ވާނުހޭ ގާތުގާ- ހަތްވަނަ ބައި
“ކެންއޭ.. އެއީ ވަރަށް ސްޕެޝަލް މީހުން އަހަންނަށް ކިޔާ އެއްޗެއް.. ޔޫ އަރ ނޮޓް ސްޕެޝަލް.. ނޮޓް އެނީމޯ… އެންޑް އަހަރެން ކޮން އިރަކު ޢަމާރާގެ ކެން އަކަށްވީ… ނުދެމެއްނު އެ ފުރުސަތެއް.. ދިނިންތަ؟” ޢަމާރާގެ އަތުގެ ތެރެއިން އަތް ނައްޓާލުމަށްފަހު ޢަމާރާ ކޮނޑުގައި ދެއަތުން ހިފަހައްޓާ ތަޅުވާލަމުން އިކާން ވާހަކަދެއްކީ ރުޅިވެރިކަމާއެކުއެވެ.
“ޖަސްޓް ވެއިޓް މައި ލާވް.. ވެއިޓް އަންޓިލް އައި ފިނިޝް މައި އިންޓާރންޝިޕް.. ޔޫ ވިލްބީ އޯލް މައިން. އައި ޕްރޮމިސް.” އިކާންގެ ހިތުގައި ވިއެއް ކަމަކު ދުލުން ބޭރެއް ނުކުރިއެވެ. ޢަމާރާ އިސް ޖަހާލައިގެން ހުއްޓާ އިކާން އޭނާގެ ގައިން ދޫކޮށްލައިފިއެވެ.
“އައި މިސްޑް ޔޫ ކެން.. ވެރީ މަޗް…” އިކާން އެނބުރި ހިނގައިގަތުމުން މޭގައި އަތް އަޅާލައިގެން ހުރެ ޢަމާރާ ބުނެލިއެވެ. އަޑު އިވުނު ކަމުގައި ވިޔަސް އިކާން ފަސްއެނބުރި ބަލާވެސްނުލާ ޕާކް ތެރެއިން ނުކުމެގެން ގޮސް ގެއްލުނެވެ.
ލެޕްޓޮޕް ހިފައިގެން އައިސް ހޮސްޓެލްގެ ދޮރުން ޢަމާރާ ވަންއިރު އިރު އޮއްސިގެން އެތަށް އިރެއް ވެއްޖެއެވެ. ހޮސްޓެލްގެ ކުރިމަތީ ހުރި ރެޓޯރަންޓް ގައި އިކާން އިނީ ދެފަހަރެއްގެ މަތިން ޢަމާރާ ހޯދަންގޮސް އައިސްފައެވެ. އެ ދެފަހަރުވެސް ޢަމާރާ ފެނުނީ ކުރިންވެސް އިން ޕާކް ތެރޭގައި އިންދައެވެ. ޢަމާރާ އެތެރެއަށް ދިއުމުން ބިލް ދައްކާލާފައި އިކާން ދިޔައީ ޑޯމްއަށެވެ.
ޢަމާރާގެ ހަނދާނުން އިކާންއަށް އުނދަގޫވިއެވެ. ނިދަން އުޅެއުޅެ އެކަމެއްވެސް ނުވިއެވެ. ފޯނުނަގާ ވަޓްސްއެޕް އިން ހާނިމްއަށް ގުޅާލީ އެކަމުގައި އިތުރު ހިލާލެއްވެސް ބޭނުންވެގެންނެވެ.
“ހެއި މޭން.. ކޮބާ ކިހިނެއް.. ހަބަރެއްވެސް ނުވަމެއްނު.. ކިހިނެއް ދަނީ އިންޓަރންޝިޕް…” ފޯނު ނެގިގޮތަށް ހާނިމް ސުވާލު ފައްޗެއް އޮއްސާލިއެވެ.
“ޝީ އިޒް ހިޔަރ… ޝީ ސްޓަޑީސް ހިޔަރ.. އައި ކާންޓް ސްލީޕް ނައު… ޝިޓް..” ހާނިމްގެ އެއްވެސް ސުވާލަކަށް ޖަވާބުނުދީ އިކާންއަށް ބުނެވުނީ ޢަމާރާގެ ވާހަކައެވެ.
“ޔޫ މީން މާރާ..؟”
“ޔެސް މައި މާރާ… އެކަމަކު އެއީ މިހާރު އަހަރެންގެ ދަރިވަރެއް. އެހެން ވިޔަސް އޭނަ އުޅެނީ އަހަރެން ވާހަކަ ނުދައްކައިގެން… އަހަރެން ކިހިނެއް އޭނާއާ މިވަގުތު ގުޅުން ބަދަހި ކުރާނީ… ޓުޑޭ ޝީ ކޯލްމީ ހާރ ކެން.. ހައު ކޭން އައި ބީ ހާރ ކެން ނައު…” ހާނިމް ކައިރީ ކުޑަކުއްޖެއްހެން އިކާން ޝަކުވާ ކުރިއެވެ.
“ޖަސްޓް ވެއިޓް.. އަދި އެ ދުވަހެއްވެސް އަންނާނެ..” ހާނިމް ބުނެލިއެވެ.
“އެހާތަނަށް އެހެން މީހެއްގެ މިލްކަކަށް މާރާ ވެއްޖެއްޔާ އޯ؟؟؟”
” ހީވޭތަ އެހެން ވެދާނެހެން.. މިހާރުވެސް މިއަހަރު ފެނުނީއްސުރެ ހުޔާއަށް ދުވާލަކު ދެފަހަރު ގުޅާ.. އިނގޭތަ ކީއްކުރަން ކަން…” ހާނިމް ބުނުމުން އިކާން ކީއްވެގެންހޭ އަހާލިއެވެ. “އިކާންގެ ނަމްބަރ ހޯދަން.. ހުޔާވެސް ނުދޭތީ އަހަރެންވެސް ނުދިނީ.. އަހަރެން ހީނުކުރަން އޭނާއަށް އެވަރު ވެދާނެއޭ.. ތިމީހުން އެރޭ ސްޓަޑީތެރޭގައާ ކޮޓަރީގަ ކީއްކުރީ އަނެއްކާ.. ހަނދާން ނުނެތިގެން އެ އުޅެނީ…” ހާނިމް އެހެން ބުނުމުން އިކާން ޖަހާލީ ހިނިގަނޑެކެވެ. “އަދި ފަހުން އެއަރޕޯޓްގަވެސް އުޅުނުގޮތް.. ހުޔާ ބުންޏޭ ބައްދައިގެން ތިއްބައޭ ނުކުމެވުނީ…”
“ސާބަސް އަހަރެމެން ނުކުރަން ކަމެއް.. އައި ޕްރޮޕޯސްޑް ހާ.. ބަޓް ޝީ ރިޖެކްޓެޑް މީ… ދެން އެރޭ ގޭގަ އަހަރެން އޭނަގެ ގައިގަ އަތްލީމަ ޖެހީ.. އެކަމާ މާފަށް އެދެން ރޫމަށް އައީ.. އެއަރޕޯޓްގަވެސް ބައްދާލީ އަހަރެން.. އެތާގަ ޖަހަން ނުކެރޭނެތީ.. އޭނަވެސް ދުރުވާކަށް ނޫޅުން.. އެކަމް ފަހުން ބުނި ވެއިޓް ނުކުރާށޭ… އެކަމަކު ވަންނަން ގޮއްސަ އައެއްނު… އެ އައިސް ބުނީ ލައިކް ވާކަމެއް އަދި ނޭނގެޔޯ.. އެކަމް ރާއްޖެ އައިސް އަހަރެން ހޯދާނަމޭ ބުނީ.. އެކަމަކު މިތަނުން މި ދިމާވީ… އަހަރެންނަށް އަމިއްލަ ނަފްސު ކޮންޓްރޯލް މި ކުރެވެނީ ރުޅި އިސްކޮށްގެން އޭނަގެ ކުރިމަތީ… އެކަމަކު ހިތަށް ވަރަށް ތަދުވޭ…” އިކާން މިހާ ދުވަހުވެސް ހާނިމް އެހުމުންވެސް ކިޔައިނުދީ ހުރި ވާހަކަތަށް ހިއްސާކުރިއެވެ.
“ދެން އަހަރެން ބުނާނީ ކެތް ކުރާށޭ.. އެނޫން ގޮތެއް ނެތެއްނު.. ޑޯންޓްބީ ސޯ ހާރޑް އޮން ހާ… އެހެން މީހެއް ހޯދަފާނެ އަނެއްކާ….”
“ނުވާނެ ތިކަމެއް.. އެއީ ހަމައެކަނި އަހަރެންގެ މީހެއް..” އަވަސް އަވަހަށް އިކާން ބުނެލިގޮތުން ހާނިމްއަށް ބާރަކަށް ހޭންފެށުނެވެ. އިރުގަނޑެއް ވަންދެން ވާހަކަ ދައްކަން ތިބެފައި ފޯން ބޭއްވިއިރު ކެނެޑާއަށް ދަންވަރު 2 ޖަހަނީއެވެ. އިކާން އަވަހަށް ނިދަންއެރީ ހެނދުނު ހެނދުނާ އެންމެ ފުރަތަމަ ކްލާސް އިނީ އިކާންގެ ކަމަށް ވާތީއެވެ.
ހެނދުނު ހޭލިއިރު ޢަމާރާ ހުރީ ހުންއައިސް ރޯގާޖެހިފައެވެ. ކްލާހަށް ނުދެވޭވަރުވާތީ ބުނުމުންވެސް އިކާން އެންގީ މުހިއްމު ކްލާހެއް ކަމުން އަންނާށެވެ. ހަގީގަތުގައި އިކާން ބޭނުންވަނީ އޭނާގެ ލޯކުރިމަތީ ޢަމާރާ ގެންގުޅޭށެވެ. ބަލިވެފައި ހުރުމުން ހެނދުނުގެ ނާސްތާވެސް ޢަމާރާއަށް ނެގުނީ ކުޑަކޮށްނެވެ. ބޭސް ގުޅައެއް ކާލައިގެން ކިނބިހި އަޅަމުން ގޮސް ކްލާހަށް ވަދެވުނުއިރު އިކާން އިނީ މާކުރިން އައިސް ކްލާސް ތެރޭގައެވެ. އިކާންއަށްވެސް ޢަމާރާ ހުރި ހާލު ފެނިފައި ކުރެވުނު މޮޔަ ކަންތަކާމެދު އަމިއްލަ މީހާދެކެ ހިތްހަމަ ނުޖެހެވުނެވެ.
ޢަމާރާގެ ނޭފަތާއި މޫނުހުރީ އެއްކޮށް ރަތްވެފައެވެ. އިރުއިރު ކޮޅުން ކިނބިހި ތަކެއް އަޅައެވެ. ކިޔައިދޭ އެއްޗަކަށް ސަމާލުކަން ދެވޭވަރަށްވުރެ ގިނައީ ނުދެވޭ ފަހަރެވެ. “ޢަމާރާ ޔޫ ކޭން ގޯ..” އިކާންއަށް އެންމެ ފަހުން ނުހުރެވިގެން ބުނެލެވުނެވެ. ޝުކުރު އަދާކުރަމުން އަވަހަށް ޢަމާރާ ތެދުވީ ވަމުންދިޔަ އުނދަގުލުގެ ސަބަބުންނެވެ.
“ޓޭކް ޔޯ މެޑްސް..” ރިދާ ހިނިތުންވެލަމުން ބުނެލިއެވެ. ޢަމާރާ ހަމައެކަނި ބޯޖަހާލީއެވެ.
ޢަމާރާ ނުކުމެފައި އިރުކޮޅެއް ވީއިރަށް ކޮރިޑޯ ތެރެއިން އަޑުގަދަވެގެން އިކާން ކިޔަވައިދިނުން ހުއްޓާލުމަށްފަހު ވީ ގޮތެއް ބަލާލުމަށް ބޭރަށް ބޯދިއްކޮށްލިއެވެ. “ޢަމާރާ..” އޭ ކިޔާ ބާރަކަށް ގޮވާލަމުން އިކާން ދުއްވައިގަތެވެ. ޢަމާރާ ވެއްޓިފައި އޮތްއިރު އެކަކުވެސް އަތްލާން ނުކެރިފައި ތިބީ މުސްލިމް ކުއްޖަކަށް ވެފައި ބޭރުގައި ތިބީ ހުސް ފިރިހެނުންނަށް ވީމައޭ އިކާން ސުވާލު ކުރުމުން އެތަނުން ކުއްޖަކު ޖަވާބު ދިނެވެ. “ނޮންސެސް..” އިކާންގެ އަތް މައްޗަށް ޢަމާރާ އުފުލާލަމުން އެހެން ބުނެލެވުނީ ކޮންމެ މީހަކަށް ވިޔަސް ކަމެއް ދިމާވުމުން އެހީތެރިވާން ޖެހޭނެކަމަށްވެސް ބުނަމުންނެވެ. އިކާން ހައިރާންވީ އެހާ ހުން ގަދަވެފައި ހުރި އިރުވެސް އިކާން ބުނުމުން ޢަމާރާ ކުލާހަށް އައީތީއެވެ.
“އޫމމމމ. ކެން…” ކުކުރާލަމުން ޢަމާރާއަށް ގޮވާލެވުނީ އިކާންއަށެވެ. ކައިރީގައި ހުރި ނަރުސް ކުއްޖާ ދެފަހަރަކު ޢަމާރާއަށް ގޮވާލިއެވެ. އަދިވެސް ހުން ތިރި ނުވާތީ ކޮލެޖްގެ ޑޮކްޓަރ އެންގީ ވޯޑްގައި އެޑްމިޓް ކުރާށެވެ. އިކާން އެކަންވެސް ކުރިއެވެ. އަދި ކްލާހަށްގޮސް ރިދާ ކައިރިން އެދުނީ ޢަމާރާއަށް އެހީތެރިވެ ދިނުމަށް ދިއުމަށެވެ. ރިދާ އަވަހަށް އާއެކޭ ބުނަމުން ދިޔައެވެ. ރިދާއަކީ ކޮލެޖްގައި ޢަމާރާއާ އެންމެ ގާތްކޮށް އުޅޭ ކުއްޖާކަން އިކާންއަށް އެނގެނީ ފްރާންސް ބަހުން އެ ދެމީހުން ދައްކާ ވާހަކަތަށް އަޑު އިވިފައެވެ.
އެރޭ ރިދާ ނިދަން ފޮނުވާލާފައި ޢަމާރާގެ ކައިރީ އިނީ އިކާންއެވެ. ޢަމާރާ ރަނގަޅަށް ހޭނާރާތީ ކައިރީ އިކާން އުޅުނުކަމެއް ނޭނގެއެވެ. ހެނދުނު ހޭއެރިއިރު ކައިރީ އިނީ ރިދާއެވެ. ރިދާވެސް އިކާން އުޅުނު ވާހަކައެއް ޢަމާރާ ކައިރިއަކު ނުބުނެއެވެ.
“މާރޫ… ބުނެބަލަ.. ޑޫ ޔޫ ނޯ އިކާން ސަރ..؟” ޢަމާރާ ހޭއެރުމުން ވާހަކަ ދައްކަމުންގޮސް ރިދާ ސުވާލުކޮށްލިއެވެ.
“ޔެސް..” ސިއްރުކުރަން ބޭނުން ނުވާތީ އާއި ރިދާއަށް އިތުބާރު ކުރެވިދާނެކަން އެނގޭތީ ޢަމާރާ ބުނެލީ ވަރަށްވެސް އަވަހަށެވެ. އެއާއެކު ރިދާގެ ސުވާލުތަށްވީ އިތުރެވެ. ޢަމާރާވެސް އިކާންއާމެދު އޮތް ގުޅުން ހާމަކުރިއެވެ. ކަމުދާ ވާހަކަ ބުނީ ލަދުން އޮވެއެވެ. ދެމީހުން ދެއްކި ވާހަކައިގައި ނަމެއް ބޭނުން ނުކުރި ނަމަވެސް ފަރުދާގެ ބޭރުގައި ހުއްޓިލައިގެން ހުރި އިކާންއަށް އެދެމީހުން ދެއްކި ވާހަކަތަށް އަޑުއިވިފައި ހީނލެވުނެވެ.
“ކެން އައި ކަމް..؟” ޢަމާރާގެ ބުރުގާ ބާލާފައި ހުރެދާނެކަމަށް ބަލާފައި އިކާން ބޭރުގައި ހުރެ ހުއްދައަކަށް އަހާލީ އިނގިރޭސި ބަހުންނެވެ.
“އޯކޭ..” އެތެރޭން ރިދާގެ އަޑު އިވުމުން އިކާން އެތެރެއަށް ވަނެވެ. ރިދާ ހިނިތުންވެލަމުން ބޭރަށް ނުކުތީ ކޮފީއެއް ހިފައިގެން އެބަ އަންނަން ކަމުގައި ބުނެލާފައެވެ.
“ކިހިނެއް މިހާރު؟؟” އެނދުގެ އަރިމަތީގައި ޢަމާރާގެ ކައިރީ އިށީންނަމުން އިކާން ވާހަކަ ދެއްކިއެވެ.
“ރަނގަޅު މިހާރު..”
“ޕާރކްގަ އެހާއިރު އިނީމަދޯ ތިހެން ތި ވީ… އަހަރެން ބުންޏަސް ތިހާ ބަލިވެފައި ހުރެގެން ނުވާނެދޯ ކްލާހަށް ދާކަށް… އާރ ޔޫ ޓްރައިންގ ޓު ޑައި..”ޢަމާރާގެ ދަތްދޮޅީގައި އަތް ޖައްސާލާ އިސް އުފުލުވާމުން އިކާން ވާހަކަ ދެއްކީ ކުޑަކޮށް ހަރުކަށިކޮށްނެވެ.
“ސަރ ބުނީމަ ދާކަށްނު ޖެހޭނީ…” އިކާންގެ އަތް ނައްޓުވާލާފައި ޢަމާރާ ބުނެލިއެވެ. ދެން އެހެން އިނދެފައި ވާހަކަ ދެއްކީ ފްރާންސް ބަހުންނެވެ. “އެހެން ނޫނަސް ތީ އަހަންނަށް ކިހާ ހާއްސަ މީހެއްކަން ގަބޫލެއް ނުކުރަމެއްނު. ތިނޫން މީހެއްނަމަ ނުވެސް ދާނަން. އަހަރެން ލޯބިވާވަރު ނޭނގޭތީ ތިހެން ތި ބުނަނީ” ހައިރާންވެފައި އިކާން އިނީ ޢަމާރާގެ މޫނަށް ބަލާށެވެ. އެހެން އިނދެފައި ހީނލައިފިއެވެ. އެ ހިނިތުންވުން ދެކޭހިތުން ޢަމާރާ ހުންނަތާ ކޮން ދުވަހެއް ހެއްޔެވެ.
“ސިލީ ގާލް.. ޔޫ ޑޯންޓް ނޯ އެނީތިންގް…” ޢަމާރާގެ ބޮލުގައި ފިރުމާލަމުން އިކާން ތެދުވިއެވެ. އަދި ގުދުވެލާފައި ޢަމާރާގެ ބޮލަށް ދޮނެއް ދީފައި އެއްވެސް އެއްޗެއް ނުބުނެ ނުކުމެގެން ދިޔައީއެވެ. އިކާން ހަމަ ނުކުތް އިރަށް ރިދާ އައިސް ވަނެވެ.
“ރިދޫ… ޑިޑް ހީ ނޯ ފްރެންޗް..؟” އިކާން ބުނި ބަސްތަކުން ޢަމާރާއަށް ޝައްކުވެފައި އިނުމުން ފުރަތަމަވެސް އަހާލެވުނެވެ.
“ނޭނގެ.. ބަލާލަންވީތަ.. ލެކްޗަރަރ ޕޯރޓްފޯލިއޯގަ ހުންނާނެ ލިޔެފަ…” ފޯނު ނަގަމުން ރިދާ ޢަމާރާގެ އަތަށް ކޮފީތަށި ދިނެވެ. އަދި ގޮނޑީގައި އިށީނދެ ފޯން ހާވަން ފެށިއެވެ. ޢަމާރާއިނީ ރިދާއާ ދިމާއަށް ބަލަހައްޓައިގެން ކަމުން ރިދާއަށް ވީގޮތް ރީއްޗަށް ފެނުނެވެ.
“މައި ގޯޑް.. ޑޯންޓް ޓެލްމީ ދެޓް ހީ ނޯ…” ކޮފީތަށި ތިރިކޮށްލަމުން ޢަމާރާ ބުނެލީ ރިދާއަށެވެ.
“މާރާ.. ވީ އަރ ސޯ ޑަން… މިހާ ދުވަހު ކްލާހުގް ތިބެގެން ދެއްކިހާ ވާހަކަ.. އޭނާއާ ދިމާލަށް ކީހާ އެއްޗެހި.. ހީ ނޯސް.. ހީ ހޯލްޑްސް އަ ޑިގްރީ އިން ފްރެންޗް ލެންގުއޭޖް.. އޯނޯ.. އަހަރުމެން ދެއްކިހާ ވާހަކަތަށް. އަހަންނަށް ކެރޭނެތަ ދެން ސަރ ކުރިމައްޗަށް އަރަންވެސް..” ފޯނު އުނގުތެރެއަށް ދޫކޮށްލަމުން ރިދާ ދެލޯ ބޮޑުކޮށްލީ ހާސްވެފައި އިނދެއެވެ.
“ނޯ ނޯ.. ބުނެބާ ތީ ދޮގެކޭ…” ކުޑަކޮށް ފޫ ހިއްލާލަމުން ޢަމާރާ ވާހަކަދެއްކީ ވަރަށް ހާސްވެފައި ހުރެއެވެ. އިރުކޮޅެއް ކުރިން ޢަމާރާ ބުނިއެތިވެސް އެހެންވީއިރު އިކާންއަށް އެނގޭނެއޭ ހިތަށް އެރުމުން ލަދުވެތިކަން އިހްސާސްވެ މޫނު ހުދުވެގެން ދިޔައެވެ.
“ދޮގެއްނޫން..” ފޮތިގަނޑު ކަހާލާފައި އެތެރެއަށްވަން އިކާން ބުނެލީ ފްރާންސް ބަހުންނެވެ. ރިދާ ވަގުތުން ގޮނޑިން ތެދުވިއެވެ. އަދި އިކާންއާ ދިމާއަށް އެނބުރި ކީފައިހުރި އެއްޗިއްސަށް މާފަށް އެދުނެވެ. އިކާން އޯކޭ ކަމަށް ބުނުމުން ރިދާ ބޭރަށް ނުކުތެވެ.
“ޔޫ.. ދެން ފަހަރަކުންވެސް ތިހާ ބަލިވެ އުޅެންޏާ ނާންނައްޗޭ.. އޯކޭވާނެ ފަހުން އަދަބު ލިބެންވެސް..” އިކާން ކޮޅަށްހުރެ ވާހަކަ ދެއްކިއެވެ. އިކާން ހުރީ ހުދު ކުލައިގެ އަތްކުރު ޓީޝާާޓަކާއި އެކު ކަޅު ފަޓުލޫނެއް ލައިގެން ކަޅުކުލައިގެ އޮފީސް ބޫޓެއްގައެވެ. ލާން ގެންގުޅޭ މުށި ކުލައިގެ ސްވެޓަރ އޮތީ ކޮނޑުމަތިން ފަހަތަށް ވައްޓާލައި ދެއަތް ގެނެސް މޭމައްޗާ ދިމާއިން ގޮށެއް ޖަހާފައެވެ. ދެއަތް އުރާލައިގެން ހުރީމައި އަތުގެ ހިކަނދި މަސްގަނޑު ފުއްޕާލާފައި ހުރިއިރު އަތްދަނޑީން ނާރުތަށްވެސް ފާޅުވާން ހުއްޓެވެ. އަޅަން ގެންގުޅޭ ނަމްބަރު އައިނު އިނީ މޭމަތިން ޓީޝާޓުގައި ހަރުކޮށްލާފައެވެ. ޢަމާރާ އިނީ ކަޅިޖަހާނުލާ އިކާންއަށް ބަލާށެވެ.
“Schau mich nicht so an, sonst fresse ich dich jetzt.” ޢަމާރާގެ ކައިރިއަށް ގުދުވެލާފައި އިކާން ބުނެލީ ޢަމާރާއަށް މާނަ ނޭނގޭނެކަން އެނގިހުރެ ޖަރުމަނު ބަހުންނެވެ. ޢަމާރާއަށް އެ ބުނި އެއްޗެއް ނޭނގިގެން ކީކޭހޭ އަހާލީ އިކާންއާ ނަޒަރު ވަކިކޮށްނުލާ އިނދެއެވެ. “އަޅާނުލާ.. ޔޫ ޑޯންޓް ވަނަ ނޯ…” އެއްމިޔަކަނުން ހީނލަމުން އިކާން ސީދާވެލިއެވެ. ޔަގީނުންވެސް އިކާން ބުނާނީ ސަހަލު އެއްޗެއް ނޫނޭ ޢަމާރާގެ ހިތަށް އެރުމުން ލަދުން މޫނުމަތި ރަތްވެލިއެވެ. އެހެން ވިޔަސް އެކިކަހަލަ ބަހުން ވާހަކަ ދައްކާއިރު އިކާންގެ އަޑުގައި ޖާދުވީ ބާރެއް ހުންނަހެން ހީވެއެވެ. މޮޔައެއްހެން ހެވިފައި އިންދާ އިކާން ޢަމާރާގެ ނިތްކުރީގައި ފުއްޓަތްކެއް ޖަހާލުމުން ވަރަށް ބޮޑަށް ސިހިއްޖެއެވެ. އިކާން ނުކުންނަމުން ހީނލިހެން ހީވި ނަމަވެސް ޢަމާރާ އަކަށް އެކަން ޔަގީނެއް ނުވެއެވެ.
ދެވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޢަމާރާ ދޫކޮށްލުމުން ހޮސްޓެލްއަށް ދިޔައީ ރިދާއާއި އެކުގައެވެ. ފެންވަރާލައިގެން އަރާމު ކޮށްލުމެއްވެސް ނެތި އަވަދިވެގަތީ ދެދުވަހުގެ ފިލާވަޅުތަށް ހޯދުމަށެވެ. ރިދާ ލައްވާ މެއިލްއެއް ކުރުމުން އިކާން ނަގައިދިން ހުރިހާ ފިލާވަޅެއް ފޮނުވައިދިނީ ޢަމާރާގެ މެއިލްއަށެވެ. ރިދާ ގެ ދިމާކުރުންތަކާ ޢަމާރާއަށް ކުރިމަތިވުމުން ކޮޓަރިން ބޭރުގައި އެކަހަލަ އެއްވެސް އެއްޗެއް ކިޔައިގެން ނުވާނެ ކަމުގައި ޢަމާރާ ރިދާއަށް އަންގާ ވައުދު ކުރުވިއެވެ.
2014 ވަނަ އަހަރަށް ކިޔެވުމުގެ ބޮޑު ބައެއް ނިމި ނޮވެމްބަރު މަހު ކުރީކޮޅު އޮތީ އިމްތިހާނެވެ. ޑަމީއަށް އިންޖެކްޝަން ޖަހާ ފަހަން ކެރުނަސް އަސްލަށް ކުރަން ޢަމާރާ ކުޑަކޮށް ޖެހިލުންވިއެވެ. ހެދޭ ކުޑަ ގޯހަކުންވެސް ނޭދެވޭ ބޮޑު ނަތީޖާއެއް ނުކުމެދާނެތީ ޢަމާރާ ބިރުގަންނަނީއެވެ. އެކަމުގައި އެންމެ އެހީތެރިވެދިނީ ރިދާއެވެ. ޢަމާރާ އެކަމަށް ރިދާއަށް އަބަދުވެސް ޝުކުރުވެރިވާނެއެވެ. އިމްތިހާން ކުރިޔަށް ދަނިކޮށް ހުޔާގެ ކައިވެނީގެ ކާޑު ޢަމާރާއަށް ލިބުނެވެ. ޑިސެމްބަރ 2 ވަނަ ދުވަހަށް ކައިވެނި ކުރެވޭނެކަމަށް ހަމަޖެހިފައި އޮތުމުން ކޮންމެ ގޮތެއް ހަދާފައިވެސް ނޮވެމްބަރ 20 ގެ ކުރިޔަށް ޢަމާރާ ރާއްޖެ ދާން ޖެހޭނެއެވެ. އެއީ އެކުވެރިޔާގެ ރަން ކިޔުމުގައިވެސް ބައިވެރިވާން ޖެހޭތީއެވެ.
16 ވަނަ ދުވަހު ނެގި ޓެސްޓަށްފަހު ކްލާހުގައި މަޑުކުރުމެއްވެސް ނެތި ޢަމާރާ ދިޔައީ ހޮސްޓެލް އަށް ދަތުރުގެ ތައްޔާރީތަށް ވުމަށެވެ. އިކާން ކްލާހަށް އައިސް އިރުކޮޅަކު މަޑުކޮށްލީ މަދުވާ ކުދިން ހަމަވެލަންދެންނެވެ. ހުރިހާ ކުދިން ހަމަވީއިރުވެސް ޢަމާރާ ނައުމުން ރިދާ ކައިރީ ކޮބާތޯ އަހާލިއެވެ. ރިދާ ވަގުތުން ރާއްޖެ ދިއުމަށް ތައްޔާރުވާން ދިޔައީ ބުނުމުން އިކާން ދެން ވާހަކަ ދެއްކީ ކްލާހާއެވެ. ޑިސެމްބަރ ބަންދުގައި މިފަހަރު ފަން އެންޑް ލާނިންގ ޓްރިޕެއް ކޮލެޖުން ރާވާފައިވާ ކަމުގައި އިކާން ބުނެލިއެވެ. އަދި ފަހަރެއްގައި މި ކޭމްޕްގައި އޮންނަ ކުއިޒް ތަކާއި އިތުރު ހަރަކާތް ތަކުން ދެވޭ ޕޮއިންޓް މާކްސް ގެ ގޮތުގައި ކޯހަށް އިތުރުވުރާނެ ވާހަކަވެސް ބުނެލިއެވެ. ރިދާ އެންމެ ދެރަވީ އެކުވެރިޔާއަށް އެކަމުގައި ބައިވެރި ނުވެވިދާނެތީއެވެ. ކުދިންތަށް ކްލާހުން ނުކުތްއިރުވެސް ރިދާއަށް އިނދެވުނީ އެކަމާ ވިސްނާށެވެ.
“ރިދާ.. ޢަމާރާގެނެސްބަލަ..” ރިދާގެ ގޮނޑި ކައިރިއަށް ޖެހިލަމުން އިކާން ބުނެލީ ހަރުކަށި ރާގެއްގައެވެ. ރިދާ އަވަސް އަވަހަށް ބޯ ޖަހާލުމަށްފަހު އަވަސްވެލީ ޢަމާރާއަށް ގުޅުމަށެވެ. ފުރަތަމަވެސް ޢަމާރާ ދެކޮޅުހެދީ ސަކަރާތެއް ޖެހުމަށް ދާން ރިދާ އޭނާ ގެންދަން އުޅެނީ ކަމަށް ހީކޮށްފައެވެ. “މާރޫ.. އިކާން ސަރ އޭ ބުނީ އަންނަން.. މީޓީންގގަ މާރޫ ބައިވެރި ނުވީމަ. އައި ކާންޓް ލީވް އަންޓިލް ޔޫ ކަމް..” ރިދާއަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޢަމާރާ މިދަނީ ކަމުގައި ބުނެފައި ފޯނު ކަނޑާލައިފިއެވެ. 5 ވަރަކަށް މިނެޓް ވީއިރު ޢަމާރާ ހުރީ ލެކްޗަރ ހޯލްގެ ތެރޭގައި އިކާންގެ ޑެސްކް ކައިރީއެވެ.
“ޢަމާރާ ޖެހޭނެ މި ކޭމްޕްގައި ބައިވެރިވާން..” ސުވާލެއްވެސް ކުރުމެއްނެތި އިކާން އަމުރުކޮށްލިއެވެ. ރިދާ އިންގޮތަށް ގޮނޑީގައި އިނީ އެދެމީހުންނަށް ބަލާށެވެ. ވާހަކަ ދައްކަނީ ދިވެހިން ކަމުން ރިދާއަކަށް އެދެމީހުން ދައްކަމުންދާ ވާހަކައެއް ނޭނގެއެވެ.
“ބުނީމެއްނު ސަރ ބުންޏަސް އަހަރެންނަށް ދެވެންޏާއޭ ދާންވާނީ… ސޮރީ އެހެންވީމަ.. ތި ކޭމްޕްގަ ނެތް ބައިވެރި ވެވޭކަށް..” ޢަމާރާވެސް ދާންއުޅޭ ސަބަބު ބުނުމެއްނެތި އިކާންއަށް ޖަވާބުދިނެވެ.
“މިއީ ވަރަށް މުހިއްމު ކޭމްޕެއް.. މީގެން ފައިނަލްއަށް މާކްސް ވެސް ލާނެ… ބައިވެރި ނުވެއްޖެއްޔާ އެބައި ޢަމާރާއަށް އުނިކުރާނަން..” އިކާން ގޮނޑިން ތެދުވަމުން ބުނެލިއެވެ. “މައްސަލައެއް ނެތް.. މިކަމަށްވުރެ މުހިއްމު ކަމެއް މިވަގުތަކު އަހަރެންނަކަށް ނެތް..” ހުޔާގެ ކައިވެނިވީމައި %8 އުނިވީ ކަމުގައި ވިޔަސް ޢަމާރާއަށް މައްސަލައެއް ނެތީއެވެ. ރިދާ ގޮވައިގެން ޢަމާރާ ނުކުމެގެން ދިޔައީ އެއް ދުވަސް ފަހުން ފުރަން ހަމަޖެހިފައި ވުމުން ވީހާވެސް އަވަހަކަށް ކަންކަން ނިންމާލުމަށެވެ.
ޢަމާރާގެ ނިންމުމާމެދު ހިތްހަމަ ނުޖެހުނުވަރުން އިކާންއަށް މޭޒުގައި ޖަހާލެވުނުވަރުން އަތަށްވެސް ތަދުވިއެވެ. ލެޕްޓޮޕް ދަބަހާއި އިމްތިހާން ކަރުދާސްތަށް ނަގައިގެން ގޮސް ވަނީ ސްޓާފްރޫމްގެ ތެރެއަށެވެ.
“ހާނިމް.. މާރާއަށް ވިސްނައި ދީބަލަ.. ޑިސެމްބަރގަ އޮތް ކޭމްޕްގަ ބައިވެރިނުވެ އެ އުޅެނީ ރާއްޖެ ދާން.. %8 އުނިކުރާނެ..” އިކާން ހާނިމަށް މެސެޖެއް ކޮށްލީ ނިދަން އެނދަށް އަރާ އޮވެގެންނެވެ.
“30% އުނިކުރި ކަމުގައި ވިޔަސް މިފަހަރަކު މާރާއެއް ނުހުންނާނެ. އޭނަ އެބަޖެހޭ ކޮންމެހެންވެސް އަންނަން…” ހާނިމް ފޮނުވާލިއެވެ. މެސެޖް ލިބުނުކަން އެނގުމާއެކު އިކާންގެ ކޯލް ހާނިމަށް ލިބުނެވެ.
“އެއީ.. އެހާ މުހިއްމު ކަމެއް ކުރަން އޮތީ ކޮން ކަމެއް…” ފޯނުނެގިގޮތަށް ހާލުވެސް އަހާނުލާ އިކާން ބުނެލިއެވެ. “އަހަންނަށް މާ މުހިއްމު މި ކޭމްޕްގަ އޭނަ ބައިވެރިވާން.. އޭރަށްދޯ މަށަށް އެކަނި ބައްދަލުވެސް ކޮށްލެވޭނީ..” އިކާން އިތުރުކޮށްލިއެވެ.
“މީހަކާ އިންނަނީނުން…”
“ވަޓް.. ނުވާނެ އެހެނެއް.. އޭނަބުނި ކިޔަވާ ނުނިމެނީސް މީހަކާ ނީންނާނަމޭ.. އެހެން ނޫނަސް އަހަރެން ނޫން މީހަކާ އޭނައަކަށް ނީނދެވޭނެ…” އިކާން އަވަސް އަވަހަށް ބުނެލިއިރުގައި ހިތްހަމަ ނުޖެހުނު ވަރުން އަޑަށްވެސް ބަދަލުތަކެއް އައިސްފައި ހުއްޓެވެ. އެނދުން ތެދުވީ ކިތަންމެ ދަންވެފައި ހުރި ނަމަވެސް ޢަމާރާ ހޯދަން ދިއުމަށެވެ.
“ޤަބޫލެއް ނުކުރެވޭތަ.. ބަލާބަ.. މި ފޮނުވާލީ ކާޑް…” ހާނިމް ހީނލަމުން ބުނެލިއެވެ. ކޮޓަރީގެ ދޮރުން ނުކުމެ ނުކުމެ ހުރެފައި އިކާން ފޯނަށް ހާނިމް ފޮނުވި މެސެޖް ބަލާލިއެވެ. “ފަ@% ޔޫ ހާނިމް.. މަ ކިރިޔާއޭ ހިތް ނުހުއްޓުނީ… ހުޔާގެ ކައިވެންޏޭ ކުރިންވެސް ބުނެލިނަމަ…” ދޮރު ލައްޕާލާފައި އައިސް އެނދު މައްޗަށް އިކާން ވެއްޓިގަންނަމުން ބާރަށް ހޭންފެށިއެވެ.
“އަޅެ ވީޑިއޯ ކޯލެއް ނަމަ.. ނޫނީ މޭން މިތާ ހުރިނަމަ.. ތި މޫނަށް ވީގޮތް ފެންނާނެ އެއްނު…” ހެމުން ހެމުން ހާނިމް ބުނެލިއިރު އިކާންއަށްވެސް ހެވެނީއެވެ. އިކާންއަށް ހިތްހަމަ ޖެހުން ލިބުނީ އަދިވެސް ފުރުސަތެއް ވާކަމުގެ ޔަގީންކަން ލިބުނީތީއެވެ. ފޯނު ކަނޑާލުމުގެ ކުރިން ހާނިމް އެދުނީ އިކާންވެސް ކައިވެނީގައި ބައިވެރިވުމަށް އައުމަށެވެ. އިކާން ޖަވާބެއް ދޭނެކަމަށް ބުނެފައި އަވަހަށް ފޯނު ބޭއްވީ މުހިއްމު ކަމެއް ކުރަން ޖެހޭ ވާހަކަ ބުނަމުންނެވެ.
ޖެހިގެން އައި ދުވަހު ކޮލެޖް ހުޅުވުނު އިރަށް ޢަމާރާ ޕްރިންސިޕަލް އަދި ޑީންއާއި ބައްދަލުކޮށް ރާއްޖެ ފުރަން ޖެހޭކަމުގައި ބުނުމުން އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު މާ އަވަހަށް ހުއްދަވެސް ލިބިއްޖެއެވެ. އުފަލުންހުރެ ހޮސްޓެލް ރޫމަށް އައިއިރު ރިދާ އިނީ ވާހަކައެއް ހިފައިގެން ތައްޔާރަށެވެ.
“އިނގޭތަ.. ކޭމްޕް ލަސްކޮށްފި ސަމަރ ހޮލިޑޭސް އަށް އަންނަ އަހަރުގެ…” އެކުވެރިޔާއަށް ޓަކައި އުފަލުންހުރެ ރިދާ ފުމެމުން އައިސް ޢަމާރާގެ ގައިގާ އޮޅުލައިގަތެވެ.
“ރިއަލީ.. އަހަންނަށްވެސް އެހެންޏާ ނުވާ ކަމެއް ވެއްޖެ..” އެނދުގައި އިށީންނަމުން ޢަމާރާ ބުނެލުމާއެކު ގޮނޑި ހިފައިގެން އައި ރިދާ ކޮން ކަމެއްހޭ އަހާލައިފިއެވެ. ” ހަމަ ބުނެލި އިރަށް ޕްރިންސިޕަލް އާއި ޑީން އެއްބަސް ވެއްޖެ މިފަހަރު ރާއްޖެދާން.. އެހެން ނޫނީ ނޮވެމްބަރ 25ގެ ކުރިން ނުދެވެއެއްނު..” ޢަމާރާ ވާހަކަދެއްކީ އަދިވެސް ހައިރާން ކަމުގެ ތެރޭގައި އިނދެއެވެ.
“ތިއީ މާރޫގެ އިކާންގެ ކަންތަށް.. ސޮރީ އިކާން ސަރގެ ކަންތަށް.. ވަރަށްގިނަ ކުދިން އެބަކިޔާ ގައުމަށްދާން ހުއްދަލިބޭ ވާހަކަ.. ކުރިން ނުދެވޭނެތީ އެވާހަކަތަށް އެމީހުން ހިއްސާކުރި ހަމައެކަނި މީހަކީ ސަރ އޯ ވެސް ކީ…” ޢަމާރާގެ އަތުގައި ހިފާލަމުން ރިދާ ވާހަކަ ދެއްކިއިރު އަނގައިގެ ތެރޭން ނުފެންނަ ދަތެއް ނެތެވެ.
“ހޫން ހެވޭ.. އޭނައަށްވެސް ދައުވަތު ލިބުނީ ކަމަށް އެ ވާނީ.. ކައިވެންޏަށް…” ޢަމާރާ ތެދުވެގެންގޮސް ލެޕްޓޮޕް ޗާޖަރަށް ޖަހާލަމުން ބުނެލީ އޭނާއަށް ހީވި ގޮތަކަށް ކަމުގައި ވިޔަސް އެ ހިޔާލުން ހިތަށް އުފާވެރިކަމެއް ގެނުވިއެވެ. ކޮލެޖްގެ މާހައުލާ ދުރުން މިނިވަން ތަނެއްގައި އިކާންއާ ބައްދަލުވާނެއޭ ހިތަށް އެރުމުން މޫނުމައްޗަށް ލޭކުލަ އަރައިގެން ދިޔައީ ނުހަނު އަވަހަށެވެ.
“ހޫމް ހޫމް.. ތިންކިންގ އެބައުޓް ހިމް… ލުކް ޔޫއަރ ބްލަޝިންގ..” ޢަމާރާ އެނބުރުނު ވަގުތު ބަލަން އިނދެފައި ރިދާ ބުނެލިއެވެ. ޢަމާރާގޮސް އެނދުގައި އޮށޯވެލަމުން މޫނުގައި ބާލިސް އަޅާލިއެވެ. ނިދި ހުއްޓެއް ކަމަކު ހަވީރު 4:30 ގައި ޗެކިންއަށް ދާން ޖެހޭތީ އެކަންވެސް ކުރެވޭކަށް ނެތެވެ.
މާ ލަހުން ޓިކެޓް ނެގުމުން މިފަހަރު ޖާގަ ލިބުނީ 29 ގަޑިއިރާ 25 މިނެޓްވާ ފްލައިޓަކުންނެވެ. ލަންޑަން އަދި ކޮލަމްބޯއަށް މަޑުކޮށްފައި އަންނައިރު ލަންޑަންގައި 9 ގަޑިއިރު މަޑުކުރަން ޖެހެއެވެ. އެކަމާ ޢަމާރާ ހުރީ ވަރަށް ޖެހިލުންވެފައެވެ. އެހެން ނަމަވެސް ކޮންމެ ކަމެއްވެސް ފުރިހަމަ ވާނީ ކަމަކާ ކުރިމަތިލައިގެން ކަން ޢަމާރާ ގަބޫލުކުރެއެވެ.
ޗެކިން ވުމަށްފަހު އިމިގްރޭޝަން އަދި ސެކިއުރިޓީ ކޮލިއަރ ވުމުން ޢަމާރާ ދިޔައީ އެއްޗެއް ކާލާށެވެ. ކުޑަ ގޮތެއް ހަދާލައިގެން ޑިއުޓީ ފްރީގައި ސެންޓްތަށް ބަލަންހުރި ޢަމާރާގެ ލޮލުގައި އަޅައިގަތީ އަތްދިގު ކަޅު ޓީޝާޓަކާއި ކަޅު ޖިންސެއްގައި ދުރުން ފެންނަންހުރި ޒުވާނާއަށެވެ. ފަހަތުން ފެންނައިރު އިކާންއާ ވަރަށް ވައްތަރުކަމުން ބަލަން ހުރެފައި ސިހުނީ ޢަމާރާ ނަގަން ބޭނުންވެގެން އުޅުނު ސެންޓްފުޅި ހިފައިގެން އައިސް ޝޮޕްގައި ހުރި ކުއްޖަކު ގޮވާލީމައެވެ. އޭނާއަށް ނަޒަރެއް ދީފައި އެހާ އަވަހަށް ބަލައިލިއިރު އެ ޒުވާނާ ފެންނާކަށް ނެތެވެ. މޮޔަވީބާއޭ ހިތަށް އެރުމުން ޢަމާރާ އަމިއްލަ ބޮލުގައި ޖަހާލަމުން ހީނލިއެވެ.
މާ އަވަހަށް އެއަރޕޯޓަށް އާދެވުމުން ފޫހިވެފައިއިން ޢަމާރާ ތެދުވީ ބޯޑިންގ އަށް ގޮވުމުން އަވަހަށް ފްލައިޓަށް އަރަން ދާށެވެ. އަވަހަށް އަރާ ހަމަޖެހިލާށެވެ. އޭރަށް ލަންޑަންއަށް ދެވެންދެން ވެސް ނިދާލެވޭނެތީއެވެ. ފްލައިޓަށް އެރުމުން ޢަމާރާ ހިތްހަމަ ނުޖެހުނީ ވިންޑޯ ސީޓް ލިބިފައި ނެތުމުންނެވެ. މެދުގައި ޖަހާފައި ހުންނަ ދެމީހުންގެ ގޮނޑިބަރިން ލިބުމުން ފައި ދަމާލެވޭގޮތަށް ގޮނޑި ތިރިން ހުޅުވުނަސް ނިދުމަށް އުނދަގޫ ވާނެކަން ޢަމާރާއަށް އެނގެއެވެ. ކައިރީ މީހަކު ނީއްތާނެ ނަމައޭ ޢަމާރާގެ ހިތަށް އެރިއެވެ. އޭރަށް ހަމަޖެހިލައިގެން ޢަމާރާއަށް ނިދާލެވޭނެއެވެ.
ސްލީޕިންގ މާސްކް އަޅައިގެން އިނަސް ކައިރީ މީހަކު އައިސް އިށީންކަން ޢަމާރާއަށް އިހްސާސް ވުމުން އެއް ލޮލާ ދިމާއިން މާސްކް ނަގާ ބަލާލިއެވެ. ކައިރީގައި އިން މީހެއްގެ މޫނު ނުފެނުނީ އަނެއް ފަރާތަށް އެނބުރި ލައިގެން އިނީތީއެވެ. އެކަމަކު އެއީ އެއަރޕޯޓް ތެރެއިން ފެނުނު ކަޅު އެއްޗެހިލީ ޒުވާނާއެވެ. އެނބުރިލާތޯ އިނދާ ލައިޓްތަށް ނިވާލީ ފުރާ ވަގުތު ޖެހިގެންނެވެ. ޢަމާރާވެސް ކުރިން އިން ގޮތަށް ހަމަޖެހިލައިގެން އިނީއެވެ.
ނިދިފައި އިން ޢަމާރާއަށް ހޭލެވުނީ ކާ އެއްޗެހި ހިފައިގެން އައިސް ކެބިން ކްރޫ ކުއްޖަކު ގޮވާލީމައެވެ. އަވަހަށް ތެދުވެ ގޮނޑީގައި ހަމަޖެހިލީ ބަނޑުހައި ވެފައި ހުރިވަރުންނެވެ. ޖެހިގެން އިން ގޮނޑިއަށް ބަލައިލިއިރު އެތާނގައި އެއްވެސް މީހެއް ނެތެވެ. އަވަސް އަވަހަށް ކައިގެން ޢަމާރާ އަނެއްކާވެސް އޮށޯތީ ނިދާލާށެވެ. އޮށޯންނަމުން ގަޑި ބަލާލިއިރު އަދިވީ ފުރިތާ 3 ގަޑިއިރެވެ. ކުސް ތަޅާލެވުނީ ބޭއިހްތިޔާރުގައެވެ.
“ކްރައި ބޭބީއެއްތަ..؟” ކައިރިން އިވުނީ މީހަކު ދިވެހިން ވާހަކަ ދެއްކި އަޑެވެ. ދަންނަ އަޑެއްހެން ހީވެ ސިހިފައި ބަލާލެވުނުއިރު ހެވިފައި ޢަމާރާގެ މޫނަށް ބަލަން އިނީ ދެވަނަ މީހެއް ނޫނެވެ. އެއީ ހަމަ އިކާންއެވެ. “އިކާން…” ޢަމާރާއަށް މަޑުމަޑުން ބުނެލެވުނެވެ.
16 Comments!
Comments are closed.



Masha Allah vrh reethi ♥️♥️♥️.. Aley ikan and maara vrh loabi uleygoi🥰.. next part inthizaruga
thankyou.. stay tuned
Alheyy soo cute this story keeps getting better and better 😭🤍
thankyou
Fazoo this is toooo gooood MA🔥
I can’t stop smiling mi part kiyaafa🤭
Im dying to read the next part..
When is the next part?
Thursday. IA.
Vaahaka liyuntheriya ah kohlaa shuvaaleh France bahun vaahaka dhehki ikan tha nooney maara tha? Ridhaa aimaa shuvaalu kuree maraa ikan ah France bas ingeytho
ridhaa and amara abadhuves class ga vaahaka dhahkaany france bahun. dhen ward ga ikaan aa dhimaa ah amara buneema e smile kohllanee ehnnu.
hello fazoo, vaahaka varah rythi, Ikaan aa Amaara ulhey goiy varah loabi, e dhe myhun avahah marry kurivan beynun vany. waiting for more.
Ahahah. Just wait and read what happens. Stay tuned readers ❤️❤️
Alheyyyy I can’t wait for tomorrow afternoon …….
Amaaraa and Ikaan is Cute😊😊
They are made for each other…..
awwwwn hama maadhan mendhurah inthizaaru kurevenyy 😂😭😭…..
Hithah araa mihaaru vx kiyaalan libeyne namaey….
I was traveling today ehenve forgot. Now new part is updated.
When next??
12 pm ga ey bunymehnu…
Now updated.. sorry for late
Hey fazoo
When’s the next part?
I can barely wait 😊
Now updated.. enjoy