ލޯބިންއެކުގާ (7)
ޒަޔާއަށް ކުޑަކޮށް ނިދުމަށްފަހު ހޭލެވުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. ޒަޔާންގެ ބޯވަނީ ހޭވިފައެވެ. ކުޑަވަގުތުކޮޅަކު ނިދުމުގެ ސަބަބުން ލޯވެސްވަނީ ރަތްވެފައެވެ. ލައިގެންހުރި ގަމީހުގައި ބައިވަރު ރޫހުއްޓެވެ. ސޯފާގައި އޮވެނިދީމަކަންނޭގެއެވެ. ސޯފާއިންތެދުވެލަމުން ކޮޓަރިއާހަމައަށް ދިޔައީ ދުވެފަކަހަލަ ގޮތަކަށެވެ. އޭރު އައިނާ ކޮޓަރީގެ ދޮރުހުޅުވާފަ ނިކުންނަނީއެވެ. އައިނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ގިނައިރު ރުއިމުގެ ސަބަބުން ދެލޯކައިރި ހުރީކަޅުވެ ރަތްވެފައެވެ. ފަރުވާކުޑަ ގޮތަކަށް ޒަޔާންއާދިމާއަށް ބަލައިލަމުން ނިކުންނަން ދިޔައެވެ. އެކަމަށް ހުށިޔާރުވެހުރި ޒަޔާން އައިނާގެ އަތުގައި ހިފާލިއެވެ. “ވަޓްސް ރޯންގް..؟” ޒަޔާން މަޑުމަޑުން ބުނެލިއެވެ. އައިނާގެ އަތުގައި ޒަޔާން ހިފުމުން އައިނާހުރީ ވަރަށް ރުޅި އައިސްފައެވެ. “ކަމެއް ވެގެން އެބައުޅޭދޯ..” އަތް ފޮޅުވާލަން މަސައްކަތް ކުރަމުން އައިނާ ބުނެލިއެވެ. “ލެޓްސް ޓޯކް އައިނާ..” ޒަޔާން ހުރީދޫކުރާ ގޮތަކަށް ނޫނެވެ. “ވާކަހަ ދައްކަން ޖެހޭވަރު ކަމެއްވިތަ؟؟ އައި ނީޑް ސަމް ސުޕޭސް” އައިނާގެ ބަސްތަކާ އަމަލުތައް ހުރިގޮތުން ޒަޔާން ހައިރާންވިއެވެ. އެހާ ދިގުދަތުރެއް ކޮށްފައި އޭނާއައީ އައިނާއަށް ޓަކައެވެ. މައިންބަފައިންގެ އެދުމުގަކުރެވުނު ކައިވެންޏަކަސް އޭނާ އައިނާއަށް ގަދަރުކުރެއެވެ. އައިނާއާއެކު ވާން ބޭނުންވެއެވެ. އައިނާއަށް އެކަން ނޭންގެނީ ކީއްވެހެއްޔެވެ. އައިނާގެ އުޅުންހަމަ ބަދަލެއް ނުވާނެހެއްޔެވެ. ޒަޔާން ހުރިގޮތައް ގަބުވެފައި ހުއްޓާ އައިނާދިޔައީއެވެ. ޒަޔާންގެ ހިތުގައި ރަނގަޅު ޕުލޭންއެއް ރާވާލިއެވެ. ފެންވަރާލައިގެން އޮފީހަށް ދިޔައީ އެންމެވަގުތު ކޮޅެއްވެސް ބޭކާރު ނުކުރަން ވެގެންނެވެ.
އޮފީހަށް ވަދެގެންދިޔަ ޒަޔާންފެނުމުން ކަމެއްގޯސް ވެއްޖެކަން ތަނުގެ މުވައްޒިފުންނަށް ފަހުމުވިއެވެ. އެހެންޏާވެސް މާގާތްނޫނަކަސް ހުންނަ ހިނިތުންވުމެއް މިއަދަކު ނެތެވެ. އަވަސްއަރުވާލައިގެން ބާރަށް ހިނގާފަ ދިޔަ ޒަޔާން އޭނާގެ ކެބިންއްށް ވަނުމަށްފަހު ރާދުއަށް ގޮވާލިއެވެ. ފަރުވާކުޑަ ގޮތަކަށް ހިނގާފައައި ރާދު ސިހުނީ ޒަޔާންގެ ސީރިއަސް މޫނުފެނިފައެވެ. ރާދު މޫނުގައި އަތްހާކާލީ އަނެއްކާމިއަދު ލައިގަންނާނީ ކޮންކަމެއްބާއޭ ހިތައްއަރާފައެވެ. “ސީސީޓީވީ ފުޓޭގް..” ޒަޔާން ރާދުއަށް ބަލަމުން ބުނެލިއެވެ. އޭނާގެ އަޑުން ހިތްހަމަނުޖެހިފައި ހުރިކަންހާމަވެއެވެ. ޜަދުއަށް ޒަޔާންއެބުނީ ކޮން ފުޓޭޖެއްކަން އެނގެއެވެ. އޭނާވެސް ހުރީ އެބަލާހިތުންނެވެ. އައިނާއަށް އައި ބަދަލާ ޒަޔާންގެ ނުރުހުންތެރިކަމުގެ ސަބަބު ހޯދަން އޭނާބޭނުމެވެ. “20 މިނިޓްސް..” ރާދުދުވެފައި ނުކުތީ އަވަހަށް އޭނައާހަވާލު ކުރެވުނު މަސައްކަތް ކުރާށެވެ.
15 ވަރަކަށް މިނެޓްފަހުން ޒަޔާންއަށް މެއިލްއެއް އައެވެ. ހުޅުވާލުމާއެކު އެއީ ސީސީޓީވީ ފުޓޭޖްކަން އެނގުނެވެ. ޕުލޭ ކޮށްލުމާއެކު ޒަޔާންގެ މޫނުގެ ކުލަވަރުބަދަލުވިއެވެ. އައިނާގެ މޫނުމަތިން ދުވަހަކުވެސް މިނޫނިއްޔާ އެކުލަވަރެއް އޭނާ ނުދެކެއެވެ. ގަބޫލުކުރަން ދަތިވެފައިހުރި ގޮތަކަށް ޒަޔާން ބަލަން އިނެވެ. އައިނާއެމީހެއްގެ އަތުތެރޭގައި ހުރިތަން ފެނުމުން އޭނާގެ އަތްގޮށްމުށް ކެވިގެންދިޔައެވެ. ދަތްކުނޑި ވިކާލުމަށްފަހު މޭޒުގައި ބާރަކަށް ޖަހާލިއެވެ. އޭނާގެ ކުރިމަތީގައި އޭނާގެ އަނބިމީހާ އެހެންމީހަކާ އެހާގައިގޯޅިކޮށް ފެނުމުން ކެތްވާނީ ކާކަށްހެއްޔެވެ. އައިނާއޭނަ ފެނުނަސް ފޫހިވެއެވެ. އޭނަގެއޮތީ ކޮން ކުށެއްހެއްޔެވެ. ލޮލުންކަރުނަ ނީރާލިއެވެ. އައިނާއާ އެމީހަކާމުދު ވެދިޔަކުރިހާކަމެއް ފުޓޭޖުން ޒަޔާންއަށް ފެނުނެވެ. އެމީހާދިއުމުން އައިނާރޮމުންދިޔަގޮތް ބަލަންހުރިއިރު ޒަޔާންގެ ލޮލުން ރޮނގަކަށް ކަރުނަ ފައިބައިގެން އައެވެ. ރޮމުންގޮސް ފޯނަށްޖަވާބުދިނުމަށްފަހު ފޯންއެއްލާލިމަންޒަރު ވެސް ޒަޔާންއަށް ފެނުނެވެ. ފަހުން އައިނާއަށް ނުގުޅުނީއެހެންވެތާއޭ އޭނާގެ ހިތައްއެރިއެވެ. ކުޑަކޮށް ހަމަޖެހިލުމަށްފަހު ރާދުއަށް ގުޅާލިއެވެ. “ކާކު؟؟” ޒަޔާންބުނުމުގެ ކުރިން ރާދުއަށް ޒަޔާންބުނަން އުޅެނީ ކީކޭކަން އެނގުނެވެ. ނުބުނަން ހުރެފަވެސް އިމާދުއޭ ބުނީ ޒަޔާންގެގޮތް އެނގޭތީއެވެ. އޭނަނުބުންޏަސް ހޯދާނެކަން އެނގޭތީއެވެ.
……..
އިމާދުގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. ފޯންކަންފަތު ޖަހައިގެން ހުރިއިރު އިރުކޮޅަކާ ދަތްކުނޑިވިކާލައެވެ. ކޮޓަރީގެ އެތަންމިތާގައި ސިގެރޭޓް ފިލްޓަރުތައް އުކާލެވިފައި ހުއްޓެވެ. އެއްވެސްތަރުތީބެއްނެތް ކޮޓަރިތެރެއިން އިމާދުގެ ފަރުވާކުޑަކަން ހާމަވެއެވެ. “އަހަންނަށް ނުވެސްއެނގޭ.. ޒަޔާންއޭ..” އިމާދުގެ އަޑު މުޅިކޮޓަރީގައި އެކޯވަމުންދިއެވެ. “އެހެނެއް ނޫޅެވޭނެ.. ކުޅިދައްކާލާނަން..” ނަފްރަތުގެ އަލިފާން އިމާދުގެ ލޮލުން ފެންނަން ހުށްޓެވެ. އައިނާއާ ކައިވެނިކުރުމަކީ އޭނާދެކެމުންއައި ހުވަފެނެކެވެ. އޭނާއަކީ މުއްސަނދިކަމަށް ވަރަށްލޯބިކުރާ މީހެކެވެ. ރާއްޖެތެރޭ ފަގީރުމީހަކަށްވުމުންކަމަށްވެސް ވެދާނެއެވެ. އިމާދު އަކީ އޭނާގެ މައިންބަފައިން ކިޔެވުމަށް މާލެފޮނުވި މީހެކެވެ. ކިޔަވާނިމުމުންވެސް ރަށަށްދާކަށް އިމާދުބޭނުމެއް ނުވިއެވެ. އިމާދުގެ މަގުސަދަކީ މާލޭގެދޮރުހުރި ކުއްޖަކާއެކު މާލޭގައި އުޅުމެވެ. މިގޮތުން ކިތަމެ ކުދިންނެއް އޭނާގެ އަތުއަޅުވާލައެވެ. އެކިސަބަބުތަކަށްޓަކައި ކައިވެންޏާހަމައަށް ނުދެވުނީއެވެ. އެހެންނަމަވެސް އައިނާ އޭނާއަށްދިން ލަނޑަކީ އޭނާއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އިމާދު ގަބޫލުކުރާގޮތުން ކުއްޖަކު ބޭނުންނުވިއަސް އެހެންހެދުމުގެ ބާރުއޮންނަނީ އޭނާއަށް އެކަންޏެވެ. އޭނާއަށް ނުލިބުނު އެއްޗެއް އެހެންމީހަކަށް ލިބޭކަށް އޭނަނޭދެއެވެ. އެހެންކަމުން އައިނާގެ ކިބައިން ބަދަލުހިފަން އޭނާހުރީ ކެތްމަދު ވެފައެވެ.
…..
ރާދު ހިނގަމުންގޮސް ކަންމަތީ ކެފޭއަށް ވަނީ އޮފީހާއިކައިރިވެފައި ވަރުބަލިވެފައި ހުރުމުންނެވެ. ކުރިންދުވަހު ފެނުނު އަންހެންކުއްޖާ މިއަދުވެސް ހުއްޓެވެ. އެކުއްޖާގެ ބޮޑުލޮލޮގައި ވިދުމެއްހުއްޓެވެ. އައިސްބުލޫ ކުލައިގެ ޖިންސަކާއި ކަޅުކުލައިގެ އަތްދިގުތޮޕެއްލައިފައި ހުރިއިރު ވަރަށް ހިތްގައިމެވެ. “މިޝާ” ކައުންޓަރުން ގޮވާލިއަޑަށް ހިނިތުންވުމާއެކު އެދިމާއަށް އެއަންހެންކުއްޖާ ދިޔައެވެ. މިޝާ ރާދުއަށް ކިޔާލެވުނެވެ. ރާދުއާ ދިމާއަށް ހިނިތުންވެފަ އައިސް ގެންނަންވީ ކޯއްޗެއްތޯ އަހާލިއެވެ. ކޮފީއެކޭ ބުނުމަށްފަހު ރާދުހަމަޖެހިލިއެވެ. މިޝާގެ ކޮންމެހަރަކާތެއް ރާދުބަލަމުން ދިޔައީ އުފަލުންނެވެ. މިޝާގެ ހިނިތުންވުން ފެނުމުން ރާދުއަށް ބުނަންނޭގޭ އުފާވެރިކަމެއް ލިބެއެވެ. މިޝާ ބަލާލިއިރު ރާދު ބަލަންއިނުމުން ލަދުންއިސްޖަހާލިއެވެ. ރާދުގެ ތޫނުނަޒަރުން އޭނާއަށް ހިތްހަމަޖެހުން ލިބެއެވެ. މަޑުފެހިކުލައިގެ ގަމީހަކާއި އަޅިކުލައިގެ ފަޓުލޫނެއްލައިގެން ރާދުއިންއިރު ވަރަށް ސުމާޓެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވާކޮންމެ ފަހަރަކު ދެމީހުންގެ ގައިންހީބިހި ނަގައިގެންދެއެވެ. އެގޮތައޮތިބެ އެތަކެއް ވާހަކައެއް ދައްކާފިއެވެ. އެތަކެއް ވައުދެއްވެއްޖެއެވެ. ރާދު ހިނިތުންވެލަމުން އެއްލޯމަރާލީ ލާނެއްގޮތަކަށެވެ. ރާދުގެ އެއަމަލުން މިޝާގެ އެންމެހިމަނާރަށްވެސް އަސަރުކުރިއެވެ. އިސްޖަހާލި މިޝާގެ މޫނުރަތްވެގެންދިޔަ މަންޒަރު ރާދުއަށް ފެނުނެވެ. ރާދުގެ ހިތައްއުފާވެރިކަން ލިބުނީ މިޝާއޭނައަށް ބަލާގޮތުންނެވެ. މިޝާއަށް އޭނަ ހާއްސައޭ ހިތައްއެރިއެވެ. ބިލްދައްކަންގޮސް މިޝާއަށް ތައުރީފު ކޮށްލަމުން އޭނަގެ ނަމްބަރުޖަހާފައިން ގަނޑުކޮޅެއް ދިއްކޮށްލިއެވެ. އެގަނޑުކޮޅުގައި މިޝާހިފީ ހިނިތުންވެލާފައެވެ. އެވަގުތު ރާދު ކުޑަކޮށްފުންމާލަމުން ޔެސްއޭ ބުނެލިއެވެ.
ނުނިމޭ………
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

