އަބަދަށްޓަކައި ހިތުގެ ލޯބި 7
ކޮންމެ ރެއެއްގެ އުސޫލުން މިރޭ ވެސް އިވްލީން އެ އޮތީ ރާއިލް އާއި ވާހަކަ ދައްކާށެވެ. ” އިވް ދެން ނުފެނޭ މަށަކަށް މާ ލަސްކުރާކަށް.. ހިނގާދެން މަންމަމެންނާ އެ ވާހަކަ ދައްކާން ! ޕްލީޒް ” ރާއިލްގެ އަޑުގައި މާޔޫސީކަމެއް އެކުލެވިފައިވާ ކަހަލައެވެ.” ޔޭސް އިވް ވެސް މާދަމާ އެ ވާހަކަ ދައްކަން މިހުންނަނީ ….އެކަމު ކުރީ ދުވަހު ބުނީމެއްނު ވަރަށް ރުޅި އަންނަ މީހެކޭ ދޯ” އިވްލީން ބުންޏެވެ.” ހޫމް؟” ” އެއީ…އެ.. އެއީ ޔުމް ދޯ؟ ތެދަށް ބުނައްޗޭ އިވްއަށް މިއަދު ޔުމްނާ ފެނުނު އެހެންވެ މި އެހީ..” އިވްލީން އަހަން ނާހަން ހުރެފައި އެހިއެވެ.
* * * * * * * * * * * * * * * * * * *
” ހުމް އެއީ އެ ޔުމްނާ އެ ބޭވަފާތެރިޔާގެ ނަން އިވުނަސް ފޫހިވޭ” ރާއިލްގެ ދެބުމަ ވެސް ވަނީ ގޮށް ޖެހިފައެވެ.”އެކަމު އިވްގެ ހިތެއް ނުބުނޭ ޔުމްނާ ރާލްއަށް ޗީޓްކުރާނޭކޭ ތީ މިސްއަންޑާސްޓޭންޑިން އެއްހެން ހީވަނީ.. އޭރު މާލޭގަދޯ އުޅުނީ އަސްލު އެރޭ ކިހިނެއްތަ ވީ؟” އިވްލީން ބޭނުންވީ މިރޭ އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކާށެވެ.”އާނ އެއީ މާލޭގަ އުޅުނުއިރު….. އެރޭ އެއީ އަހަރެމެންގެ ރިލޭޝަން ޝިޕްއަށް އެއް އަހަރު ފުރުނުރޭ… އެހެންވެ ޔުމްއުޅޭ ގެއަށް ދިޔައީ ޔުމްއާއެކު ޓައިމް ސްޕެންޑް ކޮށްލާ ހިތުން ޔުމް ކައިރިއަކު ނުބުނަން ދާ ވާހަކައެއް ވެސް އެއީ ސަޕްރައިޒް އެއް ދޭން ވެގެން އޭރު އެގާރަ ގަޑި ބައިވަނީ އެކަމު…އާހް އެރޭ ޔުމް ކޮޓަރީގެ ދޮރުގައި ޓަކިޖެހީމަ ދޮރު ހުޅުވީ ޔުމްއެއްނޫން … ނޭނގެ ކޮންމެސް ފިރިހެން ކުއްޖެއް އެއީ… އެހެންނޫނަސް އެއީ ކޮން ގަޑިއެއް… ކޮޓަރިގެ ލައިޓުތައް ނިވާފަ ނޭނގެ ހީވަނި ކަމެއް ސެލަބްރޭޓް ކޮއްފަ ހުރިހެން މާކަށް ރަނގަޅަކަށް ނުފެނޭ އެކަމު ކޭންޓަލްސްތަކާއި ބެލޫންސްތައް ހުރި….. ވަރަށް ރުޅިއައި އެރޭ ޔުމްދެކެ….. ހުވާމިކުރީ އެ އަންހެނާ ފެނުނަސް އާހް” ރާއިލްގެ ދެލޯ ވެސް އޭރުވަނީ ފެންކަޅި ވެފައެވެ.”އިނގޭތަ މިހާރު ޔުމްނާ އަކީ ޑޮކް އެކޭ! އިއްޔެ އިވް ޑިއުޓީގައި ހުއްޓައި ޔުމް ފެނުނީ…..” އެކި އެކި ވާހަކައިގައި ތިބެ ދެމީހުންނަށް ވެސް ނިދުނީއެވެ. އޭގެ އަނެއްދުވަހު ހެނދުނު ހޭލެވުމާއެކު އެންމެ ފުރަތަަމަ ވެސް އިވްލީން ގޮސް އަރީކާ އާއި ވަހީދު އަދި އީވާން ގާތުގައި މިރޭ ވާހަކައެއް ބުނަން ބޭނުންވާ ކަމުގައި ބުންޏެވެ. އެދުވަހު އިރު އެރީއްސުރެ އިވްލީން އިންތިޒާރު ކުރަމުން ދިޔައީ މިރެއަށެވެ.” އޭ.. އިވްލީން ކިހިނެއްވެފަ އެކަނިމާއެކަނި އޮވެގެން ތިހެނީ؟” ޖަޒްލީ ބަދިގެއިން ނުކުތްއިރު އެކަނިމާއެކަނި ކޮންމެވެސް ހިޔާލަކަށް ގެއްލިފައި ހެވިފައި އޮތް އިވްލީން ފެނުމުން އެހިއެވެ.”ދޮންބެ ނުބުނޭދޯ! މިރޭ އިނގޭނެ ހެހެ ” އިވްލީންގެ ލަދުރަކިވެފައިވާ މޫނު ފެނުމުން ޖަޒްލީއަށް ކޮންމެވެސް އެއްޗެއް ދޭހަވީ ކަހަލަ ގޮތަކަށް ހީލުމަށްފަހު އެންމެ ރަނގަޅު ކަމުގައި ބުންޏެވެ.ޒިލާލް އޮފީސް ނިންމާފައި ގެއަށް އައީ އެހެން ދުވަސްތަކުގައި އަންނަ ގަޑިއަށް ވުރެ ލަސްވެފައި ހުއްޓައެވެ.ގެއަށް ގޮސް ވަތް އިރަށް ލަސްވީ ކިއްވެތޯ ޒިލާލްގެ ބައްޕަ ޒުބޭރު ސުވާލު ކުރިއެވެ.ޖަވާބުގައި ރައްޓެއްސެއް ފެނުމުން މަޑުކޮށްލީ ކަމުގައި ބުންޏެވެ.” އެހެންތަ އެންމެ ރަނގަޅު….އެކަމަކު ބައްޕަ ޒިލާލް ކައިރި ވާހަކައެއް ދައްކަން ބޭނުންވެފަ ހުންނަތާ ވަރަށް ދުވަސްވެއްޖެ!””ކޮން ވާހަކައެއް؟” ޒިލާލް ބުންޏެވެ. ” ބައްޕަ އެއްގޮތަކަށް ވެސް ހިތްހަމަ އެއް ނުޖެހޭ ޒިލާލް ނޯރާ އާއި ގުޅޭކަށް..” ޒުބޭރު އެހެން ބުނުމާއެކު ޒިލާލް ގޮސް ކޮޓަރިއަށްވަދެއްޖެ އެވެ.ގަޑިން އަށެއް ޖެހުމާއެކުހެން އެންމެން ގޭގެ ސިޓިންރޫމްއަށް އެއްވިއެވެ. ” ދަރިފުޅާ ދެންފަށާބަލަ ތިކިޔަން އުޅޭއެއްޗެއް ކީމައެއްނު އަވަސްވާނީ ” އަރީކާ ބުންޏެވެ އޭރު ވެސް އިވްލީން ހުރީ ވަރަށް އުފާވެފައެވެ.”އިވް…އުމްމް..އިވް ބޭނުން ރާއިލް އާއި މެރީކުރަން އެކަމަކު އެއީ.. އެއީ މަންމަމެންގެ ރުހުން ލިބިގެން….”އިވްލީން އެހެން ބުނުމާއެކު އަރީކާ އާއި ވަހީދުއަށް ދެމީހުންގެ މޫނަށް ބަލާލެވުނެވެ. ވަހީދުއާއި އަރީކާގެ އެ ޢަމަލުން އިވްލީން އިނީ ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް ވެސް ނޭނގިފައެވެ. ދެން ވާނެގޮތެއް ނޭނގޭތީ އިވްލީން ހިތް ނެގިނެގިފައި ޖެހޭހެން ހީވެއެވެ.”ޤަބޫލެއް ނޫން އިވްލީންއަށް އެ ރަޝިޔާގެ ރާއިލަށް ވުރެ މާ ރަނގަޅު ކުދިން ވާނެ…. ނުވާނެ ތިކަމެއް ބައްޕަގެ ފުރާނަ ހުރިހާ ހިނދަކު” ވަހީދުއަށް ހީވީ އޭނާގެ ދުނިޔެ އެފުއް މިފުށަށް ޖެހުނު ހެނެވެ.” އެކަމަކު ބައްޕަމެން ބުނިހާ ކަމެއް އިވް ކޮށްދިނީމެއްނު މިއޮތް ހުރިހާ ދުވަހުވެސް.. ބައްޕަމެން ބުނީމަ ނާރސިން ހެދީ ވެސް އެކަމު އެއީ އިވް ބޭނުން ވެގެނެއް ނޫންދޯ އަަބަދުވެސް ޕޮލިހަކަށް އަހަރެން ވާން ބޭނުންވި އެކަމު އެކަން ވެސް ކޮށްދިނުން ހެޔޮހިތުން ބައްޕަމެން ހެޔޮނުވާނެ މިކަމާ ދެކޮޅު ނުހަދާ!” އިވްލީން އުއްމީދު ވެސް ނުކުރާ ކަމެއް މިދަނީ ކުރިމަތީގައި ހިނގަމުންނެވެ. ” އިވްލީން އާދެބަލަ ދޮންބެ އާއެކު ބޭރަށް ދާން!!” އީވާންއަށް ކެތްނުކުރެވޭ ވަރަށް ކަންތައްތައް ދާންފެށުމުން ބުންޏެވެ. ގެއިން ނުކުމެގެން އީވާން ދިޔައީ ސައިކަލުގައި އަތިރި މައްޗާއި ދިމާއަށެވެ. އެހިސާބަށް ދެވުނު އިރު ވެސް ދުލުން އެންމެ ބަހެއްވެސް ބޭރުނުކޮށް އިވްލީން އިނީ ބަސްހުއްޓިފައެވެ.”އިވް ދޮންބެ އިވްގެ ތިނިންމުމާ ދޭތެރޭގައި ރުހި ޤަބޫލު..އެކަމު އިނގޭދޯ ބައްޕަމެން އޯކޭ ނޫންކަން .. އެހެންނޫނަސް އިވް ވިސްނާލަބަލަ މައިންބަފައިންގެ ރުހުން ނުލިބި ފަށާ އެއްވެސް ދިރިއުޅުމެއް ކާމިޔާބެއް ނުވާނެ! ދެން ދޮންބެ އަކަށް ވެސް ނޭނގެ ބައްޕަމެން ޤަބޫލު ނުވާންވީ ކީއްވެ ކަމެއް!” އީވާން މަސައްކަތް ކުރީ އިވްލީން ހަމައަކަށް އެޅުވޭތޯއެވެ.” ތީދޯ މައްސަލައަކީ އެޓްލީސްޓް އޯކޭ ނުވާންވީ ރީޒަން ވެސް ބުނީމަދޯ އިނގޭނީ ވަރަށް ދެރަވެއްޖެ!” އިވްލީންގެ ރަތް ވެފައިވާ ދެލޮލުން ވެސް އިވްލީން ރާއިލްދެކެ ވާ ސާފު ސީދާ ލޯބި ހެކިދެއެވެ. ” ދޮންބެ އަކަށް ވެސް ނޭނގެ އެކަމު ހީވާ އެއްޗެއް ބުނެފާނަން ޔާސިރުބެއާއި ބައްޕައާއި މައްސަލައެއް ޖެހިފަ އޮތީމަ ކަންނެ! ހީވާ އެއްޗެއް އިނގޭ މިބުނީ…. މިހާރު މިއޮށް ގުޅަނީ މަންމަ ލަސްވީމަ ކަންނެ ހިނގާދާން ދޯ؟” އީވާން އަރީކާގެ ފޯނު ނަގަމުން އިވްލީންއަށް ޖަވާބުދިނެވެ.”ކީކޭ މަންމާ ؟ އޭނ؟؟؟؟ އާނ މިދަނީ ” އީވާންގެ ހިތް ހީވީ ނެގިނެގިފައި ޖެހޭހެންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.





Sorry reader’s alhugandu liyunu iru mistake akun rashiyaa jehifa eyni aslu eii rasheedha… And please leave a comment I’ll accept negative and positive comments ufalaa eku … Thiya kiyuntherinnakee alhuganduge kuri erun kamugai abadhu vx dheken..❤️🫶🏻😊
Masha Allah ❤️ mi part ves vrh reethi… Waiting for next part
Thank yu S4turn🪐 ❤️🫶🏻
Next part soon 🔜
Thank yu S4turn 🪐 for commenting dhen Anna ep ga ves S4turn ge comment eh fennaane kmh unmeedhu kuran..😊
mi part ves v reethi masha allah
curiously waiting for next part
keep it up
alhey keeve evleen bappa nugaboolu vee
raail and evleen gulhuvachey
they both are made for each other
mi part kiyaafa rovijje
i appreciate your hard work
your my fav author
love you
Thank yu Cutie girl ❤️🫶🏻
Next part soon 🔜
Inshallah Ingeyne adhi keehve kan nugaboolu vee ves ☺️
Anehka ves thank yu Cutie girl ah comment eh kohleema vhk up veema iru iru kolhaa balaalevey Cutie girl ge comment aadheytho ves 🫶🏻🫶🏻… alhamdhulilah cutie girl thee furathama reader alhugandakee fav ey buni 🥹🥹 LYSM 🫶🏻🫶🏻🥰🥰
When’s next???? Curiously waiting for the next ep vrh interesting keep it up 👍
Thank yu Rose 🌹
I’m glad yu like it ☺️
Next part soon 🔜
Thank yu for supporting me 🥰🥹🫶🏻