ފަތިސް ނަމާދަށްވެސް ހޭނުލެވި އޮތް ސަހަރްގެ ލޯހުޅުވުނު އިރު އޭނާ އެ އޮތީ ފިރިމީހާގެ އެނދުގައެއް ނޫނެވެ. ރޭގެ މަތިން ހަނދާންވި އިރު އޭނާ އޮތީ ރޭގައި ކާރުން ފެނުނުހެން ހީވާ ޒުވާނާގެ ކައިރީގައެވެ. ލައިގެން އޮތީ އަދިވެސް ކައިވެނި ހެދުމުގައެވެ. ބޭ އިޙްތިޔާރުގައި ސަހަރް އަށް ހަޅޭއްލަވައި ގަނެވުނެވެ. ސިއްސައިގެންގޮސް އުވައިޝްއަށް ހޭލެވުނުއިރު ބިރުން އިން ސަހަރްފެނި ވީގޮތް އެނގޭގޮތެއް ނުވިއެވެ. ސަހަރްގެ ހަޅޭއް ހުއްޓުވުމަށް އުވައިޝް މަސައްކަތް ކޮށް ވަރުބަލިވާވަރު ވުމުން ހިތްހަމަ ނުޖެހުނެވެ. […]
ކަލޭ ކައިވެނި ނުކުރާންވެގެން ބައްޕަ ކައިރީ ކުޓުވަނީދޯ!!!!” ހަލީމް ނުކުމެގެން ދިއުމުން ވައުޒާ ސަހަރްއާ ދިމާލަށް ބުންޏެވެ. “ނޫން… އަހަރެން ކައިވެނި ނުކޮށްފާނެތީ ނަސޭހަތްދޭން ބައްޕަ އައީ.. އަހަރެން ކައިވެނި ކުރާނަން…” ބައްޕަވެސް ނުބުނީތީ އެ ސިއްރު ސިއްރެއް ގޮތުގައި ބޭއްވުމަށް ގަސްތު ކުރަމުން ސަހަރްވެސް ވައުޒާ އަށް އޮޅުވާލީ، ކޮންމެވެސް ދުވަހަކުން ބައްޕަ ދައްކަން އުޅުނު ވާހަކަ ފުރިހަމަ ގޮތުގައި ދެއްކޭނެ ކަމުގެ އުންމީދުގައެވެ. ވައުޒާ ނުކުތްއިރު މޫނުމަތިން އެވާހަކަ ގަބޫލުކުރިކަން ފާހަގަވާން ހުއްޓެވެ. ގަޑީގެ […]
ބައްޕާ… އަޅުގަނޑު… ބައްޕަގެ މުދަލުން އަޅުގަނޑަށްވާ ހިއްސާއިން 1 ލައްކަ ރުފިޔާ ލިބިދާނެތޯ…؟” ބިރުން އިން ނަމަވެސް ސަހަރް ބައްޕަ ގާތުން އެދުނެވެ. ސަހަރްގެ ބައްޕަ ހަލީމަކީ ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރި ވެރިން ތެރެއިން އެންމެ އުހުގައި ނަން ކިޔާލެވޭ މީހުން ތެރެއިން އެކަކެވެ.” ކަލޭ ކީއްކުރާ ރުފިޔާ އެއް… އެވެސް އެހާ ބައިވަރު. 19 އަހަރު ވަންދެން ބަލާ ބޮޑުކޮށް ކިޔަވާދިނީމަ އަދިވެސް އަހަރުމެންތަ ކަލެޔަށް ރުފިޔާ ދޭންވީ؟؟” ވައުޒާ ހަލީމްގެ ކައިރީ އިށީންނަމުން […]