Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ތީ އޭ ހަނދަކީ 7

ReeshA CoronA
ReeshA CoronA Level 410 Stories100 Comments100 Login
June 1, 2022 5 Mins Read
3 Comments

 

ހިޔާ ވެފައި އޮތް މީހުން މަދު ގޯޅިއަކަށް ވަދެވުމާއި އެކު ފުންނޭވާއެއް ރީޝާ އަށް ދޫކޮށްލެވުނެވެ. އަތުގައި އޮތް ގަޑި ބަލައިލިއިރު އަށް ގަޑި ބައި ވަނީ އެވެ. ލަމްހާ ހުންނާނީ ލަސްވެފައި ކަން އެނގުމާއި އެކު ވާރޭ އޮއްސާލުމުން ލަސްވީ ކަމަށް ބުނެ ލަމްހާ އަށް މެސެޖް ކުރިއެވެ. ގައިން ހީފިލުވަން ދެއަތް އުފުލާލި ރީޝާ ސިހުނީ އޭނާގެ އަތުގައި މީހަކު ހިފާފައި ދަމައިގަތުމުންނެވެ.

 

*******************

 

ފޯނު ހާވަން އޮއްވާ ކޮމެޑީ ލޭންޑްގެ ވައިބަރ ގުރޫޕަށް އަހުޝަމް ލީ ފޮޓޯ ފެނި ނަޔާގެ އަނގަ ހުޅުވުނެވެ. ރާކަނިތައް ހިފައިގެން ރިއާޝް އާއި އަހުޝަމް ފޮނިކަނޑަން ނަގާފައި ހުރި ފޮޓޯ ތައް ފެނުމާއި އެކު ނަޔާ ޝަހާދަތް ކިޔާލިއެވެ. އޭނާ ނުލާ ރާކަނި ނަގަން ދިއުމުން އަހުޝަމް އަދި ރިއާޝް ދެކެ އައީކީ އަމަށަކު ރުޅިއެއް ނޫނެވެ. ވަގުތުން ރުޅި އިމޯޖީ ތަކެއް ފޮނުވުމަށްފަހު ފޮޓޯ ތަކަށް ރިޕްލައި ދިނެވެ. އަހުޝަމް އާއި ރިއާޝް ހީ ހީފައި ނަޔާ ގޮއްވަމުން ދިޔައެވެ. ނަޔާ ފުއްޕާލާފައި ވީޑިއޯ ކޯލް އެއް ކުރިއެވެ. އެދެމީހުން ފޯނު ނެގުމާއި އެކު ނަޔާ އެއްޗިހި ގޮވައިގަތެވެ. ދެން ފަހަރަކުން އޭނާ ނުލައި މޫދަށް ގޮއްސިއްޔާ ނިކަން ރަނގަޅަށް ރާކަނި މަސް ކާން ދޭނަމޭ ބުންޏެވެ.

 

މީހަކު އޭނާގެ އަތުގައި ހިފާފައި ދަމައިގަތުމާއި އެކު ރީޝާގެ ހިތް ތެޅި ގަތެވެ. ހަޅޭއްލަވައި ގަންނަން ވާއިރަށް އެމީހަކު އޭނާގެ އަނގަމަތީގައި އަތް އެޅިއެވެ. އެމީހެއްގެ އަތް ނައްޓުވާލަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން ކާމިޔާބު ނުވީ އޭނާގެ ދެ އަތުގައި އެމީހަކު ބާރު ބާރަށް ހިފަހައްޓައިގެން ހުރުމުންނެވެ. ބިރުން މީހާ ތުރު ތުރު އަޅަ އަޅާ ހުއްޓާ އެމީހަކު އޭނާ ކޮނޑަށް ހިއްލާލައިގެން އެ ގޯޅިތެރޭގައި ހުރި ގެއަކަށް ވަނެވެ.

 

ދެތިން ގޯޅި ހުރަސް ކުރުމަށްފަހު ރިޔާޝް ދުވުން ހުއްޓާލީ ރީޝާ އެންމެ ފަހުން ވަން ގޯޅިއަށް ވަދެވުމުންނެވެ. ދެކޮޅު ހޯދާ ބަލައިލީ ރީޝާ ފެނޭތޯއެވެ. ރީޝާ ފެންނަން ނެއްތާ އެގޯޅީގައި އިތުރު އެހެން މީހަކު ވެސް ނެތެވެ. މިއޮއް ވިއްސާރަ ރޭ މަގު މައްޗަށް ނުކުމެ އުޅޭނީ ވެސް ކާކު ހެއްޔެވެ؟ ގޯޅީގެ އެއްކޮޅުން އަނެއްކޮޅަށް ހިނގިއިރު ވެސް ރީޝާގެ ހިލަމެއް ނުވުމުން ރިޔާޝް ހާސް ވާން ފެށިއެވެ. އެއީ  ރީޝާ ވަން ގޯޅިކަން ރިޔާޝް އަށް ޔަގީނެވެ. ހާސް ކަމުގެ ނޭވާ އެއް ލުމަށް ފަހު ރީޝާގެ ފޯނަށް ގުޅާލީ ކޮންމެވެސް ކަމެއް ގޯސް ވެއްޖެ ކަމުގެ ރަތް ސިގުނަލް އޭނާގެ ސިކުނޑި ދޭން ފެށުމުން ނެވެ.

 

އަނދިރި ކޮޓަރި ގަނޑެކެވެ. ވެހެމުން ދާ ބޯ ވާރޭގެ އަޑު އެ ކޮޓަރިއަށް އިވެމުން ދިޔައީ ބިރުވެރި ގޮތަކަށެވެ. ކަނޑާފައި ހުރި ޖާލީ ދޮރުން ކޮންމެވެސް ވަރަކަށް ބޭރުން އަލި ވަންނަމުން ދިޔައެވެ. ކާރު ކާރުގެ ޓަޔަރާއި ލަކުނޑި އާއި ގާ ބުރި ބުރި ފަދަ ތަކެތި އެ ކޮޓަރި ތެރެއަށް އުކާފައި ހުއްޓެވެ. ޖާލިން ވަންނަމުން ދިޔަ ފަނޑު އަލި ތަޅުންގަނޑު މައްޗަށް އެޅިފައި ހުރި އިރު އެދިމާލުގައި ރީޝާ ބައިންދާފައި އިނެވެ. އެކުއްޖާ ފަކީރުގެ ދެލޮލުގައި ކަނު ބަނދެފައި ހުރި އިރު ދެއަތް ވެސް ވަނީ ފަހަތަށް ގެންގޮސް ބަނދެފައެވެ. ދެފައި ފަހަތަށް ލައިފައި ރީޝާ ބައިންދާފައި އިން ގޮތުން ރީޝާގެ ގައިގައި ވޭން އަޅަމުން ދިޔައެވެ. އަނގައިގައި ވެސް ފޮތިގަނޑެއް އެއްސުމަށް ފަހު ހުރީ ބަންދު ކޮށްފައެވެ. އެ ކޮޓަރި ތެރޭގައި ދެން ތިބި ފަސް މީހުން ރީޝާގެ ވަށާ އެނބުރެމުން ދިޔައީ އެމީހުންގެ ވެރިޔާ އަންނާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ.

 

ސައިކަލު ޕާކު ކުރުމަށްފަހު އަލީ ކުރިމަތީގައި އޮތް ގޯޅިގަނޑަށް ވަނެވެ. މޫނުމަތީގައި އަޅާފައި ހުރި މާސްކް ރަނގަޅު ކޮށްލުމަށް ފަހު ބޮލުގައި އޮތް ތޮފި ވެސް އަނބުރާލާ ބޮލަށް ހެޔޮވަރު ކޮށްލިއެވެ. ރީޝާގެ ފޯނަށް ގުޅޭތޯ މަސައްކަތް ކުރަމުން ދިޔަ ރިޔާޝް އަށް ލިބެމުން ދަނީ ހަމަ އެންމެ ޖަވާބެކެވެ. ފޯނު އޮތީ ނިއްވަލާފައި ކަމެވެ. ގޯޅިއަށް މީހަކު ވަން ހެން ހީވެގެން ފަސް އެނބުރި ބަލައިލި ރިޔާޝް އަށް އެމީހަކު ފެނުމުން މާ ބޮޑު އަސަރެއް ނުކުރިއެވެ. މޫނު ނިވާކޮށްފައި ހުރުމުން ރިޔާޝް އަށް އެއީ އަލީ ކަމެއް ނޭންގުނެވެ. ރީޝާ ނުފެނުނު ކަމަށް ގޯޅިން ނިކުންނަން ހިނގައިގަތް ރިޔާޝް ހުއްޓިލީ ފައިން އެއްޗަކަށް އެރުމުންނެވެ. ގުދުވެ އެ އެއްޗެއް ނެގި އިރު އެއީ ކަންފަތުލާ އެއްޗެކެވެ. އެއީ ކޮންމެސް ތާކުން ފެނުނު އެއްޗެއް ހެން ހީވުމުން އެއީ ކާކުގެ އަތުން ފެނުނު އެއްޗެއްތޯ ހަނދާން ކުރަމުން މަޑުމަޑުން ރިޔާޝް ހިނގާލިއެވެ. ދެތިން ފިޔަވަޅު ކުރިއަށް އެރިތަނާ އަނެއްކާވެސް އެހެން އެއްޗަކަށް އެރުނެވެ. އެ އެއްޗެއް ނެގުމާއި އެކު އޭނާގެ ސިކުނޑި ކޮންމެވެސް ކަމެއް ހަނދާން ކުރަން އުޅޭހެން ހީވިއެވެ. ކަނާއަތުގައި އޮތް ރަން ތަނޑި އާއި ވާއަތުގައި އޮތް ކަންފަތުލާ އެތިކޮޅަށް ރިޔާޝް ވަރަށް ރަނގަޅަށް ބަލައިލިއެވެ. އެއީ ރޭގައި ކޮންމެވެސް ތާކުން ފެނުނު އެއްޗެކޭ ހިތަށް އެރުމާއި އެކު ރޭގައި އޭނާ އަށް ފެނުނުހާ އަންހެން ކުދީންގެ މަތިން ހަނދާން ކުރަން ފެށިއެވެ. “ރީޝް؟… ވެއިޓް ވަޓް؟…” ކުއްލިއަކަށް ރިޔާޝްގެ ހަނދާނަށް އައީ ރީޝާ އެވެ. ރޭގައި އޭނާ ވާނީ ރީޝާގެ ފޮޓޯތަކެއް ނަގާފައިކަން ހަނދާން ވުމުން އަވަހަށް ފޯނު ހުޅުވައި އެ ފޮޓޯ ތައް ބަލަން ފެށިއެވެ. އެ ފޮޓޯ ތަކުގައި ރީޝާގެ ކަންފަތުގައި ލައްވާފައި އިނީ ހަމަ އެ މުލި ކޮޅެވެ. އަތުގައި އޮތީ ވެސް އެ ތަނޑި އެވެ. އަވަހަށް ތަނޑި ނެގި ދިމާއަށް ބަލައިލީ ރީޝާ ވަންނާނެ ތަނަކާ މެދު ވިސްނަމުންނެވެ. ތަނޑި ގަނޑު ވެއްޓިފައި އޮތީ ދެންމެ އެ ގޯޅިއަށް ވަދެގެން އައި މީހާ ވަން ގޭގެ ދޮރު ކުރިމައްޗަށެވެ. އެހެންވިއްޔާ ރީޝާ ވަނީ އެ ގެއަށް ހެއްޔެވެ؟ ބަލާބެލުމަށް އެއީ ކުއްޔަށް ދޫކޮށްފައި ހުރި ގެއެއް ވައްތަރެއް ނުޖަހައެވެ. ވައްތަރީ ކޮންމެވެސް ޒާތެއްގެ މަސައްކަތެއް ކުރާ ގެއަކާއެވެ. ދޮރުގެ ތަޅު ހަލާކުވެފައި ހުރި އިރު ފިލާތައް ވެސް ފީވެގެން ގޮސް ދޮރު ހުރީ ވެއްޓެން ގާތް ވެފައެވެ. ﷲ އާއި ވަކީލު ކުރުމަށްފަހު ރިޔާޝް އެ ގޭގެ ދޮރު މަޑުމަޑުން ހުޅުވާލިއެވެ.

 

އަލީ އެތެރެއަށް ވަނުމާއި އެކު އެތާނގައި ތިބި ފަސް މީހުން އެކަކު އަނެކަކަށް ބަލައިލާފައި ރީޝާ އާއި ދުރަށް ޖެހިލިއެވެ. މޫނުމަތީގައި އަޅާފައި ހުރި މާސްކް ނަގަމުން ރީޝާ އާއި ދިމާއަށް އަލީ ހިނގައިގަތެވެ. ރީޝާގެ ކުރިމަތީގައި އެއްފައި މައްޗަށް ތިރިވެލަމުން ހިނިގަނޑެއް ޖަހާލި އެވެ. އޭނާ އާއި ނުހަނު ގާތުން ފިރިހެނެއްގެ ނުލަފާ ހިނިގަނޑެއްގެ އަޑު އިވުމުން ރީޝާ ބިރުން ރޫ ރޫ އަޅައިގަތެވެ. ދެފަރާތަށް ބޯ ހޫރުވަމުން އޭނާ ބެލީ އޭނާގެ އަތުން ވާގަނޑު މޮހާލެވޭތޯއެވެ. އެހެނަސް އެހާ ބާރަށް އައްސާފައި ހުރި ވާގަނޑެއް މޮހާލެވޭނީ ކިހިނަކުން ހެއްޔެވެ؟ އަލީ އޭނާގެ މޫނު ރީޝާގެ މޫނާއި ގާތް ކޮށްލުމަށްފަހު ފަހަތަށް ރީޝާ ކޮށްޕާލިއެވެ. އެއާއި އެކު ތަޅުންގަނޑު މަތީގައި އޮތް ޓިނުގަނޑު ގައި ރީޝާގެ ބޯ ޖެހުނު ބާރު އަޑުން ތަނުގެ ހަމަހިމޭންކަން ނަގާލިއެވެ.

 

މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަން ރިޔާޝް ހައިރާން ވީ ބިންމަތީގައި ވެލި އޮވެފައި ވަޑާން ކުރާ ޒާތުގެ ސާމާނު ތަކުން އެ ކުޑަ ކުޑަ ގޯތި ތެރެ ތޮއްޖެހިފައި ވުމުންނެވެ. ގޯތިތެރޭގައި އެއް ފަރާތުގައި ދަބަރަށްވާން ކައިރިވެފައި ހުރި ޓިނު ގަނޑު ތަކެއް ހުރި އިރު އަނެއް ފަރާތުގައި ފިލައާއި ލަކުނޑި ފޫންޏަކަށް އަޅާފައި ހުއްޓެވެ. ހުސް ގޯނި ގޯންޏާއި ވާ ބޮނޑި ބޮނޑި ވެސް އެތާނގައި ހުރި އިރު މިފަދަ ގެއަކަށް ރީޝާ އަންނާންވީ ސަބަބަކާއި މެދު ރިޔާޝް ވިސްނަން ފެށިއެވެ. މިއީ ނުބައި ގެއެއް ކަމަށް ނިންމާ އެގެއިން ނުކުންނަން ހިނގައިގަތް ރިޔާޝް ހުއްޓުންއެރީ ގޯތިތެރޭގައި ޓިނު ޖަހައިގެން ހަދާފައި ހުރި ކުޑަ ކުޑަ ގެ ގަނޑުން ބާރު އަޑެއް އިވުމުންނެވެ. ދާން ނުދާން ހުރެފައި ވެސް އެ ގެ ގަނޑާއި ދިމާއަށް ރިޔާޝް ގޮސް ފާރުގައި ކަނޑާފައި ހުރި ލޯވަޅުން ސިއްރު ސިއްރުން އެތެރެ ބަލައިލިއެވެ.

 

ބޮލަށް އެރި ތަދާއި އެކު ރީޝާ އަނބުރައިގަތެވެ. ގަދަ ކަމުން ބޯ ހިއްލާލަން މަސައްކަތް ކޮށް ކޮށް އޮއްވާ އެތާނގައި ތިބި ފަސް މީހުންގެ ތެރެއިން އެކަކު އައިސް އޭނާގެ ގައިގައި ފައިން އަޅައި ދެން ހުރި މީހާ އާއި ދިމާއަށް ކޮށްޕާލިއެވެ. އެމީހާ ރީޝާގެ އިސްތަށިގަނޑުގައި ހިފައި ތެދު ކުރުމަށްފަހު ތިންވަނަ މީހާ އާއި ދިމާއަށް އޭނާ ހޫރުވާލިއެވެ. އެމީހާގެ އަތުގައި ޖެހެން ވާއިރަށް ގާ ގަނޑެއްގައި އަޅައިގަނެފައި ރީޝާ ވެއްޓުނެވެ.

 

ފާރުން ކަނޑާފައި ހުރި ތަން އުސް ކަމުން ގާ ގަނޑަކަށް އަރައިގެން ރިޔާޝް އެތެރެ ފެނޭތޯ ބެލިއެވެ. ރަނގަޅަށް އެތެރެ ފެނުމާއި އެކު އޭނާގެ ދެލޯ ބޮޑުވި އެވެ. އަންހެން ކުއްޖަކަށް އަނިޔާ ކުރަމުން ބަޔަކު ދިޔައިރު އެއީ އަނެއްކާ ރީޝާ ބާއޭ ރިޔާޝްގެ ހިތަށް އެރިއެވެ. އެމީހުން އެ އަންހެން ކުއްޖާ ހޫރުވާލުމާއި އެކު ބިންމައްޗަށް ވެއްޓި އެ އަންހެން ކުއްޖާ ހަޅޭއްލަވައި ގަތް އިރު އަނގަމަތީގައި ފޮތިގަނޑު އައްސާފައި ހުރުމުން ރިޔާޝް އާއި ހަމައަށް އަޑު އައީ ވެސް ކިރިޔާ އެވެ. އެ ކުއްޖެއްގެ މޫނު ސާފުކޮށް ފެނުމާއި އެކު ރިޔާޝްގެ މޭގަނޑު އަތަށް ނައީ ކިރިޔާ އެވެ. އެ ހުރި ތަނުން ފައިބާ އެތެރެއަށް ވަންނަން ދުއްވައި ގެނެވުނު ގޮތް ވެސް ނޭންގުނެވެ. އެހެން ނަމަވެސް ދެވަނަ ސިކުންތު ގައި މަޑު ޖެހިލީ އޭނާ އެކަނި އެ އެންމެންނާއި ކުރިމަތި ނުލާންވެގެން ނެވެ. ޕޮލިހަށް ގުޅުމަށް ފަހު ރިއާޝް އަށާއި އަހުޝަމް އަށް ވެސް ގުޅުމަށް ފަހު އޭނާ އެ ޚަބަރު ދިނެވެ. އެއަށް ފަހު ބޭރުގައި މަޑުކޮށްލީ ޕޮލިހުން އަންނަންދެންނެވެ. އޭރު ވެސް އޭނާގެ ހިތް ބާރު ބާރަށް ތެޅުމުން ދެއެވެ. ރީޝާ އެ ހާލުގައި އޮންނަ ތަން ބަލަން އޭނާ އަށް ކެތް ވާނީ ކިހިނަކުން ހެއްޔެވެ.

 

އެންމެން ވައިބާރ ގުރޫޕުގައި ނަޔާ ގޮއްވަން ތިއްބާ ރިއާޝް އަށް ފޯނެއް އައެވެ. ރިޔާޝް، ރިއާޝް އަށް ގުޅާފައި ވަރަށް އަވަހަށް އަހުޝަމް އާއި ދެމީހުން އޭނާ ބުނާ ތަނަކަށް އައުމަށާއި މިއުޅެނީ ވަރަށް ބޮޑު ކަމެއް ވެގެން ކަމަށް ބުންޏެވެ. ރިއާޝް އަވަހަށް ގުރޫޕުގައި އެވާހަކަ ޖަހާލި އެވެ. އަހުޝަމް ކައިރީގައި އަވަހަށް އެ އެޑްރެހަށް އަންނަން އެދުމަށްފަހު ވިއްސާރަ ކޯޓު އަޅައިގެން ދުވެފައި އޭނާ ގެއިން ނުކުތެވެ. އަހުޝަމް ވެސް އަވަހަށް ސައިކަލަށް އަރައި ދުއްވާލީ ވީ ކީއް ކަމެއް ނޭނގުނަސް ރިޔާޝް ބޮޑު ކަމެއް ވެގެން އުޅޭ ވާހަކަ ބުނުމުންނެވެ.

 

އަލީ އައިސް ރީޝާގެ ކޮލުގައި ހިފާފައި އުފުލާލި އެވެ. އެއަށްފަހު ލަކުނޑި ބުރިއެއް ހިފައިގެން އައިސް ރީޝާގެ ގައިގައި ޖަހަން އަތް ހިއްލާލި އެވެ. “ނޫން.. ނޫން… މީނާގެ ޒަމާން މީހާ އަވަހަށް ދުއްވާލައިގެން ނުވާނެ… ކަލޭ ޖެހޭނީ މަރަށް ތެޅެން…” އެހެން ބުނުމަށް ފަހު ރީޝާގެ ކަރުގައި އަތް އަޅަން އޭނާގެ އަތް ދިއްކޮށްލިއެވެ. “ހެހެ… ފެން ފޮދެއް ބޮއެފަ ދޯ ކަލޭ ފަހު ނޭވާ ލާ ހިތްވަނީ؟…” ނުލަފާ ގޮތަކަށް ހީ ގަންނަމުން ދަޅަކަށް ފެން އަޅާފައި ރީޝާގެ އަނގަމަތީގައި އަޅާފައި ހުރި ފޮތިގަނޑު އޭނާ ނައްޓާލިއެވެ. އެއަށްފަހު ރީޝާގެ ތުނބުގައި ދަޅު ޖައްސާ ކޮށްޕާލިއެވެ.އެ މުޑުދާރު ފެން ނުބޯން ވެގެން ރީޝާ ބޯ ހޫރުވާލިއެވެ. މިވަގުތު އޭނާގެ މޫނު މަތިން ފެންނަމުން ދަނީ އާދަޔާ ޚިލާފު ފޯރިއެކެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ބިރުކުޑަކަމެވެ. އެމީހާގެ އަޑު ޖެހުމާއި އެކު ރީޝާ އަށް އެއީ އަލީކަން ޔަގީންވިއެވެ. އޭނާ ފިލްމު ތަކުން ދަސްކުރި ގޮތަށް ފައިން އަލީގެ ބަނޑުގައި ޖެހިއެވެ. ނުވިސްނާ ހުރުމުން އަލީ ވެއްޓެން އުޅުނެވެ. ނަމަވެސް ދެން އައިސް ރީޝާ ހޫރުވާލިއެވެ. ރީޝާ ހޫރުނީ އެންމެ ފަހަރަކު އެވެ. ދެވަނަ ފަހަރަށް ސާބިތު ކަމާއި އެކީ އޭނާ ބިމުގައި ފައި ހަމަކުރިއެވެ. މިވަގުތު އޭނާ އަށް ހުރީ އާދަޔާ ޚިލާފު ބާރެއް ލިބިފައި ހެން ވެސް ހީވެއެވެ. ލޮލަށް އެއްޗެއް ނުފެނުނު ކަމުގައި ވިޔަސް މަޑު މަޑުން ރީޝާ ކުރިއަށް ދިޔައެވެ. ބަލާކަށްނުހުރެ އަލީ އައިސް ރީޝާގެ ކަރުގައި ހިފައި ނޭވާ ހޮޅިއަށް ފިތާ ލިއެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

ReeshA CoronA
Follow Me Written By

ReeshA CoronA

Level 410 Stories100 Comments100 Login

ᵒⁿᵉ ᵃⁿᵈ ᵒⁿˡʸ ᴿᵉᵉˢʰᴬ ᶜᵒʳᵒⁿᴬ

Other Articles

Previous

މަދަދުވެރިޔާ (5)

Next

ތީ އޭ ހަނދަކީ 8

Next
June 3, 2022

ތީ އޭ ހަނދަކީ 8

Previews
June 1, 2022

މަދަދުވެރިޔާ (5)

3 Comments!

  1. Nayaa Nayaa says:
    June 1, 2022 at 1:34 pm

    EYYYYYYYYYYYY Manjeyyyyyy
    Klw hama eh vanaige meeheh ingey thy..hama habeys♥️♥️
    Ey ma buny arn aash brw aa ahu brw ah e v hama vaan v goiy..adhi kurimahchah ai nama ithurah haanikka kohleemus..hurebala balan..athuga jehey irah hama haaleh hn nolhaalaafa boa baalaafa boluga jahaany taki!
    Ey manje kairi ma bunin dhw ekani thanthanah nudhaashey..adhi mi yaash dhonbe vx 6 meehunnaa fight kuran nukerigenney e fahathah jehuny..magey nama manje ah e varu v iru nuhureveyne..jahaa gos 6 meehun effaharaa thiri kohlaanan..adhi mi yaash dhonbe vx e gulhy enme findi dhe golaa ah..e meehunnah gulhumuge badhaluga mashah gulhi nama vx maa rangalhu vee hennu..mi firihenunnah heevaa kahala emeehunnashey hurihaa kameh baby..huh..vrh foohi vey
    Ey alhe reesh lwbikolhuuu emeehun manje ah hedhi goiy fenifa I was literally teared up hama.. no one does that to my reesh?..trust me whn I say I definitely will take revenge ???
    Ey over all vhk hama habeys kuriyah dhaaleh..dhn oiy bayah vrh inthizaaru kurevey..dhn dhany ey filaavalhu hadhan..baaaai..lwbi vey hes kiyaaha bodu bodu koh..???????????????????❣️❣️❣️❣️????????❤️❤️❤️????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. Ey Brw says:
    June 1, 2022 at 11:02 pm

    Ahaa reesha haadha gadha ey dhw….next part thankolheh avas kohladhehcheyy ingeyy reeshooo?????? mi part ah vx hama ????

  3. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    June 2, 2022 at 1:15 pm

    Reply for @Ey Brw
    Reesha gadha vaaney??Thank you soo much dhariflhooo???
    Aarrn next part hama aarif bey kuri hiyvareh onnaany… Mi part aa eky ah vana bai vx nuva vana bai vx submit kurin.. Ehaa gina dhuvas vaathy thinethi ehfaharaa submit kohlee. Evarun vx 7th ekani up kury e ??kihaa dhera

Comments are closed.

Next Episodeތީ އޭ ހަނދަކީ 8←


All Right Reserved!