ޒަޔާއަށް ކުޑަކޮށް ނިދުމަށްފަހު ހޭލެވުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. ޒަޔާންގެ ބޯވަނީ ހޭވިފައެވެ. ކުޑަވަގުތުކޮޅަކު ނިދުމުގެ ސަބަބުން ލޯވެސްވަނީ ރަތްވެފައެވެ. ލައިގެންހުރި ގަމީހުގައި ބައިވަރު ރޫހުއްޓެވެ. ސޯފާގައި އޮވެނިދީމަކަންނޭގެއެވެ. ސޯފާއިންތެދުވެލަމުން ކޮޓަރިއާހަމައަށް ދިޔައީ ދުވެފަކަހަލަ ގޮތަކަށެވެ. އޭރު އައިނާ ކޮޓަރީގެ ދޮރުހުޅުވާފަ ނިކުންނަނީއެވެ. އައިނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ގިނައިރު ރުއިމުގެ ސަބަބުން ދެލޯކައިރި ހުރީކަޅުވެ ރަތްވެފައެވެ. ފަރުވާކުޑަ ގޮތަކަށް ޒަޔާންއާދިމާއަށް ބަލައިލަމުން ނިކުންނަން ދިޔައެވެ. އެކަމަށް ހުށިޔާރުވެހުރި ޒަޔާން އައިނާގެ އަތުގައި ހިފާލިއެވެ. “ވަޓްސް […]
އައިނާ އޮފީހުގަ ވަރަށްބުރަކޮށް އުޅެނިކޮށް ރިސެޕްޝަނުން ފޯނެއްއައީ މީހަކު ހޯދަން އައިސްހުރިކަމަށް ބުނަމުންނެވެ. އައިނާ ކުރަމުންދިޔަ މަސައްކަތް މަޑުޖައްސާލުމަށްފަހު ވެއިޓިންގް ރޫމަށްދިޔައީ އޭނާހޯދަން އަންނާނީ ކާކުބާއޭ ހިތައްއަރުވަމުންނެވެ. ވެއިޓިން ރޫމުގެ ދޮރުހުޅުވާލުމާއެކު އައިނާ ގަނޑުވިއެވެ. ……. ދޮރުހުޅުވާލުމާއެކު ފެނުނު ސޫރައަކުން އައިނާ ހުއްޓުން އެރިއެވެ. އެސޫރައެށް ދުށުމަށް އައިނާ ކެތްމަދުވެފައިވާ މީހާއެވެ. “އިމާދު..” އައިނާގެ އަޑުއައެވެ.ވެއިޓިނގް ރޫމުގަހުރި ސޯފާތަކުން ސޯފާއެއްގައި އިމާދު ހަމަޖެހިލައިގެން އިނެވެ. އިމާދުހުރީ އަތްދިގު ރަތްކުލައިގެ ޓީޝާޓަކާއި އުދުކުލައިގެ ސޯޓެއްލައިގެނެވެ. ބޯސުޓައިލްކޮށްލާފަ ހުރިގޮތުން […]
އައިނާ ފެންވަރައިގެން ނިކުމެގޭތެރެ ރަނގަޅަށް ބަލައިލިއެވެ. ކުރިން ރޭ އޭނައަކަށްގެ ރަގަޅަކަށް ނުވެސްފެނެއެވެ. ވަރަށް ހިތްގައިމުގެއެކެވެ. އެތަނަވަސް ލިވިންގްރޫމް މެދުގައި ޓީވީ ބަހަށްޓާފައި ހުރިއިރު ޓީވީ ކުރިމަތީގައި ސޯފާހުއްޓެވެ. ސޯފާކައިރީގައި ސުނޭކްގަސް ތަކެއްހުއްޓެވެ. ދެންހުރީ ފައިވާންހަރާއި ކުޑަ ބިއްލޫރިމޭޒެކެވެ. ލިވިންގްރޫމްއެހާ ބޮޑުކަމަށް ދައްކަނީވެސް އެއްޗެހިމަދުވުމުންނެވެ. ބަނޑުހައިވެފައި ވުމުން އައިނާ ބޭނުންވީ ކައްކާށެވެ. އައިނާއަކީ ވަރަށްމީރު ކައްކަން އެގޭ ގެވެހިކުއްޖެކެވެ. އައިމިނަ އޭނާއަށް ކަންކަން ދަސްކޮށްދިނީ މިކަހަލަދުވަހެއްވެސް އަންނާނެކަން އެނގޭތީއެވެ. އެހެންނޫނަސް މިޒަމާނުގެ އެހެންކުދިންނާ ހިލާފަށް އައިނާއަކީ ކެއްކުމަށް […]
ޒަޔާންދޮރު ލެއްޕިއަޑަށް އައިނާ ސިހިފައި ބަލައިލިއެވެ. މަޑުމަޑުން ތެދުވެގެންގޮސް ކުޑަދޮރުން ބޭރުބަލައިލިއެވެ. އޭރު ޒަޔާން ގޮސް ކާރަށްއަރަނީއެވެ. ދުވަސްކޮޅަކަށް ހަމަޖެހިގެން އުޅެވޭނެއޭ ހިތައްއެރުމުން އައިނާއަށް ހިނިތުންވެވުނެވެ. …….. ޒަޔާންފުރުވާލުމަށްފަހު ގެއަށްމިސްރާބުޖެހި ރާދު ކާރުމަޑުކޮށްލީ ކަންމަތީހުރި ފިހާރައިން އެއްޗެއްގަތުމުގެ ބޭނުމުގައެވެ. ހިނގަމުންދިޔަ ރާދު މަޑުކުރަންޖެހުނީ ދުވަމުންއައި ކުއްޖެއްގައިގަ ޖެހުމުންނެވެ. މަޑުމަޑުން އެކުއްޖާގެ މޫނަށްބަލައިލިއެވެ. ދޮންނޫނަކަސް ރީތިކުއެޖެކެވެ. އޭނާގެ ބޮޑުދެލޮލުން ރާދުއަށް ބަލަންހުރީ ބަސްހުށްޓިފައެވެ. “ދޫނުކުރާނަންތަ؟” ރާދު އެކުއްޖާގެ ލޮލަށްބަލަމުން ބުންޏެވެ. ސިއްސައިގެންގޮސް އެކުއްޖާ އިސްޖަހާލިއެވެ. ރާދުއާ ދުރަށްޖެހިލާ […]
ސިއްސައިގެން ގޮސް ޒަޔާންއަށް ހޭލެވުނީ އޭނާގެ ފޯންރިންގްވާ އަޑަށެވެ. ލޯއުނގުޅަމުން ތެދުވެ ފޯނަށް ޖަވާބުދިނެވެ. “ކީކޭ؟؟” “އޭ .. ބްރޯ އަދިވެސް ނިދަނީ.. މަމިހިރީ އެއަރޕޯޓުގަ” އެކޮޅުން ވާހަކަދެއްކީ ޒަޔާންގެ ދެބެންދަރި ކޮއްކޮ ރާއިދުއެވެ. “ނޯވޭ.. ނުބުނާތި މަންމަކައިރީ ނުބުނެއޭ ތިއައީ..” ޒަޔާން ވާހަކަދައްކަމުން ކޮޓަރިއަށް ދިޔައެވެ. “ހެހެހެ.. ސީޔޫ ބްރޯ..” ރާއިދު އަވަހަށް ފޯނުކަޑާލިއެވެ. ޒަޔާން ފޯނަށް ބަލައިލީ ހިނިތުންވެފައިހުރެއެވެ. އެއީ އަބަދުވެސް ރާއިދުގެ ގޮތެވެ. އެމީހުން އުޅެނީ އޮސްޓްރޭލިއާގައެވެ. ރާއިދުއަކީ ރާއްޖޭގައި އުޅެންބޭނުންވާ ކުއްޖެއްކަމުން […]
އައިނާއަށް އޮތީ ނިދިފައެވެ. އައިމިނަ އައިސް ގޮވުމުން އޭނަ ތެދުވިއެވެ. އެހެނަސް އެއްވެސް ދިރުމެއްނެތް ކަހަލައެވެ. އައިނާއާ އިމާދުގެ ގުޅުން ފެށުނީ މީގެ 4 މަސްކުރިންނެވެ. ކުރިން ސްކޫލުގަ އެއްކޮށް އުޅުނަސް މާގާތެއް ނޫނެވެ. ސުކޫލު ނިމުނު ފަހުން ދިމާވީ އޮފީސްކުދިން ދަތުރުގޮސް އުޅުމުގެ ތެރެއިންނެވެ. އިމާދުދިޔައީ އޭނާގެ ރަހުމަތްތެރިއަކާ އެކުގައެވެ. އިމާދުއަށް އައިނާފެނުމުން ވާހަކަ ދެއްކިއެވެ. އައިނާގެ ރީތިކަމަށް ތައުރީފު ކުރިއެވެ. އިމާދު އެދުވަހު އައިނާކައިރިން ދުރަށްނުދެއެވެ. އައިނާއަކަށް މާބޮޑު ކަމަކަށް ނުވެއެވެ. އެމީހުން ސްކޫލުގަ […]
(1)ލޯބިން އެކުގާ ތަނަވަސް ސިޓިންރޫމެކެވެ. ޒައީމުއާ އޭނާގެ އަންހެނުން އައިމިނަ ތިބީ ސޯފާގައެވެ. އެމީހުން ވާހަކަ ދައްކަމުން އެދަނީ އެމީހުންގެ ދަރިފުޅު އައިނާއާމެދުގައެވެ. އައިނާ އަކީ އެދެމަފިރިންގެ އެންމެ ދޮށީކުއްޖާއެވެ. އައިނާގެ ހަގަށް އަދި 3 ކުދިން ތިބެއެވެ. “އާމިނާ އެ މަންޖެ ގާތު އެވާހަކާ ބުނިންތަ؟” ޒައީމް އަހާލިއެވެ. “އާނނ.. އެކަމު އެމަންޖެ ހިންހަމަ ޖެހޭނެބާ! ޒައީމަށް އެގެއެއްނު..!” އާމިނާ އިނީ ނުތަނަވަސް ވެފައެވެ. “އެއީތާ މައްސަލައަކީ.. […]