“އޮފްކޯސް.. އައި ނޯވ ޔޫ ޓޫ ވެލް ބައި ނައު.. ނައު ގޯ ސްޓަޑީ.. އައި އޯލްރެޑީ ރިޒަރވްޑް ޔުއަރ ސްޕޮޓް ފޯރ ޔޫ..” އެއްލޯ މަރައިލަމުން އެ އަންހެންމީހާ ކޮށްލި ސަމާސާއާ އެކީ ލިވްޔާގެ ލުއިލުއި ހުނުމުގެ އަޑު އިވިލިއެވެ. “ތެންކްޔޫ މިސިސް ކެންޑިސް..” ކެންޑިސްއަށް ޝުކުރު އަދާކޮށްލުމަށް ފަހު ލިވްޔާ ގޮސް އިށީނީ ކުޑަދޮރު ކައިރީގައި ހުރި މޭޒެއްގައެވެ. އެއަށްފަހު ގެނައި ދަބަހުން ލެޕްޓުޕާއި، ފޮތްތައް ނަގާފައި އެ އެއްޗެހި މޭޒުމަތީގައި އަތުރައިލިއެވެ. ފުން […]
ދެލޯ ފުހެލަމުން ރައިހާން ނިންމުމެއް ނިންމުމެއް ނިންމިއެވެ. މީގެ ހަތް އަހަރު ކުރިން ކަންތައް ކުރި ގޮތެކޭ އެއްފަދައިން މިއަދު ވެސް ކަންތައް ކުރުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ. އެދުވަހު ޖެހުނީ ނިމްޝާ މަތިން ހަނދާން ނައްތައިލާފައި ދިރިއުޅުމައިގެން ކުރިޔަށް ދާށެވެ. މިއަދު ޖެހުނީ ލޯބިވާން ފޫހިވެފައި ހުއްޓާ އޭނާއަށް ވެސް ނޭނގި އެ ހިތް މިލްކު ކުރި ލިވްޔާގެ ހަނދާންތަކާއި އެކުގައި ދިރިއުޅޭށެވެ. ހަލާކުވެފައިވީ ހިތަށް ނިކަން ލޯތްބާއި އޯގާތެރިކަމުން ފަރުވާކޮށްދީފައި، ހަމަ އެ […]
“އަފާފް.. ދުވަސްގަނޑެއް ވަންދެން އަހަރެން ކަލޭގެ ހިޔަންޏަކަށް ހަދައިގެން އުޅެވިއްޖެ އެއްނު.. ކަށްވަޅަށް ފޮނުވައިލީމަ ވެސް ކަލޭގެ ކިބައިން ސަލާމަތެއް ނުވި ވިއްޔަ.. ކަލޭގެ ހުރި ދަރިގަނޑު ވެއްޖެ ވިއްޔަ އަރައިގަންނަން.. އެކަމަކު ދެން އެކަން ވިޔަކަ ނުދޭނަން.. މިއަދު ބާރު މި އޮތީ އަހަރެންގެ އަތުގަ.. ކަލޭ ތި އޮތީ މަގޭ ފައި ދަށުގަ.. ބިމުގެ ހަފޫޓު އަޑީގަ.. އަހަންނަށް ވުރެ ކުރިޔަށް އަރަން ތެޅިގަތީމަ މޮޅުތަކެއް ވެއްޖެ އެއްނު..” އިމްތިޔާޒްގެ ދުލުން ބޭރުވި ކޮންމެ […]
“އަޅުގަނޑުގެ ސަބަބުން.. މުޅި އާއިލާ ލަދެއްގައި ބެދެން ޖެހުނީތީ މަޢާފަށް އެދެން.. ތެދުވެރިކަމާ އެކީ ބައްޕަ ފެއްޓެވި ވިޔަފާރީގެ ނަން ކިލަނބު ކޮށްލެވުނީތީ މަޢާފަށް އެދެން.. އެކަމަކު މިއީ އަޅުގަނޑު ވެސް.. ބޭނުން ވެގެން ވީ ކަމެއް ނޫން..” ގިސްލެވެމުން ދިޔަ ޙާލު ނުކުރާ ކުށަކަށް ލޯބިވާ މާމަދަރިފުޅު މަޢާފަށް އެދެން ފެށުމުން އައިސާމަނިކެގެ ހިތަށް ވާންވެލީ އިންތިހާއަށެވެ. “އެއީ ދަރިފުޅުގެ ކުށެއް ނޫނޭ ރެން.. މާމަމެން އެއްވެސް މީހަކު ދަރިފުޅު ވެސް ޔާން ވެސް ކުށްވެރިއެއް ނުކުރަން.. ކޮންމެ […]
“ދެން.. ދެން އަހަރެންގެ ކުޑާ ދޫކޮށްލާ.. އަހަރެން ނިމްޝާ ބުނި ގޮތަށް ކަންތައް ކޮށްފީމެއްނު..” ކަރުނުން ފުރި ބަރާވަމުން ދިޔަ ދެލޮލުން ނިމްޝާއަށް ބަލައިލަމުން ލިވްޔާ ކޮށްލި އާދޭހާ އެކީ ނިމްޝާގެ ތުންފަތް މަތީގައިވީ މަކަރުވެރި ހިނިތުންވުން ފުޅާވީ އިރު، އެ ހިތުގައި ރަހުމާއި ކުލުނުވެރިކަމުގެ ކަންފުޅެއް ވެސް ނެތް ކަން ދޭހަވާހައިވެއެވެ. “ހޫމް.. އަހަރެން ލައިނީ ދޫކޮށްލާނަން.. އެކަމް.. ލިވްޔާ އަދި އެއް ކަމެއް އަހަންނަށް ކޮށްދޭން އެބަ ޖެހޭ…” ލިވްޔާއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން […]
އިތުރަށް މަޑުކުރުމެއް ނެތި ރައިހާން އެ ޕޯސްޓް ބަލައިލި އިރު އެއީ މަޝްހޫރު ނޫހަކުން ޝާޢިއުކޮށްފައިވާ ޚަބަރެކެވެ. ރައިހާންގެ ދިގު އިނގިލިތައް ފަރިތަކަމާ އެކީ ފޯނުގެ ސްކްރީނުގައި ޙަރަކާތްކޮށްލުމާ އެކީ އެ ޚަބަރު ހުޅުވުނެވެ. ފުރަތަމަ އެ ޚަބަރުގެ މައި ފޮޓޯގައި އިން އޭނާއާއި ޔާނިއުގެ ފޮޓޯގެ ދަށުން ލިޔެފައި އޮތް ސުރުޚީ ފެނިފައި ރައިހާންގެ މުޅި ދުނިޔެ އެނބުރިގަތް ފަދައެވެ. “މުޅި ރާއްޖޭގެ އިތުބާރާއި މަޤުބޫލުކަން ހޯދާފައިވާ އޭ.އާރް މެމޯރިއަލްސްގެ އަނދިރި ޙަޤީޤަތް ފަޅާއަރައިފި!” އެ […]
“ދެ ދުވަސް ފާއިތުވެއްޖެ.. ބާކީ އެންމެ ދުވަހެއް.. އުފާބެރި ޚަބަރަކަށް އަހަރެން އިންތިޒާރު ކުރަން.. އެހެންނޫނީ ލައިނީ…” ނިމްޝާ ކޮށްފައި އޮތް މެސެޖު ކިޔައިލެވުމާ އެކީ ލިވްޔާގެ ދެތުންފަތް ފޫއަޅުވައިލާފައި ގިސްލުމުގެ އަޑު ބޭރުވީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. އަމިއްލަ މީހާގެ މަޖުބޫރީ ޙާލަތު ވިސްނި، އަމިއްލަ ބަލިކަށިކަން އިހުސާސްކުރެވުނުލެއް ބޮޑުކަމުންނެވެ. އިހުނަށްވުރެ ބާރަށް ފޯނުގައި ހިފަހައްޓައިލީ އިރު، ދެފައިން ވާގި ދޫވެގެން ގޮސް ދެކަކޫ މައްޗަށް ތިރިވެވުނު އިރު އެ ދެލޮލުން ހޯސްލާފައި ކަރުނަ […]
ތަކުރާރުކޮށް ޔާނިއު ކުރަމުން ދިޔަ ސުވާލާއި އެކު އެ ދެލޮލުގައި ވިދަމުން ދިޔަ ކަރުނައިގެ މުތީތައް ފެނުމުން ލިވްޔާއަށް ކެތް ކުރަން އުނދަގޫވިއެވެ. އެއްފަހަރު ހާސްވެފައި ހުރި ރައިހާންގެ މޫނަށް، އަނެއް ފަހަރު ކުރިމަތީގައި ރޮވިފައި ހުރި ޔާނިއު މޫނަށް ބަލަމުން ދިޔަ އިރު އެ ނާޒުކު ހިތުގައި ރެނދު ލަމުން ދިޔައީ މުޅި ނަފްސުގެ ހަމަޖެހުން ނަގައިލަމުންނެވެ. “ކުޑާ.. ކުޑާ ވީ-” ބޭއިޚްތިޔާރުގައި ލިވްޔާ ބުނަން އުޅުނު ބަސް މަޑުވީ އެވަގުތު ގޯތިތެރޭގައި އޮތް އަނދިރި ބަގީޗާގެ […]
“ހަޅޭއްލަވާ.. ހަމަ ބޭނުން ވަރަކަށް ހަޅޭއްލަވަންވީ.. އެކަމަކު ހަނދާން ކުރައްޗޭ.. އަޑުފޮށި ފަޅައިގެންދާ ވަރަށް ހަޅޭއްލެވިޔަސް ކަލޭ ސަލާމަތް ކުރާނެ މީހަކު އަންނާނެ..” އެ ރަޙުމުކުޑަ ބަސްތައް އިވުނު ދިމާއަށް ބަލައިލި އިރު ލިވްޔާގެ އިތުރުން ލައިނީގެ ދެލޯ ވެސް ބޮޑުވެގެން ދިޔައީ ލިބުނު ސިހުމަކުންނެވެ. އެވަގުތު އެތަނަށް ވަދެގެން އައި ދެމީހުންގެ މޫނުމަތީގައިވީ މަކަރުވެރި ހިނިތުންވުމަށް ވުރެ ބޮޑަށް އެ ދެބެން ޖެހިލުންވީ، އެ ދަންނަ މޫނުތައް ފެނުމުންނެވެ. އެހެނަސް، ލިވްޔާއަށް ވެސް އަދި ލައިނީއަށް […]