ސިއްރުން މިހިތާ ކުޅެނީހޭ (ހަވަނަބައި)
ޔާނާ ކޮޓަރިއަށް ވަންއިރު މިކްޔަން ކުޑަދޮރު ކައިރި ބޭރުގައި ހުއްޓެވެ. ޔާނާ ހުރީ ކުރަންވީ ކަމެއް ނޭނގިފައެވެ. އެގޮތުގައި އިރުކޮޅަކު ހުރުމަށްފަހު ޔާނާ ކުރިއަށް ފިޔަވަޅު އަޅަމުން ގޮސް މިކްޔަން އާ ފުރަގަސްދީގެން ހުއްޓުނެވެ.
“ޔަން. އަހަރެން ގަބޫލުކުރަން ކަންތައްތައް ވެގެން މިދިޔައީ ވަރަށް އަވަހަށްކަން. އަދި މިކަމަށް ޔަން ވެސް ތައްޔާރެއް ނުވާނެކަން. އަހަރެން ލޯބިވާތީ ހަމަ ނުހުރެވުނީ. އަހަންނަށް މާފް ކުރައްޗޭ. އައި ލަވް ޔޫ. ޔަން” ޔާނާ މިކްޔަންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. މިކްޔަން އެ އަތް ފޮޅުވާލީ ނަޖިހެއް ކޮނޑުގައި ޖެހުމުން ފޮޅާލާ ފަދަ ގޮތަކަށެވެ.
“ޔަން މައްސަލައެއް ނެތޭ އަހަރެން ގައިގަ އިނގިލި ކުރިވެސް ޖައްސާނުލިޔަސް. އިނގޭ އަދި ރެޑީ ނުވާނެކަން. ޔަން ހަމަ ވަގުތު ނަގަންވީ. އަހަރެން އިންތިޒާރު ކުރާނަމޭ.”
” ހަހަ. ތި އިންތިޒާރަކަށް ދުވަހަކު ނިމުމެއް ނާންނާނެ. އަހަރެންގެ ފަރާތުން އެއްވެސް އުފަލެއް ކަލޭ އަކަށް ނުލިބޭނެ. ހަނދާން ކުރާތި.” މިކްޔަން ޔާނާ ހުރި ފަރާތަށް އެނބުރި ދަތްކުނޑި ވިކާލުމަށް ފަހު ބުނެލިއެވެ. “ޔަން. ތިބުނީ؟ ސަމާސާ ނުކުރައްޗޭ ޕްލީޒް” ޔާނާ އެބޮޑު ހެދުމާއެކީ ކުރިޔަށް ފިޔަވަޅެއް އަޅާލިއެވެ.
“ހަބަރުދާރު. ތިކަހަލަ ގޮތެއްފޮތެއް ނެތް މީހެއް އަހަންނާ ކައިރިނުވާތި” މިކްޔަން އިނގިލި ދިއްކޮށްފައި ބުނެލިއެވެ. ކިރިޔާ ކަމެއް ވާއިރަށް ރޮވޭ ޔާނާގެ ދެލޯފެންކަޅިވީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. “އެ ކީއްވެ ޔަން. ކީއްވެ ތިހާ ފޫހިވަނީ ތި” ރޮވިފާވާއަޑަކުން ޔާނާ ބުނެލިއެވެ.
“ކީއްހޭވީ؟ އޭނ. ކީއްވީހޭތަ ތިއަހަނީ. ނޭނގެނީތަ ހަމަ؟” މިކްޔަން ޔާނާގެ ދެކޮނޑުގައި ހިފައި ފާރުގައި ޖެއްސިއެވެ. “އަހަރެންގެ މުޅި ދިރިއުޅުން ކަލޭ ހަލާކު ކޮށްލާފި. ނޭނގެނީތަ އަހަރެން އުޅެނީ މީހަކާ ގުޅިގެން ކަމެއް؟ އަދި ނުވިތާކަށް އަހަރެންގެ ބައްޕަ ހައްދާލައިގެން”
“ޔާން މީހަކަ؟” ޔާނާ ހައިރާންވެފަ އަހާލިއެވެ. އެހެނީ އޭނައަކަށް މިކްޔަން އުޅެނީ މީހަކާ ގުޅިގެން ކަމެއް ނޭނގެއެވެ. “ހަހް. ނޭނގޭތީ އެއް ނޫން ތިއުޅެނީ. މިހާރު ބޭނުން ކަންތައް ވެއްޖޭނުން. އެކަމް ހަނދާންކުރާތި. އަހަރެންގެ ފަރާތުން ނަފްރަތު ނޫން އެއްޗެއް ކަލޭ އަކަށް ނުލިބޭނެ. އަދި ބުނަން. އަހަރެން ނަޝްވާއާ ގުޅުމެއްވެސް ކަނޑައެއް ނުލާނަން. އައި ލަވް ހާ” މިކްޔަން ޔާނާ އަށް ހަތަރު ހަމަ ކޮށްލިއެވެ.
ޔާނާ ރޮމުން ދެކޮޅަށް ބޯހަލުވަމުން ދިޔައެވެ. މިކްޔަން އުޅެނީ ނަޝްވާއަށް ގުޅިގެންކަމެއް ނޭނގެއޭ ބުނުމަށް ޔާނާގެ އަނގަ ހުޅުވުނު ނަމަވެސް އަޑެއް ނުނިކުތެވެ. އެއަށްވުރެ އޭނަގެ ހިތަށްވަނީ އަސަރުކޮށްފައެވެ.
މިކްޔަން ޔާނާގެ އަތުން ދޫކޮށްލީ ކުއްލިއަކަށެވެ. އެއަށްފަހު ޔާނާގެ ކަންފަތް ކައިރިއަށް ގުދުވެލިއެވެ. “އައި ހޭޓް ޔޫ ޔާނާ. އަހަރެންނާއެކީ އުޅޭހާ ދުވަހަކު ޖެހޭނީ ތިހެން އަބަދު ރޯން. ތިކަހަލަ އިންސާނެއް ރުޔަސް އަހަންނަކަށް އަސަރެއް ނުކުރާނެ.”
ޔާނާއަށް ލޯމަރާލެވުނެވެ. ކުރިއަސަރަކުން ގިސްލެވެންފެށުނެވެ. އޭނާ ދުވަހަކުވެސް ދެލޯބިވެރިންގެ ދޭތެރެއަށް ވަނުމުގެ ނިޔަތެއް ނެތެވެ. މިކްޔަން ޔާނާއާ ފުރަގަސް ދިނެވެ. “އަދި އެއްވާހަކަ. އަހަންނަށް “ޔަން” ކިޔާނީ ހަމައެކަނި ނަޝްވާ. ކަލޭގެ ދުލުން އެހެން ކިޔާގެން ނުވާނެ. މަށަށް ހެޔޮ މަ ދޫކޮށް ދިޔަޔަސް. އެގޮތް މަ ބޭނުމީ ވެސް” މިކްޔަން ކޯޓް ބޭލުމަށް ފަހު ލައިގެން ހުރި ގަމީހާއެކީ އެނދަށް ވެއްޓިގަތެވެ. ޔާނާ ގިސްލެވޭހާލު ތިރިވަމުންގޮސް ފައިގައި ބޯއަޅާލިއެވެ.
މިކްޔަން ޔާނާއަށް ބަލާލީ ކާމިޔާބުގެ ހިނިތުންވުމަކާއެކީއެވެ. އޭނާގެ ދިރިއުޅުން ބަރުބާދުކޮށްލި މީހާ ޖެހޭނީ ރޯށެވެ. ނަމަވެސް ޔާނާގެ ގިސްލަމުން ދިޔަ މަންޒަރު ފެނި މިކްޔަން އަނެއްކޮޅަށް އެނުބުރުނީ ކީކޭ ހިތަށްއަރައިގެން ކަމެއް ނެނގެއެވެ.
“މިއޮތީ މިތާ ބާލީހެއް. މިހިފައިގެން އެހެރަ ސޯފާގެ ކަލޭ ނިދަން ޖެހޭނީ. އަހަރެން ބޭނުމެއްނޫން އަހަރެން ކައިރި ތިކަހަލަ މީހެއް ނިދާކަށް. އެއީ ކީއްވެ؟ އެއީ އަހަންނަށް ކަލޭ ސިފަވަނީ ނަޖިހެއް ގޮތުގައި” މިކްޔަން މިހެން ބުނެ ނިދުމަށް އަނެއްކޮޅަށް އެބުރުނެވެ.
އެބުނި ޖުމްލައިން ޔާނާގެ ހިތަށް ކިހާވަރަކަށް އަސަރު ކުރާނެހެއްޔެވެ. ބާރަކަށް ރޮވެން ފެށުނީވެސް ކުރިއަސަރަކުންނެވެ. އޭނާއަށް މިހެދުނީ ގޯހެކެވެ. އޭނާ ޖެހޭނީ މިކްޔަން ދޫކޮށްލާށެވެ. ދުވަހަކުވެސް އޭނާގެ ސަބަބުން މީހެއްގެ ދިރިއުޅުން ހަލާކު ކޮށްލާކަށް އޭނާ ނޭދެއެވެ. އެކި ހިޔާލުގައި ރޮމުން ދިޔަ ޔާނާ ރުއިން މަޑުވެ ނިދީގެ ތެރެއަށް ފީނާގަތެވެ.
****
*ހޭ ޑޮންކީ. މަ މާދެން ހުޅުމާލެއަށް ދާންޖެހޭ*
ނިދަން އޮތް ޒާއިން އަށް ލާރާގެ މެސްޖެއް އައުމުން ކިޔާލިއެވެ. * ދެން. މަ ކައިރި ތިބުނީ؟ ހަހަ.* ޒާއިން ރިޕްލައި ކޮށްލިއެވެ.
*ޝަޓްއަޕް. ދާނަން ދޯ؟ ދޮންތަ ނެތީމައޭ. ހެދުމެއް ބަލާ ދައްތައެއްގެ އަތުން.*
*ކީއްވެ އަހަރެން؟ އެހެން މީހެއް ނެތީ؟ މިބުނީ އެނިމީއެއްގެ ކައިރި ވިއްޔަ ތިބުނީ.* މިކްޔަން ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.
*މާދެން ހަވީރު 4 ގައި ޓާމިނަލް ކައިރިއަށް. ސީ ޔޫ. ގުޑްނައިޓް ޑޮންކީ*
ޒާއިން ފުންނޭވާއެއް ލިއެވެ. މީ ކޮންކަހަލަ ލާރާއެއް ހެއްޔެވެ. އަހަރެން އޯކޭ އޭ ނުވެސް ބުނަނިސް ގަޑިކިއާ ފައިނަލް ކޮށްލީއެވެ. ވަރަށް ފޫހިވެއެވެ. ކޮންމެއަކަސް ފޫހިކަމެއް މޫނަށް ވެރިކުރުވަމުން “ގުޑް ނައިޓް” ލިޔެ ފޮނުވާލިއެވެ.
****
ޔާނާއަށް ލޯހުޅުވާލެވުނެވެ. އެއީ ކޮންތަނެއްކަން ދެނެގަތުމަށް ކުޑައިރުކޮޅެއް ނެގުނެވެ. އޭނަ އަދިވެސް އެއިނީ ފާރުގައި ލަތްގަނެގެން އިތްގޮތަށެވެ. ކޮޓަރީގެ އިން ގަޑިއަށް ބަލާލިއިރު އަދި މެންދަމު 3 ޖެހީއެވެ. ރޭގެ ހާދިސާ ހަނދާންވުމުން ޔާނާގެ ލޯފެންކަޅިވިއެވެ. މަޑު މަޑުން އިސްއުފުލާ މިކްޔަން ނިދާފައި އޮތް އެނދަށް ބަލާލިއެވެ. ބަންޑުން އޮވެގެން ނިދާފަ އޮންނައިރު ކިހާ މައުސޫމް ހެއްޔެވެ.
ޔާނާ ދެއަތުން ކަރުނަތައް ފޮހެލުމަށްފަހު ކޮޅަށް ތެދުވިއެވެ. ހީވާގޮތުން ގޮތެއް ނިންމީއެވެ. ނަމަވެސް އެކަނި ގޮތެއް ނިންމައިގެން ރަނގަޅު ނިންމުމެއް ނުނިންމޭނެހެން ހީވާތީ ލީޒާއަށް މެސެޖްއެއް ފޮނުވާލިއެވެ. އެއަށްފަހު ކޮޓަރީގައި ބަހައްޓާފައި ހުރި އޭނާގެ ފޮށިން ނިދަން ހެދުމެއް ނަގައި ޔާނާ ވަދީ ފާހާނައަށެވެ.
ފާހާނައިން ނިކުތް ޔާނާ މިކްޔަން އަށް ބަލާލުމަށްފަހު ބާލިސް ހިފައިގެން ގޮސް ސޯފާގައި އޮށޯއޮތެވެ. ނުނިދިފައި އޮތް ޔާނާ ގަޑިއަށް ބަލާލިއެވެ. ފަތިސް ވާން ކައިރިވެފާ ވުމުން ނުނިދަން ޔާނާ ނިންމިއެވެ. އަނެއްކާވެސް ޔާނާ މިކްޔަން އަށް ބަލާލިއެވެ.
އަހަރެންނަށް މިކުރެވުނީ ހަމަ ކުށެއްބާވައެވެ. އާއެކެވެ. ކުށެއް ކުރެވިއްޖެއެވެ. ވަރަށް ބޮޑު ކުށެކެވެ. ދެލޯބިވެރިންގެ ދެމަދަށް ވަދެވުނީއެވެ. އެމީހުންގެ ލަވް ސޮޓޯރީގެ ވިލެން އަކަށް ވެވުނީއެވެ. ޔާނާއަށް ރޮވެން ފެށުނެވެ. ޔާނާ ދެކުނު ހުވަފެންތައް އެންމެ ރެއަކުން ވިއްސިވިހާލި ވެގެން ދިޔައީއެވެ.
މިކްޔަން ތެދުވެ ގަޑި ބަލާލިއެވެ. ފަތިހު 5 15 ވިއްޔެވެ. އަވަހަށް ތެދުވެ ނަމާދުކުރުމަށްޓަކައި ފާހާނައަށް ދިޔައެވެ. ފާހާނައިން ނިކުމެ ގޭގައި މިކްޔަން ނަމާދުކޮށްލިއެވެ. ނަމާދުކުރުމަށްފަހު ތެދުވެ ޔާނާއޮތް ސޯފާއަށް ބަލާލިއެވެ. ނަމާދުނުކޮށް އަދިވެސް ނިދަނީއެވެ. އެކަހަލަ މީހުންގެ ގޮތެވެ.
ޔާނާއަށް ހޭލެވުން އިރު ހުރީ 6 15 ވެފައެވެ. އަމިއްލަ ނަފްސު ކުއްވެރިކުރެވުނީ ނަމާދުނުކޮށް ނިދުމުންނެވެ. ވަގުތުން ނަމާދު ގަޟާކުރަން އަވަސްވެ ގަތެވެ. ނަމާދުކޮށް ނިމިގެން ކުރާނެކަމެއް ނޭނގިފައި އިރުކޮޅަކު ޔާނާ އިނެވެ. މިކްޔަން ވެސް ކޮޓަރިއަކު ނެތެވެ. އިރުކޮޅަކު ވިސްނާލުމަށްފަހު ކޮޓަރިން ނިކުމެލިއެވެ.
އާލިމާ އުޅުނީ ބަދިގޭގަައި ސައި ހަދާށެވެ. ނޯކަރުން ހޯދުމުގެ ތަނަވަސްކަން ހުރިނަމަވެސް އާލިމާ އަމިއްލެޔަށް އެކަންތައް ކުރަން ބޭނުންވުމުން ނާސިހް ވެސް އަޅާނުލަނީއެވެ.
“އަނހަ ޔާނާ. އާދޭ އާދޭ.” ބަދިގެއަށް މުޅިތަންތަން ބަލަމުން ވަދެގެން އައި ޔާނާ ފެނުމުން ފުއް މޮޑެން ހުރި އާލިމާ ބުނެލިއެވެ. “ކޯއްޗެއް ތިހަދާލަނީ؟” ޔާނާ ދައްކާނެ ވާހަކަ އެއް ނޭނގުމުން އަހާލިއެވެ. “މިއުޅެނީ ރޮށި ފިހަންށޭނުން. ކޮބާ މިކްޔަން؟ އަދި ނުހޭލަނީ؟” އާލިމާ ހިނިތުންވެހުރެ އަހާލިއެވެ. ޔާނާގެ ހިނިތުންވުން ފަނޑުވީ ރޭގެ ހާދިސާ ހަނދާންވުމުންނެވެ. މިކްޔަންއޭ ބުންޏަސް އޭނަގެ ހިތުގައި ރިއްސާލައެވެ.
“މި ނޭނގޭ. ހޭލިއިރު ނެތް” “އެހެންތަ. ތިވާނީ ޖޮގިންނަށް ދިޔައީ ކަމަށް” އާލިމާ ބުނެލިއެވެ.
ދެން ދިޔައީ ހިމޭން ވަގުތު ކޮޅެކެވެ. ޔާނާ ހުރީ ކުރާނެ ކަމެއް ނުވަތަ ހަދާނެ ގޮތެއް ނޭނގިފައެވެ. ކިތައްމެ ފަހަރަކު މާމާ ބުނިގޮތަށް ބަދިގެއަށް ވަދެވުނު ނަމައޭ ހިތައްއެރިއެވެ.
“މަންމަ ހިޔެއް ނުކުރަން ޔާނާ ހޭލާނެކަމަކަށް. އެއްޗެކޭ ހީނުކުރައްޗޭ. މިބުނީ މިޒަމާނުގެ ކުދިން މެންދުރު ބާރަ ޖެހީމަނޫނީ ނުހޭލާތީ” އާލިމާ ބުނެލިއެވެ. ޔާނާ ހިނިތުންވެލިއެވެ. “އަޅުގަނޑު މެން ގޭމީހުން ފަތިސް ނަމާދަށް ހޭލާފަ ނުނިދާނެ. ނިދުމުގެ އާދައެއްވެސް ނެތް” އާލިމާ އަށް ޔާނާއާ ދިމާލަށް ބަލާލެވުނެވެ. އެއީ ތެދެއްކަން އެންގުމަށް ޔާނާ އަނެއްކާ ބޯޖަހާލިއެވެ.
ޔާނާ ކުޑަކޮށް އާލިމާ ކައިރިއަށް ޖެހިލިއެވެ. “އަޅުގަނޑު ކީއްކޮށްދޭން ވީ؟ އަޅުގަނޑަކަށް ނޭނގޭ ކައްކާކަށް. އަޅުގަނޑު މުޅިއުމުރުގައި ވެސް ނުހުންނާނެ ކައްކާފައެއް. އެކަމް އަޅުގަނޑަށް މަންމަ ބުނާ ކުދި ކުދި ކަންތައް ކުރަން އިނގިދާނެ. ބުނެބަލަ”
އާލިމާ ހިނިތުންވެލިއެވެ. “ދަސްވާނެ އަދި. ހެހެ. މި ރޮށި ފިހެލާ. މަންމަ ދަމާނަން” އާލިމާ މިހެން ބުނުމުން ޔާނާ ރޮށި ފިހަން ފެށިއެވެ. ފުރަތަމަ ތިން ރޮށި އެނދި ކަމުގައި ވިޔަސް ދެން ޔާނާ ރަނގަޅު ކުރިއެވެ. ރޮއްޓެއް ފިއްސާލަފާނެތީ ސަމާލުވެގެން ހުރި އާލިމާވެސް ފަހުން ފަހުން އައިސް އަޅާނުލައެވެ.
“މަންމަ އަޅުގަނޑު ދެކެ ރުޅިއައިއްސަތަ؟” ޔާނާ އިސްދަށަށް ޖަހާލަމުން ބުނެލިއެވެ. “ނޫން ކީއްވީ؟” އާލިމާ ވެސް ބުނެލިއެވެ. ޔާނާ ދެފަރާތަށް ބޯހޫރުވާލިއެވެ. “އަޅުގަނޑު މިކްޔަން އާ ކައިވެނި ކުރީ ލޯބިވާތީ. މީހަކަށް ދެރައެއް ދޭކަށް ނޫން.” އާލިމާ ޔާނާއަށް ފާޑަކަށް ބަލާލުމަށްފަހު ބޮލުގައި ފިރުމާލިއެވެ.
“ކޮބާ ތައްޔާރެއް ނުވޭތަ؟ އަހަރެން ހީކުރީ ދެމީހުން އުޅޭއިރު އަވަސް ވާނެ ކަމަށް” ނާސިހް މިހެން ބުނެ ކާމޭޒު ކައިރި ގޮނޑިގައި އިށީއިނެވެ. އެވަގުތަކީ މިކްޔަން ވެސް ގެއަށް ވަދެގެން އައިވަގުތެވެ. “މި މަންޖެ ކައްކަން ދަސްކުރާތީ. ދަސްވީމަ މިހެން ނުވާނެ” އާލިމާ މިހެން ބުނުމުން ޔާނާ ހިނިތުންވެ އިސްދަށަށް ޖަހާލިއެވެ.
“ދަސްކުރަންއުޅޭނަމަތާ ދަސްވާނީ. ދެއްކުމަށް އުޅުނަސް ބޮޑުވަރު” މިކްޔަން މިހެން ބުނެ ކޮޓަރިއަށް ދިޔައެވެ. މިކްޔަންގެ ވިހަގަދަ ބަސްތައް ސީދާ ގޮސް ހެރުނީ ޔާނާގެ ހިތަށެވެ. “ހިނގާ އެއްމެން ސައިބޯން. ޔާނާ ދާންވީނު ޒާއިން އަށް ގޮވާލަން. މިހާރު އޮފީހަށް ދާން ތައްޔާރުވާން އުޅޭނީ” އާލިމާ ވާހަކަ އޮޅުވާލިއެވެ. ނާސިހް އިނީ ހިތްހަމަ ނުޖެހިފައެވެ.
ޔާނާ ދެރަވެ ރޯން ބޭނުންވިޔަސް ހިތްވަރުކޮށް ބޯޖަހާލުމަށް ފަހު ޒާއިން ކޮޓަރިއަށް ދިޔައެވެ.
“ޒާއިން ސައިބޯން އަންނާށޯ” ޔާނާ ޒާއިންގެ ކޮޓަރި ދޮރު ހުޅުވާލަމުން ބުނެލިއެވެ. “އޯ. ހިނގާ ހިނގާ” ޒާއިން ބެގީ ޖަހަމުން ނިކުންނަމުން ބުނެލިއެވެ. ޒާއިން ޔާނާއަށް އަވަސް ނަޒަރެއް ދެމުން ކޮޓަރިން ނިކުމެ ދޮރު ލައްޕާލިއެވެ. ޔާނާއަށް ބަލާލިޔަސް ދެރަވެފަ ހުރިކަން އިނގެއެވެ.
“ދޮންބެ ދައްތަ ކޯއްޗެއްތަ އެ ލާރާއަށް ކާންދެނީ؟. އަބަދު އަހަރެންގެ ގަޔަށް ބޮލަށް އަރަނީ” ޔާނާ އާއި އެއްވަރަށް ހިނގަމުން ޒާއިން ބުނެލިއެވެ. ޔާނާ ހިނިތުންވެލިއެވެ. “ނުކާންދެމޭ ހާއްސަ އެއްޗެއް. އެކަމް ލާރާ މޮޔަވާނެ ކުޑަކޮށް ހަމަ ޒާއިން ހެން” ޔާނާ ޒާއިންގެ އަތުގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ. ޒާއިން ނޫނޭ ކިޔަމުންގޮސް ކާމޭޒުދޮށުގައި އިށީއިނެވެ.
އޭރު މިކްޔަންވެސް ކާމޭޒުދޮށުގައި އިށީއިނެއްޖެއެވެ. ޔާނާ ވެސް ގޮސް އާލިމާކައިރި އިށީއިނެވެ. “މިއަދު ރޮށި ފިހުނީ ޔާނާއޭ. އޭނާ ފުރަތަމަ ފަހަރަށޭނުން އެފިހުނީ” އާލިމާ ހިނިތުންވެހުރެ ބުނެލިއެވެ. މިކްޔަން އަތުގައި އޮތް ސަމްސާ ތަށިތެރެއަށް ދޫކޮށްލިއެވެ. މި މަންމަގެ ސިކުނޑިއާވެސް މި އަންހެނާ ކުޅެލީހެއްޔެވެ. އަޅެވާ ކުޅަދާނައެވެ. ހިތްހަމަ ނުޖެހުނު ވަރުން މިކްޔަން ގޮނޑިން ތެދުވެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. “މިކޫ ކީއްވީ؟” އާލިމާ އަހާލިއެވެ. “އަހަރެން ކާނީ ބޭރުން. އަހަރެން ކާނީ މަންމަ ހަދާއެއްޗެހި އެކަނި. އެހެން މީހެއްހަދާއެއްޗެއް ކެއުމުގެ ޝައުގެއްނެތް”
“މިކްޔަން ކިހިނެއްވެގެން ތިއުޅެނީ.” ނާސިހް ހިތްހަމަނުޖެހުނު ވަރުން ބުނެވުނީވެސް ބާރަށެވެ. “ތެދެއް ދޮންބޭ. ތީދެން ކޮންކަމެއް” ޒާއިންވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ. މިކްޔަން އަޅާވެސް ނުލައި ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ނާސިހް ވެސް އެތަނުން ދިޔައެވެ. ޔާނާ އިނީ އިސްދަށަށްޖަހާލައިގެންނެވެ. ފެންކަޅިވެފައި ހުރި ނަމަވެސް އޭނަ ހިތްވަރުކޮށްފައި ނުރޮވޭތޯ ބެލިއެވެ. އޭނާއަށް އާއިލާއެއް ރޫޅެވިއްޖެ ކަމުގެ އިހްސާސް ކުރެވިގެން ދިޔައެވެ. އެއްމެ ފަހުން އެތާ އިންނަން ކުޅަދާނަނުވުމުން ކޮޓަރިއާ ދިމާލަށް ދުއްވާގަތެވެ. އޭރު ޒާއިންއާ އާލިމާ ގޮވާއަޑު އިވެއެވެ.
ޔާނާ ކޮޓަރިއަށް ވަންއިރު މިކްޔަން ހުރީ ފޯނެއްގައެވެ. ޔާނާ މަޑުވެސް ނުކޮށް ފާހާނައަށް ވަނެވެ. އެއަށްފަހު މޫނު ދޮންނަ އިސްކުރު ދޫކޮށްލުމަށް ފަހު ރޯންފެށިއެވެ.
“އާނ މިއުޅެނީ ދާން ތިތަނަށް އިނގޭ ނަޝް. އެހެންޏާ މިތާހުރެ ފޫހިވާނީ. ހޮސްޕިޓަލްއިން ލީވް އެއްނެގުމުން މިހާރު މޮޔައޭ ހީވޭ. ހޫން. ދެން މިދަނީ ފެރީއަށް އަރާށޭ. ލަވް ޔޫ ޖާން” މިކްޔަން އުޅުނީ ޔާނާއަށް އަޑު އިއްވަންކަން ޔާނާއަށް އިނގުނެވެ. އެހާބާރަށް ވާހަކަ ދެއްކުމުންނެވެ.
މިކްޔަން ދޮރުޖެހި އަޑު އިވުމުން ޔާނާ ފާހާނައިން ނިކުތެވެ.
****
“މަންމާ އަޅުގަނޑު ބޭރަށް ގޮސްލަންތަ؟ ލީޒާ ކައިރިއަށް. ރައްޓެއްސެއް އެއީ” ޓީވީ ބަލަން އިން އާލިމާއަށް މުހާތަބުކޮށް ޔާނާ ބުނެލިއެވެ. “އާނ. މަންމަ އަހަންށޭ މިހުރީވެސް ޔާނާ ބޭރަށް ނުދަނީހޭ. އެހެންޏާ މިއޮއް ރީތި ހަވީރުގައި ކާކު ގޭގަ ހުންނާނީ ވެސް. މަންމަ ވެސް ބޭރަށް ދާނަން އިރުކޮޅަކުން.” އާލިމާ މިހެން ބުނުމުން ޔާނާ ހިނިތުންވެލުމަށްފަހު ގޭން ނިކުތެވެ.
ޔާނާ ދިޔަދިމާލަށް ބަލަން އާލިމާއިނެވެ. މިޒަމާނުގެ ކުއްޖަކަށް ބަލާފައި ޔާނާ ވަރަށް ރަނގަޅެވެ. ކައްކަން ނޭނގުނަސް އެ ދަސްކުރުމަށް އެބައުޅެއެވެ. އަޙްލާގުވެސް ރަނގަޅެވެ. ފުރަތަމަ ދުވަސް ކޮޅަށް ވީމަކަމަށްވެސް ވެދާނެއެވެ. އާލިމާ ދެފަރާތަށް ބޯހޫރުވާލުމަށްފަހު ޓީވީ އަށް އަނެއްކާ ނަޒަރުހުއްޓާލިއެވެ.
****
*ހޭ ޑޮންކް. ކޮބާތަ. ޓާމިނަލް ކައިރި މިހިރީ* ލާރާ މެސެޖެއް ފޮނުވާލީ ޒާއިންއަށެވެ. “މިހިރީ” ފަހަތުން ލާރާގެ އުނަގަނޑުގައި ކޮއްޓާލަމުން ޒާއިން ބުނެލިއެވެ. “ޔޫ އާ ލޭޓް” ލާރާ ކުސްތަޅާލިއެވެ. “ވަޓް. އަހަރެން މިތާ ހުންނަތާ 15 މިނެޓް ވީ. ކަމަނާއަށް ނާދެވުނީ” ޒާއިން ކަޅިއަޅާލިއެވެ. “އޯ. އެހެން ދޯ. ދެން ނުވާނެ. އަސްލު ކުޑައިރުންސުރެ ލޭޓް ވުމުގެ ބައި އިންނާނެ. ހިނގާ ދާން ދެން” ލާރާ އަވަހަކަށް ބުނެ ވާހަކަ އޮޅުވާލުމަށް ފަހު ހިނގައިގަތެވެ. “ދޮންތަބެ” ކުރިމަތިން މިކްޔަން ފެނުމުން ލާރާ އެދިމާލަށް ހިނގައިގަތެވެ. ޒާއިންވެސް ލާރާގެ ފަހަތުން ދިޔައެވެ. “ދޮންތަބެ އެކަނިތަ؟ ދޮންތަ ނާދެ؟ ހުޅުމާލެއަށް ގޮއްސަތަ ތިއައީ؟” ލާރާ އެއްފައްޗަކަށް އަމުނާލިއެވެ. މިކްޔަންއަށް ލާރާ ފެނުމުން ހުއްޓުންއެރި ނަމަވެސް މޫނުމަތިން އެކަން ނުދައްކައެވެ. “ޔާނާ ގޭގަ. ހޮސްޕިޓަލް ކަމެއްގައި ހުޅުމާލެއަށް ދާން ޖެހުނީ. މިހާރު މިދަނީ ގެއަށް ދާން. އަނހަ. ޒާއިންއާ ދެމީހުންތަ؟ ހުޅުމާލެއަށް؟ދެމީހުން އެއްގަލަކަށް އެރީ؟” މިކްޔަން އަވަހަށް ވާހަކަ އޮޅުވާލިއެވެ. ޔާނާގެ ވާހަކަ ދައްކާކަށް މިކްޔަން ބޭނުމެއް ނޫނެވެ.
“ނޫނޭ. މީނަޔާ އެއްގަލަކަށް ދެން ނާރާނޭނުން. ދޯ؟” ލާރާ ޒާއިންގެ އަތުގައި ޖަހާލަމުން ބުނެލިއެވެ. ޒާއިން ފަނޑު ހިނިތުންވުމެއް ދިނެވެ. އޭނާ ހުރީ މިކްޔަން މިއަދު ކަންތައްކުރި ގޮތުން ހިތްހަމަ ނުޖެހިފައެވެ. “ހިނގާ ދާން” ލާރާގެ އަތަށް ދަމާގަންނަމުން ޒާއިން ބުންޏެވެ. ނުވިސްނާހުރި ލާރާ އަރިވެސްއަޅާލިއެވެ. މިކްޔަން ކައިރި ދަނީ ކަމަށްބުނެ ލާރާ ޒާއިންއާއެކީ ހިނގައިގަތެވެ.
“އަހަރެންގެ އަތް އުފުރާލަންތަ ބޭނުމީ؟” ކަޅި އަޅާލަމުން ލާރާ ޒާއިންއާ ދިމާލަށް ބުނެލިއެވެ. “ޔެސް. ތި ދެލޯވެސް ކޮނެލަން ބޭނުމީ. ފާޑެއްގެ އަޅި ކުލައިގެ ލޮލެއް” ޒާއިން ޖަވާބުދިނެވެ. ލާރާގެ ގާތަށް އައީ ލާނެތް ހިނިތުންވުމެކެވެ.
ދެމީހުން ފެރީއަށް އަރާ އިށީއިނދެ ހަމަޖެހިލިއެވެ. “އަހަރެންގެ ލޯ ކަމުދިޔައީ ދޯ. އެހެންޏާ އަހަރެންގެ ލޮލަށް އަބަދު ބަލާތީ އޭނުން ތި އެނގުނީ އަހަރެން އިންނަނީ އަޅިކުލަ ލޮލެއްކަން” ލާރާ ފާޑަކަށް ޒާއިންއަށް ބަލާލަމުން ބުނެލިއެވެ. ޒާއިން ނިއްއަރުވާލިއެވެ. “ބަލަ މޮޔަޔާ އެއްފަހަރު ބަލާލިޔަސް އިނގޭނެ ލާރާ އިންނަނީ އަޅި ކުލަ ލޮލެއްކަން” ލާރާ ދެފަރާތަށް ބޯހޫރާލިއެވެ. “ނޭނގޭނެ. އަހަރެންނަކަށްވެސް ނޭނގެއޭ ޒާއިންގެ އިންނަނީ ކަޅު ކަޅު ކަޅު ލޮލެއް ކަމެއް. އެ އަހަރެން ނުބަލާތީ” އަތް ތަޅުވަމުން ލާރާ ފޮނިވެލާފަ ބުނެލިއެވެ. “ކޮން ކުލައެކޭ؟” ޒާއިން ލާރާ މޫނު ފެންނަގޮތަށް ބޯއަރިކޮށްލަމުން ބުނެލިއެވެ. ލާރާއަށް ބުނެވުނު އެތި އިހްސާސްވިއެވެ. “ބަލާލަ އެއޮތީ ހުޅުމާލެ” ލާރާ އަވަސް އަވަހަށް ބުނެލިއެވެ. ޒާއިން ހޭންފެށިއެވެ.
****
ޔާނާ އިނީ ލީޒާއާއެކު ރަސްފަންނު ޖޯލިފައްޗެއްގައެވެ. “އަހަރެންނަށް މިކުރެވުނީ ކުށެއް. އަހަރެން ބޭނުމީ ވަކިވާން. މިކްޔަންގެ އުފަލަށް.” އިސްދަށަށް ޖަހާލަމުން ޔާނާ ބުނެލިއެވެ. “ޔާނާ މޮޔަވީތަ. ކޮންމެ ގޮތެއް ވިޔަސް ޔަނާ މެރީ ކުރިއިރު ނޭނގެޔޭނުން މިކްޔަން އުޅެނީ މީހަކާ ގުޅިގެން ކަމެއް. މިކްޔަން ބައްޕަވެސް ބުންޏޭނުން. ތިޔަކު ޔާނާގެ ކުށެއް ނެތް” ލީޒާ ފާޑަކަށް ނިއްއަރުވަމުން ބުނެލިއެވެ.
“އެކަމް” ލީޒާ ޔާނާ ބުނަން އުޅުނު އެތި ހުއްޓުވިއެވެ. “އެކަމް ދެކަމް އެއް ނޫން. ޔާނާއަކީ މިހާރު މިކްޔަންގެ އަނބިމީހާ. ތި ނަޝްވާއަކީ މިކްޔަންގެ ޖީއެފް. ކާކުތަ ދުރަށް ދާން ޖެހޭނީ. ޖީއެފް. އަނބިމީހާއެއް ނޫން. ޔާނާ މިކްޔަންގެ ހިތް ހޯދޭތޯ ބަލާ. ޓްރައި ޔުއާ ބެސްޓް”
“އެކަމް” އަނެއްކާވެސް ޔާނާ ވާހަކަ ދައްކަން އުޅުނެވެ. “އަނެއްކާ އެކަމް. ސާބަސް. ހިނގާ ހުޅުމާލެއަށް. ނަޝްވާ ކައިރިއަށް.” ލީޒާ މިހެން ބުނުމުން ޔާނާގެ ދެލޯބޮޑުވިއެވެ. “ކީއްކުރަން؟”
“އޭނައަށް ހުރިހާއެއްޗެއް ކިޔާދޭނީ. އޭނައާ މިކްޔަންއާ ގުޅިގެން އުޅޭކަން ނޭނގިޔޭ ޔާނާ އަށް މެރީ ކުރެވުނީ. ތި ނަޝްވާއަކީ ރަނގަޅު މީހެއް ނަމަ މިކްޔަން ދޫކޮށްލާނެ.” ލީޒާ ބުނެލިއެވެ. އެކަމާ އެއްބަސް ވުމަށް ޔާނާވެސް ބޯޖަހާލިއެވެ. އެއަށްފަހު ދެމީހުން ހިނގައިގަތީ ހުޅުމާލެއަށް ދިޔުމަށެވެ.
“އޭ. ފަހަރެއްގަ މިކްޔަން ހުރެފާނޭނުން އޭނަ ކައިރި؟” ޔާނާ މިހެން ބުނުމުން ލީޒާ ތެދެކޭ ބުނެލިއެވެ. “ގުޅާފަ ޔަގީން ކޮށްބަލަ” ލީޒާ މިހެން ބުނުމުން ޔާނާ މިކްޔަންއަށް ގުޅާލިއެވެ. މިކްޔަން ފޯނު ނެގީ 3 ވަނަ ފަހަރުންނެވެ.
“ކިހިނެއްވެގެން ތިއުޅެނީ. އަހަންނަށް ނުގުޅާތި” މިކްޔަން ފޯނުބާއްވަން އުޅޭހެން ހީވާތީ ޔާނާ އަވަސް އަވަހަށް ވާހަކަ ދައްކަން ފެށިއެވެ. “އަމް ސޮރީ. އަނެއް ގޭގައި ހުރިއްޔާ ބައްޕަ ހުރިތޯ ބަލާލަދީބަލަ”
“ބައްޕަ ނެތް ގެއަކު. ބައްޕަ ކީއްކުރަން. އެކަކުވެސް ނެތް. އަހަރެން އެކަނި މިހިރީ.” މިކްޔަން މިހެން ބުނެ ފޯނު ކަނޑާލިއެވެ. ޔާނާ ލީޒާ ކައިރި މިކްޔަން ގޭގައޭ ބުނެލިއެވެ.
ހުޅުމާލެއަށް ދެވުމުން ޔާނާ މަގުގެ ދެކޮޅަށް ބަލާލިއެވެ. “ލީޒާއަށް އިނގޭދޮ ނަޝްވާ؟ އެ ގޭގެ އެޑްރެސް؟”
“އެޑްރެސް އެއް ނޭނގޭ. އެކަމް ނަޝްވާ އިނގޭ. ތި ނަޝްވާއެއްގެ ނަންބަރު ވެސް. އެ ވައިބާއިން އެ ހުސެން މަ ގުރޫޕް އަކަށް އެޑް ކުރިއޭ ތަންކޮޅެއް ކުރިން. އެ ގުރޫޕް ގަ އިނޭ ތި ނަޝްވާއެއްވެސް. އެކަމް އޭރު ނޭނގެޔޭ މިކްޔަން ގެ ޖީއެފް ކަމެއް” ލީޒާ މިހެން ބުނެ ނަޝްވާ ނަގާނެ ކަމުގެ އުއްމީދުގައި އެ ނަންބަރަށް ގުޅާލިއެވެ. ލީޒާ ހީކުރި ގޮތާ ހިލާފަށް ވަރަށް އަވަހަށް އެކޮޅުން ފޯނު ނެގިއެވެ. “ހަލޯ” އެކޮޅުން ބުނެލިއެވެ. “ތީ ނަޝްވާތަ؟” ލީޒާ މިހެން ބުނުމުން އެކޮޅުން ހޫމް ލައްވާލުމަށްފަހު ކީއްވީހޭ އަހާލިއެވެ. “މި ބައްދަލު ކޮށްލެވިދާނެތަ؟”
“ކީކޭ. ކާކުތި؟” ނަޝްވާ އަހާލިއެވެ. “އަހަރެން މީ މިކްޔަންގެ ވައިފް” ލީޒާ ބުނެލިއެވެ. އެކޮޅުން ނަޝްވާ އިރުކޮޅަކު ވާހަކަ ނުދައްކަ ހުރުމަށްފަހު އޭނަ އުޅޭ ގޭގެ އެޑްރެސް ބުނެލިއެވެ.
****
“ދައްކަބަލަ ތި ހެދުން ބަލާލާނަން.” ލާރާގެ އަތުގައި އޮތް ކޮތަޅު ޖަހާގަންނަމުން ޒާއިން ބުނެލިއެވެ. ޒާއިން އާއި ލާރާއިނީ އަތިރިމަތީއެވެ. އަދި މާލެދާން މާއަވަސް ވުމާއެކީއެވެ. “ތި އަސްލު ހެދުމެއް ނޫނޭ. ތި ހެދުން ރީތި ވެގެން ގަތީ އެކަމް ގަޔަށް ދޫވީމަ ޖަހާލަން ގެނައީ. ސާބަސް” ލާރާ ކޮތަޅު އަތުލަމުން ބުނެލިއެވެ. “އަޖައިބު. މިޔަށްވެސް ކިޔާނީ ހަމަ ހެދުމޭ” ޒާއިން އަނެއްކާވެސް ކޮތަޅު ދަމާގަތެވެ. “އެކަމްވެސް ނުދައްކާނަން” ލާރާ އަނެއްކާ ކޮތަޅު ދަމާގަތެވެ. “ބަލާނަން” ޒާއިން އަނެއްކާ ކޮތަޅު އަތުލުމަށްފަހު ލާރާއަށް ކަމެއް ނުކުރެވެނިސް ހެދުން ކޮތަޅުން ނެގިއެވެ. ކަކުލާ ހަމައަށް އަންނަ ކަޅު ހެދުމެކެވެ. ހުދުކުލަ ބޮޅުތަކެއްގެ ކުރެހުމުން އެހެދުން ޒީނަތްތެރި ކޮށްފައިވެއެވެ. އުނަގަނޑާ ހިސާބުން ކަޅު ކުލަ ރެބަނެއްވެސް އޮޅާލެވިފައި ވެއެވެ. ޒާއިންގެ ދުލުން ވާއު އޭ ބުނެލެވުނެވެ. “އާރގް. ސާބަސް” ލާރާ މިހެން ކިޔާ ހެދުން ޖަހާގަތުމަށް ފަހު ކޮތަޅަށް ލިޔެވެ. “އެހާވަރަށް ނުބަލާށޭ ބުނީމަވެސް” ލާރާ ޒާއިންގެ ގައިގައި ވިކާލިއެވެ. ޒާއިންވެސް ދޫނުދިނުމަށް ލާރާ ގައިގަ ވިކާލިއެވެ. ދެން ފެށުނީ އެމީހުންގެ ތަޅާފޮޅުމެވެ.
****
ނަޝްވާ ބުނި އެޑްރެސްއަށް އައިސް ޔާނާ ބެލްޖަހާލިއެވެ. އިރުކޮޅެއް ނުވެ ނަޝްވާއައިސް ދޮރުހުޅުވާލިއެވެ. ޔާނާ ނަޝްވާއަށް ރަނގަޅަށް ބަލާލިއެވެ. ވަރަށް ރީއްޗެވެ. ދޮން މޫނެކެވެ. ބްރައުން ކަޅިއެކެވެ. މަޑު މަޑު ތުންފަތެކެވެ. މިކަހަލަ ރީތި ކުއްޖަކަށް މިކްޔަންގެ ހިތް ފިދާވެދާނެނޫންހެއްޔެވެ.
“ފަށާ” ނަޝްވާ ފޫހިގޮތަކަށް ބުނެލީ ދޮރުމަތީ ހުރިގޮތަށް ހުރެއެވެ. ޔާނާ ލީޒާއަށް ބަލާލިއެވެ. ލީޒާ އިޝާރާތުން ވާހަކަ ފެށުމަށް ބުނެލިއެވެ. ޔާނާ ފުން ނޭވާއެއްލިއެވެ. އެއަށްފަހު ވާހަކަ ފެށިއެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
102 Comments!
Comments are closed.





Yeyy me first ?? kiyaalaafa comment khlaanan inge?
Wowww. Varah habeysss mi part. Zaai men ulhey goih hama majaly ?? mikyan haadha goahey dhw. But adhi nashvaa ge hageegaiyy engunyma the mind will change I guess. Kuda kuda mistake huri? e mistake thah ehfaharu story kiyaalaafa rangalhu kohlaane kamah ummeedhu kuran.. Story vvvvv interesting ??? waiting for nxt part.. Ly??
Thankyou Sjk… loves ?❤
haadha kurey dho dhen
Ohh kurutha? sorry igeyy…
V reethi❤
Thankyou nerz ?❤
Hey guyx.. furathama vx sorryy igeyy late veethee… you can give any punishment ?? i guess emmen vx beynun vaany knme dhuvahaku upkohdhinun kn ? btw mihaaru ram hama konme dhuvahaku vx free… so dhn knme dhuvahaku part eh upkohladheynan igeyy… konme dhuvahekey mibunany konme reaku… ekm bali ve noony bodu kameh viyyaa nuvaane igeyy… anyway, mi part kihineh vany? Let me know rangalhu kohlan vee kanthah vx igey.. so comment below ? next part in sha allah mirey.. ?❤
Yes … Mirey ga
Waiting…. Love u ram
Lvv yu too ?
Vvvv rythi v majaa adhi dheravey mibaii kiyaafa dhenn inn baii avahah nerebala
Hey .. thankyou.. irukolhakun up vaane kamah mi balany..
Vrh reethi story
Ekm Kuru mi part
Alhe mi adhu adhi eh part genx dheyn v nu
Plx plx plx
In sha allah mireyy ?
Wow vara salhi mi part ves?.. zaain nd laara ulheygoii dhw enmeh majaly? mikyan adhi yaana dheke loabi vaane.. ram kihinehtha now..? Vara kiyaa hiyvaa story eh mi..? waiting for the next part loves..??
Yess dwww.. hehe.. thankyou so much darl ?❤
Wow Ram.. Story vvv reethi… I really love it.. Vv wait kuran mi story.. N this is my first comment for a story..
Awww shifoo.. varah ufaavejje.. adhivx comment kurahcheyy.. thankyou so much ?❤
Hama bunaane ehche ney.. V salhi❤??? waiting for the next part.. ??
Thankyou so much jin ?❤
Yippee.. Waiting for tonight .. V nice mi part vx ???
Thankyou darl ?❤
Ram I love this story… Kurin vx commenteh kohlin bt neh
Ebain shifoo.. hehe… thankx again ❤
Story vr reethi
waiting…??
Thankyou ?❤
The story is awesome..?
Thankolheh miah vure dhigu kon genes dhehchey?..i know you might be busy and stuff but hama kiyaa hiyy vaaleh bodu kamun mihen mi buni..?love the story?
Yes i know darl.. thankyou so much ?❤
V nyc?
Ram I love this story.. Story hama vv salhi
Thankyou yalun ?❤
Thankyou shifoo?
Kyhve tha my comment nufennany
Hehe dear..eba feneyy ?
Knmme dhuvahaku up kohdhenyyaa punishment eh neiythaa dhw dhn dheveykah..anyways vaahaka hama habeys..kithah part tha innaanee meega
I dnt know kithah part kameh bunaakah dear.. thankyou ?❤
Eyy salhi ey ingey..dhn kon irakun next part.. can’t wait..haha ???❤?☺??????????????????
Thankyou so much.. mirey in sha allah ?❤
ooooh, mihaathanah esfiyain kiyaalevey emme reethi story thakuge thereygai himeney mi story, varah interestin mi story, mirey genesdheyn vaane, mireyge bai kiyaahithun nuhurevey
Awwn thankyou so much.. keep waiting darla ?❤
??????????????? v v v salhi mirey kihaa irakun
Mirey kn irakun kameh neygey.. ekm up kohladheynan.. thankyou ?
Wow…??haadha salhi ey mi part ves…kiya hithun indha nimun goi ves neynge..waiting for the next part..thank you ram…?????
Awww dear thankyou ?❤
Wow..mi part ves hama amazing ? varah salhi…?alhey mikyan ves yaana ah hadhaagoi…pure girl..ekam hageegai egunima mikyan ah hedhuny goahehekan visneyne dhw…mi varah kiyaa hithun kiyaa story eh…kiyaairu interest vefa hunna leh bodukamun nimey iruves neynge.hehe..waitting..love you dear ram….take care?❤️
Thankyou so much and loves more?❤
Mives dhn vaahaka eh Dhw
Heevany kudakujje liyaa vaahaka eh hen
Dhn ehaa reehche ves noon
Edhogeh vvvv reethi …… Dhn hadiyya nukeema v nu….
Aww.. its ok.. thankyou for commenting ❤
Thankyou vinaan ?❤
Ram story varah reethi ingey.. zaain men majaly ? waiting for next part ☺️❤️
Thankyou roo ?❤
vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv oobi
Thankyou nihaaa ?❤
Wow nice … waiting 4 the next part .. please avahah up kuraaathii
Yess… 11 ge kurin in sha allah.. ?❤
V v v v v v v v salhi???????????????????????????
Thankyou darl ?❤
Wow nice story ?? zaain ah laara ah haadha majaley dhw.. love it..
Haha dwww… thankyou muroo ?❤
Stry hama awesome???…ekamaku mi zaainmen dhw???..waiting 4 next part.. KEEP IT UP RAM DEAR????..
Haha .. thankyou darl ?❤
Ram ?
V reethi ? Zaain ge name jahanvaa thanakah Mikyange name jehifa in
Zaain ge character v salhi.. Micky ves dw.. Hendhunuge naasthaa ge bai kiyaali iru v dhera vi.. Furathama dhuvahu viyya ehchehi kiyan feshyves.. Micky ah adhi visneybe dw Ram ?
Vaahaka hama V reethi ???
Eeem? olhumakun ehen jehifa e iny. hehe ..thankyou so much eeem?❤
baeh kudhinnah hajam nuvany mivaahaka reethikamun, mi aishaamen sun ga, laaraamen vnews ga liyaa vaahaka thakah vure mivaahaka maa reethi, magey mee aishaa &laaraa ge favourite reader eh, ekam emyhunn e liyaa musandhi DR ulhey vaahaka thakah vure mivaahaka intrest gotheh hurey, RAM dhera nuvaathi mikudhin negative comment kuriyas, mirey story up kuraane irakah inthixaaru mi kurany, waiting, waiting….mikiyan adhi nashvaage hageegah ingeyne, yaanaa dheke adhi loabivaane , edhuvahakah mi inthixaaru kurany. laaraa & zaain ge bai emme majaly, edhemyhunnvess adhi gulheyne,
Alhey inaa.. thankyou so so so much.. ily ?❤❤
Ram ❤
Love this story ? zaain and laara haadha cute ey ? kiyaa iru baeh faharu hevey ?ekam mikyan dhww ?
Varah dheravi e thankolhu kiyaafa. Mireyge part ah inthizaaru kuran ?
Thankyou darl ?❤
storyy is awsome . varaaah rythi . waiting for next part . and hey can i be friends with you?
Thankyou.. aww yess neem we can be ?❤
Vvv rythi mibaiiiiiiii????
Thankyou.. ???❤
mihaaru vaahaka up vitho belunu adhadhu ves neyge
Alhey sorry dear ?❤
Nice. One of the best story. waiting for the next part 😀
Thankyou kukoo?❤
Dhen kobaatha story mihaaru 11ves jahaafidhw
Aww maureen.. thankyou for waiting.. in sha allah dhn laheh nuve kiyaalan libeyne..?❤
vvv salhi when next part
Thankyou darl.. varah avahah kiyaalan libeyne nai ?❤
Ram..!!.koba up kurany kn irakun?..hehe…hama kiya hithun iru irukolhun up vi tho mi balaaleveny lolah nidhi naisgen..
Upkohfin ?
Alhey kobatha Avas kohba dhoonya
Alhey dhoony upkohfin ?
Hey i am waiting 4 nxt prt adhivx up kuraa varu nueytha
Alhey yasmee.. thankyou for waiting.. laheh nuve publish vaane kamah mibalany.. thankyou ?❤
Koba tha
Mihaaru upkohfa innaany..
Ram….dheloluga iloshi vihdhaign mi iny vaahaka,kiya,hithun…hehe
Ahahah… up kohfin ?
Kobaatha awlheyy
Sorryy..
Kobaa mirey up oh dheyn buni part?? MI vaahaka kiyaa hithun bunevuny.. v reethi ❤
I have written and uploaded.. but it haven’t published.. sorryy
story v Reethi hama.. keep it up dear… waiting waiting kobaa next part
Sorry amd thankyou
Alhey ram kobaatha story?
Thankyou for waiting..
Alhey kobaa tha nxt part ?????
Up vithw belunu varuge adhadhehvs nyge mihaaru .
Sorry aish.. eba balan..
next part kiyaahiothun nunidhey re hatharu dhamu, Ram ……
Alhey inaa thankyou ?