Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަންނާށޭ ކަލާ…

Rau Level 210 Stories100 Comments100 Login
August 14, 2017 4 Mins Read
13 Comments

(ހަތްވަނަ ބައި)

” ބައްޕާާ! އެހެންވީމަަ، ބަލްޚާ މިގެއަށް ގެންނާނަންދޯ؟” ތަނަށްވެރިވެފައިވާ ހިމޭންކަމާއެކު، ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ތަފާތު އިހްސާސެކެވެ.

” ދަރިފުޅާ… މި ގެއަކީ ވަންނާނެ ގެދޮރު ނެތް މީހުން ވައްދަން ހަދާފަ ހުރި ޔަތީމްޚާނާއެއް ނޫނެއްނު. ތާކުން މީހަކު ފެންނަ އިރަށް ގެއަށް ވައްދަން!” ރުންކުރުކަމާއެކު ފަރުވާ ކުޑަ ރާގެއްގައި އިނާޒާ ބުނެލިއެވެ. އިނާޒާއަށް ފުރަތަމަ ފެނުނު ދުވަހުވެސް ބަލްޚާގެ ރީތިކަން ފެނި ހިތް ނުތަނަވަސްވާގޮތްވިއެވެ. ޖައިޝްއާ ބަލްޚާ ދުވަހެއްގެ ކޮޅުންވެސް ބައްދަލު ނުވުމަށް އެވަގުތުވެސް އެދެވުނެވެ. މީހަކަށް ހިލަމެއް ނުވިނަމަވެސް، އަނުމްއަކީ އޭނާގެ ޅީދަރިފުޅުގެ ގޮތުގައި ދުށުމަށް އޭނާ ފައްކާ ކުރަމުންދިޔަ ޒުވާނެކެވެ. އަނުމްއާއި ބަލްޚާ އަޅާ ކިޔާނަމަ، ބިމުގެ ހިރަފުސްކޮޅަކާއި އުޑުގައި ރަނިކަން ކުރަމުންދާ ހަނދާ ދެމެދު ހުރި ފަރަގު އެދެމެދުގައި ހުންނާނެ ކަމުގައި ޚުދު އިނާޒާވެސް ގަބޫލުކުރެއެވެ. ކަން މިހެން އޮތް އިރު ޖައިޝްގެ ވެސް އެދުމާއެކު، ބަލްޚާ މިގެއަށް ގެނައުމަކީ އިނާޒާ އެއްގޮތަކަށްވެސް ބޭނުންކަމެއްނޫނެވެ. ފިރިހެނެއްގެ ހިތް ބަދަލުވާނީ ކޮން އިރަކު ކިހިނެތްކަންވެސް އެނގެނީއެއްނޫނެވެ.

” މައްސަލައެއްނެތް… ދަރިފުޅުގެ ރައްޓެއްސެއްވެއްޖިއްޔާ ޖެހޭނެ އެހީވާން… އެހެން ނޫނަސް އަންހެން ކުއްޖަކަށް ވާނެ ގޮތެއް ވާން ދޫކޮށްލެވިގެން ނުވާނެ… ” އިނާޒާ ބުނި އެއްޗަކަށް މާބޮޑު ފަރުވާލެއްނެތި ޠައްޔިބު އެހެން ބުނެލުމުން އިމީއާއި ޖައިޝްއަށްވެސް އުފަލުން ” ޔެސް” އޭ ބުނެލެވުނެވެ. ތުން ފިއްތައިގެން ރުޅިގަނޑު ބަނޑަށް ހިންދާލައިގެން އަނުމް އިނީ ޖައިޝްއާ އެކަނި ބައްދަލުވާނެ އިރެއްގެ އިންތިޒާރުގައެވެ.

“އެކަމަކު ޠައްޔިބު! އެއީ ކޮންކަހަލަ ކުއްޖެއްކަން ނުވެސް އެނގޭ ކުއްޖަކު ތިހާ ފަސޭހައިން ގެއަށް ވައްދަން ހެޔޮވާނެތަ؟! މިފަދަ ޒަމާނެއްގަ އެހެން އެއްގެއިން ނެރެލީ މަ އަނެއްގެއަކަށް ވަންނަން ކެރޭނީވެސް ވަރަށް ވިޔާ ނުދާ ކުދިންނަށް” ޠައްޔިބުގެ ޚިޔާލު ބަދަލުވޭތޯ އިނާޒާ މަސައްކަތް ކުރިއެވެ. ޠައްޔިބުގެ ދުރު ވިސްނޭ ސިކުނޑިއަށް އިނާޒާގެ މި ބުނުމަކީ މާ ބުރަދަން ހުރި ބުނުމެއްކަމަށް ގަބޫލެއް ނުކުރެވެވުނެވެެ. ޠާއްޔިބަށް ކުރާ އިހްތިރާމެއްގެ ބޮޑުކަމުން އިނާޒާ އެންމެ ފަހުން ހަތިޔާރު ބެހެއްޓިއެވެ. ހިތާ ދެކޮޅަށްވިޔަސް ވެހެވެ. ކޮންމެ ގޮތެއްވިޔަސް އެހިނދުން އެހިނދަށް އޭނާގެ ހިތުގައި ނިވުމެއް ނުވާ އަލިފާނެއްގެ ހުޅު ހިފައިފިިކަން އޭނާއަށް ކަށަވަރުވިއެވެ. އެ އަލިފާނުގައި ޖެހި އަނދައިގެންދާނީ ކޮން ބައެއްކަމާއި، ކިހާ މިންވަރަކަށްކަން އަންދާޒާ ކޮށްލެވޭ ވަރަށްވުރެ އޭނާގެ ސިކުނޑީގައި ނަގަމުންދާ ނަފުރަތުގެ ރާޅު މާ ބިޔައެވެ. އަނުމްގެ ހާލަތަކީވެސް މިއެވެ.

ދަންވަރުގެ ވަގުތެވެ. އެންމެން ނިދައި ފައިހިލަވަޅު އޮބި މަގުތަށް ހިމޭންކަން އިހުތިޔާރު ކުރުމާއެކު ބަލްޚާ ދެތިން ފޮޅުވަތުގެ ނޯޓެއް ބޭއްވުމަށް ފަހު ކޮޓަރިން ނިކުންނަން ހިނގައި ގަތެވެ. އެ ނޯޓުގައި ނިމާލްއާ ދުވަހަކުވެސް ކައިވެނި ނުކުރާނެކަމަށް ބުނަމުން އޭނާ ހޯދުމަށް ދުވަހަކުވެސް މަސައްކަތް ނުކުރުމަށާއި، އޭނާ ހޯދުމަށް މަސައްކަތް ކޮށްފިނަމަ، ޒާހިރުގެ އެތަށް ސިއްރެއް ބޭޒާރުވާނެ ކަމުގެ އިންޒާރު ދެމުން އެ ނޯޓު އޭނާ ނިންމާލާފައިވެއެވެ. އެ ނޯޓުގެ މަތީގައި އެ ލިޔުން ޒާހިރުއަށް ރަށްދުކޮށްދިނުމަށް ބަސަންތީގެ ކިބައިން އޭނާ އެދިފައިވެއެވެ. ކޮޓަރިން ނުކުންނަން އެޅި އެންމެ ފަހު ފިޔަވަޅާއެކު ފަސްއެނބުރި ވަދާޢި ސަލާމެއްގެ ގޮތުން ގަދަ ނިދީގެ ހިމޭންކަމުގެ ތެރެއަށް ގެނބިފައިވާ ބަސަންތީއަށް އޭނާ ބަލައިލިއެވެ. މިގެއިން އޭނާ ހަނދާނުގައި ރައްކާކުރެވޭނީ ހަމައެކަނި ބަސަންތީގެ ހިތްހެޔޮކަމެވެ. މަޔަކު ދަރިއެއް ދެކެ އެވާ ފަދަ ލޯތްބެވެ. ދިރިއުޅުމުގައި އޭނާ ކުރިއަށް އެއަޅާ ފިޔަވަޅުގެ ހަބަރެއްނެތި ބަސަންތީ އެހެން ބާއްވަން އޭނާ ބޭނުން ނުވިނަމަވެސް އެނޫން ގޮތެއް މިއަދު އޭނާއަކަށްނެތެވެ. ލަސްފިޔަވަޅުތަކެއްގައި ގެއިގެ ދޮރުން ނުކުތްއިރު ގޯޅިގަނޑުތެރޭ ޖައިޝްއާއި ހިޝާން ތިއްބެވެ. އަޅިކުލައިގެ ގަޔަށްދޫ އަތްދިގު ޓީޝާޓްކޮޅަކާއި ކަޅު ލެގިންސްއެއްގައި ބަލްޚާ ހުރިއިރު، ބޮލުގެ އިންތަށިގަނޑު މައްޗަށް އައްސާލައި ނިތްކުރީގެ އަރިމަތިން  ކަންފަތާ ދިމާލުން ވެއްޓިފައިވާ އިސްތަށިކޮޅު އޮޅާލަމުން ދެ ޒުވާނުންނަށް ބަލްޚާ ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ދަންވަރުގެ ތެތްފިނި ކަމުން ބަލްޚާގެ ހިމަ ހަށިގަނޑުގައި މަޑުތުރެއް އަޅަމުން ދިޔައެވެ. އެވަގުތު ހިޝަންއައިސް ބަލްޚާގެ އަތުގައި ހިފާލައި އެދެއަތުން ބަލްޚާގެ އަތް ހޫނު ކޮށްދެވޭތޯ މަސައްކަތްކުރަން ފެށުމުން ޖައިޝްއަށް އުނދަގޫވިއެވެ. ބަލްޚާވެސް  ތޭންކްސް އޭ ބުނެލަމުން ހިޝަންގެ އަތުން އޭނާގެ އަތް ދަމައިގަތެވެ.

ހެނދުނުގެ ވަގުތެވެ. ބަންދު ދުވަހެއްކަމުން ހެނދުނު ހަތެއް ޖެހި އިރުވެސް ގޭގެ އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ގޭގެ ސިޓިން ރޫމުގެ ސޯފާގައި ބަލްޚާ އާއެކު ޖައިޝް އިނީ، ބަލްޚާ އެކަނިކޮށްލާފައި ދާން ބޭނުންނުވާތީއެވެ. އިމީގެ ކޮޓަރިއަށް ބަލްޚާ އަށް ނިދަން ދިއުމުގެ ފުރުސަތު ދިންނަމަވެސް ޖައިޝްގެ މައިންބަފައިންގެ އިޒުނައެއްނެތި ނިދާނެ ތަނެއް ޚިޔާރުކުރާކަށް ބަލްޚާ ބޭނުމެއް ނުވިއެވެ. ޒަމާންގނަޑަކަށްފަހު ދިމާވި ކިރިޔާ ދަންނަ ދެމީހުން ފަދައިން ބަސްހުއްޓިފައި ދެ ޒުވާނުންނަށްވެސް ތިބެވުނީއެވެ. ދެމީހުންގެ މައުޖޫދުވުން މި ދެ ޒުވާނުންގެ ހިތަށް ފިނިކަން ލިއްބައި ދިނަސް އެކަކުގެ އަނެކެއްގެ ހިތް އޮތް ގޮތާމެދު ދެޒުވާނުންވެސް ތިބީ ނޭނގުމެއްގެ ތެރޭގައެވެ.

“ޖައިޝް ބައްޕަ އޯކޭ ދިނީމަތަ މަ ތިގެނައީ އަނެއްކާ!!؟” ގަބޫލުކުރަން ދަތިވެފައި އިނދެ އެދެމެދުގައި ލެފިފައިވާ ހިމޭންކަމުގެ ފަރު ވައްޓާލަމުން އެންމެ ފަހުން ބަލްޚާ ބުނެލިއެވެ. ޖައިޝް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

” ހިޝާން އާ ބަލްޚާއާ ދޭތެރޭ އޮތީ ހަމައެކަނި ފްރެންޑްޝިޕްތަ؟!” ބަލްޚާ ބުނި އެއްޗަކާ އެއްވެސް ގުޅުމެއްނެތަސް އެސުވާލު ކުރަން ބޭނުންވެފައި އިންލެއް ބޮޑުކަމުން ޖައިޝްއަށް އެންމެ ފަހުން އެހެން އަހާލެވުނެވެ. ބަލްޚާ ސިހިފައި ޖައިޝްއަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ.  ޖައިޝް އިނީ އެ ސުވާލުގެ ޖަވާބު ނުހަނު ބޭނުންވެފައިވާ ފަދައިންނެވެ. ހިޝާންގެ ޢަމަލުތައް ހުރިގޮތުން އޭނގެ ހިތް ޝައްކެއްގެ ތެރޭގައި އޮވެ އެ ސުވާލުގެ ޖަވާބު ހޯދުމަށް އެދި ރޮމުން ގެންދާތާ ކޮން އިރެއް ހެއްޔެވެ؟ު

“ހޫމް……” އެ ސުވާލުގެ ޖަވާބު އެވަރުން ފުއްދާލުމަށް ބަލްޚާ ބޭނުންވިއެވެ.

” އެއްޗެއް އަހާލަންތަ؟…………………………………… ބަލްޚާގެ މަންމަ އާއި ބައްޕަަ ކޮބައިތަ؟… އަސްލު އެއް ކުލާހެއްގަ ކިޔެވިޔަސް ބަލްޚާ އެއްގޮތަކަށްވެސް އަހަންނަކަށް ނޭނގޭ އަދިއެއް…” ދެމެދުގައިގައިވާ ބީރައްޓެހިކަން ފިލުވާލައި، ބަލްޚާ ދެނެގަތުމުގެ ހަގީގީ މަގުސަދުގައި އެންމެ ފަހުން ޖައިޝް އެހިއެވެ. އެއާއެކު ބަލްޚާ އަނެއްކާވެސް ހިމޭންވިއެވެ. އެ ހަގީގަތަކީ މިވީހާތަނަށް މީހަކާ އޭނާ ހިއްސާކުރަން ބޭނުންވެފައި ނުވާ ހިތި ހަގީގަތެކެވެ. ޖައިޝްގެ އެސުވާލާއެކު އޭނާގެ  މާޒީގެ ސަފްހާތަށް އޭނާގެ ސިކުނޑީގައި ޓަކިދިން ފަދައެވެ. ކުޑައިރުގެ ހަނދާންތަކަށް މަޑުމަޑުން އޭނާ ގެނބެމުން ދާންފެށިއެވެ. އެއީ މަންމަ ކިޔައިދީފައި ވާ ވާހަކަތަކެވެ. އެވާހަކަތަކުން ބައްޕައަށްޓަކައި އޭނާ ހިތުަގައި ލީ ދުވަހަކުވެސް ނުފިލާނެ ފަދަ ލައްގަނޑެކެވެ.

*******

އެއީ މީގެ ވިއްސަކަށް އަހަރު ކުރިއެވެ. ނޫންކުލައިގެ ސާލެއްހެން އެއްވެސް ކޫރުމެއްނެތި ރާޅުތައް އޮބި ހިމޭން ކަމުގައިވާ ކަނޑުގެ ލޮނުގަނޑު ކަފަފުން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ލާންޗް ގޮސް ރިސޯޓްގެ ފަޅުތެރެއަށް ވަނެވެ. ދިވެހިރާއްޖޭގެ ކަނޑުގައިވާ ފެހި މުތީގެ އެރީތި ރަށްތަކުގެ ތެރެއިންވެސް އެއީ ނަލަ ރީތި ރަށެކެވެ. މުއްސަނދިކަމާއި ރީތި ކަމުގައި އެފަދަ ދެވަނައެއް ނުވާފަދަ ރަށެކެވެ. ކޮނޑުގައި އަޅުވާލާފައިވާ ދަބަސް އެއްވަރު ކުރަމުން ޢުމުރުން ފަންސަވީހުގެ އަހަރުތައް ގުނަމުންދާ ޒާހިރުގޮސް ރިޒޯޓުގެ ރިސެޕްޝަން އޭރިޔަގައި އަތުރާލާފައިވާ ގޮނޑިތަކުން ކުރެ ގޮނޑިއެއް ގައި އިށީނދެ ލިއެވެ.

” ޒާހިރު؟! ރައިޓް؟!” އެވަގުތު ކަޅު ފައިލްއެއް ހިފައިގެން އައިސް އޭނާގެ ކުރިމަށްޗަށް ހުއްޓިލި ދޮން އަންހެން ކުއްޖާ އޭނާގެ ސަމާލުކަން އަތުލިއެވެ.  ފައިގެ ކަށި މައްޗާ ހަމައަށް އަރާ ހިމަ ސްކާރޓްއަކާއެކު  ގަޔަށްބާރު ގަމީސްކޮޅެއްލައިގެން ހުރިއިރު މަޑު ފިޔާތޮށިކުލައެއް ވެރިވެފައިވާ އެރީތި މޫނުގައި ވަނީ ތާޒާކަމެވެ. ހިތްހެޔޮ ހިނުތުންވުމަކާއެކު އެހުދު ދަތްތައް ފެންނަވަރަށް ހިނިތުންވެލައިގެން ހުރި އިރު ދެ ކޮލުން އަޑިވެލަފައި ވުމުން އެހިނިތުންވުން އިތުރަށް ރީތިކޮށްދެއެވެ. އަންހެން ކުއްޖާއާ އިރުކޮޅަކު ބަލަން އެއިން ގޮތަށް އިނުމަށްފަހު،  ކޮޅަށް ތެދުވެ ލޮލުގައި އަޅާފައިވާ ކަޅު އަވިއައިނު ނަގައި އާއެކޭ ބުނުމުގެ ގޮތުން ޒާހިރު ބޯޖަހާލިއެވެ.

” މީ އެޑްރިއެއްލާ… އަހަރެން މަސައްކަތް ކުރަނީ މި ރިޒޯޓުގެ ފްރޮންޓް އޮފީހުގެ ހެޑްގެ ގޮތުގައި… މިއަދު ރެސްޓް ކޮށްލާފަ މާދަން މަސައްކަތަށް ނުކުތީމަ އޯކޭވާނެ…..” ގާތްކަމާއެކު ރީތި ހިނިތުން ވުމަކުން ޒާހިރުއަށް މަރުހަބާ ކިޔަމުން އެޑްރިއެއްލާ އޭނާގެ ތަޢާރަފެއް ދެމުން ބުނެލިއެވެ. ދިވެހިބަހުން އެޑްރިއެއްލާ އެހާ ފަރިތަ ކަމާއެކު ވާހަކަ ދެއްކުމުން ޒާހިރު ހައިރާންވިއެވެ.

” އަހަރެން ރާއްޖޭގަ އުޅޭތާ މިހާރު ހަތް ވަރަކަށް އަހަރު ވެދާނެ .. މިތަނުގެ ޘަޤާފަތާއި ހަމަހިމޭންކަންފެނި މިތަން ދެކެ ލޯބި ވެވުނު ވަރުން ދިވެހި ބަހުން ލިޔެ ކިޔަންވެސް ދަސްކޮށްލީ..” ޒާހިރުގެ އެ ހައިރާންކަން ފެނި އޭނާގެ ހިތުގައި އޮތީ ކީކޭކަންވެސް އެޑްރިއެއްލާ ނަގައިގަތް ކަހަލައެވެ. ރީތިކަމާ އެއްވަރަށް ތޫނުފިލިކަންވެސް އެޑްރިއެއްލާގެ ކިބައިގައި އެބަހުރިކަމަށް އެވަގުތު ހިތާ ސިކުނޑިން ޒާހިރު އެއްބަސް ވިއެވެ.

ނަސީބު ކަން ދިމަކުރިގޮތުން ޒާހިރުއަށް މަސައްކަތްކުރަންޖެހުނީ އެޑްރިއެއްލާގެ އެންމެ ގާތުގައި އިނދެއެވެ. ފުރަތަމަ ނަޒަރުންވެސް އެ ރީތި މާ ބިނދެލައި އަމިއްލަ ކުރުމުގެ ދަހިވެތިކަން ޒާހިރުގެ ހިތުގައިވަނީ ވަކި ހިއްޕާލާފައެވެ. ޔޫރަޕްގެ ދޮން އަންހެން ކުއްޖަކަށްވާތީ އޭނާގެ އެ އެދުން ފުރިހަމަ ކުރަން ފަސޭހަވާނެ ކަމުގައި ޒާހިރު ދުށްޓެވެ.

ހަފްތާއެއްވީއިރު ޒާހިރުއާއި އެޑްރިއެއްލާގެ އެކުވެރިކަން ވަނީ ނިކަން ރަނގަަޅަށް ބަދަހިވެފައެވެ. ޒާހިރުގެ ސަކަ މިޒާޖާއި ޖެހިލުން ކުޑަން ވެގެންދިޔައީ މަޑުމަޑުން އެދިމާއަށް އެޑްރިއެއްލާގެ ކުށެއްނެތް ހިތްވެސް ލަންބުވާލިކަމަކަށެވެ. އަމިއްލަ ގައުމާއި އާއިލާ ދޫކޮށް މި ކުޑަ ކުޑަ ދިވެހިރާއްޖޭގައި އޭނާ ހޭދަކުރި ދުވަސްތަކުގައި އޭނާގެ މާ ގާތް އެކުވެރިންނެއް މިތަނުން ލިބިފައެއް ނުވެއެވެ. އެކުވެރިކަމުގެ އަތް ގިނަ ފަހަރަށް ދިއްކޮށްލަނީ ފިރިހެނުންނެވެ. އެ  އެކުވެރިކަމުގެ ނިޔަތުގައި ފޮރުވިފައވަނީިިީ ކެހިވެރިކަން ކަން ގިނަ ފަހަރަށް އެޑްރިއެއްލާއަށް އިހްސާސްކުރެވެނީ ލަދެއްނެތި އެމީހުން ހާމަކުރާ އެދުމުގެ ސަބަބުންނެވެ.

އެހުރިހާ އެންމެންނާވެސް ޒާހިރު ތަފާތު ކަމުގައި އެޑްރިއެއްލާ ދުށްޓެވެ. ބޯމަތިން ނަގަމުން ދިޔަ ރާޅުގެ ބިޔަކަމާ މެދު އެއްވެސް މިންވަރެއްގެ އެނގުމެއް ނެތިއެވެ.

ރެއަކީ ހުކުރު ވިލޭރެއެކެވެ. ހުދު ސާފު ދޮންވެލިގަނޑުގައި ދެކޮޅަށް ދޮވަމުންދާ ކިރުކަކުނިތަކަށް ބަލަހައްޓައިގެން އިނދެ ވަރުބަލި ވުމުން އެޑްރިއެއްލާ ހަށިގަނޑު ދަމާލައި އެދޮންވެލިގަނޑުގައި އޮށޯވެލިއެވެ. ލައިފައިވާ ގަޔަށްދޫ ހުދުކުލައިގެ ތުނި ހެދުމުގެ ސަބަބުން އޭނާގެ ވަނާތައް ފަޅުވަމުން ދިޔައެވެ.

“މަވެސް އޮށޯވެލަންތަ؟!” އުޑުމަތީ ބަބުޅާ ވިދަމުންދިޔަ ތަރިތަކަށް ނަޒަރު ހުއްޓާލައިގެން އޮތް އެޑްރިއެއްލާގެ ބޮލާދިމާލުން ކުއްލިއަކަށް އެއަޑު އައުމުން އޭނާ ސިހުނުލެއް ބޮޑުކަމުން ހިތާދިމާލުން މޭމަތީގައި އަތް އަޅާލެވުނެވެ.

(ނުނިމޭ)

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

ޒިޔާ (4)

Next

ހިތުގެ މިލްކުވެރިޔާ (ސޯޅަވަނަ ބައި)

Next
August 14, 2017

ހިތުގެ މިލްކުވެރިޔާ (ސޯޅަވަނަ ބައި)

Previews
August 14, 2017

ޒިޔާ (4)

13 Comments!

  1. ???? says:
    August 14, 2017 at 6:04 pm

    Salhi. ..???waiting for the next part. ..

    1. ރައު says:
      August 14, 2017 at 9:40 pm

      thanx dear 😀

  2. khajja says:
    August 14, 2017 at 6:56 pm

    Masha allah v rythi?? when nxt prt avskollachchey ??❤❤?????

    1. ރައު says:
      August 14, 2017 at 9:41 pm

      thanx KHAJJA 🙂

  3. Mai says:
    August 14, 2017 at 7:22 pm

    Alhey.. kiyaahithun indha e nimuny…

    1. ރައު says:
      August 14, 2017 at 9:42 pm

      MAI m thanx ingey … 😉

  4. Aina says:
    August 14, 2017 at 9:47 pm

    Vvvv kiyaa hihvaa gothakah mivaahaka midhany… Mi site in emme kiyaa hivvaa 3 story in eh story miee. Ibaaraai kurun v salhi mo storyga. Ibaaraaithah fashuvi veema v kiyaa hithun kiyaalevey.
    BTW adriella any kaakutha????

    1. ރައު says:
      August 14, 2017 at 9:52 pm

      thanx Aina…..
      adriellaa akee kaakukan neyngeytha mi part in… hehehe
      engeyne adhi …. 😀

  5. Reader says:
    August 14, 2017 at 10:00 pm

    V salhi. Waiting for next part

  6. .. says:
    August 14, 2017 at 10:02 pm

    Wowwwww

  7. Mine says:
    August 14, 2017 at 10:47 pm

    merge kurige part tah kiyaaalan libeyne goteh nei tha..

    1. ރައު says:
      August 15, 2017 at 12:43 am

      “Mine” August 3 in feshigen hunnaane mivaahaka up koh fa 🙂

  8. Ram says:
    August 15, 2017 at 12:05 am

    Wow.. habbu ?

Comments are closed.

Next Episodeލޯބިން އަންނާށޭ ކަލާ…←


All Right Reserved!