” ދޮންބެ އަކަށް ވެސް ނޭނގެ އެކަމު ހީވާ އެއްޗެއް ބުނެފާނަން ޔާސިރުބެއާއި ބައްޕައާއި މައްސަލައެއް ޖެހިފަ އޮތީމަ ކަންނެ! ހީވާ އެއްޗެއް އިނގޭ މިބުނީ….. މިހާރު މިއޮތް ގުޅަނީ މަންމަ ލަސްވީމަ ކަންނެ ހިނގާދާން ދޯ” އީވާން އަރީކާގެ ފޯނު ނަގަމުން އިވްލީންއަށް ޖަވާބުދިނެވެ.” ކީކޭ މަންމާ؟ އޭނ؟ އަސްލުތަ؟ އާނ މިދަނީ” އީވާންގެ ހިތް ހީވީ ނެގިނެގިފައި ޖެހިހެންނެވެ. * * * * * * * * * * * […]
ކޮންމެ ރެއެއްގެ އުސޫލުން މިރޭ ވެސް އިވްލީން އެ އޮތީ ރާއިލް އާއި ވާހަކަ ދައްކާށެވެ. ” އިވް ދެން ނުފެނޭ މަށަކަށް މާ ލަސްކުރާކަށް.. ހިނގާދެން މަންމަމެންނާ އެ ވާހަކަ ދައްކާން ! ޕްލީޒް ” ރާއިލްގެ އަޑުގައި މާޔޫސީކަމެއް އެކުލެވިފައިވާ ކަހަލައެވެ.” ޔޭސް އިވް ވެސް މާދަމާ އެ ވާހަކަ ދައްކަން މިހުންނަނީ ….އެކަމު ކުރީ ދުވަހު ބުނީމެއްނު ވަރަށް ރުޅި އަންނަ މީހެކޭ ދޯ” އިވްލީން ބުންޏެވެ.” ހޫމް؟” ” އެއީ…އެ.. އެއީ […]
އިވްލީން ރާއިލް އާއި ބައްދަލުކުރަން ދަނީ އަތިރިމައްޗަށެވެ. އިވްލީން ހިނގަމުން ގޮސް ހުއްޓެން ޖެހުނީ ރާއިލްގެ ހިތްހަމަނުޖެހިފައިވާ މޫނު ފެނުމުންނެވެ. ހިތްހަމަ ނުޖެހިފައިވާވަރު ރާއިލްގެ ދެލޮލުން ވެސް ހެކިދެއެވެ.” ރާލް … ކީއްވެފަ ތީނީ ކުނިމޫނު ހަދައިގެން ؟ އިވްއަށް ކަމެއް ގޯސްކޮށް ކުރެވުނީތަ؟” އިވްލީން ހުރީ ވާނުވާ ނޭނގި ހަދަންވީ ގޮތް ހުސްވެފައެވެ. ” އިވްދެކެ އެއްނޫން އިވްއަށް އިނގޭނުން އަހަރެން މިދުނިޔެމަތިން ވެސް އެންމެ ފޫހިވާ މީހާ… އޭނާ އައިސް އެބައުޅޭ!”ރާއިލްގެ އެ ޖުމުލައިން […]
މޫދުގެ ލޮނުގަނޑު ކަފަމުން ހަލުވި ދުވެލީގައި ދުއްވާފައި އައި ލޯންޗު މަޑުކޮށްލީ ރަށުގެ ފަޅުތެރެއަށެވެ. އެންމެ ފަހުން ލޯންޗުން ފޭބިމީހާ ފެނުމާއެކު އީވާން ދިޔައީ އެމީހާ ގާތަށެވެ. ” އައްސަލާމު ޢަލައިކުމް..މީ އީވާން” އީވާންގެ ހިތްހެޔޮ އަޑުން އެޒުވާނާއާއި ވާހަކަ ދެއްކިއެވެ. “ވަޢާލައިކުމް ސަލާމް.. އަޅުގަނޑަށް ކިޔަނީ މުހައްމަދު ޒިލާލް… ނައިސް ޓު މީޓް ޔޫ” ޒިލާލް ވެސް ވާހަކަ ދެއްކީ ވަރަށް އިޙްތިރާމާއެކުއެވެ. * * * * * * * * * […]
މަންޒަރު ބަލަން ދުރުގައި އެހެން މީހަކު ހުރިކަމެއް ދެމީހުން ކުރެ އެކަކަށް ވެސް ނޭނގެއެވެ. ********* ދުރުގައި ހުރި ރާއިލްގެ ރުޅި ގަދަވަމުން ގޮސް މުޅިމީހާ ތުރުތުރުއަޅަ އެވެ.ރާއިލްގެ ރުޅި ކޮންޓްރޯލުން ނެއްޓޭވަރުވީ އަރީކާގެ ދުލުން ރީނާއާ ދިމާލަށް ބޮޑު އުނދަގުލެކޭ ގޮވުމުންނެވެ. “އޭ ކޮބާތަ އަރީކާއްތަ މައްސަލައަކީ އޭން؟އަހަރެންގެ ދޮންތަ ދެކެ ތިހާ ރުޅި އަންނަން ޖެހެނީ ކީއްވެ ކަމެއް އަހަންނަކަށް ވެސް ނޭނގޭ…. ކޮންމެ ބަޔަކީ ތިމީހުންހާ މުއްސަނދި ބަޔަކަށް ނުވެދާނެ ތިހާ ފޮނިވާކަށް […]
ކިޔުންތެރިންގެ ސަމާލުކަމަށް! އަޅުގަނޑު ލިޔަމުންގެންދާ ވާހަކަ(އަބަދަށްޓަކައި ހިތުގެ ލޯބި) މިވާހަކަ މެދުކަނޑާލަން ޖެހިފައިވާ ވާހަކަ ހިތާމަ އާއި އެކު ދަންނަވާލަމެވެ. ކިޔުންތެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށްލަމެވެ.
އިވްލީން އެކި ކަންކަމުގައި ހަރަކާތްތެރިވަމުން ދިޔައެވެ. “އިވް..” ފަހަތުން އެ އިވުނީ އިވްލީން އެންމެ އަޑުއަހާލާ ހިތްވާ އަޑެވެ. ފަހަތަށް އެނބުރި ލުމާއެކު އިވްލީން ގޮސް ޖެހުނީ ރާއިލްގެ ތަނަވަސް މޭމަތީގައެވެ. ރާއިލްއަކި ހަމުގެ ކުލަ އަލި، ފިރިހެން ވަންތަ ހަށިގަނޑެއް ލިބިފައިވާ އެތައް އަންހެން ކުދިންގެ ހިތް ކަތިލަމުންދާ ޒުވާނެކެވެ. “އިވް ބީ ކެއާފުލް.. ވަރަށް ބިޒީ ދޯ މިރޭ ކުޑަކޮށް ވާހަކަ ދައްކާލަން އާދެވޭނެތަ؟”ރާއިލް އެހެން ބުނުމާއެކު އިވްލީން ވަގުތުން ބޯ ޖަހައިލިއެވެ. ކާމޭޒުދޮށުގައި […]
ފޯނު ނަގައި ބަލައިލި އިރު ގުޅަނީ ޖަޒްލީއެވެ. “އާނ ކީކޭ ވާން އުޅޭ ފަހަރީ..”އިވްލީން ބުންޏެވެ. “ކޮބާތަ އިވް ދޮންބެ؟ ކޮން އިރެއް މިހާރު ގުޅާތާ.. ދޮންބެ ހިޔެއް ނުވޭ މިއަދު ކައިވެންޏެއް ކުރަން އުޅޭ މީހެއް ހެނެއް މި ހީވަނީ މީ ހަމައެކަނި އަހަރެންނަށް އަންނަ ހާއްސަ ދުވަހެއް ހެން!” އިވްލީން ގެއަށް ގޮސް ބަލާލާނަން ކަމުގައި ބުނުމުން ޖަޒްލީ ފޯނު ކަނޑާލިއެވެ. މިއަދަކީ އީވާން އާއި ޖަޒްލީގެ ކައިވެނި ކުރެވޭ ދުވަހެވެ. ޖަޒްލީގެ ކޮއްކޮ […]
ކަހާލެވިފައިވާ ކުޑަދޮރު ފޮތިގަނޑުގެ ތެރެއަށް ފުރޭނިގެން އިރުގެ ރަން ދޯދިތައް އައިސް އެނދުގައި ނިދާފައި އޮތް އަންހެން ކުއްޖާގެ މޫނުމައްޗަށް އެޅުނެވެ.އިވްލީން އަކީ އުމުރުން 20 އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ. އެތައް ބައެއްގެ އިޙްތިރާމާއި ލޯބި އިވްލީން އަށް ލިބެމުން ދިޔައެވެ. ރޭގަނޑު ލަހުން ނިދުމުގެ ސަބަބުން ވަރުބަލިވެފައި ލޮޑުކަމެއް އިހްސާސް ކުރެވޭތީ އިރުކޮޅަކު ފޯނު ހިފައިގެން އިވްލީން އޮތީއެވެ.ނަމަވެސް ދެވަނަ ސިކުންތުގައި އިވްލީން އަށް ތެދުވަން މަޖުބޫރުވީ ބައްޕަ އައިސް ދޮރުގައި ޓަކި ޖެހުމުންނެވެ. […]