ކަޔާންގެ އެޕާޓްމަންގެ ތެރެއިން ނުކުތް ސޯފިއާގެ މޫނުމަތީގައިވީ ވިހަ ހިނިތުންވުމެކެވެ. “ޑަން” ފޯނު ނަގައިގެން ހުރެ މީހަކަށް މެސެޖް ކޮށްލި އިރު އޭނާގެ ތުންފަތް މަތީގައިވި ހިނިތުންވުން ލޮލާއި ހަމަޔަށް ދެމިލިއެވެ. *** “ދެވިފަ ހުރި ބޭސްތައް ގަނޑިން ގަޑިއަށް ކާލާތި.. މާ ބޮޑަށް ބޮލުގަ ރިއްސާނަމަ ލަސްނުކޮށް ދައްކަން އަންނަން ވާނެ.. ހަފްތާއެއް ވަންދެން ބޭސް އަޅަން އަންނާނީ ކޮންމެ ދުވަހެއްގެ ވެސް ރޭގަނޑު ” އެނދުގައި އިށީންދެ އިން ލިއާނާގެ އަތައް ގުޅާފައިވާ އައިވީ […]
“ވަޓް ދަ ހެލް” ދަތްތަކަށް ބާރުވި އިރު ރުޅިގަދަވެގެން ޒެވިއަލް ތުރުތުރުއަޅައެވެ. ވާނުވާ ނޭނގޭވަރުވިއެވެ. “ގާތިލުން މިނިވަން ވެއްޖެ” އަރްކާން ފޮނުވި ފޮޓޯއާއި އޭގެ ތިރީގައިވާ މެސެޖް ދެވަނަ ފަހަރަށް ބަލައިލި ހިނދު ޒެވިއަލްއަށް ފާރަށް ބާރުހުރި ގޮށްމުށުގެ ހަމަލާއެއް ދެވުނެވެ. މީހާ ތުރުތުރު އަޅަމުންދިޔައިރު މޫނުމަތިން ފެނިގެންދަނީ ރުޅީގެ އިންތިހާއެވެ. ޒެވިއަލް ފޯނު ނަގާ އަރްކާންގެ ނަމްބަރަށް ގުޅާލިއެވެ. އޭރު ވެސް ކޮޅަށް ހުންނަންވެސް ދަތި ވާވަރަށް ދިޔައީ ތުރުތުރު އަޅަމުންނެވެ. “ކޮންތާކު.” އަރްކާން ޖަވާބު […]
އެޕިސޯޑު 20 “އީވާ” އީވާ ފުރިހަމަ ކުރަމުން އައި ޖުމްލަ ހުއްޓުމަކަށް އައީ މުޅިތަން ގުޑައިގެން ދާ ފަދަ ބާރު އަޑަކުން އޭނާއަށް ގޮވާލި އަޑާއި އެކު ވަރުހުރި އެތިފަހަރެއް އޭނާގެ މޫނު މައްޗަށް އަރައިގެން ދިޔުމުންނެވެ. ވީ ތަދުން މޫނުމައްޗަށް އެނބުރުން އަރައިގެން ދިޔަ އިރު ދެފައިވެސް ބިންމަތީގާ ހަރުލާ ގޮތެއް ނުވިއެވެ. މޫނުމަތީގައި އަތް އަޅުވާލައިގެން ހުރެ ލަސްލަހުން މޫނު ހިއްލާލި އިރު ރުޅި އައިސް ރަތްވެފައި އެހުރީ އަޒީޒެވެ. އޭނާގެ ކައިރީގައި ދިނާޔާ […]
“އާން.. އަހަރެން ޝަވަން އާއި އިންނަން ރުހި ގަބޫލް..މިއީ އަހަރެންގެ ފަހުގެ ނިންމުން” އިސްޖަހައިގެން އިނދެ އަލާރާ އިއްވާލި ޖުމްލައިން ޒެވިއަލްއަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު އެތިފަހަރަކުން ޖަހާލިހެންނެވެ. އިސްޖަހައިގެން ހުރެފައި ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނުތައް ހިފަހައްޓަމުން އޭނާ އެތަނުން ދިޔައެވެ. **** ޒެވިއަލް ދިޔަ ގޮތްފެނި އަރްކާންގެ ހިތައް ނުބައި ގޮތެއްވެގެން ދިޔައެވެ. “އަނެއްކާ ޒެވިއަލް..އަލާ ދެކެ ލޯބިވަނީބާ” އަރްކާންގެ ހިތައް އެރިއެވެ. ޢޭނާ ބަލައިލި ކުރިމަތީގައި ތިބި ޝަވަންއާއި ހަމްދީގެ ދެމަފިރިންނަށެވެ. […]
“އަނދިރި ހަވޭއްޔަކުން އަލި މަގަކަށް އާދެވުން ކަހަލަ އިޙްސާސް އެއް ކުރެވެނީ..އެހެންނު.. މަށައް މި ލިބުނު ގޮތެއް ބަލާނެ ކަމެއް ނެތް..މިއޮތީ މިވެސް ހޯދާފަ.. ޑޯންޓް ޔޫ ތިންކް ދެޓް މީ ހޭވް ޓް ޑޫ ދިސް ޓްގެދާރ” ޝަވަން ބަލައިލިއިރު ސޯފިއާގެ ތުންފަތް ފަވާލެވިފައިވަނީ އެ ވިހަ ހިނިތުންވުމުންނެވެ. **** އަރްކާންގެ ކެބިންގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރި ލިއާނާ ދެފަހަރަކު ފުންނޭވާއެއް ދޫ ކޮށްލިއެވެ. އެތެރެއަށް ވަނުމަށްޓަކައި ދެތިން ފަހަރު ދޮރުގައި ޓަކި ޖަހަންވެސް އުޅެފިއެވެ. […]
(އެޕިސޯޑް 17) “އަލާ ނައު އިޓްސް އޯކޭ” ޒެވިއަލް އަށް ހުރެވުނީ ދުރުކޮށްލަން ވެސް ނުކެރިފައެވެ. ޒެވިއަލްގެ އަޑަށް އަލާރާގެ އަޑު ކެނޑުނު ނަމަވެސް ގައިން ދޫކޮށް ނުލާ އެހުރިގޮތައް އަލާރާ ހުއްޓެވެ. އެއަމަލުން ޒެވިއަލްގެ ހިތައް ކުރަމުން ދިޔަ ބާރު ވަކިން ބޮޑެވެ. ހިތްތެޅެމުން ދިޔަ އިރު އަރަބި އަހެއްފަދައެވެ. އޭނާގެ ހިތުގެ އަޑު އަލާރާއަށް ނީވި ހުންނާނެބާއޭ ހީވި އެތައް ވަގުތެއް ދިޔައެވެ. “އަލާ..ލެޓްސް ގޯ ހައްތަހާ ބޯ ކުރަނީ ވިއްސާރަ” ޒެވިއަލްގެ ހިތުގައި […]
“ޑަން..މާލެ ގޮސްފަ ހޮސްޕިޓަލަށް ދާނީ ދެން…އަމް ސޮރީ..އާ” އަރްކާންގެ މަސައްކަތް ނިންމާލުމަށް ފަހު ލިއާނާގެ ނޭފަތުގެ ހިނދުރިއަށް ދެ ޓިޝޫކޮޅު ހަރާލަދެމުން ބަލައިލި އިރު ލިއާނާ ބަލަހައްޓައިގެން ހުރިތަން ފެނި އެ މޫނަށް ބަލައިލެވުނެވެ. ދެމީހުންނަށް ތިބެވުނީ ނުރައްކާތެރި ހިސާބެއްގައި ކަން އިޙްސާސްވީ ދެނެވެ. ނަމަވެސް ލިއާނާގެ ރީތިކަން އެހާ ގާތުން ފެނުނު ހިނދު އަރްކާންގެ ހިއްސުތަކަށް ވެސް ވާންވަމުން ދިޔައީ އިންތިހާއަށެވެ. ލިއާނާގެ މޫނާއި ކުރިއަށް ވުރެން ކައިރިއަށް ދެވުން އިރުވެސް ރެއަކާއި ނުލައެވެ. ލިއާނާގެ […]
(އެޕިސޯޑު 14) “އާރ ޔޫ އައުޓް އޮފް ޔޯ މައިންޑް” ދަތްތަކަށް ބާރުކޮށްލައިގެން ހުރެ އަރްކާން ބުނެލިއިރު އޭނާ ގާތައް ރުޅި އަންނަގޮތް ވިއެވެ. ލިއާނާ މޮޔަވީހެއްޔެވެ. ލިއާނާގެ ހަނދާނުން ފަސް އަހަރު ކުރީގެ ހަނދާންތައް އެކީ ފިލައި ދިޔައީ ހެއްޔެވެ. *** އިސްޖަހައިގެން ހުރިއިރު ލިއާނާ ހުރީ އަރްކާންއާއި ހަތަރު ކަޅި ހަމަކުރަން ނުކެރިފައެވެ. މާޒީގައި އަރްކާންއަށް ހެދުނު ހަމައެކަނި ގޯހުގެ ވާހަކަ ތާއަބަދު ހުއްޓުމެއްނެތި އޭނާ ދައްކަމުން ދާއިރު އޭނާއަށް ވެސް ވަކި ކަންތައް […]
އަލާރާ އާއި ޒެވިއަލް އެކު އެކީގައި ގެޔަށް ވައިން މަންޒަރު ބަލަން ހުރި ޝަވަންގެ މޫނުމަތީގައި ވީ ރުޅިވެރިކަމެވެ. އޭނާ އެތަނުގައި އެދެމީހުންގެ ހަރަކާތްތަކަށް ބަލަން ހުންނަތާ ފުދޭވަރަކަށް އިރުވެއްޖެއެވެ. ޒެވިއަލް އަލާރާއަށް ބަލަހައްޓާއިގެން ހުންނަ ގޮތުން ޝަވަންގެ ހިތުގައި ނަފްރަތު އުފެދިގެން ދިޔައީ އިންތިހާއަށެވެ. “މީ ދޯ މީނަ މަށައް ބޮޑު ޝަރުތެއް ހުށައެޅި ސަބަބަކީ” ޝަވަންގެ މޫނުމަތިން ރުޅިއާއި އެއްވަރަށް ފޫހިކަންވެސް ދިޔައީ ފެންނަމުންނެވެ. އެގެޔަށް ވަންނަން ނުހަދާ އޭނާ މިސްރާބުޖެހީ އެގެއިން ބޭރަށް […]