Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިންއެކުގާ (6)

Neei Level 110 Stories
September 5, 2020 3 Mins Read
2 Comments

 

އައިނާ އޮފީހުގަ ވަރަށްބުރަކޮށް އުޅެނިކޮށް ރިސެޕްޝަނުން ފޯނެއްއައީ މީހަކު ހޯދަން އައިސްހުރިކަމަށް ބުނަމުންނެވެ. އައިނާ ކުރަމުންދިޔަ މަސައްކަތް މަޑުޖައްސާލުމަށްފަހު ވެއިޓިންގް ރޫމަށްދިޔައީ އޭނާހޯދަން އަންނާނީ ކާކުބާއޭ ހިތައްއަރުވަމުންނެވެ. ވެއިޓިން ރޫމުގެ ދޮރުހުޅުވާލުމާއެކު އައިނާ ގަނޑުވިއެވެ.

…….

ދޮރުހުޅުވާލުމާއެކު ފެނުނު ސޫރައަކުން އައިނާ ހުއްޓުން އެރިއެވެ. އެސޫރައެށް ދުށުމަށް އައިނާ ކެތްމަދުވެފައިވާ މީހާއެވެ. “އިމާދު..” އައިނާގެ އަޑުއައެވެ.ވެއިޓިނގް ރޫމުގަހުރި ސޯފާތަކުން ސޯފާއެއްގައި އިމާދު ހަމަޖެހިލައިގެން އިނެވެ. އިމާދުހުރީ އަތްދިގު ރަތްކުލައިގެ ޓީޝާޓަކާއި އުދުކުލައިގެ ސޯޓެއްލައިގެނެވެ. ބޯސުޓައިލްކޮށްލާފަ ހުރިގޮތުން އިތުރަށް ރީތިކަމަށް ދައްކައެވެ. އައިނާއާ ދިމާއަށް ހިނިތުންވެހުރެ އައިސް އަތުގައި ހިފާލިއެވެ. ދެމީހުން އެކަކުއަނެކެއްގެ މޫނަށްގެއްލިފައި އިރުކޮޅަކު ތިއްބެވެ. އިމާދު އައިނާ އޭނާގެ ހަށިގަޑާ ކައިރިކޮށް ބައްދާލިއެވެ. ދެންދޫނުކުރާނަމޭ ބުނާގޮތަކަށެވެ. އައިނާގެ ހިނިތުންވެފައި ހުއްޓާ ހިޔާލަށްއައި އެއްޗަކުން ހީބިހި ނަގައިގެން ދިޔައެވެ. ކުއްލިއަކަށް އިމާދުކޮށްޕާލެވުނީ އޭނާއަކީ މީހެއްގެ އައިންބެއްކަން ހަނދާންވުމުންނެވެ. ޒަޔާންދެކެ ލޯބިނުވިއަސް އޭނާ އެކަހަލަގެ ކަމެއްކުރާކަށް ބޭނުމެއްނޫނެވެ. އައިނާކުރިކަމަކުން އިމާދުހުރީ ވިސްނަންވި އެއްޗެއް ނޭންގިފައެވެ. “އައި.. ކީއްވީ..؟” އައިނާގެ ކައިރިވަމުންދިޔަ އިމާދުހުއްޓެން ޖެހުނީ އައިނާ މަޑުކުރާށޭ ބުނުމުންނެވެ. އިމާދު ހިނިތުންވެލިއެވެ. “ރުޅިއައީތަ.. ސޮރީއޭ..” އަނެއްކާވެސް އިމާދުބުނެލިއެވެ. “ކައިރިނުވޭ އިމާ.. ” އައިނާ ފަހަތައްޖެހެމުން ދިޔައެވެ. “ކާންޓްޔޫ ސީ.. އައިމް މެރީޑް..” އައިނާ ހިތާމަވެރި ރާގަކަށް ބުންޏެވެ. “ހެހެހ.. ދެން އެކަހަލަ ސަމާސަ ނުކުރަށްޗޭ..” އިމާދު އައިނާގެ އަތުގަހިފާލިއެވެ. “މީދޮގެއް ނޫނޭ..” އައިނާގެ މޫނަށް ބަލަންހުރި އިމާދުއަށް އައިނާހަދަނީ ތެދުކަން އެނގުނީ އައިނާގެ މޫނަށްއަރާފައިބަމުން ދިޔަ ކުލަވަރުންނެވެ. ގަބޫލުކުރަން ދަތިގޮތަކަށް އައިނާއަށް ބަލައިގެން އިމާދު ހުއްޓެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. “ފޯ ރިއަލް؟؟” އިމާދުއަށް ގަބޫލުކުރަން ދަތިވިއެވެ. “ވައި… ” އައިނާހުރިގޮތައް ހުރީއެވެ. އޭނާގެ ހިތްބާރުބާރަށް ތެޅެމުން ދިޔައެވެ. އިމާދުގެ މޫނަށް ބަލަން އޭނާއަށް ކުޅަދާނައެއް ނޫނެވެ. އިމާދު ދެރަވާނެވަރު ހިތައްއެރުމުން އައިނާގެ ހިތްކުދިކުދި ވިއެވެ. އައިނާ އެއްޗެއް ނުބުނެ ހުންނަން ފެށުމުން އިމާދުރުޅި އަންނަން ފެށިއެވެ. “ވައި… ޔޫ..” އިމާދުއާދިމާއަށް އައިނާ ބަލާނުލުމުން ހިފަހަށްޓައިގެންހުރި އަތްދުކޮށްލަމުން ނިކުމެގެން ދިޔައީ ބާރަށް ދޮރުލައްޕާފައެވެ. އައިނާއެފަދަ ކަމެއްކޮށްފާނެކަމަށް އޭނާ އުންމީދުވެސް ނުކުރެއެވެ. އައިނާދެކެ އޭނާ ލޯބިވެއެވެ. އެހެނަސް އައިނާއޭނާގެ ލޯތްބަށް ބޭވަފާތެރިވީއެވެ.

އިމާދުނިކުމެގެން ދިއުމުން އައިނާއިންތަނަށް ތިރިވީ އޭނައަށް ކުރަމުންދާ އަސަރުންނެވެ. ހުރިހާއިރު ހިފަހަށްޓައިގެން ހުރި ކަރުނަތައް ފައިބާގަތީ އެއްވެސް ހުރަހެއް ނެތިއެވެ. މޫނުފޮރުވާލަމުން އައިނާއަށް ގިސްލެވުނެވެ. އިމާދު ކިހާ ދެރަވާނެހެއްޔެވެ. އިމާދުއަށް ވީގޮތް ހަނދާންވުމުން އޭނާއިތުރަށް ހިތްދަތިވިއެވެ. މިހުރިހާ ކަމަކުން އޭނާއަށް ރުޅިއާދެވުނީ ޒަޔާން ދެކެއެވެ. ހިތުންކިޔުނު އެއްޗެހީގެ އަދަދެއް ނޭންގެއެވެ. އައިނާއަށް އެހެންއިނދެވުނީ ކިހާއިރަކުކަމެއް ނޭގެއެވެ. ވެއިޓިންގްރޫމް އަނދިރިވެގެން ދިޔައީ އައިނާއެހެން އިންދައެވެ. އެހެންއިން އައިނާއަށް ސިހުންލިބުނީ އޭނާއަށް ފޯނެއްއަންނަން ފެށުމުންނެވެ. އޭނާގެ މޫނަށް ރުޅިވެރިކަންއައީ ގުޅަނީކާކުކަން އެނގުމުންނެވެ.

…….

ޒަޔާންކުރަންދިޔަ ކަންތައް ނިމުމުން މަޑުކުރަންޖެހުނީ އިތުރުއެހެން ކަމެއްޖެހުމުންނެވެ. މަހެއްވެގެން ދިޔައިރު އޭނަހުރީ މާލެއަންނަ ހިތުންކެތްމަދުވެފައެވެ. މިހާރު އޭނާގެ އައިންބެއް ހުރޭވިއްޔާއެވެ. އައިނާ ދެކޭހިތުން އޭނާހުންނަނީ ކެތްމަދުވެފައެވެ. އައިނާއަށް ގުޅަންބޭނުމަސް އަބަދުނުގުޅަނީ އައިނާފޫހިވާހެން ހީވާތީއެވެ. އައިނާގެ އުފަލަށް ގުރުބާންވާންވެސް ޒަޔާންހުރީ ތައްޔާރަށެވެ. ބިޒީކޮށް އުޅުމަށްފަހު އައިނާއަށް ގުޅާލީ އައިނާގެ ހަބަރެއް ރާދުވެސް މިއަދު ނުދޭތީއެވެ. އައިނާގެ ފޮޓޯއަކާއެކު ޖެއްސުމުގެ ލިއުންކޮޅެއް ކޮންމެދުވަހަކު ރާދު ފޮނުވާނެއެވެ. ހިނިތުންވެގެން ފޯނުކަންފަތުގަ ޖަހައިގެންއިން ޒަޔާން ސިއްސައިގެން ދިޔައީ އައިނާފޯނުނެގުމަށްފަހު “އާރޔޫ ހެޕީނައު..” އޭ ބުނެލުމުންނެވެ. އައިނާގެ އަޑުން އައިނާ ރޮއެފާހުރިކަން ޒަޔާންއަށް އެނގުނެވެ. އޭނާގެ ހިތްތެޅިގެން ދިޔަޢީ އެހެންބުނުމަށްފަހު އައިނާ ފޯނުކަނޑާލުމުންނެވެ. ދެންގުޅާއިރު އައިނާއަކަށް ނުގުޅެއެވެ. އަވަހަށް ނަންބަރކަށް ފިއްތާލަމުން ފޯނުކަންފަރތުގައި ޖެހިއެވެ. “ވެއާރ އިޒް ޝީ؟؟” ފޯނުނެގުމާއެކު ޒަޔާން ބުންޏެވެ. “ވަޓް.. އޮފީހުގަ ހުރިއިރު ނޭންގޭތަ..” ޒަޔާން ހަޅޭލަވައިގަތެވެ. އަނެއްކޮޅުގައިހުރި ރާދުއަށް ކަމެއްގޯސްވެއްޖެ ކަމުގެ ޔަގީންވިއެވެ. މިއަދު ކަމެއްގައި ބިޒީވުމުން އައިނާ މަތިންއޭނާ ހަނދާންނެތީއެވެ. “ބޮރޯ.. ސޮރީ.. އައިލް ޗެކް.” އިތުރު ބަހެއްނުބުނެވެނީސް ޒަޔާން ފޯނުކަނޑާލިއެވެ. އަދި އަވަސްއަވަހަށް އޭނާގެ ސެކެޓްރީއަށް ގުޅާލަމުން ވީއެންމެއަވަހަކަށް ޓިކެޓުނެގުމަށް ބުނެލިއެވެ. އައިނާގެ ވާހަކަ ހުރިގޮތުން ކަމެއްވެއްޖެކަންޒަޔާންއަށް އެނގުނެވެ. އިތުރަށްހުރި މީޓިންގްތައް ކެންސަލް ކުރުމަށްފަހު ޒަޔާންއަށް ރާއްޖެދާން ޓިކެޓްލިބުނީ އޭގެ 30 މިނެޓް ފަހުންނެވެ. ފަތިހަށް ދެވޭވަރު ވާނެއެވެ. ޒަޔާން ވިސްނަމުން ދިޔަޢީ އައިނާއަށް ވީގޮތާމެދުގައެވެ. ރާދުގެ ފަރާތުން އެނގުނީ އައިނާއާ ދިމާކުރަން މީހަކު އޮފީހަށް އައިކަމެވެ. ރާދުހޯދިހޯދިމުންވެސް އައީ ކާކުކަމެއް ނޭންގުނެވެ.

ހެނދުނު 6 ޖެހިއިރު ގެއަށް ވަދެގެންއައި ޒަޔާންގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. އެންމެފަހުން އައިނާއާ ވާހަކަދެކެވުނު ފަހުން އައިނާއަކަށް ނުގުޅެއެވެ. އައިނާގެ އެއްވެސް ހަބަރެއް އެކަކަށްވެސް ނޭގެއެވެ. ރޭއޮފީހުން ނިކުމެގެން ގެއަށްދިޔަ ކަމުގައި ރާދުބުންޏެވެ. ޒަޔާންގޮސް ކޮޓަރީ ދޮރުގަހިފިއިރު ދޮރުހުރީ ތަޅުލާފައެވެ. އައިނާއަށް ގޮވުމުންވެސް ހަބަރެއްނުވިއެވެ. ހަބަރެއްނުވާނަމަ ކޮޓަރިއަށް ވަންނާނެ ވާހަކަބުނުމުން އައިނާ އެދުނީ އޭނައަށް ވަގުތު ކޮޅެއްދިނުމަށެވެ. ވާހަކަ ދައްކަން ކުރިހުރިހާ ކަމެއްބޭކާރުވީ އައިނާއެކަމާ ނުވުމުންނެވެ. އައިނާގެ އިންތިޒާރުގައި ޒަޔާންރޭހުރިގޮތައް ހުރިއެވެ. ރެސްޓެއް ނުލިބި އެހާދިގުދަތުރެއް ކޮށްފައައުމުން ޒަޔާންހުރީ ވަރުބަލިވެފައެވެ. އެހެނަސް ސޯފާގައި އިނީ އައިނާ ނިކުނަނާނެ ކަމަށްބަލާފައެވެ.

……….

ޒަޔާންގެ ސަބަބުން ރޭހަތަރުދަމު ނުނިދާހުރި ރާދު ކައިރިހުރި ކަފޭއަކަށް ވަނީ ކޮފީއެއްބޮލުމަށެވެ. ބޯހޫރަމުން އައިސް އިށީނދެވުނީ އަންހެންކުއްޖެއްގެ ކުރިމަތީގައެވެ. ކެފޭއަކީ ޖާގަކުޑަ ތަނެއްކަމުން އެހާގިނަ މޭޒެއްނެތެވެ. ކުޑަކުޑަ މޫނަކާއި ބޮޑުދެލޮލެވެ. ރާދުއަށް އެލޮލުގެ ތެރެއަށް ފީނައިގަނެވުނެވެ. އެހާވެސް ހިތްގައިމެވެ. ހިނިތުންވެލަމުން ގެންނަންވީ ކޯއްޗެއްތޯ އަހާލުމުން ރާދު ހައިރާންވިއެވެ. މިތާކުއްޖެއްބާއޭ ހިތައްއެރިއެވެ. ކޮފީއެކޭ ބުނަމުން ރާދު ގޮނޑީގައި ހަމަޖެހިލީ ޒަޔާންކުރާނެ ކަމެއްނެންގޭތީއެވެ. ޒަޔާންހުރީ ވަރަށް ހިތްހަމަ ނުޖެހިފަކަން ރާދުއަށް އެނގެއެވެ. ވިސްނުމުގެ ތެރެއަށް ގެއްލިފައި އިންދާ އަންހެންކުއްޖާ އައިސް ބެހެއްޓީ އާވިއަރަމުންދާ ކޮފީތައްޓެކެވެ. ކޮފީތަށިން ދުވި މީރުވަހުން ރާދުއަށް ހިނިތުންވެލުނެވެ. ކޮފީއާނުލާ އުޅޭނީ ކިހިނެއްހެއްޔެވެ. އެކުއްޖާ ހިނގާފަދިޔަ މަންޒަރު ބަލަން ރާދުއަށް ހުރެވުނީ ހުވަފެނީ ގޮތަކަށެވެ.

ނުނިމޭ……

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Neei

Level 110 Stories

I'm neei.. I love to read and write stories.. hope you guys enjoy my stories.. appreciate your support

Other Articles

Previous

ބީޓީއެސް އެންޑް ބެންގްޓަން ގަރލްސް (ޓްރެއިލަރ)

Next

ތިޙިޔާލުގާ (5)

Next
September 5, 2020

ތިޙިޔާލުގާ (5)

Previews
September 4, 2020

ބީޓީއެސް އެންޑް ބެންގްޓަން ގަރލްސް (ޓްރެއިލަރ)

2 Comments!

  1. ??SHABAKKO10❤️❤️ says:
    September 7, 2020 at 1:26 pm

    Varah Reethi Masha Allah ????

    1. Neei says:
      September 7, 2020 at 4:56 pm

      thankyou shabakko.. take care

Comments are closed.

Next Episodeލޯބިންއެކުގާ (7)←


All Right Reserved!