ސިއްރުން މިހިތާ ކުޅެނީހޭ (ސައްބިސްވަނަބައި)
މާޔޫސްކަމާއެކީ މިކްޔަން އެގޭން ނިކުތެވެ. ފެންކަޅިވެފައި ހުރެ މިކްޔަން މަގުމައްޗަށް ނިކުމެ މައްޗަށް ބަލާލީ މަތިންދާ ބޯޓެއް އޭނާގެ ބޯމަތިން ދިޔުމުންނެވެ. އޭނާގެ ޔާނާ އޭނާއާ ވަރަށް ދުރަށް ދިޔައީއެވެ. ނުވިސްނި ކުރެވުނު ކަމަކުންނެވެ. މިކްޔަންގެ ލޮލުން ކަރުނަ ފޭބީ އެހެން މައްޗަށް ބަލަން ހުއްޓައެވެ. އަހަރެންނަށް ޔާނާގެ ލޯބި ލިބެން ނެތީ ބާވައެވެ. އަހަރެމެން އެކީގައި އުޅުން ތަގުދީރުގައި ނެތީހެއްޔެވެ.
-1 އަހަރާއި 6 މަސް ފަސް-
*************************************
*އަހަރެންނަށް ލޯބިވެވުނެވެ. ވަރަށް ބޮޑަށް ލޯބިވެވުނެވެ. އަހަރެންގެ ތަގުދީރުގައި އެލޯބި ލިބުން ނެތީއެވެ. އަހަރެން ޝަކުވާއެއް ނުކުރާނަމެވެ. އެހެނީ އެލޯބި ލިބުމުން މަހުރޫމްވީވެސް އަހަރެންނާ ހެދިން ކަމަށް ވާތީއެވެ. އޭގެ ފަހުން އަހަރެއް ވޭތުވެގެން ދިޔައިރުވެސް އަހަރެންގެ ހިތަކުން ތިލޯތްބެއް ފިލައިގެން ނުދެއެވެ. ތި ލާނެތްކަމާ ސަމާސާ ކުރުންތައް އަބަދުވެސް މިހިތުގައި ފޮރުވިފައި ވެއެވެ. ޒާއިންއެވެ. އަދިވެސް ލޯބިވަމެވެ. އަދިވެސް މިހުންނަނީ ތި ލޯބީގެ އިންތިޒާރުގައެވެ. މިއިންތިޒާރަށް ދުވަހަކު ނިމުމެއް ނަޔަސް ހެވެވެ. ނަމަވެސް މިހަޔާތަށް ތިނޫން ފަރާތެއް ނާންނާނެއެވެ. މިހާރު ޒާއިން ހުންނާނީ އަމިއްލަ ހަޔާތެއް ފަށާފަ ކަންނޭގެއެވެ. ޒާއިން އުފަލުން ހުރިއްޔާ އަހަރެންވެސް މިހިރީ އުފަލުންނެވެ. ނަމަވެސް މިހިތަށް ހާދަ ތަދުވެއެވެ. ތިހަޔާތަށް އިތުރު މީހެއް އައުން މިހިތަކަށް ކެތެއް ނުވާނެއެވެ. ހާދަ ލޯބިވެއެވެ. ދުރުގައި ވިޔަސް ތި ލޯބި އަހަރެންގެ ހިތަކުން ފިލައިގެން ނުދާނެއެވެ. ކޮންމެ ދުވަހަކު އަހަރެންގެ ލޯބިވަނީ އިތުރެވެ.*
“ކޮއްކޯ ކޮއްކޯ” ލާރާ ލިޔަން އިން ފޮތް އަވަސް އަވަހަށް ލައްޕާލުމަށްފަހު ބާލީސް ދަށަށް ލިއެވެ. އިރުކޮޅެއް ފަހުން ޔާނާ ދޮރުހުޅުވާލާފައި އެތެރެއަށް ވަނެވެ. 6 މަހުގެ ޔުއާން ކިހިއްޔަށް ޖަހާލައިގެން ހުރިއިރު އެ ކުޑަކުޑަ ޔުއާންގެ ލޯ ރަގަޅަށް ނުވެސް ހުޅުވެއެވެ. ހީވާގޮތުން ހަމަ އެހޭލީއެވެ.
“ސައި ހަދާފިން. އާދޭ ސައިބޯން. ޑިއުޓީވެސް އިންނާނެއްނު”
“އޯ މައި ގޯޑް. ތި ކުޑަކުޑަ ޑެވިލް ގޮވައިގެންތަ ސައި ހެދީ؟” ލާރާ ވެސް ކޮށްލީ ސުވާލެކެވެ. “މީނަ ދެންމެ މި ހޭލީ. އިނގެޔެއްނު ބަލާލާފަ ވެސް” ޔާނާ ހިނިތުންވެލާފައި ބުނެލިއެވެ.
ހަމަ ކުޑަކުޑަ މިކްޔަންއެވެ. އެ ނޭފަތެވެ. މިކްޔަން ކަހަލަ ލޯބި ފަން އިސްތަށި ކޮޅެކެވެ. އެ ލޯބި މޫނާ ހާދަ ވައްތަރެވެ. ތަފާތީ ފުއްޕާލާފައި ޔުއާންގެ އެ އިންނަ ކޯކޮޅެވެ. ޔާނާއާ ވައްތަރު ވާކަމަކީ ހަމައެކަނި އެ އަޅިކުލަ ލޮލެވެ. ޔާނާއަށް އިރުކޮޅަކު ޔުއާންއާ ދިމާލަށް ބަލަން ހުރެވުނެވެ.
މިހާރު މިކްޔަން އުޅޭނީ ނަޝްވާއާ އެކީ އުފަލުން ބާވައެވެ. އަހަރެންގެ މަތިން ހަނދާން ހުންނާނެބާވައެވެ. މަހަކު އެއްފަހަރު ވީޑިއޯ ކޯލް ކުރަން ބުނިން ކަމުގައި ވިޔަސް ޔާނާ އެއް ނުކުރެއެވެ. ނަމަވެސް ޒިޔާދު ލައްވައި މިކްޔަންއަށް ޔުއާންގެ ފޮޓޯ ފޮނުވައެވެ.
“ގެނެބަލަ ތިސޮރު. އަހަރެން މިއަދު މީ އޮފް ދުވަހޭ. ރޭގަވެސް ދޮންތަ ކައިރި ބުނިން” ލާރާ މިހެން ބުނެ ޔުއާންއާ ދިމާލަށް ހިނގައިގަތެވެ. ޔާނާ އަމިއްލަ ބޮލުގައި ޖަހާލިއެވެ. ތެދެކެވެ. ލާރާ ރޭގަ އޭނާ މިއަދު އޮފް ވާހަކަ ބުންޏެވެ. ޔުއާން ޔާނާ ގައިގައި ބައްދާގަތީ ލާރާ ކައިރިއަށް ނުދިޔުމަށެވެ. ނަމަވެސް ލާރާ ގޮތްދޫނުކުރަންވެގެން ގަދަކަމުން ޔުއާން އުރާލިއެވެ. ޔުއާން ހަޅޭ ލަވައިގަންފައި ލާރާ ގެ މޫނުގައި އެ ކުޑައަތުން ހިފާ ވިކާގަތެވެ. ޔާނާ ދެލޯ ބޮޑުކޮށްލާފައި ޔުއާންގެ އަތް ދުރުކުރުވިއެވެ. ޔުއާންގެ އެ ހުންނަ ސިފަ އަކުން ޔާނާ ހުންނަނީ ބޯފަޅައިގެން ދާވަރުވެފައެވެ. މިކްޔަންގެ ރުޅިގަނޑު ކަންނޭގެއެވެ. “މަންމި ބުނަމެއްނު މަނާ ކަމެކޭ” ޔާނާ މިހެން ބުނުމުން ޔުއާން މައުސޫމް ގޮތަކަށް ޔާނާއަށް ބަލަން ހުރީއެވެ.
ލާރާ އަމިއްލަ މޫނުގައި ފިރުމާލިއެވެ. “ހުރެބަލަ ޔުއާން ގަނޑު. އަހަރެން މިއަދު ތީނައަށް ސައިދޭނީވެސް” ލާރާ މިހެން ބުނެ ޔުއާން ގޮވައިގެން ހިނގައިގަތެވެ.
ޔާނާ ފަހަތަށް އެނބުރި ލާރާ ދިޔަދިމާލަށް ބަލަންހުރީ ހިނިތުންވެފައެވެ. އެއަކީ މިހާރު އޭނާގެ ދިރިއުޅުމެވެ. ކުޑަކުޑަ އުފާވެރި އާއިލާއެކެވެ. މަހަކު އެއްފަހަރު ޒިޔާދު އެމީހުނާއެކީ ދެހަފްތާ ވަރު މަޑުކޮށްލަން އަންނާނެއެވެ. އެ އަންނަ ކޮންމެ ފަހަރަކު މިކްޔަންގެ ވާހަކަ ޔާނާ ކައިރި ދައްކަން ޒިޔާދު އުޅެއެވެ. ނަމަވެސް ކޮންމެފަހަރަކު ޔާނާ އެކަން ހުއްޓުވަނީއެވެ. މިކްޔަންއަކީ އޭނާގެ ހަޔާތުގައި މިހާރު ވާމީހެއް ނޫނެވެ. ނަމަވެސް އަދި ވެސް އަހަރެންނަކީ މިކްޔަންގެ އަނބިމީހާއެވެ.
ޔާނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާވެސް މިކްޔަން މަތިން ހަނދާންވެއެވެ. އަދިވެސް ދެގޮތެއްނުވެ އެލޯބި މިހިތުގައި ފޮރުވިފައި ވެއެވެ. ނަމަވެސް މިކްޔަން އެކުރީ މާފްދެވޭނޭ ވަރު ކަމެއް ހެއްޔެވެ. މިކްޔަން ލޯބިވާކަމުގެ އެކްޓް ޖެއްސީއެވެ. އަހަރެން ޔޫޒް ކޮށްލީއެވެ. ނަޝްވާގެ ލޯބިބޭނުންވީވަރުންނެވެ. ބޭނުންވިޔަސް އަހަރެންނަށް މާފް ކުރެވޭނެހެއްޔެވެ.
ވިސްނުމެއްގައި ހުރި ޔާނާއަށް ކުއްލިއަކަށް ކަމެއް ހަނދާންވުމުން ބާރު ހިނގުމެއްގައި ހިނގައިގަތެވެ. ޔާނާ ދިޔައިރު ލާރާ ޔުއާންއަށް ރޮށިކާންދެނީއެވެ. ޔާނާ ގޮސް ގޮނޑިއެއްގައި އިށީނީ ލާރާއާ ކުރިމަތި ވާގޮތަށެވެ. “ކޮއްކޯ” ލާރާ ހޫން ލައްވާލާފައި ޔާނާއަށް އަވަސް ނަޒަރެއް ދިނުމަށްފަހު އަނެއްކާވެސް މަސައްކަތައިގެން ކުރިއަށް ދިޔައެވެ. “ޑޭޑް އާބިދާ ދައްތައާ ކައިވެނި ކުރަން އެބައުޅޭ ދެދުވަސް ފަހުން. ކޮއްކޮ ދާންވީއެއްނު. ޑޭޑް އުފާވާނެ” ރޮށި ކޮޅެއް ތަށިން ނަގަން ހުރި ލާރާ ރޮށިކޮޅު ތަށިތެރެއަށް ދޫކޮށްލިއެވެ. “އަހަރެން މިކައިވެންޏާ އެއްބަސްވީ މޯމް ބޭނުންވީ އާބިދާ ދައްތަ ޑޭޑް އާ އިނުން ކަމަށް ދޮންތަ އަހަރެން ކައިރި ބުނީތީ. މޯމްގެ އެ އެދުން ފުއްދުމަށް ހުރަސްއަޅާ މީހަކަށް އަހަރެން ނުވުމަށްޓަކައި. އެހެންނޫންނަމަ ޑޭޑް އެހެން މީހަކަ ކައިވެނި ކުރިޔަކަ އަހަރެން ނުދޭނަން. އަހަރެން ނުދާނަން. އަހަރެން ބޭނުމެއް ނޫން އާބިދާ ދައްތަ ކުރިމައްޗަށް އަރާކަށް” ލާރާ އިސްދަށަށް ޖަހާލާފައި ފޫހި ގޮތަކަށް ބުނެލިއެވެ. “އެކަމް ޑޭޑްގެ އެއުފަލުގައި ބައިވެރިވާންޖެހޭނޭ. ޑޭޑް ބުނި ކޮއްކޮ ދޭތޯ ބަލައްޗޭ. ޑޭޑް ކިހާ އުފާވާނެ ކޮއްކޯ” ޔާނާ މިހެން ބުނުމުން ލާރާ އެއްޗެކޭ ނުބުނެ ޔުއާން އުރާލައިގެން ގޮސް ޔުއާންގެ ތުންދޮއްވާލިއެވެ. އެއަށްފަހު ޔުއާން ގެނެސް ޔާނާގެ އަތަށް ދިނެވެ. “އެހެންވިއްޔާ ޑޭޑް ނުބުނޭތަ ދޮންތަ ކައިރި ދާށޭ؟ ދޮންތަ ދިޔާމަވެސް ޑޭޑް އުފާވާނެއްނު. ޔަގީން ޑޭޑް އެއްމެ ފުރަތަމަ އެދޭނީވެސް ދޮންތަ ކައިރި މާލެ ދިޔުމަށް. ދޮގެއްތަ މިބުނީ؟” ލާރާ ތަށި ދޮންނަން ހުރެ ބުނެލިއެވެ. ޔާނާ ކުއްވެރިއެއްހެން އިސްދަށަށް ޖަހާލީ ބުނާނެ އެއްޗެއް ނޭގުމުންނެވެ. ލާރާ ތަށި ދޮވެލުމަށްފަހު އައިސް ޔާނާ ކައިރި ހުއްޓުނެވެ. “އަހަރެން މާލެ ދާން ތައްޔާރު. އެކަމް ދޮންތަވެސް ދަންޏާ” ލާރާ މިހެން ބުނެ ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. ޔާނާ ލާރާ ދިޔަދިމާލަށް ބަލަން ހުއްޓެވެ.
އަހަރެންވެސް ދާން ބޭނުމެވެ. ޑޭޑްގެ އެއުފަލުގައި ބައިވެރިވާން ހާދަ ބޭނުމެވެ. ނަމަވެސް މާލެ ގޮއްސިއްޔާ މިކްޔަންގެ ކުރިމައްޗަށް އަރަންޖެހޭނެއެވެ. މިގަޔަކު މިކްޔަންގެ ކުރިމައްޗަށް އަރާނެހާ ހިތްވަރެއް ނެތެވެ. ޔާނާ ޔާނާގެ އުނގުގައި އިން ޔުއާންގެ ގައިގައި ބައްދާލިއެވެ. “ދަރިފުޅު ބުނެބަ މަންމި ހަދާނެ ގޮތެއް. މާލެ ދާން ބޭނުން. އެކަމް ދަރިފުޅުގެ ބައްޕަގެ ކުރިމައްޗަށް އަރާކަށް ބޭނުމެއްނޫން” ކުޑަކުޑަ ޔުއާންވެސް ސީރިއަސް ނަޒަރަކުން ޔާނާއަށް ބަލަން ހުއްޓެވެ. އެޅަހިތަށް ވެސް އެއްޗެކޭ ހިތަށްއެރީ ކަންނޭގެއެވެ.
ކުއްލިއަކަށް ލާރާއައިސް ޔާނާގެ ފައިބުޑަށް ތިރިވިއެވެ. ޔާނާ އަށް ސިހުނު ވަރުން ހަޅޭވެސް ލަވައިގަނެވުނެވެ. އެއާއެކު އިވިގެން ދިޔައީ ޔުއާންގެ ބާރު ރުއިމުގެ އަޑެވެ. ޔާނާ ތެދުވެ ޔުއާން މަސަލަސް ކުރެވޭތޯ އުޅުނެވެ. ނަސީބަކުން ވަރަށް އަވަހަށް ހުއްޓާލިއެވެ.
“ދޮންތަ ހިނގާބަލަ މާލެދާން. ޕްލީޒް. އަހަރެން އަސްލު ވަރަށް ދާހިތްވޭ. އޯކޭއޭ ވީކްއަކަށް ވިޔަސް. އަސްލު ނުބުންޏަސް ދޮންތަ ވެސް ދާހިތްވެޔެއްނު” ޔާނާ ހުރީ ހައިރާންވެފައެވެ. ކުއްލިއަކަށް މީނައަށް މިވީ ކިހިނެއްހެއްޔެވެ.
“ކޮއްކޮ މާލެ ދިޔުމަކަށް ދުވަހަކު ދޮންތަ ހުއްޓުވާފައެއް ނޯންނާނެ. ކޮއްކޮ ދޭބަލަ. މޮޔައެއްމީ ހައްގުތެދެއް” ޔާނާ ހީގަތެވެ. “ދެން ދޮންތައާ އެކީއޭ ދާހިތްވަނީ” ލާރާ ކުސްތަޅާލިއެވެ. “ދެންމެ ނުދާނަމޭބުނެފަ މިހާރު ކީއްތިވީ”
“ދޮންތާ. އަހަރެން އަބަދުވެސް މާލެ ދާހިތްވޭ. ދޮންތަ ނުބުނާތީ ނުދަނީ. ދޮންތަ ނުލާ ދާކަށް ބޭނުމެއް ނޫން. މިއަދު ދޮންތަ އަމިއްލެއަށް އަހަރެންގާތު މާލެ ދާށޭ ތިބުނީ. އެހެންވެ އަހަރެން ބޭނުން ދާން. އެކަމް ދޮންތަ އެކަނި ބަހައްޓާފަ ނުދާނަަން. ޕްލީޒް ލެޓްސް ގޯ” ލާރާ މިހެން ބުނުމުން ޔާނާ ފުންނޭވާއެއްލިއެވެ. “އަހަރެންނަކަށް ފަސޭހައެއް ނޫނޭ ކޮއްކޯ. ކޮއްކޮ ދޭބަލަ ޕްލީޒް” ޔާނާ ބުނެލިއެވެ. “ޕްލީޒަ ދޮންތަ. އަހަރެން ބުނީތީ. އެއްމެ ވީކްއަކަށް. އޯކޭއޭ ދޮންތަ ގޭން ބޭރަށްވެސް ނުނިކުތަސް. ހަމައެކަނި އަހަރެންނަށްޓަކައި. ހިނގާބަލަ. ޑޭޑްއަށް ސަޕްރައިޒް އެއްދޭނީ. ކިހާއުފާވާނެ” ހިޔާލީ ގޮތަކަށް ލާރާ ބުނެލިއެވެ. ޔާނާ ވިސްނާލިއެވެ. ތެދެކެވެ. ޑޭޑް އަށްޓަކައި ދާންވީއެވެ. ގޭންބޭރަށް ނުދަންޏާ މިކްޔަންއަކަށް ނުފެންނާނެ ނޫންހެއްޔެވެ. “ޔެސް. ލެޓްސް ގިވް ހިމްއަ ސަޕްރައިޒް” ޔާނާ މިހެން ބުނުމުން ލާރާ ފުންމާލީ ޔޭ އޭ ކިޔާފައެވެ. ހަގީގަތުގައިވެސް އޭނާ ވަރަށް އުފާވެއްޖެއެވެ. ކުޑަމިނުން ޒާއިންގެ ހާލު ބަލާލެވޭނެނޫންހެއްޔެވެ.
*****
މިއަދުގެވެސް އިރުއޮއްސިގެން އެދިޔައީ މިކްޔަންގެ ކުރިމަތީގައެވެ. އަތުގައި އޮތް ސިނގިރޭޓް އިރުއިރުކޮޅާ ދަމާލާއިރު އެމޫނުމަތީގައިވާ ހަރުކަށިކަން ފެނިގެން ދިޔައެވެ. މިކްޔަން އަތުގައި އޮތް ސިނގިރޭޓް އެއްލާލުމަށްފަހު ފޯނު ނަގައި އޭނާއަށް އެއްމެފަހުން ލިބުނު ޔުއާންގެ ފޮޓޮއަށް ބަލާލިއެވެ. “ދަރިފުޅުގެ ފޮޓޯ ފޮނުވާނަމޭ ބުނީމަ ފޮޓޯ އެކަނި މަންމައަށް ފޮނުވަން އިނގެނީ ދޯ. ކުޑަމިނުން ދަރިފުޅުގެ ނަމެއްވެސް ނުބުނޭ. މަންމަ ކިހާގޯސް ދޯ. އެކަމް ބައްޕަ ދަރިފުޅަށް ކިޔާނީ ޔުއާން. ތީބައްޕަގެ ޔުއާން. ބައްޕަ މަންމަ ކައިރި ބުނިން ބޯއީއެއް ލިބިއްޖިއްޔާ ޔުއާންއޭ ކިޔާނީ. އެކަމް އެހެން ނަމެއް ކަންނޭގެ ކިޔާނީ. މަންމަ އެހާނަފްރަތު ކުރޭ ބައްޕައަށް” ޔުއާންގެ ފޮޓޮއަށް ބަލަން ހުރި މިކްޔަންގެ ލޮލުން ކަރުނަ ނިރާލިއެވެ. “ދަރިފުޅު ދެކިލާ ލޯބިކޮށް ހަދާލަން ބައްޕަ ހާދަ ބޭނުމޭ. ތިމޫނުގައި ބޮސްދީ ބައްދާލާހިތް ވަރަށްވޭ. ތިހުރިތާކުން އާދެބަ ބައްޕަ ކައިރިއަށް. މަންމަ ނެތީމަ ބައްޕަ ހާދަ އެކަނިވެރިޔޭ” މިކްޔަންއަށް ރޮވެންފެށުނެވެ. އެއަކީ ކޮންމެ ދުވަހެއްގެ އާދައެވެ. މިކްޔަން މަސައްކަތް ކުރަނީ މިހާރު ނާސިހްގެ އޮފީހުގައެވެ. މިކްޔަން އެއްގޮތަކަށްވެސް ހޮސްޕިޓަލްއަށް ދާކަށް ބޭނުމެއް ނުވެއެވެ. އޭރުން މާބޮޑަށް ޔާނާގެ ހަނދާންތަކުން އެހިތަށް އުނދަގޫ ކުރާތީއެވެ. ކޮންމެ ދުވަހަކު އޮފީސް ނިންމައިފައި މިކްޔަން އަންނަނީ ވިލިގިލީގެ އަތިރިއަށެވެ. އޮފީހުގައި މިކްޔަންގެ ހަރުކަށިކަން ދައްކައިގެން އުޅުނަސް އަތިރިމަތީ މިކްޔަންގެ ބަލިކަށިކަން ހާމަވެގެން ދާނެއެވެ. އެތާއިނެ ޔާނާ އަދި ޔުއާންގެ މަތިން ހަނދާންކޮށްކޮށްފައި މިކްޔަން ގެއަށް ދަނީ އިރުއޮއްސުމުންނެވެ.
*****
“ދަރިފުޅާ. މިއަދުވެސް ހެދުނު ކޮފީއެއް ބޯލި ގޮތަށް ތިހިރީ. ހިނގާބަލަ އެއްޗެއް ކާލަން” އާލިމާ ބުނެލީ މިކްޔަން ވަދެގެން އަންނަތަން ފެނުނީމައެވެ. ނަމަވެސް މިކްޔަންއަކަށް އަޑުއިވުނު ހެނެއް ހިޔެއް ނުވެއެވެ. އޭނާގޮސް ކޮޓަރިއަށް ވަނީއެވެ. އާލިމާ އިނީ ބޯގޮވާވަރުވެފައެވެ. މިކްޔަން އުޅޭގޮތުން އެ ހިތަށްހާދަ އަސަރު ކުރެއެވެ.
އިރުކޮޅެއްފަހުން ޒާއިން ވަދެގެން އަންނަތަން ފެނުމުން އާލިމާ ޒާއިންއަށް ކާންއައުމަށް ގޮވާލިއެވެ. “ނޫނޭ މަންމާ. މީޓިންއެއް އެބައިން ބައިގަޑިއިރު ފަހުން. ފެންވަރާލައިގެން ދާން މިއުޅެނީ” ޒާއިން މިހެން ބުނެ ކޮޓަރިއަށް ވަނެވެ. އާލިމާ ހުންނަނީ ހައިރާންވެފައެވެ. އެއަކީ މިހާރު ކުރީގެ ޒާއިންއެއް ނޫނެވެ. ކުރީގެ އެހުންނަ ލާނެތްކަން ވަނީ ސީރިއަސް ކަމަށް ބަދަލުވެފައެވެ.
“ހިނގާބަލަ ކާން ހަދައިދެން” ނާސިހް އައިސް ކާމޭޒުދޮށުގައި އިށީންނަމުން އާލިމާ ކައިރި ބުނެލިއެވެ. “އަޅެ ނާސިހޫ. ކިހިނެއް އެސޮރުމެނަށް އެވަނީ. އަހަރެން ހާދަ ހާސްވެއޭ. ޔާނާ ދިޔަފަހުން އެއްވެސް ކަމެއް ރަނގަޅެއް ނޫން” ތަށިތައް ކައިރި ކޮށްދެމުން އާލިމާ ވާހަކަ ދެއްކިއެވެ. “އަހަރެމެންނަށް ކީއްކުރެވޭނީ. އަހަރެން ވެސް ހާސްވޭ. މިއޮއް އުޅޭ އާދަނު ކީ މިކްޔަން ސިނގިރޭޓްވެސް ބޮއޭ މިހާރު. އެސޮރު އެޔޮއްގެން ހަލާކުވަނީ. އެސޮރު ބަދަލު ކުރެވޭނީ ހަމަ ޔާނާއަށް. އެކަމް ކީއްކުރާނީ. ޔާނާކުރެން އާދޭސް ކުރާކަށްވެސް ނުކެރޭނެ. އެމަންޖެވެސް އެދައްކަނީ ގޯސް ވާހަކަ އެއް ނޫންވިއްޔަ. އަހަރެން ޝުކުރުކުރަން މިކްޔަން އަށް ހެޔޮ ވިސްނުން ލިބުނީތީ” ނާސިހް ބުނެލިއެވެ. އާލިމާ ބޯޖަހާލީ އެކަމާ އެއްބަސް ވުމަށެވެ. “އެ ޔުއާން ވަރަށް ހަލަނި ވެއްޖެއްނު. މިއަދު ވީޑިއޯ ކޯލްއެއް ކުރިޔޭ އަހަންނަށް. ހަޅޭ ފަށެއް ލަވާލާ މިހާރު.”،
“މިކްޔަންވެސް އެހެނެއްނު އުޅުނީ” ހިނިތުންވެލާފައި ނާސިހް ބުނެލިއެވެ. އާލިމާ ބޯޖަހާލިއެވެ.
******
“ޒިޔާން އަހަރެން ބިރުގަންނަނީއޭ. މިހާރު ހަވަނަ ފަހަރު މިބުނީ. ޒިޔާންއަށް ހެޔޮވާނެ” ނަޝްވާ ބުނެލީ ކޮމްޕިއުޓަރ ކުޅެން ހުރި ޒިޔާންއަށާއެވެ. ޒިޔާން އެނބުރި ކީކޭހޭ އަހާލިއެވެ. “އަހަރެން ބަނޑުގަ ރިއްސަނީއޭ.”
“ހާދަ އަވަހަކަށް ވިހަން ތިއުޅެނީ. އަދި އެއްމެ ފަސް މަހޭވީ” ޒިޔާން ދެލޯބޮޑުކޮށްލާފަ އަހާލިއެވެ. “އެހެނެއްނު މިކިޔަނީ. އެހެންވެޔޭ ބިރުގަންނަނީ.”
“އޭނ. ރެޑީވޭ ހޮސްޕިޓަލްއަށް ދާން” ޒިޔާން ބުނެލިއެވެ. ނަޝްވާ ހޫން ލައްވާލާފައި ފާހާނައަށް ވަނެވެ. “ކޮބާ ނަޝް؟” ކޮޓަރިއަށް ބޯދިއްކޮށްލި ޒާޔާ އަވަސް އަވަހަށް އަހާލިއެވެ. “އެވަނީ ހަމަ ފާހާނައަށް ކިހިނެއްވީ؟” ޒިޔާން އަހާލިއެވެ. “އަނެއް ނަޝްވާގެ މާމަ އައިސީޔޫގަ އޯ. ވަރަށް ސީރިއަސްއޯ. ޑޮކްޓަރުން ބުނަނީ އުއްމީދެއް ނެތްވާހަކަ”
“ވަޓް. ކީއްވެ ކިހިނެއް؟”
“ހާޓް އެޓޭކް” ޒާޔާ ބުނެލިއެވެ. ފާހާނައިގެ ދޮރު ހުޅުވުނު އަޑަށް ޒާޔާ އަދި ޒިޔާންއަށް އެކީ އެދިމާލަށް ބަލާލެވުނެވެ. އޭރު ނަޝްވާ ވެއްޓެން ދަނީއެވެ. ޒިޔާން ގޮސް ހުށިޔާރު ކަމާއެކީ ނަޝްވާ ހިފެހެއްޓިއެވެ. ޒާޔާ، އާބިދާ އަދި އިޔާޒް އަށް ގޮވާ ގެނައެވެ. އެއްމެން އަވަސްވެގަތީ ނަޝްވާ ހޮސްޕިޓަލްއަށް ގެންދިޔުމަށެވެ.
*****
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްއިން ނިކުމެ ލާރާ ފުންނޭވާއެއް ލިއެވެ. ލާރާ އަޅައިގެން ހުރި ކަޅު ޝޯލް ރީތިކޮށްލިއެވެ. އޭނާ ލަންޑަންއަށް ގޮސް ބުރުގާއެޅީ ޔާނާގެވެސް އިރުޝާދުގެ މަތިންނެވެ. ކުރިއަށްވުރެ މިހާރު ލާރާ ރީތި ކަމަށް ދައްކައެވެ. ޔުއާން އުރާލައިގެން ހުރި ޔާނާ ހުރީ ޖެހިލުންވެފައެވެ. ޔުއާންގެ ގައިގައި ހިފަހައްޓާލައިގެން ހުރި ގޮތުންވެސް އެކަން އިނގޭނެއެވެ. “ލެޓްސްގޯ” ލާރާ ޔާނާގެ އަތުގައި ހިފާ ހިނގައިގަތެވެ. މާލެ ދިޔުމަށް ލޯންޗަށް އެރުމުން ޔާނާގެ ހިތް އިތުރު ހަލުވިމިނެއްގައި ތެޅެންފެށިއެވެ. އަނެއްކާވެސް މިކްޔަންއާ އެއްފަސް ގަނޑަކަށް އަރަންޖެހުނީއެވެ. އަނެއްކާ މިކްޔަންއަށް ޔުއާން ފެންނައިރަށް ޔުއާން އަތުލަން އުޅެފާނެބާވައެވެ. ކަނޑަށް ބަލަން އާގަމަވެފައި އިން ޔުއާންގެ ގައިގައި ޔާނާ ބައްދާލީ ވަރަށްވެސް ބާރަށެވެ. ނޫނެކެވެ. އަހަރެން މިކްޔަންގެ ކުރިމައްޗަށްވެސް ނާރާނަމެވެ. އޭރުން ޔުއާންއެއް ނުފެންނާނެނޫންހެއްޔެވެ.
އެކިހިޔާލުތަކުގައި އިން ޔާނާ ސިހުނީ ލާރާ ގޮވާލުމުންނެވެ. މާލެ އާދެވުނީއެވެ. ޔާނާ އަދި ލާރާ ލޯންޗްއިން ފޭބިއިރު އެމީހުން ބަލައި ކާރެއް އައިސް އޮތެވެ. ލާރާ ޑްރައިވަރު ކައިރި ޑޭޑް އަށް ނާންގަ އައުމަށް ގުޅާފައި ބުނީއެވެ. ޔާނާ ހީވަނީ ބިރެއް ފެނިގެން އުޅޭހެންނެވެ. ލޯންޗުން ފޭބި ގޮތަށް ޔުއާންގެ ގައިގައި ބައްދާލައިގެން ހުރެ އަވަސް އަވަހަށް ގޮސް ކާރަށް އެރިއެވެ. ހީވާފަދައެވެ. އެކަކަށްވެސް އަހަރެމެން ފެނުނަކަނުދޭނަމެވެ.
ލާރާ ގޮސް ކާރުގެ ދޮރުގައި ހިފާލިއެވެ. ނަމަވެސް ހުއްޓުން އެރީ ކުރިމަތިން ހުރަސްކޮށް ދިޔަ ޒާއިން ފެނިފައެވެ. ލާރާ އިރުކޮޅަކު ބަލަން ހުރުމަށްފަހު ޒާއިންގެ ފަަހަތުން ހިނގައިގަތީ ޔާނާ ކައިރި އެބަ އަންނަމޭ ބުނެފައެވެ. މީހުން ގިނަކަމުން ލާރާއަށް ބައެއް ފަހަރު ޒާއިން ގެއްލެމުން ދިޔައެވެ. އެއްމެން ކަފަމުން ކަހަލަ ގޮތަކަށް ލާރާ ދިޔައިރު އެލޮލުގައި ވަނީ އުފާވެރި ކަމުގެ ކަރުނައެވެ. ޒާއިން ފެންނާނެ ދުވަހަކަށް އޭނަ ހާދަ އިންތިޒާރެއް ކުރިއެވެ. ލާރާ ގޮސް ޒާއިންގެ ކޮނޑުގައި އަތްބާއްވާލިއެވެ. “ޒާއިން.” ރޮވިފައިވާ އަޑަކުން ލާރާއަށް ގޮވާލެވުނެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
133 Comments!
Comments are closed.





Alhe inthixaaruga indha thi up kuree.. hehe. Kiyaa laafa comment kuraanan adhi….
Hehe thankss ?
Btwn me first dhw… yey..
Hehe yess.. yayy ?
Kyve ram lasvee reyga nuvx nidhuny story nukiyaythyve
I was busy reyga.. ?
Adhi one part plx miray ram
Yess mireyy upkohla dheveythww miulheny ?
Varah varah reethi alheyyyyy i love this story kn irakun tha next part up kohlaany….❤❤❤❤❤
Thankyou maii??❤
Vrh reethi mi baivx…. dhn oii part avahah up kohdheh chey.. plxx… love u ram.
..
Thankyou dhimm ? yess… loves more ?❤
Yeyy…me first dhw..vv reethi mibai??..kn irakn next part up khlaani?
Thankyou.. type kohlevunuhaa avahakah ??❤
Me first tha???
Stry v v v v v rythi ingey
Mifaharu first eh noon.. hehe.. thankyou lim ??❤
wow………
Thankyou ??❤
Woiiiiwwww. Salhiey dhw…Ram adi eh part genesdheebala.. plxxxxx??
Thankyou awa ? i will try.. thankyou ??❤
Alheyy..Ram haafha goahey ??????. Dhen pls Yaanaa and mikyan ah gulhuvuba… Zaain ves dho.. Ram story hama habeyss.. Ekam Ran hama v goass???
Thankyou dear.. aslu vx ram goas dww..??
Hey ramuuuuuuu…..
Masha allah stry vvvv nice…
Waiting 4 next part…
Plx plx dear today one more part ….????
Thankyou frnd.. ? i will try igeyy ?❤
Huh. Ehves reecheh nun mi vaahaka. Raamoo kaakaa liyaa waahaka
Ehentha.. thankyou kiyaalaafa comment kohlyma igeyy hadiyass.. ? hehehe.. ???
Wow
Thankyou anonymous??❤
when next part?? alhey ram then yaan and yan gulhuvaba puleez. baby ah ves dad ge loabi beynun vaane dhw. yan ge vaahaka then yaan ah angaba, they belong together. varah reethi waiting impatiently for the next part. comment daily nukurevunas read kuran always <3
Awwn thankyou so much dear.. lets see dww dear.
loves ??❤
Hey Ramko ☺☺
Story varah habeys ingey ?? this is one of my top most favourite story ❤❤❤ n ofcourse u too??? waiting waiting. Varah kiyaa hithun mihury nxt part☺
Luv u????
Awwn sjk.. thankyou soo much.. mihaaru esfiya in kiyaa hiyvaa ehvaahaka sjk ge story aky vx.. hama top ge.. seriouslyy… i love the storyy… loves more?❤ and yess your one of my favourite ?
Alhey haadha lahun thi up kury.. ekam varah reethi☺pls mikyan n yaanaa dhimaa kuruvahchy?lot of love ram❤
Awwwn.. thankyou yaanaa.. loves much ??❤
Hey ram.. vaahaka v reethi .. reyga vaahaka upveythw iruirukolha heylevuneema balaalan.. alhe dhen ehen nahadhahchey.. btw ram yuaan ah vee six o nine monthx? Heevanee ram ah olhifahen einee .. ekamakuvess heyo.. v reethi..adhi ehpart mirey.. plx.. ly..
Shitt.. 9 monthss.. olhifa eynyy.. heheh.. yess.. thankyou layaaa..ly too ?
wow♥️varah reethi?✌️
Thankyou dear ??
Ram plx dhemeehun gulhu vabaa varah dhera vei.mi story liyefa mihiree Mee ah dho .eah ves tha faatheh neh .adhi kulheine dho plxxx gulhuvabaaa avahah tonight plxxx adhi one part
*gulheine*
Thankyou dearr.. lets see ???❤
Ram….. Haadha… Haaaaaaadha .. Reehchey….whn nxt prt…. Avahah up Kohladhehchey…… Time v aaa….
Thankyou riii.. type kohlevunuhaa avahakah..??❤
Woww.. luv ur story ?
Miadhu adhi eh part up khdhehchey ☺
Thankyou rauu ??❤
Wow my luving ramuu.. Haadha rychey mibaives.. Ekam story nimen ulheythyves v dheravey.. Mi story nimunyma ramuu ge ehen Storyeh fennaane dhw.. V v v v ves rythi.. Masha Allah.. Luv u ramuu
Thankyou dhonthii.. ?? loves youuu ?❤❤
V V V Reethi ???
Thankyou rshh ??❤
Wooooowww ????.nice dear
Thankyou dear ??❤
Varah reethi
Thankyou dear ?❤
Heyy guyxx.. layaa bunyy thedheh igeyy.. yuaan ah vaany 9 monthss.. 6 monthss eh noon.. its a mistake.. thankyou ?❤❤
Alheyyy yaana n mikyan gulhuvabala plxxxxx
Alheyy ?❤
Nice story.. v v wait kurevey mi story up vaa irakah.. juxt luv this story. Nd v molhu image kohdhyfa hunna goi.v touching story eh..
Thankyou soo much meow ??❤
Alhe raamoo kaakaa dhn upload kohla dheeba…. kiyaa hithun kehvany eh noon…mikyan ragalhah thadhuwachey
Alheyyy dhn avahah up kohdheebla…. Miadhu vx maaa lahun up kohdhineee….
Alheyy mirey kudakoh lasvaane.. but upkohladheynan.. ?
Wow nice .waiting for next part
Thankyou zeesh ??❤
Nice vrh…..love this story one of my top most fav and waiting igey …….hope yu will up next part soon
Awwn .. Thankyou so much kiyaa ??❤
Woww ?? alhe ramkolhu next part avhahah up kohdheeba next part kiyaa hithun hureveny keeh noon pls ramkolhu adhi one part miadhu genesdheeba pls ??
LYSM DEAR ????
Avahah*
Lesbo vany!!!! bayyeh
Thankyou so much afuu… loves more ??❤
Wow wow sooooo nice hama perfect superb?? yageen e zaain eh noon kan..mihaaru story dhaagoi vvv reethi☺ esfiya site in mihaaru kiyaa enmeh salhi story mi..love it ..keep it up ☺☺☺ waiting for the next part..luv u ran???
Ram*☺
Awwwn thankyou so much nishh.. lets see ? luvs more ?❤
Alhe 6 mahuge kujjakah roshi kaandheytha? Ajaibu
Thats a mistake.. 9 months aslu..
Hey ram… Haadha slow ey dhwww… Avax kohladheebala
Alheyy dear.. thankolheh lasvedhaane..
10 ge kurin up kohleveyne tha Ram
nop dear
Ram ge mi story v v v v reethi
Thankyou aish ?
Alhe ram hama dhemme mi kiyaalevuny busy kamun.. ekam varah reethi ingey as always.. Ly dear ❤️???
Aww.. v ufaavejje bxy koh ulhemun vx kiyaalyma.. thankyou darl.. ly too ??❤
I hear 6 month fahun .. how does it’s possible to have 6 month old baby.. surly 9 months ga deliver vaane dho.. ehenvyma baby yuaan an now 1 year six month ge fahun canny 9 months.. pls ram think about those things ingey before yu write it… bt overall koh story is wonderful.. .
Heii its a mistake eyy.. 9 months aslu.. ? thankyou ?
Plx plx avaskoh dheebala .koba kon iraku tha up vanee ram
maadhama type kohlevunuhaa avahakah..
Ram kobaatha next part?
Waiting….
Heii sorry dear ?
Vvvvvv reethi…
Thankyou raaa ?
Ram waiting for next part.hama keth madu vefa.v salhi 1 year 6 months fahun genai twist thah ehmen ge characters ah.wow vvvvvvvvvvvvv reethi.love u ram a lot.and v happy ve komme dhuvahaku up kohdheyth.adhi up nukohdhwvunas habareh vaathi.and once again this story is awsome
Thankyou soo much chawder ?
Ram koba thr next part????bt mi part was awesome…avahahup kohdhybaa ram plyyyyyyyx…
Thankyou maaya ??
Guyx i know i have told mirey veythw balaanameyy.. but nuvi.. sorry.. miadhu part eh upkohladhyfynehnu dwww.. maadhenvx upkohladheynan.. yeahh emmen vx rulhi annaane.. ekm ram mee ehaa free myheh vx noon.. dhn baeh myhun bunefaane dhn vaahaka nuliyaasheyy.. ekm emyhunah bunelan beynumy i will write eyy.. thankyou.. ram ah vee emme best koh mivaahaka upkohladhenymi.. hope ram konme dhuvahaku upkohladheykan dhane ekamaa happy vaane kn.. thankyou.. next part tomorrow..
awww .. its okay .. hama thedhuvaahaka eh thibunee … thankyou busy koh ulhemun vess daily koh upload kohdheythee .. i appreciate that .. eagerly waiting for next part .. varah reethi mi story . ram asluvess varah molhu .. hope you’ll continue writing beautiful stories like this .
Thankyou lai.. and yes i will.. thankyou ??❤
i can understand the situation ram…it’s ok mirey up koh nudhinas??…but waiting for the next part??….varah luvs???
Thankyou mal.. luvs much more ?
Aley miadhu busy kamun adhi kiriyaa mi kiyaalevuny..
Mi part ves hama habeys..rovvaalaifiey hama ?
Dhn avahah yana and mikyan dhimaavaane gotheh hadhaalaba ?
Waiting for the next part ❤️❤️❤️
Thankyou bxy koh ulhemun vx kiyaalyma dear.. thankyou so much.. loves?❤
V.reethi .dhen avahah yan and yaanaa gulhuvaabala eyrun yuaan ah bahpage loabi libeynee dhow.Zaain and laaraa dhemeehun ves gulhuvaa eyrun story reethi vaany .
Lets see ? thankyou naasy ??❤
Sorry yuaan ah dad ge loabi libeyny.ethankolhu ge speling mistakeh
Hehe.. ok thankyou ??❤
story hama habeys.
dhn avahah yan aai yaanaa gulhuva
anyway story hama best……?????????????
Thankyou ??
Thankyou so much @bolheh, @nahu, @mariyam unoosha, @Hairaan, @kylie, @friend, @aimsithu, @muz, @zaraa, @ maya, @unaal ???
Heii baby ah 9 monthss ?
Hey Ramko!! ??
Waiting ga hama mku
***Waiting ga hama kiyaalaa hithun?❤?? (Hehe aee kuda mistake eh??)
Hehe thankyou sjk ?
When is the nxt part dear….kiyaa hithun cnt wait mihaaru story salhi kamun?
Thankyou aphy.. ? miadhu ?
Echekey heenukurachey… dhefaharah vaahaka ehdhuwahaku genesdheyn bunaany ekan kureveyne kamuge yagyn kan ovegen..ae kameh vaane bunefa eh noon… unkept words aa hure writer eh ge reputation ah v asaru kuraane ehnve…negative ehcheh noon mibuny..heyo edheythy…waiting
miadhu kihaa iraku rammu up khdheynuu
Hey rammu plxxxxxx up khdhybaa dhw dhnn thivarah nuhithaaaaaa
Ram dhn up kh dhybaa dhw Mihaaru Hurevenyykyy nuun…. Rammu Plxxxxxxxxxxxxxxxxxxx
Rammu kobaa thr adhi vx nuvey thrrr up kh dheykah….
Ram!konirakun up kuranee.mihaaru ves mihuree keimadhu vefa!☺
Ram vaahaka up kurany knirakun. Varah keiy madhuvefa myny
when is the next part
haadha reacheyy mikyan aa yana ah dhera gotheh nahadhahchey
Rammmmmmmmmm.
Kobaa tha dear today part….
Waiting waiting..
Plx plx upload soon.???
Aslu 9months dho vaany..
1yr 6months fahun v ma mihen mibuny
Thigothah kiyyanya 1Aharu 5mas
Can u tell exact time that u r going to up the story
Thigothah kiyyanya 15mas
Ram next part up kurany knirakuthr…☺
Alhe can’t wait to read the next part.. avahah up kohdhyba..☺
Ram koba thr next part
????? Avahah up kohdhybaa darling….. Waiting. Waiting….????
Plx plx avas kohdhybala.
Waiting waiting
Ram,,,,plss,,,dhen hup konla dhyba…cant wait…aslanvase mivaahaka hama habeysae,,,,mihaaru uo vy thoo balhunu adhadhuvase nayga
ram .. plc avahah up kohdhyba