އިކާން- އުމުރުން 27 އަހަރުގެ އިކާންއަކީ މާލޭގެ މުއްސަނދި އާއިލާއެއްގައި ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. އާއިލާގައި މަންމައާއި ބައްޕަ ކުރަމުންދިޔަ ވިޔަފާރީގެ ތެރެއަށް ނުވަދެ ވިސްނީ ޑޮކްޓަރުކަން ކިޔަވާށެވެ. އެންމެ ލޯބިވާ މާމަ ކެންސަރު ބަލީގައި ނިޔާވުމަކީ އިކާންއަށް އެ ދާއިރާއިން ކިޔެވުމަށް ވިސްނެންފެށި ކަމެކެވެ. އިސްކޮޅުގައި 6 ފޫޓު ހުންނަ އިކާންއަކީ ކަސްރަތަށް ލޯބިކުރާ ޒުވާނެކެވެ. ފެންނަ ފެނުމަށް ހިކިކޮށް ހުއްޓަސް ހަށިގަނޑަށް ފަރުވާތެރިވާކަން ބަލާލާފައި އެނގޭނެއެވެ. އޮޅަލި ކުލައަކަށްދާ ހަށިގަނޑަކާއި ހަތަރެސްކަން ބައްޓަމަށްވާ މޫނުގެ ފުރިހަމަކަން އިތުރުވަނީ ތުނިކޮށް ބަހައްޓާފައި ހުރި ތުނބުޅިންނެވެ. ކަޅުކަން ގަދަ ރާޅުބާނީ އިސްތަށިގަނޑު ހުންނަނީ ކަނދުރައާ ހަމަޔާ ޖެހޭވަރަށް ދިގުކޮށެވެ. ހޭޒަލް ކުލައިގެ ކަޅީގެ ވަށައިގެން އަޅިކުލައިގެ ބުރެއް އިންނަ ޖާދުވީ ލޮލާއިއެކު ކަޅުކަންގަދަ ބޯ ދެ ބުމައެވެ. ހިނިތުންވާތަން ފެންނާނީ މަދު ފަހަރަކުއެވެ.
ޢަމާރާ – ކުޑަ ކުޑަ އާއިލާއެއްގައި ތިބި 4 ކުދިން ތެރެއިން އެންމެ ހަގަށް ހުންނަ ޢަމާރާއަކީ އަބަދުވެސް ކިޔެވުމަށް ޝައުގުވެރިވާ ކުއްޖެކެވެ. އިސްކޮޅުން އެންމެ 4 ފޫޓް 8 އިންޗި ހުންނަ ޢަމާރާއަކީ މަޑުމައިރިތިކަމާއި ސާދާކަމަށް ލޯބިކުރާ ކުއްޖެކެވެ. ކިޔެވުމުގެ ދާއިރާ އިހްތިޔާރު ކުރީ މައިން ބަފައިން ބޭނުންވާ ގޮތަށްވިޔަސް އެއީ ޢަމާރާގެވެސް އުއްމީދެކެވެ. ކައިވެންޏަކީ އަމާރާގެ ލިސްޓްގެ އެންމެ ފަހަތުގައިވާ ކަމެވެ. އެންމެނާވެސް ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ވެރިއެކެވެ.ގަޔަށްދޫ އަބާޔާ އާއެކު ޝޯލް އަޅާފައި ހުންނަނީ ބޮޑުކޮށްނެވެ. ހަމުގެ ކުލަ އަލިވެފައި ކަޅުކަންގަދަ ހިމަ ބުމައެކެވެ. ކަޅު ކަޅިއާއިއެކު ބޮޑު ދެލޮލެވެ. ކުޑަކުޑަ ވަށް މޫނަކާއި މަޑު ފިޔާތޮށި ކުލައިގެ ތުންފަތެކެވެ. ދީނީ ކަންކަމަށް ލޯބިކުރާ މަޑުމައިތިރި ކުއްޖެކެވެ.
މިއީ އަޅުގަނޑުގެ އަމިއްލަ ޙިޔާލުގެ މައްޗަށް ބިނާކޮށް ލިޔާ ދެވަނަ ވާހަކައެވެ. އަޅުގަނޑުގެ ވާހަކަތަށް އަދި ކިޔެން ހުންނާނީ މި ވެބްސައިޓްގައި އެކަންޏެވެ. މިއީ އެސްފިޔަ ވެބްސައިޓްގައި ޝާއިއު ކުރާ ދެވަނަ ވާހަކައެވެ. މިވާހަކައިގެ ބައިތަށް ހަފްތާގެ ހޯމަ އަދި ބުރާސްފަތި މި ދެދުވަހު އަޕްލޯޑް ކުރެވޭނެއެވެ. މިއީ ދިގު ވާހަކައަކަށް ވާއިރު މިއީ މުޅިން ހިލޭ ކިޔާލެވެން ހުންނާނެ ވާހަކައެކެވެ. ނޮވެމްބަރ 15ގައި މިވާހަކަ އަޕްލޯޑް ކުރަން ފަށާނަމެވެ. އިންޝާالله *ފަޒޫ*
2 Comments!
Comments are closed.



the height difference is crazy shell literally look like a child next to him also a family of 4 kids is not kudakuda aailaa
Sometimes its cool to be crazyyy.. dhww..