ލޯބިންއެކުގާ
(1)ލޯބިން އެކުގާ
ތަނަވަސް ސިޓިންރޫމެކެވެ. ޒައީމުއާ އޭނާގެ އަންހެނުން އައިމިނަ ތިބީ ސޯފާގައެވެ. އެމީހުން ވާހަކަ ދައްކަމުން އެދަނީ އެމީހުންގެ ދަރިފުޅު އައިނާއާމެދުގައެވެ. އައިނާ އަކީ އެދެމަފިރިންގެ އެންމެ ދޮށީކުއްޖާއެވެ. އައިނާގެ ހަގަށް އަދި 3 ކުދިން ތިބެއެވެ. “އާމިނާ އެ މަންޖެ ގާތު އެވާހަކާ ބުނިންތަ؟” ޒައީމް އަހާލިއެވެ. “އާނނ.. އެކަމު އެމަންޖެ ހިންހަމަ ޖެހޭނެބާ! ޒައީމަށް އެގެއެއްނު..!” އާމިނާ އިނީ ނުތަނަވަސް ވެފައެވެ. “އެއީތާ މައްސަލައަކީ.. މިއޮއް ހުރިހާދުވަހު އަހަރެން އެމަންޖެގެ ކަންކަމަކާ ނުބެހެން.. މިހާރު އެމަންޖެ ކުރަމުންދާ ކަންކަން ރަނގަޅު ނޫންވީމަ މިހެންމިބުނީ” ޒައީމްގެ އަޑުގައި ހިތްހަމަ ނުޖެހުން އެކުލެވިގެންވެއެވެ. “މިހާރު އޮފީހުން އަންނާނެ..” އާމިނަ އެހެންބުނެ ނުނިމެނީސް އައިނާ ގެއަށް ވަދެގެން އަންނަތަން ފެނުނެވެ.
ރަތްކުލައިގެ ހެދުމެއް ލައިގެން އައިނާ ހުރިއިރު އޭނާގެ މޫނަށް އެކުލަ ވެރިވެފައި ހުއްޓެވެ. އައިނާ އަކީ ދޮން ރީތި އޮމާން ހަންގަނޑެއް ލިބިފައިވާ ކުއްޖެކެވެ. އޭނާގެ އިސްކޮޅާ ރޫފަ އެއްވަރު ވުމުން ވަރަށް ފުރިހަމައެވެ. މަޑުމަޑުން ހިގަމުން އައިސް އައިމިނަ ކައިރީ އިށީނެވެ. “މަންމާ.. ކޮންވާހަކައެއް ދައްކަންތަ އުޅުނީ” އައިނާ އަހާލިއެވެ. ޒައީމް އޭނާގެ ދަރިފުޅަށް ބަލާލިއެވެ. ” ދަރިފުޅުގެ ކަންކަން މިހާރު ހުންނަ ގޮތް ބައްޕައަކަށް ކަމަކު ނުދޭ.. މާގިނައިން ބޭރަށްދިއުމާ.. ބައްޕަ ބޭނުންވަނީ ދަރިފުޅުވީ އެންމެ އަވަހަކަށް ކައިވެނިކުރަން” އައިނާއަކީ މައިންބަފައިން ނަށް އިޙުތިރާމްކުރާ ކުއްޖެއްކަމުން އަޑުއަހަން އިނެވެ. “ބައްޕަގެ ވަރަށް ގާތް އެކުވެރިއެއް އަންނާނެ މިރޭ.. އެގަޑިއަށް ގޭގަ ހުންނާތި..” ޒައީމް އެހެން ބުނުމަށްފަހު ތެދުވެގެން ދިޔައެވެ.
އައިނާ ބަލާލީ އޭނާގެ މަންމައަށެވެ. “ދަރިފުޅު.. ބައްޕައަށް ދަރިފުޅު އިމާދުއާ ރައްޓެހިވެގެން އުޅޭކަން އެގިއްޖެ… ބައްޕަ ކުރިންވެސް ބުންޏެއްނު އެހެން ނުހަދަން… ބައްޕަ ބުނީ އިމާދަކީ ރަނގަޅު ކުއްޖެއް ނޫންކަމަށް.. ” އާމިނަ ވާހަކަ ދެއްކިއެވެ. “އެކަމަކު މަންމާ!” އައިނާ ހިތާމަ އެކުލެވިގެންވީ އަޑަކުން ގޮވާލިއެވެ. “ބައްޕަ ބުންޏެއްނު އެކަން ނުހުއްޓާފިއްޔާ ބައްޕަ އެކަންކުރާނަމޭ..” އައިމިނަ މަޑުމަޑުން ބުނެލިއެވެ. “މިހާރު ނިންމާފަ އޮތީ ދަރިފުޅުގެ ކައިވެނި ބައްޕަގެ ރައްޓެހި ޒިޔާންގެ ދަރިފުޅާ ކުރުވަން..” އައިމިނަ އޯގާތެރިކަމާއެކު އައިނާގެ ބޮލުގާ ފިރުމާލިއެވެ. އައިނާ އިނީ ބަސް ހުއްޓިފައެވެ. އޭނާގެ އެއްވެސް ދިރުމެއްވާހެން ހީއެއްނުވެއެވެ.އޭނާގެ ބައްޕަގެ ނިންމުން ބަދަލެއްނުވާނެތީ އިނީއެވެ. އޭނާގެ ލޮލުން ކަރުނަ ފާބައިގަތެވެ. ދުވަމުންގޮސް ކޮޓަރިއަށް ވަނެވެ. އޭނާގެ ހާލާމެދު ވިސްނާފައި ގިސްލަމުން ދިއެވެ.
އެރޭ 8 ޖެހިއިރުވެސް އައިނާ ކޮޓަރިން ނުނިކުމެއެވެ. އައިމިނަ އެ ހަބަރުދިނުމުން ވަތްގޮތައް އެތައްއިރަކު އޭނާ ރުއެވެ. އިމާދުއާ ދެމީހުންގެ ގުޅުމަށް މާގިނަދުވަސް ނުވިއަސް އޭނާ އިމާދު ދެކެ ލޯބިވެއެވެ. އެތަކެއް ހުވަފެނެއް އޭނާ އިމާދުއާ އެކު ބެލިއެވެ. އެމީހުންގެ ދިރިއުޅުން ޕްލޭންވެސް ކުރިއެވެ. ބައްޕަ އެކަމާ ނުރުހުމުންވެސް ހުއްޓާނުލެވުނީ އިމާދަކީ އޭނާގެ ފުރަތަމަ ލޯބިވެރިއާއަށްވުމުންނެވެ. އެހެނަސް ކަންތައް ބަދަލުވެގެން ދިޔައި ހާދަ އެހެން ކަހަލަ ގޮތަކަށެވެ. އިމާދު ކިހާ ދެރަވާނެ ހެއްޔެވެ؟ އޭނަ ވަރަށް އިންތިޒާރުވެސް ކުރާނެއެވެ.
ގޭތެރެވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ. ޒިޔާންގެ ދެމަފިރިންނާ ދަރިފުޅު ޒަޔާން އެގެއަށް އައިސްވަނީ ޒައީމު ތިރިއަށް ފައިބަނިކޮށްށެވެ. އަވަހަށް އައިމިނަ އަށް ގޮވާލުމަށްފަހު ޒައީމް އޭނާގެ ރައްޓެހިންނަށް މެހުމާންދާރީ އަދާކުރަންއުޅެގަތެވެ. ޒަޔާން އަކީ އަހުލާގުރަނގަޅު ކުއްޖެކެވެ. ބޭރުގައި ކިޔަވަންހުރި ނަމަވެސް އެއްވެސް ބޮޑާކަމެއް ނުފެނެއެވެ. ދިގުއިސްކޮޅަކާ ރީތި ހަށިގަނޑެއް ލިބިފައިވާ ޒުވާނެކެވެ. ކަޅުކުލައިގެ ގަމީހަކާ ހަމަ އެކުލައިގެ ޖިންސެއްލައިގެން ހުރިއިރު ވަރަށް ހިތްގައިމެވެ. ފެންނަކޮންމެ މީހަކު އޭނައަށް ތައުރީފު ކުރާނެކަން ގައިމެވެ. “އަހާ ޒަޔާން.. މިހާރު ބޮޑުކަމުން ނުވެސްއެގޭ!!” ޒައީމް ހެމުން ހެމުން ބުނެލިއެވެ. “ހެހެހެ.. ވަރަށް ދުވަސްވެއްޖެ އެއްނު ނުފެންނަތާ!” ޒަޔާން ބުނެލިއެވެ. “ކޮބާތަ އައިނާ؟” ޒިޔާން ހޯދަމުން އަހާލިއެވެ. އައިނާ މިހާރު އަންނާނެ… އައިމިނަ ބުނެލިއެވެ. ޒިޔާންމެންގެ އެދުމަށް ޒަޔާން އައިނާ ކައިވެނިކުރަން އެއްބަސް ވިއެވެ. ލޯބިންކުރާ ކައިވެންޏެއް ނޫނަސް ޒަޔާންއިނީ އައިނާ ހުންނަގޮތް ބަލާލާ ހިތްވެފައެވެ. ޒަޔާންއަކީ ކުއްޖަކާ ރައްޓެހިވެގެން އުޅޭކުއްޖެއް ނޫނެވެ. އުންމީދަކީ އައިނާ ވެސްއެކަމާ އެއްބަސްވުމެވެ. “އައިނާ އާ މެދު އަހަރުމެން ވަރަށް ހިތްހަމަޖެހޭ..” “ޒަޔާން އަށްވެސް އައިނާ ކަމުދާނެކަން ޔަގީން” ރައުފިއްޔާ ބުންޏެވެ. ރައުފިއްޔާ އަކީ ވަރަށް ހިތްހެޔޮ މީހެކެވެ. އޭނާގެ މޫނުން ހިނިތުންވުން ނުފިލާނެއެވެ. އަވަށްޓެރިންނަށާއި ރަހުމަތްތެރިންނަށް އެހާރަނގަޅެވެ. އައިނާއަށް އެގޮތް ކަމުދާނެ ބާވައެވެ؟؟؟
ނުނިމޭ………
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Woww nice
thankyou rose..