ކޮޓަރިއަށްދާންދިޔަ ލަމްޝާ ފެނުމާއެކު ޒަޔާން އައިނާ ކޮބައިތޯ އަހާލީ ވަރުބަލިވެފައި ހުރުމުންނެވެ. “އޯ.. އައި ދެންމެ އެނިކުތީ..” ދޮރާދިމާއަށް އިޝާރާތް ކުރަމުން ލަމްޝާ ބުނެލިއެވެ. ޒަޔާންއަވަހަށް އެދިމާއަށް ދިޔައީ އައިނާފެންނާނެ ކަމަށެވެ. އެހެނަސް ނިކުތުމާއެކު ފެނުނު މަންޒަރުން ޒަޔާޏްގެ ލޭކެކިގެން ދިޔައެވެ. މަގުމަތިން ދިޔަ ޓެކްސީއެއް ހުއްޓުވަމުން އައިނާ އޭރު ޓެކްސީއަށް އަރަނީއެވެ. ޒަޔާން އެއްމިއަނަކުން ހީލަމުން އެދިމާއަށް ހިނގައިގަތީ ފުންނޭވާއެއް ލަމުންނެވެ. ….. ޓެކްސީއަށް އަރައަރައި ހުރި އައިނާއަށް ހުއްޓެވުނީ ބާރުގަދަ އަތަކުން އޭނާގެ އަތުގައި […]
ލަވައެއްގެ ރާގުއަޅުވައިލައިގެން ފާހަނައިން ނިކުތް އައިނާއަށް ހުށްޓެވުނީ އެނދުގައިއޮތް ޒަޔާންފެނުމުންނެވެ. ގަބޫލުނުކުރެވިފައި ދެފަރާތައް ބޯހޫރާލީ ހިޔާލެކޭ ހީވުމުންނެވެ. މަޑުނޫކުލައިގެ ޓީޝާޓަކާއި ހުދުކުލައިގެ ސޯޓެއްލައިގެން ޒަޔާޏް އޮތްއިރު ވަރަށް ހިތްގައިމެވެ. ޒަޔާން ދެލޯމަރައިގެން އޮތުމުން އައިނާ ހިތްފުރެންދެން ޒަޔާންއަށް ބަލައިލިއެވެ. އެވަގުތު އޭނާގެ ތުންފަތުގައި މައުނަވީ ހިނިތުންވުމެއް ދަތުރުކޮށްލިއެވެ. ޒަޔާންއައީ ކޮންއިރަކު ބާވައެވެ. ހަމަގައިމުވެސް ކުރިން ފެނުނު އިރަށްވުރެ މިހާރު ޒަޔާން ރީތިވެފައި އެޓްރެކްޓިވްއެވެ. އައިނާ ޒަޔާންއާ ކުޑަކޮށް ކައިރިވެލީ ހިޔާލަކަސް ޒަޔާންއާ އެކުގައިވުމަށް އެދޭތީއެވެ. އެނދާކުޑަކޮށް ކައިރިވެލިތަނާ […]
އިމާދުގެ ކުރިމަތީގައި ހުއްޓިހުރިއިރު ނިޝާ ތުރުތުރު އަޅައެވެ. އައިސްފައި ހުރި ރުޅިން ދެންމެދެންމެ އިމާދުގެ ގައިގައި ޖަހާފާނެހެން ހީވެއެވެ. “އިމާދު ހީނުކުރައްޗޭ އައި އަށް ގޮތް ހުސްވާނެކަމަށް..” ނިޝާ އަތްގޮށްމުށް ކަވާލައިފައި އަޑަށް ބާރުލަމުން ބުނެލިއެވެ. އިމާދު ފަރުވާކުޑަ ގޮތަކަށް ނިޝާއަށް ބަލައިލިއެވެ. “އައިނާ ކައިރީ ބުނޭ އައިނާއަށް ދުވަހަކުވެސް އުފަލުގަ ނޫޅެވޭނޭ.. އަހަރެން ހުރިހާ ދުވަހަކު” އެހެންބުނުމަށް ފަހު އިމާދު ތުމުންފުމެމުން ހިނގައިގަތީ އެތަނުން ދިއުމަށެވެ. ނިޝާފެނުމުން އޭނާގެ މުޅި މޫޑު ގޯސް ވެއްޖެއެވެ. އައިނާއަށް […]
ޒަޔާން ވަރަށް އަވަހަށް ފޯނުނެގިއެވެ. ރައުފިއްޔާ މޮޅު ރޭވުމަކާއެކު ވާހަަކަ ދައްކަން ފެށިއެވެ. އަދި ނުވާކަމަކަށް ހަދާ އައިނާގެ އަތައް ފޯނުދިނެވެ. ….. ހިޔާލަކަށް ގެއްލިއިނދެ ކަމުންދިޔަ އައިނާ ހުއްޓުންއެރީ ރައުފިއްޔާ އޭނަ އަތައް ފޯނުދިނުމުންނެވެ. އޭނާއިނީ މާބޮޑަށް ނުވިސްނާކަމުން ޒަޔާން ފެނުމާއެކު ހުއްޓުން އެރިއެވެ. ދިރުވާލަން އުޅުނު ކާއެތިކޮޅުވެސް ހީވީ އަރުގައި ތާށިވިހެނެވެ. ރައުފިއްޔާ ގަސްތުގައި ވީޑިއޯ ކޯލްކުރީ އެހެންވެއެވެ. ވީޑިއޯއިން ފެނުމުން ދެމީހުނަށް ފަސޭހަވާނެތީއެވެ. އަވަހަށް އިންތަނުންތެދުވެ ގަޑި ބަލާލަމުން ރައުފިއްޔާ ހިނގައިގަތެވެ. “މަންމަ […]
ޒަޔާންގެ ލޮލުން އަލިފާންކަނި ބުރަމުންދިއައެވެ. ހަލުވިފިޔަވަޅު ތަކެއްގައިގޮސް ކޮޓަރިއަށް ވަނެވެ. އައިނާދުވަމުން އައިސް ޒަޔާންގެ އަތުގައި ހިފާލުމުން އަތްފޮޅުވާލީ އައިސްފައި ހުރި ރުޅީގެ ސަބަބުންނެވެ. އައިނާ އެހެންމީހަކާ އެހާކައިރީ ހުރުމުން ޒަޔާންއަށް ކެތްނުވީއެވެ. ޒަޔާން އައިނާއަށް އިހުތިރާމުކުރުމުގެ ގޮތުން އައިނާގައިގައި އަތްވެސް ނުލައެވެ. އެހެނަސް އައިނާގޮސް ހުރީ އެހެންމީހެއްގެ އަތުތެރޭގައެވެ. އައިނާ ޒަޔާންއާ ކައިރިވެލިއެވެ. ކަރުނުން ފުރިފައިހުރި ލޮލަކުން ޒަޔާންއަށް ބަލަމުން ވާހަކަ ދެކެވޭތޯ މަސައްކަތް ކުރިއެވެ. “ޒަޔާން ލިސެންޓުމީ.. އިޓްސް ނޮޓް ވަޓް ޔޫ ތިންކް […]
އެދުވަހު އެށްކޮށް ސަކަރާތުގައި އުޅުމަށްފަހު ރޭގަނޑުވުމުން ކައިގެން ހުރިހާއެންމެން ދިޔައީ އެމީހެއްގެ ކޮޓަރިއަށެވެ. ޒަޔާން ލެޕްހިފައިގެން އިނީ އައިނާ ފާހަނާއަށް ވަނުމުންނެވެ. އައިނާގެ ފޯން ވައިބްރޭޓް ވުމުން ޒަޔާން ނަގާބަލައިލި ވަގުތަކީ އައިނާފާހަނައިން ނިކުތްގަޑިއެވެ. “ހޭ ލަވް.. މިސިންގްޔޫ” މެސެޖުގައި އޮތެވެ. މެސެޖް ކިޔާލުމަށްފަހު ޒަޔާންއައިނާއަށް ބަލައިލީ ޖަވާބެއް ބޭނުމޭ ބުނާފަދައިންނެވެ. އައިނާއައިސް ފޯނުބަލާލުމާއެކު ދެލޯބޮޑުވިއެވެ. ސޭވްކޮށްފައި ނެތަސް އެއީ އިމާދުގެ ނަމްބަރުކަން އައިނާއަށް އެނގެއެވެ. މިހުރިހާދުވަހު އިމާދުގެ ހަބަރެއް ނުވެއެވެ. ދެންމިގޮތައް މެގެޖް ކުރުމުގެ ބޭނުމަކީ […]
އިމާދުގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ދެންމެ އޭނާގެ ކުރިމަތިން ޒަޔާންއާ އައިނާ ހިނިތުންވެތިބެ ހުރަސްކުރުމުން އޭނާއަށް ކެތްނުވީއެވެ. އައިނާގެ ދިރިއުޅުމަށް ބުރޫއަރުވަން ކުރިކަމުން އަސަރެއް ނުކުރޭތާއޭ އޭނާގެ ހިތައްއެރިއެވެ. އެހެނަސް އައިނާއާ ޒަޔާންގެ ގުޅުން އެހާރަނގަޅުނޫންކަން އިމާދުއަށް އެނގެއެވެ. ދެންއޮތީއޭނާގެ ދެވަނަ ހަމަލާއެވެ. ޒަޔާން އައިނާގެ މަތިންއެށްކޮށް ފޫހިކޮށްލާވަރު އޭނަކުރާނެއެވެ . އޭނައަށް އެހާބޮޑު ލަނޑެއް ދިނުމަށްފަހު އައިނާއަށް އުފަލުގައުޅުނަ އޭނަނުދޭނެއެވެ. ….. ޒަޔާން ހެނދުނު އޮފީހަށް ދިޔައީ ޗުއްޓީދުވަހެއް ވިޔަސް ނިންމަންޖެހޭ މުހިއްމު […]
އައިނާގުޅުމާއެކު ޒަޔާންނިކުމެގެން ދިޔައީ ގެއަށެވެ. ޒަޔާން ކާރުދުއްވަމުން ދިޔައިރު އިނީ ވަރަށް ހަމަޖެހިފައެވެ. މިއީ އައިނާ އޭނާއަށް ގުޅި ފުރަތަމަ ފަހަރެވެ. އައިނާގެ އިށާރާތަކަށް ބަލައިގެން ހުންނަތާ ކިހާދުވަހެއް ހެއްޔެވެ. ޒަޔާންގެއަށް ވަދެފެންވަރާލީ އައިނާހުރީ ނިޝާކައިރީގައިކަން އެނގޭތީއެވެ. އައިނާއައުމަށް އިތުރަށް ވަގުތުކޮޅެއް އޮތުމުން ފުރެޝްވެލީއެވެ. އައިނާގެއަށް ވަދެގެންއައިއިރު ޒަޔާން ކޮފީއެއް ހިފައިގެން ސޯފާގައިނެވެ. ހުދުކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްލައިގެން އިންއިރު ވަރަށް ހިތްގައިމެވެ. އާވިއަރަމުންދިޔަ ކޮފީތަށި އެއްއަތުން ހިފައިގެން އަނެއްއަތުގައޮތް ފޯނަށްބަލައިގެން އިންއިރު ފެނުނުކޮންމެ މީހެއްގެ ހިތްއަތުލާނެކަން […]
އައިނާއިނީ އޭނާގެ އެންމެގާތް އެކުވެރިޔާކައިރީގައެވެ. ނިޝާގެ ކޮޓަރީގައެވެ. ބޮޑުއެނދަކާއި އަލަމާރިއެއްގެ އިތުރުން ނިޝާގެ ފޮތްތަކުން ކޮޓަރި ހުރީ ފުރިފައެވެ. އެނދުމަތީގައި ދެމީހުންތިބިއިރު ކައިރީގައި ޓިޝޫބޮކްސް އެއްހުށްޓެވެ. ވޭތުވެދިޔަ ދުވަސްތަކު އައިނާއަށް ކުރިމަތިވި ކަންތަށް ނިޝާއަށް ކިޔައިދެމުންދިޔައިރު އައިނާގެ ލޮލުން ކަރުނަނުހިކެއެވެ. ލައިގެން އިން ހުދުކުލައިގެ ޓޮޕްކޮޅުގެ އަތްއޮޅާލަމުން ޓޝޫއެއް ނަގައިގެން މޫނުފޮހެލިއެވެ. ނިޝާ އައިނާގެ ކޮނޑުގައި ހިފަހަށްޓާލައިގެން އިނީ ހަދާނެއެހެންގޮތެއް ނެތުމުންނެވެ.އައިނާހިތްދަތި ވެފައިހުރިވަރުން ނިޝާއިނީ ބަސްހުއްޓިފައެވެ. “އައި.. އައި ތިންކް ޔޫސުޑް ޓޯކް ޒަޔާން.. ހީ ހޭވް […]