Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

(5) ލޯބިން އެކުގާ

Neei Level 110 Stories
August 31, 2020 3 Mins Read
2 Comments

 

ޒަޔާންދޮރު ލެއްޕިއަޑަށް އައިނާ ސިހިފައި ބަލައިލިއެވެ. މަޑުމަޑުން ތެދުވެގެންގޮސް ކުޑަދޮރުން ބޭރުބަލައިލިއެވެ. އޭރު ޒަޔާން ގޮސް ކާރަށްއަރަނީއެވެ. ދުވަސްކޮޅަކަށް ހަމަޖެހިގެން އުޅެވޭނެއޭ ހިތައްއެރުމުން އައިނާއަށް ހިނިތުންވެވުނެވެ.

……..

ޒަޔާންފުރުވާލުމަށްފަހު ގެއަށްމިސްރާބުޖެހި ރާދު ކާރުމަޑުކޮށްލީ ކަންމަތީހުރި ފިހާރައިން އެއްޗެއްގަތުމުގެ ބޭނުމުގައެވެ. ހިނގަމުންދިޔަ ރާދު މަޑުކުރަންޖެހުނީ ދުވަމުންއައި ކުއްޖެއްގައިގަ ޖެހުމުންނެވެ. މަޑުމަޑުން އެކުއްޖާގެ މޫނަށްބަލައިލިއެވެ. ދޮންނޫނަކަސް ރީތިކުއެޖެކެވެ. އޭނާގެ ބޮޑުދެލޮލުން ރާދުއަށް ބަލަންހުރީ ބަސްހުށްޓިފައެވެ. “ދޫނުކުރާނަންތަ؟” ރާދު އެކުއްޖާގެ ލޮލަށްބަލަމުން ބުންޏެވެ. ސިއްސައިގެންގޮސް އެކުއްޖާ އިސްޖަހާލިއެވެ. ރާދުއާ ދުރަށްޖެހިލާ އަނެށްކޮޅަށް ހިނގައިގަތީ އަވަހަށް އެތަނުންދިއުމަށެވެ. ރާދުއަށް ހިނިތުންވެފައި ބަލަންހުރެވުނެވެ. “މިކަހަލަ އެކްސިޑެނޓް ގިނައިންދިމާވާނެނަމަ…” އެހެންހިތައް އެރުމުން ފަރި ހިނިތުންވުމަކާއެކު ފިހާރައަށް ވަދެގެންދިޔައީ އަވަހަށް ގެއަށްދިއުމުގެ ބޭނުމުގައެވެ.

…..

އައިނާދުވަމުން ދޮރުހުޅުވަން ދިޔައީ ބެލްޖަހާލިއަޑަށެވެ. ދޮރުކައިރިހުރި ނިޝާގައިގަ ބައްދާލީ މިސްވެފަހުރުމުންނެވެ. ނިޝާއަކީ އައިނާގެ އެންމެގާތް އެކުވެރިއާއެވެ. ކަކުލާހަމައަށް ހުރި ރަތާއި ކަޅުގެ ޑިޒައިން ހެދުމެއްލައިގެން ހުރިއިރު ވަރަށް ފުރިހަމައެވެ. މަންމަބަލިވެގެން ލަންކާގައުޅުމަށްފަހު މާލެއައީ މަންމަ ނިޔާވުމުން މަހެއްހަދުވަހު މަޑުކުރުމަށްފަހު ރޭގައެވެ. އައިނާ ނިޝާގެ އަތުގަހިފާ ގެއަށް ވެއްދިއެވެ. “ނިޝީ އައިމިސްޑްޔޫ..” އައިނާ ސޯފާގައިށީނަމުން ބުނެލިއެވެ. “އައިމް ސްރީ އެބައުޓް ޔޯމޯމް..” އައިނާއެހެން ބުނުމުން ނިޝާގެ ލޮލުން ކަރުނަނީރާލިއެވެ. ނިޝާގެ މަންމަ ނިޔާވީ ކެންސަރު ބަލީގައެވެ. އެންމެފަހު ސުޓޭޖުގައި ހުއްޓާ އެނގުމުން ނިޝާއަށް ރަނގަޅަށް މަންމައާއެކު ވަގުތުވެސް ހޭދައެއް ނުކުރެވުނެވެ. “އިޓްސް ފައިން.. އައިނާ ކިހިނެތްތަ؟” އެވާހަކަ ދައްކަން ބޭނުންނުވުމުން ނިޝާ އަހާލިއެވެ. “ވަޓް ކޭން އައިސޭ.. ” އައިނާ ތުންއޫކޮށްލިއެވެ. “އިމާދުގެ ހަބަރެއް ނުވޭތަ؟” ނިޝާ އައިނާގެ އަތުގަ ހިފާލަމުން ބުންޏެވެ. “ހުމމމމ… އަހަރެން މަންމަބުނެގެން ނަންބްރ ވެސް ބަދަލުކޮށްގެން މިއުޅެނީ.. ” އައިނާގެ މޫނުމަތިން ހިތާމައިގެ އަސަރުފާޅުވާން ހުއްޓެވެ. “ޒަޔާން ކިހިނެތް؟؟” “ވީއާރ ނޮޓް ކުލޯޒް.. ” އައިނާގެ ހުރިހާ ޝަކުވާއެއް ނިޝާގެ ކައިރީގައި ކޮށްލިއެވެ. އެކުވެރިއާވެސް އޭނާގެ ހިތާމައިގައި ބައިވެރިވިއެވެ. އެތަށް ދުވަހަކު ދުރުގަތިބުމަށްފަހު ދިމާވުމުން ދެމީހުން ނީންމީ މިރޭ ނިޝާއެގޭގައި މަޑުކުރުމަށެވެ. އެތަކެއްދުވަހަކަށްފަހު އައިނާ ހިތްހަމަ ޖެހިގެން ދިއެވެ. އެމީހެއްގެ ކަންބޮޑުވުންތަށް ހިއްސާކޮށްލަން މީހަކުހުރުމަކީ ވަރަށް މުހިންމުކަމެކެވެ.

އެހާދަންވަންދެން ސަކަރާތް ޖަހަންތިބެފަ ނިދުމުން އައިނާއަށް ހޭލެވުނީ ރާދު ގުޅުމުންނެވެ. “ޒަޔާދިއާމަ ދެރަވެގެން އޮފީހަށް ނާންނަނީތަ؟؟” ރާދުގެ އަޑު އިވުނެވެ. އެހެންމީހުންނާ ސަމާސަ ކުރުމަކީ ރާދުއަބަދުވެސް ކުރާކަމެކެވެ. އެކަމަށް އައިނާމިހާރު ހުންންނީ ހޭނިފައެވެ. “ޒަޔާ ބުނެގެން ފައިލެއް ބަލާމިއައީ..” އައިނާގެ ބަހެއްނުލިބުމުން ރާދުބުންޏެވެ. “އޯކޭ..” އެހެންބުނުމަށްފަހު އައިނާ ދޮރުހުޅުވާލިއެވެ. ރާދުގެއަށް ވަނެވެ. ޒަޔާން އަވަސްކުރަން ހަދައިގެން ފައިލްބާއްވާފަ ދެވުނީއެވެ. އެކޮޅުގަ ހުރެފަ ފައިލްހޯދަން ޒަޔާންގުޅީ މުހިއްމު ޑީލްއަކަށް އެބޭނުންވާތީއެވެ. ފައިލްލިބުނުތޯ ބަލަން ޒަޔާންގުޅީ އެވަގުތުއެވެ. ރާދުހުރީ އެއަރޕޮޑްސް ޖަހައިގެނެވެ. ފެންބުއިމަށްޓަކާ ބަދިގެއަށްދިއުމަށް ކޮޓަރި ހުރަސްކުރި ގަޑީ ކުޑަކޮށް ހުޅުވިފަހުރި ކޮޓރީގެ ދޮރުން އެނދުފެނުނެވެ. މީހަކު ބޮލާއެށްކޮށް ރަޖާއަޅައިގެން އޮތްތަން ރާދުއަށް ފެނުނެވެ. ފިޔަވަޅުތަށް މަޑުޖެހުނީ މިގޭގައި އައިނާއަދި ޒަޔާންގެ އިތުރުންމީހަކު ނޫޅޭނެތިއެވެ. އެވަގުތު ރާދުގެ ސިކުނޑިއަށް އައިއެއްޗަކުން ހަޅޭލަވައިގަތެވެ. ކޮޓަރިއަށްވަދެ ފިހިގަނޑު ނަގައިގެން އަތަށްހެޔޮވަރު ކޮށްލިއެވެ. “ބުރޯ.. ދެއަރ އިޒް ސަމްވަން ހިއާރ..” ފޯނުންވާހަކަ ދައްކަމުން މަޅައިގަތް ފިހިގަނޑުގައި އައިނާއަށް ހިފުނީކިރިއާއެވެ. ދެލޯއަޅާލަމުން ވަޓްސްރޯންގް ވިތްޔޫއޭ ކިޔާއައިނާ ހަޅޭލަވައިގަތެވެ.  “އައިމް ރޯންގް.. ދެން ވަޓްސް ދިސް؟؟” ރާދުވެސް ހުރީދޫދޭ ގޮތަކަށް ނޫނެވެ. ޒަޔާންއަދި ދިޔައީ ރޭގައެވެ. އައިނާހަމަ އެހާ ގޯހީހެއްޔެވެ.. ރާދުރަޖާގަ ހިފާދަމައިގަތެވެ. އެވަގުތު ނިދާފައޮތް ނިޝާ ވެއްޓުނީ ތިރިއަށެވެ. އައުޗްއޭ ބުނެ ބަލާލިއިރު ކުރިމަތީގައި ހުރި ރާދު އޭނަގެ ލޮލުގައި އަޅާގަތެވެ. އަވަހަށް ތެދުވެއައިނާގެ ފަހަތައް ވަނީ ވެގެންއުޅޭ ގޮތެއްނޭންގޭތީއެވެ. ދެލޯ އުނގުޅަމުން އައިނާގެ ފަހަތައްވަދެ ހުރިކުއްޖާފެނުމުން ރާދުގެ އަނގަ ހުޅުވުނެވެ. ޓީޝާޓުކޮޅާކާއެކު ދޫހަރުވާޅެއް ލައިފައި ހުންނައިރުހީވަނީ ޓެޑީބެއަރ އެއްހެނެވެ. ހަމައެވަގުތު އައިނާ ރާދު ދުރަށްކޮށްޕާލިއެވެ..  ރާދު ބޮލުގައި ހިފަހަށްޓާލަމުން ސޮރީއޭބުނެ ބޭރަށްނިކުތެވެ. ވީގޮތް ކިޔާދިނުމަށްފަހު އައިނާކޮޓަރިން ނިކުތްއިރު ރާދު ދެކޮޅަށް ހިނގަހިނގާ ހުއްޓެވެ. “ސޮރީ ސިސް.. އައި ތޯޓް..” އައިނާ ފެނުމުން ރާދުވާހަކަ ދައްކަން ފެށިއެވެ. “މަފިރިހެނެއް ވައްދައިގެން އޮތް ކަމަށްދޯ.. އާރޔޫ އޭން އިޑިއޮޓް؟” އައިނާ ނުރުހުންވެ ހުރެ ބުންޏެވެ. ރާދުއުޅުނު ގޮތުން އޭނާހުރީ ބިރުންނެވެ. އެފިހިގަނޑުން ނިޝާގެގައިގަ ޖެހުންނަމަ އޭނަކުރާނީކީއްހެއްޔެވެ.. “ޕުލީޒް ސިސީ.. ” ރާދުހުރީ ނުތަނަވަސްވެފައެވެ. ކުއްލިއަކަށް ފެނުމުން އޭނައަށްވެސް ގަބޫލުނުކުރެވުނީއެވެ. “މިއޮތީ ފައިލް..” ފައިލްދިއްކޮށްލަމުން އައިނާބުންޏެވެ. ރާދުފައިލްގައި ނުހިފާހުރުމުން އައިނާ އޭނާއަށް ބަލާލިއެވެ. “އިޓްސް ފައިން..” “ރިއަލީ.. ހޫއިޒް ދެޓް؟؟” ރާދު ފައިލުގައި ހިފަމުން އަހާލިއެވެ. މޫނުހަދާލުމަށްފަހު އައިނާ ކޮޓަރިއަށްވަނުމުން ހިނގައިގަތް ރާދުއަށް ޒަޔާންއަށް ގުޅައިގެން ހުރިހަނދާންވިއެވެ. “ބޮރޯ ޔޫދެއަރ.. ” ރާދުރަކި ގޮތަކަށް އަހާލިއެވެ. ” ފައިލްގަހުރި ޑޮކިއުމަންޓްސްތައް ވަރަށް އަވަހަށް ބޭނުން.. ގުޅާނަން..” ޒަޔާންގެ މޫނުގައި އޭރުނުފިލާ ހިނިތުންވުމެއް ހުއްޓެވެ. އައިނާގެ އެމިޒާޖަކީ މަދުންނޫނީ އޭނައަށް ފެންނަ މިޒާޖެއްނޫނެވެ. ކިތަމެ ހެވިފައުޅުނަސް ޒަޔާންފެނިއްޖިއްޔާ އައިނާގެ މިޒާޖުބަދަލުވާނެއެވެ. ރާދުހުރުމުން އައިނާގެ ކަމެއްވެއްޖިއްޔާ ރިޕޯޓަރެއްހެން ރިޕޯޓުކުރާނެއެވެ. ކޮންމެދުވަހަކު ޖެއްސުމަށް މެސެޖެއް ކުރާނެއެވެ.

…..

ނިޝާގެ އެހީތެރިކަމާއެކު އައިނާގެ އުޅުމަށްބޮޑެތި ބަދަލުތަކެއް އައިސްފިއެވެ. ކުރިއަށްވުރެބޮޑަށް ހަމަޖެހިފަ ހިނިތުންވެފައި ހުރެއެވެ. ޒަޔާންދިޔަފަހުން މަހެއްވެގެން ދިޔައީއެވެ. ނިންމަންޖެހޭ އެހެންކަމެއް އޮތުމުން ލަސްވީއެވެ. ޒަޔާން ކޮންމެސް ވަރަކަށް އައިނާއަށް ގުޅައެވެ. ވާހަކަކުރިއަށް ނުގެންދެވެނީ އައިނާ ޒަޔާންދައްކާ ވާހަކައަކަށް އެކަނި ޖަވާބުދޭތީއެވެ. ޒަޔާންއިތުރަށް ވާހަކަދައްކަން އުޅުނަސް ކަމެއްގައިކަމަށްބުނެ އައިނާ ހަމަޖައްސާލާނެއެވެ. ނިޝާ ހުންނާތީ ޒަޔާންހިތްހަމަ ޖެހެނީ އައިނާ އެކަނިނުވާނެތީއެވެ. އައިނާ އޮފީހުގަ ވަރަށްބުރަކޮށް އުޅެނިކޮށް ރިސެޕްޝަނުން ފޯނެއްއައީ މީހަކު ހޯދަން އައިސްހުރިކަމަށް ބުނަމުންނެވެ. އައިނާ ކުރަމުންދިޔަ މަސައްކަތް މަޑުޖައްސާލުމަށްފަހު ވެއިޓިންގް ރޫމަށްދިޔައީ އޭނާހޯދަން އަންނާނީ ކާކުބާއޭ ހިތައްއަރުވަމުންނެވެ. ވެއިޓިން ރޫމުގެ ދޮރުހުޅުވާލުމާއެކު އައިނާ ގަނޑުވިއެވެ.

ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Neei

Level 110 Stories

I'm neei.. I love to read and write stories.. hope you guys enjoy my stories.. appreciate your support

Other Articles

Previous

ކާފަގެ ހަނދާން

Next

އިމްތިޙާން 24

Next
August 31, 2020

އިމްތިޙާން 24

Previews
August 31, 2020

ކާފަގެ ހަނދާން

2 Comments!

  1. 16 SHABAKKO 7 says:
    September 5, 2020 at 3:54 am

    Mi part ves Varah Reethi ??
    Masha Allah ❤️❤️❤️
    Waiting for the next part ☺️☺️

    1. Neei says:
      September 5, 2020 at 9:15 am

      Hehe.. Lets guess who itvis.. Tc

Comments are closed.

Next Episodeލޯބިންއެކުގާ (4)←


All Right Reserved!