ާއަބަދަށްޓަކައި ހިތުގެ ލޯބި (2)
ފޯނު ނަގައި ބަލައިލި އިރު ގުޅަނީ ޖަޒްލީއެވެ. “އާނ ކީކޭ ވާން އުޅޭ ފަހަރީ..”އިވްލީން ބުންޏެވެ.
“ކޮބާތަ އިވް ދޮންބެ؟ ކޮން އިރެއް މިހާރު ގުޅާތާ.. ދޮންބެ ހިޔެއް ނުވޭ މިއަދު ކައިވެންޏެއް ކުރަން އުޅޭ މީހެއް ހެނެއް މި ހީވަނީ މީ ހަމައެކަނި އަހަރެންނަށް އަންނަ ހާއްސަ ދުވަހެއް ހެން!” އިވްލީން ގެއަށް ގޮސް ބަލާލާނަން ކަމުގައި ބުނުމުން ޖަޒްލީ ފޯނު ކަނޑާލިއެވެ.
މިއަދަކީ އީވާން އާއި ޖަޒްލީގެ ކައިވެނި ކުރެވޭ ދުވަހެވެ. ޖަޒްލީގެ ކޮއްކޮ އަޒަން ދިރިއުޅުމެއް ފަށައިގެން އުޅޭތާ މިހާރު އަހަރެއްހާ ދުވަސް ވަނީއެވެ. އަޒަންގެ އަންހެނުން ރީނާގެ ކޮއްކޮ ރާއިލް އާއި އިވްލީން އަކީ ދެ ލޯބިވެރިންނެވެ.
އިވްލީން ގެއަށް އައިއިރު ވެސް އީވާން ފެންނާކަށް ނެތެވެ. އީވާންގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް އިރު އީވާން އޮތީ ގަދަ ނިދީގައެވެ. އިވްލީން ގޮވުމުން އީވާން ތެދުވިއެވެ.
ޕާޓީ ބާއްވަން ހަމަ ޖެހިފައިވަނީ އެރަށުގެ ބީޗު ސަރަހައްދުގައެވެ. އެތައް ބަޔަކު ދިޔައީ އެ ތަން ތައްޔާރު ކުރުމުގައި ހަރަކާތްތެރިވަމުންނެވެ.
ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ވަގުތު ދިޔައީ ކުޑަތަންވަމުންނެވެ. ރޭގަނޑުގެ ވަގުތުކަމަށް ވުމާއެކު ދިއްލާފައިވާ ލައިޓް ތަކުގެ ސަބަބުން ތަނުގެ ރީތިކަމަށް ވަނީ އިތުރު ފުރިހަމަ ކަމެއް ގެނުވާފައެވެ.
ޖަޒްލީގެ މޭކަޕްގެ ސަބަބުން ޖަޒްލީގެ ރީތިކަން އިތުރު ކޮށްދޭ ކަހަލައެވެ. ހުދު ކުލައިގެ ބޮޑު ވެޑިން ޑްރެސްގެ ފަސްބައިގައި ހިފައިގެން ޖަޒްލީ އައިސް ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ގޮނޑީގައި އިށީނެވެ.
“އަނބި ގަބޫލު ކޮށްފިން ތޯ!”އެހެން ބުނުމާއެކު އީވާން ޖަޒްލީގެ އަތަށް ފިތާލިއެވެ.
” ލައްބަ އަނބި ގަބޫލު ކޮށްފިން” އީވާންގެ ދުލުން އިވުނު ލަފުޒާއިއެކު ޖަޒްލީގެ މޫނުމައްޗަށް ލަދުރަކި ހިނިތުން ވުމެއް ވެރިވިއެވެ.
އިވްލީން އެކި ކަންކަމުގައި ހަރަކާތްތެރިވަމުން ދިޔައެވެ. “އިވް..” ފަހަތުން އެ އިވުނީ އިވްލީން އެންމެ އަޑުއަހާލާ ހިތްވާ އަޑެވެ. ފަހަތަށް އެނބުރި ލުމާއެކު އިވްލީން ގޮސް ޖެހުނީ ރާއިލްގެ ތަނަވަސް މޭމަތީގައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.





Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Jazlee and eevan v gulhey
They both are made for each other
Evleen and raahil gulhuvachey
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Thanks vrh vrh bodah dhen balamaa dhw vaane gotheh …vrh vrh ufaa vejje mi comment fenuneema 🫶🏻… alhamdhulilah kurin hithakah naara ehvx kujjehge fav author ah vedhaane ekey ☺️ I’m so happy thihaa understand vaathee ❤️
Mi part vx vrh Reethi Maasha Allah vrh kiyaa laa hithun kiyaalevey can’t wait for the next part mee vrh Reethi vaahakaeh hen hee vanee
Thanks 😊 kiyaalaa hithun kiyaalaathee vrh ufaavey 🫶🏻next part vrh avahah up kohla dheynan ingey ❤️
finally up vehje dhww this so gud hama ehme perfect alhe so cute
when next partt canttt wait for it… we are with you n give all support
keep it up…
love you girrl
Thanks 😊 thigothah support dheyther vrh ufaavey I hope abadhu vx migothah supports libeyne kmh 🫶🏻next part vrh avahah up kohla dheynan ingey ❤️