ނިދިފައި އިން ޢަމާރާއަށް ހޭލެވުނީ ކާ އެއްޗެހި ހިފައިގެން އައިސް ކެބިން ކްރޫ ކުއްޖަކު ގޮވާލީމައެވެ. އަވަހަށް ތެދުވެ ގޮނޑީގައި ހަމަޖެހިލީ ބަނޑުހައި ވެފައި ހުރިވަރުންނެވެ. ޖެހިގެން އިން ގޮނޑިއަށް ބަލައިލިއިރު އެތާނގައި އެއްވެސް މީހެއް ނެތެވެ. އަވަސް އަވަހަށް ކައިގެން ޢަމާރާ އަނެއްކާވެސް އޮށޯތީ ނިދާލާށެވެ. އޮށޯންނަމުން ގަޑި ބަލާލިއިރު އަދިވީ ފުރިތާ 3 ގަޑިއިރެވެ. ކުސް ތަޅާލެވުނީ ބޭއިހްތިޔާރުގައެވެ. “ކްރައި ބޭބީއެއްތަ..؟” ކައިރިން އިވުނީ މީހަކު ދިވެހިން ވާހަކަ ދެއްކި އަޑެވެ. ދަންނަ އަޑެއްހެން ހީވެ […]
“ކެންއޭ.. އެއީ ވަރަށް ސްޕެޝަލް މީހުން އަހަންނަށް ކިޔާ އެއްޗެއް.. ޔޫ އަރ ނޮޓް ސްޕެޝަލް.. ނޮޓް އެނީމޯ… އެންޑް އަހަރެން ކޮން އިރަކު ޢަމާރާގެ ކެން އަކަށްވީ… ނުދެމެއްނު އެ ފުރުސަތެއް.. ދިނިންތަ؟” ޢަމާރާގެ އަތުގެ ތެރެއިން އަތް ނައްޓާލުމަށްފަހު ޢަމާރާ ކޮނޑުގައި ދެއަތުން ހިފަހައްޓާ ތަޅުވާލަމުން އިކާން ވާހަކަދެއްކީ ރުޅިވެރިކަމާއެކުއެވެ. “ޖަސްޓް ވެއިޓް މައި ލާވް.. ވެއިޓް އަންޓިލް އައި ފިނިޝް މައި އިންޓާރންޝިޕް.. ޔޫ ވިލްބީ އޯލް މައިން. އައި ޕްރޮމިސް.” އިކާންގެ ހިތުގައި ވިއެއް ކަމަކު ދުލުން […]
“އިހަށް ނުދޭބަ…” ޢަމާރާގެ އަމިއްލަ ނަފްސަށްވެސް މިހާރު ބާރެއް ނުވާފަދައެވެ. އެންމެން ތެރޭގައި އެހެން ބުނަންވެސް ކެރުނުކަމެވެ. އިކާން އިޝާރާތް ކޮށްލުމުން ހުޔާއާއި ނުހާ ގޮވައިގެން ހާނިމް ބޭރަށް ނުކުތީއެވެ. އެވަގުތަކީ މީހުންތަށް ޗެކިންއަށް ވަންނަންފެށި ވަގުތުކަމުން އެދެމީހުން ފިޔަވާ އެތާ އެތެރޭގައި ދެން ތިބީ އެތަނުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުއައްޒަފުންނެވެ. އިކާން ކުރިންވެސް އިން ގޮނޑީގައި އިށީނެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ. ޢަމާރާ އިނީ އިކާންގެ މޫނަށް ބަލަހައްޓައިގެންނެވެ. “މާރާ…” ޢަމާރާގެ […]
“އެކަމަކުވާ ދޯ.. ކުރިން ދުވަހުވެސް އަހަރެން އަޑު އެހީމޭ އޭނަ ދިމާކުރި ވާހަކަ. އަހަރެން ބަލިވެގެން ޑިއުޓީއަށް ނާންނަ ދުވަހެއްކަން އެނގޭތީ އޭނައަށް އެހާ ފޮންޏެއް ވާން އެ ކެރުނީ.. މާރާ ނުބުނާނެ ކަމެއް ވިޔަސް.. އޮފީސް ތެރޭން އަހަންނަށް އެނގުނީވެސް…” ހިތްހަމަ ނުޖެހިފައިހުރެ ހުޔާ ބުނެލުމުން ޢަމާރާ ފެށީ ހޭންށެވެ. “ދެން ދަނީ.. ތިވާހަކަ ދައްކާނީ ފަހުން.. އަދި މިރޭ އެބަ އިނެއްނު ޑިނާރ އެއްވެސް.. ޑޫ އައި ރިއަލީ ހޭވްޓޫ ގޯ…” ގެއަށް ވަންނަން […]
7 ޖަހަން ވީއިރު ކައިވެނި ކުރާ މޭޒު ކައިރިއަށް ހާނިމް އައީ އިކާންއާއި ހުމާމްއާވެސް އެކީގައެވެ. ހުދުކުލައިގެ ކޯޓް ފަޓުލޫނުގައި ހާނިމް ހުރިއިރު އެތެރޭން ލާފައި ހުރީ މަޑު ނޫކުލައިގެ ގަމީހަކާއެކު ކަރުގައި ގަދަ ނޫކުލައިގެ ބޯޓައީ އެއް އޮތެވެ. ކޯޓްގެ އަރިމަތީގައި ނޫކުލައާއި ޕީޗް ކުލައިގެ މާތަކެއް ޖަހާފައިވާ ބްރޫޗްއެއް ހަރުކޮށްލާފައި އިނެވެ. އެއީ މިރޭގެ ހަފްލާގެ ކުލަތަކެވެ. ނޫ ކުލައިގެ ޝޭޑް ތަކާއި ޕީޗްގެ ޝޭޑް ތަކެވެ. ހާނިމްގެ ފަރާތުން ނުލުގެ ޝޭޑްތަށް ބޭނުންކޮށްފައި […]
“ކިހާ ދެރަވެއްޖެ ކަމެއް ދެން މީ.. ނެތެއްނު މީހަކަށް ކާއެއްޗެއް ކެވޭކަށްވެސް.. އަހަރެން ބުނެފިން ދޯ ރިޔާނަކާ ހެދި މޮޔަވެގެން އަހަރެން ނޫޅެމޭ.. ކީއްވެތަ ނުވިސްނެނީ.. އަހަރެންގެ ބޯއީފްރެންޑެއް ހުންނަކަން އެނގުނީމަވެސް ނުވިސްނުނު ދޯ.. ހެޔޮނުވާނެ.. އަހަންނަށް އުނދަގޫ ނުކުރޭ.. އެހެން ނޫނީ އަހަރެންނަށް ޖެހޭނީ މަޖުބޫރުން ރިޔާންގެ މައްސަލަ ހިފައިގެން އެޗް.އާރް އަށް ދާން…” ކިތަންމެ މަޑުން ބުނިނަމަވެސް ޢަމާރާ ރުޅި އައިސްފައި ހުރި މިންވަރު އެތާގައި ތިބި އެކަކަށްވެސް ސިއްރެއް ނުވިއެވެ. ރިޔާން ހުރީ […]
“އޭނީ އެއްކަލަ މަންޖެ..” އޭނާގެ ފަހަތުން ނުކުތް ފިރިހެންކުއްޖާ ބުނެލިއަޑަށް ޢަމާރާއަށް އެދިމާއަށް ނަޒަރު ސީދާކޮށްލެވުނެވެ. އެއީ އޭރު ސައިކަލް ދުއްވަން އިން ކުއްޖާއެވެ.”ހުމާމް.. ނޯ..” ޢަމާރާއާ ދިމާއަށް ހިނގައިގަންނަން އުޅެނިކޮށް ދެންހުރި ފިރިހެން ކުއްޖާ އޭނަ ހުއްޓުވިއެވެ.”ކިއެއްތަ؟” ހުމާމް ކުޑަކޮށް ހިތްހަމަ ނުޖެހި ހުރެފައި ބުނެލިއެވެ. އަދި އަނެއްކާވެސް ޢަމާރާއާ ދިމާލަށް ހިނގައިގަތެވެ.”ހުމާމް.. ނޯ.. ދެޓްސް މައި ސިސްޓަރ..” ހާނިމް ކުރިޔަށް ޖެހިލަމުން ބުނެލި އެއްޗަކުން ހުމާމްއާއި ދެންހުރި ފިރިހެން ކުއްޖާވެސް ހާނިމްއަށް ބަލާލާފައި ޢަމާރާއަށް […]
2010 ވަނަ އަހަރުގެ ހުޅަނގު މޫސުމުގެ ދުވަސްތަކުގެ ތެރެއިން ވައިގަދަ ވިއްސާރަ ދުވަހެކެވެ. ޖުލައިމަހުގެ މެދުތެރެއެވެ. މިއަދުވެސް ވިއްސާރައަކަށް ބެލުމެއްނެތި ޢަމާރާ އެދަނީ ޑިއުޓީއަށެވެ. ދުވަސްކޮޅުގެ ގޮތުން ގަޑިޖެހިދާނެތީ އާދައިގެ މަތިން މިއަދުވެސް ޢަމާރާ ގެއިން ނުކުތީ ވިއްސަކަށް މިނެޓް ހުއްޓައެވެ. ހަމަޖެހިލައިގެން ގަޑިއަށް ދެވޭވަރު ވާނެއެވެ. ޕްރައިވެޓް އޮފީހެއްގެ އެކައުންޓިންގ މެނޭޖަރގެ އެސިސްޓެންޓް މެނޭޖަރަކަށް ޢަމާރާ އުޅޭތާ 4 އަހަރާއި ގާތްވީއެވެ. ޢަމާރާގެ އުންމީދަކީ ކެނެޑާގެ ކުއިންސް ކޮލެޖް ފޯ މެޑިސިން އިން ސްކޮލަޝިޕެއް ލިބި […]
އިކާން- އުމުރުން 27 އަހަރުގެ އިކާންއަކީ މާލޭގެ މުއްސަނދި އާއިލާއެއްގައި ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. އާއިލާގައި މަންމައާއި ބައްޕަ ކުރަމުންދިޔަ ވިޔަފާރީގެ ތެރެއަށް ނުވަދެ ވިސްނީ ޑޮކްޓަރުކަން ކިޔަވާށެވެ. އެންމެ ލޯބިވާ މާމަ ކެންސަރު ބަލީގައި ނިޔާވުމަކީ އިކާންއަށް އެ ދާއިރާއިން ކިޔެވުމަށް ވިސްނެންފެށި ކަމެކެވެ. އިސްކޮޅުގައި 6 ފޫޓު ހުންނަ އިކާންއަކީ ކަސްރަތަށް ލޯބިކުރާ ޒުވާނެކެވެ. ފެންނަ ފެނުމަށް ހިކިކޮށް ހުއްޓަސް ހަށިގަނޑަށް ފަރުވާތެރިވާކަން ބަލާލާފައި އެނގޭނެއެވެ. އޮޅަލި ކުލައަކަށްދާ ހަށިގަނޑަކާއި ހަތަރެސްކަން ބައްޓަމަށްވާ […]