Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށްޓަކައި ހިތުގެ ލޯބި 6

Aishath Limsha
Aishath Limsha Level 4100 Login10 Stories500 Login100 Comments
February 5, 2025 3 Mins Read
4 Comments

އިވްލީން ރާއިލް އާއި ބައްދަލުކުރަން ދަނީ އަތިރިމައްޗަށެވެ. އިވްލީން ހިނގަމުން ގޮސް ހުއްޓެން ޖެހުނީ ރާއިލްގެ ހިތްހަމަނުޖެހިފައިވާ މޫނު ފެނުމުންނެވެ. ހިތްހަމަ ނުޖެހިފައިވާވަރު ރާއިލްގެ ދެލޮލުން ވެސް ހެކިދެއެވެ.” ރާލް … ކީއްވެފަ ތީނީ ކުނިމޫނު ހަދައިގެން ؟ އިވްއަށް ކަމެއް ގޯސްކޮށް ކުރެވުނީތަ؟” އިވްލީން ހުރީ ވާނުވާ ނޭނގި ހަދަންވީ ގޮތް ހުސްވެފައެވެ. ” އިވްދެކެ އެއްނޫން އިވްއަށް އިނގޭނުން އަހަރެން މިދުނިޔެމަތިން ވެސް އެންމެ ފޫހިވާ މީހާ… އޭނާ އައިސް އެބައުޅޭ!”ރާއިލްގެ އެ ޖުމުލައިން އިވްލީންގެ މޫނަށް އިތުރު ސުވާލު މާކުތަކެއް ޖެހުނެވެ. “ކަ..ކާކު؟”
* * * * * * * * * * * * * * * * * * * *
“އަޅާނުލާ މިގަޑީގަ އޭނަގެ ވާހަކަ ދައްކާކަށް މޫޑެއް ނެތް! އިވް ދެން ކޮންއިރަކުންތަ މަންމަމެންގާތު މެރީ ކުރާ ވާހަކަ ދައްކަނީ؟” ރާއިލްގެ މޫނުން ހިތްހަމަޖެހޭ ކުލަވަރު ދައްކަމުން މައުޟޫއު ބަދަލުކޮށްލިއެވެ.

އިވާންމެން ގެއިން ކައިގެން ޒިލާލް ގެއަށް އައީ ހިނގާފައެވެ. އިވާން އޮފީހަށްދާން ޖެހުމުން ޒިލާލް ހިނގާފައި ދާންއޯކޭ ކަމުގައި ބުންޏެވެ.
ގެއަށް އައި މަގުމަތީގައި ޒިލާލްއަށް އައީ ޒިލާލްގެ ލޯބިވެރިޔާ ނޯރާގެ ފޯނުކޯލެކެވެ. ނޯރާއަކީ ވެސް ޒިލާލް ފަދައިން ތަނަވަސް އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ފޯނު ނެގިގޮތަށް ފުރަތަމަވެސް ނޯރާ ކުރަންފެށީ ޝަކުވާއެވެ.” ޒިލާލް ކީއްވެގެން މަ ކައިރި ނުބުނެ ދިޔައީ ؟ ޕިސް ވަރަށް ފޫހިވޭ! ދިޔަކަން ވެސް މިއެނގުނީ ތިގެއަށް ގޮސް އަސްމާއްތަ ކައިރި އެހީމަ!” ނޯރާއަކީ މުއްސަނދި ވުމުން އެކަމާ ބޮޑާވާ ކުއްޖެކެވެ.”އެއްކަލަ ނޯރާ…..ސޮރީއޭ ކުއްލިއަކަށް ހަމަޖެހުނު ދަތުރެއް ވީމަ ނުބުނެވުނީ… ދާނަން މާދަމާ ނޫން އަނެއް ދުވަހު އޯކޭ؟” ޒިލާލް ބުންޏެވެ. ” އޯކޭ އެއްނުން ދެ ދުވަސް ވެސް ހީވަނީ ދެ މަސްހެން ޒިލާލް އާއި ނުލާ.. ޒިލާލް ދިޔައީމަ ރޭވި ޕިކްނިކް ޓްރިޕް ވެސް މިޖެހުނީ ކެންސަލް ކޮށްލާކަށްނު!” ނޯރާ ވާހަކަ ދެއްކި ގޮތުން ވެސް ހިތްހަމަ ނުޖެހިފައިވާވަރު ހާމަވެއެވެ.” އަޅެ ނޯރާ ލަވްސް… އެންޖޯއި މާޔާ ވެސް ހުންނާނެއްނު ޓްރިޕް ކެންސަލްކޮށް ނުލާ ދައްޗޭ… ފަހުން ގުޅާނަން އިނގޭ ހޭވްފަން!” ޒިލާލް ފޯނުކޯލު ކުރުކޮށްލީ އަދި މާ މުހިންމު ފޯނުކޯލެއް ކުރަންޖެހޭތީއެވެ. އަދި ނޯރާގެ ކޫސަނި ޝަކުވާތައް އަޑުއަހައި ހިތް ނުވާތީއެވެ.”ކީކޭ ބްރޯ؟”ޒިލާލް ގުޅީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ހަމްދާން އަށެވެ . ” އޭ ޒިލާލޫ އޭނަ އާއި އެއްކޮށް ކޮފީއަކަށް ނަމަވެސް އަރާފައި އަންނައްޗޭ!.. މަ ބުނެފިން ޒިލާލް ގޮސް އުޅޭ ވާހަކަ….” ހަމްދާން ބުންޏެވެ. ހަމްދާން އަކީ ޒިލާލްގެ އެންމެ ގާތް ރަހުމަތްތެރިންގެ ތެރެއިން އެކަކެވެ .

ރީނާ ޑިއުޓީ ނިމުމާއިއެކުހެން ގުޅީ ޖަޒްލީއަށެވެ. ރީނާއަކީ ސްކޫލްގައި ގުރުއާން ކިޔަވައިދޭ ޓީޗަރެކެވެ. ރީނާ ގުޅާފައި ޖަޒްލީ ގާތުގައި ބޭރަށް ދާން ބުނުމުން ޖަޒްލީ ދާހިތް ނުވާކަމަށް ބުންޏެވެ. ” ރީނާ އާދެބަލަ ދޮންތަ ކައިރިއަށް އޭރަށް ހަމަ މި ގޭގައި ތިބެގެން ވެސް ކޮފީއެއް ބޮވެވޭނެއެއްނު!” “އޯކޭ ވާނެތަ”ރީނާ ހިތަށް އެރީ އަރީކާ ހިތްހަމަ ނުޖެހިދާނެއެވެ. ” ޔޭސް… ކީއްވެ އޯކޭ ނުވާނީ ..އާދޭ” ޖަޒްލީ ބުންޏެވެ. ރީނާގެ ނަސީބު ގަދައީ އެވެ. އެގެއަށް އައި އިރު އަރީކާ ގެއަކު ނޫޅެއެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ހިނގަމުން ދިޔައެވެ. އެކި މީހުންގެ ހަޔާތައް އެކި ކުލަތައް ޖައްސާދެމުންނެވެ. އެއީ ޒިލާލް މާލެ ދިޔަތާ ދެވަނައަށް ވީ ދުވަހެވެ. ޒިލާލް މާލެ ދިޔަ ފުރަތަމަ ދުވަހު ހަމައެކަނި ކުރި ކަމަކީ ނިދުމެވެ. އެހެންކަމުން އެންމެ ފުރަތަަމަ ގޭން ބޭރަށް ދިޔައީ ހަމްދާން އާއިއެކު ކޮފީއަކަށްށެވެ. އެއީ ވެސް ޒިލާލް މާލެ ދިޔަތާ ދެވަނައަށް ވީ ދުވަހެވެ. ” ކޮބާ މަ ބުނިކަންތައް ޒިލާލްއަށް ކޮށްދެވުނުތަ؟” ހަމްދާން ވާހަކަ ދައްކަން ފެށިއެވެ.” ދެން ހަމްދާންގެ އެކަނި ރައްޓެއްސެއް ނޫނެއްނު އެއީ…. އިނގޭނުން އޭނަ އާއި މީޓް ނުކޮށް ނާންނާނެ ކަން ” ” ހޫމް… ދެން ކީކޭތަ އޭނަ ބުނީ ؟އެކޮޅަށް ދިޔަފަހުން އެ އެއްޗަކު ނުވޭވިއްޔަ ހަބަރެއް ވެސް ދޯ” އެކި ކަހަލަ ވާހަކައިގައި ތިބި އިރު ވަގުތު ހިނގަމުން ދިޔަކަމެއް ދެ މީހުން ކުރެ އެކަކަށް ވެސް ނޭނގުނެވެ. ކޮފީ ނިންމާލުމަށްފަހު ޒިލާލްމެން އެނބުރި ގެއަށް ދާން ނިކުތެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި އައި ކާރުގައި އިން ނޯރާއަށް ޒިލާލް ފެނުނީ މަގުމަތިންނެވެ. ނޯރާގެ މޫނުން ހިތްހަމަނުޖެހޭ ކަމުގެ ކުލަވަރު ވެރިވެގަތެވެ. ކާރު އެތަނަށް ނުހުއްޓުވާ ނޯރާ ދިޔައީ ޒިލާލް އާއި ވާހަކަ ދައްކާނެ މޫޑް އެގަޑީގައި ނެތީމައެވެ. ކޮންމެ ރެއެއްގެ އުސޫލުން މިރޭ ވެސް އިވްލީން އެ އޮތީ ރާއިލް އާއި ވާހަކަ ދައްކާށެވެ. ” އިވް ދެން ނުފެނޭ މަށަކަށް މާ ލަސްކުރާކަށް.. ހިނގާދެން މަންމަމެންނާ އެ ވާހަކަ ދައްކާން ! ޕްލީޒް ” ރާއިލްގެ އަޑުގައި މާޔޫސީކަމެއް އެކުލެވިފައިވާ ކަހަލައެވެ.” ޔޭސް އިވް ވެސް މާދަމާ އެ ވާހަކަ ދައްކަން މިހުންނަނީ ….އެކަމު ކުރީ ދުވަހު ބުނީމެއްނު ވަރަށް ރުޅި އަންނަ މީހެކޭ ދޯ” އިވްލީން ބުންޏެވެ.” ހޫމް؟”ރާއިލްގެ ހިތަށް ގޮތެއް ވެލީ އިވްލީން އަނެއްކާވެސް އެ ވާހަކަ ފެށުމުންނެވެ.” އެއީ…އެ.. އެއީ ޔުމް ދޯ؟ ތެދަށް ބުނައްޗޭ އިވްއަށް މިއަދު ޔުމްނާ ފެނުނު އެހެންވެ މި އެހީ..” އިވްލީން އަހަން ނާހަން ހުރެފައި އެހިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aishath Limsha
Follow Me Written By

Aishath Limsha

Level 4100 Login10 Stories500 Login100 Comments

A girl who want it, work for it🖤.. trying my best to be a good author🤍 ... I'll accept positive n negative comments and without reader's comments🤍 I might have been repeating mistakes🖤...I would love to see reader's opinion for my stories?? 🤍Author of " abadhahtakaa hithuge loabi" luv yu my dear reader's 🤍🖤

Other Articles

Previous

މިންވަރުގައި ހުރިގޮތް ދެވަނަބައި ( މެލޭޝިޔާއަށް ވިރުޝާ ގެ އާއިލާ ދިއުން)

Next

އެ އަންހެން ކުއްޖާ

Next
February 5, 2025

އެ އަންހެން ކުއްޖާ

Previews
February 5, 2025

މިންވަރުގައި ހުރިގޮތް ދެވަނަބައި ( މެލޭޝިޔާއަށް ވިރުޝާ ގެ އާއިލާ ދިއުން)

4 Comments!

  1. Lovely girl says:
    February 5, 2025 at 9:42 pm

    Dhen vaa nee kihineh baa dhen vaa ne kgothen balan beynun banee waiting for the next part

    1. Aishath Limsha queen girl says:
      February 5, 2025 at 11:47 pm

      Thank yu Lovely girl ❤️
      Next ep mi week thereyga inshallah ❤️ thank you for supporting and reading all the episodes regularly I appreciate it 😊

  2. cutie girl says:
    February 5, 2025 at 10:58 pm

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    dhen khinehbaa vaani
    raail and evleen gulhuvachey
    they both are made for each other
    i appreciate your hard work
    your my fav author

    1. Aishath Limsha queen girl says:
      February 5, 2025 at 11:48 pm

      Thank yu Cutie girl ❤️
      Next ep mi week thereyga inshallah ❤️ thank you for supporting and reading all the episodes regularly I appreciate it 😊

Comments are closed.

Next Episodeއަބަދަށްޓަކައި ހިތުގެ ލޯބި 7←


All Right Reserved!