Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރުން މިހިތާ ކުޅެނީހޭ (ހަތަރުވަނަބައި)

Pinkish Level 6100 Comments10 Stories100 Login500 Comments
October 22, 2017 6 Mins Read
52 Comments

“އަނެއްކާ މިކްޔަން އަށް އޯކޭ ވާނެބާ” ނާސިހްއާ ދުރުވެލަމުން ޒިޔާދު ބުނެލިއެވެ. “ތިކަމާ ހާސްނުވޭ. މިކްޔަންގެ މައްސަލައެއް ނޯންނާނެ. މާދަން ހުކުރު ދުވަހެއްނު. އާދޭ އަހަރެމެންގެއަށް ކާން.. ޔާނާއާ އެއްމެން ގޮވައިގެން. އޭރުން ތިވާހަކަ ދެއްކޭނެއޭނުން” ނާސިހް ވިސްނުމެއްގައި ހުރެ ފެށި ޖުމްލަ ނިންމާލީ ހިނިތުންވެ ހުރެއެވެ. “ތެންކްޔޫ ނާސިހް. އަހަރެމެން ހުކުރުން ފޭބީމަ 2 ޖަހާކަށް ހާއިރު ދާނަން” ނާސިހް ބޯޖަހާލިއެވެ.
“ދަނީ އިނގޭ. މާދެން ދިމާވާނޭނުން” ނާސިހް މިހެން ކިޔާ ދާން ހިނގައިގަތީ ވިސްނުމެއްގައި ހުރެގެންނެވެ. އޭނަ ވިސްނަމުން ދިޔައީ މިކްޔަންއާ ވާހަކަ ދައްކާނެ ގޮތަކާ މެދުއެވެ.

* * * *

“ޔޭ ދޮންތާ. ފައިނަލީ.” ލާރާ ހިނިތުންވެހުރެ ޔާނާގައިގަ ބައްދާލިއެވެ. “އަހަރެންގެ ދަރިފުޅު ވެސް ބޮޑުވެއްޖެއޭ ދޯ” ޒިޔާދުގެ އާއިލާ ތިބީ ސިޓިންގްރޫމް ގައެވެ. “ދެން ޑޭޑް” ޔާނާ އަށް އިސްޖަހާލެވުނެވެ. “މީހަކާ އިންނަން ތިއުޅެނީ. ބަދިގެ އަކަށް ވަންނަނީކީ ނޫން. ކޯއްޗެއް ފިރިމީހައަށް ކާންދޭނީ. މި ޒިޔާދުގެ ކަންތަކޭ. ފިހިދާނޭ ކިޔާފަ އުނދުން ފެންނަ ހިސާބަށް ވެސް އެރިޔަކަ ނުދޭނެ. އަހަރެން ހާސްވަނީ މިކަމުގެ ސަބަބުން މި މަންޖެ ވާންއުޅޭ މައިދައިތަ ހިތްހަމަނުޖެހިދާނެތީ” އާޝިއާ ވާހަކަ ދެއްކީ ނުރުހުންވެފައެވެ.

“އަހަރެންގެ މައިދައިތަ ވަރަށް ކޫލް ވެދާނޭނުން ހަމަ” ޔާނާ ފޮނިވެލާފަ ބުންޏެވެ. އެހެނީ އޭނަ ހުރީ ވަރަށް އުފާވެފަ ވިއްޔާއެވެ. މިކްޔަންގެ ހައްގަކަށް އޭނަ ވާން ދެން މާކަށްގިނަދުވަހެއް ނެތްވިއްޔާއެވެ. އާޝިއާ ދެފަރާތަށް ބޯހޫރުވާލިއެވެ. މަންޒަރު ބަލަން ތިބި ޒިޔާދު އާއި ލާރާއަށް ހިނިގަނޑެއް ޖަހާލެވުނެވެ.

* * *

“މިކްޔަން. މިކްޔަންން” އެނދުގައި ފޯނާ ކުޅެން އޮތް މިކްޔަން ސިއްސައިގެން ދިޔައީ ނާސިހް ގޮވާއަޑެށެވެ. އެހެންވެ އަވަސް ކޮށްލައިގެން ސިޓިންގްރޫމް އަށް ނިކުތީ ބޮޑުކަމެއްވީއޭ ހިތާއެވެ. އޭރު އާލިމާއާ ޒާއިންވެސް ނިކުންނަނީއެވެ. “ނާސިހް ކިހިނެއްވީ” އާލިމާ އަހާލިއެވެ.

“އަހަރެން މިއައީ މިކްޔަންގެ ކައިވެނި ހަމަޖައްސާފަ އަހަރެންގެ ރަހުމަތްތެރިއެއްގެ ދަރިއަކާ” ނާސިހް ސީދާ ޕޮއިންޓަށް ދިޔައެވެ. އާލިމާއާ މިކްޔަންގެ ދެލޯ ބޮޑުވީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ. ޒާއިންއަށް ހިނިތުންވެވުނީއެވެ. ދޮންބެގެ ކައިވެނި ހަމަޖެހުނީމައެވެ. އެހެނީ ޒާއިންއަށް މިކްޔަން އުޅެނީ ނަޝްވާއާ ރައްޓެހިވެގެން ކަމެއް ނޭނގެއެވެ.

“ނާސިހް މޮޔަވީތަ؟” “ކީކޭ ބައްޕާ” އާލިމާއަށާއި މިކްޔަންއަށް އެހެން ބުނެވުނީ އެއްކޮށްހެންނެވެ. “އަހަރެން މޮޔައެއް ނުވެ. މިދައްކަނީ ރަނގަޅު ވާހަކައެއް. މިކްޔަންއަށް ޖެހޭނީވެސް މިކައިވެނި ކުރަން.” ނާސިހްގެ މޫނަށް އެއްވެސް އަސަރެއްނުގެނެ ވާހަކަ ދެއްކިއެވެ. “ބައްޕައަށް ރަނގަޅަށް އިނގޭނެ އަޅުގަނޑު އުޅެނީ ނަޝްވާއާ ރައްޓެހިވެގެން ކަން. ދެން ކީއްވެ. އަހަރެން ނުކުރާނަން މި ކައިވެންޏެއް” މިކްޔަންގެ ދޫ ހަރަކާތްކުރިއެވެ. ޒާއިންގެ ދެލޯބޮޑުވިއެވެ. ދޮންބެ އުޅެނީ ނަޝްވާއާ ރައްޓެހިވެގެން ހެއްޔެވެ. ދޮންބެ ނަޝްވާ ކަހަލަ މީހަކާ ރައްޓެހިވީ ކީއްވެހެއްޔެވެ. ނަޝްވާގެ ގޮތް އޭނައަށް އިނގޭ ވިއްޔާއެވެ. ނަމަވެސް އެއްޗެކޭ ނުބުނެހުރީ މަސްލަހަތަށް ވިސްނާފައެވެ.

“ތި ނަޝްވާއެއް ކައިވެންޏެއް ނުކުރިއޭނުން. ލޯބިވާނަމަ ކުރިސް. ޒިޔާދު އެއީ ވަރަށް ރަނގަޅުމީހެއް އެހެންވެ ޔާނާ ވެސް ރަނގަޅުވާނެ ކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫން. ޔާނާ ވަރަށް ބޭނުންވޭ މިކްޔަން. މިކްޔަންއަށް އެއަށްވުރެ ރަނގަޅު ކުއްޖެއް ނުލިބޭނެ” ނާސިހް މިހެން ބުނުމުން މިކްޔަންއަށް މަޑުމަޑުން ޔާނާގެ ނަން ކިޔާލެވުނެވެ.

މިކްޔަންގެ ހިތުގައި ޔާނާއާމެދު ނަފްރަތު އުފެދިގެން ދިޔައީ މަދު ސިކުންތުކޮޅެއް ތެރޭގައެވެ. “އަހަންނެއް ނީންނާނަން ތި ޔާނާއަކާ. އަހަރެން ލޯބިވަނީ ނަޝްދެކެ. އޭނަ އިންނަން ހުރި ދުވަހަކުން އަހަރެން އޭނައާ އިންނާނީ. އޯ. އަހަންނަށް މިހާރު އެނގިއްޖެ. އެމީހުން މާ މުއްސަނދިވީމަ ދޯ. އަހަރެން ހިޔެއްނުކުރަން ބައްޕަތީ ރުފިޔާއަށް ހެއްލި ތިހާ އަމިއްލަ އެދުން ބޮޑުމީހެއް ކަމަކަށް” އަޑަން ބާރުލާފަ މިކްޔަން ބުނެލިއެވެ.

“މިކްޔަން.” “ދޮންބޭ” އާލިމާއަށާ ޒާއިންއަށް އެއްފަހަރާ ގޮވާލެވުނެވެ. މިކްޔަން އިސްދަށަށް ޖަހާލިއެވެ. އޭނައަށްވެސް ކުށެއްކުރެއްވިއްޖެކަން އިހްސާސްވީ ކަންނޭނގެއެވެ.

“މިއަދު އިނގިއްޖެ އަމިއްލައަތުގައި ހިފުވައިގެން ހިނގަން ދަސްކޮށް ކާންދީ ބަލާބޮޑުކުރި ބައްޕައަށް ވުރެ ތި ބޭރު އަންހެނާ މިކްޔަން އަށް މުހިއްމުކަން.” ނާސިހްގެ އަޑުގައިވެސް ހިތާމަވެރިކަން ވިއެވެ. އެހެނީ މިކްޔަން އޭނައާމެދު އެގޮތަށް ވިސްނާނެކަމަކަށް ދުވަހަކު ނާސިހް ހިތަކަށް ނާރައެވެ. މިކްޔަންގެ ދެލޯ ފެންކަޅިވީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

“އަހަރެން މިކްޔަން އަށް ނުކޮށްދިނީ ކޮންކަމެއް. އަހަރެން ފުރަތަމަ ފަހަރަށް މިކްޔަން ކައިރި ކަމަކަށް މިއެދެނީ. އަހަރެންދެކެ ކުޑަކޮށްވެސް ލޯބިވާނަމަ މިކައިވެނި މިކްޔަން ކުރާނެ. މާދެން އަންނާނެ އެމީހުން ކާން. އަހަރެންނަށް ކުޑަކޮށްވެސް ގަދަރުކުރަންޏާ މި ބައްޕަގެ އަގު ވައްޓާނުލާނެ ކަމަށް އުއްމީދުކުރަން” ނާސިހް މިހެން ބުނެ ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.

މިކްޔަންވެސް ބާރު ހިނގުމެއްގައި ގޮސް އަމިއްލަކޮޓަރިއަށް ވަނެވެ. އާލިމާވެސް މިކްޔަންގެ ފަހަތުން ދިޔައެވެ. ޒާއިން ހުރީ ބުނާނެ އެއްޗެއް ނުވިސްނި ބަސްހުއްޓިފައެވެ.

* * *

“ދަރިފުޅާ” އާލިމާ މިކްޔަންގެ ބޮލުގައި ފިރުމަމުންދިޔައީ ހަމްދަރުދީވާ ހާލުގައެވެ. “މަންމާ ކީއްވެ އަހަންނަށް މިހެން މިވީ. މަންމާ އަހަރެން ވަރަށް ފޫހިވޭ ޔާނާދެކެ. މިހާރު ނަފްރަތުވެސް ކުރަން. އޭނައާހެދި އަހަރެންގެ ދިރިއުޅުން މިހަލާކުވީ. ދުވަހަކު މާފެއްނުކުރާނަން.” ރޮވިފައިހުރެ މިކްޔަން ވާހަކަ ދެއްކިއެވެ. “ކިހާ އަމިއްލަ އެދުން ބޮޑުވީމަ އަމިއްލައަށް ކައިވެނި ކުރަން ހޭބަލިވެގެން އުޅޭނީ. ލަދު ހަޔާތް ކުޑަކަން. އެކަހަލަ ކުދިންގެ އަހުލާގުވެސް ރަނގަޅެއް ނުވާނެ” އާލިމާގެ ހިތުގައިވެސް ޔާނާއާ މެދު ފޫހިކަމެއް އުފެދުނެވެ. “އަހަރެން މިކައިވެނި ކުރާނަން. ހަމައެކަނި ބައްޕައަށްޓަކައި. ބައްޕަ ކައިރި ބުނެލަދޭތި” މިކްޔަން މިހެންބުނެ މޫނު ފޮހެލުމަށް ފަހު ތެދުވެ ހިނގައިގަތެވެ.

“ކޮންތާކަށް؟” އާލިމާ އަހާލިއެވެ. “ނަޝް އަށްވެސް މިކަން އިނގެންޖެހޭނެ” މިކްޔަން އަސަރެއްނެތި އެހެންބުނެ ހިނގައިގަތެވެ.

*****

ނަޒީހްގެ އުނގުތެރޭ އިން ނަޝްވާ ފޯނަށް ބަލާލީ މިކްޔަން ގުޅާތީއެވެ. “ހަލޯ.” ނަޒީހް ނަޝްވާގެ މޫނުގައި ބެހޭތީ އަތްދުރުކުރަމުން ބުނެލިއެވެ. “ނަޝް. ވަރަށް ބޮޑު ކަމެއްވެއްޖެ. އަހަރެންގެ ކައިވެނި ހަމަޖެހިއްޖެ” އެކޮޅުން މިކްޔަން ބުންޏެވެ. “ވަޓް. އެކީއްވެ. ކިހިނެއް. ނުވާނެ އެހެނެއް. މިކްޔަން އަދި ޖެހޭނެ އަހަންނާ އެކީ އުޅެން.” ނަޝްވާ އަށް ކިޔޭނުކިޔޭއެއް ނޭނގެއެވެ.

“ކީއްވީ.” ނަޒީހް އަހާލީ ނަޝްވާ ފޯނުބޭއްވީމައެވެ. “މިކްޔަންގެ ކައިވެނި ހަމަޖެއްސީއޯ” ނަޝްވާ ބުނެލިއެވެ. ނަޒީހް އަށް ކޮޅަށް ތެދުވެވުނެވެ. “ނުވާނެ ތިހެނެއް. ނަޝްވާ ޖެހޭނެ އަދި މަސްކޮޅެއް އޭނައާއެކީ ހޭދަ ކުރަން. އޭނައާ ވަކިވެގެން ނުވާނެ. އެހެންނޫނީ ހަނދާންވެޔޭނު އަހަރެން ބުނިއެތި. އަހަރެންމީ އަހަރެން ގޮތުގައި ހުންނަ މީހެއްކަން އިނގެއޭނުން.”

“އިނގެޔޭ. އަހަރެން މިހުރިހާކަމެއް މިކުރަނީ ވެސް ނަޒީހް އަށް ޓަކައި. އަހަންނަކަށް ނޭނގޭ ނަޒީހްއާ މިކްޔަންއާ ދެމެދު ލެވިފައި ހުރި ފާރަކީ ކީއްވެ ލެވިފައި އިންފާރެއްކަމެއް. އެނގޭކަށް ބޭނުމެއްވެސްނޫން. އަހަރެން ބޭނުމީ ނަޒީހް އާއެކީ ލޯބިންއުޅެން. އެކަމަކު ނަޒީހް ބުނީތީ އަހަރެން އަދިވެސް މިކްޔަންއާއެކީ އުޅޭނަން. ހަމައެކަނި ނަޒީހްއަށް ޓަކައި.” ނަޝްވާ ބުނެލިއެވެ.

ނަޒީހް ވިހަ ހިނިތުންވުމެއް މޫނަށް ވެރިކުރުމަށްފަހު ނަޝްވާގެ ތުންފަތަށް ބޮސްދިނެވެ. “އަހަރެން މިދަނީ މާލެ ދާން. މިކްޔަން ބުނެގެން އިނގޭ.” ނަޒީހް ބޯޖަހާލުމުން އަތްދަބަސް ހިފައިގެން ނަޝްވާ ނިކުމެގެން ދިޔައެވެ.

* * *

ރަސްފަންނަށް ގޮސް ނަޝްވާ މުޅިތަނަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ދުރުގައި މޫދާވީ ފަރާތަށް އެނބުރި އިން މިކްޔަން ފެނުމުން ގަސްތުގައި ލޮލަށް އިނގިލި ކޮށްޕާލީ ލޯ ރަތްކޮށްލުމުގެ ބޭނުމުގައެވެ.

މިކްޔަން ކައިރި އިށީނދެލި ނަޝްވާ ފެނި މިކްޔަން އަށް ނަޝްވާ ގައިގަ ބައްދާލެވުނެވެ. ރޭނގަޑުގެ ވަގުތުކަމުން އެތާ މާކަށް ގިނަ މީހެއް ނެތެވެ.

“ޕްލީޒް މިކްޔަން. އަހަރެން ދޫކޮށްނުލައި. އަހަންނަށް ނޫޅެވޭނެ މިކްޔަން އާއި ނުލައެއް.” ނަޝްވާ ރޮއިގަތެވެ.

“ނަޝް އަހަރެން ދުލެއް ނުކުރާނަން. އެ ޔާނާއެއްގެ ދިރިއުޅުން އަހަރެން ހަލާކުކޮށްލާނަން. އަހަރެން އޭނައަށް ނަފްރަތު ކުރަން. އަހަރެން މީ ނުބައި މީހެއްކަން އަންގާލާނަން. އެއްމެ 2 މަސް ވަރު. އަހަރެން އޭނަ ވަރިކޮށްލާނަން. އައި އޮންލީ ލަވް ޔޫ ނަޝް. އައި ލަވް ޔޫ”

“އައި ލަވް ޔޫ ޓޫ” ނަޝްވާ މިކްޔަންގެ ކޮނޑުގައި ބޯއަޅާލިއެވެ. ވިހަ ހިނިތުންވުމެއް ނަޝްވާގެ ތުންފަތުގައި ދުވެލިއެވެ.

* * *

ގެއަށް ވަދެގެން އައި މިކްޔަންއަށް ސޯފައިގެ އިން ނާސިހް ފެނުމުން ގޮސް ނާސިހްއާއި ޖެހިގެން އިށީއިނުމަށްފަހު އެއަތުގައި ހިފާލިއެވެ. “ބައްޕާ. އަހަރެންނަށް މާފު ކުރޭ. އަހަރެން އެހެން ވާހަކަ ދެއްކީ ގަސްތުގަ އެއް ނޫން. ބައްޕާ. އަހަރެން ބައްޕައަށް ޓަކައި މި ކައިވެނި ކުރާނަން. ބައްޕަގެ އަގު ވެއްޓުނަކަނުދޭނަން.”

“ބައްޕައަށް އިގެޔޭ ދަރިފުޅާ. ބައްޕަ ގެ ނިންމުމަށް ދަރިފުޅު ދެގޮތެއް ނަހަދާނެކަން.” ނާސިހް މިކްޔަންގެ ބޮލުގައި ފިރުމާލިއެވެ. މިކްޔަން ދިޔުމުން އެތަނަށް ކޮފީ ހިފައިގެން އައި އާލިމާ މޭޒުމަތީ ކޮފޯ ބެހެއްޓުމަށްފަހު ދާންއުޅުނެވެ. “އާލިމާ”

“އަހަންނަށް ގޮވާނެކަމެއް ނެތް. އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ހަލާކުކޮށްލީތި” އާލިމާ އެއްމެ މިނެޓެއްވެސް މަޑުނުކޮށް އެތަނުން ދިޔައެވެ.

* * *

ފުންވިސްނުމެއްގައި އޮތް މިކްޔަން ދޮރާދިމާލަށް ބަލާލީ ޒާއިން ވަދެގެން އަންނާތީއެވެ.

“ޒާއިން އެއްޗެއް ބުނުމުގެ ކުރިން ދޮންބެ ބުނެލާނަން އެއްޗެއް. ދޮންބެ ނަޝްވާގެ ވާހަކަ ނުބުނީ ދޮންބެ އަށް އިނގޭ ޒާއިންއަށް ނަޝްވާ ކަމުނުދާކަން. ދޮންބެ އަށް އިނގޭ ނަޝްވާ ކުރިން އުޅުނީ ގޯސް ކޮށް ކަން. މިހާރު އޭނައަށް ވިސްނެޔޭ” މިކްޔަން ބުނެލިއެވެ.

“އަހަރެންވެސް ދޮންބެ ކައިރި ބުނެލާނަން ވާހަކައެއް. އަހަރެން މީގެ ދެދުވަސް ކުރިން ހުޅުމާލެއަށް ދިޔައިރު ދުށިން ތި ނަޝްވާއެއް އަތިރިމަތީ ފިރިހެނެއްގެ އުނގުތެރޭގައި އިންދަ. އެ ގައިމުވެސް ކުރިއެއް ނޫން ކަންނޭގެ. ހާދަ ފޫހިވެޔޭ ނަޝްވާދެކެ. ދޮންބެ އޭނަ އާ ދުރުވޭ” ޒާއިން ބުނެލީ ސާބިތުކަމާއެކީއެވެ.

“ނަޝްވާ އެހެނެއް ނަހަދާނެ. އެއަށްވުރެ ނަޝްވާ ރަނގަޅުވާނެ. ޒާއިން ތިއައީ ތިވާހަކަ ދައްކަންވެގެން ވިއްޔާ މިތަނުން ދިޔައްޔާ ރަނގަޅީ” މިކްޔަން އައިރުޅިން ބުނެލިއެވެ.

ޒާއިން އެތާ އެއްމެ މިނެޓެއް ވެސް މަޑު ނުކޮށް ދާން ހިނގައިގަތެވެ. ނަމަވެސް ދޮރުހުޅުވާލުމަށްފަހު މަޑުކޮށްލިއެވެ. “ނަޝްވާ ނޫން މީހަކާ ދޮންބެ ރައްޓެހިގެން އުޅުނުނަމަ އަހަރެން ބައްޕަގެ ފައިބުޑަށް ވެއްޓިގެން ނަމަވެސް އާދޭސް ކުރީމުސް ދޮންބެއަށް އެހެން ނަހަދަން. އެކަމަކު ބައްޕަ ކަންތައް އެކުރީ ރަނގަޅަށް. ތި ނަޝްވާއަކަށްވުރެ އެ ޔާނާއެއްވެސް ރަނގަޅުވާނެ ކަން އަހަންނަށް ހަމަ ޔަގީން.” މިކްޔަން މިހެން ބުނެ ދޮރުޖެހިއެވެ.

****

ފަތިހު ލޯހުޅުވާލީ ޔާނާ ފުންމައިގެން ތެދުވީ މިއަކީ އޭނާއަށް ވަރަށް ހާއްސަ ދުވަހަކަށް ވީމައެވެ. ވަގުތުން ފެންވަރައިގެން ނަމާދުކޮށް ރަނގަޅަށް އިރުއެރުމުން ބޭރަށް ނިކުތެވެ. އޭރު ލާރާ ޓިވީ ބަލަންއިންއިރު އާޝިއާދިޔައީ ބަދިގޭގައި އެއްޗެއް ތައްޔާރުކުރަމުންނެވެ. މިއަދު އެގޭ އެއްވެސް މީހެއް މަސައްކަތަކަށް ނުދެއެވެ. ޔާނާ ހޮސްޕިޓަލް އަށް ސަލާންބުނެފައިވާއިރު ޒިޔާދުވެސް މިއަދު އޮފީހަކަށް ނުދެއެވެ. މިއަދު ހުކުރު ދުވަސް ކަމުން ލާރާ ވެސް ކޮލެޖަށް ދާކަށް ނުޖެހެއެވެ.

“ދަރިފުޅާ ލާރާ. ދޭބަލަ މާމަ އެއް ކުކުޅު ބިސް ގަނެގެން ގެނެސްދޭން. ހެޔޮނުވާނެ ޔާނާ އާދެބަލަ މިތަނުން މަސައްކަތެއް ކޮށްލަން ތިހެން ނީނދެ” އާޝިއާ މިހެން ބުނުމުން ލާރާ ތައްޔާރުވެލީ ފިހާރައަށް ދާށެވެ. ޔާނާވެސް ބަދިގެއަށް ވަދެލީ ކަމެއްކުރަން އޭނައަށް އިނގޭތޯއެވެ.

ޔާނާއަށް އެއްވެސް ކަމެއް ކުރަން ނޭނގުނު އިރު ފިޔާ ފިލުވަމުން ދިޔަގޮތުންވެސް އަޝިއާ ދިޔައީ ހެމުންނެވެ.

* * *

ބިސް ގަނެގެން ނިކުމެގެން އައި ލާރާ ލޮލުގައި އަޅައިގަތީ ކުރިމަތިން އެއްއަތުން ކޮތަޅެއް ހިފައި އަނެއްއަތުން ކޯކް ދަޅެއްބޮމުން އައި ޒާއިންއެވެ.އިތުރު ވިސްނުމަކަށް ނުގޮސް އަތުގައި އޮތް ކޮތަޅުތެރޭން ލާރާ ބިހެއްނަގާ އަތަށް ހެޔޮވަރު ކޮށްލިއެވެ. އެޔަށްފަހު ބާރު ހިނގުމެއްގައި ގޮސް އެބޮސް ޒާއިންގެ ބޮލަށް ޖެހުމަށްފަހު ހެމުން ހެމުން ދުއްވައިގަތެވެ. އެތާމަޑުކުރިނަމަ ޒާއިން އަތުގައި އޮތް ކޯކްވެސް ގަޔަށް ޖަހާފާނެވިއްޔާއެވެ.

ކަންވީވެސް އެހެންނެވެ. އެއަކީ ލާރާކަން އިނގުމުން އަތުގައި އޮތް ކޯކް ދަޅު ޔާނާއާދިމާލަށް ޒާއިން އެއްލާލިއެވެ. އެއަށްފަހު މޫނުކުނިކޮށްގެން ގެއާދިމާލަށް ހިނގައިގަތެވެ. ޒާއިން އައީ އާލިމާ ބުނެގެން ތަރުކާރީ ކޮޅެއް ގަތުމަށެވެ.

****

“އަނހަ ދަރިފުޅާ ތިއޯ. އަނެއްކާ ބޮނޑިއެއް ބުއީ އެކުއްޖާ ގާތުން؟” އާލިމާއަށް ޒާއިން ފެނުމުން ހެމުން އަހާލިއެވެ. “ވަރަށް ފޫހިވޭ” އެހެން ކިޔާ ޒާއިން ފެންވެރުމަށް ދިޔައެވެ.

***

ޔާނާ އާ ދިމާކުރަން ހުރި ލާރާ ފޯނަށް ބަލާލީ މެސެޖެއް އައުމުންނެވެ. *އަދި އެއްފަހަރު ފެނިބަލަ ކުޅި ދައްކާލާނަމޭ*

ލާރާ ހިންދިރުވާލިއެވެ. މިނޫނީ ޒާއިން މިކަހަލަ އިންޒާރު މެސެޖަކުން ނުދޭވިއްޔާއެވެ. ޒާއިންގެ ކުރިމައްޗަށް ނުދެވޭތޯ ދުއާކުރާ ހާލު ލާރާ ރިޕްލައި ކޮށްލިއެވެ. *ހޫނ އިގިދާނެ ތި ދައްކާ ކުޅިއެއްވެސް*

“ހިނގާ ކޮއްކޯ ދޮންތަ ލާނީ ކޮން ހެދުމެއްކަން ބުނަން” ޔާނާ މިހެން ބުނުމުން ލާރާ ހިނިތުންވެ ހުރެ ޔާނާއާއެކީ ދިޔައެވެ.

* * *

ގަޑިން 2 ޖެހިއިރު ނާސިހްގެ އާއިލާ ތިބީ ސިޓިންގްރޫމް ސޯފާގައެވެ. މިކްޔަން ކިތަންމެ ފޫހިވިޔަސް ބައްޕައަށް ޓަކައި އެތާ އިންނަންޖެހެނީއެވެ. އާލިމާވެސް ހަމަ އެގޮތެވެ. ޒާއިން އިނީ އޭނާގެ ފަހަރި ދެކިލާހިތުންނެވެ. ނާސިހްވެސް އިނީ ޔާނާ ދެކިލާހިތުން ކެތްމަދުވެފައެވެ.

ޒިޔާދުމެން އާއިލާ ނާސިހް މެންގޭ ދޮރުމައްޗަށް އެރިއެވެ. ޔާނާ އަތުގައި ހިފަހައްޓައިގެން ހުރި ލާރާ ކުރިމައްޗަށް ބަލާލީ ހުރީ ކޮންބައެއްތޯ ބެލުމަށެވެ. ކުރިމަތީ އިށީއިނދެ އިން ޒާއިން ފެނުމުން ލާރާގެ ދެލޯ ބޮޑުވިއެވެ. ޒާއިން އަކީ މިކްޔަންގެ ގާތް މީހަކަށް ވިޔަސް ގޭ މީހަކަށް ވެދާނެ ކަމަކަށް އޭނާ ހީނުކުރެއެވެ.

“އައްސަލާމުއަލައިލުމް” ޒިޔާދު ގޮވާލިއެވެ. މިކްޔަން ފިޔަވައި އެއްމެން އަޑުއައި ދިމާލަށްބަލާލެވުނެވެ. ޒާއިން އަށް ވެސްވީ ލާރާއަށް ވީވަރެވެ. ޔާނާއޭ ބުންޏަސް އެއީ ލާރާގެ ދޮންތަކަމެއް އޭނާއަކަށް ނޭނގެއެވެ. “ވަދޭ ވަދޭ” ނާސިހް ގޮވާލިއެވެ.

“ޑޭޑް. މީ ނުބައި ގެއެއް. ހިނގާދާން” ލާރާ މިހެން ބުނެ އެނބުރި ދާން ހިނގައިގަތެވެ. “މީ ރަނގަޅު ގެ” މިހެން ބުނެ ޒިޔާދު އެތެރެއަށް ވަދެވެ. ލާރާ ބޭނުން ނުވިޔަސް ޔާނާގެ އަތުގައި ހިފައިގެން ޒިޔާދު އާއި އާޝިއާގެ ފަހަތުން ދިޔައެވެ.

“އަވަހަށް ހިނގާކާން” އާލިމާ މިހެން ބުނީ ހިނިތުންވެފަ ހުރެއެވެ. ދެއްކުމަށެވެ. ޒިޔާދުގެ އާއިލާވެސް ދެބަސް ވުމެއް ނެތި އެމީހުން ހިނގައިގަތުމުން ފަހަތުން ދިޔައެވެ.

މިކްޔަން ހުރީ ކެކިކެކިއެވެ. މިތާ ވެސް ޔާނާއަށް ބަވާލެވޭނަމަ އެކަން ވެސް ކުރީހެވެ. ނަމަވެސް އަނގަމަޑުން ލައިގެން ހުރީއެވެ. ޔާނާތޯއެވެ. މިކްޔަން އާއި ދިމާލަށް އިރުއިރުކޮޅާ ބަލާލަނީ ލަދުރަކި ހިނިތުންވުމަކާއެކީއެވެ.

ޒާއިންއާ ލާރާއަށް ރަނގަޅަށް ކެވޭ ކަމަކަށްވެސް ނުވިއެވެ. އެއްޗެކޭ ބުނަންވެސް އާއިލާ މީހުންތިބުމުން ނުކެރެއެވެ. ފޫހިވެގެން ހަލާކެވެ.

ނުނިމޭ..

Hey guyx.. igey mi part kurukan.. aslu maadhen exam othyma.. hope you guys will understand… but eyge badhalah maadhen exam in aissa vx part eh upkohla dheynan.. thankyou. plx emmen understand vahcheyy…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Pinkish

Level 6100 Comments10 Stories100 Login500 Comments

...

Other Articles

Previous

އިންތިޒާރު ކުރި ލޯބި (16)

Next

ބުނެދޭން ބޭނުންވިޔަސް……

Next
October 22, 2017

ބުނެދޭން ބޭނުންވިޔަސް……

Previews
October 22, 2017

އިންތިޒާރު ކުރި ލޯބި (16)

52 Comments!

  1. ??? says:
    October 22, 2017 at 8:28 pm

    Vaahaka Kiyaalan libuniii?????

    1. Ram says:
      March 1, 2019 at 7:49 pm

      ❤❤

  2. aki says:
    October 22, 2017 at 8:29 pm

    vv inthizaaru kohfin mi vaahaka ah thanks

    1. Ram says:
      October 22, 2017 at 10:23 pm

      Thankyou aki ?❤

  3. Nish says:
    October 22, 2017 at 8:42 pm

    Yeyy story hama perfect nd vara majaa laara nd zaain vara cute?☺waiting for the next part..keep it up dear ly.?BEST OF LUCK for ur exam ram?

    1. Ram says:
      October 22, 2017 at 10:24 pm

      Hehe dww..Thankyou and ly too ?❤

  4. ??? says:
    October 22, 2017 at 8:48 pm

    Vvvv rythi mibaivess vvv majaa ☺☺??????

    1. Ram says:
      March 1, 2019 at 7:50 pm

      ❤❤ thankyouu

  5. Bubbles says:
    October 22, 2017 at 8:51 pm

    Are u in grade 10?

    1. Ram says:
      October 22, 2017 at 10:25 pm

      No i finished grade 10 last year ga… thankyou ?❤

  6. Xee says:
    October 22, 2017 at 8:54 pm

    Yey e Nasvaa gandu kairin yaan salaamai vee I’m so happy nd god luck ? for exam nd mi part ves vvvv reathi ????❤❤??
    waiting…….

    1. Ram says:
      October 22, 2017 at 10:26 pm

      Thankyou thankyou ?❤

  7. Adam says:
    October 22, 2017 at 9:01 pm

    Habeys ? varah salhi waiting ingey

    1. Ram says:
      October 22, 2017 at 10:26 pm

      Thankyou adam ?❤

  8. unaal says:
    October 22, 2017 at 9:16 pm

    it’s ok ram…story vrh awesome
    best of luck for ure exam

    1. Ram says:
      October 22, 2017 at 10:26 pm

      Thankyou so much ?❤

  9. Snowy says:
    October 22, 2017 at 9:33 pm

    Gudluck ….commerce exam dhw…

    1. Ram says:
      October 22, 2017 at 10:28 pm

      Noo.. i dnt even know the spelling of commerce.. hehe.. mibuny commerse nukiyavameyy dhuvahakuvx.. Thankyou ?❤

  10. Snowy says:
    October 22, 2017 at 9:34 pm

    Nyc mi part vx…waiting for nxt part

    1. Ram says:
      October 22, 2017 at 10:29 pm

      Thankyou snowy ?❤

  11. Reet says:
    October 22, 2017 at 9:35 pm

    Kaamiyaab natheyja akah edhen

    1. Ram says:
      October 22, 2017 at 10:29 pm

      Awwn thankyou so much reet ?❤

  12. Nagma says:
    October 22, 2017 at 9:46 pm

    Plz thankolhe avahah vaahaka update kohdhevvun edhen ? Mi vaahaka vrh reethi ehnve kiyaahithun

    1. Ram says:
      October 22, 2017 at 10:30 pm

      Exam days veema igey reygadu up vany.. mi month nimunyma ragalhu vaane in sha allah.. and yess.. thankyou so much ?❤

  13. SJK...KOREAN says:
    October 22, 2017 at 9:50 pm

    Kuruviyas okay.? Varah salhi ingey mi part..n varah funny bolah bis jehy ey bunyma. Haha zaai menge kamaky abadhu tholhun dhw ? varah interesting mi story.Waiting 4 nxt part.. ???

    1. Ram says:
      October 22, 2017 at 10:31 pm

      Haha yess.. emyhunge goiy e.. haha… Thankyou darl ?❤

  14. SJK...KOREAN says:
    October 22, 2017 at 9:51 pm

    N yeah. GOOD LUCK FOR THE EXAM.. ???

    1. Ram says:
      October 22, 2017 at 10:32 pm

      Awww thanks ?❤

  15. Mal. says:
    October 22, 2017 at 9:57 pm

    Gud luck ram…?

    1. Ram says:
      October 22, 2017 at 10:32 pm

      Thankyou malooo ?❤

  16. Adha? says:
    October 22, 2017 at 9:58 pm

    Hey ram.. kuruviyass ok vaane.. do ur exams well ?
    Varah majaa mi part ves.. laara nd zaain fight thah adhi maa majaa.. ?

    1. Ram says:
      October 22, 2017 at 10:33 pm

      Hehe yea dww… thankyou so much adhaaa ???❤❤

  17. Xxxx says:
    October 22, 2017 at 10:16 pm

    Wooooowww ???..v.nice
    .. waiting

    1. Ram says:
      October 22, 2017 at 10:34 pm

      Thankyou so much and keep waiting ?❤

  18. Fai says:
    October 22, 2017 at 10:41 pm

    U r doing A2 right???bio unit 4

    1. Ram says:
      October 22, 2017 at 10:48 pm

      No darling.. hehehe.. sorryy igeyy .. ?❤❤

  19. Unoosha says:
    October 22, 2017 at 10:49 pm

    Varah reethi ?????? hama buneveyny obinous to the max….??????? are u in grade 12..???

    1. Ram says:
      October 22, 2017 at 10:54 pm

      Noo.. Ram school nimijje.. mibuny grade 10 and i m not doing A’level.. hehe thankyou so much unoosha ?❤

  20. Leem says:
    October 23, 2017 at 12:29 am

    Ehen vyma grd 11 ga dhw same same hehe … good luk 4 ur exam and nice story i love

    1. Ram says:
      October 23, 2017 at 10:49 am

      Thankyou so much ??

    2. ainal says:
      October 23, 2017 at 4:40 pm

      A level nahadhanya 11 ga noolhey ne.

    3. Ram says:
      October 23, 2017 at 4:55 pm

      Yeah i m not doing Alevel..

  21. Eemyaa says:
    October 23, 2017 at 12:32 am

    Ram story v reethi ?
    Hitha arany mikyan yaanaa aa marry kofffa hama ehaa goas koh kanthah koffaane baa ey..
    Eyge kurin nash ge hageegai engeyne nama dw.. eyrun faharegga yaanaa ah rangalhuvedhaane
    V kamudhey story kuriah dhaa goi ❤❤❤
    Good luck for ur exam ?

    1. Ram says:
      October 23, 2017 at 10:50 am

      Lets see.. hehe.. thankyou thankyou so much eeem ??❤

  22. Sinaa says:
    October 23, 2017 at 8:31 am

    Woww nice … keep it up.. good luck .. waiting 4 another part

    1. Ram says:
      October 23, 2017 at 10:51 am

      Thankyou so much dear ?❤

  23. Luya says:
    October 23, 2017 at 11:00 am

    Oh luya vx exam maadhan… haha story v salhi as always..?..gud luck ram ….

    1. Ram says:
      October 23, 2017 at 2:40 pm

      Thankyou and good luck to you too ?❤

  24. Laya says:
    October 23, 2017 at 12:14 pm

    Comment kuraa meehunah salaaan. Huvaa haadha mistake eh eba othey. Kuh filuvaafa aruvabala.

    1. Ram says:
      October 23, 2017 at 2:41 pm

      Kuh thah buneladhehchey ragalhu kohlan.. thankyou for the comment ❤

  25. Shahu says:
    October 23, 2017 at 6:57 pm

    Story is v nice but v mistakes eba huri. Vedhaane exam dhuvas kolhu v ma kamah vess. I love the cheracter of xain n laaraa

    1. Ram says:
      October 23, 2017 at 8:52 pm

      Thankyou ?❤

Comments are closed.

Next Episodeސިއްރުން މިހިތާ ކުޅެނީހޭ (ފަސްވަނަބައި)←


All Right Reserved!