Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދޭ މަންޒިލަކީ… 33

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
April 19, 2026 8 Mins Read
12 Comments

ދެލޯ ފުހެލަމުން ރައިހާން ނިންމުމެއް ނިންމުމެއް ނިންމިއެވެ. މީގެ ހަތް އަހަރު ކުރިން ކަންތައް ކުރި ގޮތެކޭ އެއްފަދައިން މިއަދު ވެސް ކަންތައް ކުރުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ. އެދުވަހު ޖެހުނީ ނިމްޝާ މަތިން ހަނދާން ނައްތައިލާފައި ދިރިއުޅުމައިގެން ކުރިޔަށް ދާށެވެ. މިއަދު ޖެހުނީ ލޯބިވާން ފޫހިވެފައި ހުއްޓާ އޭނާއަށް ވެސް ނޭނގި އެ ހިތް މިލްކު ކުރި ލިވްޔާގެ ހަނދާންތަކާއި އެކުގައި ދިރިއުޅޭށެވެ. ހަލާކުވެފައިވީ ހިތަށް ނިކަން ލޯތްބާއި އޯގާތެރިކަމުން ފަރުވާކޮށްދީފައި، ހަމަ އެ ދެއަތުން ފަހުން ހަލާކޮށްލި އަންހެން ކުއްޖާގެ ހަނދާންތައް ހިތުގެ އެންމެ އަޑީގައި ފޮރުވައިލާށެވެ.

އޭނާގެ ބަލިކަށިކަމުގެ ސަބަބުން މަންމައާއި ބައްޕަގެ އެންމެ ފަހުގެ ހަނދާނީ ނިޝާން ކަމުގައިވާ ‘އޭ.އާރް މެމޯރިއަލްސް’ ފުނޑުފުނޑުވިޔަކަ ނުދެވޭނެއެވެ. އޭނާގެ ފިނޑިކަމުން މިހާރު ވެސް ޔާނިއު ވާންވީ ވަރަށް ވުރެ މާ ގިނައިން ޤުރުބާންވެއްޖެއެވެ. ކުންފުންޏަށް ކުރިމަތިވީ ހުރިހައި މަލާމާތަކާއި ނަފްރަތަކާއި ގެއްލުންތަކާ ކުރިމަތިލައިފިއެވެ. އެހެނަސް ދެން އެކަން އެގޮތަށް ވިޔަކަ އޭނާ ނުދޭނެއެވެ. ހުރިހައި ހިތާމަތަކާއި ކެކުޅުންތަކެއް ހިތުގެ އެންމެ ފުނުގައި ފޮރުވައިގެން ނަމަވެސް އޭނާ މިކަމާ ކުރިމަތިލާނެއެވެ. ‘އޭ’އާރް މެމޯރިއަލްސް’އަށް ޓަކައި، އޭނާގެ ލޯބިވާ މަންމައާއި ބައްޕައަށް ޓަކައި، އަދި އެ މުޅި ޢާއިލާއަށް ޓަކައި ޖާނާއިމާލުން ޤުރުބާންވާނެެއެވެ.

 

**2 އަހަރު ފަސް**

ގޭތެރޭގައި ދުވަމުން ދިޔަ ދެ އަހަރުގެ ތުއްތުތުއްތު ޔަލާގެ އަޑުން މުޅި ގޭތެރެ ވަނީ ފަޅުފިލާފައެވެ. ކުދިކުދި ފިޔަވަޅުތައް އަޅަމުން ދިޔަ ޔަލާގެ ލޯބިލޯބި ހުނުމުގެ އަޑު ހިނދުކޮޅަކަށް ވެސް ކެނޑިގެން ނުދެއެވެ.

“ދަރިފުޅޫ! ދެން އާދެބަ މަންމި ގާތަށް.. މިހާރު ވެސް މާ ލަސްވެއްޖެ.. އަވަހަށް ކާލައިގެން ފެންވަރާލައިގެން ނިދީމައޭ އަވަހަށް ހޭލެވޭނީ ދޫނީ..” ޔަލާގެ ފަހަތުން ދުވަމުން އައި ލައިނީ ހުރީ ދެވަރުން އެއްވަރު ވެފައެވެ. އެހެނަސް އެ އަޑު އިވޭކަމަށް ވެސް ނުހަދާ ޔަލާ ބޮޑާހާކަމުން ދިޔައީ ލައިނީގެ އަތުގައި ނުޖެހެން ވެގެންނެވެ.

ކުުޑަކުޑަ ޔަލާ ދުވަމުން ދުވަމުން ގޮސް ހުއްޓުނީ ޒީނާގެ ފައިގައި ޖެހިފައި މަތަވުމުންނެވެ. ނުހަނު ލޯބިން ހިނިތުންވެލާފައި ޒީނާ ޔަލާ އުރައިލަމުން ފުށްކޮޅެއް ފަދަ ލޯބިލޯބި ކޮލުގައި ބޮސްދިނެވެ.

“މާމަގެ ލާލަ މިރޭ ވެސް މި ބޮޑާހާކަނީ ނުކާންވެގެންތަ..؟” ޒީނާ އެހެން އަހައިލުމާއެކު ލައިނީ ފުން ނޭވާއެއް ދޫކޮށްލާފައި ބޯޖަހައިލި އިރު އެ އަތުގައި ޔަލާއަށް ކާން ދޭން ގެންގުޅުނު ތަށި އޮތެވެ.

“ލާލައަށް ކާން ދިނުން މިއީ ދުވަހަކު ނުވާނެ ކަމެއް.. ހާދަ ވަރަކަށް ބޮޑާހާކާލައޭ.. މިހާރު ދަރިފުޅު ގާތު ބުނެފިން ބަސްއަހާ ކުދިން އެހެން ނޫޅޭނެޔޭ..” ޔަލާގެ ފަށުވިކޮޅެއް ފަދަ ފަންފަން އިސްތަށިކޮޅު ހާވައިލަމުން ލައިނީ ބުނެލި ނަމަވެސް އެ އަޑުގައި އެއްވެސް ރުޅިވެރިކަމެއް އަދި ހަރުކަށިކަމެއް ނުވެއެވެ.

“ތެދެއް..؟ އެ ކީއްވެ ދަރިފުޅު ނުކާން ތި އުޅެނީ..؟ ބަލާބަ.. މިހުރީ ދަރިފުޅަށް އެންމެ މީރު ފުޑް އެއްނު މަންމި ހަދާފަ ވެސް.. އަވަހަށް ކައިލާ.. އަވަހަށް ބޮޑުވާނީ ކެއީމައެއްނު.. ލާލަ ބޭނުންތަ ރީތަ ގޮތަށް އަވަހަށް ބޮޑުވާން..؟” ޔަލާ ހަމަޖައްސައިލުމަށް ޓަކައި ޒީނާ ބުނެލީ މިހާރު ހަ އަހަރުވެފައިވާ ރިއާގެ ވާހަކައެވެ. ރިއާ ބޮޑުވުމުން އަބަދު ޔަލާ ގޮވައިގެން އުޅޭތީ ޔަލާ އެހަިއ ކުޑަ އިރު ވެސް އެދެމެދުގައި ވަނީ ވަކި ނުކުރެވޭ ފަދަ ވަރުގަދަ ގުޅުމެކެވެ.

“ލައްބަ މާމަ! ލާލަ ބޭނުން ފާސްޓްކޮށް ގްރޯވ ވާން..” ޒީނާގެ ކަރުގައި އޮޅުލައިގަންނަމުން ޔަލާ ބުނެލީ އަންނާރު އޮށްތަކެއް ފަދަ ކުދިކުދި ދަތްތައް ދައްކައިލަމުންނެވެ.

“އެހެންވީރު އަވަހަށް ދޭ ބަސްއަހައިގެން މަންމިއާ އެކީ ކާލަން..” ޒީނާ ބުނުމާއެކީ މިފަހަރު ދެކޮޅު ހެދުމެއް ނެތި ޔަލާ ލައިނީއާ ދިމާއަށް އަތްދިއްކޮށްލުމުން، ލައިނީ ފުޅާ ހިނިތުންވުމަކާ އެކީ ޔަލާގެ ކުޑަކުޑަ ހަށިގަނޑު އެ އަތުތެރެއަށް ގެނައެވެ.

“އަވަހަށް ހިނގާ ކާލަން ދޯ މަންމި ލޯބި..؟” ލައިނީ ނުހަނު ލޯބިން އަހައިލުމާ އެކީ ޔަލާ ވެސް އަވަސްއަވަހަށް ބޯޖަހައިލިއެވެ. އެއަށްފަހު ޔަލާއަށް ކާންދިނުމުގައި ހޭދަވީ ވިއްސަކަށް މިނެޓަށް ފަހު ލައިނީ ޔަލާ ގޮވައިގެން ކޮޓަރިއަށް ވަނީ އަވަހަށް ޔަލާ ފެންވެރުވުމަށް ފަހު ނިންދަވާށެވެ.

“މަންމީ.. ބައްޕި ކޮބާތަ..؟ ލާލަ ނިދާނީ ބައްޕި އައީމަ..” ހަމަ ބާތްޓަބްގައި ބޭންދުމާއެކީ މިއަދު ބައްޕަ ނުފެނުމުން ހިތުގައި ފުނިޖެހިފައި ހުރި ޝަކުވާތައް އެ ކުޑަކުޑަ އަނގައިން ބޭރުވަމުން ދިޔައެވެ.

“ދަރިފުޅު ނިދަންވާ އިރަށް ބައްޕި އަންނާނެޔޭ ދޫންޏާ.. ބައްޕި ބުންޏެއްނު މިރޭ ތަންކޮޅެއް ލަސްވާނެޔޭ..” ފަރުވާތެރިކަމާ އެކީ ޔަލާގެ ގައިގައި ސައިބޯނި އުނގުޅައިލަމުން ލައިނީ ޖަވާބުދިނެވެ.

“މަންމީ ނޯ މޫނުގަ ނުލާނަން! ލާލަ ނުބޭނުން މޫނުގަ ލާން!” ލައިނީ ޔަލާގެ މޫނުގައި ސައިބޯނި އުނގުޅައިލަން އުޅޭ އިރަށް ޔަލާ ރޮއެގަނެފައި ފުއްވައިލިއެވެ. އެންމެ ފަހުން ލައިނީއަށް ޖެހުނީ ހަތިޔާރު ބަހައްޓާފައި ޔަލާ ބުނި ގޮތަށް ކަންތައް ކޮށްދޭށެވެ.

ޔަލާ ފެންވަރުވާލައިގެން މަޑުފިޔާތޮށި ކުލައިގެ ކުޑަކުޑަ ރޯބެއް ލައްވާލައިގެން ކޮޓަރިއަށް ނުކުތް އިރު ފިނިވެގެން އެ ކުޑަކުޑަ ހަށިގަނޑު ތުރުތުރުއަޅަމުން ދިޔައެވެ. އެހެންކަމުން ލައިނީ އަތްމަތި އަވަސްކޮށްލަމުން ތުވާލިން ޔަލާގެ ގައި ހިއްކައިލާފައި، ފެހި ކުލައިގެ އަތްކެނޑި ޓީޝާޓުކޮޅަކާއި ހަމަ އެކުލައިގެ ކުރު ސޯޓުކޮޅެއް ލައްވައިލިއެވެ. ކަނދުރާއާ ހަމައަށް އަރާ އެ ފަށުވިކޮޅެއް ފަދަ ފަން އިސްތަށިގަނޑުގައި ފުނާއަޅުވައިލާފައި، މޫނުގައި ބޯކޮށް ފުއް ޖަހައިލުމުން އެ ތުއްތު މޫނުމަތީގައިވީ ލޮބުވެތިކަމާއި މައުސޫމުކަން އެތައް ގުނައެއް އިތުރުވީ ފަދައެވެ. ޔަލާގެ ގައިގައި ބޭބީ ކޮލޯންކޮޅެއް ލެއްވުމަށް ފަހު ހިންދެމިލާ އިރަށް ޔަލާ އެނދުމަތީގައި ފުންމަން ފަށައިފިއެވެ.

“ދެން އާދޭ އަވަހަށް ނިދަން ދަރިފުޅޫ..” ޔަލާގެ ރީތިވާ ސާމާނު އެނދުމަތިން ނެގުމަށް ފަހު ލައިނީ އެނދުމަތި ރީތިކޮށްލިއެވެ.

“ދެން ނޯ މަންމި ލާލަ ނިދާނީ ބައްޕި އައީމަ!” ވަގުތުން ބޮޑާހާކައިލާފައި ޔަލާ އެނދުން ފައިބާފައި ކޮޓަރިީގެ އެތަންމިތަނުގައި ދުއްވައިގަތުމުން ލައިނީ ފުން ނޭވާއެއް ދޫކޮށްލީ ޔާނިއު ނާންނަނީސް ޔަލާ ގޮތްދޫނުކުރާނެކަން އެނގޭތީއެވެ. އެހެންކަމުން ސައިޑްޓޭބަލް މަތީގައި ހުސްވެފައި ހުރި ޖަގު ހިފައިގެން ލައިނީ ބޭރަށް ނުކުތީ ޖަގަށް ފެން އެޅުމަށެވެ. ނުކުންނަމުން ޔަލާ ގާތު ބަސްއަހައިގެން މަޑުމަޑުން ހުންނަން ބުނި ނަމަވެސް ޔަލާއަށް އެ އަޑު ނީވޭނެކަން ލައިނީއަށް އެނގެއެވެ.

ލައިނީ ނުކުތުމާ އެކީ ޔަލާއަށް ބޭނުން ގޮތަކަށް އުޅެލަން ލިބުމުން ކޮޓަރީގެ އެތަން މިތަނުގައި ދުވަން ފެށިއެވެ. ފަހަރަކު އެއްޗަކާ ކުޅެމުން، ތަންތަން ހާވަމުން ދިޔަ އިރު، އެ މައުސޫމު މޫނުމަތިން ފެންނަމުން ދިޔައީ އުޖާލާކަމެވެ.

ފަހަރަކު ތަނެއް ހާވަމުން ގޮސް ޔަލާ އަލަމާރި ހުޅުވައިލާފައި އެތަނުގެ ތެރޭގައި ހުރި އެއްޗެެހި ކޮށްޓަމުން ދިޔައެވެ. އަލަމާރި ކައިރީގައި ދެކަކޫ ޖަހައި އިށީނދެލާފައި ޔަލާ އަލަމާރި އެންމެ ތިރީގައި ހުރި އެއްޗެހި ހާވަން ފެށިއެވެ. ފެނުނު ދެތިން ފޮއްޓާއި، ފަތްޖަހާފައި ހުރި ލައިނީގެ ނިދާހެދުންތަކަށް ވުރެ ބޮޑަށް ޔަލާގެ ތުއްތު ސިކުނޑީގެ ސަމާލުކަން ދަމައިގަތީ ތަންކޮޅެއް އެތެރެއިން ފެނުނު ފޮޓޯ އަލްބަމެކެވެ. އެއީ ކޯޗެއްކަން ނޭނގޭތީ ޔަލާ ނުހަނު ޝައުގުވެރިވެލާފައި އެ ފޮޓޯ އަލްބަމް ނަގައި، އުނގުމަތީގައި ބާއްވައިލިއެވެ.

އަލްބަމް ހުޅުވައިލުމާ އެކި ފެނިގެން ދިޔަ ޔާނިއުއާއި ލައިނީގެ ކައިވެނީ ފޮޓޯތަކުން ޔަލާގެ މައުސޫމު ހީލުމުގެ އަނެއްކައި ވެސް އިވިލިއެވެ. މަންމައާއި ބައްޕަގެ މެދުގައިވީ ލޯބީގެ ފުންކަން އެ ތުއްތުތުއްތު ސިކުނޑިއަށް ވެސް ދޭހަވީ ކަންނޭނގެއެވެ.

އަލްބަމްގެ ފަހަރަކު ގަނޑެއް އެއްލަމުން ޔަލާ ބަލަމުން ދިޔަ އިރު އާއިލާ މީހުންނާ އެކީ ފެންނަމުން ދިޔަ ފޮޓޯތަކުން އެ ތުންފަތް މަތީގައިވީ މައުސޫމު ހިނިތުންވުން އިތުރަށް ފުންވެލައިފިއެވެ. އައިސާމަނިކެއާއި، ޒީނާއި، ހަލީމާއި، އަނީސް ފެނުމުން ރިއާގެ ކުޑަކުޑަ ހިތަށް އުފާވެރިކަން ލިއްބައިދީފިއެވެ. ރީނާއާއި، ރިއާގެ އިތުރުން ރައިހާން ފެނުމުން ފަހަރަކު މީހެއްގެ ނަން ވަކިވަކިން ކިޔައިލި އިރު އެ އަޑުގައިވަނީ އުފާވެރިކަމެވެ.

އެހެނަސް، އެ މައުސޫމު މޫނުމަތީގައިވީ ކުލަވަރު ބަދަލުވީ އެ އަލްބަމްގެ އެންމެ ފަހު ޞަފްޙާއަށް އެއްލުުމުންނެވެ. އެ ފޮޓޯގައި އޭނާށގެ މަންމައާއި ބައްޕައާއި އެކުގައި ހުރި އަންހެން މީހާއަކީ ކާކުކަން ޔަލާއަކަށް ނޭނގުނެވެ. އެހައި ކުޑައިރު ވެސް، ވިސްނުންތޫނުވީތީ އެ އަލްބަމްގެ ހުރިހައި ފޮޓޯތަކެއްގައި ތިބި އެހެން މީހުން އެނގިފައި، މި މީހާ އެކަނި ނޭނގުމުން ޔަލާގެ ހިތުގައި ސުވާލު އުފެދުނެވެ.

އެވަގުތު ކޮޓަރިއަށް ވަން ލައިނީއަށް އަލަމާރި ކައިރީގައި އޭނާއާއި ޔާނިއުގެ ކައިވެނީގެ ހަފްލާގެ ފޮޓޯތައް ހުރި އަލްބަމް ނަގައިގެން އިން ޔަލާ ފެނި ހިނިތުންވެވުނެވެ. ފެންޖަގު ސައިޑްޓޭބަލް މަތީގައި ބަހައްޓައިލާފައި ލައިނީ އެނދުމަތީގައި އިށީންނަމުން ޔަލާއަށް ގޮވައިލިއެވެ. އެއާއެކު ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން ޔަލާ ދުވެލާފައި އައިސް އެނދުމައްޗަށް އެރީ ފޮޓޯ އަލްބަމް ހިފައިގެންނެވެ.

“ދަރިފުޅު ހަމަ މަންމި ދާއިރަށް އެއްޗެހި ހާވަން ފެށީ ދޯ..؟” ޔަލާ ގެނެސް އުނގުގައި ބައިންދައިލަމުން ލައިނީ ބުނެލިއެވެ.

“ސޮރީ މަންމި.. ލާލަ ފޫހިވީއޭ..” ލައިނީގެ ގައިގައި ލެނގިލަމުން ޔަލާ އަނެއްކައި ވެސް އެ ފޮޓޯ އަލްބަމް ހުޅުވައިލިއެވެ.

“ބަލާ މަންމާ! ބޮޑުމާމަ ހާދަ ލޯބިއޭ ދޯ..” އައިސާމަނިކެ އިން ފޮޓޯގަނޑަށް ބަލައިލަމުން ޔަލާ ބުނެލުމާއެކީ ލައިނީ ވެސް ހީގަނެފައި ބޯޖަހައިލިއެވެ.

“މަންމީ.. ކީއްވެތަ ކާފަ ވީލްޗެއާ އެއްގަ މީނީ..؟ ކާފައަށް ހިނގެއެއްނު..؟” އަނީސް އިން ފޮޓޯއެއް ދައްކައިލާފައި ޔަލާ އެ ކުޑަކުޑަ ހިތުގައިވީ ސުވާލު ކޮށްލިއެވެ.

“އޭރު ކާފައަކަށް ނުހިނގޭ ދަރިފުޅޫ.. ކާފަ އެކްސިޑެންޓެއް ވެގެން ވަރަށް ގިނަ ދުވަހު ނުހިނގިފަ، ވާހަކަ ވެސް ނުދެއްކިފަ އޮތް.. އެކަމަކު މިހާރު ﷲ އިރާދަކުރެއްވީތީ ކާފައަށް ހިނގޭ.. ވާހަކަ ވެސް ދެއްކޭ.. ލާލަ ގޮވައިގެން ތަންތަނަށް ވެސް ދެވޭ.. ލާލައަށް ގިފްޓް ވެސް ގަނެދެވޭ.. އެހެންވީމަ އަހަރެމެން ކީކޭ ބުނާނީ..؟” ޔަލާގެ ތުއްތު ސިކުނޑިއަށް ވިސްނޭނެހެން ލައިނީ ކިޔައިދިނެވެ.

“އެހެންވީމަ ބުނާނީ އަލަޙަމްދުލިﷲ!” ފުޅާ ހިނިތުންވުމަކާ އެކީ ޔަލާ ބުނެލުމުން ލައިނީ ހީލާފައި ޔަލާގެ މަޑުމަޑު ކޯތާފަތުގައި ތުންފަތް ޖައްސައިލިއެވެ.

“މަންމީ.. މީ ކޮން ކުއްޖެއް..؟” ކުރިން ފެނުނު ފޮޓޯގަނޑު ލައިނީއަށް ދައްކައިލަމުން ޔަލާ އަހައިލި އިރު، އެ ސުވާލުގެ ސަބަބުން މަންމަގެ ހިތަށް ކުރި ފުން އަސަރު ދެނެގަތުމަށް އެ ޅަ ސިކުނޑި ނުކުޅެދުނެވެ.

ހިނދުކޮޅަކު އެ ފޮޓޯއަށް ބަލަހައްޓައިގެން އިނުމަށް ފަހު ލައިނީ ފުން ނޭވާއެއް ދޫކޮށްލިއެވެ. އިންތިހާއަށް ހިތުގައި ރިއްސައިލި ނަމަވެސް، އެކަން މޫނުމަތިން ނުދައްކާ ވޭތޯ ބެލީ ލޯބިވާ ދަރިފުޅަށް ޓަކައެވެ.

“ތިއީ މަންމިގެ ބޭބީ ސިސްޓަރ.. ދަރިފުޅުގެ އާންޓް.. ލާލަގެ ލިވީ ދޮންތި..” އެހައި ހިސާބަށް ބުނެވުނުތަނާ ލައިނީގެ އަޑު ކުރެހިއްޖެއެވެ.

“ލިވީ ދޮންތި..” އެ ނަން ތަކުރާުކޮށްލި އިރު ކުޑަކުޑަ ޔަލާގެ ހިތުގައި ލިވްޔާގެ ސޫރަ ކަނޑައިނެގިގެން ހިނގައްޖެއެވެ.

“ދެން ކޮބާ ލިވީ ދޮންތި މިހާރު..؟ ފެމިލީ ހުރިހައި ކުދިން އަދި ވެސް އެބަ ތިއްބެއްނު ލާލަ ކައިރި.. ދެން ކޮބާ ލިވީ ދޮންތި..؟” ޔަލާގެ މައުސޫމު ސުވާލުން ލައިނީގެ ހިތުގައި ޖެހުނެވެ. ދެ އަހަރު ކުރީގެ ހަނދާންތައް އައިސް މީހާ ވަށައިލުމުން ލައިނީގެ ދެލޯ ފެންކަޅިވެގެން ދިޔައީ ބަސްބުނާހައި ހިނދުކޮޅެއްގެ ތެރޭގައެވެ.

“ލިވީ ދޮންތި ވީ ތަނެއް މަންމިއަކަށް ވެސް ނޭނގެ ދަރިފުޅޫ.. ލިވީ ދޮންތި ވީ ތަނެއް، އުޅޭ ހާލެއް ވެސް މަންމިއަކަށް ނޭނގޭ..” ޖަޒުބާތުގައި ޖެހި ލައިނީގެ ދުލުން ބޭރުވި ބަސްތަކާއެކު ކުޑަކުޑަ ޔަލާއަށް ވެސް މަންމަގެ ހިތާމަ ވިސްނުނު ކަހަލައެވެ.

“މަންމި ވަރަށް ހަނދާންވޭ ދޯ ލިވީ ދޮންތި މަތިން..؟ އިޒް ދެޓް ވައި ޔޫ އަރ ކްރައިން..؟” އެ ކުޑަކުޑަ އަތްތިލައިން ލައިނީގެ ކަރުނަތައް ފުހެލަައިދެމުން ޔަލާ ކުރި ސުވާލުން ލައިނީ ބޯޖަހައިލި އިރު، އިތުރަށް ރޮވިއްޖެއެވެ.

“ދެން ކީއްވެ ލިވީ ދޮންތި ދިޔައީ..؟ ކީއްވެ ދުވަހަކު ވެސް ލާލަ ކައިރިޔަށް ނާންނަނީ..؟ ޑަޒް ޝީ ނޮޓް ލައިކް މީ..؟” ޔަލާގެ މައުސޫމު ހިތަށް ވިސްނުނު ގޮތަކަށް އެހިތުގައިވީ ސުވާލުތައް ބަންޑުންކޮށްލުމުން ލައިނީގެ ހިތް އިތުރަށް ކުދިކުދިވިއެވެ. ޔަލާއަށް ޓަކައި ލިވްޔާ ވީ ޤުރުބާނީ ޔަލާއަށް އެނގޭ ނަމަ އެހެން ނުބުނާނެޔޭ ހިތަށް އެރުމާއެކު ލައިނީ އިތުރަށް ހިތުގައި ޖެހުނީއެވެ.

“ނޫން ދަރިފުޅާ.. ދަރިފުޅު ދެކެ އެންމެ ލޯބިވަނީ ދަރިފުޅުގެ ލިވީ ދޮންތި.. ކަންދިމާވި ގޮތުން މިއަދު ލިވީ ދޮންތިއަށް ދަރިފުޅާ އެކީ ހުރެވެން ނެތީ.. ބަޓް އިފް ޝީ ވޯޒް ހިއަރ.. ލޯބިން ގޮސް ދަރިފުޅު ސްޕޮއިލް ކޮށްލާނެ.. ލިވީ ދޮންތި އެންމެ ލޯބިވަނީ ދަރިފުޅު ދެކެ..” ޖަޒުބާތީވެވުނު ވަރުން ދެއްކި ވާހަކަތައް ޔަލާގެ ތުއްތު ސިކުނޑިއަށް ނަގައިގަނެވޭ ވަރަށް ވުރެ ފުންކަން ލައިނީ ހަނދާން ވެސް ނެތެވެ. އެކަމާ ގުޅިގެން ސުވާލު ކުރަން އުޅުނު ޔަލާގެ އަނގަ ބަންދުވީ އެވަގުތު ދޮރު ހުޅުވައިލާފައި ކޮޓަރިއަށް ވަން ޔާނިއު ފެނުމުންނެވެ.

“ބައްޕީ!!” ވަގުތުން އެނދުން ފުންމާލައިގެން ގޮސް ޔާނިއުގެ ދެފައިގައި އޮޅުލައިގަންނަމުން ޔަލާ ބުނެލި އިރު، އެކުއްޖާ އުފާވެފައި ހުރި ވަރު ދޭހަވެއެވެ.

“ލައްޕަ ބައްޕިގެ ދޫނި.. އާޗާ! މިރޭ މީނީ ބައްޕި އަންނަންވާ އިރަށް ތިއްތިވެލައިގެން ނިދަން ރެޑީވެގެންތަ..؟ ހާދަ ބަސްއަހާ ކުއްޖެކޭ..” ލޯބިވާ ދަރިފުޅުގެ ކުޑަކުޑަ ހަށިގަނޑުގައި ދެއަތް ވަށައިލަމުން ޔާނިއު ބުނެލި އިރު އެ ދަރިފުޅު ދެކެ ވާ ލޯބި ޔާނިއުގެ ކޮންމެ ޢަމަލަކުންނާއި ބަހަކުން ދައްކުވައިދެމުން ދިޔައެވެ.

“ހަމަ ބައްޕި ނާންނަނީސް ނުނިދާނަމޭ ކިޔައިގެން ބޮޑާހާކާލައިގެންނޭ މި އުޅެނީ.. ބައްޕި މަތިން މިސްވާ ކުދިން ފެނޭނު.. ދެން ވެސް އަވަހަށް އާދޭ ނިންދަވަން..” ލައިނީގެ އަޑު ޖެހުމާއެކީ ޔާނިއު ލުއި ހުނުމަކާ އެކީ ޔަލާ އުރާލައިގެން އައިސް އެނދުގައި އިށީނެވެ.

“ލާލަ އެކަނިތަ ބައްޕި މަތިން މިސްވަނީ..؟” ލައިނީއަށް އެއްލޯ މަރައިލަމުން ލާނެތް ރާގެއްގައި ޔާނިއު އަހައިލުމާ އެކީ ޔަލާ ވެސް ހީގަނެފައި އަނގަމަތީ އަތްއަޅައިފިއެވެ.

“ދެން ޔާން! ވަރަށް ފޫހިވޭ!” ލަދުގަތް ނަމަވެސް ތުންއަނބުރައިލާފައި އެނދުން ތެދުވަމުން ލައިނީ ކުދިކިޔައިގަތެވެ. އެހެނަސް ލައިނީއަށް ތެދުވެވުމުގެ ކުރިން ޔާނިއު ލައިނީގެ އަތުގައި ހިފައި ކައިރިއަށް ދަމައިލިއެވެ. އެއާއެކު އިވިގެން ދިޔަ ލައިނީގެ ތޫނު ހަޅޭކާއެކު ޔާނިއުގެ އުނގުން ފޭބި ޔަލާގެ ތުއްތުތުއްތު ހުނުމުގެ އަޑު އިވިލިއެވެ. ޔާނިއުގެ އަތުތެރެއަށް ލައިނީ ގެނެސް މެޔާލައި ފިތައިލި ލޯބިވެތި މަންޒަރު ބަލަން ތުއްތުތުއްތު ޔަލާ އިނީ ހީލަހީލައެވެ. މަންމައާއި ބައްޕަގެ މެދުގައިވީ މާތް، މަތިވެރި ލޯބި އެ މައުސޫމު ސިކުނޑިއަށް ވެސް ދޭހަވީ ކަންނޭނގެއެވެ.

*** ** ***

ކުރިމަތީގައި ހުރި މޮނީޓަރަށް ނަޒަރު ހުއްޓާލައިގެން އިން ޒުވާނާ އިނީ އެއިން ފެންނަމުން ދިޔަ ބިޒްނެސް ޝީޓުތަކަށް ގެއްލި ހުސްވެފައެވެ. އެއަށް ބަލަން އިނދެފައި، ދޭތެރެދޭތެރެއިން އެއްޗެއް ޓައިޕް ކޮށްލާފައި، ގޮތްހުސްވާހެން ހީވާ ވަގުތުކޮޅަށް ފަހު ލޯމަތީގައި އޮތް ނަމްބަރު ނަގާފައި ނިތްކުރީގައި އިނގިލިތައް ހިންގައިލައެވެ.

“ރައިިހާން ސަރ..” އިވިގެން ދިޔަ އަޑާ އެކީ ރައިހާން އިސްއުފުލާ ބަލައިލި އިރު ކެބިންއަށް ވަދެގެން އައި މުވައްޒަފު ފެނުމުން ގޮނޑީގައި ހަމަޖެހިލިއެވެ.

“ކާމިލް ލިމިޓެޑް އިން ވެސް ޑީލް ޑިކްލައިން ކޮށްފި..” މާޔޫސީ ރާގަކުން ދިން ޚަބަރާ އެކީ ރައިހާންގެ މޭޒުމަތީގައި އެ މުވައްޒަފު ބޭއްވި ފައިލަށް ބަލަހައްޓައިގެން އިރުކޮޅަކު ރައިހާންއަށް އިނދެވުނެވެ.

“އަހަރެން އަދި ތިކަން ބަލާނަން..” ހަމައެކަނި އެވަރަށް ބުނެލުމަށް ފަހު ރައިހާން ބޯޖަހައިލުމާ އެކީ އިތުރު ވާހަކައަކައި ނުލައި އެ މުވައްޒަފު ނުކުމެއްޖެއެވެ.

މީގެ ދެ އަހަރު ކުރިން ކޮމްޕެނީއަށް ދިމާވި ކަންތައްގަނޑަށް ފަހު، އެތައް ދުވަހެއް ފާއިތުވީ އިރު ވެސް ހުރިހައި ކަމެއް ހަމައަކަށްއެޅިފައި ނުވާތީ، ރައިހާންގެ ނަފްސަށް އެންމެ ތަންކޮޅެއް ވެސް ލުޔެއް ނުވެއެވެ. ދެ އަހަރުތެރޭ ޔާނިއުއާއި ދެމީހުން ހޭބޯނާރާ ކުރަމުން ދިޔަ ބުރަ މަސައްކަތަށް ފަހު ކިރިޔާ ކުންފުނި ކޮޅަށް ޖެހޭ ވަރު ވެފައިވާ ކަމެވެ. ވެއްޓުނު އަޑިގަނޑުގެ ސަބަބުން ކުރިން ކޮމްޕެނީ އޮތް ބިލްޑިން ވެސް ދޫކޮށްލުމަށް ފަހު އެއަށް ވުރެ މާ ކުޑަ އޮފީހެއްގައި، މަދު މުވައްޒަފުންކޮޅަކާ އެކީ އަލުންބަލުން ޖެހުނީ މަސައްކަތްތައް ފަށާށެވެ. އެހެނަސް އަދިވެސް، އުއްމީދު ކަނޑައިލާކަށް ޔާނިއު ވެސް، ރައިހާން ވެސް ބޭނުމެއް ނުވެއެވެ. އުއްމީދެއް އޮތިއްޔާ ދިރުމެއް ވާނެކަން ޔާނިއު ބުނެދޭ ކޮންމެ ފަހަރަކު ރައިހާންގެ ޢަޒުމާއި ހިތްވަރު އައުވި ނަމަވެސް، ފޫނެތް ފަޔަކަށް ފެން ފުުރާ އުސޫލުން މި ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ރައިހާންގެ ހިތްވަރު ދަނީ އެލެމުންނެވެ.

ލެއްޕިގެން ދިޔަ ދޮރާ އެކީ ފުން ނޭވާއެއް ދޫކޮށްލަމުން ރައިހާން ގޮނޑިން ތެދުވިއެވެ. އެއާއެކު ހާމަވެގެން ދިޔަ ވަރުގަދަ ހަށިގަނޑާއި، ދިގު އިސްކޮޅާ އެކުވެސް އެ މޫނުމަތިން އުޖާލާކަމެއް ނުފެނުމުން އެ ރީތިކަން މުޅީން ފުރިހަމައެއް ނުވިއެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ކުޑަދޮރުގެ ކުރިމަތީގައި ހުއްޓިފައި ބޭރު ބަލައިލިއެވެ.

ރޭގަނޑުގެ އަނދިރިކަމާ އެކު އެހެންޏާ އުުޑުމަތި ފަޅުފިލުވައިލަދޭ ހަނދު ވެސް މިރޭ އިނީ ވިލާތަކައި ނިވާވެގެންނެވެ. އެންމެ ތަރިއެއްގެ ނިޝާނެއް ވެސް ފެންނަން ނެތް އިރު، ބޯކޮށްފައިވީ ވިލާތަކުގެ އަސަރުން މިރެއަކީ އަނދިރި ރެޔަކަށް ވާނޭކަން ގައިމެވެ.

ބޯކޮށްފައި އޮތް ވިލާތައް ފޫއަޅުވައިލާފައި ވާރޭގެ ކަނިތައް އޮއްސައިލީ ރައިހާން ބަލަބަލައި ހުއްޓައެވެ. އެއާއެކު އިވިގެން ދިޔަ ބާރުގަދަ ގުގުރީގެ އަޑުން ރަައިހާންއަށް އަސަރެއް ކުރިހެނެއް ހިޔެއް ނުވެއެވެ. އެހެން އިވިލައި ގުގުރިއަކަށް ސިހޭވަރަށް ވުރެ ރަނގަޅަށް އޭނާ މިހާރު ދަސްކޮށްފިއެވެ. އެފަދަ އެތައް ބޯ ވިލާތަކާއި، ކެރީގެ ޙަމަލާތަކާއި، ގުގުރީގެ އަޑުފައްގަނޑަށް އޭނާ މިހާރު އާދަވެއްޖެއެވެ. ދިރިއުޅުމުގައި މުޅީން ވެސް އަންނަ ކޮޅިގަނޑުތަކާއި، ތޫފާންތަކަށް ހޭނިއްޖެއެވެ.

އިރުކޮޅަކު ބިންގަނޑު ތެންމަމުން ދިޔަ މަންޒަރަށް ގެއްލިފައިހުރެ ރައިހާން ޖީބަށް އަތްލާފައި ނެގި އިރު އަތުގައި ރަންކުލައިގެ އަލިމަސް ޖެހި އަނގޮޓިއެއް އޮތެވެ. މިނެޓެއްހާ އިރު ވާންދެން އެއަށް ނަޒަރު ހުއްޓާލައިގެން ހުުރުމަށް ފަހު ރައިހާން އެ އަނގޮޓި ގެނެސް ތުންފަތުގައި ޖައްސައިލިއެވެ. އެއާއެކު ލެއްޕިގެން ދިޔަ އެސްފިޔަތަކުގެ ދޭތެރެއިން ފޭދުނު ކަރުނަތިކި ހަމަ އެ ސިކުންތުގައި ފުހެލުމަށް ފަހު ލޯހުޅުވައިލި އެ ކަޅު ރޭގަނޑެއް ފަދަ ފުން ދެލޮލުގެ ތެރެއިން ފެނުނީ ނިމުމެއް ނުވާ އާދޭސްތަކެވެ. ދުވަހަކު މިންޖުވުމެއް ނެތް ވޭނީ ކެކުޅުންތަކާއި ހިތާމައެވެ. އެގޮތުގައި ހޭދަވީ ވަގުތުކޮޅަށް ފަހު ދެން ރައިހާންގެ ދެތުންފަތް ފޫއަޅުވައިލާފައި ބޭރުވި ސުވާލު އަމާޒުވީ އެންމެ ފަރާތަކަށެވެ.

“ލިވްޔާ.. ވެއަރ އާރ ޔޫ..؟”

*** ** ***

ޖަނަވަރީ މަހުގެ ފަހުކޮޅަށް އެޅި އިރު ޔޫކޭއަށް ފިނި ވެހޭލެއް ވެސް ގިނަވެއްޖެއެވެ. ވަށައިގެންވީ ގަސްގަހުގަޔާއި ތަންތަނުގައި ފިނި ހިފައިފާވާ އިރު، ބިންގަނޑަށް ވެސް ފިނީގެ އަސަރު ކޮށްފައިވާ މިންވަރު މަދެއް ނޫނެވެ. ވެހެމުން ދިޔަ ފިނީގެ މަންޒަރު ކިތަންމެ ރީތިވެފައި ފުރިހަމަވީ ނަމަވެސް، އެކަމުގެ ސަބަބުން ކުރަމުންދާ ގަދަ ފިނީގެ އުނދަގޫ އެއަށްވުރެ ބޮޑެވެ. ފިނިފިނި މަގުތަކުގައި ޙަރަކާތްތެރިވަމުން ދިޔަ އެންމެން ވެސް ތިބީ ފިނިން ސަލާމަތްވުމަށް ނިކަން ބޯކޮށް ހެދުން އަޅައިގެންނެވެ.

ފިނިން ބިންގަނޑު އެކުގައި ފޮރުވިފައިވީ މަަގުގައި ހިނގަމުން ދިޔަ އަންހެން ކުއްޖާ ހުރީ ލައިގެން ހުރި ފިޔާތޮށިކުލައިގެ ދިގު ހެދުމުގެ މަތިން ހުދުކުލައިގެ ބޯ ޖެކެޓަކާ އެކީ ހަމަ އެކުލައިގެ ބީނީއެއް އަޅައިގެންނެވެ. ބޯ ކޮޓަން ފޮތީގެ އަންގިއަކުން ދެއަތްތިލަ ނިވާކޮށްފައިވީ ނަމަވެސް، އިރުއިރުކޮޅާ ދެއަތްދެއަތާ އުނގުޅައިލަނީ ވަމުން ދިޔަ ގަދަ ފިނީގެ ސަބަބުން ކެތް ނުވެފައި ހުރެއެވެ.

ލަސް ފިޔަވަޅުތަކެއްގައި ގޮސް އެ އަންހެން ކުއްޖާ އެ މަގު ނިމޭ ހިސާބުގައި ހުރި ކުތުބުޚާނާއަށް ވަނުމާ އެކީ، އެތަނުގައި ތެރޭގައިވީ ހީޓަރ އިން ކޮންމެވެސް ވަރަކަށް ވަމުން ދިޔަ ފިންޏަށް ލުޔެއް ލިބިގެން ދިޔައެވެ. ކައުންޓަރުގައި އިން މުސްކުޅިފުރާގެ އަންހެން މީހާ އެކުއްޖާއަށް ބަލައިލާފައި ދިން ހިތްހެޔޮ ހިނިތުންވުމުން، އެއީ ވަރަށް ރަނގަޅަށް އެކުއްޖާ ދަންނަ މީހެއްހެން ހީވެއެވެ.

“ލިވްޔާ ޑިއަރ.. އައި ނިއު ޔޫޑް ކަމް..” އާވި އަރައަރާ ހުރި ކޮފީ މަގެއް ދިއްކޮށްލަމުން އެ އަންހެންމީހާ ވާހަކަ ދެއްކިއެވެ.

“އޯހ މިސިސް ކެންޑިސް.. ޔޫ އާރ ޓޫ ސްވީޓް.. އައި ޑޯންޓް އީވެން ހޭވް ޓު އާސްކް ފޯރ އަ ކޮފީ އެނީމޯރ..” ފުޅާ ހިނިތުންވުމަކާ އެކީ ކޮފީމަގުގައި ހިފަައިލަމުން ލިވްޔާ ބުނެލިއެވެ.

“އޮފްކޯސް.. އައި ނޯވ ޔޫ ޓޫ ވެލް ބައި ނައު.. ނައު ގޯ ސްޓަޑީ.. އައި އޯލްރެޑީ ރިޒަރވްޑް ޔުއަރ ސްޕޮޓް ފޯރ ޔޫ..” އެއްލޯ މަރައިލަމުން އެ އަންހެންމީހާ ކޮށްލި ސަމާސާއާ އެކީ ލިވްޔާގެ ލުއިލުއި ހުނުމުގެ އަޑު އިވިލިއެވެ.

“ތެންކްޔޫ މިސިސް ކެންޑިސް..” ކެންޑިސްއަށް ޝުކުރު އަދާކޮށްލުމަށް ފަހު ލިވްޔާ ގޮސް އިށީނީ ކުޑަދޮރު ކައިރީގައި ހުރި މޭޒެއްގައެވެ. އެއަށްފަހު ގެނައި ދަބަހުން ލެޕްޓުޕާއި، ފޮތްތައް ނަގާފައި އެ އެއްޗެހި މޭޒުމަތީގައި އަތުރައިލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު، ހޫނު ކޮފީމަގުން އެތިފޮދެއް ބޯލުމާއެކީ ފިންޏަށް ބަލިވެފައިވީ ޖިސްމަށް އާރޯކަމެއް ލިބިގެން ދިޔައެވެ. އެއަށްފަހު ކުޑަދޮރުން ބޭރު ބަލައިލުމާއެކު ފެނުނު ރީތި މަންޒަރުން ހިނިތުންވެވުނު ނަމަވެސް، އެ ހިނިތުންވުމުގައި އެއްވެސް މާނައެއް ނުވެއެވެ. އެގޮތުގައި ދެތިން މިނެޓު ފެންނަމުން ދިޔަ މަންޒަރަށް ގެއްލިފައި އިނދެވުނު އިރު، އެ މަންޒަރުގެ ރީތިކަމުން އޭނާގެ ދޫމަތީގައި ފުރޮޅައިލީ ހަމަ އެންމެ ނަމެކެވެ.

“ރައިހާން.. އައި މިސް ޔޫ..”

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ލޯބިން ބުނާތީ 9

Next

އިތުބާރު ގެއްލުވާނުލާ 3

Next
April 19, 2026

އިތުބާރު ގެއްލުވާނުލާ 3

Previews
April 19, 2026

ލޯބިން ބުނާތީ 9

12 Comments!

  1. Aisha says:
    April 19, 2026 at 1:10 pm

    Masha Allah vrh reethi ♥️.. ren menah hageegah ingyny kihaahisaabun baa? Next part kiyaalan libeyny konirakun?

    1. Nayaa Nayaa says:
      April 19, 2026 at 10:29 pm

      thankyou Aisha💞💞
      let’s see dho dhen hageegaiy engenee kihaa hisaabehga kan.. next week In Sha Allah Friday or Saturday

  2. Shiu says:
    April 19, 2026 at 1:21 pm

    Mi part vx varah Reethi Masha Allah 🤩
    Awwwwwn Yalaa soooooo cuteeeee 🥰😘 Yaan and Lai vx haadha loabi ey dhw 😭😚 Laala E ulheny Livy ulhey gothah thwche, Ehaa kudairu vx Livy engijje dhw ekujja ah, Livy huri nama Laala ge fav ah vaani Livy, shakkeh vx neiy.. 😁
    Ren adhivx Livy aaa medhu visnaa dhw, Nayuu edhekudhin avahah gulhuvan ulhey, ehn nooney I vx roe roe maruvedhaane 😭🥲 dhnnnn konirakun baa Livy and family, ren aaa reunite vaany, can’t wait e dhuvahakah…
    When Next??? Curiously waiting for the next part.. Appreciate your hard work 🥰
    Lyssm💕😘

    1. Nayaa Nayaa says:
      April 19, 2026 at 10:31 pm

      thank you so much shiu💞
      saw your comments on the previous parts too, loved them to death, thank youuu💞💞

      we all are waiting dho livi ah ren aa family aa meet veveyne dhuvahakah.. let’s hope for the best and wait and watch dho

      next part in sha allah Friday or Saturday

      lymmm💞💞

  3. Cutie girl says:
    April 19, 2026 at 2:37 pm

    Mi part ves varah reethi masha Allah
    Yalaa is so beautiful masha Allah ❤️🥰
    Ren and Livy gulhuvachey
    Mi part kiyaafa rovijje
    Heyonuvaane livy e emmena dhuru nukururey
    Kuhverinah adabu dhee naaif n nimsha haadha goahey
    Really appreciated your hard work
    Miayee varah saugu veri kamakaa eku kiyaa vaahaka eh
    Haadha curious kohlaafa thi nihmaaly
    Love you ❤️🥰

    1. Nayaa Nayaa says:
      April 19, 2026 at 10:32 pm

      thankyou sm cutie girl💞💞

      let’s see dho dhen livi mennah vaa gotheh

      love you more💞

  4. Mrs. GenZ says:
    April 19, 2026 at 3:34 pm

    Livya ah e hithuge raajaa aa dhimaavaane dhuvaheyge inthizaaruga 💔💔

    1. Nayaa Nayaa says:
      April 19, 2026 at 10:32 pm

      me too girl me too hehe

  5. Reem says:
    April 19, 2026 at 5:50 pm

    Hi naya. Finally mi story ah comment eh kollevijje. Mi story ves varah reethi and obsessed with your writing. Your works inspires me everyday. Ohh nohh Naya Please keep ren and livi together. They are too precious to be together. 💗
    The suspense is killing me. Can’t wait next part anymore.😭 Lots of love

    1. Nayaa Nayaa says:
      April 19, 2026 at 10:33 pm

      hii reem, missed you lots inge.. how have you been dear?

      awww tysm reem that means a lottt.. love you huge always mwah💞💞💞

  6. 🥀 says:
    April 19, 2026 at 7:44 pm

    Mi part ves vrh reethi MA!
    Yalaa is such a cutie pie😍😍
    Ren and livi ulhey gothun hih halaaku vy hama💔💔
    Curiously waiting for the next part!
    Whn nxt????
    Luv u 💗

    1. Nayaa Nayaa says:
      April 19, 2026 at 10:34 pm

      thankyouu💞💞
      ehehehe yess yalaa varah loabi dhoo

      next part Friday or Saturday ga in sha allah
      luv uu💞

Comments are closed.

Next Episodeހިތް އެދޭ މަންޒިލަކީ… 34←


All Right Reserved!