައިން އިރުކޮޅެއްފަހުން ޒެހެކްގެ ރުއިން މަޑުޖެހިލިއެވެ. ރުއިން ހުއްޓިފައިވީ ނަމަވެސް ޒެހެކްގެ ލޯ ހުރީ ރޮއެރޮއެ ގޮސް ރަތްވެ ދުޅަވެފައެވެ. ފާއިތުވެ ވެ ދިޔަ ދެހަފްތާގައި ވެސް ޒެހެކްގެ ކަމަކީ ނުކައި ނުބޮއި ހިތާމަ ކުރުމެވެ. އެކަމުގެ ސަބަބުން އޭނާގެ ހަށިގަނޑުވެސް ފެންނަނީ ނުހަނު ބަލިކަށިކޮންނެވެ.

“ކެން ޔޫ ސައިން އިޓް” ރިހާމް ދައްކައިލީ ފޯމެކެވެ. ޒެހެކް ސުވާލްގެ ނަޒަރަކުން ބަލައިލުމުން ރިހާމް “ކައިވެނީގެ ފޯމް” އޭ ބުނެލިއެވެ.

“ނޯ އައި ކޭންޓް..ބައްޕަ ނާންނަނީސް އަހަރެން ނުކުރާނެ ކަމެއް ތިއީ” ކުރަކި އަޑަކުން ޒެހެކް ބުނެލި އިރު އަނެއްކާ ދެލޮލަށް ކަރުނަތައް ބޮނޑިވެލައިފިއެވެ.

“އައިނޯ..ބަޓް ޓޫ ވީކްސް ވަންދެން ހުއްޓުމެއް ނެތި ބައްޕަ ހޯދައިފި..އަދިވެސް ހަމަ ހޯދަނީ  އެ..ބެލި ބެލުމުން އެނގޭ ރާއްޖެއިން ބޭރަށް ނުދާކަން..ޒެހޭ އެނގެއެންނު ތިހެން ރޯތަން ބަލަން އަހަންނަށް ކެތެއްނުވާނެކަން..އަހަރެން ބޭނުން ހުރިހާ ވަގުތެއްގަ ވެސް ކައިރީގަ ހުންނަން..އެކަން ވާން އޮތީވެސް މެރީ ކޮށްގެން..ލެޓްސް ގެޓް މެރީޑް..ބައްޕަ ބުންޏެއްނު ބައްޕަ ނަޔަސް މެރީ ކުރަން..ޒެހޭ އަށް ހިއެއް ނުވޭތަ ބައްޕައަށް ކަންތައްތަކެއް ކުރިން ވެސް ނޭނގޭނަމަ އެގޮތައް ވާހަކަ ހުންނާނެހެން..ކަމެއް ގޯސްވާން ވެގެން އުޅޭކަން ކޮންމެވެސް ގޮތަކުން ވިސްނިގެން އެހެން އެބުނީ..ލެޓްސް ފައިންޑް އައުޓް އެވްރީތިންގް ޓްގެދާ” ޒެހެކްގެ އަތުގައި ރިހާމް ހިފާލައިގެން ހުރެ ބުނެލިއެވެ.އޭރުވެސް ޒެހެކްގެ މޫނުން ފެންނަނީ ހިތާމައިގެ އަސަރެވެ. ރިހާމްގެ ވާހަކަތައް ޒެހެކްއަށް ވެސް ގަބޫލްކުރެވެއެވެ. ނަމަވެސް އޭނާގެ ހުރި ހަމައެކަނި މީހަކީ ބައްޕައެވެ. ބައްޕައާއި ނުލާ އޭނާ ކައިވެނި ކުރާނީ ކިހިނެތް ހެއްޔެވެ. ބައްޕަ މިއަދު ވީތަނެއް ނޭނގުނުކަމުގައި ވިއަސް ކޮންމެވެސް ދުވަހަކުން އަންނާނެ ކަމުގެ އުއްމީދު އޭނާގެ ހިތުގައި އޮވެއެވެ.

ހިތާ ދެކޮޅަށް އެ ފޯމްގައި އޭނާ ސޮއި ކުރީ އަހުމަދު އެންމެފަހުން ބުނި ޖުމްލަ ހިތައް އަރުވާ ލައިފައެވެ. ބައްޕަ ނެތަސް ކައިވެނި ލަސްނުކުރާށޭ އަހުމަދު ބުނީ ހާދަ ފަސޭހައެއްކޮނެވެ. ނަމަވެސް މިއީ ޒެހެކް އަށް މިހާތަނަށް ކުރިމަތިވި އެންމެ އުނދަގޫ އިމްތިހާނެވެ.

އިރުކޮޅެއް ނުވަނީސް ދޮރުގައި ޓަކި ޖަހަން ފެށުމުން ރިހާމް ވަންނާށޭ ބުނެލިއެވެ.

“ޒެހޭ ހައުސް އެވްރީތިންގް” ނަވާރްގެ ފަހަތުން އެތެރެއަށް ވައިން ޒަޔާން އަހައިލިއެވެ.

އެނދާއި ހިސާބަށް އައިސް އައިސް އަނެއްކާ ނަވާރް ގޮސް ކޮޓަރި ތަޅުލުމުން ތިންމީހުން ސުވާލްގެ ނަޒަރަކުން ބަލަން ތިއްބެވެ.

ނަވާރް އެވަރުން ވެސް އެއްޗެއް ނުބުނެއެވެ. އައިގޮތައް އައިސް އެނދު މައްޗަށް ވެއްޓިގަނެފައި ރޯންފެށިއެވެ. ޒަޔާން ތެޅިގަނެފައި ނަވާރްގެ އަތުގައި ހިފައި ނަގަން އުޅެންފެށުމުން އޭނާގެ ރުއިން ވީ އިތުރެވެ. “ހޭއި..ހޭއި..ކިހިނެތް ވީ.. ނަވާ..ވަޓް ހެޕެންޑް..” ޒަޔާން ހާސްވެގެން އަހަންފެށިއެވެ. “ކޫ އާ މައްސަލައެއް ޖެހުނީތަ.. ނަވާ ތިހެން ވީ ގޮތެއް ނުބުނެ ރޮންޏާ ކިހިނެތް  އެނގޭނީ” އެތައް ފަހަރަކު އެހިއިރުވެސް ނަވާރް ޖަވާބެއް ނުދިނެވެ. އޭނާ މީޝަމްއަށް ވެސް ގުޅާފައި އައުމަށް ބުންޏެވެ. އޭރު ރިހާމްވެސް ނަވާރްއާއި ދިޔައީ ސުވާލް ކުރަމުންނެވެ. “ސްވީޓްހާޓް..ނުބުނަންޏާ ކުޑަބެ ގުޅަނީ މި ކޫއަށް” ޔަޒަންއަށް ގުޅާ ވާހަކަ ބުނުމުން ނަވާރް ފުންމައިގެން ތެދުވެ ނޫނެކޭ ބުނެ ހަޅޭއްލަވައިގަތެވެ.

“އާހް.. އަހަރެންގެ ބޯ ހީވަނީ ފަޅައިގެން ގޮސްދާނެހެން..ދެ ހަފްތާ ވަންދެން ހިފަހައްޓާއިގެން ހުރި ކަރުނަތައް މި ބޭރުކޮށްލެވުނީ..ޔަޒަން އާ  އެއްވެސް މައްސަލަ އެއް ނުޖެހޭ” ޒެހެކް ދިއްކޮށްލި ޓިޝޫގައި ހިފައި މޫނުމަތި ސާފްކޮށްލި އިރު ނަވާރްގެ ދެލޯ ހުރީ ދުޅަވެފައެވެ.

“ކިހިނެތް ތަ ވީ ނަވާ..ކަމެއް ވީތަ..” ، “ކިހިނެތް ނުވަނީ..އެވްރީތިންގް އިޒް ރުއިންޑް” ޒެހެކް އަހައިލުމުން ނަވާރް ދިން ޖަވާބުން އެކަކަށް އެކައްޗެއް ވެސް ސާފެއް ނުވިއެވެ.

”އިހަށް ވާހަކަ ނުދައްކާ ވެއިޓް މީޝް އަންނަންދެން..ނަވާ ރޯތީ އައި ކޯލްޑް ހާރ..”ޒަޔާން ބުނެލިއެވެ. ނަވާރް އޯކޭ އޭ  ބުނެ އިސްޖަހައިގެން އިނެވެ. މާގިނަ އިރެއް ނުވެ މީޝަމް ތެލެމުން ފޮޅެމުން ކަހަލަ ގޮތަކަށް އައިސްވަނެވެ.

“ނަވާ..ވަޓް ހެޕެންޑް..”މީޝަމް ގޮސް ނަވާރްގެ ކައިރީގައި އިއްތާލުމުން ނަވާރް ތުންފިއްތާލަމުން މީޝަމްގެ ގައިގާ ބައްދާލިއެވެ.

“ދެން ބުނެބާ ވީ ގޮތެއް ދޫނި” ، “އަހަރެން ނެތް އެއްވެސް ވާހަކަ އެއް ދައްކާކަށް..މީތި އަޑުއަހާ” މީސަމް އަހައިލުމުން ނަވާރް ނެގީ އޭނާގެ ފޯނެވެ. ފޯނުގައި އިން ރެކޯޑިންގް އަޅުވާލަމުން އަޑުބާރުކޮށްލިއެވެ.

އެއަޑު އަހަމުންދިޔަ އިރު އެހަތަރު މީހުން ތިބީ ހުއްޓިފައެވެ.ބުނާނެ އެއްޗެއް ނޭނގުނުތާ ހަރަކާތެއްވެސް ގެންނަން ނޭނގުނެވެ. ޝަހުރޫޒް ދެކެ އިންތިހާއަށް ރުޅި އާދެވުނު އިރު އެކަކު އަނެއްކަކުގެ މޫނައް ބަލަމުންދިޔަ އިރު ޒެހެކްގެ ހާލު ވަކިން ބޮޑެވެ. އެނދުމަތީގައި އިއްތާލެވުނު އިރު އޭނައަށް ރޮވެންފެށިއެވެ.

“ކީއްވެ ކުރިން ތި ނުދެއްކީ..ކީއްވެ ނަވާ..އިތުރަށް ޔަޒަން އަނދިރީގަ ބަހައްޓާކަށް ނުފެނޭ..” ޒަޔާން ހުރީ ކެކިއެވެ. އެންމެ ގާތް އެކުވެރިޔާ އަށް އަނިޔާ އެ ލިބެނީ ނުހައްގުންނެވެ.އެންމެ ނުބައިގޮތަށެވެ. އެވެސް  އެމީހެއް ދެކެ އެންމެ އޭނާގެ ލޯބިވާ ކާފަގެ ފުށުންނެވެ.

“އާން..މިހާރް ވާ ވަރަށް ސިއްރުކޮށްގެން އުޅެފި އެންމެން..މަޑުކޮށްބަލަ އާނާއަށް ގެއިން ނުކުންނަން ޖެހުނީ ވެސް އެ ޝަހުރޫޒްއާއި ހެދި ދޯ..އެބުނަނީނު އޭނާ ދެ ފިރިހެން ދަރިން ކުރެން ދޮށީ ދަރިއޭ.. އެކާކުތަ.. އަދި އެބަ ބުނޭ ދޯ އެހެން ކާފަ ދަރިއެއްގެ ވާހަކަ ވެސް..ކޮން ބައެއްތަ އެ.. މަށައް އެނގެނީ ލަންޑަންގަ ހުންނަ ބޭރު ދަރި…” ރިހާމް ބުނެލިއެވެ.

“ނޭނގެ ބްރޯ.. މަ ވެސް ހީކުރީ މަންމަ އާއި ލަންޑަންގަ ހުންނަ ކުއްޖާ ކަމަށް ހުންނަނީ..މަންމަ ވެސް ޔަޒަން ވެސް ބުނީ އެހެން..އެމީހުންނަށް ވެސް ނޭނގޭ ކަމެއް ތީ.. އަދި އިހަށް ޔަޒަން ކައިރިގަ ބުނީމަ ކަމަކު ނުދާނެ.. ކުޑަބެ އާ ރިހާމްބެ އަށް އެންމެ ރީއްޗަށް ޔަޒަންގެ ގޮތް އެނގޭނީ..އާނާއަށް އެހެން ހެދީ އެމީހުން ކަން އެނގުނީމަ ޔަޒަން މަޑަކުން ނުހުންނާނެ .. ޒެހޭ ބައްޕަ އެހުރީ އެމީހުންގެ އަތް ދަށުގަ..އޭރަށް މަޖުބޫރުކޮށްގެން ނޭނގޭ އަހުމަދުބެއަށް ހަދާލާނެ ގޮތެއް ވެސް” ނަވާރް އުދާސްކަމާއެކު ބުނެލިއިރު ދެން ތިބި މީހުންނަށް ވެސް އެކަމާއި ވިސްނާ ލެވުމުން ބޯހާސްވިއެވެ.

“އަހަރެން ކިއައިދިނީމެންނު މަންމަ އާއި ދޮންބެގެ މަރުގެ ހާދިސާ..އޭ..އޭ..އަޅޭ ހާދަ ހަނދާން ބައްޔޭ..ވެއިޓް އައި ހޭވް ތިކަހަލަ އެހެން ރިކޯޑިންގް އެއް” ޒެހެކްއަށް އޭނާގެ ފޯނުގައި ވެސް އެފަދަ ރެކޯޑިންގް އެއް އިންކަން ހަނދަންވީ ކުއްލިއަކަށްށެވެ. ޒެހެކް އެއަޅުވަން އުޅުނުހިނދު މީޝަމްއަށް މިހުރާންގެ ފޯނު ކޯލެއް އައެވެ. ހަމަ އެވަގުތު ނަވާރްއަށް ޔަޒަން ވެސް ގުޅަން ފެށިއެވެ. މަޑުކޮށްލާށޭ ބުނެ ދެމީހުން ދެފަރާތައް ޖެހިލިއެވެ.

މީޝަމް ފޯނުގައި ހުރެފައި ޒަޔާންއާއި ދިމާ ބަލައިލަމުން ބޯޖަހައިލި ގޮތުން ޒަޔާންއަށް ވަގުތުން އެ އިޝާރާތުގެ މާނަ އެނގުނެވެ.

“ދޮންބެ އެގުޅީ ވަރަށް އަވަހަށް އާދެބަލާށޯ ބުނެފަ ޒަޔާން އާއި ދެމީހުން..މަންމަމެންނަށް އެނގުނީ ކަންނޭގެ އަހަރެމެން ދެމީހުންގެ ރިލޭޝަންޝިޕް..” ފާޑަކަށް ހީލައިގެން ހުރެ މީޝަމް ބުނެލިއެވެ

“ބައްޕަ އައިސްފިޔޯ..ޔަޒަން އެގުޅީ..އެ ފައިލް ކަންތައް އަހަން އެބަ ޖެހޭ އެންމެ ފުރަތަމަ ވެސް” ނަވާރް ނުހަނު އަވަހަށް ގެއަށް ދާން އުޅުނެވެ.

“ޒެހޭ ސިސް.. ތި އޯޑިއޯ އަޑުއަހަން އަންނާނަން މާދަން އިންޝާﷲ..އެންމެން އެއްކޮން އަޑު އަހާނީ ދޯ.. އޭގެ ކުރިން  ނާހައްޗޭ…އެންޑް އެކަކުވެސް ގުރޫޕަށް މެސެޖް ނުކުރާތި އިހަށް.. އެނގެއެންނު ނައުފަލްއަށް ފެންނާނެކަން ދޯ.. މަ ލީވް ވެސް ނުކުރާތި..އަދި މިދާގޮތައް ދަންޏާ ވީ ހޭވް ޓް ގޯ ޕްލޭން ބީ އަކަށް..ވީ ނީޑް ޓް ޕްލޭ ހާޑާރ އެންޑް މަސްޓް ސްޕޮއިލް ދެމް އޭސަޕް” ނަވާރް ނުބައިގޮތަކަށް ހީލިއިރު އޭނާގެ ސިކުނޑީގައި މޮޅު ރޭވުމެއް އޮތްކަން އެކަކަށް ވެސް ނޯޅެއެވެ.

ޒަޔާން އާއި އެކު ސައިކަލުގައި ނަވާރް ގެއަށް އައެވެ. ހިތްއަވަސްވެފައިވާ ހާލު އެތެރެއަށް ވަދެގެން ދިޔައިރު ޔަޒަން ސިޑިން ފައިބަނީއެވެ. “ލެޓްސް ގޯ..މަންމަމެން އެވަނީ ރޫމަށް..” ނަވާރްގެ އަތުގައި ހިފައިގެން ޔަޒަން ގޮސް ޓަކި ޖަހައިލިއެވެ. މިލީނާ ދޮރުހުޅުވާލި ހިނދު ޔަޒަން ފެނިގެން ދޮރު ބޮޑަށް ހުޅުވާލަމުން ވަންނަން ތަން ދެއްކިއެވެ.

“ދަރިފުޅާ ކަމެއް ވީތަ” ޔަޒަން ހުރިގޮތުން މިލީނާއަށް އަހައިލެވުނެވެ. މިލީނާގެ ސުވާލަށް ޖަވާބު ނުދީ ޔަޒަން މިސްރާބު ޖެހީ ސޯފާގައި އިން އަކުރަމްގެ ގާތަށެވެ.

“ޒޭން..ކިހިނެތް ވީ..ކަމެއް ދިމާވީތަ..” އަކުރަމް ސުވާލް ކޮށްލި ހިނދު ޔަޒަން ދިއްކޮށްލީ އެ ފައިލްތަކެވެ. ހިޔާލެއް ފިކުރެއް ނެތި ޔަޒަން ދިން ފައިލްތައް ހުޅުވާލި ހިނދު އަކްރަމްގެ ދެލޯ ދިއައީ ބޮޑުވެގެންނެވެ.

***

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 9

Next

އިންސާނެކީމޭ……….(2)

Next
August 26, 2024

އިންސާނެކީމޭ……….(2)

Previews
August 25, 2024

ޙަޤީޤަތް ހޯދުމޭ 9

27 Comments!

  1. Ur biggest fan says:
    August 26, 2024 at 2:15 am

    Omggggg
    Alhe next part fast kohla dheeba this is so so interesting.
    Alhe mi vaan ulhey goii neyngey thy dhn neynge mirey nidheyne kameh ves 😭
    Vrh vrh nice
    Vrh avahah next part libeyne kamah ummeedhu kuran
    Ur biggest fan 🥹❤️

  2. Cutie girl says:
    August 26, 2024 at 6:17 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Finally AANA came
    Zehek and Rihaam dhuru nukurachey
    They both are made for each
    Koo and nawaa ves dhuru nukurachey
    Naufal and Shahurooz haada goahey
    Pls make things easy for zehek and nawaa
    Mihuraan AANA ves marry kuruvaa avahah
    Nawaa avahah Shahurooz ge vaahaka falhaa aruvaala
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍

  3. Anonymous says:
    August 26, 2024 at 6:20 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Mi part kiyaafa rovijje
    Finally AANA came
    Rihaam and zehek ves marry kuruvaa
    Mihuraan and AANA ves
    Pls make things easy for zehek and nawaa
    Koo and nawaa dhuru nukurachey
    Shahurooz ge plan flop kohlaa
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you

  4. Kuthoo says:
    August 26, 2024 at 8:42 am

    Varah reeti mi part ves. Next part kon iraku

  5. Lahu says:
    August 26, 2024 at 9:06 am

    Vvvvv reeeeeethii

    Caant wait😞😞😭😭😭😭😭
    Dhen keumeh buimeh nethi miyah inthizaaru kureveyny make it fast

  6. Sillll says:
    August 26, 2024 at 10:40 am

    Shahurooz ge dhe firihen dharinneu????
    Ehen kaafa dhari eh ves hunnany tha🤯
    Whats going on

    Plx make them get married
    I mean zeheke and riham😭😭😭
    This is the one i mean my fav story🥰🥰🥰🫶

  7. Saha hishaam says:
    August 26, 2024 at 11:32 am

    V furihama
    Bodu nulafaa shahrooz😒😒😏

  8. Xaher says:
    August 26, 2024 at 1:53 pm

    Haadha reehcheyy mi part vess
    Cant wait for the next

    Alhe seedha dhuvaheh buneeheebala up vaane
    V kamudhaa vaahaka eh mii
    Las vanyaa dhera veyt

  9. Anonymous says:
    August 26, 2024 at 2:13 pm

    HOW CAN READ THE EPISODES?

    1. Naya says:
      August 26, 2024 at 2:29 pm

      What you mean?

  10. Zehey says:
    August 26, 2024 at 2:31 pm

    Aigoooooo 😩😩😩 vvvv reethi mi part
    Heyo nuvaane nimeny ey mi 😭😭i beynumeh noon nimey kah😞😞this is soooo goooosd siiiisss😤😭😭😭
    Im in live with mihuraan as usual
    Bt ana r dhemyhjnge part naiima dhera vheji🥹😛
    Vvv loabi veyy sahaadhai yazan r nawa dheke💞💞💞💞💞💞💞💞💞
    Cant wait
    Avas avavavvavaavavvavavavvaavvvavavavavvaaaaasssssssssssssssssss

  11. Ayan says:
    August 26, 2024 at 6:20 pm

    Vvvv reeethi mi part ves
    Hithah araa naufal ah ragalhu bodi ah dheyn

  12. Nizam says:
    August 26, 2024 at 7:08 pm

    V reethi
    Hama 👌

  13. Shayerrr 💞 says:
    August 26, 2024 at 8:58 pm

    V v v v v v v v v salhi
    I have no words
    Kuhja ge sifakurunthakah hama 💯 igey
    V reethi mi vaahaka
    Hama heeevany vaahaka ige thereyan vadhevigen ulhey hen
    When aana show vaany enmen ge thereyH 🫣
    Waiting waiting 😬🫶🥰

  14. Hammi says:
    August 27, 2024 at 2:55 pm

    Vvvv reethi
    Mi part ves
    When next

  15. Mihuraanbby says:
    August 27, 2024 at 8:54 pm

    Masha Allah Vrh furihama ❤️👍🏼👏🏼👏🏼
    When’s the next episode 😩
    Vrh kiyaa hiyvey next episode and this is one of my fav stories mhr ☺️

  16. Anonymous says:
    August 28, 2024 at 9:33 am

    this story is so lovely ,so sad after reading this has stop in this part lease write and post first

    1. Amaany says:
      August 29, 2024 at 9:27 am

      English in thi genesdhyfa in gothun get eh nuvi
      🫣

  17. Anonymous says:
    August 28, 2024 at 6:30 pm

    Where is the next episode…pls fast ….can’t wait …..

  18. 🦊 says:
    August 28, 2024 at 9:29 pm

    Mi part ves vrh nice hama
    Curiously waiting next part ahh
    Keep it up 😊

  19. Anonymous says:
    August 30, 2024 at 11:06 am

    Where is next part … can’t wait..

  20. Kuthoo says:
    August 31, 2024 at 8:37 am

    Next part kon iraku…

  21. Fan says:
    August 31, 2024 at 1:52 pm

    Keeive thw mifaharu lasvany.
    Can’t wait
    Mihaaru gadi irakun gadi irakun up vehje thw eba beley.
    Pls be fast to upload next

  22. Anonymous says:
    August 31, 2024 at 4:35 pm

    Keeve Miburu ehaa lahee

  23. Anonymous says:
    September 1, 2024 at 8:54 am

    Pleas be fast to upload the next part

  24. Bro says:
    September 1, 2024 at 12:47 pm

    Pls avahah next part laadheeba 😭😭

  25. Mar yam says:
    September 2, 2024 at 8:42 am

    Next part avahah up kohdheeba 😭

Comments are closed.

Next Episodeތެމި ވާރޭގައި ވީމޭ 36 & 37←


All Right Reserved!