Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދޭ މަންޒިލަކީ… 34

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
April 25, 2026 9 Mins Read
18 Comments

“އޮފްކޯސް.. އައި ނޯވ ޔޫ ޓޫ ވެލް ބައި ނައު.. ނައު ގޯ ސްޓަޑީ.. އައި އޯލްރެޑީ ރިޒަރވްޑް ޔުއަރ ސްޕޮޓް ފޯރ ޔޫ..” އެއްލޯ މަރައިލަމުން އެ އަންހެންމީހާ ކޮށްލި ސަމާސާއާ އެކީ ލިވްޔާގެ ލުއިލުއި ހުނުމުގެ އަޑު އިވިލިއެވެ.

“ތެންކްޔޫ މިސިސް ކެންޑިސް..” ކެންޑިސްއަށް ޝުކުރު އަދާކޮށްލުމަށް ފަހު ލިވްޔާ ގޮސް އިށީނީ ކުޑަދޮރު ކައިރީގައި ހުރި މޭޒެއްގައެވެ. އެއަށްފަހު ގެނައި ދަބަހުން ލެޕްޓުޕާއި، ފޮތްތައް ނަގާފައި އެ އެއްޗެހި މޭޒުމަތީގައި އަތުރައިލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު، ހޫނު ކޮފީމަގުން އެތިފޮދެއް ބޯލުމާއެކީ ފިންޏަށް ބަލިވެފައިވީ ޖިސްމަށް އާރޯކަމެއް ލިބިގެން ދިޔައެވެ. އެއަށްފަހު ކުޑަދޮރުން ބޭރު ބަލައިލުމާއެކު ފެނުނު ރީތި މަންޒަރުން ހިނިތުންވެވުނު ނަމަވެސް، އެ ހިނިތުންވުމުގައި އެއްވެސް މާނައެއް ނުވެއެވެ. އެގޮތުގައި ދެތިން މިނެޓު ފެންނަމުން ދިޔަ މަންޒަރަށް ގެއްލިފައި އިނދެވުނު އިރު، އެ މަންޒަރުގެ ރީތިކަމުން އޭނާގެ ދޫމަތީގައި ފުރޮޅައިލީ ހަމަ އެންމެ ނަމެކެވެ.

“ރައިހާން.. އައި މިސް ޔޫ..” އެ ހިތުގެ އެންމެ ފުނުގައި ފޮރުވިފައއިވީ އިހުސާސް ދުލުން ބޭރުވުމާ އެކީ ލިވްޔާގެ ދެލޯ ކަރުނުން ފުރިގެން އައީ އިޚްތިޔާރަކާ ނުލައެވެ. މޭޒުގައި އުޅަނބޮށި ވިއްދައިލާފައި އެ ދެ އަތްތިލައިގެ ތެރޭގައި މޫނު ފޮރުވައިލި އިރު ލިވްޔާއަށް ރޮވިއްޖެއެވެ.

“ލިވްޔާ.. ޑާރލިން..” އިރުކޮޅެއް ނުވެ މީހަކު ބޮލުގައި ފިރުމައިލާފައި، ލޯބިން ގޮވައިލި އަޑު އިވުމުން ލިވްޔާ ނޭފަތް ދަމައިލާފައި ބޯހިއްލައިލިއެވެ. ކައިރީގައި ހުރި ކެންޑިސްގެ ހަމްދަރުދީއިން ފުރިފައިވީ ނަޒަރާ ދިމާވުމުން ލިވްޔާ އިތުރަށް ހިތުގައިޖެހޭ ގޮތްވިއެވެ.

“އަނެއްކައި ވެސް ހަނދާން ވަނީތަ މާ ބޮޑަށް..؟” އިނގިރޭސިން އެ ސުވާލުކޮށްލި ކެންޑިސްގެ އަޑުގައި ވަނީ ކުލުނާއި ހަމްދަރުދީއެވެ. ޖަވާބުގައި ލިވްޔާ ހަމައެކަނި ބޯޖަހައިލުމުން ކެންޑިސް ފުންނޭވާއެއް ދޫކޮށްލާފައި، ލިވްޔާގެ ގާތުގައި އިށީނެވެ.

“ވަރަށް ހަނދާންވޭ.. ވަރަށް ވަރަށް ހަނދާންވޭ.. ރައިހާން މަތިން ވެސް.. ބައްޕަ މަތިންނާ ކުޑާ މަތިން ވެސް.. ރައިހާންގެ ފެމިލީ ވެސް.. އެންމެން މަތިން ވެސް ވަރަށް ވަރަށް ހަނދާންވޭ.. ކެތް ނުކުރެވޭހައި ހަނދާންވޭ..” ކެންްޑިސްއަށް އެނގޭނެހެން ލިވްޔާ ވެސް އެހިތުގައިވީ އުދާސްތައް ބަންޑުންކުރަމުން ދިޔައީ އިނގިރޭސިންނެވެ. އެދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތަކުން ކެންޑިސްއަށް ލިވްޔާގެ ހުރިހައި ސިއްރެއް އެނގޭކަން ދޭހަވާހައި ވެއެވެ.

“ކުޑާގެ ދަރިފުޅު.. އެ ބޭބީ ހުންނާނީ މިހާރު ދެ އަހަރު ވެފަ.. މިހާރު ބޭބީއަށް ވާހަކަ ވެސް ދެއްކޭނެ.. މުޅި ގޭތެރޭގަ ދުވެ އުޅޭނެ.. ސަކަރާތްޖަހާ، މަޖާކޮށް ވެސް ހަދާނެ.. އެ ބޭބީ ބޮޑުވާ މަންޒަރު ދެކިލުމުގެ ނަސީބު ވެސް އަހަންނަކަށް ނުލިބޭ..” ލިވްޔާ އެހިތުގެ އުދާސްތައް ބަންޑުން ކުރަމުން ދިޔަ އިރު ކައިރީގައި އިން ކެންޑިސް އިނީ ލިވްޔާގެ އަތުގައި ހިފައި ބާރުކޮށްލައިގެންނެވެ.

“ބައްޕަގެ ތެރަޕީ ވެސް މިހާރު ނިމޭނެ.. ބައްޕައަށް ވެސް މިހާރު ހިނގާ، ވާހަކަ ދައްކާ ހެދޭނެ.. އެކަމަކު ބައްޕައަށް އަހަންނާ ވާހަކަ ދެއްކުމުގެ ކުރިން، އަހަރެންގެ ގައިގަ ފިރުމައިލެވުމުގެ ކުރިން އަހަންނަށް މި ޖެހުނީ ބައްޕައާ މާ ދުރަށް އަންނަން..” ލިވްޔާ ވާހަކަ ދައްކަމުން ދިޔަ ވަރަކަށް ކެންޑިސްގެ ހިތުގައި އުފެދިފައިވާ ހަމްދަރުދީ ދިޔައީ އިތުރަށް ފުންވަމުންނެވެ.

“އެއްވެސް މީހަކަށް އެއްވެސް ޚަބަރެއް ނުވެ އަހަރެން ގެއްލުނީމަ ވެސް އެއްވެސް މީހަކު އަޅައެއް ނުލާ.. އެއްވެސް މީހަކު އަހަރެން ހޯދަން ވެސް ނޫޅޭ.. ބައްޕަ ވެސް.. ކުޑާ ހުންނާނީ މަޖުބޫރުވެގެން އެއްވެސް މީހަކު ގާތު ނުބުނެވި.. އެހެންވީމަ އެންމެންގެ ނަޒަރުގަ ވެސް އަހަންނަކީ ވަރަށް ގޯސް މީހެއް.. އެއްވެސް މީހަކު އަހަރެން ހޯދަން ކުޑަ ވެސް މަސައްކަތެއް ނުކުރޭ.. މިހާރު އެކަކު ވެސް އަހަރެން މަތިން ހަނދާން ވެސް ނުހުންނާނެ..” ހިތުގައިވީ ޝަކުވާތައް ބަންޑުން ކުރަމުން ދިޔަ ވަރަކަށް ލިވްޔާއަށް ދިޔައީ ރޮވެމުންނެވެ.

“ނޫން.. ތިހެން ހިތަށް ނާރުވާ ދަރިފުޅާ.. ތީ އެހައި ފަސޭހައިން ހަނދާން ނައްތައިލެވޭ ވަރަށް ވުރެ މާ ޚާއްސަ ކުއްޖެއް.. ޓްރަސްޓް މީ، އެއިން އެކަކު ވެސް ލިވްޔާގެ މަތިން ހަނދާނެއް ނުނެތޭނެ.. އަދި ކޮންމެވެސް ދުވަހަކުން އެންމެންނަށް ހަގީގަތް އެނގޭނެ.. އެދުވަހަކުން ލިވްޔާގެ ރައިހާން ހަމަ ޔަގީނުން ވެސް ލިވްޔާ ބަލައި އަންނާނެ.. ލިވްޔާ ލޯބިވާ އެންމެން ކައިރިޔަށް އަލުން އަނބުުރާ ގެންދާނެ..” ލިވްޔާގެ ބުރަކަށީގައި ފިރުމަމުން ކެންޑިސް ދެމުން ދިޔަ ހިތްވަރުން ވެސް ލިވްޔާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެހެނަސް ހަމަޖެހުނުކަން ދައްކަން ވެގެން ގަދަކަމުން ހިނިތުންވެލާފައި ލިވްޔާ ދެލޯ ފުހެލިއެވެ.

“ރައިހާން މިހާރު އެހެން މީހަކު ހޯދަފާނެ ދޯ..؟ މިހާރު އަހަރެން މަތިން ހަނދާން ވެސް ނުހުންނާނެ ކަންނޭނގެ.. އޭނަ އެވަރަށް އަހަންނަށް ނަފްރަތު ކުރާނެ.. އެކަމަކު އަހަރެން ވަކި ކީއްކުރާނީ..؟ އަހަންނަށް ވެސް މަޖުބޫރުވީ..” ނޭފަތް ދަމައިލަމުން ލިވްޔާ ބުނެލީ އެހިތުގައި އެކަމަކާއި މެދުގައި އެންމެ ބޮޑަށް ބިރުވެރިކަން އުފެދިފައިވާ ކަންތަކެވެ.

“ތީ ލިވްޔާއަށް ހަމަ ހީވާ ގޮޮތް.. އެކުގައި ލިޔުއްވާފައިވާ ދެނަން ދުވަހަކު ވެސް ވަތްކެއް ނުކުރެވޭނެ.. ހަމަ ޔަގީން ރައިހާން އަދިވެސް ލޯބިވާނީ ލިވްޔާ ދެކެ.. ހަގީގަތް އެނގޭ ދުވަހަކުން އެންމެ ސިކުންތެއް ވެސް ލަސްކޮށްނުލައި އޭނަ ލިވްޔާ ގާތަށް އަންނާނެ.. ޓްރަސްޓް މީ.. އެންޑް.. ރައިހާން އަންނަން ދެން ވެސް ލިވްޔާ އެކަންޏެއް ނުވާނެ.. އަބަދުވެސް އަހަރެން ހުންނާނަން.. އަހަރެން ހުރިހާ ހިނދަކު ލިވްޔާ އެކަނިވިޔަކަ ނުދޭނަން..” ލިވްޔާގެ އަތުގައި ހިފައި ބާރުކޮށްލަމުން ކެންޑިސް ހިނިތުންވެލުމާ އެކީ ލިވްޔާގެ ދެލޯ އަނެއްކައި ވެސް ކަރުނުން ފުރުނެވެ.

“އަހަންނަކަށް ނޭނގެ ދުވަހަކު ކެންޑިސްއަށް ޝުކުރު އަދާކުރާނެ ގޮތެއް.. މިތަނުން ކެންޑިސްއާ ދިމާނުވި ނަމަ އަހަރެން މިއަދު މިހެން ވެސް ނުހުރީސް..” ކެންޑިސްގެ އަތްތިލައިގައި ހިފައި ބާރުކޮށްލަމުން ލިވްޔާ ބުނެލީ ކަރުނައިގެ ތެރެއިން ވެސް ހިނިތުންވަމުންނެވެ.

އެންމެ ފުރަތަމަ ލިވްޔާއާ ކެންޑިސްއާ ދިމާވީ މީގެ ދެ އަހަރު ކުރިން ލިވްޔާ އެންމެ ފުރަތަމަ ޔޫކޭއަށް އައި އިރު ހަމަ މި ކުތުބުޚާނާ ތެރެއިންނެވެ. މިއީ ކެންޑިސްއާއި އޭނާގެ ފިރިމީހާ ޒުވާން ދުވަސްވަރުން ފެށިގެން ހިންގަމުން އަންނަ ތަނެކެވެ. ލިވްޔާ ޔޫކޭގެ މަޝްހޫރު ޔުނިވަރސިޓީއެއްގައި އޭނާގެ ދެވަނަ ޑިގްރީ ހަދަމުން ދާ އިރު، ކިޔަވާ ގަޑިތަކުގައި އަބަދުވެސް މިތަނަށް އަންނަނީ މާހައުލުގެ ހިތްފަސޭހަކަމުންނާއި، ކެންޑިސްގެ ދެމަފިރިންގެ ހިތްހެޔޮކަމުުގެ ސަބަބުންނެވެ. މަންމައެއްގެ ލޯބިން ކުޑައިރުއްސުރެ މަހުރޫމުވެފައިވީ ލިވްޔާއަށް ކެންޑިސްގެ ފަރާތުން ލިބެމުން ދިޔަ އޯގާތެރިކަމާއި ލޯބީގެ ސަބަބުން ކޮންމެވެސް ވަރެއްގެ ތަސައްލީއެއް، އެ ޒަޚަމްވެފައިވީ ހިތަށް ލިބެމުން ދިޔައެވެ. ޔޫކޭއަށް އައިސް، މުޅީން އެކަނިމައިއެކަނި އޭނާ ފެށި ދިރިއުޅުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެމުން ދިޔައީ ކެންޑިސްގެ ދެމަފިރިންގެ ފަރާތުންނެވެ. އެ ދެމަފިރިންގެ ވެސް އުފަން ދަރިޔަކު ނުހުންނާތީ ލިވްޔާ ދެކެ ލޯބިވަނީ އެހައި ވަރަށެވެ. ލިވްޔާގެ ހަޔާތުގެ ވާހަކަ އެނގޭތީ، ކޮންމެ ކަމެއްގައި ވެސް ލިވްޔާއަށް އެހީތެރިވުމަށް އެދެމަފިރިން ތިބެނީ އަތުކުރި އޮޅާލައިގެންނެވެ.

އެދުވަހުގެ ކިޔެވުން ލައިބްރަރީގައި ނިންމައިލާފައި ލިިވްޔާ ގެއަށް ދާން ނުކުތް އިރު ފިނި ވެހުން ކޮންމެވެސް ވަރަކަށް މަދުވެއްޖެއެވެ. ގެ ހުންނަނީ އެތަނާ މާ ދުރުގައި ނޫންކަމުން ލިވްޔާ ލަސްފިޔަވަޅުތަކެއްގައި ހިނގައިލާފައި ގެޔާ ދިމާއަށް މިސްރާބު ޖެހީ ވަށައިގެން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރުން ހިތްހަމަޖެހުން ހޯދަމުންނެވެ.

އޭނާގެ ކުޑަކުޑަ އެހެނަސް ހިތްފަސޭހަ އެޕާޓްމެންޓްގެ ތެރެއަށް ވަދެފައި ލިވްޔާ ހީޓަރގެ ހޫނުމިން މަތިކޮށްލިއެވެ. އެއަށްފަހު ކޯޓު ބާލާފައި އެތަނުގައި  ހުރި ހަރުގައި އަޅުވައިލިއެވެ. މުޅީން ވެސް އަޅިކުލައިގެ އެކި ޝޭޑްތައް ފެންނަމުން ދިޔަ އެ ކުޑަކުޑަ އެޕާޓްމެންޓްގެ އެއްފަރާތުގައި އަޅި ކުލައިިގެ ސޯފާއެއް ހުރި އިރު، ކުރިމަތީގައި ފަތި ޓީވީއެއް ހުއްޓެވެ. އެޕާޓްމެންޓްގެ އަނެއް ފަރާތުގައި ބަދިގެއަށް ޚާއްސަކޮށް ކުޑަ ތަންކޮޅެއް ހަދާފައި ހުއްޓެވެ. އުނދުނަކާއި، ކެބިނެޓުތަކކެއްގެ އިތުރުން ކާމޭޒެއް ވެސް ހުރި އިރު، ހުރިހައި އެއްޗެއްގައި ވެސް ހުރީ އަޅިކުލައެވެ.

ލަސް ފިޔަވަޅުތަކެއްގައި ލިވްޔާ ގޮސް ކޮޓަރިއަށް ވަނީ ހޫނު ފެނުން ފެންވަރައިލަން ބޭނުންވެފައި ހުރި ވަރުންނެވެ. ފަނަރަވަރަކަށް މިނެޓު ފާޚާނާގައި ހޭދަކޮށްލުމަށް ފަހު ލިވްޔާ ނުކުތް އިރު ކުރިން ލައިގެން ހުރި އެއްޗެހީގެ ބަދަލުގައި މިހާރު ލައިގެން ހުރީ ފިޔާތޮށިކުލައިގެ އަތްދިގު ސްވެޓާ އަކާއި ހުދުކުލައިގެ ދޫ ހަރުވާޅެކެވެ. ކުރިއަށް ވުރެ ވެސް ދިގުވެލާފައި އޮތް ބުޅި އިސްތަށިގަނޑުން ފެން ހިއްކަމުން ލިވްޔާ އައިސް އެނދުމަތީގައި އިށީނދެލިއެވެ. އެކަން ނިމުމުން ބޯ އައްސައިލާފައި ލިވްޔޔާ ގޮސް އިށީނީ ކޮޓަރީގެ އަނެއް ފަރާތުގައި ހުރި ސްޓްޑީ ޓޭބަލް ދޮށުގައެވެ. ލެޕްޓޮޕް ނަގާފައި ހުޅުވައިލީ މިއަދު ހެދި އެސައިންމެންޓު ސަބްމިޓް ކުރުމަށެވެ.

އެކަމުުގައި އުޅެނިކޮށް އެއްލިކަޅިއަކުން އޭނާއަށް ކުޑަރުން ބޭރަށް ބަލައިލެވުނެވެ. އޭރު ސީދާ ގޭ ދޮރުމަތީގައި ޕާކުކޮޮށްފައި އޮތް ކާރު ކައިރީގައި މުޅީން ކަޅު ހެދުމުގައި، މާސްކެއް އަޅައިގެން ހުރި މީހާ ކާރަށް އަރަނީއެވެ. ހަލުވި ދުވެލީގައި ކާރު ގޮސް އޮބައިލީ ލިވްޔާ ބަލަން ހުއްޓައެވެ.

އޭނާއަށް ޔޫކޭއަށް އައި ފަހުން އެ ކާރާއި، އެމީހާ ފެނުނު ޢަދަދު ވެސް މިހާރު ނޭނގެއެވެ. ފުރަތަމަކޮޅު އަބަދު އޭނާގެ ފަސްފަހަތް ބަލަމުން އުޅޭތީ ކޮންެވެސް ވަރަކަށް ބިރުގަތް ނަމަވެސް، ފަހުން އެއީ ނިމްޝާގެ ކަމެއްކަން އެނގުމުން ކޮންމެވެސް ވަރަކަށް ހަމަޖެހުނެވެ. އެހެން ގޮސް އަބަދު އަބަދު ފެންނާތީ މިހާރު އޭނާ އެކަމަށް އާދަވެއްޖެއެވެ. ޢުމުރު ހުސްވާން ދެން ވެސް ނިމްޝާގެ މީހުން އެގޮތަށް އޭނާގެ ފަސްފަހަތް ބަލާނޭކަން އޭނާއަށް އެނގި ދަސްވެއްޖެއެވެ. އޭނާގެ ދިރިއުޅުމުގެ ކޮންމެ ކަމެއް، ކޮންމެ ނިންމުމެއް މިހާރު ވަނީ ނިމްޝާގެ އަތްމަތީގައެވެ. އެ ޙަޔާތުގެ ހުންގާނު ކޮންޓްރޯލް ކުރަނީ ނިމްޝާއާއި އޭނާގެ މީހުންނެވެ.

ލެޕްޓޮޕުން އޭނާ ކުރަން ބޭނުންވީ މަސައްކަތް ނިންމައިލާފައި ލައްޕައިލަން އުޅުނު ވަގުތު ލިވްޔާގެ ހަރަކާތްތައް މަޑުޖެހުނީ ފެނުނު ފޯލްޑާ އަކުންނެވެ. ހިތްއަވަސްވެފައިވީ ޙާލު ލިވްޔާ އެ ފޯލްޑާއަށް ފިތައިލުމާ އެކީ ފެނިގެން ދިޔަ ފޮޓޯތަކުން ލިވްޔާގެ ދެލޮލަށް ކަރުނަ ގެނުވައިފިއެވެ. ފޮޓޯއަކަށް ފަހު ފޮޓޯއެއް ބަލަމުން ދިޔަ އިރު، ރައިހާންއާ އެކުގައި ހޭދަވީ އުފާވެރި ދުވަސްތައް ހަނދާންވުމުން އެ ހިތް އިތުރަށް ޒަޚަމްވަމުން ދިޔައެވެ. އިސާހިތަކު ހިމޭން ކަރުނަތައް ގިސްލުމަށް ބަދަލުވަމުން ދިޔަ އިރު، އެރޭ އެކުގައި އެ ކޮޓަރިން އިވެމުން ދިޔައީ ލިވްޔާގެ ވޭނީ ގިސްލުމުގެ އަޑެވެ.

*** ** ***

އަނެއް ދުވަހު އޮފީސް ނިންމައިލާފައި ރައިހާންއަށް ނުކުމެވުނު އިރު ރޭގަނޑު ހަތެއް ޖަހަނީއެވެ. ވަރުބަލިވެފައި ހުރި ވަރުން ކާރު ވެސް ދުއްވުނީ ދުއްވަން ވާ ވަރަށް ވުރެ ބާރަށެވެ. އިރުކޮޅެއްގެ ތެރޭގައި ގެއަށް ދެވުމާ އެކީ ރައިހާން ލަސްކުރުމެއް ނެތި ގެއަށް ވަނެވެ.

“ރެން ދޮންބޭ!!” ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި ޔަލާ އޭނާގެ ފައިގައި އޮޅުލައިގަތުމާ އެކީ ރައިހާންއަށް ތިރިއަށް ބަލައިލެވުނެވެ. އޭރު ހުރިހައި ދަތްތަކެއް ފެންނަ ވަރަށް ހީލައިގެން އޭނާއާ ދިމާއަށް ބަލަން ހުރި ތުއްތުތުއްތު ޔަލާ ފެނުމުން ރައިހާންގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވީ އިޚްތިޔާރަކައި ނުލައެވެ. ޔަލާއާއި ރިއާއަކީ މިއަދު އޭނާގެ މާޔޫސްވެފައިވީ ޙަޔާތަށް ކިރިޔާ ވެސް އުފާވެރިކަމެއް ގެނެސްދޭ ހަމައެކަނި މައުސޫމުކަމާއި ލޯބިވެތިކަމެވެ.

ފުޅާ ހިނިތުންވުމަކާ އެކީ ޔަލާ އުރައިލަމުން ރައިހާން އެ ފުށްކޮޅެއް ފަދަ ކޯތާފަތުގައި ބޮސްދިނީ ނުހަނު ލޯބިންނެވެ. އެއާއެކު ޔަލާގެ މައުސޫމް ތުއްތުތުއްތު ހުނުމުުގެ އަޑު އިވިގެން ދިޔަ އިރު، ޔަލާ ވެސް ރައިހާންގެ މޫނުގައި ކުޑަކުޑަ ދެއަތުން ހިފަހައްޓައިލާފައި ރައިހާންގެ ޢަމަލު ތަކުރާރުކޮށްލިވެ.

އެވަގުތު ދުވެފައި އެތަނަށް އައިސް ހުއްޓުނު ލައިނީގެ އަތުގައި އޮތް ކާތަށި ފެނުމުން ރައިހާންއަށް މި ވެގެން އުޅޭ ގޮތް އެނގިއްޖެއެވެ. މިއީ ކޮންމެ ރެޔެއްގެ ވެސް ހާލަތެވެ. ޔަލާއަށް ކާން ނުދެވިގެން އެތައް އިރަކު ލައިނީ އުޅެން ޖެހޭނެއެވެ.

“ލާލަ މިިރޭ ވެސް މި ބޮޑާހާކަނީ ނުކާންތަ..؟” މަޑުމަޑުން ޔަލާގެ ކޮލުގައި ހިފައިލަމުން ރައިހާން އެހުމާ އެކީ ޔަލާ ތުންދަމައިލާފައި ދެލޯ ބޮޑުކޮށްލީ އޭނާގެ ދިފާއުގައި ރައިހާން ނުކުމޭތޯއެވެ. އޭނާގެ އެދުމަކަށް ދޮންބެ ދެކޮޅުނުހަދާނެކަން އެހައި ކުޑައިރު ވެސް އެނގޭތީއެވެ.

“ލާލަ ނުބޭނުން ވެޖީސް ކާން ދޮންބޭ ޕްލީޒް.. މަންމި ކާރި ބުނޭ ލާލައަށް އައްޗިއޭ ވެޖީސް..” ރައިހާންގެ ކޮނޑުގައި މޫނު ފޮރުވައިލަމުން ޔަލާ ބުުނެލުމާ އެކީ ރައިހާންގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ.

“ލައި.. މިރޭ އެހެން އެއްޗެއް ދެވޭތޯ-” ރައިހާންގެ ޖުމުލަ ފުރިހަމަ ކުރެވުމުގެ ކުރިން ލައިނީ ވަގުތުން ދެފަރާތަާށް ބޯހޫރުވައިލިއެވެ.

“ޔާންއާ ރެންއާ އޭނަ ބުނާހާ ކަމެއް ކޮށްދޭތީއޭ އަބަދު ބޮޑާހާކަނީ.. ތިހެން ހަދަންޏާ ޔަލާ ހަމަ ސްޕޮއިލް ވާނީ..” ލައިނީ ބުނެލީ ވިސްނައިދޭ ރާގެއްގައެވެ. އެއާއެކު ރައިހާން ފުން ނޭވާއެއް ދޫކޮށްލަމުން ސޯފާގައި އިށީނދެފައި، އޭނާގެ އުނގުގައި ޔަލާ ބޭންދިއެވެ.

“ލާލަ.. ދޫނި.. ވެޖީސް ކެއީމައޭ ސްޓްރޯންގް ވާނީ.. ލާލަ ވެޖީސް ކެއީމައެއްނު ދޮންބެއަށް ލާލަ ގޮވައިގެން ޕާކަށް ކުޅެން ދެވޭނީ..” ޔަލާއަށް ވިސްނައިދޭ ރާގެއްގައި ރައިހާން އެތައް ވާހަކައެއް ދެއްކި ފަހުން ޔަލާ ކާން އެއްބަސްވިއެވެ.

“ލާލަ ކާނީ ދޮންބެ އަތުން!” ލައިނީ ޔަލާއަށް ލެވޭތޯ އުޅެން ފެށުމުން ޔަލާ ވަގުތުން މޫނު އަނބުރައިލިއެވެ. އެއާއެކު ރައިހާން ހިނިތުންވެލާފައި ލައިނީގެ އަތުން ތަށި ނަގާފައި ޔަލާއަށް ކާން ދޭން ފެށިއެވެ. އޮފީހުގައި އުޅެއުޅެފައި އައިސް ވަރުބަލިވީ ނަމަވެސް ރައިހާން އެއްވެސް ޝަކުވާއެއް ނެތި ޔަލާއަށް ކާން ދޭން އިނެވެ.

ޔާނިއު އައިސް ގެއަށް ވަނީ އެވަގުތެވެ. ސޯފާ ކައިރީގައި ހުރި ލައިނީގެ ނިތަށް ނޮތެއް ދީފައި ޔާނިއު ދެން ބަލައިލީ ޔަލާއަށް ކާން ދޭން އިން ރައިހާންއަށެވެ.

“މިރޭ ދޮންބެ ކުއްޖަކަށް ވެފަތަ މީނީ..؟” ޔަލާގެ ކޮލުގައި ހިފައިލަމުން ޔާނިއު ސަމާސާކޮށްލުމާ އެކީ ޔަލާ ހިނިއައިސްފައި އިނދެ ބޯޖަހައިލީ، އިތުރަށް ރައިހާންގެ މޭތެރޭގައި ބޮނޑިވެލަމުންނެވެ. ހީވާ ކަހަލައެވެ. އެހައި ކުޑައިރު ވެސް އޭނާއަށް ޔާނިއު ފިޔަވައި ދެން ބައްޕަގެ މަޤާމާ އެންމެ ގާތްކުރާ ފަރާތަކީ ރައިހާން ކަމުގައި ކަނޑައެޅި ނިމިއްޖެއެވެ.

ރައިހާން ޔަލާއަށް ކާން ދޭން އިން ވަގުތު އެ މޫނުމަތީގައިވީ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ އަސަރުތައް ފެނުމުން ޔާނިއުުގެ ހިތަށް ކުޑަ ނަަވެސް ތަސައްލީއެއް ލިބިދެއެވެ. މީގެ 2 އަހަރު ކުރިން ވީ ކަންތައްގަނޑަށް ފަހު ރައިހާންގެ މޫނުމަތިން ކިރިޔާ ވެސް ހިނިތުންވުމެއް ފެންނަ ވަގުތުތަކަކީ ޔަލާ އަދި ރިއާއާ އެކުގައި ހޭދަކުރާ ވަގުތުތަކެވެ. އެހެނަސް އެއީ ހަގީގީ އުފާވެރިކަން ނޫންކަން ޔާނިއުއަށް ވެސް، އަދި ގޭގައި އުޅޭ އެހެން މީހުންނަށް ވެސް އެނގެއެވެ. އެ މައުސޫމު ތުއްތު ހިތްތައް މާޔޫސްކުރަން ރައިހާންގެ ހިތް ނޭދޭތީ، އެ ތުންފަތް މައްޗަށް ރައިހާން ހިނިތުންވުމެއް ވެރިކުރުވަނީ އަމިއްލަ ހިތުގައި އަތް އަޅާފައެވެ.

ޔަލާއަށް ކާންދީ ނިމުމުން ލައިނީ ޔަލާ ގޮވައިގެން ދިޔައީ އަވަހަށް ޔަލާ ފެންވަރުވައިލާފައި ނިންދަވާށެވެ. ޔަލާ ގޮވައިގެން ލައިނީ ދިޔުމާ އެކީ ރައިހާންގެ ކައިރީގައި ޔާނިއު އިށީނީ ފުން ނޭވާއެއް ދޫކޮށްލަމުންނެވެ.

“ކާމިލް ލިމިޓެޑްގެ ޑީލް ކަންތައް ހަމަޖެހިއްޖެ..؟” ރައިހާންއަށް ބަލައިލަމުން ޔާނިއު އަހައިލުމާ އެކީ ރައިހާންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

“ނޫން.. އެކަން ކުރެވޭތޯ މި އުޅެނީ.. އެކަން ކުރެއްވިއްޖެ ނަމަ އަހަރެމެންނަށް ވަރަށް ބޮޑުތަކުން ފަސޭހަވެގެން ދާނެ.. ކޮންމެ ގޮތެއް ވިޔަސް ކޮމްޕެނީގެ ބިލްޑިން އަލުން ހޯދަން އަހަރެން ބޭނުން.. އެއީ ޑޭޑް ވެސް ބިޒްނެސް ފެއްޓެވި ތަން.. ބިޒްނެސް ކުރިޔަށް ދާން ވާނީ ވެސް ހަމަ ބިލްޑިންގައި..” ރައިހާން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އިން ޔާނިއު ބޯޖަހައިލީ އޭނާ ވެސް އެއްބަސްވަމޭ ބުނާ ފަދައަކުންނެވެ.

“ރެން.. އަހަރެން ކުރިން ވެސް ބުނިން.. އަނެއްކައި ވެސް މި ބުނަނީ.. މިކަހަލަ ބޮޑު ސްކޭންޑަލްއެއް ކުރިމަތިވެފައި އޮތް އިިރު އަހަރެމެންނަށް ވިޔަފާރި ފުޅާކުރަން އުނދަގޫވާނެ.. ޕޮލިހުން އިންވޮލްވްކޮށްގެން މިކަން ކުރި ބަޔަކު ހޯދަން އުޅެންވީނު.. އަހަންނަށް ޔަގީން ޒާމިން ވެސް އެހީވާނެކަން.. ކޯޓަށް މައްސަލަ ހުށައަޅައިގެން މިކަން ކުރާކަށް އުނދަގުލެއް ނުވާނެ.. އަހަރެން ލޯޔަރ އެއް ވެސް ހަމަޖައްސަފާނަން..” ރައިހާން ގާތު އަބަދުމެ ބުނާ ވާހަކަ އަނެއްކައި ވެސް ޔާނިއު ތަކުރާރުކޮށްލިއެވެ. ކޯޓަށް މައްސަލަ ހުށައަޅަން ފުރަތަމަ އަހަރުގެ ތެރޭގައި ނޫޅެވުނީ، ދިމާވި މައްސަލަގަނޑުގެ ސަބަބުން އެ ކުންފުނީގެ މައި ވަކީލުން ދޫކޮށްލަން ޖެހުމުންނެވެ. އޭރު އެމީހުންގެ ކުންފުންޏަށް ދިމާވެފައި އޮތް ޙާލަތުގެ ގޮތުން އެ ޚަރަދު ކުރާނެހައި ފެންވަރު ނެތީތީއެވެ.

“ނޫން.. މައްސަލަ ހުށައަޅައިފިއްޔާ ލިވްޔާ ވެސް މިކަމުގެ ތެރޭގަ ބެދޭނެ..” އަބަދު ވެސް ދޭ ރައްދު އަނެއްކައި ވެސް ރައިހާން ތަކުރާރުކޮށްލުމުން ޔާނިއުއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އިތުރު ވާހަކައެއް ދެއްކުމުގެ ކުރިން ޔާނިއު ވަށައިގެން ހޯދައިލީ އެތަނުގައި އައިސާމަނިކެ ނެތްކަން ޔަގީންކުރުމަށެވެ. ލިވްޔާގެ ނަން މީހަކު ކިޔައިލާ އަޑު އިވުނަސް އައިސާމަނިކެ އަންނަ ރުޅި އެއީ އެގޭތެރޭގައި ސިއްރެއް ނޫނެވެ.

“ރެން.. އަހަންނަށް އެނގޭ ރެން އަދިވެސް ލޯބިވަނީ ލިވީ ދެކެކަން.. އަހަރެން ވެސް ވަރަށް ލޯބިވޭ ލިވީ ދެކެ.. ލައި ވެސް ވަރަށް ލޯބިވޭ.. އެކަމަކު ލިވީ އެކުރި ކަމެއް ކުރީ އަމިއްލައަށް.. އަހަރެމެން އެންމެންނަށް އެހައި ބޮޑު ދެރައެއް ދީފައި ފިލީ އަމިއްލައަށް.. ބަލި ބައްޕައަކާ ބަނޑުބޮޑު ދައްތައެއް ވެސް ހުރިކަން ހަނދާން ނައްތައިލާފައި އަމިއްލަ ބޭނުމަށް، އާއިލާއެއްގެ އުފާވެރިކަން ހަލާކުކޮށްލާފައި ލިވްޔާ އެދިޔައީ.. އަހަރެމެން ކިތަންމެ ގަބޫލުކުރަން ބޭނުންނުވިޔަސް ހަގީގަތަކީ އެއީ.. މާމަ ވެސް އެބުނަނީ ހަމަ ރަނގަޅަށް..” ވިސްނައިދޭ ރާގެއްގައި ޔާނިއު ދެއްކި ވާހަކަ އިވުނީ ހަމައެކަނި ރައިހާންއަކަށް ނޫނެވެ. ޔަލާ އުރާލައިގެން އެދިމާއަށް އައި ލައިނީގެ ކަންފަތުގައި އެ އަޑު ޖެހުމާއެކީ ފިޔަވަޅުތައް ގަނޑުވެގެން ދިޔައެވެ.

ޔާނިއުއަށް ހަގީގަތް އެނގޭނެ ނަމައެވެ. މިއަދު އެންމެންގެ ކުރިމަތީގައި ލިވްޔާއަކީ ކުށްވެރިއެކެވެ. ރައިހާންއަށް ކުރެވުނު އެންމެ ކުށެއްގެ ބަދަލުގައި އެ މުޅި ޢާއިލާ ބިކަކޮށްލާފައި ދިޔަ ނުބައި އަންހެނެކެވެ. ބަލި ބައްޕައަކާ، މާބަނޑު ދައްތައެއް އެކަނި ޙާލަށް ދޫކޮށްލުމަށް ފަހު ފިލައިިގެން ދިޔަ ނުބައި ދަރިއަކާ ކޮއްކޮއެކެވެ. އެހެނަސް، ލިވްޔާއަށް މަޖުބޫރުވީކަން ދަންނާނީ ކާކުހެއްޔެވެ؟ އޭނާ އެވާހަކަ އިތުރު މީހަކަށް ކިޔައިދޭނީ ކިހިނަކުން ހެއްޔެވެ؟ އަމިއްލަ އުފާތައް ޤުރުބާންކޮށްފައި، އަމިއްލަ ނިކަމެތި ހާލައިގެން އުޅެން ލިވްޔާ ދިޔައީ އެ މުޅި ޢާއިލާގެ ރައްކާތެރިކަމަށް ޓަކައި ކަން އެނގޭނީ ފަހެ ކާކަށް ހެއްޔެވެ؟ އެދުވަހު ލިވްޔާ އެ ޤުރުބާނީ ނުވި ނަމަ، މިއަދު އެ ގޭތެރެއިން ޔަލާގެ ލޯބިލޯބި ހުނުމުގެ އަޑު ނީވުނީހެވެ. އެ މައުސޫމު ފުރާނަ ދުނިޔެއަށް އައުމުުގެ ކުރިން، ވަކިވެގެން ދިޔައީހެވެ. އެހެނަސް، އެކަން ދަންނާނީ ފަހެ ކާކު ހެއްޔެވެ؟

ގަނޑުވެފައި ހުރި ލައިނީގެ އަތުތެރެއިން ފައިބާފައި ޔަލާ ދުވެލާފައި ގޮސް އެރީ ރައިހާންގެ އުނގަށެވެ. ޔަލާގެ ހުނުމުގެ އަޑު އިވުމާ އެކީ ރައިހާންއާއި ޔާނިއު ވެސް ދެންމެ ދެކެވުނު ވާހަކައިގެ މަތިން ހަނދާން ނެތުނެވެ.

“އާޗާ.. ދޮންބެގެ ދޫނި މި އައީ ތިއްތިވެލައިގެން ނިދަން ރެޑީވެގެންތަ..” ޔަލާގެ އިސްތަށިގަނޑުގައި ފިރުމައިލަމުން ރައިހާން ހީލިއެވެ.

“ޔެސް! ލާލަ މިރޭ ނިދާނީ ރެން ދޮންބެއާ އެކީ.. ޕްލީސް!!” އޭނާގެ ތުއްތު ބަހުރުވައިން ޔަލާ އެދުމާއެކީ ރައިހާންގެ ހިތް އެކުގައި ވިރުނު ކަހަލައެވެ.

“ހިނގާ އަވަހަށް ނިދަން ދާން އެހެންވީމަ.. މިރޭ ކިޔާނީ ޕްރިންސެސް ސްޓޯރީއެއް ދޯ..” ޔަލާ އުރާލައިގެން ތެދުވަމުން ރައިހާން ބުނެލުމާ އެކީ ޔަލާގެ އުފާވެރިކަން ދެގުނަވީ ފަދައެވެ.

“ދެމީހުން ދެން މިރޭ ޑޭޓަކަށް ދިޔަސް ރަނގަޅުވާނެ.. އައިލް ބީ އޮން ބޭބީސިޓިން ޑިޔުޓީ..” ލާނެތް ހިނިތުންވުމެއް ޔާނިއުއަށާ ލައިނީއަށް ރައްދުކޮށްލުމަށް ފަހު ޔަލާ ގޮވައިގެން ރައިހާން ދިޔުމާ އެކީ ލައިނީ އައިސް ޔާނިއު ކައިރީގައި ސޯފާގައި އިށީނދެލިއެވެ.

“އަސްލުވެސް އަހަރެމެން ހާދަ ދުވަހެއް ވެއްޖެޔޭ ދެމީހުން އެކަނި ކަމެއް ކޮށްނުލެވޭތާ.. ހިނގާބަ އެއްރޭ ލާލަ ނިންދަވާފަ މަންމަމެން ނޫނީ ރެންއާ ހަވާލުކޮށްފަ ބޭރަށް ދާން ދޯ..؟” ލައިނީގެ ކޮނޑުގައި އަތްވަށައިލާފައި ކައިރިޔަށް ދަމައިލަމުން ޔާނިއު ބުނެލީ ކިތަންމެ ލޯބިން ނަމަވެސް، ލައިނީ އިނީ ޚިޔާލަކަށް ގެއްލިފައެވެ. އަދިވެސް މީީގެ އިރުކޮޅެއް ކުރިން ޔާނިއުގެ ދުލުން ލިވްޔާއާ ގުޅުވައިގެން ބުނި ބަސްތަކުން އޭނާގެ ހިތަށް އިންތިހާއަށް އުނދަގޫވަމުން ދިޔައެވެ.

“ލައި.. ބޭބީ.. ކިހިނެއްވެފަ ތީނީ..؟” ލައިނީގެ ޚަބަރެއް ނުވުމުން ޔާނިއު ލައިނީގެ ކޮނޑުގައި ހިފައި ތަޅުވައިލިއެވެ. އެއާއެކު ލައިނީއަސް ޚިޔާލުތަކުގެ ތެރެއިން ނުކުމެވި، ޔާނިއުގެ މޫނަށް ބަލައިލެވުނެވެ.

“ކިހިނެއްވެފަ ތީނީ.. ކަމެއް ގޯސްވީތަ..؟” ލައިނީގެ ކޯތާފަތުގައި ފިރުމައިލަމުން ނުހަނު ލޯތްބާއެކީ ޔާނިއު އަހައިލިއެވެ. އެއާއެކު ހިތަށް އުނދަގޫވެފައި އިން ލައިނީ އިތުރަށް ބަލިކަށިވިއެވެ. އޭނާ ބޭނުންވީ ޔާނިއުއަށް ހުރިހައި ހަގީގަތެއް ކިޔައިދޭށެވެ. ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެހިތުގައި ވަންހަނާކުރެވިފައިވީ ގިލަންވެރިކަމާއި، އެކަނިވެރިކަމާއި، ކުށްވެރިކަމުގެ އިހުސާސް ޔާނިއުއާ ހިއްސާކުރާށެވެ. ލިވްޔާ އަނބުރައި ގެނެސްދިނުމަށް އެދި ޔާނިއުގެ ގާތުގައި އާދޭސްކުރާށެވެ. އެހެނަސް އެކަމަށް ހުރަސްއަޅަނީ ނިމްޝާއާއި ނާއިފްގެ އިންޒާރުގެ ބަސްތަކެވެ. ލިވްޔާއާ ހިސާބަށް އެހެން މީހަކަށް ފޯރުމުގެ ކުރިން އޭނާގެ ދުވަސް ދާނެކަމަށް ނިމްޝާ ބުނެފައިވާތީއެވެ.

“ޔާން..” ބޮޑު ވާހަކައެއް ބުނަން އުޅޭ ފަދަ ގޮތަކަށް ލައިނީ ގޮވައިލުމާ އެކީ ޔާނިއުގެ ހުރިހައި ހިއްސުތަކެއް ތައްޔާރުވެލިއެވެ. ލައިނީގެ ދެއަތްތިލައިގައި ހިފައި ބާރުކޮށްލަމުން ޔާނިއު ބޯޖަހައިލީ ބުނާށޭ ބުނާ ފަދަ ގޮތަކަށެވެ. އެއާއެކު ލައިނީ ފުން ނޭވާއެއް ދޫކޮށްލަމުން އަނގަ ހުޅުވައިލީ ދެ އަހަރު ވާންދެން އެހިތުުގައި ފޮރުވިފައިވީ ސިއްރުތަކާއި، ޝަކުވާތައް ޔާނިިއުގެ ކުރިމަތީގައި ބަންޑުންކޮށްލުމަށެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ގާތުގާ… 14

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 43

Next
April 25, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 43

Previews
April 25, 2026

ގާތުގާ… 14

18 Comments!

  1. Sheez says:
    April 25, 2026 at 12:17 pm

    V reethi mi part MA
    I hope konmes dhuvahakun yalaa ah ves yalaage dhonthige loabi libeyneyey
    IN
    Alhey adhives e nimshagadu balaa livii kuraa hurihaakameh
    Ren haadha miss veyey dhww livii mathin hama same livii ves
    CW4THENEXTP
    Tc

    1. Nayaa Nayaa says:
      April 25, 2026 at 3:15 pm

      thankyouu darling

      yess in sha allah thats what we all are hoping for!!
      yeah nimsha dhoo.. she pmo hama.
      aww yes ren varah miss vey livi mathin adhives

      you too take care <33

  2. Reem says:
    April 25, 2026 at 1:56 pm

    Awwn i like the ending. Enme kiyaalan beynun vi hisaabun e nimunee. So curious to see what happens next. 😩 Hope Lai will tell the truth this time. Can’t wait for that. 😭
    And I have read yours reply on last part. Even i missed you more and Alhamdhulillah doing good darl. Hope all is well with you.
    Loves more ❤️

    1. Nayaa Nayaa says:
      April 25, 2026 at 3:18 pm

      yess dhn vaane gothakaa dheytherey varah curious koh dho ninmaalevifa mi othy.. lets see if lainy tells yaaniu the truth

      im doing well too alhamdhulillah.. more and more love<33

  3. Anonymous says:
    April 25, 2026 at 4:42 pm

    When next

    1. Nayaa Nayaa says:
      April 25, 2026 at 8:52 pm

      currently working on it
      tuesday ga submit kohlaanan IA

  4. 🥀 says:
    April 25, 2026 at 6:53 pm

    I hope nimshaa ge spy eh nufennaane kamah mi gadee
    Come on Lai tell him everything!
    Whn nxt????
    Luv u 💗

    1. Nayaa Nayaa says:
      April 25, 2026 at 8:53 pm

      let’s see dho dhen vaa gotheh

      Tuesday IA
      love moreeee💞

  5. cutie girl says:
    April 25, 2026 at 10:45 pm

    mi part ves v reethi masha allah
    ren haadha miss veyey dhw livy dheke
    i hope mifaharu lai hageegaiy bunaane kamah yaaniu kaari
    nimsha haadha goahey
    liv evany haadha bodu sacrifice eh
    mi part kiyaafa rovijje
    heyonuvaane kuhverinah adabu dhee
    haadha curious kohlaafa thi nimaaly
    when next
    really appreciated your hard work
    miayee varah sauguveri kamakaa eku kiyaala vaahaka eh
    ly darling

    1. Nayaa Nayaa says:
      April 26, 2026 at 10:05 pm

      thank you so much dear
      yess ren ah hama noolhevey livi aa nulaa
      lets hope dho lainy yaaniu gaathu bunaane kamah

      next part in sha allah tuesday ga

      lym <33

  6. Mar Sha Mar Sha says:
    April 27, 2026 at 9:20 pm

    omg!!! haadha haadha reehchey, alhey i feel so bad for Lainy, hiriha kameh engey iru nubube hunnan jeheythy adhi ehen myhun Livy aa behey gothun e kita ehchehi adu ahan jeheythy,, and poor Livy, so sad. i just want something really bad to happen to that Nimsha and Naaif. cant wait for next ep Nayaa, once again vaahaka VVVVV RYTHI

    1. Nayaa Nayaa says:
      April 30, 2026 at 10:06 am

      aww thankyouu Marsha💞💞
      your comments always means a lot!!
      let’s see dho dhen raihaan and livy ah vaa gotheh

      next part already Monday ga submit kohlaifin idk what’s taking so long

  7. Hudhuna says:
    April 29, 2026 at 5:31 am

    Mi part vrh reethi masha allah i felt so much sad when livya is living so much far than her little baby yala i hope they will meet soon 🥺 and whyy u stop the ending i was veryy currious to read and emme reethi hisaabun end v😭 also but i dont think lai ah yaaniu kairi buneveyne ekey cuz eyge kurin nimsha men ah komves gothakun ingeydhaane eh like they are really checking everything but raihaan livya mathin adhives handhaanvey dhw but he also will think livya eh mihuriha kamh kuree💔 but livya eyna ge dhontha salaamai kuran kuri kanthah i also cant do like that 😭 busness halaku koh even raihan and laii aa maa dhura edhiyaii just bc how she loves her🥺🫶🏻🫶🏻
    Omgg now emme reethi hisaabu cant waut to know laii ah buneveyne thw….
    Cant wait for next part
    When next???
    “Love from hudhoo”💕

    1. Nayaa Nayaa says:
      April 30, 2026 at 10:10 am

      thank you soo much loabii💞💞
      yess im hoping for the same hama
      yeahh everyone deserves a sisyerlike Livy dhoo
      next part submit kohlaifin monday ga idk keevve kameh upload nuvany
      love and love moree💞

  8. LIM🖤 says:
    April 29, 2026 at 10:00 am

    Alheyyyyyyyyyy this is perfectttt
    Kon iraku oa next ep kiyaalan libeynee nayaa sisss…. I’m really missing livyyy …. Raihaan deserves livya not nimsha
    And Lai kiyaadheeebaaa dhen yaan ah hurihaa vhk eh 😥😥😥

  9. gurrrl says:
    May 1, 2026 at 6:37 am

    Heyy naaya sis long time no seeing
    Vrh dhuvahfahu anehkaa ves gurrrl mi vhk kiyaali… vhk liyun ves medhukandaalaigen miulhenii.. cox im so busy cox of my studieszz
    Buttt yhhh free vagutheh libuneem mi kiyaali…
    Vrh vrh reethi laii ah yaan ah hurihaa hageegatheh kuyaa dhevihjeyaa vrh salhi vaane
    I hope she will tell him everything
    Anyways… anehkaa ves vrh busyy vehje 😭😭😭
    Inshallah vagutheh libunu haa avahakah vhk kigaalaaanan
    Tcc
    Lyyy nayoo siss

  10. Anonymous says:
    May 1, 2026 at 5:58 pm

    Alhey admin keehve thw ehn vhk thah up kuraairu mi vhk upload nukureveneee….

  11. Anonymous says:
    May 1, 2026 at 8:44 pm

    Haadha dhuvaheky adhivx update nuvey

Comments are closed.

Next Episodeހިތް އެދޭ މަންޒިލަކީ… 35←


All Right Reserved!