Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިންއެކުގާ (4)

Neei Level 110 Stories
September 2, 2020 3 Mins Read
2 Comments

އައިނާ ފެންވަރައިގެން ނިކުމެގޭތެރެ ރަނގަޅަށް ބަލައިލިއެވެ.  ކުރިން ރޭ އޭނައަކަށްގެ ރަގަޅަކަށް ނުވެސްފެނެއެވެ. ވަރަށް ހިތްގައިމުގެއެކެވެ. އެތަނަވަސް ލިވިންގްރޫމް މެދުގައި ޓީވީ ބަހަށްޓާފައި ހުރިއިރު ޓީވީ ކުރިމަތީގައި ސޯފާހުއްޓެވެ. ސޯފާކައިރީގައި ސުނޭކްގަސް ތަކެއްހުއްޓެވެ. ދެންހުރީ ފައިވާންހަރާއި ކުޑަ ބިއްލޫރިމޭޒެކެވެ. ލިވިންގްރޫމްއެހާ ބޮޑުކަމަށް ދައްކަނީވެސް އެއްޗެހިމަދުވުމުންނެވެ. ބަނޑުހައިވެފައި ވުމުން އައިނާ ބޭނުންވީ ކައްކާށެވެ. އައިނާއަކީ ވަރަށްމީރު ކައްކަން އެގޭ ގެވެހިކުއްޖެކެވެ. އައިމިނަ އޭނާއަށް ކަންކަން ދަސްކޮށްދިނީ މިކަހަލަދުވަހެއްވެސް އަންނާނެކަން އެނގޭތީއެވެ. އެހެންނޫނަސް މިޒަމާނުގެ އެހެންކުދިންނާ ހިލާފަށް އައިނާއަކީ ކެއްކުމަށް ވަރަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. ބަދިގޭ ކަބަޑުތައް ހުޅުވާލުމުން އައިނާގެ ހިތްފުރުނެވެ. ބަދިގޭގައި ނެތްއެކަށްޗެއްވެސް ނެތެވެ. ކަބަޑުސެޓްތައް ފުރިފައިހުރީ ރީތިތަށިތަކުންނާއި ގެއަށްބޭނުންވާ ސާމާނުންނެވެ. ބަދިގެއެހާ ސާފުތާހިރެވެ.  އަތްމަތިއަވަސްކޮށްލާފައި ކައްކާނިމިގެން ކާންއުޅެނިކޮށް ގޭދޮރު ހުޅުވުނު އަޑު އިވުނެވެ. އޭރު ޒަޔާންއައީ ރާދުވެސް ގޮވައިގެނެވެ. ފަހަރިބަލާހިތުން ކެތްމަދުވެފަހުރި ރާދުގެއަށް ވަތް ފުރަތަމަ ފިޔަވަޅާއެކު ނޯށް ދަމާލިއެވެ. އެހެންމީހަކަށް ބެލުމެއްނެތި ދުވަމުންގޮސް އިށީނީ މޭޒުކައިރީގައެވެ. އައިނާ ބަސްހުއްޓިފައި އޭނާއަށް ބަލައިގެން ހުއްޓެވެ. “ހާދަމީރުވަސްދުވައޭ ސިސް.. ނުލިބޭނެތަ؟؟” ރާދު އައިނާއަށް ބަލައިލަމުން ބުނެލިއެވެ. ޒަޔާންއަށް އެހިސާބަށް އާދެވުނީ އެވަގުތުއެވެ. އައިނާއާ ދިމާއަށް ހިނިތުންވެލަމުން ރާދުގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. “މީރާދު… މައި ކަޒިން.. އެއަބަދުވެސް އުޅޭގޮތް” ޒަޔާން ބުނެލިއެވެ. އޭރުވެސް ރާދުއިނީ އައިނާގެ އަނގައަށް ބަލާށެވެ. އައިނާ އަކަށް ކާކަށް ނުކެރުނެވެ. އެހެންމީހަކު ބަލަންއިންދާ ކާންނުކެރޭނެ އެއްނުންހެއްޔެވެ. އެހެންކަމުން އައިނާތެދުވެ ކާންހަދަން ފެށިއެވެ. ޒަޔާންގޮސް ޖައްސާލީ ސޯފާގައެވެ. ކޮފީއެއްބުއިމުން އޭނަކާހިތް ނެތީއެވެ. ކާންހަދާ ނިމުމުން ރާދުކާން ފެށިއެވެ. އައިނާވެސް ކަމުންގެންދިޔައެވެ. “އަޅޭ ހާދަމީރޭ.. ގިނަގިނައިން އިންވައިޓް ކުރައްޗޭ..” ރާދު ބަނޑުގައި އަތްއުނގުޅަމުން ބުނެލިއެވެ. އައިނާ ހިނިތުންވެލިއެވެ. އައިނާއަކީ މީހުނާގުޅޭ ވަރަން ސަކަމިޒާޖެއްގެ ކުއްޖެކެވެ. “ދެން ވައި ޑޯންޓްޔޫ ޑޫދަ ޑިޝްސް..” އައިނާ ބުމައަރުވާލިއެވެ. ރާދުދިޔައީ ފުންމައިގެނެވެ. “ބްރޯ.. ޝީއިޒް ބުލީއިންމީ..” ރާދު ދުވަމުން އައިސް ޒަޔާންގައި ބައްދައިގަތެވެ. ޒަޔާންބަލައިލީ އައިނާއަށެވެ. އޭރުއައިނާއިނީ ރާދު އުޅުނުގޮތުން ހެވިފައެވެ. އައިނާގެ އެހިނިތުންވުން ފެނުމުން ޒަޔާންވެސް ހީލިއެވެ.

ކައިނިމިގެން ތަށިތައް ދޮވުމަށްފަހު އައިނާވަނީ ކޮޓަރިއަށެވެ. ކޮޓަރީގައި ބޮޑު އެދާއި އަލަމާރި އަދި ޑުރެސިނގް ޓޭބަލް ހުރީ ހުދުކުލައިންނެވެ. ބޭރުފެންނަގޮތައް ހުރިކުޑާދޮރުގެ ދޮރުފޮތިގަނޑުހުރީ މަޑުނޫކަލައިގައެވެ. ފާރުގައި ހުރިމަޑުނޫކުލައިން އިތުރުހިތްގައިމުކަމެއް ލިބިގެންދެއެވެ. ނަމަވެސް އަދިވެސް އޭނާއަކަށް ހަމަޖެހިއެއް ނުލެވެއެވެ. ހަމަޖެހިލެވެން އަދިދުވަސްކޮޅެއް ނަގާނެނޫންހެއްޔެވެ. އެނދުގައި އޮށޯވެލީ ފޯނާކުޅެލުމަށެވެ. އައިނާދޮރަދިމާއަށް ބަލާލީ ދޮރުހުޅުވުނު އަޑަށެވެ. ޒަޔާންހިގާލާފައި އައިސް އޭނާގެ މަގަތުގައި އިށީނެވެ. ފަހަތައްޖެހިލަމުން އަނެއްފަރާތަށް އެނބުރުނީ ޒަޔާންއެހާ ކައިރީގައި އިނުމުން އުނދަގޫވެގެނެވެ. “ޒަޔާ ބޭނުންވާހަކަ ދައްކާލަން” ޒަޔާން ބުނެލިއެވެ. އައިނާއޮތްގޮތައް އޮތީއެވެ. މީހަކުވާހަކަ ދައްކާހެން ހީވެސްނުވެއެވެ. “އައިނާ..” ދެންވެސް ޒަޔާންގޮވާލިއެވެ. ފުންނޭވާއެއްދޫކުށްލަމުން އައިނާއަތުގަ ހިފާނެގީ ގޮތްދުނުކުރާނެކަން އެގޭތީއެވެ. “އަތްނުލާތި..” އައިނާ ދަތްކުނޑިވިކާލިއެވެ. “ރީތިކޮށްދޯ މިބުނީ.. ” ޒަޔާންވެސް ހިތްހަމަނުޖެހުނެވެ. “އަޑުއަހާ.. އަހަރެން ބޭނުމެއްނޫނޭ މިހެންއުޅޭކަށް.. މީ އަހަރެންބޭނުންވެގެން ކުރިކަމެއް ނޫނޭ.. ސޯ ޑޯންޓް ޓްރައިޓް ގެޓް ކްލޯސް..” “އަހަރެން މީހަކަށް އަންގާކަށްވެސް ބޭނުމެއްނޫން..” އައިނާއަށް ރޮވެންފެށުމުން އޭނާނިކުމެގެން ދިޔައީއެވެ. ޒަޔާންއިނީ ބުނާނެ އެއްޗެއްވެސްނޭންގިފައެވެ. އައިނާކިތަމެ ނުރުހުނަސް ވާހަކަދެކެވިދާނެ ނޫންހެއްޔެވެ.

އައިނާނިކުމެގެންދިޔައީ ބެލްކަންޏަށެވެ. އެތާއިށީނދެ އިނދެހިތް ފުރެންދެން ރޯލިއެވެ. އޭނައަށް ކުރަމުންދާ އަސަރުތައް އެހެންމީހަކށް ނުވެސް ވިސްނޭނެއެވެ. އޭނަ ޒަޔާންއާ ކައިވެނިކުރީ ކިހާހިތްވަރެއް ލާފައިހެއްޔެވެ. އޭނަމިގޭގައި އުޅެމުންދާއިރު އޭނަ ހިތްދަތިވާވަރުއެނގޭނީ އޭނައަށެވެ. މަންމަމެންގެ އެދުމަކަސް އޭނާއަކަށް ޒަޔާންއާ އެކުވެރިއެއްވެސް ނުވެވޭނެއެވެ. އައިނާގެ ހިތުގައިވަނީ އިމާދުއެވެ.

ދުވަސްތައް ފާއިތުވެގެންދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. އައިނާއާ ޒަޔާންގެ ކައިވެންޏަށް ދެމަސްވީއެވެ. ނަމަވެސް އައިނާގެ އުޅުމަކަށް މާބޮޑުބަދަލެއް ނާދެއެވެ. ޒަޔާންވެސް އުޅުނީ ދުރުދުރުންނެވެ. ވާހަކަދައްކަން މަސައްކަތް ކުރިއަސް އައިނާއޭނާއަކަށް އެފުރުސަތެއް ނުދެއެވެ. ބުނެލާނީ ކޮންމެހެން ބުނަންޖެހޭ އެއްޗަކާއި އޮފީސްވާހަކަ އެކަންޏެވެ. ރާދުވެސް އުޅެނީއެމީހުނާއެއް އޮފީހެއްގައިކަމުން އައިނާއާ ދެމީހުންގެ މެދުގައި ރަހުމަތްތެރިކަން އޮވެއެވެ. ޒަޔާންވެސް ފުލްކޮށް އޮފީހަށްނިކުންނަން ފެށުމުން ވަރަށް ބިޒީއެވެ. ރާދުއަށް ނޫނީ އޮފީހުގެ މީހަކަށް އެމީހުންގެ ގުޅުމެއް ނޭންގެއެވެ.

“ރާދޫ.. މިއުޅެނީ އޮސްޓްރޭލިއާގަ އޮންނަ މީޓިނގ އަކަށްދާން ޖެހިގެން.. އަންނަން ދެންވާނެ މަސައްކަތްތައް ރަނގަޅަށް ބަލަހަށްޓަން” ޒަޔާންވާހަކަ ދައްކަމުން ދިޔައީ ރާއިދުއާއެވެ. “އައިނާ ބަލައްޗޭދޯ ތިބުނީ.. ހެހެ.. ނޯ ވޮރީޒް.. ” ރާދު ޖެއްސުމުގެރާގެއްގައި ބުންޏެވެ. ރާދުގެ ލާނެއްކަމުން ޒަޔާން ހިނުތުންވެލިއެވެ. ޒަޔާންދާން ފެށުމުން ރާދުފުންނޭވާއެއް ލިއެވެ. ޒަޔާން އައިނާއާހެދި ހުންނަވަރު އެންމެކައިރިން އެނގޭމީހަކީ އޭނާއެވެ. އެމީހުންގެ ގުޅުން ރަނގަޅުނޫންކަންވެސް އޭނާއަށް އެގެއެވެ. އެކަމުގައި އޭނާއަށް ވެވެން ހުރި އެހީތެރިކަމެއްވާން އޭނާބޭނުމެވެ. ޒަޔާންއުފަލުގައި އުޅުމަކީ އޭނާގެ އެންމެބޮޑު އެދުމެވެ.

……..

ފޯނުރިންގްވާން ފެށުމުން އައިނާބަލާލިއިރު އަންނަނީ ޒަޔާންގެ ފޯނެކެވެ. “މިގަޑީ ގެއަށް ޖައްސާލަބަލަ..” ޒަޔާންގެ ހިތްގައިމު އަޑު އިވިގެންދިޔައެވެ. “އަދި މަސައްކަތް ނުނިމޭ.. ނެތް ދެވޭކަށް” އައިނާ ރުންކުރުރާގަކަށް ބުންޏެވެ. “ހެހެ.. އޮފީހަށްދާންވީ ދޯ..” ޒަޔާންއެހެން ބުނުމާއެކު އައިނާ ފުންމައިގެން ތެދުވިއެވެ. އޮފީސްމީހުނަށް އެމީހުންގެ ގުޅުން އަންގާކަށް އައިނާ ބޭނުމެއް ނޫނެވެ. އެހެންކަމުން ވަރަށް ހަލުވިކަމާއެކު މިދަނީކަމަށް ބުނެ ގެއަށްދާން ނަށްޓާލިއެވެ. ޒަޔާންއިނީ ވަގުތު ކުޑަތަންވެފައެވެ. ކުއްލިއިކަށް ރޭވުނުދަތުރެއްކަމުން ތައްޔާރުވާންވެސް ރަނގަޅަށް ވަގުތު ނުލިބުނެވެ. އައިނާދެކިލާފަ ނޫނީ ނުދާންހުރީއެވެ. އައިނާގެއަށް ވަދެގެންއައިއިރު ޒަޔާން ލިވިންރޫމުގައި ދެކޮޅަށް ހިނގަނީއެވެ. ގޮރުހުޅުވުނު އަޑަށް ބަލާލާހިނިތުން ވެލިއެވެ. އައިނާގެ އަތުގައި ހިފައިގެންގޮސް ސޯފާގަ އިށީނެވެ. “ބިޒްނަސް ޓްރިޕަކު ދާންމިއުޅެނީ.. 2 ވީކްސް ވަރުވާނެ..” “މަންމަކައިރީ ބުނަންވީތަ މިކޮޅަށް ބަދަލުވެލަން” ޒަޔާން ވާހަކަ ދައްކަމުން ދިޔައެވެ. “އައިވިލްބީ ފައިން..” އައިނާ އަގައަށް ވައްތަރެއް ޖައްސަމުން ބުނެލިއެވެ. “ޔޫ ޝުއާރ..” ޒަޔާން އައިނާއެކަނި ބަހަށްޓަން ހިތްހަމަނުޖެހެނީއެވެ. “ކަމަކުބޭނުން ވެއްޖިއްޔާ ގުޅަށްޗޭ..” ޒަޔާން ވާހަކަދައްކަމުން އައިނާގެ މޫނުގަ އަތްހާކާލިއެވެ. އައިނާ ހިތުން އެއްޗެހިކިޔަކިޔާއިނެވެ. އިރުކޮޅަކުއެހެން އިނުމަށްފަހު ޒަޔާން އަތްދުރުކޮށްލީ ރާދު ގުޅަންފެށުމުންނެވެ. ސޯފާއިން ތެދުވަމުން އައިނާއާކައިރި ވެލާފައި ނިތްކުރިއަށް ބޮސްދިނެވެ. ޒަޔާންގެ ކުއްލިއަމަލުން އައިނާ ހުއްޓުން އެރިއެވެ. ކިތަމެ ބޮޑުވެފައި ހުއްޓަސް ފިރިހެނަކު އައިނާއާ އެހާކައިރިނުވެއެވެ. ބަލައިގެން އުޅުމަށްބުނަމުން ޒަޔާން ނިކުމެގެން ދިޔައިރުވެސް އައިނާއިނީ އެހެނެވެ.

ޒަޔާންދޮރު ލެއްޕިއަޑަށް އައިނާ ސިހިފައި ބަލައިލިއެވެ. މަޑުމަޑުން ތެދުވެގެންގޮސް ކުޑަދޮރުން ބޭރުބަލައިލިއެވެ. އޭރު ޒަޔާން ގޮސް ކާރަށްއަރަނީއެވެ. ދުވަސްކޮޅަކަށް ހަމަޖެހިގެން އުޅެވޭނެއޭ ހިތައްއެރުމުން އައިނާއަށް ހިނިތުންވެވުނެވެ.

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Neei

Level 110 Stories

I'm neei.. I love to read and write stories.. hope you guys enjoy my stories.. appreciate your support

Other Articles

Previous

އެންގްރީ ބާރޑް (ޓްރެއިލާ)

Next

ދިރިއުޅުން އަލިކޮށްދިން 1

Next
September 2, 2020

ދިރިއުޅުން އަލިކޮށްދިން 1

Previews
September 2, 2020

އެންގްރީ ބާރޑް (ޓްރެއިލާ)

2 Comments!

  1. 16 SHABAKKO 7 says:
    September 5, 2020 at 3:49 am

    Varah Reethi ❤️❤️❤️❤️❤️❤️
    Masha Allah ??????
    Waiting for the next ☠️☠️☠️

    1. Neei says:
      September 5, 2020 at 9:14 am

      Shabakko part 5 upkohfa innany.. Thank for your support.. Take care

Comments are closed.

Next Episodeލޯބިންއެކުގާ (6)←


All Right Reserved!