Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާނުހޭ ގާތުގާ- ފުރަތަމަ ބައި

ފަޒޫ Level 310 Stories100 Login
November 24, 2025 11 Mins Read
5 Comments

2010 ވަނަ އަހަރުގެ ހުޅަނގު މޫސުމުގެ ދުވަސްތަކުގެ ތެރެއިން ވައިގަދަ ވިއްސާރަ ދުވަހެކެވެ. ޖުލައިމަހުގެ މެދުތެރެއެވެ. މިއަދުވެސް ވިއްސާރައަކަށް ބެލުމެއްނެތި ޢަމާރާ އެދަނީ ޑިއުޓީއަށެވެ. ދުވަސްކޮޅުގެ ގޮތުން ގަޑިޖެހިދާނެތީ އާދައިގެ މަތިން މިއަދުވެސް ޢަމާރާ ގެއިން ނުކުތީ ވިއްސަކަށް މިނެޓް ހުއްޓައެވެ. ހަމަޖެހިލައިގެން ގަޑިއަށް ދެވޭވަރު ވާނެއެވެ. ޕްރައިވެޓް އޮފީހެއްގެ އެކައުންޓިންގ މެނޭޖަރގެ އެސިސްޓެންޓް މެނޭޖަރަކަށް ޢަމާރާ އުޅޭތާ 4 އަހަރާއި ގާތްވީއެވެ. ޢަމާރާގެ އުންމީދަކީ ކެނެޑާގެ ކުއިންސް ކޮލެޖް ފޯ މެޑިސިން އިން ސްކޮލަޝިޕެއް ލިބި ޑޮކްޓަރުކަން ކިޔަވަން ދެވުމެވެ. އެއީ ޢަމާރާގެ އެންމެ ކުޑަ ދުވަހުންފެށިގެން މަންމައާއި ބައްޕަ ދެކެމުންދިޔަ ހުވަފެނެކެވެ. މިއަދު އެ ހުވަފެން ފުރިހަމަކުރަން ޢަމާރާ މަސައްކަތް ކުރާތަން ދެކެން ދުނިޔޭގައި ހުރީ މަންމަ އެކަނި ކަމުގައި ވިޔަސް އެކަން ހަގީގަތަކަށް ވާ ދުވަހުން ބައްޕަވެސް ވަރަށް ފަހުރުވެރި ވާނޭކަން ޢަމާރާ އަބަދުވެސް އަމިއްލަ ނަފްސަށް ވިސްނައިދެއެވެ.

ޢަމާރާ އޮފީހަށްގޮސް މަސައްކަތައިގެން ކުރިއަށްދާން ފެށިއިރުވެސް އެކުގައި އުޅޭ އެކުވެރި ހުޔާގެ ހަބަރެއް ނުވެއެވެ. އެއީ ހުޔާގެ އާދައެވެ. ހާއްސަކޮށް ވިއްސާރަ ދުވަސްކޮޅެއްނަމަ އެކަމުގެ ބަހަނާ ދައްކާނެއެވެ. އެހެންނޫނީ ކޮންމެވެސް އެހެން ބަހަނާއަކުން ފުއްދާލާނެއެވެ. ހުޔާގެ އެ ސިފަ ހުރިކަމުގައި ވިޔަސް ވަޒީފާއިން ވަކިނުކޮށް ބަހައްޓާފައިހުރީ ގާބިލްކަމާއި ކުރަން ހުންނަ މަސައްކަތްތަށް ގަޑިންގަޑިއަށް އަބަދުވެސް ނިންމާތީއެވެ.

“މާރާ.. ކީއްވެތަ ގުޅާވެސްނުލާ އައީ..؟ އަހަންނަށް ކާރެއްވެސް ނުލިބުނު…” ހުޔާ އާދައިގެމަތިން ވާހަކައެއް ހަދާލިޔަސް މިއަދު އެހެން ވެދާނެކަން އޭނާވެސް ގަބޫލުކުރެއެވެ. ވިއްސާރަ ދުވަސް ތަކަކީ މާލޭގައި އުޅަނދުތަކަށް އާންމުކޮށް ބާރުބޮޑު ދުވަސްތަކެކެވެ. އެހެން ވިޔަސް މިއަދު ހުޔާ އައީ ގަޑިޖެހިގެން ސާޅީހަކަށް މިނެޓްވީ ފަހުންނެވެ.

“ހޫމް.. އަހަރެންގެ އޮވޭ ހައެއްކަ ކާރު. ދިހަވަރަކަށް ގެވެސް ހުންނާނެ މާލޭގައި. ހުޔާއަށް ފަސޭހަވެދާނެތީ ނުގުޅީ…” ޢަމާރާ ހުޔާއާ ދިމާކޮށްލުމުގެ ގޮތުން ބުނެލިއެވެ. ” ހޫމް.. އިރާދަ ކުރެއްވިއްޔާ އަދި އަހަރެން ދެކޭނަމޭ އެދުވަސް. މާރާގެ އަމިއްލަ ކާރުގަ ދުއްވާފަ މާރާގެ ގެއަށް ދާތަން..” އެއީ އަބަދުވެސް ހުޔާ ޢަމާރާއާ ދޭތެރޭގައި ކުރާ އުއްމީދެވެ. “މައި ފިއުޗަރ ހާރޓް ޑޮކް..” ޢަމާރާގެ ކޮލުގައި ކޮށްޓާލުމަށްފަހު ހުޔާގެ ގޮނޑީގައި ދަބަސް ބަހައްޓާފައި ފޯން ހިފައިގެން ސައިކޮޓަރިއަށް ދިޔައީ ކޮފީއެއް ބޭނުން ވެގެންނެވެ.

އުމުރުން 22 އަހަރުގެ ޢަމާރާއަކީ އިސްކޮޅުން އެންމެ ހަތަރު ފޫޓް 8 އިންޗި ހުންނަ ރޫފަ ރަނގަޅު ދޮން އަންހެން ކުއްޖެކެވެ. ލާފައި ހުންނަ ގަޔަށްދޫ އަބާޔާގެ ސަބަބުން އިސްކޮޅުން ކުޑަކޮށް ދިގުހެން ހީވެއެވެ. ޝޯލް އަޅާފައި ހުންނަނީ ބޮޑުކޮށްނެވެ. އެއީ ޢަމާރާގެ މަންމައާއި ދައްތަމެން ދަސްކޮށްދީފައިވާ ރިވެތި ސިފަތަކެކެވެ. އަބަދުބެސް ނަމާދު ގަޑީގައި ކުރަން ޢަމާރާ ފަރުވާތެރި ވުމުގެ ނަތީޖާއަކަށްވީ ވަޒީފާއާއި އެހެނިހެން ކަންކަމުގައިވެސް ވަގުތަށް ފަރުވާތެރިކަން ބެހެއްޓުމެވެ.

ޢަމާރާ އަކީ ބޮޑުތިލަދުން މަތީ މީހުންމަދު ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ. ރަށުގައި އޯލެވެލް ނިންމުމަށްފަހު މާލެ ބަދަލުވީ ރަށުން އޭލެވެލް އަށް ކިޔެވެން ނެތުމުންނެވެ. އޭލެވެލްގެ ނަތީޖާ ކިރިޔާ ލިބުނުއިރަށް ޢަމާރާގެ ބައްޕަ ކުއްލި ގޮތަކަށް ނިޔާވީއެވެ. ޢަމާރާގެ ބައްޕަ އާމިރަކީ ރިސޯޓެއްގެ ރަނގަޅު މަގާމެއްގައި ވަޒީފާ އަދާ ކުރަމުން ޢަމާރާއާއި އެއްބަނޑު އެއްބަފާ ދެ ދައްތައާއި ބޭބެ އަދި މަންމަގެ ހަރަދުތަށް ބަރާބަރަށް ބަލަމުންދިޔަ ހަރުދަނާ ބައްޕައެކެވެ. އެދުވަސްކޮޅު ރަށަށް ދިޔައީ މާ ވަރުގަދަ ހުމެއް އައިސްގެން ރިސޯޓްގައި ނުހުރެވިގެންނެވެ. މަންމަ ގާތުގައި ހުރުމުން އަވަހަށް ބަލި ރަނގަޅުވާނެ ކަމަށް ޢަމާރާ ކައިރީ ފޯނުން ބައްޕަ ބުނީ ނިޔާވުމުގެ ދެދުވަސް ކުރިންނެވެ.

ޢަމާރާއަކީ އާއިލާގެ އެންމެ ހަގު ކުއްޖާއެވެ. ދޮންތަ އާއި ތިއްތަ އުޅެނީ ކައިވެނި ކޮށްގެން އެމީހެއްގެ ފިރިން ކައިރީގައެވެ. ބޭބެ ހުރީ ވަޒީފާއަށް ދިޔަތަނުން ލިބުނު ކޯހެއްގައި ލަންކާގައި ކަމުން ބައްޕަ ނިޔާވުމަށްފަހު، ޢަމާރާގެ މަތީތައުލީމަށް އެކަކަށްވެސް ހަރަދު ކުރެވެން ނެތީއެވެ. އެކަމުގެ ސަބަބުން ޢަމާރާއަށް މަޖުބޫރުވީ ވަޒީފާއަކަށް ގޮސް ފައިސާ އެއްކުރާށެވެ. ކޮލެޖްއިން ސްކޮލަޝިޕް ލިބުނަސް ދާންޖެހެނީ ކެނެޑާއަށް ކަމަށްވުމާއި މުޅިން ކޯސް ނިމެން 6 އަހަރު ވާނެތީ ކޯހުގެ އެކިއެކި ކަންކަމުގައި ޙަރަދުކުރުމާއި، ތަންތަނަށް ދަތުރުވެސް ކުރަން ޖެހޭނެކަމަށް ބަލާފައި އެކަށިގެންވާ އަދަދަކަށް ފައިސާ އެއްކުރަން ޢަމާރާ ބޭނުންވަނީއެވެ. އޭލެވެލްގެ ހުރިހާ މާއްދާއަކުން އެންމެ މަތީފާސް ހޯދާފައި ވުމުން ޢަމާރާއަށް ވަޒީފާ ހޯދަންވެސް އުނދަގޫ ކަމަކަށް ނުވިއެވެ.

“މާރާ… ގެސް ވަޓް..” ހުޔާއައިސް ޢަމާރާގެ އަތުގައި ހިފާ ތަޅުވައިގަތުމުން މަސައްކަތަށް ގެއްލިފައިއިން ޢަމާރާ ދިޔައީ ސިއްސައިގެންނެވެ. ” ސާބަހޭ ރަންކޮޅާ ހުޔާ.. ސިއްސުވާ ނުލާވެސް ވާހަކަ ދެއްކޭނެ ނޫންތަ.؟” ޢަމާރާ ރުޅިއަންނަ ގޮތް ދައްކާލިއެވެ.

“އެއްކަލަ ފަހުދު.. މަގޭ ރާޖާ… މެސެޖެއް ކޮށްފި. ހާދަ ދުވަހެއް ވެއްޖެއޭ ފްރެންޑް ލިސްޓުގައި އިންނަތާ.. އެކްސައިޓް ވީވަރުން އަދި ނުވެސް ބަލަން ލިޔެފައި އިން އެއްޗެއްވެސް..” ބައްތިރީސް ދަތް އެއްކޮށް ސޭލް އަޅުވައިގެންހުރެ ހުޔާ ބުނެލިއިރު ޢަމާރާގެ ގާތަށް ހިނިވެސް އައެވެ.

” ސާބަހޭ.. ފިރިހެން ކުއްޖެއް އަދި މެސެޖެއް ކޮށްލިޔަކަސް ތިވަރު ވާކަށް ނުވާނެ.. އެ ވެދާނެ މިއަދު ގެއަށް ދާއިރު ގަނެގެން ގެންދަން މަންމަ ފޮނުވާފަ އޮތް ގްރޮސަރީ ލިސްޓަކަށް..” ޢަމާރާ ގަސްތުގައި ހުޔާއާ ދިމާކޮށްލިއެވެ. ” އެއްކަލަ މާރާ.. ދެން އޭނާވެސް ގްރޮސަރީ ލިސްޓެއް ނުފޮނުވާނެދޯ މަށަކަށް.. މާރާއަށްވެސް ފިރިހެނެއް ފެނި ލޯބިވީމަ އަދި އެނގޭނެ މި ވާ ގޮތް…” ހުޔާގެ ވާހަކަ ޢަމާރާއާ އަމާޒު ކޮށްލިއެވެ.

“ހޯ ހޯ.. އަހަރެން ތިކަމަށް ނުވައްދާ.. ހުޔާ ކުރާނެ ކަމެއް ހުޔާ ކުރަންވީ. އަހަރެން ބޭނުމެއްނޫން ޑޮކްޓަރ ކަމުގެ ސަނަދު އަހަރެންގެ އަތަށް ލިބުމުގެ ކުރިން ތިކަހަލަ ކަމަކާ ވިސްނާކަށްވެސް. އެހެންނޫނީ ޖެހިދާނެ މަގޭ ކެރިއަރ، މަގޭ ޑްރީމް އެހެން މީހެއްގެ ލޯތްބަށް ޓަކައި ގުރުބާން ކޮށްލަން. އޭރަށް މަންމަމެން ވެސް ކިހާ ދެރައެއް ވާނެ.” ޢަމާރާ ސާބިތުކަމާއެކު ވާހަކަ ދެއްކިއެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ކިޔެވުން ކުރިޔަށް އޮއްވައި މީހަކާ ރައްޓެހިވުމަކީ ބޭކާރު ކަމެކެވެ. އޭގެ ސަބަބުން ކިޔެވުމަށް ދޭންޖެހޭ ސަމާލުކަންވެސް އޮންނާނީ ނުދެވިފައި ކަމުގައެވެ.

ގަޑި ބަލާލަމުން މެންދުރު ކެއުމުގެ ވަގުތު ޖެހިއްޖެ ކަމަށްބުނެ ޢަމާރާ ތެދުވީ އޮފީހުން ކެއުން ހަމަޖައްސާފައި ހުންނަ ކެފޭއަށް ދިއުމަށެވެ. އެތަން ހުންނަނީ އޮފީހުގެ ކުރިމަތިން މަގުގެ އަނެއް ފަރާތުގައެވެ. މިއީ ކޮންމެ ދުވަހަކުވެސް ޢަމާރާގެ ޝެޑިއުލް އިންނަ ގޮތެވެ. ބަރާބަރު 11:50 އަށް ކެފޭއަށް ގޮސް ކައި ނިމޭއިރު ހުންނާނީ ގިނަދުސް ދުވަހު ބަންގި ގޮވާފައެވެ. އޭގެ ފަހުގައި އޮފީހުގެ ނަމާދު ކޮޓަރިއަށް ގޮސް ނަމާދުކޮށް ނިމޭއިރު ބްރޭކް ގަޑިވެސް ނިމެން ކައިރިވާނެއެވެ. ނަމާދުކޮށްގެން ކާން ނުދަނީ މެންދުރަށް ކެފޭގައި މީހުންތަށް ތޮށްޖެހިފައި އޮންނާތީއެވެ. ޢަމާރާއާއެކު ކޮންމެ ދުވަހަކު މެންދުރު ކެއުމުގައި ހުޔާވެސް ބައިވެރިވެއެވެ.

“މާރާ ބޭނުމެއް ނޫންތަ އަހަރެން އެ މެސެޖް ކިޔާއިރު ބަލާލާކަށްވެސް..” ހުޔާ ކެފޭއަށް ވަންނަމުން ޢަމާރާއާ ސުވާލުކޮށްލިއެވެ. ” އަހަރެންވެސް ބޭނުން އެ މެސެޖްގަ އޮތީ ކޯޗެއްތޯ ބަލާލަން. އެހެން ވިޔަސް އެ ވެދާނެ ވަރަށް ޕާސަނަލް މެސެޖަކަށްވެސް. ފުރަތަމަ ހުޔާ ކިޔާލާ. އޭގެ ފަހުން ޝެއަރ ކުރެވޭވަރު ވާހަކައެއް ވިއްޔާ ބުނަންވީ ހަމަ. އަހަރެން އަޑު އަހާނަން..” ހިތްހެޔޮ ކަމާއެކު ޢަމާރާ ވާހަކަ ދެއްކިއެވެ.

ތައްޓަށް ކާއެއްޗެހި އަޅައިގެން ގޮސް އެދެމީހުން އާންމުކޮށް ތިބޭ މޭޒު ކައިރީ އިށީނދެލިއެވެ. “”ޔެސް.. އާ…. މޫ .” ތޫލި އަޑަކުން ހަޅޭއްލަވައިގަތް ހުޔާއާ ދިމާލަށް ޢަމާރާ ދެލޯ ބޮޑު ކޮށްލަމުން ބަލައިލީ ކެފޭ ތެރޭގައި ތިބި މީހުން ބަލާތީއެވެ. ހުޔާގެ އަތުގައި ޢަމާރާ ޖަހާލުމުން ކޮޅުކޮޅަށް ބަލާލުމަށްފަހު ސޮރީއޭ ބުނެފައި ގޮނޑީގައި އިށީނދެއްޖެއެވެ.

“ސާބަސް.. ލަދުން ހަލާކުވާ ވަރު ވެޔޭ އެބަ. މީހުން އަދިވެސް އެވަރަށް އެބަ ބަލާ.. ކިހިނެއްތަވީ.؟” ޢަމާރާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. “ހީ އާސްކްޑް މީ އައުޓް” ހުޔާ ބުނެލި އެއްޗަކުން ޢަމާރާ ވަރަށް ހައިރާންވިއެވެ. “އަލަށް ވާހަކަ ދައްކާ ދުވަހުވެސް ބައްދަލު ކުރަންތަ ބުނަނީ.. އިޒިންޓް އިޓް ވިއަރޑް..” ޢަމާރާ އަނގައަށް ގޮތެއް ހަދާލަމުން ހިތަށް އެރިގޮތަށް ބުންޏެވެ.

“މީ.. މާރާ.. ސޮރީ.. މީ ފުރަތަމަ ފަހަރެއްނޫން ވާހަކަ ދެއްކި.. އަހަރުމެން ކުޑަކޮށް ވާހަކަ ދައްކަން..” ހުޔާ ހީނލިއެވެ. “އެކަމަކު ބައްދަލުވާން އެ ބުނީ ފުރަތަމަ ފަހަރަށް.. އެހެންޏާ މުޅިންވެސް ހުންނާނީ ހާލު ބަލަން މެސެޖް ކޮށްފަ. ކުރިން ދުވަަހަކު ބުނި ވާހަކައެއް ބުނަން އެބައޮތޭ. މިއީ ކަންނޭނގެދޯ އެ ބުނި ވާހަކައަކީ.. އައިމް ސޮރީ މާރާއަށް ސިއްރު ކުރެވުނީމަ.” ހުޔާ އިސްޖަހައިގެން އިނދެ ވާހަކަދެއްކީ ޢަމާރާ ރުޅިއައިސްދާނެ ކަމަށް ވިސްނައިގެންނެވެ.

“ރަނގަޅު.. ތިކަހަލަ ކަންކަމަކީ ފުރިހަމަ ޔަގީންކަން ނުލިބެނީސް އެއްވެސް މީހަކާ ހިއްސާ ކުރާކަހަލަ ކަން ކަމެއް ނޫން. ހުޔާ ބޭނުންވަންޏާ މަންމައާ ހިއްސާ ކުރުން އެންމެ ރަނގަޅުވާނީ. އަހަރެންނަށް ހީވަނީ ސީމައްތަ ވަރަށް ރުހޭނެހެން ފަހުދުއާ..” ޢަމާރާގެ ވާހަކަ އަޑުއަހަންއިން ހުޔާގެ ހިތް އުފަލުން ފުރިގެން ދިޔައެވެ. ޢަމާރާއަށްވެސް ފަހުދު އެނގެނީ 12 ގައި އުޅުނު އަހަރު ފެނިފައި ހުރި ކުއްޖެއް ވީމައެވެ. އެކަހަލަ ރަނގަޅު ރަހުމަތްތެރިން މި ޒަމާނުގަ ނުލިބޭނެއޭ ހުޔާއަށް ހިތާ ހިތާ ބުނެލެވުނެވެ. ޢަމާރާގެ އަތުގައި ހިފާލަމުން “ތެންކިޔޫ” އޭ ބުނެލެވުނީ ހިތަށް ލިބިފައިވީ ހިތްހަމަޖެހުމެއްގެ ސަބަބުންނެވެ.

ކެއުމަށް އިންސާފް ކުރަމުންދިޔައިރު ހުޔާ ޢަމާރާ ކުރެން ދެން ކަންތަށް ކުރާނެ ގޮތް އަހަމުން ދިޔައެވެ. ޢަމާރާ ބުނަމުންދިޔައީ ހުޔާގެ މަންމަ ކައިރީގައި އެވާހަކަ ހިއްސާ ކުރުމަށެވެ. އަދި ބައްދަލު ކުރަން މީހުން މަދު އެކަހެރި ތާކަށް ނުދިއުމަށް ހުޔާއަށް ނަސޭހަތްތެރި ވިއެވެ.

ޢަމާރާއާ އެއް އުމުރެއްގެ ހުޔާއަކީ ބުރުގާ ނާޅާ ހުންނަ ކުއްޖަކަށް ވިޔަސް ޢަމާރާ ފަދައިން ބަރާބަރަށް ނަމާދުކުރެއެވެ. ނިވާކަން ކުޑަ ހެދުން ލުމަކީ ހުޔާއަށް ކަމުދާ ކަމަކަށް ނުވާތީ އެކަން ނުކުރި ކަމުގައި ވިޔަސް އޮފީހަށް ދާން ލަނީ މާހައުލާ ގުޅޭ ގޮތަށް އޮފީސް ޓޮޕާއި ބެލްސެވެ. އޮފީސް އިވެންޓް ތަކުގައި ގަޔަށްބާރު އެއްޗެހި މަދުން ލައި އުޅެއެވެ. އިސްކޮޅުން ޢަމާރާއަށްވުރެ ދިގަކަސް އަބަދު ހުންނާނީ ހީލްގައެވެ. ހަަމުގެ ކުލަ އަލިވެފައި ކަޅުކަންގަދަ އިސްތަށިގަނޑު އަބަދުވެސް އޮންނަނީ ކޮނޑާ ހަމަޔަށް ކޮށާލާފައެވެ.

“މައިންޑް އިފް އައި ޖޮއިން..” ކައިރީގައި މީހަކު އިށީނދެލިހެން ހީވެގެން ބަލާލިގޮތަށް ޢަމާރާގެ މޫނުމަތި ފުސްވެގެން ދިޔައީ ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ. “ޑޯންޓް ޔޫ ހޭވް އެނީ މެނަރސް.. އަހަނީވެސް ތި އިށީނދެފައި.. ހުއްދަ އާއެކު ކަންކަން ކުރަން ބޭނުން ނުވާއިރު ކީއްކުރަން އަހަނީއެއް..” ރިޔާންއަކީ ހުޔާވެސް ފޫހިވާ މީހަކަށް ވުމުން އެ ފޫހިކަމުގައި ރައްދު ދެވުނެވެ. ޢަމާރާ ހަމަ އަނގައިވެސް ނުބުނެ ބެލީ ކާއެއްޗެހި ހުސްކޮށްލާފަ އެތަނުން އަވަހަށް ދެވޭތޯއެވެ.

“އާމް.. އަދިވެސް ޖަވާބެއް ނުދެމެއްނު އަހަންނަކަށް..” ޢަމާރާގެ ނަން ރިޔާން ބޭނުންކުރާ ގޮތުންވެސް ޢަމާރާ އޭނާދެކެ ހިތްހަމަ ނުޖެހެއެވެ. ” އަދި ދެތިން ކުދިން ކައިރީ އަހާލަބަލަ ރައްޓެހިވާން. އޭރަށް ގައިމުވެސް ކޮންމެވެސް އެކަކު ލިބިދާނެ. އަހަރެން ކައިރީ އަހާފަ.. އެވަރުން ނުފުދިގެން ހަމަ އެ ދުވަހު ސަޖޫއާ މަލާ ކައިރީގަވެސް އެހީ… ރިޔާން ނުގަނޭދޯ ލަދެއްވެސް.. މަ ނޫޅެން މީހަކާ ރައްޓެހި ނުވެވިގެނެއް. އަދި އަމުދުން އެވެސް ރިޔާންއާ.. ދުވަހަކު މީހަކު ނުލިބުނަސް އިރާދަކުރެއްވިއްޔާ ކަލެޔަކާ ވައިވެސް ނޭޅޭނަން. ” ޢަމާރާ އިންތަނުން ތެދުވަމުން އެހެން ބުނެލުމުން ރިޔާންގެ ގާތަށް ރުޅި އައިސްފިއެވެ. “އަދި ބުނަން އަހަންނަށް ކިޔަނީ އާމް އެއް ނޫން.. ޢަމާރާ ނުކިޔެންޏާ ‘ކަލޭ’ ކިޔައިގެން ވާހަކަ ދައްކާ…” ދާން އެނބުރިފައި ޢަމާރާ ބުނެލިއެވެ.

“މާ ރީތި މީހެއް ކަމަށްތަ ތިހާ ފޮނި ތިވަނީ.. ޝުކުރު ކޮށްބަލަ މަ ކަލޭ ފަހަތުން އުޅޭ ކަމަށްވެސް.. އަދި އުޅޭނެ މާ މާތް މީހަކަށް ވެގަނެގެން. ފަލަކަން ފޮރުވަން ވެގެންނޭ ބޮޑުހެދުން ލައިގެން އުޅެނީ.. މަ ބަލާނަމޭ ކިހާ ރީތި ކާކުތޯ ކަލެޔާ އިންނަނީ.. މަ ހުންނާނަން މަ ފައިބުޑަށް ޖެހޭ ދުވަހަކުން ރިޖެކްޓް ކޮށްލަން ތައްޔާރުވެގެން..” ރިޔާން ކެފޭތެރޭގައި ތިބި މީހުނަށް އަޑު އިވޭނެހެން ބުނެލުމުން ހުޔާ ރައްދުދޭން އުޅުނެވެ. އެކަން ހުއްޓުވީ ޢަމާރާއެވެ. “އެކަހަލަ ގޮތެއްނެތް މީހެއްގެ އަނގައިން ބަހެއް ހުހެއް ނުވާނެއޭ” ބުނެލާފައި ހުޔާގެ އަތުގައި ހިފައިގެން ދިޔުމުން ރިޔާން އިތުރަށް ރުޅިގަދަވީއެވެ. ފަހަތުން ދާން އުޅެފައިވެސް ނުދިޔައީ ކެފޭގައި ތިބި އޮފީސް މީހުން ބަލާވަރުންނެވެ. “ޢަމާރާތީ އަހަރެންގެ މީހެއް.. އަހަރެން އަދި މިކަމުގެ ބަދަލު ހިފާނަން.” ރިޔާންގެ ހިތުގައި ވިއެވެ.

ރިޔާންގެ ސަބަބުން ހުޔާއާއި ޢަމާރާއަށް ރަނގަޅަށް ނުކެވި މޫޑުވެސް ހަރާބުވީއެވެ. މަސައްކަތުގައި ކުޑަ އިރުކޮޅެއް ވީހާއިރުން އެކަން މުޅިން ހަނދާން ނެތިއްޖެއެވެ. އެހެންވިޔަސް ދެމީހުންވެސްތިބީ ވަރަށް ބަނޑުހައި ވެފައިކަމުން ބޭނުންވީ އޮފީސް ނިމިގެން ކޮންމެވެސް އެއްޗެއް ކާލައިގެން ގެއަށް ދާށެވެ. އަވަހަށް ޑިއުޓީ ނިމިގެން ހުޔާ ދިޔަޔަސް މަސައްކަތް ގިނަކަމުން ޢަމާރާއަށް އޮފީހުން ނުކުމެވުނީ 5 ޖެހި ފަހުންނެވެ. ގެއަށް ދަމުން އޮފީސް ނިމިގެން އޭނާއަށް ގުޅުމަށްއެދި ޢަމާރާއަށް މެސެޖްކޮށްފައި ހުޔާ އޮތެވެ.

“ދާންވީދޯ..” ޢަމާރާ ހޫން އެކޭ ބުނެ ފޯން ބޭއްވުމުން ހުޔާ އަވަސްވެލީ ޢަމާރާގެ ކައިރިއަށް ދިއުމަށެވެ. ހުޔާ އުޅެނީ ސައިކަލްގައި ކަމުން މާ ގިނައިރެއްނުވެ އަތުވެއްޖެއެވެ. “ކީއްވެ ސައިކް ބެހެއްޓީ؟” ހުޔާ ސައިކަލް ޕާކުކޮށްފައި އައުމުން ޢަމާރާ އަހާލިއެވެ. “މިތާކަށް ނޫންތަ؟”

“އާން.. ނުދާނަން ތިތާކަށް… އެ ރިޔާން އިންނާނެ އަދިވެސް ތިތާ އެތެރޭގައި، ވަންނަހާ އަންހެން ކުދިންނަށް ބަލަން..” ތުން އަނބުރާލަމުން ޢަމާރާ ބުނެލިއިރަށް ހުޔާވެސް އެއްބަސްވެ ސައިކަލަށްއަރާ ސްޓާޓް ކޮށްލިއެވެ. “ކޮންތާކަށް ދާނީ؟” ސައިކަލްގެ ފަހަތަށް އަރަމުން ޢަމާރާ އަހާލިއެވެ. “އެބައިން ތަނެއް.. ވަރަށް ފަހުން ހުޅުވި.. އެކަމް ތަންކޮޅެއް ދުރުގަ.. އޯކޭ ވާނެތަ؟” ހުޔާ ސައިކަލް ދުއްވާލަމުން އަހާލީމައި ޢަމާރާ ހޫން އެއް އަޅުވާލީ އަކުރަށް ދަމާލާފައެވެ.

ރަނގަޅަށް ސައިބޮއެގެން ރެސްޓޯރަންޓް އިން ހަމަ ނުކުމެވުނު އިރަށް މަޢްރިބް ނަމާދަށް ބަންގި ގޮވައިފިއެވެ. އެކުން ގިނައިރުވީ ހުޔާ ފަހުދުގެ ވާހަކަ ކިޔައިދޭން ހަދައިގެންނެވެ. ނުކުންނަމުން މަންމަ ކައިރީގައިވެސް ގެޔަށްގޮސް ބުނި ވާހަކަ ހުޔާ ބުނެލީ އުފާވެފައި ހުރެއެވެ.  “މިހާ އަވަހަށް ދައްކާލީ އެ ވާހަކަވެސް… ނޫނޭ ކުޅަދާނަ އިނގޭ.. މާދަމާ ގުޅާފަ ބުނާނީއެއްނޫން 1 ޖަހާ އިރަށް ކޯޓަށް ދާން.. ނުދާނަން މަށެއް އެހާ ވަގުތު ކުޑަކޮށް ބުނެގެނެއް.” ޢަމާރާ ހުޔާއާ ދިމާކޮށްލުމުގެ ގޮތުން ބުނެލިއެވެ. “ދެން އިނގެއޭނުން ޕްލޭން ނުކޮށެއް މަށެއް އެކަހަލަ ކަމެއް ނުކުރާނެކަން..” ސައިކަލަށް އަރާ ދުއްވާލަމުން ހުޔާ ބުނެލިއެވެ. ” ކިހިނެއް އިނގެނީ.. މިހާރުވެސް އެވީ ވަގުތުކޮޅުގައި ތި އައީ މަންމަ ކައިރީ އެ ވާހަކަ ކިޔާފައޭނުން.. ދެން މަންމަ ކީކޭތަ ބުނަނީ އެ ކަމުގަ؟” ޢަމާރާ އިތުރަށް އެނގެން ބޭނުންވީ ބެސްޓްފްރެންޑްގެ ކަމެއް ވީމައެވެ.

“ދެން އިނގެ އެންނު.. މަންމަ ބޭނުމެއް ނުވާނެކަން އަހަރެން އެކަނި ފަހުދުއާ ބައްދަލުވާން ދާކަށް. އެއީ ފުރަތަމަ ފަހަރު ވިޔަސް އަދި 100 ވަނަ ފަހަރު ވިޔަސް. އަހަރެން ބުނިން އަދި ފަހުދަކަށް ނުކެރޭނެއޭ ފުރަތަމަ ފަހަރަކަށް ގެއަކަށް އަންނާކަށް.. ދެން މަންމަ ބުނެފި އާއިލާ މީހަކު ގޮވައިގެން ދާން ބޭނުން ނުވަންޏާ ޢަމާރާ ގެންދާށޯ.. ދާނަން ދޯ..” ހުޔާ ސައިކަލް ދުއްވަމުން ވާހަކަ ދެއްކީ ލޯގަނޑުން ޢަމާރާގެ މޫނަށްވެސް ބަލަމުން ކަމުން ޢަމާރާ ލޯބޮޑުކޮށްލިތަން ފެނުނެވެ. “ކިހިނެއްވީ..؟ ނުދާނީތަ؟” ޢަމާރާ އެއްޗެއް ނުބުނުމުން ހުޔާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. “އުހުން.. ދެން ނުދާކަށް ނޫން. އެކަމަކު ތާރޑް ވީލް އަކަށް އަހަރެން ދާން. ކީއްތަ ކުރާނީ އަހަރެން ގޮސް. ތިމީހުން ދައްކަން ބޭނުންވާ ވާހަކަ ތަކެއްވެސް ނުދެއްކޭނެ އެއްނު އަހަރެން އިނީމަ. ޔަގީން ހުޔާގެ މަންމަވެސް އަދި ގުޅާނެ މަށަށް ތިކަމުގަ.” ޢަމާރާ އެއް ނޭވާއިން ބުނެ ނިމުނުއިރަށް ހުޔާއަށް ހެވިއްޖެއެވެ. އެކަން ވާނެގޮތް ޢަމާރާއަށް އެނގޭނެކަން ހުޔާއަށް އެނގެއެވެ.

“ގުޅާނީ އެކަނިތަ. މާރާއާ ޑީލްވެސް ކުރާނެ. ދާ ތަނެއްވެސް ބަލާނެ.. އެ ދުވަހުވެސް ގުޅާނެ ވާނުވާ ބަލަން ޢަމާރާއަށް.. އެކަން އެނގެއެއްނު.. ތާރޑްވީލް އަކަށް ގޮސް ޢަމާރާ އިންނާނެ ކަމެއް ނެތޭ އަހަރުން ތިބޭ މޭޒަކު.. އަހަރެން ޢަމާރާ ބައިންދާނަމޭ އެހެން މޭޒެއްގަ.. އެވަރު އޯކޭ އެއްނު.. ދެން ނިމުނީމަ ދާނީ..” ހުޔާ އައިސް މަޑުކޮށްލީ ޢަމާރާ އުޅޭގެ ކައިރީގައެވެ. ސައިކަލް ޕާކަށް ޖަހާލަން ތަންކޮޅެއް ލިބުމުން ބަހައްޓާފައި ޢަމާރާއާއެކު އެތެރެއަށްވަނީ ނަމާދު ކޮށްގެން ގެއަށް ދިއުމަށެވެ.

“އާން ވަރަށް މޮޅު.. އަހަރެން އެކަންޏޭނުން ދެން އިންނަން ޖެހޭނީ.. ކިހާ ފޫހިވާނެ..” ސިޑިން އަރަމުން ދިޔަ ޢަމާރާ ތުން އޫކޮށްލިއެވެ. “ދެން އޯކޭ ވެބަ.. ނުވާނެއޭ އެހާ އިރެއް.. ބްރޭކްފާސްޓަކަށް ދާން މިކިޔަނީ ހުކުރު ދުވަހު. އޭރަށް މީހުންވެސް މަދުވާނެ. ފަހުދުވެސް ބޭނުންވަނީ އެ ގޮތް.. އޭނައަށް އެނގޭނެ އަހަރެން ޢަމާރާ ގެންދާކަން. އޯކޭ ވެބަދެން..” ހުޔާ ކުރު ނުކުރުމުން އެންމެ ފަހުން ޢަމާރާއަށް ޖެހުނީ އެއްބަސް ވާށެވެ.

ނަމާދުކޮށް ނިމިގެން ހުޔާ ގެއަށް ދިއުމުން ޢަމާރާ ފޯނުނަގާ އާދައިގެމަތިން މަންމައަށް ގުޅާލިއެވެ. މަންމަގެ ލޯބި އަޑު ކަންފަތުގައި ޖެހުމާއެކު ޢަމާރާގެ ހުރިހާ ވަރުބަލިކަމެއް ފިލައިގެން ދިޔަކަހަލައެވެ. “ދަރިފުޅާ.. މަންމަ މިއަދު ވަރަށް ހަނދާންވި މާރާ މަތިން..” މަންމަގެ އަބަދުވެސް ހުންނަ ރާގުގައި ބުނެލިއެވެ. “ދެން ކީއްވެ މަންމަ ނުގުޅީ.. އެހެންޏާ ހަނދާން ވާއިރަށް ގުޅާނެ.. ބުނެބަ.. ފޯނުގަ ރުފިޔާ ނެތީތަ؟” ޢަމާރާއަށް މަންމަގެ ގޮތް ރަނގަޅަށް އެނގޭތީ މަޑުމަޑުން ބުނެލިއެވެ. “މަންމަ ދިޔައީމޭ ފިހާރަޔަށްވެސް.. ހަނދާން ނެތިގެން އާދެވުނީ ހަމަ..” ޢަމާރާގެ މަންމަ ވިސާމާ ބުނެލިއެވެ. “މަޑު ކުރައްޗޭ މަންމާ..” މިހެން ބުނެ ޢަމާރާ މަންމަގެ ފޯނަށް ރުފިޔާ ފޮނުވާލަދިނެވެ. “މިހާރު އިންނާނެ ރުފިޔާއެއް އަޅާފަ އިނގޭ.. މަންމަ ހަނދާންވީމަ ނުގުޅާ ނުހުންނައްޗޭ.. މަންމާ.. ކީއްވެތަ މިއަދު މާ މަޑުން ތި އިންނަނީ..؟” ޢަމާރާއަށް ވާހަކައިގެ ތެރެއިން ފާހަގަވީ ކަމެއް އިތުރުކޮށްލިއެވެ.

“ދަރިފުޅު ދާން ކައިރިވާތީ… ދެން ހާދަ ދުވަހަކުންނޭ މަންމައަށް މަންމަގެ ދަރިފުޅު ފެންނާނީ..” ވިސާމާއަށް ކުޑަކޮށް ރޮވުނެވެ. “އަޅެ މަންމާ.. އަޅުގަނޑު އަންނާނަމޭ ކޮންމެ އަހަރަކު މަންމަ ކައިރިއަށް. މިހާރުވެސް މި ދެވެނީ އެ ގޮތަށްދޯ.. މަންމަ ނުރޮއެބަ. އަހަރެން މި މަސައްކަތް ކުރަނީވެސް ކޮންމެ އަހަރަކު މަންމަ ކައިރިއަށް އަންނަން ވެގެން ކަން މަންމައަށް އެނގޭދޯ.. ދެން އެހެން ނޫނަސް އަދި އެބައިން 3 މަސް..” ޢަމާރާ މަސައްކަތް ކުރީ މަންމަ ހަމަޔަކަށް އެޅުވޭތޯއެވެ. އެހާ ދުރަށްދާން ޖެހޭތީ ޢަމާރާވެސް ހުންނަނީ ވަރަށް ޖެހިލުންވެ ދެރަވެފައެވެ. އެކަން އިނގޭނީ ހުޔާއަށް އެކަންޏެވެ. މަންމަމެނަށް އޭނާ ދެރަވާކަން އެނގިގެން އިތުރަށް އެމީހުން ދެރަ ކުރާކަށް ބޭނުން ނުވާތީ އެވާހަކަ އެމީހުން ކައިރީ ނުދައްކައެވެ. އާއިލާއާއި ދުރުގައި އުޅެން ޖެހުމަކީ ޢަމާރާއަށް އުނދަގޫ ކަމަކަށް ވިޔަސް އުއްމީދުތަށް ފުރިހަމަ ކުރުމަށް މިވަނީ ދުރަށް ދާން މަޖުބޫރު ވެފައެވެ.

މަންމައާއި ވަގުތުކޮޅަކު ވާހަކަ ދައްކާލުމަށްފަހު ޢަމާރާ ފޯން ބޭއްވީ ރޭގަނޑު ހުޔާއާއި އެކު ބޭރަށް ދާނެކަމަށް ބުނެފައެވެ. ލަސްނުވެ ގެއަށް އައުމަށް ވިސާމާ ޢަމާރާއަށް ނަސޭހަތްތެރި ވިއެވެ. ޢަމާރާއަކީ އަބަދުވެސް މަންމަގެ ބަސް އަހާ ކިޔަމަންތެރި ކުއްޖެކެވެ. ޢިޝާ ނަމާދު ކޮށްލައިގެން ޢަމާރާ ތައްޔާރު ވަމުން ދިޔައީ ހުޔާއާއިއެކު ހުޔާމެންގެއަށް ދިއުމަށެވެ. ހުޔާގެ ބައްޕައަކީ މާލެ މީހަކަށް ވިޔަސް އެއީ އެހާ ފޯރާ ބައެއް ނޫނެވެ. ހުޔާއާއިއެކު 7 ކުދިން ތިބޭއިރު ހުޔާއަކީ 3 ވަނައަށް ދޮއްޓަށްހުރި ކުއްޖާއެވެ. ހުޔާގެ ދޮއްޓަށް ބޭބެއަކާއި ދައްތައެއް ހުރެއެވެ. ހަގަށް ތިބެނީ 3 އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ.

“ހުޔާ.. އަހަރެން ކޮން ވާހަކައެއްތަ ދައްކާނީ ހުޔާ މަންމައާ.. އަހަންނަކީ ދޮގުހަދަން އެނގޭ މީހެއްވެސް ނޫނޭ..” ތައްޔާރުވާން ހުރެގެން ޢަމާރާ ވާހަކަދެއްކީ ހުޔާއާއި ފޯނުންނެވެ. ހުޔާވެސް އޭރު ޢަމާރާ ބަލައިދާން ތައްޔާރުވަނީއެވެ. ހުޔާ ޖަހާލީ ހިނިގަނޑެކެވެ. މިރޭ ވާނެގޮތެއް އެނގޭތީ ހިނިއާދެވުނީއެވެ. ބައްޕަ ގޭގައި އުޅޭތީ މަންމަ އަދި އިހަށް އެ މައުޟޫއަށް އެހާ ސީދާ ސީދާކޮށް ވާހަކަ ނުދައްކާނެކަން އޭނާ އެނގެއެވެ. ދަރިއެއް ކަމަކު އެދެފިނަމަ އޭނާގެ މަންމައަކީ އެކަން ކޮށްދޭ މީހެކެވެ. ހުޔާ މަންމަ ކައިރީގައި އެދުނީ އަދި ބައްޕައަށް އެކަން ނޭންގުމަށެވެ. ހުޔާގެ މަންމަވެސް ގަބޫލު ކުރާ ގޮތުގައި ފަހުދުގެ ގޮތް އަދި ބަލަން ޖެހޭނެއެވެ. ހުޔާގެ ބައްޕަ ކައިރީގައި ބުނެފިނަމަ ފަހުދުގެ ފަތިފުށް ނޭނގެނީހެން ކައިވެނި ކުރުވަން އުޅެފާނެތީއެވެ. އޭރުން ހަލާކުވާނީ އަމިއްލަ ދަރިފުޅުގެ ދިރިއުޅުން ކަމުގައި ވިޔަސް ހުޔާގެ ބައްޕަ ބޭނުންވަނީ ވީހާވެސް އަވަހަކަށް ދަރިން ކައިވެނިކޮށްގެން ގެއިން ފޮނުވާލާށެވެ. އެއީ ހުޔާގެ ބައްޕަ ހަމީދުގެ ހުންނަ އުނި ސިފައެއް ކަމުގައި ސީމާ ދެކެއެވެ.

ލައިގެންހުރި ކްރީމް ކުލައިގެ އަބާޔާއާއި ޝޯލްއަށް ދަމާލާ ރީތިކޮށްލަމުން އަދި އެއްފަހަރު ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. ހިތްހަމަ ޖެހޭވަރު ވުމުން ގެއިން ނުކުތީ ހުޔާ އައިސް ހުރިކަމުގެ މެސެޖް ލިބުމުންނެވެ. “އާޗާ.. ލޯބިކަން. މިއަދު އަހަންނަށް އުނދަގޫވާނެ މާރާ ގޮވައިގެން ސައިކަލްގަ ދާން… އަހަރެންމީ ފިރިހެނެއްނަމަ މިރޭ އިންނަން އަހާނަން..” އާދައިގެމަތިން ހުޔާ ސަމާސާ ކޮށްލިއެވެ. “ހޫން ހުޔާވެސްދޯ.. އަހަރެންވެސް އާނބަސް ބުނާނަމޭ ތީ ފިރިހެނެއްނަމަ..” ޢަމާރާގެ ޖަވާބާއެކު ދެމީހުން އެކީ ބާރަށް ހޭންފެށިއެވެ.

“ހޭވް ސަމް މެނަރސް ލޭޑީސް..” ޖީ.އެން ސައިކަލެއްގައި ދެ ފިރިހެންކުދިން ދަމުން ކައިރިކޮށްލާފައި ދުއްވަން އިން ކުއްޖާ ބުނެލިއެވެ. ” ތިމީހުން ބާރުބާރަށް ސައިކަލް ދުއްވާ އަޑުގަދަ ކުރަނީ މެނާރސްއާ އެކުގަތަ؟” ހުޔާ ދޫކުރަން ބޭނުން ނުވެގެން ބުނެލިއެވެ. “ހުޔާ.. ޑޯންޓް..” ޢަމާރާ ހުޔާގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. އެ ވަގުތު އަނެއް ސައިކަލްގެ ފަހަތުގައި އިން ކުއްޖާ ޢަމާރާއަށް ބަލާލިއެވެ. ޢަމާރާވެސް ސައިކަލް ދުއްވަން އިން ފިރިހެން ކުއްޖާއާ ދިމާލަށް ބަލާލަމުން “ސޮރީ” އޭ ބުނެލަމުން ހިނިތުން ވެލިއެވެ. ހުޔާ ސައިކަލްގެ ސްފީޑް ބާރުކޮށްލީ އެތަނުން އަވަހަށް ދެވޭތޯއެވެ.

“ސަޅި މަންޖެއެއްދޯ.. ދާންވެއްޖެ ފަހަތުން.” ހުމާމް ސައިކަލްގެ ސްޕީޑް ބާރުކޮށްލަމުން ބުނެލިއެވެ. “އުހުން.. ދާނެކަމެއް ނެތް. މަ މިތަނަށް ބާލާފަ ދަންޏާ ދޭ. އެކަހަލަ ކަންކަމުގެ ތެރެއަށް އަހަރެން ބޭނުމެއްނޫން ވަންނާކަށް.” ފަހަތުގައި އިން ފިރިހެން ކުއްޖާ ބުނެލީ އަސަރެއް ނެތިއެވެ. އެއީ ހުމާމްގެ އެންމެ ދުވަސްވީ ގާތް އެކުވެރިޔާ ކަމުން ހުމާމްއަށް އެގޮތަށް ކަންތަށް ކުރާކަށް ނުކެރުނެވެ. މިސްރާބް ބެހެއްޓީ ދާންއޮތް ކެފޭއާ ދިމާލަށެވެ. މިހާރު އެ ދެމީހުން ފިޔަވާ އެހެން ހުރިހާ އެކުވެރިން އެތަނަށް ޖަމާ ވެއްޖެއެވެ. އެރެއަކީ އެމީހުންގެ އެކުވެރިޔާ ކިޔަވަން ހުރެފައި ސެމިސްޓަރ ބްރޭކަށް އައުމުން އެކަމުގެ އުފަލުގައި ޕާޓީއެއް ބާއްވައިގެން އުޅޭ ރެއެކެވެ. ހުމާމްގެ މަސައްކަތަކަށްވީ އެކުވެރިޔާ އެތަނަށް ގެނައުމެވެ. ފޯނުން ބުނެގެން އޭނާ އެތަނަށް އަމިއްލަ ރުހުމުގައި ނާންނާނެކަން އެނގޭތީއެވެ.

ޢަމާރާ ގޮވައިގެން ހުޔާ އައިސް ގެއަށް ވަންއިރު ހުޔާގެ ދޮންބެ ހާނިމް ގެއިން ނުކުންނަނީއެވެ. ހާނިމް ވަރަށް ފަރުވާތެރިކަމާއެކު ޢަމާރާއާއި ހުޔާއަށް ބަލާލަމުން ހިނިތުން ވެލައިފިއެވެ. ހާނިމް ދެކޭގޮތުގައި ޢަމާރާއަކީވެސް އޭނާގެ ކޮއްކޮއެކެވެ. “މަންމަމެން އެންމެން އެބަތިބި ސިޓިންގ ރޫމުގަ..” ހާނިމް ސައިކަލަށް އަރަމުން ހުޔާއަށް ބުނެލިއެވެ. “އޯކޭ ދޮންބޭ.. ބައްޕަވެސް އެބައިންދޯ..” ހުޔާ ބޭނުންވީ ބައްޕަ ގޭގައި އުޅޭތޯ ޔަގީން ކުރުމަށެވެ. ހާނިމް ބޯ ޖަހާލާފައި ދުއްވާލުމުން ހުޔާއާއި ޢަމާރާވެސް ގޭތެރެއަށް ވަދެގެން ދިޔައީއެވެ.

ހުޔާމެންގެ ސިޓިންގްރޫމް ހީވަނީ ކުޑަވަރެއްގެ ފިހާރައެއްގެ ތެރެއެއް ހެންނެވެ. ހުޔާގެ ހަގަށްތިބި 4 ކުދިންނާއި ދައްތަ ދެމަފިރިންގެ އިތުރުން ދައްތަގެ ދަރިފުޅު ކުޑަ ކުޑަ އެލީއާއި މަންމައާއި ބައްޕަވެސް އެތާގައި ތިއްބެވެ. ޢަމާރާމެން ވަނުމުން ހުޔާގެ ކޮއްކޮ ސާޔާ ޢަމާރާއަށް ކާމޭޒު ދޮށުން ގޮނޑިއެއް ގެނެސްދީފިއެވެ. ހުޔާ މަންމަގެ އިންޓަވިއު ފެށުނީ ދެނެވެ. ބައްޕައަށް ކިޔާ އެއްޗެއް ނޭނގޭނެހެން ޢަމާރާއާ ސީމާ ސުވާލު ކުރަމުން ދިޔައެވެ. ދާ ތަނަކާ ދާ ގަޑިއަކާ އަންނާނެ ވަގުތުވެސް އޮޅުން ފިލުވިއެވެ.

“ސާބަހޭ ސީމާ.. އެމަންޖެ އަލަކަށް ނޫނެއްނު ޢަމާރާއާ އެކުގަ ބޭރަށް އެ ދަނީއެއް. އެވަރު ކަމަކަށް ނުހަދާބަލަ.” އެންމެ ފަހުން ހަމީދަށް ނީނދެވިގެން ބުނެލިއެވެ. ސީމާ އެއްޗެއް ބުނެލަން އަނގަ ހުޅުވާލުމަށްފަހުވެސް މަޑުޖެހިލީ ބުނެވޭ އެއްޗަކުންވެސް ދަރިފުޅުގެ ހުރިހާ ހުވަފެންތަކެއް ވިއްސިވިހާލި ވެގެން ގޮސްދާނެތީއެވެ.

ޢަމާރާއާއި ހުޔާ ގޭގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ބޭރަށްދިޔައީ ކައިގެން ގެއަށް އަންނާނެ ވާހަކަ ބުނަމުންނެވެ. ހުޔާއަށް ގެއިން ނުކުމެވުނު އިރަށް ހަށިފުރާ ފުން ނޭވާއެއް ލައިފިއެވެ. “ހެހެ.. ހުޔާ ހާދަ ބޮޑު ނޭވާއެއް ތި ދޫކޮށްލީ..” ހުޔާއަށް ވީގޮތްފެނި ޢަމާރާ ހީނލަމުން ވާހަކަދެއްކިއެެވެ. “އެހެންނު ވާނީ.. މަންމަ އޭނީ ޓެސްޓް ޕޭޕަރު ހިފައިގެން ވިއްޔާ.. ބައްޕަ ނެތްނަމަ މިއަދު ފެއިލްވާނެ ކަން ގައިމު.” ހުޔާ ސައިކަލަށް އަރަމުން ވާހަކަދެއްކީ ގޭތެރެއިން މީހަކު ނުކުމޭތޯ ބަލާލާފައެވެ. “ކޮންތާކަށް ދާނީ..؟” ޢަމާރާ އަކީ އެހާ މީހުން ގިނަ ތަންތަނަށް ދާހިތްނުވާ ކުއްޖެއް ކަމުން ދާތަނެއް އޮޅުންފިލުވާލަން ވެގެން އަހާލިއެވެ.

2 ފަންގިފިލާއާއި ޓެރަސްއެއް ހުރި ހޭންގް އައުޓް ރެސްޓޯރަންޓްގެ 2 ވަނަ ފަންގިފިލާގައި މަގުމަތި ފެންނާނެހެން ހުރި 2 މީހުނަށް އިށީނދެވޭ މޭޒުގައި ދެ އެކުވެރިން އިށީނދެ ހަމަޖެހިލިއެވެ. އެކި ވާހަކަތަށް ދައްކަމުން ކަމުން ދިޔައިރު ޓެރަސްގައި ލަވަޖަހާ މަޖާކުރާ އަޑު އިވިއިވި ހުއްޓެވެ. ޓެރަސްއަށް އަރަންއައި ކަމުގައި ވިޔަސް ޢަމާރާ އާއި ހުޔާއަށްވެސް އެތަނަށް ނޭރުނީ އެހެންވެއެވެ. ކައި ނިމިގެން ފާހާނައަށް ވަދެލަން ޖެހިގެން ހުޔާ ދިޔައީ ރެސްޓޯރަންޓް ތިރީގައި އިންނަ ފާހާނައަށެވެ. ހުޔާ ފާހާނައަށް ގޮސްފިއްޔާ ދެން އަންނާނީ މޭކްޕް ވެސް ކޮށްގެން ކަން ޢަމާރާ ހަނދާން ވުމުން ފޯނު ނަގާ ގޭމެއް ކުޅެންފެށިއެވެ.

މަތީގައި ޖަހާފައި ހުރި ލަވައިގެ އަޑު ކެނޑުނުތާ އިރުކޮޅެއް ފަހުން އިވެންފެށީ މަތިން މީހުންތަށް ފައިބާ އަޑެވެ. ޢަމާރާއަށް އިނދެވުނުގޮތުން ސިޑިން ފައިބާ ކޮންމެ މީހަކަށްވެސް ޢަމާރާ ފެންނާނެއެވެ. މީހުންގެ ފިޔަވަޅާއި ވާހަކައިގެ އަޑަށް ޢަމާރާއަށް އިސްއުފުލާ ބަލާލެވުނު ހިނދު ހަތަރުކަޅި ހަމަވެގެން ދިޔައީ މިރޭ އިރުގަނޑެއް ކުރިން ދިމާވި ފިރިހެން ކުއްޖަކާއެވެ. އެހެން އެންމެން މަޖާކޮށް ސަކަރާތް ޖަހަމުން އައިއިރު އޭނާގެ މޫނުމަތީ އެއްވެސް އަސަރެއް ނުވާކަހަލައެވެ.

“އޭނީ އެއްކަލަ މަންޖެ..” އޭނާގެ ފަހަތުން ނުކުތް ފިރިހެންކުއްޖާ ބުނެލިއަޑަށް ޢަމާރާއަށް އެދިމާއަށް ނަޒަރު ސީދާކޮށްލެވުނެވެ. އެއީ އޭރު ސައިކަލް ދުއްވަން އިން ކުއްޖާއެވެ.

“ހުމާމް.. ނޯ..” ޢަމާރާއާ ދިމާއަށް ހިނގައިގަންނަން އުޅެނިކޮށް ދެންހުރި ފިރިހެން ކުއްޖާ އޭނަ ހުއްޓުވިއެވެ.

“ކިއެއްތަ؟” ހުމާމް ކުޑަކޮށް ހިތްހަމަ ނުޖެހި ހުރެފައި ބުނެލިއެވެ. އަދި އަނެއްކާވެސް ޢަމާރާއާ ދިމާލަށް ހިނގައިގަތެވެ.

“ހުމާމް.. ނޯ.. ދެޓްސް މައި ސިސްޓަރ..” ހާނިމް ކުރިޔަށް ޖެހިލަމުން ބުނެލި އެއްޗަކުން ހުމާމްއާއި ދެންހުރި ފިރިހެން ކުއްޖާވެސް ހާނިމްއަށް ބަލާލާފައި ޢަމާރާއަށް ބަލާލިއެވެ.

Share Article

Follow Me Written By

ފަޒޫ

Level 310 Stories100 Login

Jealousy, at its core, is a byproduct of fear, fear of not being good enough, fear of loss. When it hits, it can trick us into believing our relationship is in immediate danger, making it impossible to distinguish between natural feelings of protectiveness and irrational suspicion. In other words, it's pretty terrible. ~Enjoy my second story based on love and jealousy ~

Other Articles

Previous

ދެވުނީ ވޭނޭ 18

Next

ނަފްރަތު(7)

Next
November 24, 2025

ނަފްރަތު(7)

Previews
November 24, 2025

ދެވުނީ ވޭނޭ 18

5 Comments!

  1. Aisherr says:
    November 25, 2025 at 6:53 am

    Vrh kada vhk eh🙄

    1. Heena says:
      November 25, 2025 at 9:27 am

      Aishwrr ah adhi esfiya ga liyefa hunna vaahaka nukiyenee thee. Mi vaahaka ehan vaahaka thaka balaafa v ragalhu

    2. ފަޒޫ says:
      November 25, 2025 at 1:12 pm

      kada vaa gotheh vidhaalhuve dhehvaa.. eyrah rangalhu kohlaanan. IA

  2. Nai_73 says:
    November 25, 2025 at 3:12 pm

    Vrh dhera vehje dhw Kada eyy buneema I am so sorry for that fazoo. Fazoo ah Adhi vhk liyan ingeyne miah vure rangalhah Ginain vhk liyaa varakah IA Allah fazoo ge vhk liumuge hunaru ithurah tharahgee kohdhehvaashi AAMEEN😊

    1. ފަޒޫ says:
      November 26, 2025 at 12:55 am

      Ehaa dhera eh nuvey Aslu. Thankyou nai🫶🏻 insha Allah Adhi Miah vure rangalhu vaane. Mi Adhi alhuganduge 2 vana vaahaka. ~konme faadu kiyumakee ves kuri erumeh~ Alhamdhulillah 🫶🏻

Comments are closed.



All Right Reserved!