ގޭޓުން ބޭރުގައި ކާރުގައި މަޑުކޮށްލައިގެން އުވައިޝް އިނީ ޑްރައިވަރު އަންނަންދެންނެވެ. “ބޮސް.. މެޑަމް ވަރަށް ރުއި.. ދޮރު ހުޅުވާލިއިރު ހެވިފަ ހުރީ.. ދެން ހުރީ ދެރަވެފަ. ދެން ފޮށްޓަށް ބަލަބަލާފަ ރުއީ..” ޑްރައިވަރު އުވައިޝަށް އޮޅުންފިލުވާ ދިނެވެ. އުވައިިޝްގެ މޭގައި ރިއްސާލި ނަމަވެސް ސަހަރްގެ ނިންމުން އޭނަ އެނގެން ބޭނުންވަނީ ހަފްތާއެއް ފަހުންނެވެ. އުވައިޝްގެ އެދުމަށް ޑްރައިވަރު ކާރު ދުއްވާލީ އޮފީހާ ދިމާލަށް ދިއުމަށެވެ. ކޮންމެ ދުވަހެއް ނިމިގެން ދާއިރު ސަހަރަށް ހީވަނީ ގަރުނެއް ވެގެންދާ ހެންނެވެ. […]
ބައްޕާ..” ހަލީމްގެ ކޮޓަރިއަށް ވަދެލަމުން ސަހަރް ގޮވާލިއެވެ. ހަލީމް އިނީ ފޮޓޯ ގަނޑެއް އުނގަށް ލައިގެން އޭގައި ފިރުމާށެވެ. ލޮލުން ކަރުނަ ނައި ކަމުގައި ވިޔަސް ދެލޯ ވަނީ ފެންކަޅިވެފައެވެ. “ދަރިފުޅު.. އަދިވެސް ނިދާކަށް ނޫޅެންތަ..؟” ހަލީމް އެނދުމަތީގައި ފޮޓޯ ގަނޑު ބޭއްވުމުން އުވައިޝްގެ ނަޒަރު އެއަށް ހުއްޓުނެވެ. އެއީ ސަހަރްގެ މަންމަގެ ފޮޓޯއެއްކަން އުވައިޝަށް ވަގުތުން އެނގުނީ ސަހަރްއާ ވައްތަރު ކަމުންނެވެ. “ބައްޕަ ނުވެސް ކައި ދުރުވީމަ ވާނުވާ ބަލާލަން މި އައީ.. ވިވީވެސް ވެއްޖެ […]
“ތިބުނީ އެގޮތަށް ނިންމާލަން ބުންޏޭދޯ.. އެ އޮތީ އޭނަ އޮތް ހާލަތު.. އެހާލުގަ ކިހިނެއް ތިވަރު ކަމަކަށް އޭނަ ބުނާނީވެސް.. ތިކިޔާއެއްޗެއް ދިމަލެއް ނުވެއެއްނު. ބުނޭ ތެދަށް.. ނޫނީ ދެން އަހަރެން ޖަވާބު ހޯދާނީ ފުލުހުންގެ ހާޒިރުގަ… ” ބިރުންތިބި ދެމީހުން އެކަން ރޭވިގެން އައި ހިސާބުން ފެށިގެން މިރޭވީ ހުރިހާ ކަމަކަށް ދާންދެން އުވައިޝްއަސް ކިޔާ ނިންމާލަދިނެވެ. “އަހަރުމެން ދިޔަޔަސް އޯކޭދޯ ދެން..” ވާހަކަތަށް ކިޔައިދިންމީހާ ނޫން ދެންއިން މީހާ އުވައިޝް ކުރެން އަހާލިއެވެ. އޭރު […]
“ކީއްކުރަން އެގެއަށް ދަނީ.. އެމީހުން ކޮން ބޭނުމެއް އޮވެގެން ދަރިފުޅުމެން ގެންދަނީ؟. ބައްޕައަކަށް ހިޔެއްނުވޭ ރަނގަޅު ކަމަކައިގެން ހެނެއް.” ސޯފާއިން ތެދުވެ މާލިކް ދެއްކި ވާހަކައާ އުވައިޝްވެސް އެއްބަސް ވެއެވެ. ނަމަވެސް އެކަމުގައި ބައްޕައާ އެއްކޮޅަށް ބަހެއް ބުނަން ބެނުންނުވީ ސަހަރް ދެރަވާނެކަން އެނގޭތީއެވެ. “ބައްޕާ… އަޅުގަނޑުމެން ކައިވެނި ކުރި ފަހުން މިހާރު 6 މަސް ވަނީ.. ސަހަރްވެސް އަމިއްލަ އާއިލާ ދެކޭހިތް ވާނެ ނޫންތޯ… އެހެން ނޫނަސް އަޅުގަނޑު މިހުރީ ނޫންތޯ ސަހަރްއަށް ބަލަން..” ހީނލަމުން […]
މާލިކްވެސް ލަދުގަތީ ޅީދަރިފިޅު އިންދާ ބައްޕަ ކުރިމަތީގައި އެކަހަލަ އެއްޗެއް ބުނަން އުވައިޝް ޖެހިލުމެއްވެސް ނުވީމައެވެ. އުވައިޝްއަށް ބުނެވުނު އެއްޗެއް ނަގައި ގަނެވުނީ މާ ފަހުންނެވެ. ސަހަރް އަވަސް އަވަހަށް ތެދުވެގެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް މައްޗަށް އަރާ ކޮޓަރިއަށް ވަނެވެ. އުވައިޝްވެސް އިރުކޮޅަކު އިނުމަށްފަހު ބައްޕައަށް ހީނލަމުން ތެދުވެގެން ދިޔައީ ސަހަރް ކައިރިން މާފަށް އެދުމަށެވެ. ވަންނާން ނުވަންނާން ހުރެފައި އުވައިޝް ކޮޓަރީގެ ދޮރު ހުޅުވާލިއިރު އެނދުގައި އިށީނދެލައިގެން ސަހަރް އިސް ޖަހާލައިގެން އިނެވެ. […]
އެދުވަހަށްފަހު ސަހަރްއާ އުވައިޝްއާ ދެމެދު އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ގިނަފަހަރު އެކަކު އަނެކަކަށް ބަލާލަންވެސް ނުކެރެއެވެ. ވަޒީފާގެ ގޮތުން ސަހަރްއަކީ ގިނަވަގުތު އުވައިޝްގެ ކެބިންއަށް އެކި ކަންކަމުގައި ދާންޖެހޭ މީހެއް ކަމުގައި ވިޔަސް ސަހަރް ގިނަފަހަރު ފޮނުވަނީ އައިޝާއެވެ. އެކަމާ އައިޝާ ސުވާލު ކުރިޔަސް އެކަމަށް އެދެވޭ ޖަވާބެއް ސަހަރްގެ ފަރާތަކުން ނުލިބެއެވެ. ވަޒީފާއަށް ނުކުންނަތާ ތިންމަސް ވީއިރު ކޮންމެ މަހަކުވެސް މުސާރަ އެއްކޮށް ސަހަރް ޖަމާކުރަނި އުވައިޝްގެ ޕާސަނަލް އެކައުންޓަށެވެ. ގޭތެރޭގެ އަދި އަމިއްލަ އެއްވެސް […]
ލިފްޓުން ނުކުމެވުނީ ބިލްޑިންގްގެ ފަހަތު ފަރާތުން އެމަޖެންސީ ސިޑިއެއް ކައިރިއަށެވެ. އެތާގައި ބިލްޑިންގްގެ ޕާކިންގް އޭރިޔާއަށް ނުކުމެވޭނެ ގޮތަށް ހުރި ދޮރު ކައިރީ ގާޑަކު ހުއްޓެވެ. އެތެރެއިން އުވައިޝް ދޮރުގައި ޓަކި ޖަހާލުމުން ސެކިއުރިޓީ ބޭރުން ދޮރު ހުޅުވާލަދިނެވެ. އަދި ރިވެތި ބަހުން އުވައިޝްއާ ސަލާމްކޮށްލިއެވެ. ސަހަރް ގޮވައިގެން އުވައިޝް ގޮސް ކާރުގެ ކުރީ ދޮރާށި ހުޅުވާލުމަށްފަހު އެރުމަށް ބުނުމުން އުވައިޝްގެ މޫނަށް ބަލަން ހުރުމަށްފަހު އުވައިޝް “އަވަސް”އެ ބުނެލުމުން ސަހަރް ކާރުގެ ތެރެއަށް ދެމިގަތެވެ. ގެއާއި […]
” ސަހަރް.. ” ހެވިފައިހުރެ ކޮންފަރެންސް ރޫމުން ބޯދިއްކޮށްލި އައިޝާ ގޮވާލުމުން ސަހަރް ކައްޓެއްހެން ތެދުވެ ސީދާ ވެލިއެވެ. ކަންކަމުގައި ކެރޭ މީހަކަށް ވިޔަސް ސަހަރް ހުރީ ކުޑަކޮށް ހިތް ނުތަނަވަސް ވެފައެވެ. އިންޓަވިއު ކުރަނީ ކާކުބާއޭވެސް ހިތަށް އަރަމުން ދިޔައީ މަދަކުން ނޫނެވެ. ސަހަރް އައިސް ހަމަވުމުގެ ކުރިން އައިޝާ ކޮންފަރެންސް ރޫމުން ނުކުމެ ބޭރުގައި މަޑުކޮށްލިއެވެ. ” އަވަހަށް އެތެރެއަށް ވަންނަވާ.. ގުޑް ލަކް..” މިހެން ބުނެ އައިޝާ ހިނިތުންވެހުރެ ހިނގައިގަތެވެ. ފުން ނޭވާއެއް […]
“މިލިއަން ޑޮލާސްތަ؟” ދެލޯ ބޮޑުކޮށްލަމުން ސަހަރް އަހާލިއެވެ. ” ނޫން.. ރުފިޔާ…” އުވައިޝް އަވަސް އަވަހަށް ބުނެލިއެވެ. ” ސީދާ އެމައުންޓް..” އަނެއްކާވެސް ސަހަރް ބުނެލިއެވެ.” އޮފީހަށްގޮސް ބަލާލީމަ އިނގޭނީ.. މާދަމާ ބުނެލާނަން…” އުވައިޝް އުޑުތިލަމަތިން އޮށޯވެލަމުން ބުނެލީ ހިނިތުން ވެލަމުންނެވެ. ” 1 މިލިއަން ވެއްޖެއްޔާ.. މި ވަޒީފާއިން އަހަރެންނަށް ޕޭ ކުރެވިދާނެ 2 އަހަރުން….” ސަހަރް ބުނެލިއެވެ. ” އަހަރެންކައިރީ ބުނެގެން ވަޒީފާ ޔަގީން ކުރަނީތަ؟؟ އެހެން ނޫނަސް އެ ފައިސާ ސަހަރް ކީއްކުރަން […]