Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިންއެކުގާ (3)

Neei Level 110 Stories
August 29, 2020 3 Mins Read
1 Comment

ސިއްސައިގެން ގޮސް ޒަޔާންއަށް ހޭލެވުނީ އޭނާގެ ފޯންރިންގްވާ އަޑަށެވެ. ލޯއުނގުޅަމުން ތެދުވެ ފޯނަށް ޖަވާބުދިނެވެ. “ކީކޭ؟؟” “އޭ .. ބްރޯ އަދިވެސް ނިދަނީ.. މަމިހިރީ އެއަރޕޯޓުގަ” އެކޮޅުން ވާހަކަދެއްކީ ޒަޔާންގެ ދެބެންދަރި ކޮއްކޮ ރާއިދުއެވެ. “ނޯވޭ.. ނުބުނާތި މަންމަކައިރީ ނުބުނެއޭ ތިއައީ..” ޒަޔާން ވާހަކަދައްކަމުން ކޮޓަރިއަށް ދިޔައެވެ. “ހެހެހެ.. ސީޔޫ ބްރޯ..” ރާއިދު އަވަހަށް ފޯނުކަޑާލިއެވެ. ޒަޔާން ފޯނަށް ބަލައިލީ ހިނިތުންވެފައިހުރެއެވެ. އެއީ އަބަދުވެސް ރާއިދުގެ ގޮތެވެ. އެމީހުން އުޅެނީ އޮސްޓްރޭލިއާގައެވެ. ރާއިދުއަކީ ރާއްޖޭގައި އުޅެންބޭނުންވާ ކުއްޖެއްކަމުން މަންމައަށް ނާންގާ ދޭތެރެއިން ރާއްޖެއަންނާނެއެވެ. އެކޮޅަށް ދާނީ ޒަޔާން ވަރަށް ކިޔައިގެންނެވެ. ރާއިދުގެ މަންމަ ފަރީދާ އޮސްޓްރޭލިއާއަށް ދިޔައީ ރާއިދުމެނަށް ކިޔަވައިދޭށެވެ. ރާއިދުގެ ކޮއްކޮ ކިޔަވާނިމުމުން އެމީހުން ރާއްޖެއަންނަން އޮތީފެށޭ އަހަރުގައެވެ.

ޒަޔާން ކޮޓަރިތެރެއަށް ނަޒަރުހިންގާލިއެވެ. އައިނާގެ އެއްވެސް ހިލަމެއް ނެތުމުން ގޭގައި ނެތީކަން އެނގުނެވެ. މިފަހަރު ޒަޔާން ހިތްހަމަނުޖެހުނެވެ. އައިނާއަށް ވަގުތުބޭނުންވާނެތީ އޭނާ އައިނާއަށް ވަގުތުދޭންހުރީ ތައްޔާރަށެވެ. އެހެނަސް އައިނާ އެގޮތައް ގޮސްދާނެކަމަށް އޭނާހީވެސް ނުކުރެއެވެ. ކުޑަމިނުން އައިނާއަށް ގުޅޭނެ ގޮތެއްވެސް ނެތެވެ. ފާހަނާއަށް ވަދެފެންވަރާލައިގެން ނިކުތް ޒަޔާންއަށް ބަލައިލެވުނީ އޭނާގެ ފޯނަށެވެ. އެކޮޅުން ގުޅަނީ އޭނާގެ ބައްޕަ ޒިޔާންއެވެ. “ޔޭސް ބައްޕާ..” ޒަޔާން އަވަހަށް ބުނެލިއެވެ. “ހޭލެވުނީދޯ… ބައްޕަ ވާހަކައެއް ދައްކާލަން..” ޒިޔާންގެ އަޑުއައެވެ. “އަޑުއަހަނީމި..” ޒަޔާން އެނދުގައި އިށީނެވެ. “ކުރިންވެސް ބުނީމެއްނުދޯ މިކޮޅުއޮފީހުގެ ކަންކަމާ ހަވާލުވާނީ ދަރިފުޅޭ.. ދެންމެ އަސްލަމް ގުޅާފަބުނީ އޭނަ ރަށަށްދާ ވާހަކަ.. ދަރިފުޅު ދާންވީނު އޮފީހުގެ ކަންކަން ބަލާލަން.. އޭރުންބޮޑަށް އެގޭނީވެސް… ބަލާލާފަ ދަރިފުޅުމެން ހަނީމޫންއިން އަންނަދެން ބައްޕަ މެނޭޖް ކޮށްލާނަން.. އޯކޭދޯ..” ޒިޔާން ނިމުމުން ޒަޔާންއެކަމާ އެއްބަސްވެ ފޯނު ބޭއްވިއެވެ. އަވަހަށް ރެޑީވެލައިގެން ޒަޔާން އޮފީހަށްދިޔައީ ސައިވެސް ނުބޮއެވެ.

އައިނާއޭނާގެ މަސައްކަތުގައި އިނެވެ. “އައީ.. ސައިބޯންވެސް ނުދަންތަ؟” ފައުޒާ އައިނާއާ ކައިރިވެލަމުން އަހާލިއެވެ. “ސައިބޯހިތްނެތީމަ..” އައިނާވެސް ވާހަކަދެއްކިއެވެ. އައިނާގެ ކައިވެނީގެކަންނަން އޮފީސްކުދިންނަކަށްވެސް ނޭގެއެވެ. އައިނާއަކީ މަސައްކަތެއްކުރަން ފަށާފިއްޔާ ވަށައިގެންހިގާ ކަންކަންވެސް އެގޭމީހެއްނޫނެވެ. އެހެންކަމުން އައިނާއަށް އައިބަދަލު އެކަކަށްވެސް ނަގައެއްނުގަނެވުނެވެ. “އެކަމުވެސް ސައިބޮއެގެން އިންނަންވާނީ.. ހިނގާބަލަ ކޮފީރޫމްއަށް..” ފައުޒާ އައިނާގެ އަތުގަހިފައިގެން ކޮފީރޫމަށް ވަނެވެ. ކޮފީރޫމުގައި ފުދޭވަރަކަށް މީހުންތިއްބެވެ. އެމީހުންގޮސް އިށީނުމުން ލައިޝާ ވާހަކަދައްކަން ފެށިއެވެ. “ގާއިޒް.. އަސްލަމްގެ ޖޮބް ރަށުންހަމަޖެހިއްޖެޔޯ… އޭނަ މިވީކްގަ ފުރާނެ… އަންޑް ދެންމިކޮޅާ ހަވާލުވެގެން އަންނަނީ ބޮސްގެ ދަރިފުޅޯ..” ލައިޝާ ވާހަކަތައް  ފައްޗަކަށް އަނމުނާލިއެވެ. “ވެލްވެލް… ލެޓްސް ހޯޕްފޯ ބެޓަރ” ފައުޒާ ބުންޏެވެ. މަސައްކަތުގެ މާހައުލުގައި އެއްބަޔަކު އަނެއްބަޔަކާ ޖައްސައިލައިގެން އުޅުމަކީ އާންމު ކަމެކެވެ. އެހެނަސް އެއީ ވަރަށް އުނދަގޫ ކަމެކެވެ. އެހެންކަމުން އަލަށް މީހަކުއަންނާތީ ކަންބޮޑުވުން ހާމަކޮށްލެވުނީއެވެ. “އޯ.. އައި ބެޓް ހީވިލްބީ ހޭންޑްސަމް..” ރަމްޝާ ލޯބްޑުކޮށްލަމުން ބުންޏެވެ.

…………………………

ޒަޔާންއޮފީހަށް އައިއިރު އަސްލަމް އޭނާގެ އިންތިޒާރުގައި ދޮރުކައިރީގައި ހުއްޓެވެ. ދެމީހުން ކަންތައްތައް މަޝްވަރާކުރަމުން ގޮސްކުޑަ ބްރޭކެއް ނެގިއެވެ. “ހިނގާ ކޮފީއަކަށް…” އަސްލަމު ބުންޏެވެ. ޒަޔާންވެސް އެކަމާ އެއްބަސްވެ އަސްލަމާއެކު ހިނގާގަތީ ވެފައިހުރި ބަނޑުހައިކަން އިހުސާސްވުމުންނެވެ. ކޮފީރޫމަށް ވަދެގެންއައި ޒަޔާންއަށް އައިނާ ދިޔައީސިއްސައިގެނެވެ. އަވަސްއަވަހަށް ނަފްސުހަމައަކަށް އަޅުވާލިއެވެ. އަސްލަމްވަދެގެންގޮސް އައިނާމެންކައިރީ މަޑުކޮށްލަމުން ބުންޏެވެ. “މީ ޒަޔާން.. އަހަރެންގެ މަގާމާ ހަވާލުވާނީ ޒަޔާން…” އޭރު ޒަޔާން ހުރީ އައިނާއާ ވާގޮތަށް އޭނާގެ ކުރިމަތީގައެވެ. ޒަޔާންގެ މޫނަށްބަލާލުމަށްފަހު އައިނާ އަނެއް ފަރާތައް މޫނުއަނބުރާލިއެވެ. ޒަޔާންއަށް އަށްތޫނުތަދެއް އިހްސާސްވިއެވެ. އައިނާ އޭނަދެކެ ހަމަ އެހާރުޅި އާދޭބާއެވެ.. އައިނާއަށް ބަލައިގެން ހުރެވުނީ ހިތްނުތަނަވަސް ވީވަރުންނެވެ. “ހޯޕް ވީ ގެޓް އެލޯނގ ސަރ..” ލައިޝާ ބުނެލިއެވެ. އެހެންނަމަވެސް އައިނާކަންކުރިގޮތުން ޒަޔާން ނިކުމެގެންދިޔައީ ބަލާލުމަށްފަހު ބަހެއްވެސް ނުކިޔައެވެ. ޒަޔާންދިއުމުން އައިނާއަށް ފުންނޭވާއެއް ލެވުނެވެ. ދެންހަމަޖެހުމެއް ނެތޭހިތައްއެރުމުން އޭނާގެ މޫޑުމުޅިން ގޯސްވިއެވެ.

……………………….

އައިނާގެއަށް ނުދާންހުރެފަ ގެއަށްދިޔައީ އިރުވެސް އޮއްސުމުންނެވެ. މަންނަމެން ގެއަށްގޮސްސިނަމަ ސުވާލުގިނަވާނެކަން އެގޭތީ އެގެއަށް ނުދިޔައީއެވެ. ގެއަށްވަދެގެން އައިއިރު އެއްވެސް އަލިކަމެއް ގެއަކުނެތެވެ. ޒަޔާންނޫޅޭކަމަށް ނަލާހިތްހަމަ ޖައްސާލަމުން ބޮކިތައްދިއްލާލި އައިނާ ސިއްސައިގެން ދިޔައީ ސޯފާގައިން ޒަޔާންފެނުމުންނެވެ. އަމިއްލަނަފްސް ހަމައަކަށް އަޅުވާލަމުން ކޮޓަރިއަށް ވަންނަންދިޔަ އައިނާ ހުއްޓުނީ ޒަޔާން އޭނާގެ އަތުގައި ހިފުމުންނެވެ. އައިނާގެ އަތުގަހިފާ ޒަޔާން އޭނާއާދިމާއަށް އައިނާ އަނބުރާލިއެވެ. “ޑޯންޓްޔޫ ހޭވް އެނީތިންގްޓްސޭ؟؟” ހަތަރުކަޅި ހމަކޮށްލަމުން ޒަޔާން އަހާލިއެވެ. އައިނާހިތުން ކުދިކިޔާލިއެވެ. އަހަރެން ކޮންމެގޮތަކަށް އުލުނަސް ކަލެއަށް ކޮންކަމެއްހޭ ހިތައްއެރިއެވެ. “އެތްލީސްޓް ދާ ތަނެއްބުނެވޭނެ ދޯ..” އައިނާއުރިގޮތަށް ހުރުމުން ޒަޔާން އަނެއްކާވެސް ބުނެލިއެވެ. “އަހަރެން ބުނަންޖެހޭ ކަމަކަށް ނުދެކެމޭ..” އައިނާ ޒަޔާންގެ އަތްފޮޅުވާލިއެވެ. “ނޮޓްޓޫފާސްޓް..” ޒަޔާން މިފަހަރު އައިނާގެ ގެންގޮސް ފާރުގަޖެއްސިއެވެ. އައިނާ ބިރުން ފިނިވެގެން ދިޔައެވެ. އޭނާގެ ހިތްބާރުބާރަށް ތެޅެމުންދިޔައެވެ. އައިނާގެ އަތުގައިއޮތް އޭނާގެ ފޯން ޒަޔާން އަތުލިއެވެ. އެއްވެސް ކޯޑެއްނެތުމުން ވަރަށް އަވަހަށް ހުޅުވިއްޖެއެވެ. އެހުރިގޮތައްހުރެ އޭނާގެ ނަމްބރ ޖަހައި ޑައިލް ކޮށްލިއެވެ. އަނބުރާ އައިނާގެ ފޯންއޭނާ އަތަށްދިނީ ފަހުރުވެރި ހިނިތުންވުމަކާއެކުގައެވެ. ހަމައެވަގުތު ޒަޔާންގެ ފޯންރިންގްވާން ފެށިއެވެ. “ބަލަ މިހާރު އަހަރެންގެ ބޭނުން ކެނޑުނީދޯ..” އެކޮޅުން އައީ ރާއިދުގެ އަޑެވެ. “ހެހެހެ.. މިދަނީ.. 5 މިނިޓްސް” ޒަޔާން ފޯންބޭއްވިއެވެ. “އަންނާނަން ބޭރަށްގޮސްލާފަ.. ރާދު ވަރަށް ގުޅައިފި..” އައިނާއާ ހަތަރުކަޅި ހަމަކޮށްލަމުން ޒަޔާން ބުންޏެވެ. އައިނާގެ އަތަށްބާރު ކޮށްލާފައި ޒަޔާން ނިކުމެގެންދިއުމުންވެސް އައިނާހުރި ގޮތަށް ގަނޑުވެފައި ހުރީއެވެ. މީކޮންކަހަލަ މީހެއްބާއޭ ހިތައްއެރިއެވެ. އަނެއްކާ މޮޔަމީހެކޭވެސް ހީކުރިއެވެ. “އޯމައި ގޯޑް..” ބޮލުގައި ހިފަހަށްޓާލަމުން ކޮތަރިއަށްވަނީ ފުރެޝް ވެލުމުގެ ބޭނުމުގައެވެ.

ޒަޔާންއާ ރާއިދުއާތިބީ ކޮފީއެއްގައެވެ. “ދެންބުނެބަލަ.. ކިހިނެކޯވީ؟” ރާއިދު ލޯބޮޑުކޮށްލަމުން ބުންޏެވެ. “ދެން ރާދުވެސްދޯ.. ކޮންކަމެއް އޮންނާނީ ވަކި..” ޒަޔާން ކުޑަކޮށްހީލިއެވެ. “ދެންހާސްވާނެކަމެއްނެތް.. ދޮންތަބުނީ މިކޮޅުގަ ބަހަށްޓާށޭ.. އެހެންވީމަ މާދަންވާނެ އޮފީހަށް ނިކުންނަން..” ޒަޔާންއިތުރު ކޮށްލިއެވެ. ރާއިދުމިކޮޅަށް އައިކަން އެނގުމުން ފަރީދާ ޒަޔާންއަށްގުޅާ ޢޭނާ ބެލުމަށް އެދުނެވެ. ރާދު އަކީ ކަންކަމާ ފަރުވާތެރިކުއްޖެއްނޫންކަމުން ފަރީދާބޭނުންވަނީ ޒަޔާންގެ އެހީތެރިކަމާއެކު ރާދުގެ އެގޮތްބަދަލުކުރާށެވެ. “ވަޓް.. އިޓްސް އަވެކޭޝަން ބްރޯ..” ރާދުތުން އޫކޮށްލަމުން ބުންޏެވެ. ޒަޔާން ހީގަތީ ކިތަމެބޮޑުވިއަސް ރާދުގެ އެސިފަ ނުކެޑޭނެއޭ ހިތައްއެރުމުންނެވެ. “ކިހިނެއްވަނީ ފަހަރިކަންތައް..” ރާދުކޮށްލި ސުވާލުން ޒަޔާން މަޑުޖެހިލިއެވެ. “ވަޓްޑޫޔު ތިނކް.. ޝީހޭޓްސް މީ..”ޒަޔާން ކޮފީތަށި ބެހެއްޓިއެވެ. “ވަރަށް އުނދަގޫވާނެ ދޯއަސްލު.. ނުވެސްދަންނަ މީހަކާއެކު އުޅެން.. އައިވިލް ޓްރައި މައިބެސްޓްޓް ހެލްޕްހާރ..”  ޒަޔާން ހިތިގޮތަކަށް ހީލިއެވެ. އޭނަވެސް އައިނާދެކެ ލޯތްބެއް ނުވެއެވެ. އެހެނަސް ކައިވެނީގެ މަތިވެރިކަން އޭނާއަށް އެނގެއެވެ. އައިނާއާއެކު ރީތިކޮށް އުޅެންއޭނާ ބޭނުންވެއެވެ. ޒަޔާންގަބޫލުކުރާ ގޮތުގައި އައިނާއަށްވެސް އޭނާދެކެ ލޯބިވެވޭނެއެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Neei

Level 110 Stories

I'm neei.. I love to read and write stories.. hope you guys enjoy my stories.. appreciate your support

Other Articles

Previous

ލޯބީގެ ހައްގުގައި 4

Next

ލޯބީގެ ހައްގުގައި 5

Next
August 30, 2020

ލޯބީގެ ހައްގުގައި 5

Previews
August 27, 2020

ލޯބީގެ ހައްގުގައި 4

One Comment

  1. Neei says:
    August 31, 2020 at 11:55 am

    Hey guys here is the 3rd part of the story.. hope you like it..

    I’m very new to this and how can I add a cover ?? TIA

Comments are closed.

Next Episode(5) ލޯބިން އެކުގާ←


All Right Reserved!