އަބަދަށްޓަކައި ހިތުގެ ލޯބި (4)
މަންޒަރު ބަލަން ދުރުގައި އެހެން މީހަކު ހުރިކަމެއް ދެމީހުން ކުރެ އެކަކަށް ވެސް ނޭނގެއެވެ.
*********
ދުރުގައި ހުރި ރާއިލްގެ ރުޅި ގަދަވަމުން ގޮސް މުޅިމީހާ ތުރުތުރުއަޅަ އެވެ.ރާއިލްގެ ރުޅި ކޮންޓްރޯލުން ނެއްޓޭވަރުވީ އަރީކާގެ ދުލުން ރީނާއާ ދިމާލަށް ބޮޑު އުނދަގުލެކޭ ގޮވުމުންނެވެ.
“އޭ ކޮބާތަ އަރީކާއްތަ މައްސަލައަކީ އޭން؟އަހަރެންގެ ދޮންތަ ދެކެ ތިހާ ރުޅި އަންނަން ޖެހެނީ ކީއްވެ ކަމެއް އަހަންނަކަށް ވެސް ނޭނގޭ…. ކޮންމެ ބަޔަކީ ތިމީހުންހާ މުއްސަނދި ބަޔަކަށް ނުވެދާނެ ތިހާ ފޮނިވާކަށް ނުވާނެ!”ރާއިލްގެ މޫނުމަތިން ފެންނަނީ އާދަޔާޚިލާފަށް ރުޅިވެރިކަމެވެ.
“މަގޭ މޫނުމަތީ ޒުވާބު ކުރަން ކަލޭގެ ލަދު ހަޔާތް ކޮބާ؟ ކަލޭގެ ތިހުންނަނީ ހަމަ ކަލޭ ބަފާގެ ގޮތް!”އަރީކާގެ އަޑު ވެސް ދިޔައީ ފަހަރަކަށްވުރެ ފަހަރެއް ގަދަވަމުންނެވެ.
ރާއިލްގެ ހައިރާންކަން އިތުރުވިއެވެ. އަރީކާއްތަ މިދައްކަނީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ؟އަރީކާއްތައަށް މިހުރީ ކިހިނެއް ވެފައި ހެއްޔެވެ؟ކަލޭ ކިޔާފައި ވާހަކަ ދެއްކުމާއި މޫނުމަތީ ޒުވާބުކުރުން އެއީ އަރީކާއްތަ ދުވަހަކުވެސް ކުރިކަންތަކެއްނޫނެވެ.
“ހަނދާންކުރާތި މީގެ ފަހުން މަގޭ ބައްޕަ އޭ ކިޔައިގެން އެންމެ އެއްޗެއް ބުންޏަސް މަ މަޑަކުން ނުހުންނާން… އެހެންނޫނަސް އަހަންނަކަށް ނޭނގެ ބައްޕަ ދުނިޔޭގަ ހުރި އިރު އަރީކާއްތައަށް ގެއްލުމެއް ދީފައިއޮތް ކަމެއް! ބައްޕައަކީ ތިހާ ގޯސް މީހެއްނޫން! ދޮންތާ ހިނގާ ދާން”ރާއިލްގެ ދުލަށް އައިހާ އެއްޗެއް ރާއިލް ބޭރުކުރި އިވްލީންގެ މަންމައަށް ވިޔަސް ހެޔޮކަމަށެވެ.
އިވްލީން އިނީ ޑިއުޓީގެ ވަގުތު ހަމަވާނެ ވަގުތެއްގެ އިންތިޒާރުގައެވެ.މުޅި ދުވަހު އުޅެން ޖެހުނުލެއް ބުރަކަމުން ރާއިލްއަށް ގުޅާލާނެ ވަގުތެއްވެސް ނުވިއެވެ.ޑިއުޓީ ނިމުމާއިއެކުހެން އިވްލީން ގުޅީ ރާއިލްއަށެވެ. އިވްލީން ބަލާ އަންނަން ރާއިލް ކައިރީގައި ބުންޏެވެ. މެންދުރުގެ އަވި ބާރު އިރު މަގުމަތީގައި މީހުން ވަރަށް މަދެވެ. ރާއިލްގެ ސައިކަލު އައިސް މަޑުކުރުމުން އިވްލީން ސައިކަލަށް އެރިއެވެ. އަބަދުވެސް ވާހަކަ ދައްކާ ސަކަރާތް ޖަހާ ރާއިލްގެ މޫނުމަތިން މިފެންނަނީ ކޮންފަދަ ސީރިއަސްކަމެއް ހެއްޔެވެ؟ ބަލާ ނުލިތާ އަނގައިންވެސް ނުބުންޏެވެ. ސައިކަލު ގޮސް މަޑުކުރި ވަގުތުވީ ގޭގެ ދޮރާށި އަރީކާ ހުޅުވާލި ވަގުތަށެވެ. ރާއިލް އާއި އެއްކޮށް ހުއްޓާ މަންމައަށް ފެނުންމީ ފުރަތަމަ ފަހަރެވެ. އަދި އެވެސް ސައިކަލު ފަހަތުގައި އިންދައެވެ. ރާއިލް ފެނުމާއެކުހެން އަރީކާގެ މޫނުމައްޗަށް ވައްތަރެއް ޖައްސާލިއެވެ. އިވްލީން އަޖައިބުވީ އިވްލީންއަށް ވުރެ ރާއިލް ދެކެ މަންމަ ހިތްހަމަ ނުޖެހުނީމައެވެ.
ރާއިލްގެ ލޯ ވެސް ވަނީ ސީދާ މަންމައަށް ހުއްޓިފައެވެ. ވާނުވާގައި ހުރެ އިވްލީން ވަނީ ގެއަށެވެ. މިއަދު މިއޮތީ ކަންތަކާއި ޖެހިފައި އިވްލީންގެ ހިތަށް އެރިއެވެ. މަންމަ ކައިރީގައި ބުނާނީ ވެސް ވަކި ކީކޭ ހެއްޔެވެ؟ އަނެއްކާ ރާއިލް އާއި މަންމަ އާއި ދޭތެރޭގައި ކަމެއް ހިނގީކީނޫންބާއެވެ؟ އަނެއްކާ މިތާ ދޮރުމަތީގައި ހުއްޓާ ބައްޕައަށް ފެނިދާނޭ ހިތަށް އެރިއެވެ.
ބޭރުގައި މަޑުނުކޮށް އެތެރެއަށް ވަންނަން ދިޔަ އިވްލީންގެ ފިޔަވަޅުތައް މަޑުޖައްސާލީ ދޮންބެ ބައްޕައާއި ވާހަކައެއް ދައްކާ އަޑަށެވެ. އިވްލީން ހުރީ ކާކޮޓަރިއަށް ވަންނަ ދޮރު ކައިރި ނުފެންނާނެހެންނެވެ.
“ބައްޕަ ރައްޓެހި ޒުބޭރުގެ ދަރި މާދަމާ އެބަ އާދޭ މިކޮޅަށް… އޮފީސް ދަތުރަކު އެކޮޅުން ފޮނުވައިގެން އޭނަ އެ އަންނަނީ.. ބައްޕަ ދެންް އޭނަ ހުންނާނެ ތަނެއް ހަމަޖައްސާލަ ދިނީމަ އޯކޭ ވާނެ.. ބާކީ ހުރި ކަންކަން އަހަރެން ހަމަޖައްސާނަން!” އިވްލީންގެ ހިތަށް އެރިއެވެ. އަނެއްކާ މިޖެހުނީ އަނެއް ކަންތައް ލައިގަންނަން ބާއެވެ. ރަނގަޅަށް ވިއްޔާ އެ މީހަކު ބަހައްޓާނީ ވެސް މިގޭގައި ކަންނޭނގެއެވެ.
“މައްސަލައެއް ނެތް އޭނަ ހުންނާނެ ތަނެއް ބައްޕަ ހަމަޖައްސާނަން.. މިގޭގައި ވެސް ބެހެއްޓުނީސް މައްސަލައަކީ ހުސްކޮށް ހުރި ކޮޓަރި ފާހާނާ ހަލާކުވެފަ ހުރީމަ.. ދެން އެންމެ ރަނގަޅު ބައްޕަ ކުއްޔަށް ތަނެއް ހިފާނަން” އިވްލީންގެ ހިތް އުފަލުން ނަޝާލިއެވެ. މޭގައި އަތް ބާއްވަމުން ނަސީބެކޭ ވެސް ބުނެވުނެވެ.
މަޑުމަޑުން އިވްލީން ގޮސް ކޮޓަރިއަށް ވަނެވެ. ވަދެ އެނދުމައްޗަށް ފުންމާލީ ވެފައިހުރި ވަރުބަލިކަން ފިލުވާލާށެވެ. ބާލީސް ދަށުގައި އޮތް ރިމޯޓުނަގައި އޭސީ ސޯޅައަށްލިއެވެ. ފޯނުނަގައި ދެންވަނީ ޓިކްޓޮކްއަށެވެ. ރަނގަޅަށް ހަމަޖެހިނުލެވެނީސް ދޮރުގައި ކޮންމެސް މީހަކު ޓަކިޖަހަން ފަށައިފި ވިއްޔާއެވެ؟ ކަންނެތް ގޮތަކަށް ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރި ޖަޒްލީ ފެނުމުން ކޮންމެވެސް ކަމެއް ވެއްޖެއޭ އިވްލީންގެ ހިތަށް އެރިއެވެ.
“އިވް ދޮންބެ ދައްތައަށް ކަމެއް ކޮށްދެވޭނެތަ؟ ހިނގާބަ އެތެރެއަށް…” ޖަޒްލީ ބުންޏެވެ.
“އިވް މިރޭ ބާރަ ޖަހާއިރު ދޮންބެ ބާތްޑޭ ސޯ އެގަޑިއަށް މި ރޫމް ރެޑީ ކޮށްލަންވީ ކޭކު ގެނެސްދޭނެ ރީނާ އެން އަޒަން އޯކޭތަ؟” އިވްލީން ވަގުތުން ބޯޖަހާލިއެވެ.
އީވާން ފެންވަރަންވަތް ގަޑި ބަލާފައި ޖަޒްލީ ރީނާއަށް ގުޅާފައި ކޭކު ގެނެސްދިނުމަށް އެދުނެވެ. އީވާން ކައިރީގައި އިވްލީން ބުނެގެން ފިހާރަ އަކަށް ގޮސްލަންކަމުގައި ބުނެ ޖަޒްލީ ނިކުތެވެ. ގެއާއި މާދުރުނޫން ހިސާބެއްގައި ފިހާރަ ހުރުމުން ދެމީހުން ދިޔައީ ހިނގާފައެވެ. ފިހާރައަށް ގޮސް ކޭންޑަލްސް އާއި ބެނާ ގަނެގެން ގެއަށްއައެވެ. ޖަޒްލީ ކޮޓަރިއަށް ވަތްއިރު އީވާން އޮތީ ނިދާފައެވެ. ޖަޒްލީ ހިތަށް އެރިއެވެ. މިހާ އަވަހަށް ދެން އީވާން ނިދަން ވޭހެއްޔެވެ؟ މިރޭގެ ޕްލޭން ވެސް މުޅިން ބަދަލުވީއެވެ.
ބާރަ ޖަހަން ފަސް މިނެޓަށް ވީއިރު ޖަޒްލީ ހުރީ އިވްލީންގެ ކޮޓަރީގައެވެ. ހަދާނެގޮތެއް ނޭނގިފައި ހުރި ޖަޒްލީއަށް ހިޔާލެއް ދިނީ ރީނާއެވެ. ރީނާ އާއިއެކު އަޒަން ވެސް އައެވެ. ރީނާ ބުނިގޮތަށް ޖަޒްލީ ކަންތައް ކުރިއެވެ. އިވްލީން އަވަސްވެގަތީ އިވްލީން ކައިރީގައި ކުރަން ބުނި ކަންތައް ކުރާށެވެ. އީވާންގެ ކޮޓަރި ދޮރު ހުޅުވާލާފައި ނިކަން ބާރަށް ދުވަމުން ގޮސް ވަތް އިވްލީން ނިކަން ހާސްވެފައި ދޮންބޭއޭ ގޮވައިލިއެވެ. ގޮވުމާއެކު އިވާން ތެދުވިއެވެ. އަދި ކިހިނެއްތޯ ވީ އެހިއެވެ.
” ދޮންބޭ ދައްތަ އިވް ކޮޓަރިއަށް ވަތްގޮތަށް ވެއްޓިއްޖެ!” އިވްލީން އެހެން ބުނުމާއެކު އީވާންއަށް ވީ ގޮތެއްވެސް ނޭނގުނެވެ. ދެ ފައިގައި ހުރި ބާރެއް ލާފައި އީވާން ގޮސް ވަނީ އިވްލީންގެ ކޮޓަރިއަށެވެ. މުޅި ކޮޓަރި އަނދިރި ކޮށްފައިވީ އިރު ދޮރު ހުޅުވާލުމުން ދޮރު ކައިރިއަށް ވެއްޓިފައި އޮތް ޖަޒްލީ ފިޔަވައި އިތުރު އެއްޗެއް ނުފެނެއެވެ. އީވާން ވަގުތުން ތިރިވެ ވެއްޓިފައި އޮތް ޖަޒްލީއަށް ގޮވަން ފެށިއެވެ. އިރުކޮޅަކުން އީވާން ހުރީ ހައިރާންވެފައެވެ. ކުއްލިއަކަށް އަނދިރި ކޮޓަރި ތެރެ އަލިވެގެން ދިޔައެވެ. މާގިނަ އިރަކު ޖަޒްލީ އަކަށް ނޯވެވުނެވެ. ހިނި ގަނޑު ދިޔައީ ކޮންޓްރޯލް ނުކުރެވިގެންނެވެ. އަޒަން ވެސް ހީހީ ގޮސް ހުރީ ހަލާކުވެފައެވެ. އަޒަން ހިތަށް އެރިއެވެ. ނޫނޭވާ ދޮންތަ އެކްޓް ކުރަން ވެސް މޮޅުވެ.
ހުރިހާކަމެއް ނިމުނުއިރު އެއްގަޑި ބައިވެއްޖެއެވެ. އެންމެންނަށް ނިދުނުއިރު ވެސް އިވްލީން އާއި ރާއިލްގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެއެވެ.މިއަދުވީ ކަންތައް ރާއިލް އިވްލީންއަށް ކިޔައި ދިނުމުން އިވްލީން ބުނީ އެއީ މަންމަގެ ހުންނަ ގޮތެއް ކަމާއި އެކަމާއި އަޅާނުލުމަށެވެ. ރާއިލްގެ ވާހަކަ ދެއްކި ގޮތުންވެސް އޭނާއަށް އަސަރު ކޮށްފައިވީ ވަރު އިވްލީންއަށް ނަގައި ގަނެވުނެވެ. އިވްލީން ދެރަ ވެސް ވިއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ ؟ މަންމަގެ ދުލަކު ނުހިފޭއްޓޭނެކަން ގައިމެވެ.
*****************
މޫދުގެ ލޮނުގަނޑު މަގާމުން ހަލުވި ދުވެލީގައި ދުއްވާފައި އައި ލޯންޗު މަޑުކޮށްލީ ރަށުގެ ފަޅުތެރެއަށެވެ. އެންމެ ފަހުން ލޯންޗުން ފޭބިމީހާ ފެނުމާއެކު އީވާން ދިޔައީ އެމީހާ ގާތަށެވެ.
” އައްސަލާމު ޢަލައިކުމް..މީ އީވާން” އީވާންގެ ހިތްހެޔޮ އަޑުން އެޒުވާނާއާއި ވާހަކަ ދެއްކިއެވެ.
“ވަޢާލައިކުމް ސަލާމް.. އަޅުގަނޑަށް ކިޔަނީ މުހައްމަދު ޒިލާލް… ނައިސް ޓު މީޓް ޔޫ” ޒިލާލް ވެސް ވާހަކަ ދެއްކީ ވަރަށް އިޙްތިރާމާއެކުއެވެ.
(ނުނިމޭ )
ނޯޓު: ކިޔުންތެރިންގެ ކިބައިން އަޅުގަނޑު ނިހާޔަތަށް މާފަށް އެދެން ވާހަކަ ލަސްވުމާއި ވާހަކަ މެދުކަނޑާލަން ޖެހުމުން! ކިޔުންތެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށްލަން😊
ކޮންމެ ކިޔުންތެރިއެއް ވެސް ވާހަކަ ކިޔާފައި ރަނގަޅު ކުރަންވީ ކަންތައްތައް ފާހަގަކޮށްލަދިނުން އެދެން!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.





Waiting for the next part
Haadha curious kohlaafa thi ninmaaly keep it up👊 js curiously waiting for the next ☺️
Owh salhi ingey anehkaa new character eh dhw zilaal heevey vrh nice vaane hn dhen balamaa dhw when’s next?
mi part ves v reethi masha allah
curiouly waiting for next part
keep it up
ivleen and raail gulhuvachey
they both are made for each other
v intresting story eh
v kiyaala hithun kiyani
i appreciate your hard work
Please mifaharu story thankolheh avahah genesdheveythw balaaladheeba queen.. I understand vaguthu nagaane kanves but I really wanna read this .. this is hama perfect 👍
Mi vaahaka kiyaa hithun hama kiyaa levey l can’t wait for the next part
Vrh Reethi i love this hama best waiting for the next
Masha Allah proud of you lim ❤️🥹
Alhe haadha molhey you 😍