“ޒިލް ބަލާބަ ލީންއަށް ފެނުނު އެއްޗެއް..” ޓޭބަލް މަތީގައި ބާއްވާފައި އޮތް އެއްޗަށް އިޝާރާތް ކުރަމުން އިވްލީން ބުންޏެވެ.”މިއީ އެއްނު ޒިލްގެ އޮފީސް ކީ؟” އިވްލީންއަށް ހަގީގަތުގައި މިވާ ކަންކަން އޮޅެން ފަށައިފިއެެވެ.”ޒިލް؟” ދެވަނަ ފަހަރަށް އިވްލީން ގޮވާލުމުން ޒިލާލް ހޭވެރިކަންވިއެވެ. “ޔޭސް ލީން ތިއޭ އަހަރެންގެ ކީ… ބުނާނެ އެއްޗެއް ހަމަ އެއްގޮތަކަށްވެސް ނޭނގިފަ މީނީ…” ޒިލާލް ބޮލުގައި އަތް ވިއްދާލައިގެން ސޯފާމައްޗަށް ޖެހިގަތީ އިތުރަށް ހަދާނެ އެއްވެސް ގޮތެއް ނޭނގުމުންނެވެ. *********** އަންހެން ކުއްޖަކު […]
އިވްލީން އާއި ޒިލާލް ގޭތެރެއަށް ވަދެވުނު އިރު ދެމީހުންނަށް ފެނުނު މަންޒަރަކުން ދެމީހުންގެ ލޯ ވެސް ދިޔައީ ބޮޑުވެގެންނެވެ.”ނޫން.. ނޫން..” ޒިލާލް ހަޅެއްލަވައިގަތެވެ. * * * * * * * * ޒީޝާލް ހުރީ ބަދިގެ ތެރޭގައި ހުރި ވަޅިތަކުގެ ތެރެއިންވެސް އެންމެ ބޮޑު އަދި އެންމެ ތޫނުކޮށް އޮތް ވަޅި ހިފައިގެނެވެ. “ޒީއްކޮ މޮޔަވީތަ؟ ކީއްކުރަން ތިއުޅެނީ ދޫކޮށްލާ ތި ވަޅިން…. ތުއްތުއަށް ނާދެވުނު ނަމަ ދެން ކިހިނެއް ވާނީ؟”ޒީޝާލް ގައިގައި ބައްދާލައިގެން […]
އިވްލީން ޒިލާލްގެ ސައިކަލު ފަހަތަށް އަރާ ހަމަޖެހިލި އިރު ވެސް ޒިލާލް އަނގައިންވެސް ނުބުންޏެވެ. އިވްލީން ޒިލާލް ސައިކަލު ފަހަތުގައި އިން އިރު އިނީ ޒިލާލްގެ ފޯނު ހިފައިގެންނެވެ. އެހެން އިންދާާިލ ޒިލާލްގެ ފޯނު ރިންގުވާންފެށުމުން ސްކްރީންއަށް ބަލައިލި ވަގުތު އިވްލީންގެ ބޯ ވެސް ދިޔައީ އަނބުރައިގަނެގެނެވެ. ހީވީ ހަތަރުއުދަރެސް ފެނުޖެހުނު ހެނެވެ. * * * * * * * * * * ވާނީވެސް އެހެންނޫންހެއްޔެވެ؟ ޒިލާލްގެ ފަހަތުގައި އިންދާ ޒިލާލްގެ ފޯނަށް […]
” އެކްސް ނޭނގޭ ވީ ތަނެއް… އެކްސް އާ ރުޅިވީކީނޫން .. އެކްސް އާއި ދުރުވާން މަޖުބޫރުވީ.. ދިރިއުޅުމުގަ ބޭނުންހާ ކަމެއް ވޭތަ؟” ލޮލަށް ކަރުނަތައް ޖަމާވަމުން ދާތީ އިވްލީން ވާހަކަ ދެއްކީ ފުދޭވަރަކަށް މަޑުމަޑުންނެވެ.”އުހުން ދިރިއުޅުމުގަ ނުވޭ ބޭނުންވާހާ ކަމެއް.. އެހެންނަމަ މިއަދު ލީން ހުންނާނީ ލީންގެ އެކްސް އާއެކު އަހަރެން ހުންނާނީ އަހަރެންގެ ލޯބިވެރިޔާއާއެކު… މަޑުކޮށްބަ ތިބުނީނު މަޖުބޫރުވީއޭ އެ ކީއްވެ؟” ޒިލާލް ކުރަމުން ދިޔަ ސުވާލުތަކުން އިވްލީންގެ ހިތަށް ދިޔައީ ފުން އަސަރުތަކެއް […]
ފިހާރައަށް ވަދެ އެއްޗިހި ގަނެގެން ނުކުތްއިރު އަސްމާ ފެންނަން ނެތުމުން އިވްލީންގެ ހިތް ނުބައިގޮތަކަށް ތެޅިލިއެވެ. އާނ އެކެވެ. ކަންކަން ވަރަށް ގޯސްވާން ފަށައިފިއެވެ. ފިހާރަ ދޮރުމަތީގައި ކީއްކުރަން އެހިސާބުން ވެސް އަސްމާގެ ހިލަމެއް ވެސް ވާކަށްނެތެވެ. ޔަގީންނުވާ ހާލު ޝައްކެއްގެ މަތީގައި ޒީޝާލް ހުއްޓެވެ.”ޔަޒަކް!!!” * * * * * * * * * * * އިތުރަށް އަސްމާ ހޯދަން ކުރަމުން ދިޔަ މަސައްކަތް ބޭކާރު ވާން ފެށުމުން އިވްލީން ހާސްވާގޮތްވިއެވެ. […]
ޒިލާލް އިވްލީންގެ އަނގަމަތީގައި އަތްއަޅާފައި ވުމުން އިވްލީންގެ ލޯ ދަތުރުކުރީ ޒިލާލްގެ ލޮލާއި ދިމާއަށެވެ. އެ ބާރުގަދަ އަތު ތެރޭގައި ހައްޔަރުވެފައި ހުރުމުން އިވްލީންއަށް ގުޑިލެވޭގޮތެއް ނުވިއެވެ.އަނެއްކާ އިވްލީން ހުރީ ފާރާއި ޒިލާލްގެ ދެމެދުގައި ކަމުން ޒިލާލްގެ އަތުން ނޫން ގޮތަކަށް އިވްލީންއަށް ސަލާމަތްވެވޭނެ އިތުރު ގޮތެއް ނެތެވެ. ޒިލާލްގެ ހޫނު ނޭވާތައް އިވްލީންގެ މޫނަށް އެޅުމުން ދިޔައިރު އިވްލީންގެ ހޫނު ނޭވާތައް ޒިލާލްގެ ބަންދުކޮށްފައިވި އަތް ތެރޭގައި ހައްޔަރުވަމުންދިޔައެވެ.ދެން ވެސް ޒިލާލް ގުދުވެލަމުން އިވްލީންއާއި އިހުނަށްވުރެ […]
ހަފީޒާގެ ފޯނު ސްޕީކަރަށް ލައިގެން ހުރުމާއެކު ދެކެވުނު ވާހަކަތައް އަޑުއިވުމުން ޔުމްނާ ވެސް އިނީ ހަމަ އެފަދަ ޙާލެއްގައެވެ. ނަމަވެސް ޔުމްނާ ގެ ކޮޓަރި ދޮރު ކައިރިކައިރީގައި ހުރި ހަމްދާންގެ ހައިރާންކަން ދެގުނައަށް އިތުރުވެގެންދިޔައެވެ. * * * * ޔުމްނާ ރެޑީކުރެވުނީ މީރާގެ ކޮޓަރީގައެވެ. ހުރިހާކަމެއް ވެސް އެންމެފުރިހަމައަށް ވަމުން ދިޔައެވެ. މާޔާ ގޮސް މީރާގެ ކޮޓަރިއަށް ވަނެވެ. އެއިރު ހުދު ކުލައިގެ ބޮޑު ވެޑިން ޑްރެސްގައި އިން ޔުމްނާގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ނުދެއެވެ.”ވަރަށް […]
ނުކުރާށެ ބާކީ،ކުށަކާއި ނުލާ މި ވާހަކައިގެ ލިޔުންތެރިޔާ ފޮކްސީގެ ފަރާތުން ކިޔުންތެރިންނަށް!!! ލިޔުންތެރިޔާއަށް ދިމާވި ކުޑަކަމެއްގެ ސަބަބުން ވާހަކަ މެދުކަނޑާލެވިފައިވާ ވާހަކަ ވަރަށް ހިތާމައާއެކު ހިއްސާކޮށްލަމެވެ.ލަފާކުރެވޭ ގޮތުން ދެހަފްތާއެއްހާ ދުވަސް ތެރޭގައި ނުކުރާށެ ބާކީ ކުށަކާނުލާގެ ކުރިއަށް ހުރި ބައިތައް އިންޝާ ﷲ ގެނެސްދެވޭނެއެވެ. ހުރިހާ ކިޔުންތެރީން ވެސް ކެތްތެރިކަމާއެކު ވާހަކައިގެ 4 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ!!
ނޯރާގެ މޫނުގައިވި ނުތަނަވަސްކަން ފިލައި މޫނަށް ހިނިތުންވުން ވެރިވީ ފަޅި ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ކުރިމަތިން ފެންނަމުންދިޔަ މަންޒަރުން ހުރިހާ އެއްޗެއްވެސް އެނގި ހާމަވެއްޖެއެވެ. ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ފޯނަށް ރައްކާކޮށްލީ މިކަން ޔަގީންކުރާނަމޭ ބުނާ ފަދައިންނެވެ. * * * * * * * * * * އިތުރަށް ލަސްކުރަން ނުހަދާ ޒިލާލްއަށް ގުޅާ އެތަނަށް އައުމަށް ބުނީ މާ ރަނގަޅަށް މިކަން ޔަގީންކުރަން ނޯރާ ބޭނުންވާތީއެވެ. އެއިރު އެތާނގައި ޒީޝާލްމެން މަޑުކޮށްގެން […]