އަބަދަށްޓަކައި ހިތުގެ ލޯބި 5
މޫދުގެ ލޮނުގަނޑު ކަފަމުން ހަލުވި ދުވެލީގައި ދުއްވާފައި އައި ލޯންޗު މަޑުކޮށްލީ ރަށުގެ ފަޅުތެރެއަށެވެ. އެންމެ ފަހުން ލޯންޗުން ފޭބިމީހާ ފެނުމާއެކު އީވާން ދިޔައީ އެމީހާ ގާތަށެވެ.
” އައްސަލާމު ޢަލައިކުމް..މީ އީވާން” އީވާންގެ ހިތްހެޔޮ އަޑުން އެޒުވާނާއާއި ވާހަކަ ދެއްކިއެވެ.
“ވަޢާލައިކުމް ސަލާމް.. އަޅުގަނޑަށް ކިޔަނީ މުހައްމަދު ޒިލާލް… ނައިސް ޓު މީޓް ޔޫ” ޒިލާލް ވެސް ވާހަކަ ދެއްކީ ވަރަށް އިޙްތިރާމާއެކުއެވެ.
* * * * * * * * * * * * * * * * * * * *
ޒިލާލް ހުންނަން ހަމަޖެހިފައިވާ ގެއާއި ހިސާބަށް ދެވުމުން އީވާން ޖީބުން ތަޅުދަނޑި އެއް ނަގާ ޒިލާލް އަތަށް ދިނެވެ.”ތީ ތިގޭ މީހާ މަ އަތަށް ރޭގަ ހަވާލުކުރި ކީ…ތި ޒިލާލް ހުންނަ ރޫމްގެ ކީ ހިނގާބަލަ އެތެރެއަށް”އެތެރެއަށް ވަދެވުމާއެކު އެގޭގެ ރީތިކަމުން ހިތަށް އުފާވެރިކަން ލިބުނެވެ.ގޭގެ ދޮރާށިން އެތެރެއަށް ވަންނަ އިރު ފެންނަނީ އެކިކަހަލަ ތަފާތު މާގަހެވެ. ފެންނަމުންދާ ގުދުރަތީ ރީތިކަމުގެ ސަބަބުން ޒިލާލް ހުރީ އާޝޯހުވެފައެވެ. ދެން ހުންނަނީ ހިމަ ގޯޅި އަކުން ލާފައި ދާއިރު ބައިވަރު ކޮޓަރިތަކެކެވެ. ކޮންމެ ކޮޓަރިއެއްގެ ދޮރުގައި ނަންބަރެއް ޖަހާފައި ހުރެއެވެ. ހިނގާފައި ދާއިރު ދެކޮޅުގައި ވެސް ކޮޓަރި ބަރި ހުރެއެވެ. ހިނގަމުން ގޮސް ހުއްޓެވުނީ ރޫމް ނަންބަރ 9 އަކަށެވެ.” މި ޒިލާލްގެ ކޮޓަރި…ރެސްޓް ކޮށްލާ ދެންް އަންނާނަން ބަލާ މެންދުރު ކާންދާން ..” “އޯކޭ” އިވާން ދިޔުމުން ޒިލާލް ވަނީ ކޮޓަރި އަށެވެ.
އަރީކާ ބަދިގޭގައި ހުރި ވަގުތެވެ. އެވަގުތަކީ އިވްލީން ވެސް ބަދިގެއަށް ވަތް ވަގުތެވެ. “މަންމާ.. މަންމާ ކޮބާތަ ދޮންބެދައްތަ؟ ނުހޭލާތަ؟” ޖަޒްލީ ފެންނަން ނެތުމުން އިވްލީން އެހިއެވެ.” ވެއްޖެ! ފިހާރައަށް ދިޔައީ އަންނާނެ އިރުކޮޅަކުން” ހަމަ އެވަގުތެވެ. ޖަޒްލީ އައިސް މޭޒުމަތީގައި ގަތް ކާއެއްޗެހި ކޮތަޅު ބެހެއްޓިއެވެ.” މިއޮތް އައީނު އެކަމު ހާދަ ބައިވަރު އެއްޗިއްސެއް ގަނެގެން މާ ހާއްސަ ކަމެއް އޮތީތަ؟” އިވްލީން ހުރީ ވާނުވާގައެވެ.ވާނީވެސް އެހެންނޫންހެއްޔެވެ؟ މަންމައަކީ ކެއްކިޔަސް މިހާ ބައިވަރު އެއްޗިހި ކައްކަން ގަންނަ މީހެއް ނޫންވިއްޔާއެވެ؟ “ބައްޕަގެ ރައްޓެއްސެއްގެ ދަރިއެއް އައިސް އުޅޭތީ އޭނާ ކާންގެންނަން މިއުޅެނީ ” އަރީކާ ޖަވާބުދިނެވެ. އެހެން ދުވަސްތަކާއި ޚިލާފަށް މިއަދު އަރީކާގެ މޫނުމަތިން ފެންނަމުން ދަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. އިވްލީން ހީއްކުރީ އިއްޔެ ރާއިލް އާއިއެކު ފެނުމުން އެހައި ރުޅި އައިއްސަ ހުރީމަ ވާހަކަ ވެސް ނުދައްކާނެ ކަމަށެވެ. ނަމަވެސް ހީއްކުރި ގޮތާއި މުޅިން މިވީ އިދިކޮޅެވެ. ނުގޮތަކަށް ބަދިގެ ތެރޭގައި އުޅެމުން އިވްލީން ބެލީ ބޭރަށް ދެމިގަނެވޭނެ ދަނޑިވަޅެއް ހޯދާށެވެ. އިވްލީންއަށް ލިބޭ ޗުއްޓީ ދުވަސްދުވަހު ކޮންމެހެން ވެސް ރާއިލްއާއި ބައްދަލުކުރެއެވެ. މިއަދަކީ ވެސް ހަމަ އެކަހަލަ ދުވަހެކެވެ. ކަންދިމާކުރި ގޮތުން ބޭރަށް އެވަގުތު ނިކުމެވޭ ގޮތެއް ވެސް ނުވިއެވެ. ޖެހުނީ މަންމައަށް ކައްކަދޭން އެހީވާށެވެ. ދެން ހިތުތެރޭ ރާވައިލެވުނީ މާމޮޅުޚިޔާލެކެވެ. ކައްކަދީ ނިންމާފައި ކޮޓަރިއަށް ގޮސް ކުޑަދޮރުން ފުންމާލައިގެން ނިކުންނާށެވެ.މެންދުރު ނަމާދު ކޮށްގެން އިވްލީން އުޅުނީ ރާއިލް ކައިރިއަށްދާންވާއިރަށް ރީތިވާށެވެ. ރީތިވެ ނިމުމުން އެންމެފަހު ކަމަކަށް ސެންޓުފުޅިން ސެންޓުބުރުވާލިއެވެ.
ޒިލާލް އީވާން އާއިއެކު އެގެއަށް ކާންއައީ އެވަގުތެވެ. ހަމަ އެގަޑީގައި ޒިލާލްއަށް ފޯނެއް އައެވެ. ފޯނު ނިމުމުން އެބަ ދަންކަމުގައި ބުނުމުން އެންމެ ރަނގަޅު ކަމުގައި އީވާން ބުންޏެވެ. އީވާން ވަނުމާއިއެކު ވަހީދު ކުރީ ސުވާލެކެވެ. ޖަވާބުގައި އީވާން ބުނީ ޒިލާލް ބޭރުގައި ފޯނެއްގަ އިން ވާހަކައެވެ. ފޯނުކޯލު ނިމުމާއިއެކު ޒިލާލް ގޮސް އެތެރެއަށް ވަންނަން އެގޭ ދޮރާށި ހުޅުވާލިއެވެ. ދޮރުފުދޭވަރަކަށް ބާރުކަމުން ޒިލާލް ދޮރު ހުޅުވީ ވެސް ފުދޭވަރަކަށް ބާރަށް ތަޅުގައި ހިފާފައެވެ. ޕަށް ކިޔާފައި ހުޅުވުނު ދޮރު ޖެހުނީ ގެއިން ނިކުންނަން އެތެރެއިން ތަޅުގައި ހިފި އިވްލީންގެ ބޮލުގައެވެ. ވީތަދުން ހަޅެއްލަވައި ނުގަނެވުނީ ކިރިޔާއެވެ. އިވްލީން ހުރީ ނިއްކުރި މަތީގައި އަތްއަޅައިގެންނެވެ.އެތެރެއަށް ވަތް ޒިލާލްއަށް އިވްލީން ފެނުމާއެކު ފެށީ ހޭށެވެ.” އަދިވެސް ހެނީތަ؟ މަށަށް ހާދަ ތަދެއް ވެއްޖޭ! ގޭގެއަށް ވަންނައިރު ތިހާ ބާރަށް މީހުން ދޮރުހުޅުވާތަ؟ ފުކެއް ބޮޑުވަރުދެން..” އައި ރުޅިން ކިޔޭ ނުކިޔޭއެއް ވެސް އިވްލީން އަކަށް ނޭނގެއެވެ.” އަޖައިބެއް ހޭނެދޯ އަހަންނަށް ކިހިނެއްތަ އިނގޭނީ މިތާ މީހަކު ހުންނާނެކަމެއް ދެން ވެސް ތަންކޮޅެއް ބަލާލައިގެން އުޅޭތި! އެހެން ނޫނަސް އަހަރެން ކިޔެވި އެއްވެސް ފޮތެއްގަ ނޯވޭ ގޭގެއަށް ވަންނައިރު މަޑުން ދޮރު ހުޅުވާށެކޭ ” އޭރު ވެސް ޒިލާލް އުޅުނީ އޭނާގެ ހިނިގަނޑު މަތަނުކުރެވިގެންނެވެ.” ހޫން ވަރިހަމަ ދެން އެކަމަކު ތިހާ ބާރަށް ނުހީބަލަ މަންމަމެންނަށް އަޑުއިވިދާނެ..” އެހެން ބުނުމުން ވެސް ޒިލާލް ހެއުން ހުއްޓައެއް ނުލިއެވެ.ޒިލާލް ބެލީ އިވްލީން އެހެން ބުނުމުން ކުރިން ހެވުނު ވަރަށް ވުރެ ބާރަށް ހޭށެވެ.އަރައިގަން ރުޅިން އިވްލީން ގެއިން ނުކުމެގެން ދިޔައީއެވެ. ޒިލާލް އެތެރެއަށް ވާނީވެސް އެކަނި އެތާ ހުރެގެން ހީފައެވެ. ޒިލާލް އަކީ އެހެންމީހުން ރުޅިއަރުވާ ހިތްވާ މީހެކެވެ.
އިވްލީން ރާއިލް އާއި ބައްދަލުކުރަން ދަނީ އަތިރިމައްޗަށެވެ. އިވްލީން ހިނގަމުން ގޮސް ހުއްޓެން ޖެހުނީ ރާއިލްގެ ހިތްހަމަނުޖެހިފައިވާ މޫނު ފެނުމުންނެވެ. ހިތްހަމަ ނުޖެހިފައިވާވަރު ރާއިލްގެ ދެލޮލުން ވެސް ހެކިދެއެވެ.” ރާލް … ކީއްވެފަ ތީނީ ކުނިމޫނު ހަދައިގެން ؟ އިވްއަށް ކަމެއް ގޯސްކޮށް ކުރެވުނީތަ؟” އިވްލީން ހުރީ ވާނުވާ ނޭނގި ހަދަންވީ ގޮތް ހުސްވެފައެވެ. ” އިވްދެކެ އެއްނޫން އިވްއަށް އިނގޭނުން އަހަރެން މިދުނިޔެމަތިން ވެސް އެންމެ ފޫހިވާ މީހާ… އޭނާ އައިސް އެބައުޅޭ!”ރާއިލްގެ އެ ޖުމުލައިން އިވްލީންގެ މޫނަށް އިތުރު ސުވާލު މާކުތަކެއް ޖެހުނެވެ. “ކަ..ކާކު؟”
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.





Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Evleen and raail dhuru nukurachey
They both are made for each other
Kaakubaa anehkaa
I appreciate your hard work
Thank yu cutie girl❤️
Let’s see dhw kaaku tho eii inshallah kuriah huri ep thakun ingeyne… next part inshallah mi feshey week thereyga….
yess finally
and btw this ep is sooo good
keep it up my dear
Thank yu someone yu might know ❤️
Ni part vas varah reethi waiting for the next part
Thank yu lovely girl ❤️
I’m really happy that I’ve got reader’s who supports me 😊 next part feshey week thereyga inshallah ❤️
mi part ves salhi mi areeka mi kihineh vaa meeheh tha zilaal and ivleen guluvan nulhefiya rangalu next part thankoleh dhigu kohlachey
Thank yu Jennie❤️
Let’s see dhen areeka hadhaa ehcheh ves… I’ll try ingey next part dhigu kohlan 🫶🏻
When’s next vrh reethi mi part zilaal ge character for me vrh salhi and it’s funny 😄
Thank yu violet person ❤️
Hehe violet person Mee zilaal ge fan eh thaa dho ehn v ma…..
Next part mi week thereyga inshallah❤️