“ޕިސް ހަރާމޭ މި ނިންޖެކޭ ކިޔާއެއްޗެއް ވެސް އަންނަން ވެއްޖެއްނޫންތަ އަޅެ؟ މިހާރު މިހެން އޮންނަތާ 2 ގަޑިއިރު ވަނިއްޔޭ! މިހާރު މިއޮށް ފަތިސް ވެސް ވިއްޔޭ ކަމެއް ދެން މިއޮތީ ޔަގީނޭ ނުނިދިގެން މިއުޅެނީ ޕާސްތާ ކޮޅެއް ނުލިބުނީމަކަން… މި ޕާސްތާއެއް ކާހިތުން މުޅި ރޭގެ ނިދިވެސް…އަޅެ މާބާރަށް ތޯއްޗެ މި ވާހަކަ ދެއްކުނީ އެންމެން މަ ހާ ނިދިގަދައެއް ނުވާންނު..” މިހެން ބުނެފައި ޒިލާލް އެނދުން ތެދުވެ ފޯނު ހިފައިގެން ގޮސް ފޯނު ހުޅުވާލާފައި […]
ގައިގައި ނެތް ހިތްވަރެއް ނެރިގެން ވެސް ޔުމްނާ ނުލިބުނު ކަމުގައިވިއަސް ޔުމްނާގެ މައާފު ރާއިލް ބޭނުމެވެ. މިހާރު އެއް ފަހަރު ރާއިލްގެ އަތުން ޔުމްނާ ބީވެގެން ހިނގައްޖެއެވެ. ނުވިތާކަށް އިވްލީން ވެސް ބީވެގެން ހިނގައްޖެއެވެ. ދެވަނަ ފުރުޞަތެއް ލިބިފައި އޮއްވާ އަނެއްކާވެސް ޔުމްނާ ރާއިލްގެ އަތުން ބީވެގެން ދިޔުމަކަށް ނޭދެއެވެ. * * * * * * * “ޔުމް.. އައި ނޯ އައި ޑޯންޓް ޑިޒާވް ޔޫ.. ބަޓް އެޓްލީސްޓް ލިސެން ޓު މީ.. […]
އިވްލީންގެ ހިތަށް ވެސް ފުން އަސަރުތަކެއް ކުރުވައިފިއެވެ. ޒެއިން ނިޝްރީންދެކެ ވާ މާތް މަތިވެރި ލޯބި ފެނުމުން ހަމްދަރުދީން އިވްލީންގެ ހިތް ފުރުނެވެ. މިހާވަރު ވީއިރު ޒިލާލް މީ ކޮންކަހަލަ މީހެއް ބާއެވެ؟ ދުވަހެއްގެ ކޮޅުންވެސް އިވްލީންގެ ހިތް ޒިލާލްއާއި މެދު ރަނގަޅަށް ދެކެވޭނެ ބާއެވެ؟ އެރެއަކީ އެއްބަޔަކަށް ފޮނި އެހެނަސް އަނެއް ބަޔަކަށް އެހާމެ ހިތި ރެއެކެވެ. * * * * * * * * * ރާއިލް ސައިބޯންވެގެން އިން އިރު […]
ފުން ޚިޔާލެއްގެ ތެރޭގައި ކަޑައްތުވެފައި ބެލްކަނީގެ ރެއިލިން ކައިރީގައި ހުރި އިވްލީންއަށް ދޮރާއި ދިމާއަށް ބަލާލެވުނީ ދޮރުގައި މީހަކު ޓަކި ދޭތީއެވެ. ދޮރުހުޅުވައިލުމާއެކު އަސްމާގެ ސުވާލާއި އިވްލީންއަށް ކުރިމަތިލާންޖެހުނެވެ.”ކޮބާ ޒިލާލް؟” * * * * * * އިވްލީންއަށް އިސްދަށަށް ޖަހައިލެވުނީ ހަމައެއްގޮތަކަށް ވެސް އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުމުންނެވެ.” ދަރިފުޅަށް ހަމަ ނޭނގޭތަ ޒިލާލް ދިޔަތަނެއް؟” މިފަހަރު ސުވާލު އައީ ޒުބޭރުގެ ފަރާތުންނެވެ. “ނޭނގެ” ކުރު ޖަވާބެއް ދެމުން އިވްލީން އަސްމާއާއި ދިމާއަށް […]
ހެނދުނު 6 ޖެހީ ނޯރާމެން ލާންޗު ކައިރީގައި ތިއްބައެވެ.” ޒިއްލު މިއަދު އަންނަގޮތަކަށް ނޫންދޯ؟” ޒިލާލްގެ ކައިރިއަށް ޖެހިލަމުން ނޯރާ ފޮނިވެލާފައި ބުންޏެވެ.” ޔޭސް ސްވިޓީ ސަޓަރޑޭ ހަވީރު އަންނާނި..” ޒިލާލް ވެސް އިތުރަށް ނޯރާއާއި ގާތްވެލަމުން ބުންޏެވެ. ޒިލާލްގެ އެދޮން މޫނަށް އެވަގުތު ވެސް އެތަނުގައި ތިބި އެތައް ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ.ހަލުވި މިނުގައި ދުއްވާފައި ދިޔަ ލާންޗުގައި އިން ހަމްދާނުގެ ނަޒަރު ކުރިމަތިން ފެންނަންއޮތް ރަށަށް ހުއްޓުނެވެ. ލާންޗުން ފައިބައިގެން ހަމްދާން ރަށުތެރެއަށް […]
“އާނ މަ ވަރަށް ނައްޓާ އެ ހަމްދާނުއާ ހަފީޒާގަނޑުދެކެ.. ހިތަށް އަރާ އެ ހަފީޒާ މަ ބައްޕައާއި ދިމާނުވިނަމަ ކޮންފަދަ ބާއޭ. އިން އިރުވެސް ބައްޕަ އެ ހަފީޒާ ވަރިކޮށްފަ މަ މަންމައާ އިންނަމަ ކީއްތަވާނީ؟. ތީ ވެސް ތެދެއް އެކަން މަށަށް ވެގެން ވަންޏާ ލާހިކެއް ނޫން ހަމްދާންއަށް މި ކޮމްޕެނީއާ ވައިއެޅިލަންވެސް..”މާޔާގެ މޫނުމަތިން ނުރައްކާތެރިކަން ފެންނަމުން ދިޔައިރު ނޯރާގެ މޫނުގައިވި ވިހަ ހިނިތުންވުމެއް ނުފިލައެވެ. ނޯރާ ފޯނު ބޭއްވުމުން ޒިލާލް ހޯދަމުން ދިޔައީ އިވްލީންއެވެ. […]
“ޒިލާލް…ކާންވީނު”އިވްލީން މަޑުމަޑުން ބުނީ ކޮންމެހެން ބުނަން ބޭނުންވާތީ އެއްނޫނެވެ.ބުނަން ޖެހޭތީއެވެ.”ހޫނ.. ކަންތަކާއި ލައިގަތީ ނޫޅެން ކާކަށް ކައިގެން މިހުރީ އުނދަގޫ ނުކޮށް ހުރެބަލަ..” މިފަހަރު ޒިލާލް މިހެން ބުނުމުން އިވްލީންއަށް ވެސް ލޯ އަޅައިލެވުނެވެ. “އެއްޗެއް ރަނގަޅަކަށް ވެސް ބުނެވެނީކީ ނޫން ސަލާމަތެއް ނެތެއްނު…” އިވްލީންއަށް ހިތާހިތުން ކިޔާލެވުނެވެ. * * * * * * * * * * * * ރަޝީދާ ފިހާރައަށް ވަދެ ގެއަށް ބޭނުންވާ ބައިވަރު އެއްޗިހި ގަނެގެން […]
މިހާރު އިވްލީންއަކީ އެހެން މީހެއްގެ ހައްގެކެވެ. މިހާރު އެއީ މީހެއްގެ އަތްބެކެވެ. ރާއިލް ގެއަށް ދަމުން ދުޢާ ކުރީ އިވްލީން އާއި އަދި އެއް ދުވަހަކުން ދިމާވެވޭތޯއެވެ. ނަމަވެސް އެއީ ލޯބިވެރިންގެ ގޮތުގައެއްނޫނެވެ. ރަހުމަތްތެރިންގެ ގޮތުގައެވެ. ************ ޒިލާލްގެ ހިތުގައި ހިނގަމުންދިޔަ ހައިޖާނުގަނޑުގެ ސަބަބުން ދެ ކަންފަތައް އެއާރޕޮޑްސްޖަހައިލައިގެން ފޯނަށް ސަމާލުކަމެއް ދިނީ ފުދޭވަރަކަށް ބޮލުގައި ވެސް ރިއްސާތީއެވެ. ބިނދި ބިނދިފައި ރާޅުތައް ގިރާކުރަމުން ދިޔަ ލޯންޗުގައި އެންމެން ވެސް ތިބީ ދާން އޮތް މަންޒިލާ ހަމައަށް […]
އީވާންމެންނަށް ގެއަށް ދެވުނު އިރު ފަތިސް ނަމާދަށް ބަންގި ވެސް ގޮވަނީއެވެ. އެދުވަހު މެންދުރު ހާއިރު އިވްލީން ކައިރީގައި ބައްޕައަށް ވީގޮތް އީވާން ކިޔާދީފައި އެތައް ފަހަރެއްގެ މަތިން އިވްލީން ގާތު ބައްޕައާއި ދޭތެރޭގައި އެއްޗެއް ކިތަންމެ ބުނަން ބޭނުންވިޔަސް ވިސްނާލާފައި ބުނުމަށް ނަސޭހަތްތެރިވިއެވެ. * * * * * * * * * * * * * * * * * * * * ހަމްދާންމެން ގެއިން އައިސް […]